ދީފީމޭ އޯގާވޭ ގެންދާށޭ ލޯބިވާ
ފުރަތަމަ ބައި_ 01
ތިޔަ އިޝްގުގަ ޖެހިފަ މަވީމޭ ، މުޅި ހިތް މަ އެކީގަ ދިނީމޭ
ބަނދެވިއްޖެ ތިލޯބިގެ ޗޭނުން ، ކިހިނެއް މިވަނީ މި ހިތަށްދެން
ޖަޒުބާތުން ހިތް ފުރިފައިވޭ ، ޖާނާއި ފުރާނައިން ވާންދެން
މަޖުބޫރު ކުރީއޭ މިހިތަށް ، މަ ގަބޫލުވެ ކުރަމެ ހުވާތަށް
ހޫމްމމމ
މިއެ މިހިތުގެ ހާލަކީ ، ވެވި ލޯބިން ހިތްއެކީ
ދީފީމޭ އޯގާވޭ ގެންދާށޭ ލޯބިވާ
އިރު އޮއްސެމުން ދިޔަވަގުތެވެ. ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދިޔަ އަނދިރިކަމުގެ ތެރެއިން އިވެމުންދިޔަ ލޯބީގެ އިޝްގީ ލަވައިގެ އަޑުންވެސް އެހިތުގެ ހާލު ބަޔާންކޮށްދޭ ކަހަލައެވެ. ގޮދަޑިމަތީ ހުރަހަށް އޮށޯވެލައިގެން އޮތް ރައިނާގެ ދެލޯ އަމާޒުވެފައިވަނީ އެންބުރެމުންދިޔަ ފަންކަލަށެވެ. ކަރުނައިން ފުރެމުން އައި ދެލޯ މަރާލަމުން ފުންނޭވައެއް ދޫކޮށްލީ ވަރުބަލިވެފައިވާ މީހެއްފަދައިންނެވެ. “އައިމް ސޮރީ ނިލް..” އޮތްގޮތައް އޮވެ މަޑުމަޑުން ރައިނާ ބުނެލިއެވެ. އެއަޑުގަ އެތައްވޭނެއް އެކުލެވިގެން ވިއެވެ. ހިތުގަ ނިހާލްއަށްޓަކައި ކިތަންމެ ގިނަ ޝަކުވާއެއްވީ ނަމަވެސް އެ ޝަކުވާތަށް ދުލާހަމައަށް ގެނައުމުގައި ރައިނާވަނީ ނުކުޅެދިފައެވެ. ހަމަ އެންމެ ސަބަބަކާހުރެއެވެ. ރައިނާއަށް ނިހާލްދެކެ ވެވިފަވާ ތެދުވެރި ލޯބީގެ ސަބަބުން އެއްކަމަކާވެސް ޝަކުވާ ކުރަން ބޭނުން ނުވަނީއެވެ.
ބޮޑުކޮޓަރީގަ ބެހެއްޓިފައިހުރި ޒަމާނީ ސޯފާގައި ކެރެޓުކޮށަންއިން ރައިނާގެ މަންމަ ނިޔާސާ ވިސްނަމުންދިޔައީ ރައިނާގެ އުޅުމަށް އަންނަމުންދާ ބަދަލުތަކާމެދުގައެވެ. މިހާރަކަށް އައިސް ގެއިން ނުނިކުމެ އަބަދު ރައިނާ ގޭގަ އުޅެނީއެވެ. ގޭތެރެއަށް ނުނިކުންނަ ތާނގައި ކޮޓަރިންވެސް ނުނިކުންނަނީއެވެ. ގިނަފަހަރަށް ރައިނާ ކޮޓަރިން ބޭރަށް ނެރޭނީވެސް ރިޔާންއެވެ.
ނިޔާސާގެ ހުންނަނީ ރިޔާންއާއި ރައިނާ އެކަންޏެވެ. ރިޔާންމެންގެ ބައްޕަވަނީ މީގެ އަހަރުތަކެއް ކުރިން ކެންސަރުބަލީގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްގޮސްފައެވެ. މިގޮތުން ރިޔާންއަކީ ނިޔާސާގެ ދޮށިދަރިފުޅެވެ. ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިން ނިޔާސާ ސިހުނީ ރިޔާން “މަންމާ” އޭ ކިޔާ ގޮވާލުމުންނެވެ. “ކިހިނެއްވެފަ.. ކޮބާ ރައި..” ނިޔާސާ ސިހިފައި ބަލައިލުމުން ރިޔާން ހިނިތުންވަމުން ސުވާލުކުރުމަށްފަހު ސޯފާގައި ބުރަކަށި ޖައްސާލަމުން ފުން ނޭވައެއްދޫކޮއްލިއެވެ.
“ކަމެއްނުވެ.. ރައި ވީ ކޮޓަރީގަ.. ދަރިފުޅު ތިހުރީ ވަރަށް ވަރުބަލި ވެފައެއްނު.. ސައި ހަދާދެންތަ މަންމަ؟؟” ނިޔާސާ ހިނިތުންވަމުން ކެރެޓު ކޮށާފައި ހުރި ތަށި ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބަހައްޓަމުން ވާހަކަ ދެއްކިއެވެ. ހަމަ އެވަގުތު މަޢްރިބު ނަމާދު ބަންގީގެ އަޑުއިވެންފެށިއެވެ. “ދެން މިގަޑިއަކު ނޫނެއްނު. މިހާރު ބަންގި ގޮވަނީ. މަންމަދޭ ނަމާދުކޮށްލަން. އަހަރެންވެސް ފެންވަރާލައިގެން އެހައް ނަމާދުކޮށްލާނީ. ދެން އެންމެން އެއްކޮށް މިރޭގެ ކެއުން ކާނީ.. ސަޔެއް ނޫން މަންމާ.. ވަރަށް ހައިވެފަ މިހުރީވެސް..” ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާއައް ދަމުން ރިޔާން ނިޔާސާއަށް ޖަވާބުދިން އިރު ފަހުޖުމުލަ ބުނެލީ މާޖާ ގޮތަކަށެވެ. ނިޔާސާއަށް ހެވުމުން ރިޔާން ކޮޓަރިއަށްވަނީ ހެމުންނެވެ. އެއީ ރިޔާންގެ އަބަދުގެވެސް އާދައެވެ.
ރިޔާން ކޮޓަރިޔަށް ވަތުމުން ނިޔާސާ ރައިނާގެ ކޮޓަރިއާ ދިމާއަށް ބަލައިލުމަށްފަހު ގޮސް ދޮރުގަ ޓަކިޖަހާލިއެވެ. “ރައީ.. ދަރިފުޅާ.. ރައީ..” ޓަކިޖަހަމުން ނިޔާސާ ރައިނާއަށް ގޮވަމުން ދިޔައެވެ. އެނދުމަތީ ނިދިފައޮތް ރައިނާ މަޑުމަޑުން ލޯ ހުޅުވާ ބަލައިލިއެވެ. ކޮޓަރިތެރެވަނީ ފުދޭވަރަކަށް އަނދިރިވެފައެވެ. އަނެއްކާވެސް ނިޔާސާ ގޮވާލި އަޑުއިވުމާއެކު ރައިނާ އަވަސް އަވަހަށްތެދުވެ ގޮސް ކޮޓަރީގެ ބޮކި ދިއްލާލުމަށްފަހު ދެއަތުން މޫނު ފޮހެލާފައިގޮސް ދޮރުހުޅުވާލިއެވެ. “ހާދަ ލަސްވީ ކީއްވެ.. ނިދުނީތަ..” ރައިނާ ދޮރު ހުޅުވުމުން އެމޫނައް ރަނގަޅަށް ބަލައިލަމުން ނިޔާސާ ސުވާލުކޮއްލިއެވެ. ބޮލުގެ އިޝާރާތުން ރައިނާ ޖަވާބުދިނެވެ.
“ދަރިފުޅު ބަލީތަ..؟” ރައިނާގެ މޫނުގަ ފިރުމާލަމުން ނިޔާސާ ކަންބޮޑުވެފައި ހުރެ ސުވާލުކުރީ ރައިނާގެ މޫނު ހޫނުކަމުންނެވެ. ” ނޫން މަންމާ. ބައްޔެއް ނޫން..” ނިޔާސާއަށް ވީގޮތް ފެނިފައި ރައިނާ އަވަސް އަވަހައް ބުނެލީ އެއަތުގަ ހިފާލަމުންނެވެ. ” ދޮގު ނުހަދައްޗޭ..” ނިޔާސާ މިހެން ބުނުމުން ރައިނާ ބޯ ޖަހާލިއެވެ. ” އެންމެ ރަނގަޅު.. ފެންވަރާލައިގެން ނަމާދުކޮށްލައިގެން އާދޭ ކާން.. ދޮންބެވެސް އައިއްސި މިހާރު.” ނިޔާސާ ރައިނާގެ ބޮލުގަ ފިރުމާލަމުން މިހެން ބުނެ އޭނާވެސް ނަމާދުކޮށްލުމުގެ ބޭނުމުގައި ގޮސް ކޮޓަރިއައްވަނެވެ.
“ތޭން ގޯޑް.. މަ ރޮއެފަ ހުރިކަން މަންމައަށް ނޭންގުންކަން..” ދޮރުލައްޕާލަމުން އިސްތަށިގަނޑުގައި އެއްއަތްހިނގާލާ އަނެއްއަތުން މޭގަ އަތްއަޅާލަމުން ރައިނާ ބުނެލިއެވެ. ރައިނާއަށް ނޭންގުނުކަމަކީ ނިޔާސާއަށް ރައިނާ ރޮއެފަހުރިކަން އެނގިހުރެ ރުއީ ކޮންކަމަކާތޯ ސުވާލު ނުކުރީ ރައިނާ ފާޑަކަށް ތެޅިގަތުމުންކަމެވެ.
26 Comments!
Comments are closed.

Reethi..☺
thankc ?
Haadha kurye nice
kuru dhw.. first part vma ehn evy.. insha allah dhn next part dhigukh genesdheynan.. ☺
V nice hope kuan mi story rythi Vaane kamah baeh mistake ebahuri visnaalaigen liyunyma furihama Vaane keep it up??
thank yuh.. #mash
mistakes dhw ?
dhn faharakun rangalhu vaane
meedhen vaahakaehtha haadha kurey
mivx dhn vaahaka eh ?
thabkc kiyaalythy.. next part insha allah dhigukh genesdheynan
next part dhigukh genesdheveythw balaanan.. insha allah
vvv reethi
thankc ?
ahahahahaaaa warah majaaa
goood joke
this is the best joke i have ever read
anyways best of luck for next part
make next part funny like this tooo 😀
yeah thankc ?
haadha kurey dho..
feshun interesting eh noon..
you can do better than this..
mistakes thah rangalhu kohlaafa sifakurun himanaalyma vaahaka kiyaa hiyy vaany..
🙂
Feshun reethi vaahaka nimen dhn genes dhehcheyy plx avahah up kohdhechey ?☺
i’ll try 🙂
Alhe dhen keevvetha hurihaa story eh ga vs abadh rovey rovey anhen kujjeh ulheni. Fesheni vs karunun. Thankolheh strong n tough girl eh ulhey vahaka eh liyebaa knmes writer eh..
yeah dhw..
Good starting…but make it longer…when is the next part??
wow salhi
Adhi ahaa rangalhe noon than kolhe rangalha hunaru dhass kogen liyan fesheema rangalhu vaane
haadha kuree but waiting 4 next part
and one more thing this story is awsome superb keep it up
Vv rythi … Dhn next part rythi vaane kamah hope kuran
Vv rythi … Dhn next part rythi vaane kamah hope kuran