އެންމެ ފަހު ނޭވާ ލަމުންވެސް… 7 ވަނަ ބައި
ނާހިދާގެ އެސުވާލަކީ އަދުނާނަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެ ސުވާލުގެ ޖަވާބަކީ އޭނާގެ ހިތި މާޒީއެވެ. އަމީލިޔާއައި އަދުނާނުގެ ގުޅުން ނާހިދާއަކަށްވެސް ނޭނގޭނެއެވެ. އެހުރިހާކަމެއް ހިނގައި ދިޔައީ ނުހަނު ސިއްރުވެރި ގޮތަކަށެވެ.
“ބައްޕަމެން އޭނައާ ދޭތެރޭ ހިތްހަމަ ނުޖެހުނީ ކަންނޭނގެ!” އެވާހަކަ އޮއްބާލުމަށްޓަކައި އަދުނާނު މަސައްކަތްކުރިއެވެ. “އެކަންތައް ހިނގާދިޔަ ގޮތެއް މާބޮޑަކަށް އަހަންނަކަށް ނޭނގެ!”
“އިޝާ އަށް ގޮވީމަ ނަމާދުކޮށްލައިގެން އާދޭ ކާން އިނގޭ!” އެނދުން ތެދުވަމުން ނާހިދާ ބުންޏެވެ. “މަ މިދަނީ ކާން ހަދަން!!”
***
“ނޫން އަދި ނުކަން!” ރިޝްފާ ވާހަކަދެއްކީ އޭނާގެ މަންމައާއެވެ. “އިރުއޮއްސުނު ގަޑީގަ ވަރަށް ރަނގަޅަށް ސައިބޮއެގެން މިހުރީ!”
“ގޭތެރެ ރަނގަޅުތަ؟ ނާހިދައްތަގެ ދަރިފުޅާ ދިމާވިތަ؟” އަމީލިޔާ އެހިއެވެ.
“ހާން! ވަރަށް ފާޑަކަށް އުޅޭކުއްޖެއްހެން ހީވަނީ!” ފޯނު ވާއަތު ކަންފަތަށް ބަދަލުކޮށްލަމުން ރިޝްފާ ބުނެލިއެވެ. “އައި ގަޑީގަވެސް ރުޅިގަދަވެގެން ޓީވީވެސް ތަޅާލާފަ ދިޔައީ!!”
“ހަމަ ތެދެއް؟!” އަމީލިޔާއަށް ބުނެވުނެވެ. “ފިސާރި މަންޖެއެއްތާ! ދަރިފުޅު އަނެއްކާ ބަލައިގެން އުޅޭތި! މަންމަ ދެން މިގަޑީގަ ފޯނު ބާއްވަނީ!!” ފޯނު ކަންފަތުން ވަކިކޮށްލުމަށްފަހު އަމީލިޔާ މޭގައި ފިރުމާލިއެވެ. އެވަގުތު އަނެއްކާވެސް ތޫނު ތަދުގަނޑެއް ހަށިގަނޑަށް ފެތުރިގެންދިޔައެވެ. އެ ދިލައަށް ކެތް ނުކުރެވިގެން އަމީލިޔާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހޮރިގަތެވެ.
***
“ކޮންދިމާއަށްކަށް ދާނީ!!” މަޖީދީ މަގަށް ނުކުމެވުމާއެކު އައިނާން އަހާލިއެވެ.
“ހިނގާ ޖުމްހޫރީމައިދާނާ ދިމާއަށް ދާން!!” ނިޝިޔާ ބުންޏެވެ.
“އައްޗި! ސޯ ބޯރިންގް!!” އައިނާން މޫނަށް ވައްތަރެއް ޖައްސާލިއެވެ.
“ދެން ހިނގާބަލަ!” އައިނާނުގެ އަތުގައި ހިފަމުން ނިޝިޔާ ހިނގައިގަތެވެ.
“ކީއްކުރަންތަ؟!”
“ދެން ހިނގާބަލަ!!!” ނިޝިޔާ ދޫނުކުރުމުން އައިނާނު އެ ދިމާއަށް ހިނގައިގަތެވެ.
ރޭގަނޑުގެ ވަގުތައްވުމާއެކުވެސް ޖުމްހޫރީ މައިދާނަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. މުޅި ހިސާބަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރޭ އެކިއެކި ކަންކަމުގައި މަސްޢޫލުވެގެން ތިބި ޒުވާން ފުރައިގެ ޖޯޑުތައް ދިމަދިމާއަށް ހޭލަ މޭލަވަމުންދިޔައެވެ. އައިނާނާއި ނިޝިޔާ އައިސް އިށީނީ އެތާހުރި ބެންޗެއްގައެވެ. އައިނާނު، ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލަމުންދިޔައިރު ނިޝިޔާ އިނީ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް މެސެޖު ކުރާށެވެ.
ކުއްލިއަކަށް ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުންދިޔަ ހުރިހާ އެންމެން އައިނާނުމެން ތިބި ދިމާއަށް އަންނަންފެށިއެވެ. މަޑު ލަސް ހިނގުމެއްގައި ތަރުތީބުން ހުރިހާ އެންމެން އައިސް އައިނާނުމެން ތިބި ބެންޗު ވަށާ އެތުރިލިއެވެ. ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް އެމީހުން ފެންނަން ތިބީ ހިޔަނިތަކެއް ފަދައިންނެވެ.
އައިނާނު އިނީ ވާނުވާ ނޭނގިފައެވެ. އޭނާއަށް، ވަށައިގެން ފެންނަންތިބި މީހުންތަކާ ދިމާއަށް ބަލަ ބަލާ އިނދެވުނީއެވެ. އޭނާ ކުޑަކޮށް ބިރުގަންނަންވެސް ފަށައިފިއެވެ. އޭނާ މަޑުމަޑުން ނިޝިޔާގެ އަތުގައި ކޮއްޓާލިއެވެ. އެއާއެކު ވަށައިގެން ތިބި ހުރިހާއެންމެން، އަތުގައި ހުރި އުއްބައްތިތައް ދިއްލާލިއެވެ. މިއާއެކު މުޅި ތަން އެ ރަން އަލިން ހުޅުދާންވެގެން ދިޔައެވެ.
“ލުކް އިންޓޫ މައި އިސް – ޔޫލް ސީ….
ވަޓް ޔޫ މީން ޓު މީ…..
ސާރޗް ޔޯރ ހާރޓް، ސާރޗް ޔޯރ ސޯލް…..
އެންޑް ވެން ޔޫ ފައިންޑްމީ ދެއަރ ޔޫލް ސަރޗް ނޯ މޯރ!”
ލަސް މިއުޒިކަކާއެކު އިވިގެން ދިޔައީ މުފައްސިރުގެ އަޑެވެ. އައިނާނަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެވަގުތު އެއްވެފައިވާ މީހުންތަކުގެ ތެރެއިން މުފައްސިރު ނުކުތެވެ. އޭނާގެ އަތުގައި ގިޓަރ އެއް އޮތެވެ. ގިޓަރ އިން މަޑު މިއުޒިކެއް ޖަހަމުން މަޑުމަޑުން މުފައްސިރު އައިސް އައިނާނު ގާތަށް ހުއްޓިލިއެވެ. އައިނާނުގެ މޫނުމަތިން ފެންނަން ހުރީ ހައިރާން ކަމެވެ.
“ޑޯންޓް ޓެލް މީ އިޓްސް ނޮޓް ވޯތް ޓްރައިން ފޯ….
ޔޫ ކާންޓް ޓެލް މީ އިޓްސް ނޮޓް ވޯތް ޑައިންގް ފޯ….
ޔޫ ނޯ އިޓްސް ޓްރޫ…
އެވްރީތިން އައި ޑޫ، އައި ޑޫ އިޓް ފޯ ޔޫ!!”
މިއުޒިކާ އެއްވަރަށް ލަސްލަހުން، ވަށައިގެން ތިބި މީހުން އެމީހުންގެ އަތުގައި ހުރި އުއްބައްތި ތައް ދެފަޅިއަށް ހަލުވަމުންދިޔައެވެ. އައިނާނުގެ ހިތުގެ ތަޅުން ބާރުވެފައިވަނީ އިންތިހާއަށެވެ. އެސްފިޔަވެސް ޖަހާނުލާ، ކުރިމަތީ ހުރި މުފައްސިރުގެ ދެލޮލަށް ބަލަހައްޓައިގެން އައިނާނަށް ހުރެވުނީއެވެ.
ކުއްލިއަކަށް މުފައްސިރު އައިނާނުގެ ކުރިމައްޗަށް ކަކޫމައްޗަށް ތިރިވިއެވެ. އަދި ފުރަގަހުން ނެގި ރަތްކުލައިގެ ފިނިފެންމަލެއް އައިނާނަށް ދިއްކޮށްލިއެވެ.
“ވިލް ޔޫ ބީ މައި ގާލް ފްރެންޑް!!” އިނގިރޭސި ލަވައެއްގެ ރާގަކަށް މުފައްސިރު ބުނެލިއެވެ. މި ލޯބިވެތި ލަފްޒުތައް އައިނާނުގެ ކަންފަތާ ހަމައަށް ފޯރުމާއެކު އޭނާއަށް ލޯ މަރާލެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މުފައްސިރަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާއަށް އެ ހުރިގޮތަށް ގަނޑުވެފައި ހުރެވުނީއެވެ.
“އާންސާ ހިމް ގާލް!! އާންސާ ހިމް!!” ނިޝިޔާ ވައިއަޑުން އައިނާނު ގާތު ބުނަމުންދިޔައެވެ.
“އޯ ހެލް ޔޭހް!!” އައިނާނު އަޑުގެ ކޮޅަށް ހަޅޭލަވައިގަތުމަށްފަހު މުފައްސިރުގެ ގައިގާ އޮޅުލައިގަތެވެ. މިއާއެކު އެންމެން އެއްފަހަރާ ހަޅޭލަވައިގަތެވެ. މުފައްސިރު އައިނާނު އުރާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ.
***
އިޝާ ނަމާދުކޮށްލުމަށްފަހު އަދުނާނު އައިސް ކާގެއަށް ވަނެވެ. އެއިރު ނާހިދާއާއެކު ރިޝްފާވެސް ވަރަށް ފަރިތަ ކަމާއެކު ކާން ހެދުމުގައި މަސްއޫލުވެގެން އުޅުނެވެ. އަދުނާނު އައިސް ގޮނޑީގައި އިށީންއިރުވެސް އޭނާގެ ކަޅި ހުއްޓިފައި ހުރީ ރިޝްފާއާ ދިމާއަށެވެ. ކަޅުކުލައިގެ ބުރުގާ އަކާއެކު ގަޔަށްދޫ ކަޅު ހެދުމުގައި ހުރި ރިޝްފާ އެވަގުތު އަދުނާނަށް ސިފަވެގެން ދިޔައީ އަމީލިޔާގެ ސިފައިގައެވެ. ރިޝްފާއަށް ލިބިފައިވަނީ ހަމަ އަމީލިޔާގެ ސިފަތަކެވެ. އިސްކޮޅާއި ހަމުގެ ކުލަވެސްމެއެވެ. ހަމައެހެންމެ، މުރާލިކަމާއި މަސައްކަތެރިކަންވެސްމެއެވެ. ހަމައެވަގުތު އައިނާނުވެސް އެފަދަ ދަރިއަކަށް ހެދުމަށް އޭނާ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.
“ކޮބާތަ އައިނާނު؟” ރިހަ ތަށި މޭޒުމަތީ ބެހެއްޓުމަށް އައި ނާހިދާއާ މުހާތަބުކޮށް އަދުނާނު ވާހަކަދެއްކިއެވެ.
“ހިޔެއްނުވޭ މިހާރު ކޮޓަރީގަ އުޅޭހެންނެއް!” ޓިޝޫއަކުން އަތް ފުހެލަމުން ނާހިދާ ބުންޏެވެ. “އެވާނީ މިހާރު ބޭރަށް ގޮސް!”
“އައިނާނު މިހާރު ގޭގަ ހިފަހައްޓަން ޖެހިއްޖެހެން މަށަށް ހީވަނީ!” ތައްޓަށް ބަތް އަޅަމުން އަދުނާނު ބުންޏެވެ. “މިރޭ އައިނާނު ގެއަށް އައިމަ ދޮރު ތަޅުލާފަ ކޮޓަރިއަށް ތަޅުދަނޑިލާތި އިނގޭ!”
އަދުނާނަށް ޖޫސް އަޅައިދިނުމަށްފަހު ރިޝްފާ އެވަގުތު ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
“ނުކައި ދަނީތަ؟” އަދުނާނު އެހިއެވެ.
“އަޅުގަނޑު ކާނީ ފަހުން!”
“އެހަށް އައިސްބަލަ!” އަދުނާނުގެ ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ބުންޏެވެ. ރިޝްފާ އައިސް އަދުނާނުގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.
“ކޮބާ ރޫމް ކަމުދޭތަ؟” އަދުނާނު އެހިއެވެ.
“ލައްބަ!” ރިޝްފާ ޖަވާބު ދިނެވެ.
“ދަތިވާ އެއްވެސް ކަމެއް އޮތިއްޔާވެސް ފަސް ނުޖެހި ބުނާތި އިނގޭ!” ރިޝްފާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން އަދުނާނު ބުންޏެވެ. “އަދުނާނުބޭ އޮންނާނެ ވިލާ ކޮލެޖުން އެޕްލިކޭޝަން ފޯމު ނަގާފަ! މާދަން ފުރާލަންވާނެ އިނގޭ! ކޯރސް ފެށެނީ އަންނަ މަހުގެ 15 ގަ!”
އަދުނާނުގެ ވާހަކަ މެދުކެނޑުމަކަށް އައީ ގޭގެ ދޮރު ހުޅުވާލުމަށްފަހު އައިނާނު ވަން އަޑަށެވެ. އެންމެން އެއްފަހަރާ އެ ދިމާއަށް ބަލާލިއެވެ. އަނގައިން މަޑު ރާގެއް ލައްވަމުން އައިނާނު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ހީވާކަހަލައެވެ. އޭނާގެ ވަރަށް ބޮޑު އުއްމީދެއް މިރޭ ހާސިލްވެއްޖެއެވެ.
“ދަރިފުޅާ އައިނާން!” ކޮޓަރިއަށް ވަދެ ވަދެ ހުރި އައިނާނުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަދުނާނު ގޮވާލި އަޑަށެވެ. “އާދެބަލަ އެހަށް!”
ދާން ނުދާން ހުރިކަހަލަ ގޮތަކަށް ގޮސް އައިނާނު ކާމޭޒު ކައިރީ އިށީނެވެ. އެއިރު ނާހިދާވެސް ވާނުވާ ބެލުމަށްޓަކައި އެތާ ހުއްޓިލައިގެން ހުއްޓެވެ.
“ކޮންތާކުން ތި އައީ؟؟” މިފަހަރު އަދުނާނު ކުރި ސުވާލަކީ މީގެ ކުރިން އޭނާ ދުވަހަކުވެސް ކުރި ސުވާލެއްނޫނެވެ. ވުމާއެކު އަދުނާނުގެ މޫނަށް ބަލަހައްޓައިގެން އައިނާނަށް އިނދެވުނީއެވެ.
“މި ބުނި އެއްޗެއް އަޑު އިވިއްޖެ؟” އައިނާނުގެ ކިބައިން ޖަވާބެއް ނައުމުން އަދުނާނު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“މިއައީ ނިޝީ އާ އެއްކޮށް ބޭރުން!!” ފޫހިވެފައިވާ ރާގަކަށް އައިނާނު ޖަވާބު ދިނެވެ.
“މީގެ ފަހުން އައިނާނު ބޭރަށް ދަންޏާ ދާން ޖެހޭނީ ބައްޕަ ކައިރީ އަހާފަ! ބޭރަށް ދެވޭނީ ރިޝްފާ އާ އެއްކޮށް!” އަދުނާނުގެ ލަފްޒުތައް އައިނާނުގެ ކަންފަތަށް އިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދއިންނެވެ. ހިތުގައި އުތުރިއަރައިގަތް ރުޅިވެރި އަލިފާންގަނޑުގެ އާތްވާއެކު އޭނާއަށް ބަލާލެވުނީ ރިޝްފާގެ މޫނަށެވެ. އައިނާނުގެ ތޫނު ހަންޖަރެއްފަދަ ދެލޮލުން ކަނިބުރަމުންދިޔަ މަންޒަރު ފެނުމާއެކު ރިޝްފާގެ ހިތް ރޫރޫ އަޅައިގެންދިޔައެވެ.
“އަޑު އިވިއްޖެ ތަ!” ތަންކޮޅެއް ބާރަށް އަދުނާނު ބުންޏެވެ.
“ހޫން! މަ ބީރެއް ނޫނޭ!!” ގޭތެރޭގައި ޒުވާބުގަނޑެއް ހިންގާލަން ބޭނުން ނުވާތީ އައިނާނު ގޮސް ވަނީ ކޮޓަރިއަށެވެ.
“ރިޝް ވެސް އައިނާނު ރަނގަޅު ކުރުމަށްޓަކައި އެހީވެދޭތި އިނގޭ!” ރިޝްފާއަށް ބަލާލަމުން އަދުނާނު ބުންޏެވެ. ހިތުގައި އުފެދިފައިވާ ނުތަނަވަސް ކަމާއެކުވެސް ރިޝްފާ ބޯޖަހާލިއެވެ. އައިނާނަކީ ކިހާ ރުޅި ގަދަ ކުއްޖެއްކަން ރިޝްފާއަށް ނުހަނުގާތުން ވަނީ ފެނިފައެވެ. އަދުނާނު އެބުނި ފަދައިން އޭނާއަށް އައިނާނު ހަމަ މަގަށް އެޅުވިދާނެ ބާއެވެ؟ ކޮންމެ ގޮތެއްވިއަސް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެއެވެ.
***
“އަސްލުވެސް އޭނާ ހަމަ ވަރަށް ލޯބި!” ޔޫހާން ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު މޭޒުމަތީ ބެހެއްޓިއެވެ.
“ވަރުގަދަ މަންޖެ ގަނޑެއްތާ!” މަލާމާތުގެ ރާގަކަށް އިޝާން ބުންޏެވެ. “ތި މަންޖެ އަތުއަޅުވާލަންވާނެ އިނގޭ! ކަލޭވެސް ރާއްޖެ އައިގޮތަށް ކުރި ކަންތައް ބަލާބަޔަ ދޯ!”
“މަ ކީއްތަ ކުރާނީ! އަދި ފޯނުން ރުޅިއައިއްސަ ވާހަކަ ދައްކަން ހުރިއިރު ލޯބީ އިނގޭ!”
“ތިއެއް ނޫނޭ! ކޮބާތަ ކައެ ބުނި ޖޮބް! އެޕްލައި ކުރީތަ؟” އިޝާން ވާހަކަ ބަދަލުކޮށްލިއެވެ.
“މިކޮޅަށް އައިގޮތަށް އެންމެ ފުރަތަމަވެސް އެޕްލައި ކުރީ! “އައިންސް” ކޮމްޕެނީ އިން އިޢުލާނުކޮށްފަ އޮތް މާކެޓިން މެނޭޖަރ އެއްގެ މަގާމަށް! މާދަން އެބޮތް އިންޓަވިއު!” ޔޫހާން، އައިފޯން 6 އެސް ޕްލަސް އިން ކޮފީޖޯޑު ފޮޓޯއެއް ނަގާލުމަށްފަހު އިންސްޓަގްރާމަށް އަޕްލޯޑްކޮށްލިއެވެ.
***
ނުނިމޭ
32 Comments!
Comments are closed.



Sorry guys! kurin genesdheyvarah dhigukoh mihaaru genes nudheveythee!! 🙁 But mibai vex kamudhaane kamah ummeedhu kuran! 🙂
Please Leave a comment! 🙂
Varah Salhi mi story ingey hood when is the next prt
Hola I’m first 😀
Thanks Ivy!! Next part vex 2 days thereyga upload kohdheynan In Sha Allah! 🙂
V nice but jury.
U mean kury
Vvvvv reethi……..hoody nxt part avahah up kohdhehcheyy
Thanks Meesham And Youme
Awesome…..hoody ur the best
Yess hoody story is awesome…. Waiting for next part… Story kurukoh genes dhinass avahah up kuranyaa happy 🙂
Nyc..♡♡
Thanks All!! 🙂 My motivation is your beautiful comments! 🙂
V rythi mi bai vx ….
Story hama habeys… keep it up… next time long kohla dheeba igay…
Woow.. Just outstanding..
Varah reethi 🙂
Koky kihine tha? Vaahaka kuru viya kas mahsala eh noon eiy… koky ah hama liyeye vey varakun up kuryma hama ragalhu vaane… Vaahaka hama varah reethi…
Hama rangalhu #… 🙂 Thankx!
Thanks appy, Mizu and Liaa.. 🙂
Varah salhiii. Ok den kuruviyas but you upload eynu regularly thanks.
hoody… i red all ur stryz n all are awsom….. this ix jus fabulious….. love da stry and da writer als… thx fo bringing such grate strys to us…
hoody… i red all ur stryz n all are awsom….. this ix jus fabulious….. love da stry and da writer als… thx fo bringing such grate strys to us… 🙂
ey hoody.. salhiyey mi prt vx.. kn irakun next prt
Thankx Hoo, love and saarer! 🙂
Dhn enmen e ainain ganda kaa alhai gathyma vv foohi vey hoody..
Super.. ?
nice mi part vx ekamu maa lahee up vaa leh
V nice?
Midhen khaaa bodu kameh…. haadha slw ey aneh part up kuraaleh… nukurevenyaa nuliyebala… bo halaaaku
Angry girl!!! liyuntherinnkayvex insaaanun ehn noonthoa!! Ehnveema e beyfulhunnah vx kmme fadha haalatheh vx kurimathi vedhaane!! Kmme dhuvahegge kmme vagutheh vaahaka liyumah heydhaeh nukureveyne! Veemaa rulhi iskoh liyuntheriyaa maayoos vaa fadha hiyaalu husha neylhun edhen! Vaahaka liyuntherin e kohdheny kn fadha bura kamekkan engilavvaanee hama liyuntherinnah! kiyuntherinnah fenigen dhaanee hamaekani liyefa onna vaahaka!! Kuraa bura masahkatheh noon! Veemaa liyunthrinnah kmmeves kahala ihuthiraameh adhaakurumaky varah muhimmu kameh kamah alhugandah feney!
Dhn oiy vaahaka akeee, Series vaahaka thakakeee kmme dhuvahaku upload kuran jehey vaahaka thakeh noon! Mihaaru, Sun, vaguthu fadha site thakah balaalumunvex fenigen dhaane hafthaa aku 2 faharu noony 3 faharu vaahaka upload vaathan! veemaa kehtherikamaaeku inthiraaku kuravvaaaa!!!
I hope you understand! No hard feelings! 🙂
Love
Sofie
sofie ge comment varah kamudhey admin ah. aslu varah bodu thedheh.. 🙂
I also agree wth admin…
Yaah me too….. So i want say is this story hit…