Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު ނޭވާ ލަމުންވެސް… 3 ވަނަ ބައި

Hoody Level 310 Stories100 Comments
July 21, 2016 6 Mins Read
35 Comments

“މަޖައެއް ނޫނޭ!!” އަތުން ކަރުނަ ފުހެލަމުން ރިޝްފާ ހީލިއެވެ. “ތިއުޅެނީ ހަމަ އަހަރެން މާލެ ފޮނުވާލަން ވެގެން! ވަރަށް ފޫހި ވޭ! އަހަރެންގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ވަންޏާ މަ ހިނގައިދާނަމޭ! ނޫޅެން ކޮންމެހެން މިތާކު އުޅޭހިތަކުންނެއް!!!” ޝިމާލަށް ފަސްދިނުމަށްފަހު ރިޝްފާ އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ.

“އޭ ހޭ ހޭ!…..” ޝިމާލް ރިޝްފާގެ އަތުގައި ހިފެހެއްޓިއެވެ. “ހާދަ އަވަހަކަށް ތި ހާޑް ވީ! ސީރިއަސްކޮށް ހަމަ ރިޝް މާލެ ދަނީތަ؟”

“އާނއެކޭ!!!”

“ދެން ރިޝްއަށް ރަނގަޅުތާ؟ މާލޭގަ އުޅޭނެ މާ ދޮން ފިރިހެނުންވެސް! މަ މީ ހުރިގޮތަށްހުރި ދެލި މާއްޔެއް ވިއްޔަ؟ ބަލާބަލަ ކަޅުކަން!!” ރިޝްފާގެ އަތާއި ޝިމާލްގެ އަތް ކައިރިކޮށްލަމުން ޝިމާލް ބުނެލިއެވެ.

“ދެން ޝިމާލޫ!!!” ރިޝްފާ މަޑުމަޑުން ޝިމާލްގެ އަތުގައި ޖަހާލިއެވެ. “މަ މިހުރީ ވަރަށް ސީރިއަސް ވެފަ އިނގޭ!!”

“އޯކޭ މަވެސް ސީރިއަސް!” ޝިމާލް އަނެއްކާވެސް ރިޝްފާގެ އަތުގައި ހިފާލިއެވެ. “އަހަރެން ބުނަން އޮތީ ތިކަމާ ދެކޮޅު ނުހަދާށޭ! ލިބޭ ފުރުޞަތުތަކުގެ ބޭނުން ވާނެ އެންމެ ފުރިހަމަ ގޮތުގައި ހިފަން! ރިޝް ތީ ވަރަށް މޮޅު ކުއްޖެއްނު! ރަށުގަ ހުރެގެން ރިޝްގެ ހުވަފެންތަކުގައި ކުލަޖެހުމަކީ ނުވާނެކަމެއް! މިރަށުގެ ހުރެގެން އިތުރަށް ކިޔެވުމުގެ ފުރުޞަތެއް ނުލިބޭނެ! އެހެން ވީމަ ރަނގަޅުވާނީ ދިޔައިއްޔާ! އަހަރެންވެސް ނުލާހިކު ބޭނުންވޭ ރިޝް ނާރސް ޔުނިފޯމް އަޅާލާފަ ހުއްޓާ ބަލާލަން! ”

“އަހަރެން ހަމަ އަސްލުވެސް ދާންވީތަ؟” ރިޝްފާ އަހާލިއެވެ.

“އާނއެކޭ! އެހެން ނޫނަސް މުސްތަޤުބަލު އޮތީ މާލެ ފަދަ ތަރައްގީ ތަނެއްގައި! މިތާ އުޅެގެން ލިބޭނެ އެއްވެސް މޮޅެއް ނެތް! ބަލާބަލަ މަށަށް! މަވެސް މިރަށުން ރަނގަޅު ވަޒީފާ ގަނޑެއް ނުލިބިގެން އެންމެ ފަހުން މި ޖެހުނީ ސިމެންތި ގަށަން! ކަޑަ އެއްނު!!” އެއްމިޔަކަނުން ހީލަމުން ޝިމާލް ބުނެލިއެވެ.

“އެކަމަކު އަހަރެން ވަރަށް ބިރުގަނޭ! ޝިމާލް އާ މަންމަ އާ ދުރަށް ދާން ޖެހޭތީ ދެރަވެސް ވޭ!….. ތި މީހުންނާ ވަކިން……..”

“ރިޝް މޮޅަށް ކިޔަވައިގެން އެހެން މީހުންގެ އިހްތިރާމް ލިބޭފަދަ މޮޅު ކުއްޖަކަށް ވެގެން އަންނަ ދުވަހަކުން މި ނިކަމެތި ޝިމާލު މާ އުފާވާނެ!” ރިޝްފާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޝިމާލް ބުނެލިއެވެ.

“އަހަރެން ދުރަށް ދާތީ ޝިމާލް ދެރައެއްވެސް ނުވޭތަ؟”

“އާނ ނުވޭ! އުފާ ވަނީ….” ޝިމާލް ބުނެލިއެވެ.

“ބަލާ އަނެއްކާވެސް އެއޮއް ނޭފަތް ދިގުވަނީ! މަށަށް ނޭނގޭނެ ކަމަށް ދޮގު ނަހަދައްޗޭ!!” ރިޝްފާ ދެލޯ ބޮޑުކޮށްލުމަށްފަހު މާނަވީ ނަޒަރަކުން ޝިމާލުގެ މޫނަށް ބަލާލިއެވެ.

“މީ ހާދަ ވަރުގަދަ ކުއްޖެކޭ ދޯ؟”

“ތި މަސައްކަތް ނިންމާފަ ގެއަށް އަންނަށްޗޭ!!” ޝިމާލާ ދުރަށް ޖެހިލަމުން ރިޝްފާ ބުންޏެވެ. “މަގޭ ލޯބިވާ ޕިނޯކިޔޯ!!”

“ޔެސް މައި ޕްރިންސަސް!!” އެއްމިޔަކަނުން ހީލަމުން ޝިމާލް ބުނެލިއެވެ. މިއާއެކު މަޑުމަޑުން ރިޝްފާ ހިނގައިގަތެވެ. މަގުގެ ވަކި ހިސާބަކަށް ދެވުމާއެކު އަނެއްކާވެސް ފަސް އެނބުރި ރިޝްފާ ޝިމާލަށް ބަލާލިއެވެ. އެއިރުވެސް ޝިމާލް އެހުރިގޮތަށް ރިޝްފާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހަމައެކަނި ތަފާތަކީ އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔަކަމެކެވެ. އެއީ އޭނާ މިއޮއް ހުރިހާއިރު ހިތުތެރޭ ހިފަހައްޓައިގެން ހުރި އިހުސާސް ތަކެވެ. އެންމެ ހިނދުކޮޅަކަށްވެސް ރިޝްފާއާ ދުރަށް ދިއުމަކީ އޭނާގެ ހިތަށް ކުޅަދާނަ ވެގެންވާނެ ކަމެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް އޭނާ ރިޝްފާ ދެކެ ލޯބިވެއެވެ.

ލޮލުން އައި ކަރުނަ ތިކި ފުހެލުމަށްފަހު އަނެއްކާވެސް ރިޝްފާ އޭނާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ވަކި ހިސާބަކަށް ދެވުމާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ދުއްވައިގަނެވުނެވެ. އޭނާގެ ހިތަށް ކެތް ނުވީއެވެ. ޝިމާލާ ދުރަށް ދިއުމަކީ އޭނާ ހުވަފެނުގައިވެސް ދެކެފައި ނުވާ ކަމެކެވެ. ވީއިރު……..

………

ދުވަހުގެ އިރުއޮއްސިގެން ދިޔައީ ރިޝްފާ އެނދުމަތީ އޮށޯވެލައިގެން ފަންކާގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އޮއްވައެވެ. އޭނަގެ ވިސްނުން ގޮސް ހުސްވެފައި ވަނީ މާލޭގައި އޭނަ ހޭދަ ކުރާނެ ދުވަސްތަކަށެވެ. މާލެ އަކީ ކިހިނެއް އޮންނަ ތަނެއް ހެއްޔެވެ؟ އެތަނަށްގޮސް ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ރިޝްފާއަކަށް ހަމަ އެކައްޗެއްވެސް ނޭނގުނެވެ. އޭނާގެ ހިތް ބިރުގަންނަނީއެވެ. މަންމަ އެ ޚަބަރު ދިނީއްސުރެ އޭނާ އެހުންނަނީ މޭ ނުބައި ކޮށްފައެވެ. ހިތް ނުތަނަވަސް ވެއްޖެ ނަމަ އެއީ އޭނާގެ ހާލެވެ.

މަޢްރިބް ނަމާދު ބަންގީގެ އަޑާއެކު މުޅި ރަށުތެރެއަށް ވެރިވެގެން ދިޔައީ އާދަޔާ ހިލާފު ހަމަ ހިމޭން ކަމެކެވެ. ދުނިޔެ މައްޗަށް ވެރިވެފައިވާ ފަނޑު އަލިކަންވެސް މަޑުމަޑުން ފޭދެމުންދިޔައެވެ. ރަތް ވިލާގެ ސާލަކުން އުޑުމަތި ޖަރީ ކުރަމުންދިޔައެވެ.

ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް ބަލާލުމަށްފަހު ރިޝްފާ އެނދުން ތެދުވެއްޖެއެވެ. ބުރުގާ ބޭލުމަށްފަހު ފާހާނައަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ނަމާދުކުރުމަށްޓަކައި ތައްޔާރުވިއެވެ. މިއަދު އޭނާއަށް އޮތް ހަމައެކަނި ހިތްހަމަ ޖެހުމަކީ އެއީއެވެ.

ނަމާދުކޮށްލުމާއެކު ހިތަށް ފިނިކަން ލިބުނެވެ. ރޫހު ތާޒާވިއެވެ. ރިޝްފާގެ އެ ފަޅު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެލޮލުގެ ވިދުން ގަދަވިއެވެ. ﷲ ގެ ހަޒްރަތުގައި ދުޢާ ދެންނެވުމަށްފަހު އޭނާ މުސައްލަ މަތިން ތެދުވެ ހަތިމް ނެގިއެވެ. އަދި އެންމެ ފަހުން ކިޔަވާފައި އިން ހިސާބު ހޯދާލިއެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު އަމީލިޔާ ކޮޓަރިން ނުކުތް ވަގުތު އޭނާގެ ދަރިފުޅު، ރިޝްފާގެ ގުރުއާން ކިޔެވުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެ އޮމާން ސާފު އަޑުން، ގުރުއާނުގެ މޫރިތިވި އާޔަތްތައް ކިޔަވަމުން ދިޔައިރު މުޅި ގައިން ހީބިހި ހިލުވާލާފަދަ އަސަރެއް އެ އަޑުގައި ވެއެވެ. އަމީލިޔާގެ ދެލޯ ވަގުތުން ފެންކަޅި ވެއްޖެއެވެ. އޭނާ މަޑުމަޑުން އައިސް ރިޝްފާ ގެ ކޮޓަރީގެ ދޮރު ކައިރީ މަޑުކޮށްލިއެވެ.

ރިޝްފާ ކިޔަވާ ނިމެންދެން އަމީލިޔާ އެތާ ހުއްޓެވެ. ދަރިފުޅުގެ އެ އަސަރުގަދަ ކިޔެވުން ކޮންމެ ރެއަކު އަމީލިޔާ އަޑުއަހައެވެ. އޭނާ ފޫއްސެއް ނުވެއެވެ. ނުވެސް ވާނެއެވެ.

ކިޔަވާ ނިމުމާއެކު އަމީލިޔާ އައިސް ފެންޑާގައިހުރި ސަރަންފީގައި ޖައްސާލިއެވެ. އަދި ފެންޑާގެ އެއްފަޅީގައި ބަހައްޓާފައިހުރި ބިއްލޫރިޖެހި ފޮތް ހަރުގަނޑަށް ނަޒަރު ހުއްޓާލިއެވެ. އެ ހަރުގަނޑުގެ އެއް ބައި ވަނީ ރިޝްފާ ސުކޫލު ދައުރުގައި ހޯދާފައިވާ ތަށިތަކުން ފުރަލާފައެވެ. ގިނައީ ޤުރުއާން މުބާރާތްތަކުން ލިބިފައިވާ ތައްޓެވެ. އެ ހުރިހާ ތަށިތަކުގެ ތެރެއިންވެސް އަމީލިޔާއަށް އެންމެ ގިނައިން ބެލެނީ ސުކޫލު ޓޮޕް ޓެންގެ އެއްވަނައަށް ހޮވިގެން ރިޝްފާއަށް ލިބުނު ތައްޓަށެވެ. އޭނާގެ ދަރިފުޅު ކިހާ މޮޅު ހެއްޔެވެ؟ ކޮންމެ މަޔަކުވެސް އެފަދަ ދަރިއަކަށްޓަކައި ފަހުރުވެރިވާނެކަން ކަށަވަރެވެ.

އަމިލިޔާގެ ދެލޯ މަޑުމަޑުން ފެންކަޅިވާން ފެށިއެވެ. ދެލޮލުން ހޮސްލާފައި ކަރުނަތައް އޮހޮރިގަތެވެ. ގިސްލެވެން ފެށުނެވެ. އޭނާ މަޑުމަޑުން ދެއަތް މޫނުގައި އަޅައި ފޮރުވާލިއެވެ.

ޓޮޕް ޓެން ގެ އެވޮޑް ލިބިގެން ރިޝްފާއަށް ލިބުނު ފައިދާއެއް ކޮބައިހެއްޔެވެ؟ އެންމެ ކުޑަމިނުން އެފަކީރު ބޭނުންވާ ދާއިރާއަކުން އިތުރަށް ކިޔެވުމުގެ ފުރުސަތުވެސް ނުލިބުނެވެ. ގުރޭޑް 10 ނިންމި ފަހުންވެސް މިހާރު ތިން އަހަރު ވީއެވެ. އަދިވެސް ރިޝްފާ އެހުރީ އެ ހުރިގޮތަށެވެ. އުމުރުން 19 އަހަރު ވެފައިވާއިރު އަމިއްލަ ދިރިއުޅުމަކަށްވެސް އޭނާ އެދަނީ ތައްޔާރު ވަމުންނެވެ.

ހުރިހާވެސް މައްސަލައަކީ އަމީލިޔާގެ އެކަނިވެރިކަމެވެ. ބަފައަކާ ނުލާ ރިޝްފާ ބަލަން ޖެހުނުކަމެވެ. ރިޝްފާގެ ތަޢުލީމީ ނައު ބަންޑުން ޖަހާލީ، ފަޤީރު ކަމުގެ ބިޔަ ރާޅު ބާންޏެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ ތަޤުދީރުގެ ނިޔާއެވެ. ހާލަތު ކުރިމަތިކުރުވި ގޮތެވެ. ހަޤީގަތް ފޮރުވިފައި ވީ ނަމަވެސް ކޮންމެވެސް ދުވަހަކުން އެކަން ވެސް ފަޅާ އަރާނެއެވެ. އެދުވަހަކުން ރިޝްފާ އޭނާ ދެކެ ރުޅި އަންނާނެ ބާއެވެ؟ ނޫނީ މިހާރު ތެދަށް ރިޝްފާއަށް ހުރިހާ ކަމެއް ކިޔައިދޭން ވީ ބާއެވެ؟ އަމީލިޔާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

“އައްސަލާމް އަލައިކުމް!” މީހަކު ސަލާމް ގޮވާލި އަޑަށް އަމީލިޔާ ދެލޯ ފުހެލުމަށްފަހު ބަލާލިއެވެ. އެއިރު ދޮރުމަތީ ހުރީ ޝިމާލް އެވެ. އަމީލިޔާ ހަމައަކަށް އެޅިލަމުން ސަރަންފީއިން ތެދުވެއްޖެއެވެ. އަދި ހިނިތުންވެލަމުން ޝިމާލް އާ ގާތަށް ޖެހިލިއެވެ.

“ރިޝް؟؟” ބުމަ އަރުވާލަމުން ޝިމާލް މަޑުމަޑުން ބުނެލިއެވެ. އަމީލިޔާ ގޮސް ރިޝްފާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއިރު ރިޝްފާ ހަތިމު އަލަމާރި މައްޗަށް ލަނީއެވެ.

“ދަރިފުޅާ ޝިމާލް އަތުވެއްޖެ!!” އަމީލިޔާ އަނެއްކާވެސް ޝިމާލްއާ ދިމާއަށް ބަލާލިއެވެ. “އެތެރެއަށް ވަދެ އިށީނދެބަލަ! ތިހާ ބީރެއްޓެހިވެގެން އުޅޭކަށް ނުވާނެ!”

ޖަވާބުގައި ޝިމާލް ހަމައެކަނި ހިނިތުންވެލީއެވެ. އެވަގުތު ރިޝްފާވެސް ބުރުގާ ރަނގަޅު ކުރަމުން ކޮޓަރިން ނުކުންނަނީއެވެ.

ދެމީހުން ނުކުތީ ގެއާދިމާ މަގުމަތީ ބަހައްޓާފައި ހުރި ޖޯލިފަށްޗަށެވެ. ކޮންމެ ރެއަކުހެން ކަހަލަ ގޮތަކަށް އެ ޖޯލިފަތީގައި ޝިމާލާއެކު ވަގުތުކޮޅެއް ރިޝްފާ ހޭދަކުރެއެވެ. ލޯބީގެ އެކިއެކި ވާހަކަ ދެއްކުމުގައެވެ. ވައުދާއި ހުވާތަށް ކުރުމުގައެވެ. ދިރިއުޅުމުގެ ކިތަންމެ “ޕްލޭން” އެއް އެ ޖޯލިފަތީގައި އެމީހުން ކުރިއެވެ. ނަމަވެސް މިއަދު……..

ދެމީހުން އައިސް ޖޯލީގައި ޖައްސާލިގޮތަށް ތިބީއެވެ. އެންމެ ފުރަތަމަ އަނގައިން ބުނާނީ ކާކުކަމެއް ނޭނގިފައެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެކެވެ. ރިޝްފާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އުޑުމަތީގައިވާ ތަރިތަކަށެވެ. ޝިމާލްގެ ނަޒަރު ހުރީ ރިޝްފާގެ މޫނަށެވެ. ދެމީހުންގެ ލޯވެސް ފެންކަޅިވަމުންދިޔައީ ދާދި އެއްވަރަކަށެވެ. އިސާހިތަކު ދެމީހުންގެ ލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ. ކަރުނައަކީވެސް އަޖައިބެއްފަދަ ބަހުރުވައެކެވެ.

އެންމެފަހުން ރިޝްފާއަށް ގިސްލެވެން ފަށައިފިއެވެ. އޭނާ މަޑުމަޑުން އަތުގެ ނުފުށުން ކަރުނަ ފުހެލިއެވެ. އަދި ޝިމާލްގެ މޫނަށް ބަލާލަމުން ހިނިތުންވެވޭތޯ މަސައްކަތްކުރިއެވެ.

“ރިޝް” ޝިމާލް މަޑުމަޑުން ރިޝްފާގެ އަތްމަތީ އަތް ބާއްވާލިއެވެ. “ތި ދެލޮލުން ބޭރުވާ ކޮންމެ ކަރުނަ ތިއްކަކީވެސް އަހަރެންނަށް ރަނަށްވުރެ އަގުހުރި އެއްޗެއް! ދެން ނުރޮއި ހުއްޓާލާ!!” ޝިމާލް މަޑުމަޑުން ރިޝްފާގެ ދެލޮލުން ކަރުނަ ފުހެދިނެވެ.

“އަހަރެން ވަރަށް ބިރުގަނޭ ޝިމާ! ވަރަށް ވަރަށް ބިރުގަނޭ!!” ރިޝްފާ ވަރަށް ބާރަށް ޝިމާލްގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. އެއިރު އޭނާގެ އަތުގައި މަޑު ތުރުތުރު ލުމެއް އެކުލެވިފައިވެއެވެ. “ބޭނުމެއް ނޫން މާލެއަށް ދާކަށް! އެތާ މީހުން އުޅޭ ނޫޅޭ ގޮތެއްވެސް އަހަންނަކަށް ނޭނގެ! މާލެ އަކީ ވަރަށް ބިރުވެރި ތަނެކޭ މީހުން ކިޔާތީ އަޑުއަހަން! ރޭޑިޔޯއިންވެސް އަބަދު އިވެނީ މާލޭގައި ކޮންމެވެސް މާރާމާރީއެއް ހިންގާލައިގެން އުޅޭ އަޑު!!”

“އަހަރެންގެ މީނަ ކުޑަކުޑަ މޮޔަ ރިޝް އެއް ދޯ!!” ރިޝްފާގެ ނޭފަތު ކުރީގައި ކޮށްޓާލަމުން ޝިމާލް ހިނިތުންވެލިއެވެ. “ތިހާ ފިނޑިވެގެން ނުވާނެ އުޅޭކަށް! މާލެއަކުވެސް ހުސް ނުލަފާ މީހުންނެއް ނޫޅޭނެއެއްނު! އެތާވެސް އުޅޭނެ ރަނގަޅު މީހުން! ރިޝްފާވެސް އެތަނަށް ގޮސް ރަނގަޅަށް އުޅުނީމަ ހަމަ ވަރަށް ކޫލް ކޮށް އުޅެވޭނެ! ޓްރަސްޓް މީ!!”

“އަހަރެން ދުރުގަ ހުއްޓަސް ޝިމާލް އަހަންނަށް ގުޅަށްޗޭ! ޝިމާލްގެ ޚަބަރެއް ނުވަންޏާ އަހަރެން ވަރަށް ދެރަވާނެ!” ރިޝްފާ އާދޭހާއެކު ބުންޏެވެ. “އިނގޭ!!”

“ޔަޤީނެއްނު! ހީވޭތަ ރިޝް އާވަކިން މަށަށް އުޅޭވޭނެހެން؟! ޕުހް!! މިއޮއް ދައްކާވާހަކައެއް ދޯ!! ހީވަނީ ލޭމް ދިވެހި ފިލްމެއްގެ ޑައިލޮގް ތަކެއް ހެން!! ހެހެހެ!!” ކުއްލިއަކަށް ޝިމާލް ހިނގަނޑެއް ޖަހާލިއެވެ. ރިޝްފާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. “ހޫންން ރަންކޮޅާ! ކޮންމެ ދުވަހަކު ގުޅާނަމޭ! ރިޝް ކަންނޭނގެ މާލެއިން ދޮން ފިރިހެނުން ފެނިގެން މަ މަތިން ހަނދާން ނެތޭނީ!”

“ހޫންނ! ވަރަށް ގޯސް ވާނެ!! އެކަމަކުވެސް ހެވޭ! ހަނދާންކޮށް ގުޅާތި” ރިޝްފާ ބުނެލިއެވެ.

“އެކަމަކުވާ ދޯ! އާނއެކޭ އާނއެކޭ!!!” ޝިމާލު ރިޝްފާގެ އިނގިލިތަކާ ކުޅެލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ. “ތިއުޅެނީ އަދި މާލެ ނުދެވިގެން އުޅޭއިރު އުޅޭ ހާލު! އަދި ދިޔައިމަ ކިހާވަރެއް ވާނެ؟؟” މިހެން ބުނުމާއެކު ދެމީހުންނަށް އެއްފަހަރާ ހިނިގަނޑެއް ޖަހާލެވުނެވެ.

******

“ސީރިއަސްލީ؟؟” ދެލޯ ބޮޑުކޮށްލަމުން އައިނާން ބާރަށް ބުނެލިއެވެ. “އޯމައިގޯޑް، ހީ އިޒް ސޯ ޑަމްޕް!!”

“އައި ނޯ!!” އޭނާ ކައިރީ ހުރި ނިޝިޔާވެސް ބާރަށް ބުނެލިއެވެ. މިއާއެކު ދެން ހުރި އީޝަލް އަޑުގެ ކޮޅަށް ހީގަތެވެ.

ތިން ކުދިން ބާރަށް ހެމުން ‘ޑައިނަމޯ’ ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައިއިރު އެތާ ތިބި ގިނަބައެއްގެ ލޯތައް ދިޔައީ އެ ތިން ކުދިންނަށް ހުއްޓެމުންނެވެ. ހޮޓް ރެޑް ކުލައިގެ ސްލީވްލެސް ޓީޝާޓް ކޮޅަކާއި ކަޅު ކުލައިގެ ބާރު ސްކިނީގައި އައިނާން ފެންނަމުން ދިޔައީ ސުޕަރ މޮޑެލް އެއް ފަދައިންނެވެ. އަރާފައިހުރި ރަތް ކުލައިގެ ހައި ހީލް ގެ ސަބަބުން އޭނާގެ ހެދިހުރި އިސްކޮޅު މާ ދިގުކަމަށް ދައްކައެވެ. ބައްޓަންރީތި ސަމައްތަރު ހެޔޮ ހަށިގަނޑުން، ފިރިހެނުންގެ ހިތްތަށް ކަތިލާފަދަ ބަނޑިބަނޑި ލައްވަމުން ދިޔައިރު، އެ ހިނގުމުގެ ސަބަބުން އެތައް އަންހެނުންނެއްގެ ހިތުގައި ހަސަދައިގެ ހުޅު ފަޅައިގެން ދާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލެވިފައެވެ. ކޮންފަދަ ފަރި ކަމެއް ހެއްޔެވެ؟ ދެން ތިބި ދެކުދިންވެސް އައިނާނަށް ދޫ ނުކުރެއެވެ. ހަމަ އެހާ ފަހުގެ ފެށަނަށް ހެދުން އަޅައިގެން ތިބި ޕަރީތަކެއްފަދަ ކުދިން ކޮޅެކެވެ.

ތަފާތު ވާހަކަ ދައްކަމުން ހެމުން އައިސް އެ ތިން ކުދިން އިށީނީ ފެންސް ކައިރީ ހުރި މޭޒެއްގައެވެ. އެއިރުވެސް ގިނަ ބައެއްގެ ލޯތައް ވަނީ އެ ތިން ކުދިންނަށް އަމާޒު ކުރެވިފައެވެ.

“ހޭ އައިން! އޭނާ ގޮލާ އައިން އަށް ވަރަށް އެބަ ބަލާ! ވަދެގެން އައި އިރުއްސުރެ ކަޅި ކަނޑައިނުލަ!!” ތަންކޮޅެއް ދުރުގައި ހުރި މޭޒުދޮށްގައި އިން ދެބައި އުމުރުގެ ފިރިހެނަކަށް އިޝާރާތް ކޮށް ނިޝިޔާ ބުނެލިއެވެ.

“ލޮލްޒް!! މަޑުކޮށްލައްޗޭ!!” ގޮނޑިން ތެދުވަމުން އައިނާން ބުނެލިއެވެ. “އައިލްބީ ބެކް!!”

ސާބިތު ކަމާއެކު ފިޔަވަޅު އަޅަމުން އައިނާން އެ މީހާ އިން މޭޒާ ދިމާއަށް ހިނގައިގަތެވެ. އެއިރުވެސް އެމީހާ ކަޅި ޖަހައިނުލާ އައިނާނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އައިނާ ގޮސް އެމީހާ ކުރިމަތީ ‘ސަޅި ޕޯސް’ އަކަށް ހުއްޓިލިއެވެ. އެއިރު އެތާ ތެރޭ ތިބި އެންމެން ކަހަލަ ގޮތަކަށް އެދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. އެކަމާ އައިނާން ކަންބޮޑު ވާހެނެންނެއް ހިޔެއް ނުވެއެވެ.

“ބަލަ އޭތް! ކަލެއަށް ރީތި އަންހެން ފެނިގެން ތިއުޅެނީ އަލަށްތަ؟” އައިނާން އަޑުގެ ކޮޅަށް ބުނެލިއެވެ. މިއާއެކު އެމީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވިއްޖެއެވެ. އަދި ދިމަ ދިމާއަށް ނަޒަރު ހިންގާލެވުނެވެ. އެއިރު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާއާ ދިމާއަށެވެ. ގަތް ލަދެއްގެ ސަބަބުން އޭނާއަށް އިސްޖަހާލެވުނެވެ.

“އަހަރެންގެ ބ** އަށް ދޯ ކަލޭ ބެލީ؟ މިހާ ރީތި ބ** އެއް ދުވަހަކުވެސް ނުދެކެންތަ؟” އުނަގަނޑުގައި އަތް އަޅުވާލަމުން ނުލަފާ ގޮތަކަށް އައިނާން ހީލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކުއްޅަވަށްފާ(9)

Next

ކަނު ލޯބި

Next
July 21, 2016

ކަނު ލޯބި

Previews
July 21, 2016

ކުއްޅަވަށްފާ(9)

35 Comments!

  1. Hoody says:
    July 21, 2016 at 6:52 am

    Assalaam Alaikum! Storyge 3 vana bai ves hurihaa kudhinnah kamudhaane kamah ummeedhu kuran!! 🙂 mistake eh iniyya bunedhehchey!! 🙂

  2. # says:
    July 21, 2016 at 7:07 am

    Hoody comment thakah reply nukuran tha mihaaraku… vara salhi vaahaka.

    1. Hoody says:
      July 21, 2016 at 7:14 am

      Hurihaa kudhinge comments thakah vex reply kuran varah beynun! ekamaku mihaaru varah vaguthu nulibe aslu.. But hurihaa kudhinge comments ah vex shukuru adhaa kuran! thankx #

  3. Shaai says:
    July 21, 2016 at 7:18 am

    V rythi. Next part Avahah up kohdhehche. Story kiyaahithun kehmadhuvefa me eny

  4. plx says:
    July 21, 2016 at 9:19 am

    edmin mi vaahaka negeyne goyy hadhaadhyba…kurin negey ekam mihaar nunegeythy v foohi..mi vaahaka reethi kamun mibuny nagaa goyy hadhdhaa dheyshey…..plx plxp plx plx plx

  5. Thaany says:
    July 21, 2016 at 9:37 am

    Reethi n thafaathu storry eh…

  6. Hoody says:
    July 21, 2016 at 9:38 am

    Thanks all!

  7. inaax says:
    July 21, 2016 at 10:09 am

    m reaally interested in next part of this story…gud job….

  8. NAAZ says:
    July 21, 2016 at 11:28 am

    haadha gotheh neiy kuhjekey dhw…..aslu vx hoody mehma mihaarugen gina anhenkudhinge haalathu…..vvvvv reethi..next part kn irakun

  9. Hoody says:
    July 21, 2016 at 11:51 am

    Thankx all!!! Maadhan ehn noony eyge aneh dhuvahu next part up koh dhyenan In Sha Allah! 🙂

  10. Lee says:
    July 21, 2016 at 1:35 pm

    Kon word eh tha eh iny star jahaafa?

    1. Hoody says:
      July 21, 2016 at 2:00 pm

      hehe… Lee beynun ehcheh imagine kollaa!! :p hehehe…

  11. Saajidh says:
    July 21, 2016 at 1:59 pm

    V salhi… varugadha Ainaanehthaa dho… eynaa aky loabin halaaku kohfa in kujjeh… next part ah eba v inthizaaru kurevey…

    1. Hoody says:
      July 21, 2016 at 2:02 pm

      Thanks saajidh! yea you’re totally right! Ainaan is spoiled!!! Eyna ah adhi ehen ulhenikoh landeh libeyne… lets see dhw…. 🙂

  12. Faathee says:
    July 21, 2016 at 2:20 pm

    Vara reethi. Rishfaa male dhaa hisaabun kan neynge adhi reethi vun othee.. dhw ?

  13. Nauher says:
    July 21, 2016 at 2:26 pm

    What is B** ?????

    1. Anonymous says:
      July 21, 2016 at 5:01 pm

      I know..ekamaku nukereyne bunaakasheh….

  14. baekii says:
    July 21, 2016 at 4:09 pm

    Thnx hoody for writing such a intersting story??luv it
    Waiting for da nxt prt??

  15. Mizna says:
    July 21, 2016 at 4:17 pm

    Hoooooooooooodss.. Finally kiyaalevey varu vehje.. Vrh habbu ingey.. Heehee avadhi vehje fahubai kiaafa.. ???

  16. Lusha says:
    July 21, 2016 at 4:30 pm

    What is B***

    1. anonymous says:
      July 21, 2016 at 5:02 pm

      Bubbu ?

    2. Anonymous says:
      July 21, 2016 at 5:02 pm

      I know..ekamaku nukereyne bunaakasheh….

    3. Hoody says:
      July 21, 2016 at 5:10 pm

      Ahahaha!! LOLX!! XD

  17. Lusha says:
    July 21, 2016 at 4:31 pm

    Vrh salhi mi bai vx….waiting igey…

  18. Appy says:
    July 21, 2016 at 4:37 pm

    v rythi mi story ……I just luv this ??

  19. Samee says:
    July 21, 2016 at 5:03 pm

    Nyc stryy… Keep writing

  20. Hoody says:
    July 21, 2016 at 5:08 pm

    Thankx all!!!!

  21. Rafa says:
    July 21, 2016 at 5:19 pm

    Varah reethi story eh..?

  22. Faathee says:
    July 21, 2016 at 8:07 pm

    Hoody hunna goi balaa laa hiy vehej. Mihaa story reethi veema.. lol

  23. ifaa says:
    July 21, 2016 at 9:11 pm

    wow vvvv reethi

  24. Nish says:
    July 21, 2016 at 9:51 pm

    ?nice??

  25. Hoody says:
    July 22, 2016 at 5:34 am

    Thankx all! 😀

  26. az says:
    August 1, 2016 at 12:07 pm

    nice

  27. yaa says:
    August 4, 2016 at 11:23 am

    it is not good

  28. mariyam nishlaa says:
    September 18, 2016 at 10:38 am

    o so good

Comments are closed.

Next Episodeއެންމެ ފަހު ނޭވާ ލަމުންވެސް… 4 ވަނަ ބައި←


All Right Reserved!