Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

( މާޒީ..)ހަތަރުވަނަބައ

Asurumaa Level 110 Stories
June 25, 2016 2 Mins Read
3 Comments

 

ޒުހާ ހެއްވާލުމުގެ ގޮތުން މޮޅު އުކުޅެއް ގެ ބޭނުން ކޮށްލިއެވެ.އާނއެކެވެ. މިފަހަަރު އެއުކުޅު ކާމިޔާބުވިއެވެ. ޒުހާ ގެ ހިނިގނޑުފަޅާއިގެން ދިޔައެވެ.ޒައިފް ބޭނުންވިގޮތް ވީއެވެ.އޭނާ އަބަދުވެސް ބޭނުން ވަނީ ޒުހާ އަބަދުމެ އެގޮތަށް ހެވިފައި އުފަލުގައި ހުރުމެވެެ.ނޫން ތުންްކޮޅުބިންްދާލަމުން ޅަަގޮތަކަށްް ޒުހާވެސްް ޒައިފް އާއި ތަންްްކޮޅެއްކައިރިިއަށްް ޖެހިލާ  ބާރަށް އޭނާގެކޮނޑުމަތީގައި ބޯއަޅާލަމުން ބުނެލިއެވެ.ހަމަ އެހާވެސްް ފަނީތަ؟؟ހުމްްމްމްމްމްމް….. ތުންކޮޅޮބިންދީމަ އަދި މަޖަަލީ ހަމަހީވަނީ ހަަމަ ކުޑަ ކުޑަަ ބޭބީ އެއްހެން…މަޖާވެލާފައި ޒަައިފް ވެސް ބުނެލިއެވެެ.ވަގުތުތައް މިގޮތުގައި ފާއިތުވަމުންްދެއެވެ.

“ޒުހާ އަހަރެން ޒުހާކައިރީ ވަރަށް މުހިންްމުވާހަކަައެއް ބުނަންބޭނުން” ސަމަާސާގޮތް ހުއްޓާލުމަށްފަަހު ވަރަށްް ސީރިއަސްރާގެއްގައި ޒައިފް ބުނެލިއެވެ..ޒަައިފްް ގެ ރާގު ހުރިގޮތުންް ސީރިއަސްވުމަށް ޒުހާ އަަށްވެސް މަޖުބޫރުވިއެވެ. ވީވެސް ހަމައެެހެންނެވެ.ޒައިފް އަކީ އޭނާގެ މިޒާޖުގައިިވެސް ސީރިއަސްމީހެކެެވެ. ނަމަވެސް އެފަދަރާގެއްގައި އެހާ ސީރިއަސްވެފައި މިހާތަނަަށްވެސް  އޭނާކަމަކު އެގޮތަށްކިޔާފަކާއެެއްްނެެތެެވެ.އެހެން ކަމުން ޒުހާވެސްް ވަރަށްް ހާސްވާގޮތްވިއެވެ. އަނެއްކާކޮންކަމަކުކިޔަންބާއޭހިތަށްއެރިއެެވެ.ހުރިހާކަމެއްހުއްޓާލުމަށްފަހު ޒުހާ އެނާގެ ހުރިހާސަމާލުކަމެއް އެވާހަކަަ އަކަށް ހުސްކޮށްލިއެވެ.ހަމަހިމޭން ކަމުގެެ ވަގުތުކޮޅަކަށްފަހު އަނެެއްކާވެސް ވާހަކަދެެއްކީ ޒައިފްއެވެ.”އަހަރެންނެއް ބޭނުމެއްނޫން އެެއްގޮތަކަށްވެެސް ޒުހާ އަށް އޮޅުވާލާކަށް ޒުހާއަށް ޤަަބުލްުކުރެވުނަސްް ޤަބޫލުނުކުރެވުނަސް އަހަރެން ޒުހާއާާއި ރައްޓެެހިވީކީ ޒުހާ ދެކެ އެއްގޮތަކަށްވެސް ލޯބިވާތީކީއެއްނޫން އަހަަރެން ޒުހާ އާއި ރައްޓެހިވީ ހަމަައެކަނި ޒުހާ ގެ ފަރާތުންް ޖިސްްމާނީ ފައިދާއެެއް ހޯދމުުުގެ ނިޔަތުގައެވެ.އެކަމު ޒުހާ އެކަަމެއް މަށަކަށް ނުކޮށްދިން އެހެންވީމަ މިހާރުން ފެށިގެެން މަގޭ ހަޔާތަކަށް ޒުހާ ގެ އެއްވެސް ބޭނުމެއްނެތްް!އެންެމެ ރަނގަޅުދެން ދިޔަސް” ޒުހާާ އަށް ހީވީ މީހަކު އޭނާގެ ބޮލަށް ހޫނުފެން އެއްޗެއްއޮއްސާލިހެެންނެވެެ.ނޫން ތިހެން ނުހަދާާ އަހަރެން ދޫކޮށްފަ ނުދޭ ހެޔޮނުވާނެ އިން ތަނުން ތެދުވެ ޒައިފް ހިންގައިގަތުމާއި އެކު އޭނާގެ ދެފައިމައްޗަށް ވެއްޓި އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ޒައިފްް ހިތުގައި ރަހުމްގެ ކަންފުޅެއްވެސް ނެެތެވެ. ޒުހާގައިގައި ކޮޅުފައިން ޖަަހާ ވައްޓާލުމަށް ފަހު ހިނގައިގައިންފިއެވެ.

“ދަރިފުޅާ….ދަރިފުޅާ ޒުހާ މިހާރު އެއޮށްހަތަރެއްޖަަހަނީއޭ! އަސުރުނަމާދުވެސް ނުކޮށް އަދިވެސް ތިއޮތީ ނިދަން ތެދުވެބަލަ!”ސިއްސައިގެން ގޮސް ޒުހާ ތެދުވިއިރު މުލި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ.”ކިހިނެެއްވެފަތަ ތިހުރީ؟ މީހާ މުޅިންް ދާހިއްލާ ފޯވެފަ!” ހައިރާން ކަމާއިއެކު ފަރީދާ ކޮށްލީ ސުވާލެކެވެ.”ކަމެއްނުވެ މަންމާ! ހޫނުވާވަރުން ދާހިއްލާފަ އެހުރީ” ހަމަޖެހިލުމަށް ފަހު ޒުހާ ބުނެލިއެވެެ.ފަރީދާ ވެސް ހިނގައިގަތީ ސިޓިންގް ރޫމަށް ދިއުމަށްށެވެ. ޒުހާވެސް އެންދުން ތެދުވެ ރީތިކޮށް ބޯ އޮމާން ކޮށްލުމަށް ފަހު ހުޅިޖަހާލައިގެން މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށް ދިއުމަށްށެވެ.

ފްރިޖުގެ ދޮރުހޮޅުވާލުމަށް ފަހު ފިނިފެން ފުޅިިއެއްނަގާ އަނގަ އަށްް ކޯވަރެއް އަޅާލަމުން ޒުހާ ވިސްނާލީ ދާދި ދެންމެއަކު އޭނާ އަށް ފެނުނު ހުވަފެނާއި މެދުގައެވެ. ހަމަ ޔަޤީނުން ވެސް އެ މޫނަކީ ދަންނަމޫނެކެވެ. ކޮންމެވެސް ތާކުން އެ މޫނު އަހަރެން ދުށީމެވެ. ނަމަވެސް އެއީ ކާކުކަމެއް ޒުހާ އަކަށް ނޭނގުނެވެ. ޒުހާ އަށް އެމޫނު އަދިވެސް ސިފަަ ވަނީ ވަރަށް ފަނޑު ގޮތަކަށްށެވެ.އެހެން ކަމުން ވިސްނާ ވިސްނާވެސް އެމީހަކު ގެ ސިފަ އެއް ޒުހާ އަކަށް ނޭނގުނެވެ.އެކޮއި ޒުހާ ފުރިޖު ހޮޅުވާލައިގެެން ތިތާ ތިހުރީ ކޮން ފިކުރެއްގަތަ؟؟ އަނެެއްކާވެސް ސިއްސައިގެން ގޮސް ބަލައިލެވުނީ މާކައިރިން ދަންނަ އަޑެއް އިވުމުންނެވެ. “އަނހަ!! ހަައްްވާތާ” އޭރު ހައްވާމަނިކެ އައިސް ކާ ގެއަށް ވަންނަނީއެވެ.ދަރިފުޅާ ޒުހާ ކޮބައިތަ އެކޮއިގެ މަންމަ؟؟ ކިހިނެއްްވެފަތަ ފުރިޖުގަނޑުވެސް ހޮޅުވާލައިން ފާޑަކަށް ތިތާ ތިހުރީ؟؟” އަނެެއްކާ މިއަދުވެސް ދެމައިން ކޮންމެވެސް ކަމަކާ ދެބަސް ވީ ދޯ؟؟؟ޒުހާ އަށް ވެސް ހުރެވުނި ހައިރާން ވެފައެވެ. ވާނީވެސް އެހެންތާއެވެ.އެތަނަށް ވަނީއްސުރެން ހައްވާފުޅު ސުވާލަކަށްފަހު ސުވާލެއް ޒުހާ އާއި ކުރަމުންދެއެވެެ. އެެފަކީރަށް ޖަވާބެއް ދޭން އަނގަހޮޅުވާލަންް ވެސް ފުރުސަތެއް ނުދެއެވެ. އެއްޗެކޭ ބުނެވޭނީވެސް ޒުހާ އަށް އެއްޗެެކޭބުނަން ފުރުސަތުދީގެންތާއެވެ.ފަރީދާ އަށް ވެސް ބަދިގެ އަށް އާދެވުނީ މި ތަންވަޅުއެެވެ.ހަގީގަތުގައި ފަރީދާ ބަދިގެއަށް އަައީ ހައްވާފުޅު ގެ އަޑުއިވިގެންނެވެ.ހާއްވާފުޅު ގެ ސުވާލުފަތި އަމުނަންފަށައިފިނަމަ ޒުހާ ރުޅިގަދަވެގެން އެއްޗެކޭ ބުނެފިނަމަ މަޝްރަހް ފިނިކުރުމަކީ މާކަ ފަސޭހަ ކަމަކަށް ނުވާނެކަން އޭނާ އަށްް އިންގޭތީއެވެެ.ހައްވާފުޅަކީ ޒީލަ ގަދަ ވަރުގަދަ އަޑެއްގެ ވެރިއެެކެވެ.

ހައްވާފުޅާ ދެން ހިނގާބަލަ އުންދޯއްޔަށް ދުފާލަން” ދުފައިލައިގެންނެއްނު ވާހަކަ އެއްވެސް ދެއްކޭނީ ފަރީދާ ގަސްތުކުރީ ހައްވާފުޅު އަވަހަށް އެ ތަނުންް ގެންދިއުމަށްށެވެ.އެމީހުން ދިއުމުން ފާޑަކަަށް މޫނުހަދާލަމުން ޒުހާވެސް ގޮސްވަނީ ކޮޓަރިއަށްށެވެ.

އިރުއޮއްސުނު ވަގުތެވެ. މަޢްރިބް ނަމާދުން ފައިބައިގެން އެންމެންވެސް ވަކިވީ އަށެއް ޖަހާއިރު ހޮޅުއަށްޓިން ބައްދަލްކުރުމަަށް ނިންމުމަށް ފަހުގައެވެ.ޒައިފް އާއި ޝާމިން ވެެސް ބައިސްކަލަށް އަރާ ދުއްވާލީ ގެއާދިމާއަށް ދިއުމަށްށެވެ. މިފަހަރު ބައިސްކަލު ދުއްވީ ޝާމިންއެވެެ. ޒައިފް އިނީ ފަހަތުގައެވެެ. “އޭ ބުރޯ ބަންދުވެސް ދެބައިވީ ދޯ؟؟ ކައޭ ދިޔައީމަ މަ ވަރަށް ވައިވާނެ ؟؟ އާނ ދޯ ޝާމިންް އާއި އެއްބައިވެލަމުން ޒައިވެސް ބުނެލި އެވެ.ދެން އަންނަ ބަންދެއްގަ ވެސް އަންނާނީ ދޯ!

ޒައިފް އަކީ މާލޭ ގެ ގެދޮރު ހުރި މުއްސަނދި އާއިލާއެެއްގެެ ކުއްޖެކެވެެ.ޝާމިންް ގެ ބައްޕަ އަހަަންމައިދީ އާއި ޒައިފް ގެ ބައްޕަ ފަހުމީ އަކީ ބިޒްނަސް ޕާޓުނަރުންނެވެ. އެހެެން ކަމުން ވަރަށްް ކުރީއްސުރެެންވެސް އެމީހުން އެރަށް ގޮސްއުޅެއެވެ.

***********

ނުނިމޭ!

 

 

Share Article

Follow Me Written By

Asurumaa

Level 110 Stories

Other Articles

Previous

މަންޝާ (ފަންސަވީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 59

Next
June 25, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 59

Previews
June 24, 2016

މަންޝާ (ފަންސަވީސްވަނަ ބައި)

3 Comments!

  1. Asurumaa says:
    June 25, 2016 at 12:46 pm

    Sorry guyies vaahaka upload nukureveny buxy v ma time libeyvarakun thankolheh mi liyeveny so hope so mi part ves reethi vaane kamah and mistakes hunaane ekan gaboolukuran guyies pls let me knw the mistakes so comment kohlahvaa eyrun next part eh rangalhu kohleveny thanx for ur support

  2. Shaayaa says:
    June 25, 2016 at 7:57 pm

    Haadha kurey….

  3. Shaayaa says:
    June 25, 2016 at 7:59 pm

    Haadha kurey…. but v v reethi….

Comments are closed.



All Right Reserved!