Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

Esfiya Level 310 Stories100 Login
July 7, 2016 5 Mins Read
18 Comments

“ދެން ކަލެއަށް ސަލާމަތެއް ނުވެވޭނެ.” ހުމާމު ބޯމައްޗަށް ވާސްނަގައި ޖެހުމަށް ތައްޔާރުވެލިއެވެ. ޖާހަތުއަށް ލޯމަރާލެވުމާއެކު ބޮލުގައި އަތް އަޅާލެވުނެވެ. ދެން ސަލާމަތްނުވާނެކަމުގެ އިހުސާސްކުރެވި ރޯންފެށުނެވެ.
ހުމާމު ގައިހުރި ބާރެއް ލާފައި ޖާހަތުގެ ބޮލާ ދިމާއަށް ފޮނުވާލިއަތުގައި ޒާންއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ހުމާމަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ޒާންއާއި ޝިޔާމްގެ އިތުރުން ޝާމް ވެސް ކޮޓަރިއަށްވަދެއްޖެއެވެ.
ހިމޭންކަން ވެރިވުމުން ޖާހަތުއަށްބަލައިލެވުނެވެ. އެންމެ ފަހަތުގައި ހުރި ޝާމް ބޮކި ދިއްލާލިއެވެ. މުޅިތަން އަލިވެގެން ދިޔައެވެ. ޝިޔާމްގެ މޫނުމަތިންފެންނަމުން ދިޔައީ އަނގުރުއަލިފާންކުލައެވެ. ފަހަތުގައި ހުރި ޝާމްހުރީ އެތެރެއިން ހިނިއައިސް ފޮޅިފައެވެ.
“މި ކޮންކަމެއް؟” ރުޅިއައިސްފައި ހުރި ޝިޔާމް ސުވާލުކޮށްލިއެވެ. ހުމާމަށް ހިންދިރުވާލެވުނެވެ.
ޒާންއަށް ބަލައިލެވުނީ ޖާހަތުއަށެވެ. އެ ނިކަމެތި އަންހެންކުއްޖާގެ ހާލަތުފެނި ހިތް ހަމްދަރުދީއިން ފުރުނެވެ.
“ޝާމް! މިއީ ކޮންކަމެއް؟” ހުމާމުގެ ބަހެއް ނުލިބުމުން ޝިޔާމްގެ ސުވާލު ދެން އަމާޒުވީ ޝާމްއާއެވެ.
ޝާމް ހުރީ މިދަނޑިވަޅަށް ތައްޔާރުވެ ދައްކަންވީ ވާހަކަވެސް ހިތުދަސްކޮށްފައި ފަދައެވެ. ހުރިހާ ވާހަކަ ތަކެއް ކިޔައިދޭންފެށިއެވެ. ނަމަވެސް ހުމާމުގެ ވާހަކަތަކެވެ. އަދި ޖާހަތު ސަލާމަތް ކުރުމަށް ޝާމްކުރި ‘ހިތްވަރުގަދަ’ މަސައްކަތުގެ ވާހަކަތަކެވެ.
ޝާމްގެ ވާހަކަތައް އަޑު އިވުމަށްފަހު ޝިޔާމް ހުމާމުގެ ކޯތާފަތްމަތީގައި އެތަކެއް އެތިފަހަރުތަކެއް ވީއްލާލިއެވެ. އެވަގުތު އެތަނަށް އާދެވުނު ފަރީދާއަށް އަނގަމަތީގާއި އަތްއަޅާލެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.
ޝިޔާމް ފަރިދާއަށްވެސް ވީ ގޮތް ހުލާސާ ކޮށްދިނެވެ. އަދި އެމީހުންގެ ދަރިފުޅު އެމީހުންގެ ކަތިނުލެވި ހުރި އުންމީދުތައް ކަތިލައިދިން ފުރިހަމަ ގޮތުގެ ތަފްސީލުދިނެވެ.
“މިކުއްޖާގެ ފިރިމީހާ ހޯދާ ޝާމް. އަހަރެން ޚުދު އޭނާގެ ކިބައިން މަޢާފަށް އެދޭނަން. އަދި ހުމާމުގެ ފަރާތުން ލިބުނު ހުރިހާ ހިތްދަތިކަމެއްގެ ބަދަލު އަހަރެން ހޯދަ ދޭނަން.” ޝިޔާމް ބުނެލިއެވެ.
“ޖާހަތުގެ ފިރިމީހާ މި ހަފްލާގައި ބައިވެރިވެ އެބަހުރި. އަހަރެންނަށް މަޢުލޫމާތު ލިބިފަވާ ގޮތުގަ އޭނަ ވެސް ޖާހަތު ވީނުވީތަނެއް ނޭނގިގެން އުޅެނީ.” ޝާމް ޖަވާބުދިނެވެ. އަދި އެއަށްފަހު ޒާންއާ ދިމާއަށް އެނބުރުނެވެ.
“އައި އެމް ސޮރީ ޓު އިންކްލޫޑް ޔޫ އިން އޯލް ދީސް، އެކަމަކު ޖާހަތުގެ ފިރިމީހާއަކީ ޒާންގެ އެކުވެރި އާއިޒު.” ޝާމް ބުނެލިއެވެ. ނަމަވެސް އޭނާ އުންމީދުކުރިކަހަލަ ހައިރާންކަމެއް ޒާންގެ މޫނުމަތިން ފެނިގެނެއް ނުދެއެވެ. އަނެއްކޮޅުން އާއިޒުގެ ނަން އިވުމާއެކު ޖާހަތުގެ ލޯބޮޑުވެގެން ދިޔައެވެ.
“އަހަރެންނަށް އެނގޭ. އެކަމަކު މިއަދު ވަރަށް ދެރަވެއްޖެ ކަންތައް މިވީ ގޮތުން. އަހަރެންނަށް ވަގުތަށް ނާދެވުނު ނަމަ ޖާހަތުގެ ފުރާނައަށް ނުރައްކާވީސް. ތިފަދަ އުޅުމެއް ނެތް މީހަކާއެކީ އަހަރެންގެ ވިޔަފާރި ފެށުނު ކަމަށްޓަކާ މިހާރު ކަންބޮޑުވޭ. ދެން އެކަމާ ޖެހޭނީ ވިސްނާލަން.” ޒާންގެ ޖުމުލައިން ޝާމްގެ މޫނުމަތީގައިވާ ހަނދު އޮއްސުނުފަދައެވެ. ޝިޔާމްގެ މޫނު ހުދުވެގެން ދިޔައެވެ. ފޮނިއުންމީދުތައް ވިއްސިވިހާލިވެގެން ދިޔުމުންނެވެ.
“ޖާހަތު އާދޭ އަހަރެންނާއެކީ.” ޒާން އެދުނެވެ.
ޖާހަތުއަށް ހަދަންވީ ގޮތެއް ނުވިސްނުނެވެ. ހިލޭ މީހަކާއެކީގައި ދާންވީ ހެއްޔެވެ؟ ޝިޔާމް ޖާހަތުއާ ކައިރިވެލަމުން ޖާހަތުގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެންގެ ދަރިފުޅުގެ ފަރާތުން އަހަރެން މަޢާފަށް އެދެން. ވަރަށް ދެރަވެ ލަދުގަނެއްޖެ. ކަންބޮޑުނުވޭ. އަހަރެން ޒާން ދަންނަން. އޭނާއާ އެކީ ދޭ.”ޖާހަތު ޒާންގެ ފަހުތުން ހިނގައިގަތެވެ. ޝިޔާމްގެ ބަހަށް އިތުބާރު ކުރެވިގެނެއް ނޫނެވެ. އެނޫންގޮތެއް ނެތުނީތީއެވެ. ހިމާޔަތެއް ހޯދުމަށްޓަކައި އޭނާގެ ހަޔާތުގެ ނާ އެކި ކޮޅުކޮޅަށް ލައްގަމުން ދާއިރު މިއީވެސް އެގޮތަށް ލެއްގި ލެއްގުމެއް ކަމުގައި ނިންމައެވެ. އާއިޒުއާ ހަމައަށް މިމީހާ އަހަރެން ވަކި ގެންގޮސްދޭނެ ހެއްޔޭ ހިތް ސުވާލުކޮށްލިއެވެ.

ޒާންގެ ހަބަރެއް ނުވެފައި ތިބި ހުމަޔޫންއާއި އާއިޒު އެކިކޮޅުކޮޅު ހޯދަނީއެވެ. ޖީބުގައި އޮތްފޯނު ވައިބްރޭޓްވާންފެށުމުން ނަގައިބަލައިލަމުން ހުމަޔޫން އަށް ޒާން އޭ ބުނެލިއެވެ.
“ހަލޯ ޒާން، އޭތް ކޮންތަނެއްގަ؟” އާއިޒު ސުވާލުކުރިއެވެ.
އެކޮޅުން އެއްވެސް އަޑެއް ނީވެއެވެ. އެހެންކަމުން އާއިޒު އަނެއްކާވެސް ޒާންއަށް ގޮވާލިއެވެ.
“އާއިޒް!” ޒާންގެ ފޯނު ކަންފަތުޖައްސައިގެން ހުރި ޖާހަތު އާއިޒަށް ގޮވާލިއެވެ.
އާއިޒުގެ ހުރިހާ ހިއްސުތަކެއް އެއަޑަށް ސަމާލުވެގެން ދިޔައެވެ. ގައިން ހީބިހި ނަގައިގެން ދިޔަފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ.
“ޖާތު!!!” އާއިޒަށް ބުނެލެވުނެވެ. ކައިރީގައި ހުރި ހުމަޔޫންއަށް ޝައުގުވެރިކަމާއެކު ސަމާލުކަން ދެވުނެވެ.
އެތަށް ދުވަހެއްގެ އިންތިޒާރަށްފަހު ކަންފަތުގައި އާއިޒުގެ އަޑު އިވުމުން ޖާހަތުއަށް ކުރެވުނު ފުން އަސަރުތަކެއްގެ ސަބަބުން ރޮއެގަނެވުނެވެ. އާއިޒަށް އެއަޑު އިވުނު ހިނދު ފެންކަޅިވިއެވެ.

އީމަން ނިކުތީ ބޭރަށެވެ. މަގުގެ ދެފަރާތުގައި ހައްދާފައިވާ ބަގީޗާގަސްތަކަށް ބަލަމުން ކުރިއަށް ހިނގަމުން ދިޔައެވެ.
ކާރުގައި އެންމެ ޕާރކެއްވެސް ނެތްކަން ފާހަގަ ކުރެވުނީ އެވަގުތުއެވެ. އީމަން އެތަނުގައި އިން ދެގާޑުން ކުރެ އެކަކަށް ގޮވާލިއެވެ. އެމީހާ އަވަސް ފިޔަވަޅުތަކެއް އީމަންކައިރިއަށް އައެވެ.
“ކޮބާ ކާރުތައް؟” އީމަން ސުވާލުކުރިއެވެ.
“އެއްކާރުގައި ޝަކީލާ މެޑަމް ދުރުވީ. ދެން އޮތް ދެކާރު ސާރވިސްކުރަން ފޮނުވައިފިން. އަނެއްކާރުގަ އިޔާނާ މެޑަމް ދުރުވީ.” އެމީހާ ތަފްސީލުދިނެވެ.
“ޔާނާ؟؟؟ ޔާނާ ކޮންތަނަކަށް ދިޔައީ؟” އީމަންއަށް ހައިރާންވެފައި ސުވާލުކޮށްލެވުނެވެ.
އީމަންގެ ސުވާލުން އެމީހާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. އަދި ބުނެލިއެވެ. “ސާރ، އެއާރޕޯޓަށް ފުރަން ނޫންތޯ”
އީމަންގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދައެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ.
“ކީކޭ؟ ކޮން އިރަކު؟ ކީއްވެ އަހަރެންކައިރީގަ ނުބުނީ އެކަކުވެސް؟” އީމަން ލިބުނު ސިހުމެއްގެ ބޮޑުކަމުން ހުރިހާ ސުވާލުތަކެއް އެއްފަހަރާކުރިއެވެ.
“މީގެ ކުޑައިރުކޮޅެއް ކުރިން. އަޅުގަނޑުވެސް ހުރިން އެތަނުގަ. އަޅުގަނޑުމެން ސާރއަށް ދަންނަވަން އުޅުނިން. އެކަމަކު އިޔާނާ މެޑަމް ބުނުއްވީ ސާރ އަށް އެނގެޔޭ ހުރިހާ ކަމެއްވެސް.” އެމީހާ އިސްޖަހާލަމުން ބުނެލިއެވެ.
އީމަންގެ ހިތް އަވަސްވިއެވެ. އޭނާ ހަމަ މިވަގުތުގައި އެއާރޕޯރޓަށް ދާން ބޭނުންވިއެވެ. ޔާނާ ހުއްޓުވަން ބޭނުންވިއެވެ.
“އަވަހަށް ކާރު ހަމަޖައްސައިދީ.” އީމަން އެދުނެވެ.
ޝަކީލާ ގެއަށް އައީ އެވަގުތުއެވެ.
ޝަކީލާ ކާރުން ފޭބުމާއެކީ އީމަން އަވަސްއަވަހަށް ކާރަށް އަރައިގެން ދުއްވާލިއެވެ. ޝަކީލާއަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ.
ބާރު ސްޕީޑްގައި ކާރު ދުއްވާފައި ދިޔައިރު އީމަންގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ޔާނާ ހުއްޓުވުން ވަރަށް މުހިންމެވެ. އެހެންނޫނީ އަބަދުގެ އަބަދަށް ޔާނާ ގެއްލިދާނެއެވެ.
މަދުވަގުތުކޮޅެއްގެ ތެރޭގައި ކާރު މަޑުކޮށްލީ އެއާރޕޯރޓަށެވެ. ކާރޫބާރު ބޮޑު އެސަރަހައްދުން އިޔާނާ ހޯދައިގަންނަން އުނދަގޫވާނެ މިންވަރު އީމަންއަށް އިހުސާސްކުރެވުނު ހިނދު ފެންކަޅިވިއެވެ.
ރާއްޖެއަށް ފުރާ ޗެކިން ކައުންޓަރާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އެތަނުގައި ޔާނާއެއް ނެތެވެ. ޗެކިންވެސް ވަނީ ބަންދުކުރެވިފައެވެ. ޑިޕާރޗާރގައި އޮތްގޮތުންނަމަ 20ށް މިނެޓް ތެރޭގައި ބޯޑިންނަށް އެތެރެއަށް ވަންނަން ޖެހޭނެއެވެ.
އީމަން ކެތްތެރިކަމެއްނެތި އެކިކޮޅުކޮޅު ހޯދަންފެށިއެވެ. 20މިނިޓް ވެގެން ދިޔައިރުވެސް ޔާނާގެ ހަބަރެއް ނުވިއެވެ. ނާއުންމީދުވާންފެށިއެވެ.
“އީމަން؟” ފަހަތުން ޔާނާގެ އަޑު އިވުނެވެ. އީމަން ހިނިތުންވެލަމުން އެނބުރެލިއެވެ.
“ޔާނު، ޕްލީޒް. އާދޭސްކޮށްފަ މިބުނީ. ނުދޭ. އަހަރެން ދައްކާ ވާހަކަ އެންމެ ފަހަރަކު ނަމަވެސް އަޑުއަހާ. ތިއީ އަހަރެންގެ ޔާނު. އަހަރެން މިއީ ޔާނުގެ އީމް އޭ. ނުދޭ. ހެޔޮނުވާނެ.” ކެތްތެރިކަން ކޮޅުންލާފައިވާ އީމަން ދީވާނާވެފައިވާ މީހެއްހެން ޔާނާ ކައިރީ އާދޭސްކުރަން ފެށިއެވެ. ނިކަމެއްޗެއް ފަދައިންނެވެ.
“އީމަން ޕްލީޒް. މިތަނުގަ ސީން އެއް ކުޅެން ނޫޅޭ. އެންޑް ޕްލީޒް. ސްޓޮޕް ބިހޭވިން ލައިކް އަ ޗައިލްޑް. ހަޤީޤަތާ ކުރިމަތިލާބަލަ ނިކަން.” ކައިރީގަ ތިބި މީހުންގެ ނަޒަރު އަމާޒުވާން ފެށުމުން ޔާނާ ބުނެލިއެވެ.
“ޔާނު އަހަރެންގެ ދުލުން މިހާރު ބަޔާންމިވަނީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަޤީޤަތް. އާދޭސްކޮށްފަ ބުނަން. އަހަރެން ދޫކޮށްފަ ނުދޭ. އަހަރެން ޔާނުދެކެ ވަރަށް ލޯބިވޭ.” އީމަންގެ އާދޭސްތަކަށް ބަދަލެއް ނައެވެ. ޔާނާ އީމަންގެ އަތުގައި ހިފައިގެން އެއްކައިރިއަށް ޖެހިލިއެވެ.
“އަހަރެން އީމަން ދައްކާ ވާހަކަ ޤަބޫލުކުރަން. އެކަމަކު އީމަންވެސް އަހަރެން މިދައްކާ ވާހަކަ ކަނުލާ އަޑުއަހާބަލަ. ވެދާނެ އަހަރެން މިއީ ހަމަ އީމަންގެ ޔާނާ ކަމަށްވެސް. އެކަމަކު ހަޤީޤަތަކީ މިހާރު ރީމް އެއިނީ އީމަންއަށް ބަލިވެކަން. އީމަންގެ ޔާނާ އީމަންއަށް ލިބިއްޖެނަމަ ރީމްގެ ވަރަށް ބޮޑު ހައްގެއް ގެއްލިގެން އެބަދޭ. އަހަރެން ބޭނުމެއް ނޫން އެހެން ކަންތައް ވާކަށް.” ޔާނާ އީމަންއަށް ވިސްނައިދޭންފެށިއެވެ. ނަމަވެސް ޔާނާގެ ވާހަކަތައް އީމަން މެދުކަނޑާލިއެވެ.
“ޔާނު، ރީމް ބަލިވެ އިނީ އަހަރެންނަކަށް ނޫނޭ. އަހަރެން ޔަޤީންކަމާއެކު ބުނަން. ކިހިނެތްތަ އަހަރެންނަށް އެހެންމީހެއްގެ ކުއްޖަކާ ހަވާލުވެވޭނީ. އަހަރެން އެގޮތް ބޭނުމެއް ނޫން.” އީމަން ބުނެލިއެވެ.
“ދެން ކީއްވެ ވަކި އަހަރެން ހޯދަން ތިއުޅެނީ. އީމަން އަށް އަހަރެން ބަލައިގަނެވޭނެތަ އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅާއެކީ؟؟؟؟” ޔާނާ ހަރުއަޑުން ސުވާލުކުރިއެވެ. އީމަންގެ ނިދިފައިވާ ހިއްސެއް ހޭލައްވާލިފަދައެވެ. ޔާނާ ބަލިވެއިނީ ކާކުގެ ކުއްޖަކަށްތޯ އެންމެފަހަރަކުވެސް އީމަންއަށް ވިސްނައެއް ނުލެވެއެވެ. އަދި ހަމަ އެހެންމެ އެއީ އީމަންގެ ކުއްޖެކޭވެސް ހިތަކަށް ނާރައެވެ. އެކަންތައް ވަނީ އީމަންގެ ސަމާލުކަމުން އެއްކިބާ ކުރެވިފައެވެ. ޔާނާގެ އެސުވާލުން ހަމަގައިމުވެސް ހިތުގައި އެސުވާލު އުފެދިއްޖެއެވެ.
“އީމަން މިކުއްޖާއާ އެކީ އަހަރެން ބަލައިގަންނަން ބޭނުންނަމަ ކީއްވެ ރީމް ބަލައިނުގަނެވެންވީ؟” ޔާނާ ބަނޑުގައި އަތްޖައްސާލަމުން ސުވާލުކޮށްލިއެވެ.
އީމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަ ހިމޭންކަމެވެ. ދެން ދޭންވީ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ.
ކީއްވެގެންކަމެއް ނޭނގެއެވެ. އީމަންގެ އެހަމަހިމޭންކަމުން ޔާނާގެ ހިތަށް ތަދުވެއްޖެއެވެ. އޭނާ ބޭނުންވަނީ އީމަންގެ ދުލުން ޖަވާބެކެވެ.
ބޯޑިންގެ އެންމެ ފަހު ކޯލް އައުމުން ޔާނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“ޕްލީޒް ޔާނު! ޑޯންޓް ގޯ!!” އީމަންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. “އަހަރެން ދޫކޮށްފަ ނުދޭ. ޔާނު ތިކުރި ސުވާލުގެ ޖަވާބު އަހަރެންނަކަށް ނޭނގޭ. އެކަމަކު އަހަރެން ޔާނު ބޭނުން. ޕްލީޒް ނުދޭ.”
ޔާނާ މަޑުފިޔަވަޅުތަކުގައި ކުރިއަށް ހިނގައިގަތެވެ. ފަހަތަށް އެނބުރި ބަލަމުންނެވެ. ޔާނާގެ ހިތްވެސް ރޮމުންދަނީއެވެ. ހިތުގެ ކޮންމެވެސް ކަނަކުން އޭނާ ހުއްޓުވުމަށް އެދި އީމަން ކައިރީގައި އާދޭސްކުރަނީއެވެ. ނަމަވެސް އެއަޑު ފޯރާނެ ބާއެވެ.

ހުމަޔޫންއާއި އާއިޒު ކާރު މަޑުކޮށްލީ ފޭދޫގެ ހިއްކަމުންދިޔަ ސަރަހައްދަށެވެ. ހަނދުވަރުގެ އަލިން ޖަރީވެފައިވާ ސަރަހައްދަށް މަޑުކޮށްލި ކާރުގެ ބޮކި ނިވުމާއެކު މުޅި އެސަރަހައްދު ހަނދުވަރުގެ އަލިން ޖަރީވެގެން ދިޔަފަދައެވެ. ކުރިމަތީގައިވާ ބޮޑު ކަނޑު ވިދައިގަތްކަހަލައެވެ.
“ކޮބާތަ ޒާން؟” އާއިޒު ކެތްތެރިކަމެއްނެތި އެކިކޮޅުކޮޅު ހޯދާލިއެވެ. ތަންކޮޅެއް ދުރުން ފޯނެއްގެ އަލި ހަނާއަޅާމަންޒަރު ފެނުނެވެ. އެއީ ޒާންކަން އެނގުނެވެ. އާއިޒު އެދިމާއަށް ދާން ހިނގައިގަތެވެ. ހުމަޔޫން މަޑުކުރީއެވެ. ޒާން އެކޮޅުން އަންނަތަން ފެނުމުންނެވެ.
“އަން މިއޮތީ ތަޅުދަނޑި.” ޒާންއާއި އާއިޒު އެކަކު އަނެކަކާ އަރާހަމަވުމުން ޒާން އާއިޒަށް ކާރުގެ ތަޅުދަނޑި ދިނެވެ. އާއިޒު ހިނިތުންވެލަމުން ތަޅުދަނޑީގައި ހިފައި ކުރިއަށްވުރެ ބާރަށް ހިނގައިގަތެވެ. “ދޭ އަވަހަށް. އެފަކީރު އެބައިން ތެޅިތެޅި އިން ހިތަކާއެކު.” ޒާން އާއިޒަށް ބުނެލިއެވެ.
ދުރުގައި އޮތް ކާރުކައިރީގައި މަޑުކޮށްލައިގެން އިން ޖާހަތުއަށް އާއިޒު އަންނަތަން ފެނެއެވެ. މޫނުމަތީގައިވި ހިނިތުންވުން އިތުރުވިއެވެ. އޭނާ ބޭނުންވީ ދުވެގޮސް އާއިޒުގެ ގައިގައި އޮޅުލައިގަންނާށެވެ. ހިތް ބުނެލިއެވެ. އެހެންވީއިރު އެކަން ނުކޮށް ތިހުރީ ކީއްވެހެއްޔެވެ؟
ހިތުގެ ގޮވުން އަޑު އިވުމާއެކު ޖާހަތު ދުއްވައިގަތެވެ. އާއިޒާ ދިމާއަށެވެ. ހުދު ހެދުމުގައި ޕަރީއެއްފަދައިން ދުވެފައިއައިސް އާއިޒާ އަރާހަމަވަމުން ދިޔަ ޖާހަތަށް އާއިޒުގެ ނަޒަރު ހުއްޓި އުފަލުން ހިނިތުންވެލެވުނެވެ.
ޖާހަތު އޭނާގެ ހިތް ބޭނުންވި ގޮތަށް އާއިޒުގެ ގައިގައި އޮޅުލައިގަންނަމުން އާއިޒުގެ ތަނަވަސް މޭގައި ބޯއަޅާލިއެވެ. އާއިޒުވެސް އޭނާގެ އެ ބާރުގަދަ ދެއަތުން ޖާހަތުގެ އުނަގަނޑުވަށާލުމަށްފަހު މެޔާލާ ބާރުކޮށްލިއެވެ.
“އާއިޒް” ޖާހަތު މަޑުމަޑުން ގޮވާލިއެވެ.
“އައި ލަވް ޔޫ!” އާއިޒުގެ ދުލުން އިވިގެންދިޔައީ ފޮނި ލަފްޒުތަކެކެވެ. ޖާހަތު ބޯ ހިއްލާލުމަށްފަހު އާއިޒަށް ބަލައިލީ ހައިރާންކަމުންފުރިގެންވާ ނަޒަރަކުންނެވެ. “އައި ލަވް ޔޫ އަ ލޮޓް.” އާއިޒު ތަކުރާރު ކޮށްލިއެވެ.
އެދެލޮލުން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ފުން ލޯތްބެކެވެ. އުފަލުން ގޮސް ޖާހަތު ފެންކަޅިވިއެވެ. “އައި ލަވް ޔޫ ޓޫ އާއިޒް. އައި ލަވް ޔޫ އަ ލޮޓް.” ޖާހަތުވެސް އޭނާގެ ލޯބި ހާމަކޮށްލިއެވެ. އެކަކު އަނެކަކުގެ ހިތުގެ ހާލަތު އެނގުނު ހިނދު ދެހިތަށްވެސް ލިބިގެންދިޔައީ އަރާމު އިހުސާސެކެވެ. ކެތްތެރިކަމެއްނެތި ހިތް ކުރަމުންދިޔަ ފޮނި އިންތިޒާރުގެ ނިމުން އައުމުންނެވެ. އެތަކެއް ވާހަކަ ތަކެއް ހިއްސާކުރަން ބޭނުންވިއެވެ. އެތަކެއް ޝަކުވާތަކެއް ކުރަން ބޭނުންވިއެވެ. އާއިޒު ޖާހަތުގެ މޫނުގައި ދެއަތުން ހިފަހައްޓަލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ.
ޖާހަތުގެ ލޮލުން ކޯތާފަތްމައްޗަށް ފޭބި ކަރުނަތިކި ފޮހެލަދެމުން އާއިޒު ދެކޮޅަށް ބޯހޫރާލީ ނޫނެކޭ ބުނަމުންނެވެ. ވާހަކަ ނުދައްކައި ތިބެގެން އެތަކެއް ވާހަކަ ތަކެއް ހިއްސާކުރަމުންދާފަދައެވެ. ދެހިތުގައި އެކަކު އަނެކަކުގެ މައްޗަށް ލޯބި އުފެދިފައިވާ މިންވަރު ލޮލުން ހާމަ ވަމުންދިޔައިރު އާއިޒުވެސް އިނީ ފެންކަޅިވެފައެވެ.
އާއިޒު އިސްވެ ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ޖާހަތު ހުއްޓުވިއެވެ.
“ދެން ފާއިތުވީ ތަނުގެ އެއްވެސް ވާހަކައެއް ދެއްކުމުގެ މާނައެއް ނެތް. ދެން އޮތީ އަހަރެމެން ދެމީހުންގެ ކުރިމަގުގެ ވާހަކަ ދެއްކުން. މިރޭ އަހަރެން ވަރަށް އުފާވެއްޖެ.” ޖާހަތު ބުނެލިއެވެ. އާއިޒު އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ހަނދުވަރުދޭ ރީތި ރެއެއްގައި ދެހިތެއް ގުޅިގެން ދިޔުމަށްވުރެ ވަކި އުފާވެރި މަންޒަރެއް ސިފަ ކުރެވޭނެ ހެއްޔެވެ؟
ނަމަވެސް ތަޤްދީރުގެ ނިޔާ ދެކޭށެވެ. އެއްކޮޅުން ދެހިތެއް ގުޅުނުއިރު އަނެއްކޮޅުން ދެހިތެއް އަލްވަދާޢުކިޔަނީއެވެ. ތާއަބަދަށްކަމުގައިވެސް ވެދާނެއެވެ. ޖާހަތުއާއި އާއިޒުގެ ހިތް ލޯބިން ފޮޅެމުން ދިޔައިރު އީމަންއާއި ޔާނަގެ ހިތްދިޔައީ ކުދިކުދި ވަމުންނެވެ. މިދުނިޔެއަށް ނަފްރަތުކުރަމުންނެވެ. ދެހިތެއް ގުޅުމާއި ވަކިވުން އެއީ އިންސާނުން ފަދަ ނިކަމެތި ބައެއްގެ އަތްމަތީގައި ވާ ކަންކަމެއް ނޫނެވެ. ތަޤްދީރުގައި ވަކިވުމަށް ލިޔެވިފައިވާ ދެހިތެއް ކިތަންމެ ލޯބިވިޔަސް ޖެހޭނީ ވަކިވާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އިންތިޒާރުގައި ހުރިން 18 (ފަހުބައި)

Next

ދޭނަން ހިތާ ޖާނާ (15)

Next
July 7, 2016

ދޭނަން ހިތާ ޖާނާ (15)

Previews
July 6, 2016

އިންތިޒާރުގައި ހުރިން 18 (ފަހުބައި)

18 Comments!

  1. sidd says:
    July 7, 2016 at 11:01 am

    Mivaahaka mi nimuneetha? ???

  2. Zahy says:
    July 7, 2016 at 11:08 am

    v reethi mi nimuneytha mivaahaka

  3. Kulsun says:
    July 7, 2016 at 1:07 pm

    Wow v salhi

  4. aan says:
    July 7, 2016 at 1:36 pm

    Nice mi part ves.

  5. mary says:
    July 7, 2016 at 1:42 pm

    Nyc.. Bt eeman n yaana nugulhunyma v foohi…

  6. Dhonthi says:
    July 7, 2016 at 1:46 pm

    Haadha kurukh thigenes dhiny.. Bt v nyc

  7. Shuhy says:
    July 7, 2016 at 3:36 pm

    Aneka vaahakah ehkoh nimuneetha mi…

  8. Look says:
    July 7, 2016 at 3:38 pm

    Mi vaahaka mee varah reethi vaahakaeh
    Mi vaahaka ithurah furihama vegen dhaane *yaanaa adhi Eman gulhuvun
    *Yaanaa Ge kureege life hadhaanvun
    *Jaahath ar yaanaa dhemeehun dhimaavun

  9. Purplish says:
    July 7, 2016 at 3:59 pm

    Alhe mivaahaka ithurah furihama vaanee eman and yaana gulhuveema

  10. Reef says:
    July 7, 2016 at 6:09 pm

    Adhi nunimey mivahaka.. kurinves mivahaka mi site in kiyafa othyma engeny.. nimunves v reethivane mivahaka..

    1. Same says:
      July 7, 2016 at 7:00 pm

      mi vaahakaiga kithah parts indheythah?

  11. Shan says:
    July 7, 2016 at 8:41 pm

    Nimifa oih vaahakaeh genes dhey iru ves ehaa las genesdheyleh… plus nimifa oiy vaahaka eh alun genes dheythy aslu v foohi.. kiyan beynun vaa kudhin kureege page ah gos hama kiyan v dhw….
    Vvvvvvvvvv reethi vaahaka eh me… ekam ves aa vaahaka thakegge thereyga fennan hunnaathyy undhagoo

    1. Same says:
      July 7, 2016 at 9:32 pm

      kureege pagethah check kurin. nufennagothah hadhaafa iny.

  12. meera says:
    July 8, 2016 at 12:35 am

    This is one of my favourite story…..i really like this story a lots……when nect part???? Avassss….waiting……

  13. SoMeOnE says:
    July 8, 2016 at 8:28 am

    Avahah up khdheebi next part

  14. Akki says:
    July 8, 2016 at 10:34 am

    I’m waiting for this avahah up koh dhechey
    And yaanaa aa eemaan aa gulhuviyya ithurah furihama vegen dhaane❤
    Jahaathu aa yaanaa aa dhimaa v ma ves reethi vaane?
    BTW keep it up????

  15. leee says:
    July 8, 2016 at 11:36 am

    mee alhe nimen ulhey vaahaka e tha ???

  16. ....... says:
    July 8, 2016 at 1:12 pm

    Mi mihaaar hama typical hindhi drama eh…. Nimenykee noon…

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66←


All Right Reserved!