Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނޭހެ ދުނިޔޭގާ (8)

Nuzzi Level 110 Stories
June 4, 2016 7 Mins Read
26 Comments

#    #     #     #     #

އަންޖުމް ނަގައި ގަނެގެން އާސިޔާ އެންމެ ފުރަތަމަވެސް ގުޅީ ޔުސްރިއްޔާއަށެވެ. ރައްޓެއްސެއް ވަރަށް ހާލުގައި އޮތް ވާހަކަ ބުނުމުން ޔުސްރިއްޔާ އަވަހަށް އަންނާށޭ ބުނެފިއެވެ. ކުޑަކުޑަ އަވީން އުރުގައި ޖަހާލައިގެން އާސިޔާ ގޭގައި ގެންގުޅޭ ދެތިން މީހަކު ގޮވައިގެން ދިޔައީ ވިލިގިއްޔަށެވެ. ބާރަ އަހަރުގެ ޒާމިން ކޮޓަރީގެ ދޮރުން ބޯދިއްކޮއްލައިގެން ހުއްޓެވެ. އެކުއްޖާވެސް މާލެ އައިސްހުރީ ޗުއްޓީއަށެވެ. ޔުސްރިއްޔާއާއި ހަމައަށް ދެވުނު އިރުގައި އޭނާހުރީ ޑޮކްޓަރުންވެސް ގެއަށް ގެނެސްފައެވެ. މަތީބައިގައި ހުރި ކޮޓަރިއަކަށް އަންޖުމް ބަދަލު ކޮއްފައި ރޮމުންދިޔަ އަވީން މަސަލަސް ކުރެވޭތޯ އާސިޔާ އުޅެން ފެށިއެވެ. އަވީން ލޮލުގައި އަތް އަޅަން ފެށުމުން ލޮލަށް ތަދުވާތީ އުޅޭކަން އާސިޔާއަށް ފާހަގަ ވިއެވެ. ތަންތަން ބަލަން އުނދަގޫ ވެގެން އުޅޭހެން ހީވުމުން އާސިޔާ އެކުއްޖާ އެގޭގައި ހަދާފައި ހުރި ލައިބްރަރީގައި ތިބި އެހެން ކުދިންގެ ކައިރިއަށް ލާފައި އެގޭ ގެންގުޅޭ މީހާއާއި ހަވާލު ކޮއްލިއެވެ. އަންޖުމް ކައިރިއަށް ދެވުނުއިރު އަންޖުމް ގައި ސާފު ކުރަނީއެވެ.

“އާސި… އަހަރެން ދުވަހަކުވެސް ނާހަން މިކަހަލަ… އެކަމް އެއީ ކިހިނެއް ވެފައޮތް އަންހެން ކުއްޖެއް؟ އަހަރުމެނަށް ވުރެވެސް ކުޑަވާނެހެން ހީވަނީ..” މޭގައި އަތް އަޅާލައިގެން އިން ޔުސްރިއްޔާގެ ނަޒަރު އަންޖުމްގެ މޫނުން ވަކި ނުވެއެވެ.

“އެއީ އާމިރުގެ އަންހެނުން…” އާސިޔާ އައިސް އަންޖުމްގެ ބޮލުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން އެމޫނުގައި ހިކިފައި ހުރި ލޭތައް ފުހެން އުޅުނެވެ.

“އާސި އަދިވެސް ނީންނަންތަ؟ އަހަރެން ހީކުރީ” ޔުސްރިއްޔާ އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުޖެހިލީ އާސިޔާގެ ލޮލުގައިވާ ކަރުނަތައް ފެނިފައެވެ. އިތުރު ސުވާލެއް ނުކޮށް ޔުސްރިއްޔާ ނިކުމެލީ ބޭރަށެވެ. ޑޮކްޓަރ އާސިޔާ ދުރު ކޮއްލުމަށްފަހު އަންޖުމް ބަލަން ފަށައިފިއެވެ. ޑޮކްޓަރަށްވެސް ހީވަނީ ނުބެލުނު ހެންނެވެ. އަނެއް ފަރާތަށް އެނބުރެމުން ތިރީގައި ގޮތް ހުސްވެފައި އިން އާސިޔާއަށް އޭނާ ބަލާލިއެވެ.

“މި ކުއްޖާއަށް ވީ ކިހިނެއްތޯ…” އެންމެންފަހުން ޑޮކްޓަރގެ ހިތަށްވެސް ކެއްނުވެގެން އަހާލިއެވެ. އާސިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އާމިރު އަންޖުމް އެތަނުން ނެރުނަ ދިނީވެސް އިޒާންގެ ވާހަކަ އެއްވެސް މީހަކު ކައިރީގައި ނުބުނާ މަތިންނެވެ.

“އެއްވެސް ސާފު ތާހިރު ކަމެއްނެތި ދުވާލަކު އެތައް ފަހަރެއްގެ މަތިން ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ކުރިމަތި ފަރާތް މިވަނީ ވަރަށް ބޮޑަށް ހަލާކުވެފައި.. ހީވަނީ ދެދުވަސް ވެއްޖެހެން ނުކައި ހުންނަތާވެސް.. ގާތުން ކިރުދޭ ވަރުގެ ކުޑަ ކުއްޖެއް އެބަހުރި ދޯ” އާސިޔާއަކަށް ދެންވެސް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ހިތަށް އަރަމުން ދިޔައީ މިހުރިހާ ދުވަހު އަންޖުމް އެތަނުގައި ހޭދަކުރި ގޮތެވެ. އަންހެން ޑޮކްޓަރ އަންޖުމް ސާފުކުރަން ބުނުމުން އާސިޔާ ބޭނުންވީ އޭނާގެ ދެއަތުން އަންޖުމް ސާފު ކުރާށެވެ. ވަރަށް ގިނަ ދުވަސް ވަންދެން އެފަކީރަށް ހިތްދަތިކަމުގައި ތަހައްމަލު ކުރެވިއްޖެއެވެ.

އެތަނުން ނެރުނު ފަހުން އަންޖުމްގެ އޮތީ އެފަދަ ހާލެއްގައެވެ. ހޭނާރައި އެހެން އޮންނަތާ މިހާރު ހަތަރު ވަރަކަށް ގަޑީރު ވެދާނެއެވެ. ހުދު ފޮތިގަނޑުނަގައި ފުރަތަމަ ޑޮކްޓަރ ބުނި ފަދައިން އޭނާ ސާފުކުރަން ފެށީ އުނަގަނޑުން ފަށައިގެން ތިރިއެވެ. ދެފައި ދުރުކޮއްލުމަށްފަހު ފައިފަލަ މަސްގަނޑު ފެނުމުން އާސިޔާގެ ހިތްހީވީ ކުދިކުދި ވިހެންނެވެ. ކުއްލިއަކަށް ފަހަތަށް ޖެހެވުނީ އެހިތުގައި ޖެހެމުން ދިޔަވަރުންނެވެ. ފައިގެ އެކި ހިސާބުގައި ވަކި އަޅާފައިވާ ގޮތުން ހީވަނީ ވަލު ޖަނަވާރަކަށް އެފަކީރު ދީފައި އޮތްހެންނެވެ. އަންޖުމް ސާފު ކުރަމުން ދިޔަވަރަކަށް އާސިޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައްވެސް ވީ އިތުރެވެ. އެދޮން މޫނުގައި ކަޅުކުލަ ނާރާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ބަނޑުގެ އެކި ތަންތާނގައި ދަތްއަޅާ ވަނީ ދުޅާ އަރާފައެވެ.

“އަންޖުމް އަހަންނަށް މާފު ކުރޭ… އަހަރެން އަވީންނަށް ދުވަހަކުވެސް ދެރަ ގޮތެއް ނުހަދާނަން… އަންޖުމްވެސް އަވަހާއި ރަނގަޅުވޭ އިނގޭ” ގިސްލަމުން އާސިޔާ އަންޖުމްގެ ފައިގައި ހިފަހައްޓާއިގެން އިނދެ ވާހަކަ ދައްކަން ފަށައިފިއެވެ.

“ކުރިން އަންޖުމް އެތަނުގައި އޮތްކަން އިނގޭ ނަމަ އަހަރެން ތިވަރު ވުމުމުގެ ކުރިން ނެރޭނަން.. އަހަންނަށް ޙީވަނީ އަހަންނަށް ކުރިން ނުބެލުނީމައޭ އަންޖުމްއަށް ތިވަރު ތިވީ” ދެންވެސް އާސިޔާ ދިޔައީ ވާހަކަ ދެއްކުމުންގެވެ. އަންޖުމް އެއްކޮށް ސާފު ކޮއްލާފައި އާސިޔާ ނިކުތީ ބޭރަށެވެ. އޭރު ޔަމީން ހުރީ ކުޑަކުޑަ ރުކާޔަތު އުރާލައިގެންނެވެ. ޔުއާން ދުރުގައި މޫނު ހަދާލައިގެން ހުއްޓެވެ. އާސިޔާ ނިކުތުމުން އަނެއްކާވެސް ކަންތައް ވީގޮތް ކިޔައި ދިނުމަށް ޔުސްރިއްޔާ ބުނެލައި ދިނެވެ. އާމިރުގެ ކޮއްކޮގެ ވާހަކަ ދައްކަމުންގޮސް އާސިޔާ ހަނދާންވީ އާމިރު އިޒާންގެ ވާހަކަ އެހެން މީހެއް ކައިރީގައި ނުބުނުމަށް ބުނީ ވާހަކައެވެ. ވަގުތުން އާސިޔާގެ އަނގައިގައި ހީވަނީ ތަޅެއް ލެވުނު ހެންނެވެ.

“އާސި އެއީ ކޮން ކޮއްކޮ އެއްތަ؟..” ޔުސްރިއްޔާ ޝައުޤުން ފުރިގެންވާ ގޮތަކަށް އަހާލިއެވެ.

“އާމިރުގެ ކައިރީ ކޮއްކޮ އެއްހެން އުޅޭ ކުއްޖެއް އެއީ.. އަހަރެން މިއައީ އޭނާ ޕޮލިހުންނާއި ހަވާލު ކޮއްފަ..” އާސިޔާ ދޮގު ހަދަން މަޖުބޫރުވީ އާމިރުގެ އާދެސް ތަކުގެ ސަބަބުންނެވެ. އޭނާ އިޒާން ބޭރަށް ފޮނުވާލަން އެއްބަސް ވުމުންނެވެ.

އަވީން ގޮވައިގެން ގެއަށް ދިޔައިރު އާމިރު ދޮރުމަތީގައި ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. އާސިޔާ އަވީން ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަން ގޮތަށް  ދަބަހަކަށް އެއްޗެހި އަޅަން ފަށައިފިއެވެ. އޭރު އާމިރު އައިސް އެނދުގައި އިން އަވީން ނަގައި އުރާލައިފިއެވެ. އާސިޔާ ދުވެފައި އައިސް އަންޖުމް ޖަހައި ގަނެއްޖެއެވެ. ބައްޕައެއް ކަމަކު ޢޭނާއަކަށްވެސް ދެނެއް އަވީންގައި އަތެއް ނުލެވޭނެއެވެ.

“އާސި ކިހިނެއް ވެގެން ތިއުޅެނީ..”

“ކިހިނެއް ވެގެންހޭ؟ އާމިރު ލަދެއް ނުގަނޭތަ ތިހެން އަހާކަށް.. ބަލަ އަންޖުމް ކިރިޔާ ދުނިޔެގަ އެއޮތީ.. ” ހޫނު އެތި ފަހަރެން އާމިރުގެ މޫނަށް އަރުވާލަމުން އާސިޔާ ބުނެލިއެވެ.

“އަހަރެންނެއް ނޫނޭ އަންޖުމްއަށް އެހެން ހެދީ.. ” އާމިރު ކުއްވެރި އެއްހެން ވާހަކަ އިސްޖަހާލިއެވެ. މިއަދު އޭނާގެ މޫނުމަތީގައިވަނީ ލަދުވެތިކަމެވެ.

” ހެވޭ.. އާމިރު ދިނީމަ ދޯ އިޒާނަށްވެސް އަންޖުމް ލިބޭނީ ބުނެބަލަ.. ނުލަފާ ފިރިހެނާ.. އަހަރެން ކައިރީގައި އަދި ބުނެފިއެއްނު އިޒާނުގެ ވާހަކަ ނުދައްކާށޭ.. ނަސީބެއް ކަންނޭނގެ އެނުލަފާ ކުއްޖާގަނޑު އެގަޑީގައި މިގޭގަ ނެތްކަންވެސް.. ކިހާ ދުވަހެއް ވެއްޖެ އަންޖުމް އެތަނުގައި އޮންނަތާ” ރުޅިއައިސް ހަޅޭއްލަވައި ގަނެފައި އާމިރުގެ މޭގައި އާސިޔާ ތަޅައި ގަނެފިއެވެ.

“އެއް އަހަރު…” އާމިރުދެން އެއްވެސް ކަމެއް ސިއްރު ކުރާކަށް ބެނުމެއް ނުވިއެވެ.

“ނިކުމޭ… މިހާރު މިތަނުން މިކުމެގެން ދޭ.. ” އާސިޔާއަށް އެންމެ ފަހުން ރުޅިއައިލެއް ގަދަކަމުން ރޮވިއްޖެއެވެ. އަވީން އޭރުއިނީ އެނދުމަތީގައި ރޮވިފައެވެ.

“އިޒާންގެ ވާހަކަ ބުނިންތަ އަނެއްކާ.. އާސި އަހަންނަށް ދުވަހަކުވެސް ކަމެއް ކޮއްދެންޏާ ނުބުނައްޗޭ..” އާމިރު ވާހަކަ ދައްކަ ދައްކަ ހުއްޓައި އާސިޔާ ދޮރު ލައްޕައިފިއެވެ.

ދެވަނަ މިނެޓްގައި އާސިޔާގެ ހިޔާލު ބަދަލު ވެއްޖެއެވެ. އޭނާ އެގެއިން ނިކުމެގެން ދާން ބޭނުންވި ކަމުގައި ވިޔަސް އަވީނެއް ނުގެންދެވޭނެއެވެ. އެއްވެސް ހާލެއްގައި އޭނާ އާވީން ބަހައްޓާފައި ދާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތަކުން ބެލިއަސް އަވީނަކީ އޭނާއާއި އެއްވެސް ގުޅުމެއް ހުރި ކުއްޖެއް ނޫނެވެ. ރުޅި މަޑު ކޮއްލުމަށްފަހު އެނދުމަތީގައި ހުރި ކުޑަކުޑަ އަވީނަށް އާސިޔާ ބަލާލައިފިއެވެ. ހޮޅިބުރި ޖައްސާފައި ހުރުމުން އަވީން އިނީ މޫނުގައި އަތް އަޅައިގެންނެވެ. އާސިޔާ ގަސްތު ކުރީ އިރު އެރުމުން އަވީން ގޮވައިގެން ޑޮކްޓަރެއްގެ ކައިރިއަށް ދިއުމަށެވެ.

ޔަމީން އުޅުނީ ކުޑަ ކުޑަ ރުކާޔަތު ގޮވައިގެން ކުރަހައެވެ. ޔުއާން އިނީ ލައިބްރަރީގައި ފޮތެއް ހިފައިގެން ކިޔާށެވެ. އެންމެ ކުޑައިރުއްސުރެވެސް ފޮތް ކިޔަން ވަރަށް ހުންނަ ކުއްޖެކެވެ. އެހެންމީހުނާ ވަކިން އުޅޭއިރު އަބަދުވެސް ހުންނާނީ ކޮންމެވެސް ފިކުރެއްގައެވެ. އެދުވަހުވެސް ހަތްއަހަރުގެ ޔުއާން ހުރީ އޭނާގެ އެންމ ކަމުދާ ފޮތް ކިޔާށެވެ. ދުރުން މީހެއް ފެނުމުން ޔުއާނަށް އެއީ ކުރިން ދަންނަ މީހެއްހެން ހީވިއެވެ.

“ދޮންތާ..” ދުރުން ޔުސްރިއްޔާގެ އަޑު އިވުމުން ޔުއާންގެ ހިތް އުފަލުން ފުރިއްޖެއެވެ. އޭނާގެ މަންމައައީއެވެ. ދެން ޔުސްރިއްޔާ ކައިރިއަކު ހުންނާކަށް ނުޖެހޭނެއެވެ.

“އަހަރެން މިއައީ ޔަމީންބަލާ… އަހަންނަށް ޔަމީން ދީ” ޝިޔާނާ އަމުރުވެރި ރާގަކަށް ބުނެލިއެވެ. ޔުސްރިއްޔާގެ ހިތުގައި ޖެހުނީ ޔުއާންގެ ވާހަކަ ނުބުނުމުންވެ.  ދުރުގައި ބަލަންހުރި ޔުއާނަކަށް އެދެމީހުން ދައްކާ ވާހަކަ އަޑެއް ނީވުނެވެ.

“ދޮންތާ ޔުއާނެއްނު ކުޑައީ..” ޔުސްރިއްޔާ އިސްޖަހާލަމުން ބުނެލިއެވެ. އޭރު އެތަނަށް ޔަމީންވެސް އައިސްފިއެވެ. ކައިރީގައި ހުރި ޔަމީނަށް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ.

“ޔުއާނޭ.. އަހަރެން އެކުއްޖާ ގަނޑު ބޭނުމެއް ނޫން… އޭނާ ހީވަނީ އޭނަގެ ބައްޕަހެން.. ޔަމީން ދަރިފުޅު ހިނގާ މަންމައާއެކު” ޝިޔާނާ ހެވިލާފައި ޔަމީނު އަތަށް ކަޅު ކުލައިގެ ފޮތެއް ދިއްކޮއްލައިފިއެވެ. ނަމަވެސް ޔަމީން އެފޮތުގައި ޖަހާ އެއްލާލައިފިއެވެ. ޔުއާން ދުވެފައި އެހިސާބަށް އަރަނިކޮށް ޔުސްރިއްޔާ ބުނެލި ޖުމްލައަކުން އެކުއްޖާގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ.

“އެއްވެސް ކުއްޖަކު ނުލިބޭނެ…” އެހެން ބުނުމަށްފަހު ޔަމީނުއާއި ޔުއާން އަތުގައި ހިފައިގެން ގޮސް އެކުދިންގެ ކޮޓަރިއަށްލައި ތަޅުލައިފިއެވެ. ޝިޔާނާ އެތާ ހުރެ ޔުސްރިއްޔާ ނުއެއް ނިކުތެވެ. ނިކުމެގެން ދިޔަ މަގުމަތީގައި ޝިޔާނާއާއި ދިމާވީ އާސިޔާއާއި އެވެ. ކުރީގެ ރަހުމަތްތެރިން ކަމަށް ވުމުން ފެނިފައި ވަރަށް ވާހަކަ ދައްކާލާފައި ހުއްޓެވެ. އަވީން ކުރިން ދުވަހަކުވެސް ފެނިފައި ވުމުން ޝިޔާނާ އެކުއްޖާއާއި ސަމާސާ ކޮއްލިއެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބައި އަނެއްކާވެސް ޔުސްރިއްޔާ އަންނަތަން ފެނިއްޖެއެވެ. ޝިޔާނާ ކުޑަ އަވީންގެ ބޮލުގައި ފިރުމާލަމުން ދަނީ ކަމުގައި ބުނެލިއެވެ. އާސިޔާ އެދުވަހު އަވީބް އަބްޖުމް ކައިރީގައި ބެހެއްޓިއެވެ. ޝިޔާނާއާއި ކުރިންވެސް ރައްޓެހިވުމުން އާސިޔާ ވަރަށް ގިނައިރު ވާހަކަ ދައްކަން އިނެވެ.

#       #       #       #      #

އާސިޔާއަށް ހޭވެރިކަމެއްވީ އަވީން އައިސް އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. އާސިޔާ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފެނުމުން އަވީން ހީކުރީ އޭނާ ބަނޑުބޮޑު ވާހަކަ ނުބުނުމުން ދެރަވީ ކަމަށެވެ. އާސިޔާގެ އަތުގައި ހިފާލަމުން އަވީން މައާފަށް އެދިލިއެވެ. ކުޑައިރުގައިވެސް އަވީން ހަދާގޮތެއް ވުމުން އާސިޔާ މާބޮޑަށް ދެރަވެއްޖެއެވެ. އެތަނުން ދުރަށް ޖެހިލަމުން އާސިޔާ އަވީންގެ އަތުގައި ހިފައި އޭނާގެ ދެލޮލުގައި ޖައްސާލިއެވެ. މި ކުއްޖާއަށްޓަކައި އޭނާ ނުވަނީ ކޮންފަދަ ގުރުބާނީއެއް ހެއްޔެވެ. އެހެން ކުއްޖަކުވެސް ނުހޯދީ ހަމައެކަނި އަވީނަށް ކަމެއް އުނިވެދާނެތީއެވެ. އަދިވެސް އާސިޔާ ހުރީ އަވީންގެ އަތް އޭނާގެ ކަރުނުން ފުރިގެންވާ ދެލޮލުގައި ޖައްސައިގެންނެވެ.

” މި ދުނިޔޭގަވެސް ނުވާނެ މަންމަ ތިހާ ލޯބިވާ ކުއްޖެއް…” އެހެން ބުނަމުން އާސިޔާ އަވީންގެ އަތް ދޫކޮއްލައިފިއެވެ. އަދި މަޑުމަޑުން ގޮސް ދޮރުން ނިކުމެގެން ހިނގައްޖެއެވެ. އަވިންއަށް ހަދާނެ ގޮތެއް ނޭނގިފައި ހުރީއެވެ. މަންމަ ކުއްލިއަކަށް އެހެން އެބުނީ ކީއްވެ ހެއްޔެވެ. ދުވަހަކުވެސް މަންމަ އޭނާދެކެ ލޯބިވާ ވާހަކައެއް ބުނެފައެއް ނުވެއެވެ.

ބާބަކިއު ނިންމާލުމަށްފަހު އިޒާން ދިޔައީ ގެއަށެވެ. ދެން އެނބުރި އެގެއަށް އޭނާ އަންނާނީ ހުރިހާ ތައްޔާރީ ތަކާއެކުގައެވެ. އެހެން މީހުންނަށް އިޒާން ފެނުމުން ގޮތެއް ނުވިއަސް ޔުއާނަށް ބުނެދޭން ނޭނގޭ ކަހަލަގެ އުނދަގުލެއް ވެގެންދެއެވެ. އެހެން މީހުން މައްޗަށް އަރައިގެން ދިއުމުން ޔުއާނައާއި ޔަމީނު މަޑުކޮއްލީ ޓެރެހުގައެވެ . އަދި ޔަމީން މާލެއައި ފަހުން ދެމީހުން އެކީގައި ވަގުތެއް ހޭދައެއް ނުވެއެވެ. ދެމީހުންވެސް ތިބީ ކައިގެން ތިބުމުން ގޮނޑީގައި ފާޑަކަށް އިށީނދެގެންނެވެ. ރުކާޔަތުވެސް އެތަނުގައި އިނދެފައި ދިއުމުން ޔަމީނު އަހާލީ އަވީންގެ ވާހަކައެވެ. ކުދަ ދުވަހުން ފަށައިގެންވެސް ކޮއްކޮގެ މިޒާޖު އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ. މީހުންގެ ތެރޭގައި އަވީން މާގާތް ކޮއްގެން އުޅުނަސް އެދެމީހުން އެކަނި ވުމުން ވާހަކަ ނުދައްކާނެކަން އޭނާއަށް އެނގެއެވެ.

ޔުއާން ހަމަ ކުއްލިއަކަށް ހުރެފައި ޝިޔާނާގެ ވާހަކަ އަހާލުމުން ޔަމީން ފޫހިވާ ގޮތްވިއެވެ. އެންމެ ކައިރިން އޭނާގެ މަން ކަންތައް ކުރިގޮތް އެނގޭ މީހަކީ އެއީއެވެ. ޔުއާންގެ ޅަހިތުގައި ޖައްސާފައި ދިޔަގޮތް އަދޮވެސް ޔަމިންގެ ހިތުން ނުފިލާ އެބަހުއްޓެވެ. ޔަމީން ވާހަކަ ނުދެއްކުމުން ހިނދުކޮޅަކަށް ނަމަވެސް އެތަނަށް ހިމޭންކަން ވެރިގެން ދިޔައެވެ. ދެމީހުން އެހެން ވާހަކައެއް ނުދައްކައި ތިއްބާ އަވީން އައުމުން ޔަމީން ގޮނޑި ދައްކާލަމުން އެތެރެއަށް ހިނގައިގަނެފިއެވެ. ޔުއާން އަތަށް ފޯނު ދިއްކޮއްލަމުން އަވީންވެސް ކައިރީގައި ގޮނޑީގައި އިނށީދެއްޖެއެވެ. ފޯނުގައި ހިފާލަމުން ޔުއާން އޭގައި ވާ އެއްޗަކަށް ބަލާލައިފިއެވެ. “ބޭބީ” ޖަހާފައި އޮތުމުން ދެލޯ ބޮޑު ކޮއްލާފައި ޔުއާން ބަލާލައިފިއެވެ.

“މަތަ؟” ޔުއާން ހީކޮއްގެން ހުރީ އަވީން ބޭބީއޭ ބުނީ އޭނާއާއި ދިމާލަށް ކަމުގައެވެ. އެހެން ބުނުމުން ވަގުތުން އަވީން ކައިރިއަށް ހިނި އަތުވެއްޖެއެވެ. ބަނޑާއި ދިމާލަށް އިޝާރާތް ކޮއްލުމުން ޔުއާން އޯއޭ ބުނެލައިފިއެވެ.

“ކޮން އިރަކުން ދާން ޖެހެނީ…”ހިނިތުން ވެލަމުން ޔުއާން އަވީނާއި ދިމާލަށް އެނބުރިލައިފިއެވެ. އަވީނަށް ވާހަކަ ދައްކަން އުނދަގޫވީ ޔުއާންގެ ތޫނު ނަޒަރު ސިދާ އޭނގެ މޫނާއި ދިމާވެފައި ހުރުމުންނެވެ.

“އާނު ބުނީމެއްނު ވިސްނާފަ ޖަވާބެއް ދޭށޭ…” އަވީންގެ ދުލުން އިވިގެން ދިޔަ ޖުމްލައިން ޔުއާންގެ ދެލޯ ބޮޑު ވެއްޖެއެވެ. އަނެއްކާ އަވީން ދޭނީ ކޮންކަހަލަ ޖަވާނެއް ކަމެއްވެސް ނޭނގެއެވެ.

“އަހަރެން ބޭ..”އަވީނަށް އެހެން ބުނުނެވިގެން އުޅެނިކޮށް ޔުއާންގެ ފޯނު ރިންގް ވެއްޖެއެވެ. އަތުގެ އިޝާރާތުން މޑުކޮއްލާށޭ ބުނުމުން އަވީން ކުޑަކޮށް ހިތުގައިވެސް ޖެހިއްޖެއެވެ

“އަވީ ބުނީ ކީކޭ؟؟” ތެދުވެ ފޯނު ޖީބަށް ލަމުން ޔުއާން އަވީނަށް ބަލާލައިފިއެވެ.

“އަހަންނާއެކު ދާންވާނޭ ބުނަން އުޅުނީ ހޮސްޕިޓަލަށް.. ” ހިނިތުން ވެލަމުން އަވީން ޔުއާންގެ ފަހަތުން ހިނަގއި ގަނެފިއެވެ. އެޅަހިތުގައި ޖެހުނީ ޔުއާންގެ ފޯނަށް އަރާފައިވާ އިޝާލީގެ ނަން ފެނުމުންނެވެ. އޭނާ ކައިރީގައި ވިސްނާށޭ ބުނެފައި އިޝާލީއާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ.
“އަވީ ކަމެއް ވެފަތަ؟..” މިއަދު ހަތަރުދަމު ހެވިފައި އިން ކުއްލިއަކަށް މަޑުން އިނަން ފެށުމުން ފަހަތަށް ބަލާލަމުން ޔުއާން އަހާލައިފިއެވެ.

“ނޫން.. އެއްވެސް ކަމެއް ނުވޭ…” ކަރުންތައް ދިރުވާލަމުން އަވީން ރީތި ހިނިތުން ވުމަކާއިއެކު ޔުއާނަށް ބަލާލައިފިއެވެ.

ތިން ވެގެން ދިޔައިރު އަވީންގެ ބަނޑުން އެގެން ފަށައިފިއެވެ. އެހާ ތުނިތުނިކޮށް ހުންނާތީ ކަންނޭނގެއެވެ. ކޮންމެ މަހަކުވެސް ޔުއާން ޑޮކްޓަރަށް ދައްކަން ދާތީވެ ދެމީހުންވަނީ އިހުނަށް ވުރެވެސް ގާތްވެފައެވެ. އެނދުގައި އަވީން އޮންނަން ފެށިފަހުން އެތައް ދަމެއް ވާންދެން ދެމީހުންގެ ވާހަކަ ދައްކަން އޮވެއެވެ. ދޭތެރެއަކުން ޔުއާން އިޝާލީގެ ވާހަކަތައްވެސް ކިޔައިދެއެވެ. އެހެން މީހުނާއި ހިލާފަށް ރުކާޔަތު އުޅެމުންއައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އިޒާންގެ ފަރާތުން އޭނާއަށް ވަރަށް ލޯތްބާއި އަޅާލުން ލިބެއެވެ. އަބަދުވެސް އެމޫނު މަތީގައިވާ  ރީތި ހިނިތުންވެއް ހުރެއެވެ.

ޔުއާންގެ އޮފް ދުވަސް ކަމުން އޭނާ އޮތީ ނިދިފައެވެ. ގޭގެ ހުރިހާ އަންހެންވެރިންވީ މާލޭގައެވެ. އިޝާލީ ގުޅާފައި ޔުއާން ކައިރީގައި ރޯންފެށީ އޭނާއާއި އަޅާނުލާ ވާހަކައެވެ. ޔުއާން އަވީނަށް ވަގުތު ދޭން ބުނުމުން އަދިވެސް އިޝާލީ ޔުއާންގެ ފަހަތުން ނުނެއްޓެއެވެ. އެންމެ ފަހުން ނިދީ ތެރޭގައ ޔުއާން ގޭގައި އެކަނި އޮތް ވާހަކަ ބުނުމުން އިޝާލީ އަވަހަކާއި ތައްޔާރުވާން ފަށައިފިއެވެ. ފެރީން އާދެވުނުއިރު ބައިގަޑިއެއްހާ އިރު ވެދާނެއެވެ. ރުކާޔަތާއި އަވީންގެއަށް ކުރިން އަންނަން ނިންމީ އަވަހަށް ކޮލެޖަށްވެސް ދާން ޖެހޭތީއެވެ. ރުކާޔަތު މަޑުކޮއްލީ އިޒާން މަގުމަތިން ދިމާކުރަން ބުނުމުންނެވެ. އޭރު އަވީން ވަރުބަލި ވެފައި ހުރުމުން ހިނގައްޖެއެވެ. ގޭގެ މައިދޮރު ހުޅުވާލުމާއެކީ ޔުއާންގެ ކޮޓަރިން ޖަހަމުންދިޔަ ފޮނޮފޮނި މިއުޒިކެއްގެ އަޑު އަވީނަށް އިވިގެން ދިޔައެވެ.

ސިޑިން މައްޗަށް އަރައިގެންގޮސް ދޮރުގައި ހިފާލިއިރު ދޮރުވަނީ ކުޑަކޮށް ހުޅުވިފައެވެ. މަޑުމަޑުން އަވީން އެތެރެއަށް ވަނީ ބޯދިއްކޮއްލީ ޔުއާނަށް ސަޕްޒައިރެއްދީ ސިއްސުވާލާށެވެ. ނަމަވެސް ފެނުނު މަންޒަރަކުން އަވީންގެ ހިތް ހީވީ ކުދިކުދި ވިހެންނެވެ. ލޯމަރައިގެން އޮތް ޔުއާންގެ މޭމަތީގައި އިޝާލީ އޮތްގޮތުން އަވީން ކުޑަކޮށް ލަދުވެސް ގަތެވެ. އިޝާލީގެ ބުރަކަށި އޮތީ ހާމައަށެވެ. ޔުއާންވެސް މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނެލައިފިއެވެ.

“އަވީ… އައި ލަވް ޔޫ..” ޔުއާން އެހެން ބުނި އަޑު ހަމައެކަނި  އިވުނީ އިޝާލީއަށެވެ. އަވީން ތަންކޮޅެއް ދުރުގައި ހުރުމުން އެއަޑެއް އޭނާއަކަށް ނީވުނެވެ.

“އާނު.. މީމަށޭ…” އިޝާލީވެސް ޔުއާނާއި ބޮޑަށް ކައިރިވެލިއެވެ. ދެމިނެޓެއްހާއޮރުކުރިން އިޝާލީއަށް ބޭރުގައި ހުރި އަވީން ފެނުނެވެ. ނަމަވެސް އޭނާ އެހެން އޮތީ އަވީން އެއްޗެކޭ ބުންނަން ދެނެވެ.

“އަވީ.. ބޭބީ..” ކުޑަކޮށް ހޭލެވުނު ނަމަވެސް އަދިވެސް ޔުއާންއޮތީ ލޯ މަރައިގެންނެވެ. އެހެން ބުނުމުން އިޝާލީ އުޅުނީ ތެދުވާށެވެ. އެހަށިގަނޑު ހާމަވުމުން އަވީން އިސްޖަހާލިއެވެ. ދެން އޭނާއަކަށް އިތުރަކަށް ކެތެއް ނުވާނެއެވެ.

“ޔުއާން.. ” ތަންކޮޅެއް ބާރަށް އޭނާ ގޮވާލިއެވެ. ޔުއާން ދެލޯ ހުޅުވާލުމާއެކު ކައިރީގައި ހެދުމެއްނެތް ހާލުއޮތް އިޝާލީ ފެނުމުން އޭނާ ޖެހެވުނީ ފަހަތަށެވެ. މިވަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ސިޑިން އަރަމުންއައި އިޒާންއަށާއި ރުކާޔަތަށްވެސް އެއަޑު އިވިގެން ދިޔައެވެ. ދޮރުމަތީގައި ދެލޯ ބޮޑުކޮއްލައިގެން ހުރި އަވީން ފެނުމުން ޔުއާނަށް އަވަހާއި އެދިމާލަށް ދުއްވައިގަނެވިއްޖެއެވެ. ނަމަވެސް އަވީން ބަނޑާއިއެކު ދުވެފައި ސިޑިއާއި ދިމާލަށް ހިނގައްޖެއެވެ. ޔުއާންވެސް ސޯޓުކޮޅުގައި އޭރު ފަހަތުން އާދެއެވެ. އަވީންގެ ފައި ސިޑީގެ އަރިމަތީގައި ފައިއެޅުމުން އޭނާ ދިޔައީ ކައްސައިގެނެވެ.

“އަވީ…” އަވީންއާއި ދިމާލަށް އަތްދިއްކޮއްލައިގެން ހުރެ ޔުއާނަށް ހަޅޭލަވައި ގަނެވިއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nuzzi

Level 110 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (ވިހިވަނަ ބައި)

Next

ޤުރުބާންވުމީ މިހިތުގެ އުފާ 24 ވަނަ ބައި

Next
June 4, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 24 ވަނަ ބައި

Previews
June 3, 2016

އަހަރެންގެ ވާހަކަ (ވިހިވަނަ ބައި)

26 Comments!

  1. ram says:
    June 4, 2016 at 11:59 am

    Nice

  2. laimaan says:
    June 4, 2016 at 12:20 pm

    Laaaee mioh v gotheh. Avee ah dhera gotheh nahadhaathi. Story is awesome. Waiting

  3. Ifaa ifakko says:
    June 4, 2016 at 12:34 pm

    Wow,,vvvv nice,,, next part vx vv nice vaane kamah hope kuran!! Aveen ah dhera gotheh nahadhahchey ekm,, Hehe?☺??

  4. Nuzzi says:
    June 4, 2016 at 12:37 pm

    don’t worry avee ah gotheh nuhadhaanan..
    ramazan mubaarik enmenah 🙂

  5. Nauher says:
    June 4, 2016 at 12:42 pm

    Nice??????

  6. Aimsithu says:
    June 4, 2016 at 12:43 pm

    Wow…

  7. aff says:
    June 4, 2016 at 1:30 pm

    reethi… ramadan mubarik to yuuh all☺☺☺

  8. Pinkish says:
    June 4, 2016 at 3:33 pm

    Avee ge baby aa avy ashaa dhera gotheh nahadhachey… story hama habeys…

  9. Arw says:
    June 4, 2016 at 3:40 pm

    Mivaahaka vv nice… Ramadan mubarik oll

  10. thinker says:
    June 4, 2016 at 3:48 pm

    Avee akah noon dhw goii hadhaany baby ah dhw? hehehe ramaxaan mubaarik to yuh alll…

  11. Xahaa says:
    June 4, 2016 at 5:23 pm

    This story is awesome… avee nd yuaan dhuru nukuraathi plx…

  12. shima says:
    June 4, 2016 at 5:46 pm

    Varah reethi??.. Asluvx Avee n Yuan aa dhekudhin dhuru nukurahchey..nxt part avahah up kohdhehchey?

  13. dhivehinn says:
    June 4, 2016 at 5:54 pm

    Kon dhuhukun next part….story hama habeys n Ramaxaanmubaarik to u all

  14. reesham says:
    June 4, 2016 at 7:01 pm

    wow..v rythi mi prt vx.. dhn oi bai v kiyaahiyyvehje

  15. haazi says:
    June 5, 2016 at 11:38 am

    mi story vvv reethi..waiting for the next part..mi story ge konme part ehwes more than one time kiyey..i luv it

  16. Shaa says:
    June 6, 2016 at 12:10 pm

    Nice story….. nuzzi plz avahah up kohdhyba

  17. Shaa says:
    June 7, 2016 at 5:59 pm

    Nuzziiii plz up fast

  18. Ainy says:
    June 7, 2016 at 8:45 pm

    Haadha lahey upp vaaleh nw 3 days vee viyya …so late …

  19. Shaa says:
    June 8, 2016 at 8:44 am

    Ehaalahun up kohdheyiru dhigukoh genesdhehchey nuzzi plz

  20. Anonymous says:
    June 8, 2016 at 9:13 pm

    nxt part avaha up koh dhyba plx plx plx plx plx plx plx

  21. Nuzzi says:
    June 9, 2016 at 8:23 am

    Guys kuda kame vegen up koh nulevigen miulheny.. but friday ehn nuny saturday ga up kohlaanan…

  22. pinky says:
    June 9, 2016 at 3:12 pm

    Ehenviyyaa thankolheh dhigu konnellachey Nuzzii

  23. Anonymous says:
    June 10, 2016 at 7:21 am

    Plz nuzzi miadhu up kohlahchey….. can’t wait…. story hama best

  24. Mari says:
    June 11, 2016 at 9:05 am

    Plxxxx miyadhu up koh dheebala ….waiting.. Waiting for the next part..plxx nuzii

  25. Shaai says:
    June 11, 2016 at 10:11 am

    Haadha lahey up kohla leh…. I’m to much sad?

  26. RaM says:
    July 26, 2016 at 11:26 pm

    Ehen vaahaka thakekey ehgothah mivaahaka vx bahabaru v baa. Mihaaru kon dhuvaheh vaahaka up nukohdhey thaa

Comments are closed.

Next Episodeވާނޭހެ ދުނިޔޭގާ (9)←


All Right Reserved!