Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނޭހެ ދުނިޔޭގާ (7)

Nuzzi Level 110 Stories
June 1, 2016 6 Mins Read
20 Comments

“އަވީން ދޭބަލަ ތައްޔާރުވާން.. އަހަރެންނާއެކު ކާން ދާންވީނު..” ޔުއާން ހީވެސް ނުލައިހުރެ އެހެން ބުނެލިއެވެ. ބަނޑުބޮޑުވީ ކަމުގައިވިޔަސް އޭނާގެ ނިންމުމެއް ބަދަލެއް ނުވާނެއެވެ. އޭނާ އެއަށްވުރެ ބޮޑަށް އިޝާލީދެކެ ލޯބިވެއެވެ. އަދި އިޝާލީ މާފަށް އެދި ރޮއެއާދޭސް ކުރިވަރުން ޔުއާން ހުންނަނީ މާބޮޑަށް އިޝާލީގެ ކޮޅަށް ޖެހިފައެވެ. ޔުއާން ރީތި ވެލައިގެން ނިކުމެ އަވީން ގޮވައިގެން ދިޔައީ ހިނގާފައެވެ. ދިޔަ މަގުމަތީގައި ދެމީހުންކުރެ އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ރެސްޓައުރެންޓް ތެރޭގައިވެސް ދެމީހުން ތިބީ ވަރަށް މަޑުންނެވެ. އޯޑަރ ދިން އެއްޗެހި ގެނައުމުން ޔުއާން ކާން ފަށައިފިއެވެ.

“ކޮން ވާހކައެއް ބުނަން މިތަނަށް ގެނައީ؟؟” އަވީންއަށް އޭނާ އެތަނަށް ގެނައީ ވާހަކައެއް ބުނަންކަން އެނގެއެވެ.

“އަވީ ބޭނުން ވޭތަ އަހަންނާ އިނދެގެން އުޅެން…” ޔުއާން ސީދާ އަވީންގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. ރައްދުގައި ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. އިސްޖަހާލައިގެން އިނދެ ފޯނާއި ކުޅެން ފެށުނީއެވެ.
“އަވީ..” ޖަވާބެއް ނުދިނުމުން އަނެއްކާވެސް ޔުއާން ގޮވާލައިފިއެވެ.

“އަހަރެން ވިސްނާލާފަ ބުންނަތަ!!…” ތިރިއަށް ބަލަހައްޓައިގެންހުރެ އަވީން ބުނެލިއެވެ.

ދެމީހުންވެސް ކައިގެން ގެއަށް ދިޔައީއެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ޔުއާން އެނދުމަތީގައި އިވެފައި ތިރިއަށް ބަލާލީ އަވީންއަށް ނިދިއްޖެތޯ ބަލާލާށެވެ. މިހާރު އަވީން ތިރީގައި ބާއްވާކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ބުނާކަށް އޭނާއަކަށް ނުކެރެއެވެ. އެހެން އޮވެފައި ޔުއާން ތެދުވެގެން ދިޔައީ ޓެރެހަށެވެ. އޭނާއަށް ކަންތައް މިކުރެވެނީ ރަނގަޅަށް ހެއްޔެވެ. އަދި ވާގޮތެއް ބަލާލާނީއެވެ. ދުވަސްކޮޅަކު އުޅެގެން ގެއްލުމެއް ނުވާނެއެވެ.  އެހެން ނޫނަސް މިހާރު އެމީހުންނަށް އެއުޅެނީ ދަރިއެއް ލިބޭށެވެ.

ހެނދުނު ހެނދުނާ އެންމެންވެސް ތިބީ ކާމޭޒު ކައިރިއަށް އައިހެވެ. އަވީންއާއި ޔުއާން ދޭތެރެއަކުން ދެމީހުނަށް ބަލާލައެވެ. ޔުސްރިއްޔާއާއި ރުކާޔަތު ދިއުމުން ދެން އެތަނަށް ވެރިވެގެން ދިޔައީ ހަމަ ހިމޭންކަމެވެ. ދޭތެރެއަކުން އަވީން އެއްޗެކޭ ބުނަން އުޅޭހެންވެސް ހީވެއެވެ.ޔުއާން އަދިވެސް ހުރީ އަވީންގެ މޫނަށް ބަލަހައްޓައިގެންނެވެ. ހީވަނީ ޖަވާބަކަށް ބޭނުންވެފައި ހުރިހެންނެވެ.

“އަވީ ބޭނުން ވާ ގޮތެއް ބުނެފާނަންތަ؟” އެންމެފަހުން ރުޅި އައިސްގެން ޔުއާން ބުނެފިއެވެ.

“ހާދަ ރުޅިއެއް ތިއައީ..” ދޮރުމަތިން އިވުނު ފިރިހެން ވަންތަ އަޑުން އަވީން އެދިމާލަށް ބަލާލިއެވެ. ހުދު ޓީޝާޓަކާއި ދަގަނޫ ކުލައިގެ ޖިންސެއް ލައިގެން ހުރި ފިރިހެން ކުއްޖާ ހީވަނީ ހަމަ ޔުއާން ހެންނެވެ. ޔުއާން ކަހަލަ ރީތި ދޮންކަމަކާއި ފިރހެންވަންތަ އެހިނިތުން ވުމުން އަންހެން ކުދިންގެ ހިތްތައް ކަތިލާނެއެވެ.

“ދޮންބޭ…” ޔުއާން އުފަލުން ގޮސް ޔަމީނުގެ ކޮނޑަށް އަރައި ގަތެވެ.

“ހޫމް… މާ އެކްޓް ކުރާނެ ކަމެއް ނެތް..” ޔަމީން ދަބަހުން ޔުއާންގައި ޖަހާލަމުން ބުނެލިއެވެ. އޭރުވެސް އަވީން އިސްޖަހާލައިގެން އިނީއެވެ. ލޮލުގެ އިޝާރާތުން ޔަމީންއެއީ ކާކުތޯ އަހާލިއެވެ. ޔަމީން ހީކުރީ އެއީ ގޭގައި ކިޔަވަން ހުންނަ ކުއްޖެއް ކަމަށެވެ.

“ދޮންބޭ.. މީ އަވީ.. މައި ވައިފް” ޔުއާން އައިސް ފަހަތުން އަވީންގެ ދަތްދޮޅީގައު އުފުލާ އެމޫނު ޔަމީނަށް ދައްކާލަމުން ބުނެލިއެވެ. ޔަމީން ހިނިތުން ވެލަމުން އަވީންއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.

“މާޝާ ﷲ..” އަވީން ހިނިތުން ވެލާފައި ސަލާމް ކޮއްލުމުން ޔަމީން ބުނެލިއެވެ. ޔަމީން އެހެން ބުނުމުން ޔުއާން ޔަމީނަށް ލޯ އަޅާލައިފިއެވެ.

“ޔާނު… ދަރިފުޅު ތަ؟؟” ފަހަތުން ޔުސްރިއްޔާގެ އަޑު އިވުމުން ޔަމީން އަވަހާއި އެދިމާލަށް އެނބުރިލިއެވެ.

“މަންމާ.. މަންމަ ހާދަ ބަލި ހެންނޭ ހީވަނީ” ޔަމީން އައިސް ޔުސްރިއްޔާގައި ބައްދާލަމުން ބުނެލިއެވެ. ކިތަންމެ ބޮޑުވެފައި ކަމުގައި ވިޔަސް އަބަދުވެސް ޔަމީން އޭނާގެ މަންމަ ފެނުމުން ކަންތައް ކުރަނީ އެހެންނެވެ.

“މަންމަ މިދޭތެރެއިން ވަރަށް ބަލިވިއޭ..” ޔުސްރިއްޔާ އެހެން ބުނެލަމުން އަވީންއަށް އަނެއްކާވެސް ޔަމީނަކީ ކާކުކަން ބުނެލައިދިނެއެވެ.

ޔަމީންއައި ފަހުން ގޭތެރޭގައު އަބަދުވެސް އޮންނަނީ ކޮންމެވެސް ކަމެއް ކުރުމެވެ. ރުކާޔަތުވެސް އަބަދުހެން ބޭރުގައި އުޅޭތީ ޔަމީން އެކަމާވެސް އެއްޗެހި ކިޔައެވެ. ކުރު އެއްޗެހި ނުލުމަށް ބުނުމުންވެސް ރުކާޔަތު ބަހެއް ނޭޙިއެވެ. ޔަމީން ރާވަމުން ދިޔައީ ގޭގައި ކުޑަ ބާބަކިއު އެއް ބާއްވާށެވެ. ރައްޓެހިންނާއި އަދި ތިމާގެ މީހުންވެސް ބައިވެރި ކުރަން ޔަމީން ނިންމިއެވެ. ޔުއާންގެ އޮފް ދުވަހަކަށް ބާއްވަން ނިންމާފައި އޮތުމުން އެންމެންވެސް ތިބީ އެކަމަށް ތައްޔާރު ވެގެންނެވެ. ރުކާޔަތުވެސް އޭނާގެ ހާއްސަ ރަހުމަތްތެރިއެއް ގެންނާނެ ކަމަށް ބުނުމުން ޔުއާން ވަރަށް ސުވާލު ކޮއްލާފައި ހުއްޓެވެ. ނަމަވެސް ރުކާޔަތު ހަމަހިލާ ނުބުންޏެވެ. އެންމެންވެސް ތިބީ އެ ރަހުމަތްތެރިޔާއާއި ބައްދަލު ކޮއްލާ ހިތުންނެވެ.

ގޭގެ އެއްފަރާތެއްގައި ހުންނަ ބޮޑެތި ގަސްތައް ކައިރީ ނާށި އަންދަންއިން އަވީން ދިޔައީ ފިނިފެން ފުޅިތައް ބަލައެވެ. ބަދިގެއަށް ވަންއިރުގައި ޔުއާންހުރީ ރޮށިތައް ތައްޓަކަށް އަޅާށެވެ. އަވީން ފެނުމުން ލޯ އަޅާލައިފިއެވެ. އެކަމާ އެއްވެސް ފަރުވާލެއްނެތި އަވީން އުޅުނީ ފެންފުޅިތައް ނަގާށެވެ. ނަމަވެސް ޔުއާން ނެގި ބޯވަތަކުން ވަސް ދުވަސް ފެށުމުން އަވީން ހޮޑުލަވައި ގަނެއްޖެއެވެ. އަވީން އޯކާ ދެމިލުމުން ޔުއާން އެބަހައްޓާފައި އައިސް އަވީންގެ ބުރަކަށީގައި ފިރުމާލައިފިއެވެ. އަތް ދޮވެގެން އައުމުންވެސް އަވީނަށް އަނެއްކާވެސް އެވަސް ދުވައްޖެއެވެ. ދުރަށް ޖެހިލަން ފަހަތަށް އެނބުރުމުން ޔުއާން ދުރަކަށް ނުދިއައެވެ. ޔުއާންގެ ހޫނު ނޭވާ އޭރު އަވީންގެ މޫނަށް އެޅެއެވެ. އަވީން ކުރުވުމުން ޖެހުނީ އިސްއުފުލާ ޔުއާންގެ މޫނަށް ބަލާލާށެވެ. އަނެއްކާވެސް އަވީން އުޅުނީ ދުރަށް ދާށެވެ. ފައި ކައްސާލުމުން ޔުއާން ސިހިފައި އަވީންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

“ބަލައިގެން…” ވައި އަޑުން ޔުއާން ބުނެލިއިރު އަވީން އެއްކޮށް ފިނިވެއްޖެއެވެ. ދެމީހުންގެ މޫނުވަނީ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައެވެ.

“އެހެމް.. އެހެމް… އެހެން މީހުންވެސް އެބަ އުޅެއޭ..” ޔަމީންއާއި ރުކާޔަތު ދޮރު މައްޗަށް އަރަމުން ބުނެލިއެވެ. ޔުއާން އަވަހާއި ރުކާޔަތުގެ ކަންފަތުގައި ހިފައިގެން ރައްޓެހި މީހާ ދައްކާށޭ ކިޔާފައި ހިނގައްޖެއެވެ.

” އަވީ ޕްރެގް ވާހަކަ އަޑު އެހިން… ކިތައް މަސް” ޔަމީން ވަރަށް ރައްޓެހިކޮށް އަހާލިއެވެ.

“އަދި ފަސް ހަފްތާމިވީ..” ލަދުގަނެފައި ހުރެ އަވީން ބުނެލައިފިއެވެ.

“ސްކޭން ކުރަން ބުނާނަމޭ އާނު ކައިރީ… އަވީވެސް ބުނައްޗޭ” ޔަމީން ވަރަށް އޯގާތެރި ކަމާއެކު ބުނެލިއެވެ.

އާސިޔާ އެގެއަށް ވަންއިރު ރުކާޔަތު ހުރީ  ދޮރުމަތީގައެވެ. އާސިޔާ އަހާލަމުން މީހަކު އަންނާތީ ކަމަށް ބުނެލިއެވެ. އާސިޔާ އެތެރެއަށް ވަދެގެން ދިޔައިރު އެކި ދިމަދިމާލުން ހޯދާލީ އޭނާގެ ކުޑަކުޑަ އަވީނެވެ. ޔުސްރިއްޔާ އެއުފާވެރި ހަބަރު ނުދިންނަމަ އޭޏާ ނުވެސް އަންނާނެއެވެ. ގޭތެރެއަށް ވަދެގެން ދިޔައިރުވެސް އަވީނެއް ނުފެނުނެވެ. އެނެމެފަހުން ޔުސްރިއްޔާ ކައިރީގައި އަހާލުމުން ބަދިގޭގައިކަން އިނގުނެވެ. އޭރުވެސް އަވީން އުޅެނީ ފުޅިތައް އެއްޗަކަށް އަޅައެވެ. ފުރަގަހުން ކުޑަކޮށް ފަލަވެސް ވެއްޖެލކަން އާސިޔާއަށް އެނގުނެވެ. ދެން ދުވަސް ކޮޅަކުން އޭނާއަށްވެސް މާމަ ކިޔައިފާފެއެވެ. އުފަލުން ހުރެ ގޮސް ފަހަތުން އާސިޔާ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އަވީން ފަހަތަށް ބަލާލިއިރު އާސިޔަ އިނީ ރޮވިފައެވެ. ހާސްވިވަރުން އަވަހަކާއި އަހާލައިފިއެވެ. އާސިޔާ އެވާހަކަ ބުނުމުން އަވީން ލަދި ގަންނަ ގޮތްވިއެވެ. ދެމައިންވެގެން ހުރިހާ ކަމެއް ނިންމާލުމަށްފަހު އެހެން މީހުންގެ ކައިރިއަށް ހިނގައްޖެއެވެ.

ރުކާޔަތު ދޮރުމަތީގައި އިނީ އިޒާން މި އަންނަނީ ކަމުގައި ބުނުމުންނެވެ. މި ވާން އުޅޭގޮތުގެ އެއްވެސް ހަބަރެއްނެތި ދޮރުމަތީގައި އިން ރުކާޔަތު އިނީ ގުޅާލަ ގުޅާލައެވެ. އެންމެފަހުން ދުރުން އަންނަ އިޒާން ފެނުމުން ރުކާޔަތުގެ ގައިން ހީބިހި ނަގައި ގަނެއްޖެއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރިއިރު  އިޒާން ހީވަނީ އިހުނަށްވުރެވެސް ދޮންހެނެވެ. އެފަރި ހިނގުމުން ހައްތަހާ ރުކާޔަތުވަނީ ފިދާއެވެ. ގޭގެ ދޮރުމައްޗަށް އެރުމަށްފަހު އަޑިކޮޅު ދައްކާލަމުން އިޒާން ހީލައިފިއެވެ. ރުކާޔަތަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ.

“ރުކޫ ހާދަ ލޯތްބޭ.. ތީތި ވަރަށް ގުޅޭ އިނގޭ” ހިނިތުން ވެލައިގެންހުރެ އިޒާން ބުނެލިއެވެ. ތެދެކެވެ. އެކުރު ހެދުން ކޮޅުގައި ރުކާޔަތި ފެންނަނީ އުމުރަށްވުރެވެސް ކުޑަކޮށެވެ.

“ހިނގާ އެތެރަށްދާން އެންމެން މިހާރި އެބަތިބި އިޒާން ނައިސްގެން..” ރުކާޔަތު އިޒާންގެ އަތުގައު ހިފަމުން ބުނެލައިފިއެވެ.

“ހާދަ ވަރަކަށޭ ގުޅާފަ މިއޮތީ.. ކޮން ބައެއް ތިބީ؟” ފޯނަށް ބަލާލަމުން އިޒާން ރުކާޔަތުގެ ބޮލުގައި ޖަހާލައިފިއެވެ. އަދި ފަހަތުން މަޑުމަޑުން އެކުއްޖާގައި ބައްދާލަމުން ކަރު ދޮށަށް ދޮނެއް ދީފިއެވެ.

“ދެން.. މީހަކަށް ފެނިދާނެ އިނގޭ..” ރުކާޔަތު ކުއްލިއަކަށް ދުރަށް ދަމުން ބުނެލިއެވެ.

ދެމީހުންވެސް އަތުގައި ހިފާލައިގެން ދިޔައިރު އެހެން އެންމެން ތިބީ މަސްތައް ފިހަން ލައިގެންނެވެ. އާސިޔާވެސް އަވީންގެ އަތުގައި ފިލާލައިގެން ހުރިއިރު ޔުއާންހުއިނީ އެމަންޒަރު ބަލާށެވެ. އަވީންގެ ރީތިކަމަށް އޭނާގެ ހިތަވެސް ފިދާވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ދެރައެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އަދި މިހާރު އަމުދުން އަވީނަށް އެފަދަ ދެރައެއް އޭނާއެއް ނުދޭނެއެވެ. ރުކާޔަތު އައިސް އެންމެންނަށް ގޮވާލަމުން އެންމެން އެއްފަހަރާހެން ބަލާލައިފިއެވެ. އިޒާންއަށް އެތަނުން އާސިޔާއާއި އަވީން ފެނުމުން ބުނެދޭން ނޭނގޭ ކަހލަގެ ގޮތެއް ވިއެވެ، މިއާދެވުނީ ކޮން ތަނަކަށް ހެއްޔެވެ. ރުކާޔަތަކީ އަނެއްކާ އޭނާގެ ބޭބެގެ ދަރިއެއް ނޫންބާއެވެ.

ކުރިމަތިން ފެންނަން އެހުރީ ހަމަ އިޒާންއެވެ. މިއަދު އޭނާ އެހުރީ އާސިޔާގެ ފުރާނައިގެ ކުރިމަތީގައެވެ. ދުރުގައި ޔުއާން ކައިރީގައި ހެވިފައިހުރި އަވީން ފެނުމުން އާސިޔާ މޭގައި ފިރުމާލިއެވެ. އެދަރިފުޅަށްޓަކައި އޭނާ ނުކުރަނީ ކީއްހެއްޔެވެ؟ އަމިއްލާ ފުރާނަވެސް ދީފާނެއެވެ. ދުނިޔޭގެ އެންމެންނަށް ސިއްރު ކޮއްގެން އެކުއްޖާ ގެންގުޅުނީ އެހެންވެއެވެ. އިޒާން ނުބައި ވައްތަރަކަށް އާސިޔާއާއި ދިމާލަށް ބަލާލަމުން ހީލައިފިއެވެ. ޙިވަނީ މަލާމާތް ކޮއްލިހެންނެވެ. އަނެއް ސިކުންތުގައި އޭނާގެ މޫނުމަތިން ފެނުނީ މުނިން އެހެން އަސަރު ތަކެވެ. އެންމެންނަށްވެސް އެކަން ފާހަގަ ކުރެވުނެވެ.

“ދޮންބެ ދައްތާ.. ތި ދޮން ދައްތަ ދޯ” އިޒާން އެހާ މައުސޫމްކޮށް ބުނެލުމުން އާސިޔާއައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭމޫނުގައިވި ހުރިހާ ކަމެއް ނޮޅާލަން ހިތަށް އެރިއެވެ. މީކީ ދުވަހަކަު އާސިޔާއަށް ދޮންބެ ދައްތަގެ ނަމުން މުހާތަބު ކުރިވެސް މީހެއް ނޫނެވެ.

“ހޫމް..”ތިރިއަށް ބަލާލަމުން އާސިޔާ ބުނެލިއެވެ. އިތުރަށް ވާހަކަ ދައްކާކަށްވެސް އޭނާ ބެނުމެއް ނުވިއެވެ. ޔުއާން އައިސް އަވީންގެ އުނަގަނޑުގައި ހިފާލިތަން ފެނުމުން އާސިޔާ ފުން ނޭވާއެއް ދޫކޮއްލައިފިއެވެ. އެކަމުން އުނދަގޫވީ އިޒާންއަށެވެ. ނަމަވެސް މި އެންމެންގެ ތެރޭގައި ކަމެއް ނުކެރެވޭނެއެވެ.

“ދޮންބެ ދައްތައޭ..” އަވީން ސުވާލުގެ ނަޒަރަކުން އާސިޔާއަށް ބަލާލިއެވެ. އާސިޔާއަށް ޖެހުނީ ކިޔާދޭށެވެ.

“މީ އަވީގެ ބޮޑުބޭބެ.. ބައްޕަގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކނި މީހާ.. މިހާ ދުވަހު އިޒާން އުޅުނީ ބޭރުގަ ކިޔަވަން” ވާހަކައިގެ އެއްބައި ކިޔައިދެމުން އާސިޔާ ހިނިތުންވާން މަސައްކަތް ކުރިއެވެ. އިޒާން އަވީނާއި ދިމާލަށް އަންނަން ފެށުމުން އަވީންވެސް ދާން އުޅުނެވެ. ނަމަވެސް ޔުއާން އޭނާގެ އުނަގަނޑަށް ބާރު ކޮއްލުމުން ދާކަށް ނުކެރުނެވެ. އެމީހާ ފެނުމުން ޔުއާން ހޮތަހަމައެއް ނުޖެހެއެވެ.

“އަވީން… ހާދަ ބޮޑު ވެއްޖޭ.. މިގޭގަތަ އުޅެނީ” އިޒާން ކައިރިއަށް އައިސް ވާހަކަ ދައްކާލި ގޮތުން ހީވަނީ ދުވަހަކު އަވީން ނުވެސް ދަންނަ މީހެއް ހެންނެވެ.

“މީ އަވީންގެ ފިރިމީހާގެ.. ގެން މިނޫން ކޮންތާކު އޭނާ އުޅޭނީ” އާސިޔާ ރުންކުރުވެފައި ބުނެލިއެވެ. ޔުއާން ގާތަށްއައީ ހިންޏެވެ. އަދިވެސް ބޮޑަށް އަވީން އޭނާއާއި ކައިރިކޮއްލިއެވެ.

“ރުކޫގެ ބީ.އެފް ތަ؟؟” އަވީންއަށް ފުރަތަމަވެސް އަހާލެވުނީ އެހެންނެވެ. އިޒާން ވަގުތުން ބޯ ޖަހާލައިފިއެވެ. މިހާ އަވަހަށް އަވީންގެ ކައިވެނި ކުރާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

“ދުވަސް ކޮޅެއް ކުރިން ދިމާވީ.. ” ލަދުން އޮޅިއޮޅި ހުރި ރުކާޔަތު ބެފިއެވެ.

އެންމެންވެސް އުޅެގަތީ މަސްތައް ނަގާފައި ބޯވަތައް ފިހަން ލާށެވެ. އިޒާން ބަލަމުން ދިޔައީ ދުރުގައި ހުރި އަވީނަށެވެ. ރުކާޔަތު އަލުވިތަކާއި ސޮސެޖްތައް  ނަގާފައި އޭނާގެ މަންމަ އަތަށް ދެއެވެ. އިޒާންއަށް އަވީންގެ ކައިރިއަށް ނުދެވިފައު ހުރީ ޔުއާން ހުރީމައެވެ. އެންމެ ސިކުންތަކަށްވެސް ޔުއާން އަވީނެގ އަތުން ދޫކޮއްނުލައެވެ. ޔުއާނަށް އިޒާން ފެނުމުން ހިތުގެ ތެރޭގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދެނީއެވެ. އަވީން އޭނާއާއި ދުރުގައި ބަހައްޓަން ބޭނުން ނުވަނީވެސް އެހެންވެއެވެ. އިޒާން ދެން ބަލާލީ ދުރުގައު ފޯނެއްގައި ހުރި އާސިޔާއަށެވެ. އެހެން އާސިޔާ ހުރެ ދީގެން ނުވާނެއެވެ. ބަހަކުން ޖަހާނުލާ ހުރުމަކީ ރަނގަޅު ކަމަކަށް އިޒާން އަކަށް ނުފެނުވެ.

ފޯނުގައި އިން އާސިޔާއަށް ފަހަތުގައި މީހަކު ހުރިކަމެއްވެސް ނޭނގެއެވެ. ފޯނުގައި ހުރެ ފަހަތަށް ބަލާލުމާއެކީ އޭނާގެ އަތުން ފޯނު ދޫވެއްޖެއެވެ. ބިރު ނުގަންނާނީ ކާކު ހެއްޔެވެ. އިޒާންހުރީ އޭނާއާއި އެހާވެސް ކައިރީގައެވެ.

“އާސީ ބަލައިގެން އުޅެބަލަ.. އަނެއްކާ މި ފޯނުވެސް މަރު ވެދާނެ.. އަހަރެންގެ އަވީހެން” އިޒާން ކަރުމަތީގައި އަތްހާކަމުން ބުނެލިއެވެ. އާސިޔާއަށް ފެނުނީ މީގެ ފަނަރަ އަހަރު ކުރީގެ އިޒާންއެވެ. އެނުލަފާކަމެވެ.

“ބުނަން އިޒާން އަހަރެންގެ އަވީ ގައިގަ އަތް ލިއަސް ނިމުނީ” އާސިޔާ އިނގިލި ދިއްކޮލއްލުމުން އިޒާން އެއަތުގައި ހިފައިފިއެވެ. އަދި އާސިޔާގެ އަތަށް ބާރު ކޮއްލައިފިއެވެ.

“އާސިވެސް އަދިވެސް ވަރަށް ރީތި.. އަހަރެންގެ އަވީންހެން” އިޒާން އާސިޔާގެ އަތް އޭނާގެ ތުން ފަތުގައި ޖައްސާލިއެވެ. އެއާއެކު ތެޅިގަނެފައި އާސިޔާ ފަހަތަށް ޖެހިލައިފިއެވެ.
“ބަލަ ތީ ގަމާރެއްތަ؟ ދުވަހަކުވެސް އަވީއަކާއި އިޒާނަކަށް ނީނދެވޭނެ.. ތީ އޭނާގެ ބޮޑު ބޭބެއޭ.. އިސްލާމީ ޝައީރަތުގެ އެހެންނެއް ނޯވެއޭ މީނދަ މީހާޔާ..” އަރަމުން ދިޔަ ރުޅި ކޮންޓޮރޯލް ކޮއްލަމުން އާސިޔާ ވާހަކަ ދެއްކިއެވެ.

“ކާކު ބުނީ އަހަރެން އަވީނާ އިންނާނެއޭ.. އަހަރެން އަންޖުމް އަކާވެސް ނީންނަމޭ” އިޒާން އާ ގަންނަމުން އެހެން ބުނެލިއިރު އާސިޔާއަށް ބަލާލެވުނީ އަވީނަށެވެ. މާތް ﷲ މިނުބައި މީހާގެ ފަރާތުން އޭނާގެ ލޯބިވާ ދަރިފުޅު ސަލާމަތް ކުރައްވާށިއެވެ.

“މިހާރު އަނމުދުންދެން އަވީއަކާއެއް ނުބެހެވޭނެ.. އޭނާ އެއުޅެނީ މީހަކާ އިނދެގެން އަނެއްކާ ބަނޑުބޮޑު” އާސިޔާ މަލާމާތުގެ ރާގަކަށް އިޒާނަށް ބުނެލިއެވެ. އިޒާނަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ޖެހި ހެންނެވެ.

“އަހަރެން އެންމެން ކައިރީގަ އިޒާންގެ މުޑުދާރު ވާހަކަ ބުނާނަން.. ރުކޫގައިގަވެސް ކަލޭ އަތް ލައިގެން ނުވާނެ..” އާސިޔާ އެހެން ބުނި ތަނާ ރުކާޔަތު ކޯކު ދެތަށި ހިފައިގެން އެތަނަށް އައިސްފިއެވެ. އިޒާން ރުކާޔަތުގެ ހެނދުން ރީތި ކޮއްލަންށޭ ކިޔާފައި ކަރުގައި ދެއަތް ވަށާލަމުން އާސިޔާއަށް ބަލާލައިފއެވެ. އާސިޔާ ކޯކް ތަށިގައި ހިފުމުން އިޒާން އަވަހަށް ރުކާޔަތުގެ ކަރުމަތީގައި އަތް ހަކާލީ އެއްޗެއް ފޮޅާގޮތަށެވެ. ރުކާޔަތު މަހާއި ރޮށި ހިފައިގެން އަންނާނަމޭ ބުނަމުން އަނެއްކާވެސް އެހެން މީހުންގެ ކައިރިއަށް ދުއްވައިގަނެއްޖެއެވެ.

“އަހަރެންގެ ވާހަކަ އެއްވެސް މީހަކު ކައިރީގަ ބުނެފިއްޔާ ދެންމެ މި ދައްކާލިހެން ރުކޫއަށް ހަދާނަން.. އޭރުން ދެން ހުންނާނީ އަވީ އެކަނި” ވަރުގަދަ އިންޒާރެއް ދެމުން އިޒާން އެހެން މީހުނާއި ދިމާކަލަށް ހިނގައި ގަނެފިއެވެ. އާސިޔާއަށް ހީވީ ފައިން ވާގި ދޫވި ހެންނެވެ. އަވަހަށް އެތަނުން އަނބުގަހެއްގައި ހިފަހައްޓައިފިއެވެ. އަދި ދުރުގައި ހެވިފައި ހުރި އަވީންގެ މޫނަށް ބަލާލުމާއެކު އޭނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nuzzi

Level 110 Stories

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 23 ވަނަ ބައި

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(16 ވަނަ ބައި)

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
June 2, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(16 ވަނަ ބައި)

Previews
June 1, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 23 ވަނަ ބައި

20 Comments!

  1. Maya says:
    June 1, 2016 at 11:59 am

    Vrh reethi mibaives..next up Avvas kolladhehchey..can’t wait for the next part

  2. Shaa xee says:
    June 1, 2016 at 12:08 pm

    V nice mibaivx. Keep it up Nuzzi

  3. reeesh says:
    June 1, 2016 at 12:11 pm

    wow nice

  4. Same says:
    June 1, 2016 at 12:22 pm

    v v v reeethi. alhe avahah up kurachchey plx… next part in vaane gotheh balan v curoius vefa mihiry…

  5. nukko says:
    June 1, 2016 at 12:32 pm

    wow…

  6. aff says:
    June 1, 2016 at 12:34 pm

    alhey avee ah dheragotheh nuhadhacheiy ,!!!!!reethi ☺☺

  7. Aru says:
    June 1, 2016 at 12:55 pm

    Ruku ah adhi landeh libeynehen heevany maabodah kuru ehchehi laagen basnaahaa ulheny n vvv foohivey izan dheke…

  8. Zoha says:
    June 1, 2016 at 1:00 pm

    v reethi vahaka.. waiting for the next part…

  9. Youme says:
    June 1, 2016 at 1:05 pm

    Woww…v reethi..n next part up kohdhehchey v avahah plxx

  10. Pinkish says:
    June 1, 2016 at 1:18 pm

    V nice…. avee ah dhera gotheh nahadhah chey… eyrun hadi vaane… waitting for next part….

  11. dhivehinn says:
    June 1, 2016 at 1:33 pm

    One day break ah fahu genesh dhey iru vx maakurukoh thi genesh dheny…. Anyways story vrh habeys..next part mi ahvure dhigu koh genesh dheyne kamahuhmeedhu kuran…

  12. Lai says:
    June 1, 2016 at 1:42 pm

    Varah salhi vaahakaeh??

  13. rosy says:
    June 1, 2016 at 4:58 pm

    Vvvvvvvv reethi

  14. Zeek says:
    June 1, 2016 at 6:26 pm

    Yooaan ge mom akah Azaan eh neygeytha. Yo pagan ge mom ehnu Aveen ge mom belee fahun.

    1. Nuzzi says:
      June 1, 2016 at 7:24 pm

      Ebai kiyai dheynan next part ga.. okay zeek ?

  15. aroo says:
    June 1, 2016 at 7:03 pm

    V. Nice. Enmennah Reethi vaahaka me. Avahah Plx next part genesdy

  16. niha says:
    June 2, 2016 at 11:28 am

    VVVVV LOBI MIBAI VAS

  17. ruhy says:
    June 2, 2016 at 8:52 pm

    varah salhi mi story dhaagoi. mivaruge story eh adhi nukiyan.

  18. ruhy says:
    June 2, 2016 at 8:54 pm

    varah salhi

  19. Shaa says:
    June 3, 2016 at 12:28 pm

    Nice…. when next part

Comments are closed.

Next Episodeވާނޭހެ ދުނިޔޭގާ (8)←


All Right Reserved!