Skip to content
އެސްފިޔަ
PRO · MVR 4.00

ބަދޫލުވި ހިޔާތޯވު – ހ

އިރު އޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތީގައި ރަތްކުލައާއި ގަދަރީނދޫ ކުލައިގެ ދަޅަތައް ވެއެވެ. އޮއްސޭ މުރިނގުގައި ވިލާތައް ސާލަކަށް އެތުރިފައި ވެއެވެ. ނަމަވެސް އިރުމަތި ފަރާތުން ހަނދާއެކު ބޯ ވިއްސާރަ ވިލާގަނޑެއް އުޑަށް ވެރިވަމުން ދިޔައެވެ. ވިލާ މައްޗަށް ކަޅު ވިލާތައް އެތުރިފައިވެއެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިތަކާއެކު އުޑުގެ ބޮޑު ބައެއް ވެރިކުރަމުން ދިޔައެވެ. ވިލާގަނޑަށް ބަލައިލިޔަސް ހިތް ބިރުގަންނަ ފަދައެވެ. ކަނޑުމަތި އޮތީ ގަދަ ނޫކުލައިގެ ބޯ ކަރުދާސްގަނޑެއް ހެންނެވެ. ދުރުން ބަލާލާ އިރު، ރާޅު ބާންޏެއްވެސް ފެންނާކަށް ނެތެވެ. ގަދަ އޮއިވަރާއެކު ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތައް ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ގޮނޑުދޮށުގައިވާ ދޮންވެލިގަނޑުގައި އޮއްސެމުން ދިޔަ އިރުން ފަނޑު ގަދަރީނދޫ ކުލައެއް އެޅިފައިވެއެވެ. ހޭޅިފަށުގައިވާ ގަސްތައްވެސް އިރުގެ ރަން ދޯދިތަކަށް އަލަވަދާޢު ކިޔުމަށް ހަނާއަޅަމުން ދިޔަ ކަހަލައެވެ. އެހާވެސް ހިތްގައިމު މި މަންޒަރު މި ދައްކުވައިދެނީ ނ އަތޮޅުގައިވާ މެދުފަރުންނެވެ. ކުރީގައި ފަޅު ރަށެއްގެ ގޮތުގައި އޮތް ނަމަވެސް މިހާރު މިއީ ސޮނެވާ ޖާނީގެ ނަމުގައި ހިންގޭ މަ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ