
ހިތުގެ ފުންމިނުން… އަބަދަށްޓަކައި – 6

ސްކޫލުގައި ކުރި ސިއްރު ޒުވާބުތަކަށްވުރެ ބޮޑަށް އެކަކު އަނެކަކާ ގުޅުން ހުރިކަން އެދެމީހުންނަށް ހޯދަން ފަށާފަވާ ކަހަލައެވެ. ދެވަނަ ޓާމް ގެ ކިޔެވުން ކުރިއަށް ދިޔަވަރަކަށް ކޮންމެ ދުވަހަކު ހެނދުނު އައިޒާ ފެނުމަށް ކެތްމަދުވެފައި ހުރިކަން ޒަޔާންއަށް ފާހަގަވާން ފެށިއެވެ. އަދި އެދެމެދުގާ ކިތެންމެ ވަރަކަށް ޒުވާބު ކުރިކަމުގާ ވިޔަސް ޒަޔާނައް އައިޒާ ހާސައްވާން ފަށާފިއެވެ. އޭނާއަށް ފާހަގަ ކުރެވުނީ އައިޒާ ނެތް ވަގުތުތަކާއި، އާދަޔާ ހިލާފަށް މަޑުމައިތިރިވުމާ، ކޮންމެވެސް އެއްޗަކުން އޭނަ އުފާ މަހްރޫމް ވެފާވާ އިހުސާސް އެވެ. ގްރޫޕް ހަރަކާތްތަކުގެ ތެރޭގައި ގޮނޑިއެއް އައިޒާ އަބަދު ވެސއ ރައްކާކުރެވެ. އަދި ބައެއް ފަހަރު އެކަމާ ވިސްނާލުމެއް ނެތި އައިޒާ އައް އިތުރު ލުއި ކާނާއެއް ވެސް ގަނެއެވެ.
part 6
އޭނާގެ އެކުވެރިންނަށް އެންމެ ފުރަތަމަ އެކަން ފާހަގަ ކުރެވިގެން ދިޔައެވެ. އެއްދުވަހެއްގެ މެންދުރު ފަހު ބްރޭކްގަ އަހުމަދު އޭނާގެ ކާރިއައް ދިޔައެވެ.
“ބްރޯ، އަހަރެން ބޭނުން އެއްޗެއް އަހާލަން.” އަމާން ޒަޔާން ކާރިގާއިން ހުސް ގޮނޑީގާ އިށީންނަމުން އެހިއެވެ.
“އަހާބަ؟” ޒަޔާން އޭނާގެ އިންޓަވަލް ކަމުން ބުނެލިއެވެ.
“ޒަޔާންނާއި އައިޒާއާ ދެމެދު ކޮންކަމެއް ވެގެން ތިއުޅެނީ ލިއިކް ދެމީހުން ވެސް މިހާރު އެހާ ޒުވާބެއް ވެސް ނުކުރޭ ކިހިނެއް ވީ އަނެއްކާ؟” އަމާން އޭނާ ގެ ހިތުގާ އޮއް އެތި ޒަޔާނައް ހިއްސާ ކޮއްލިއެވެ.
“އެއްވެސް ކަމެއް ނުވޭ. ކީއްވެ ތިހެން ތި އެހީ؟” ޒަޔާން އޭނާ ގެ ޖަވާބު ގެ އިތުރުން ސުވާލެއް ވެސް ކޮއްލިއެވެ.
“އެއްވެސް ކަމެއް ނުވޭ؟ އެކަމް އިއްޔެ ކްލާހުގެ ބޭރުގައި އޭނަ އަންނަން ދެން އިންތިޒާރު ކުރީމަ އަހާލި.” ލާނެތް ގޮތަކައް އަމާން ބުންޏެވެ.
“އަހަރެމެންގެ ޕްރޮޖެކްޓެއް އޮތީމަ.” ޒަޔާން ބުންޏެވެ.
“އަދި އޭނައަށް ބޯން އެއްޗެއް ވެސް ހިފާގެން ހުރީ ވެސް” އަމާން ޒަޔާނައް މަލާމާތުގެ ރާގުގައި އެލިއެވެ.
“އޭނާ ބޯން އެއްޗެއް ނުގެނެއެވެ!” ޒަޔާން ހަމަ ހިމޭން ކަން ދެއްކިއެވެ.
“ބްރޫ، ޔޫ ލައިކް ހެއާ!” އަމާން ހޭންފެށިއެވެ.
“އަޑު ތިރިކޮށްބަލަ!” ލިބުނު ސިހުމާއެކު ޒަޔާން ބުނެލިއެވެ.
“އައި ނިނު އިޓް!” އަމާން ހުނުން މާތިރި ކުރަމުން ބުންޏެވެ.
“އެނގޭނެ ކަމެއް ނެތޭ.” ޒަޔާން ބުނެލިއެވެ.
“އޯކޭ ރޯމިއޯ.” އަމާން އައް އަދި ވެސް ހެވެނީއެވެ. ނުހީ ހުރެވޭނީ އަޅެ ކާކުއައް ހެއްޔޭ. ކުލާހުގާ އެވަރަށް ކުރާ ދެމީހުންނެވެ. ޒަޔާން ކުޑަ ކަރުދާސްކޮޅެއް އަމާންއާ ދިމާއަށް އެއްލާލިއެވެ. “އަނގަމަޑުކުރޭ!”
އެވަގުތު އައިޒާވެސް ދިޔައީ މިފަދަ ކަމެއް ތަހައްމަލު ކުރަމުންނެވެ. ފޯނު ޗެކް ކުރަމުން ދިޔަކަން އޭނާގެ ބެސްޓް ފްރެންޑަށް ފާހަގަ ކުރެވެމުން ދިޔައެވެ.
“އައިޒާ ކާކަށް އިންތިޒާރު ކުރަނީ؟” އައިޒާ ބެސްޓް ފްރެންޑ މާހީއައް އެކަން ފާހަގަ ވުމުން އެހިއެވެ.
“އެއްވެސް މީހަކަށް ނޫން.” އައިޒާ ޖަވާބު ދިނެއެވެ.
“ދެން ކީއްވެ ފޯނު ޗެކް ކުރަނީތި ކޮންމެ ފަސް މިނެޓަކުން؟” މާހީ ބުނެލިއެވެ.
“އަހަރެން ހަމަ ގަޑި ޗެކް ކުރަނީ އޭ.” ނުވާ ކަމައް ހެދިފާ ބުންޏެވެ.
“ވަގުތު؟ ކޮންމެ ފަސް މިނެޓަކުން؟” މާހީ ހާރާން ވެފާ ހުރެ އެހިއެވެ.
އައިޒާ ހީލިއެވެ. “ޒަޔާންތަ؟” މާހީ ސާއްކުގެ ނަޒަރުން އެހިއެވެ،
“ވަޓް؟ ނޯ!” އައިޒާ އައް ވެސް ވީ ޒަޔާނައް ވީ ގޮތެވެ.
“ޖަވާބު ދިނުމުގެ ކުރިން ވެސް ވިސްނާފައެއް ނެތްދޯ!” މާހީ ހޭންފެށިއެވެ.
“އެއީ މަލާމާތުގެ ސުވާލަކަށް ވާތީ!” އައިޒާ ނުރުހުން ކަން ދައްކަމުން ބުންޏެވެ.
މާހީ ހިނިތުންވެލިއެވެ.
އެކަން ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ޒަޔާނައާ ވާހަކަ ދެއްކުމަކީ ދުވަހުގެ ތެރޭގައި އޭނާ އެންމެ ގަޔާވާ އެއް ބަޔަކަށް ވެގެން ދިޔައެވެ.
ޒަޔާންވެސް އަދި އައިޒާވެސް އެމީހުންގެ އިޙްސާސްތަކަށް އިޢުތިރާފުވާކަށް ތައްޔާރެއް ނޫނެވެ. ދެމީހުންވެސް ތިބީ ބިރުގަނެފައެވެ. އެދެމީހުންގެ އެކުވެރިކަން ބިނާކުރުމަށް އެހާ ގިނަ ވަގުތު ހޭދަކޮށްފައިވާތީ އެ އެކުވެރިކަން ހަލާކުކޮށްލާނެ ކަމުގެ ޚިޔާލުން ދެމީހުން ވެސް ތިބީ ހާސްވެފައެވެ.
އެއްދުވަހެއްގެ މެންދުރުފަހު ސްކޫލުގެ ހަރަކާތެއް ނިންމާލުމަށްފަހު ކުލާސް ކުދިންނާއެކު އިށީނދެގެން ތިއްބެވެ. ދެމީހުން އެކުގައި ދެތިން މިނެޓެއްހާއިރު ބާއްވައިގެން ދެން ތިބި މީހުން ކުރިއަށް ދިޔައެވެ.
“އައިޒް؟” ޒަޔާން އައިޒާއައް ގޮވާލިއެވެ. އައިޒާ ހޫމް އަޅުވާލިއެވެ. “އެއްޗެއް އަހާލަންތަ؟” ޒަޔާން އަހާލިއެވެ.
“ޑިޕެންޑްސް. އެއީ އަނެއްކާ މޮޔަ ސުވާލެއްތަ؟” އައިޒާ ހުރީ މަޖާވެފައެވެ. އޭނާ ހީލިއެވެ.
“ނޫން، ސީރިއަސްކޮށް.” ޒަޔާން ސީރިއަސްކަމާ އެކު އެހިއެވެ.
“އޯކޭ، އަހާބަލަ.” ޒަޔާން ގެ ސީރިއަސް މޫނު ފެނުމުން އައިޒާ އެހިއެވެ.
ޒަޔާން ވާހަކަ ދެއްކުމު ގެ ކުރީން ފޫން ނޭވާލިއެވެ.
“ދުވަހަކުވެސް މީހަކު ކަމުދިޔަ ނަމަވެސް މާ ބިރުގަނެގެން އެމީހަކަށް ނުކިޔާދީ ހުރިންތަ؟” ޒަޔާން އަހާލިއެވެ.
އައިޒާ އޭނާއަށް ބަލާލިއެވެ. ހިނދުކޮޅަކަށް ވެސް އޭނައަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ފަހަރެއްގައި.” އައިޒާ ފުންކޮށް ވިސްނުމަށް ފަހު ބުންޏެވެ.
“ކީއްވެ ނުބުނާނީ؟” ޒަޔާން އައިޒާއައް ބަލާލާފަ ބުނެލިއެވެ.
“ބިކޯޒް ވަޓް އިފް ދޭ ޑޯންޓ ފީލް ދަ ސޭމް ވޭ ؟ ވަޓް އިފް އެވްރީ ތިންގ ބިކަމްސ އޮކްވޯޑ އާފޮޓް ދެޓް ؟ ” އައިޒާ ރަނގަޅަށް ވިސްނާފަ ބުންްޏެވެ.
“އާނ. އަހަރެންނަށް ހީވަނީ އެއީ ތެދެއްހެން.” ޒަޔާން ބޯޖަހާލިއެވެ.
“ވަޓް އެބައުޓް ޔޫ ؟” އައިޒާ އަހާލިއެވެ.
“އަހަރެން ކިހިނެއްވީ؟” ޒަޔާން ސުވާލު ގެ ނަޒަރުން ބަލާލިއެވެ.
“ދުވަހަކުވެސް މީހަކު ކަމުދިޔަތަ؟” އައިޒާ އޭނަ އަހަން ބޭނުންވި އެތި އެހިއެވެ.
“ފަހަރެއްގައި.” އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ.
“ޔުއާރް ސޯ އެނޯއިން. ދުވަހަކުވެސް ރަނގަޅު ޖަވާބެއް ނުދޭނެ.” އައިޒާ ވެސް ހީލިއެވެ.
“ނީދަރ ޔޫ.” ޒަޔާން ޖަވާބުގާ ބުންޏެވެ.
ދެމީހުންނަށްވެސް ހީލި ނަމަވެސް ދެމީހުންނަށްވެސް އެވާހަކަ ކުރިއަށް ގެންދަން ނުކެރުނެވެ. އެދެމީހުންގެ އުމުރަކީ އެންމެ ސަތާރަ އަހަރު ކަމުން އެދެމީހުންގެ ދެމެދުގައި ހިނގަމުންދާ ކަންތައްތައް ކިޔައިދޭން އެއްވެސް މީހަކަށް ނޭނގޭނެވެ. އެއީ އެކުވެރިންނެވެ. އެއީ ކުލާސް ދެކުދިންނެވެ. އެއީ ކޮންމެ ދުވަހަކުހެން އެކަކު އަނެކަކަށް ރުޅިއަރުވާލާ ދެމީހުންނެވެ. އެކަމަކު ކޮންމެވެސް ތަނެއްގައި ސަމާސާތަކާއި ޒުވާބުތަކާއި ސްކޫލް ޕްރޮޖެކްޓްތަކާއި ރޭގަނޑު ދަންވަރު ވާހަކަތަކުގެ މެދުގައި ކޮންމެވެސް ކަމެއް މަޑުމަޑުން ބަދަލުވަމުން އާދެއެވެ. އަދި އެދެމީހުންގެ ތެރެއިން އެކަކުވެސް އެވާހަކަ ބާރަށް ބުނާނެހާ ހިތްވަރެއް ނެތެއެވެ. އެމީހުންގެ ދިރިއުޅެން ފެށީ އެކަކު އަނެކަކަށް ކެތް ނުކުރެވޭ ދެ ބީރައްޓެހިންގެ ގޮތުގައެވެ. އެކަމަކު މަޑުމަޑުން ނޭނގިވެސް ދެމީހުން ވެގެން ދިޔައީ އެކަކު އަނެކަކާ ނުލައި ސްކޫލް ދުވަސްތައް ތަޞައްވުރު ނުކުރެވޭ ދެމީހުންނަށެވެ.
ދެވަނަ ޓާމް ފެށުނުއިރު ޒަޔާން އާއި އައިޒާއާ ދެމެދު ކޮންމެވެސް ކަމެއް ވަނީ މަޑުމަޑުން ބަދަލުވެފައެވެ. އަދިވެސް އެއީ އެންމެ ކުދިކުދި ކަންކަމުގައި ޒުވާބުކޮށް، ކްލާސްރޫމްގެ ހަރަކާތްތަކުގައި ވާދަކޮށް، ފުރުސަތު ލިބުނު ކޮންމެ ފަހަރަކު އެކަކު އަނެކަކަށް ޖެއްސުންކުރާ ދެމީހުންނެވެ. އެކަމަކު ފަހަކަށް އައިސް އެމީހުންގެ ވާހަކަތައް ވަނީ ދިގުވެފައެވެ. ދެމީހުންގެ ހިނިތުންވުން ތަންކޮޅެއް ގިނައިރު ދެމިގެން ދިޔައީ އެކަކު އަނެކަކު ފެންނަ ކޮންމެ ފަހަރަކުއެވެ. އަދި ބައެއް ފަހަރު ޒަޔާން ކުރި އެންމެ ކުދިކުދި ކަންތައްތަކުންވެސް އައިޒާގެ މުޅި ދުވަސް ރަނގަޅު ވެގެންް ދެއެވެ. ދެމީހުންކުރެ އެކަކުވެސް އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އަމިއްލައަށްވެސް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.
އެއީ އަންގާރަ ދުވަހުގެ ހެނދުނެއެވެ. އައިޒާ އޭނާގެ ބެސްޓް ފްރެންޑާއެކު ފުރަތަމަ ފިލާވަޅު ފެށުމުގެ ކުރިން ފޮތްތައް ތަރުތީބު ކުރަމުން ދިޔައިރު، ކްލާހުގެ ދޮރުކައިރީގައި ހުރި ޒަޔާން ފާހަގަ ކުރެވުނެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އެމީހުންގެ ކުލާހުގެ އަންހެން ކުއްޖަކާއެވެ. އޭނާ ބުނި އެއްޗަކުން އެ އަންހެން ކުއްޖާ ހޭންފެށިއިރު ޒަޔާންވެސް ހުރީ ހިނިތުންވެފައެވެ. އައިޒާ ދެތިން ސިކުންތު ވަންދެން އެދެމީހުންނަށް ބަލާލުމުގެ ކުރިން އޭނާގެ ސަމާލުކަން އަނބުރާ ފޮތްތަކަށް އަރުވާލިއެވެ.
“ވަޓްސ ރޯންގ؟” އައިޒާގެ އެކުވެރި މާހީ އަހާލިއެވެ.
“ނަތިން.” އައިޒާ ބުނެލިއެވެ.
“ދެން ކީއްވެތަ ކުއްލިއަކަށް ތިންވަނަ ފަހަރަށް ހަމަ އެ ފޮތްތައް ތި ތަރުތީބު ކުރަނީ ؟” މާހީ ހައިރާން ވެފާ ހުރެ އެހިއެވެ.
“އައިމް ޖަސްޓ އޯގަނައިޒްން އިޓ!” އައިޒާ ޖަވާބު ދިނެއެވެ.
މާހީ އައިޒާ ބަލާ ދިމާލަށް ބަލާލުމުން ވެގެން އުޅޭ ގޮތް ވިސްނުނެއެވެ.
“އޯހްހް. ޒަޔާން؟” މާހީ މަޑުން ބުނެލިއެެވެ.
“އޭނާ ކިހިނެއް ވާނީ؟” އައިޒާ އޭނައާއި ދިމާލަށް އެނބުރިލިއެވެ.
“އެއްވެސް ކަމެއް ނޫން. އަހަރެން އެއްވެސް އެއްޗެއް ނުބުނަން.” މާހީ ބުނެލިއެވެ.
“ސީދާ. އެހެންވީމަ ނުފަށާތި.” އޭނާގެ އެކުވެރިޔާ ހީގަތެވެ.
ދެތިން މިނެޓް ފަހުން ޒަޔާން ހިނގައިގަތީ އެމީހުންގެ މޭޒުތަކާއި ދިމާއަށެވެ. “ގުޑް މޯނިން، އެނޮއިންގް ގާލް.” ޒަޔާން އައިޒާމެން ގެ މޭޒާއި އަރާ ހަމަ ވެފާ ބުނެލިއެވެ.
“ގުޑް މޯނިން. ގޮސް އާ ބެސްޓް ފްރެންޑާ ވާހަކަ ދައްކާ .” އައިޒާ ފޮތުން އިސްއުފުލާނުލާ ހުރެ ބުނެލިއެވެ.
“މައި ވަޓް؟” ޒަޔާން ދެބުމަ އުފުލާލިއެވެ.
“އެއްޗެއްނޫން.” އައިޒާ ބުނެލިއެވެ.
ޒަޔާން އޭނާ ގޮނޑި ދަމައިގަނެގެން އިށީނެވެ. “ޔޫ އާ އެކްޓިންގ ވީއާޑް.” ޒަޔާން ފޮތް ނަގަމުން ބުނެލިއެވެ.
“އެންޑ ޔުއާރ ބީން އެނޯއިން.” އައިޒާ ފޮތުން އިސް އުފުލާލަމުން ބުނެލިއެވެ.
“އެއީ އާދައިގެ ކަމެއް. ވަޓްސ ޔޫއަރ އެޒްކިއުޒ؟” ޒަޔާން އައިޒާއަށް ނަޒަރެއް ދެމުން ބުންޏެވެ. އައިޒާ އޭނާއަށް އިންޕްރެސް ނުވާ ނަޒަރެއް ދިނެވެ.
ޒަޔާން ހީގަތް ނަމަވެސް ކުއްލިއަކަށް އައިޒާ އެހެން އެ އުޅެނީ ކީއްވެގެން ކަމެއް ޒަޔާންއަކަށް ނުވިސްނުނެވެ. އޭނަގެ މޫނުމަތީގެ ކުލަވަރުގެ ފަހަތުގައި ކުޑަ ހަސަދަވެރިކަމެއް ފޮރުވިފައި އޮތްކަމުގެ އެއްވެސް ޚިޔާލެއް ޒަޔާންގެ ނެތެވެ.
މެންދުރުގެ ކެއުމުގެ ބްރޭކުގައި އޭނާ ކްލާހަށް ވަތްއިރު އައިޒާ އެހެން ކްލާހެއްގެ ފިރިހެން ކުއްޖަކާ ވާހަކަ ދައްކަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. ކުރިއަށް އޮތް ސްކޫލުގެ ހަރަކާތަކާ ބެހޭ ގޮތުން ކޮންމެވެސް ކަމަކާ މަޝްވަރާ ކުރަމުން ދިޔައިރު އައިޒާ ހުރީ އޭނާގެ ސަމާސާތަކުން ހެވިފައެވެ. ޒަޔާން ދޮރުމައްޗަށް ހުއްޓުނެވެ.
ކައިރީގައި ހުރި އަމާނަށް ވަގުތުން އެކަން ފާހަގަ ކުރެވުނެވެ.
“ކީއްވެ ހުއްޓުނީ؟” އަމާން އަހާލިއެވެ.
“ނަތިންގ ” ޒަޔާން ފަކުވާކުޑަ ގޮތަކަށް ބުންޏެވެ.
“ތި ބަލަނީ ކޮންޗަކަށް.؟” އަމާން އަނެއްކާ ވެސް އަހާލިއެވެ.
“އައިމް ނޮޓް ” ޒަޔާން ގެ މޫޑް މިހާރު ވަނީ ގޯސް ވެފައެވެ.
އަމާން އައިޒާ އާއި ދިމާލަށް ބަލާލުމަށްފަހު އެނބުރި ޒަޔާން އާއި ދިމާލަށް ބަލާލިއެވެ.
“އޯހްހް، އައި ސީ.” އަމާނަށް ޒަޔާނަށް ވީ ގޮތް ރަނގަޅަށް އިނޖެއެވެ.
” ސީ ވަޓް؟” ސުވާލު ގެ ނަޒަރުން އަމާންއާ ދިމާލަށް ބަލާލިއެވެ.
“އެއްވެސް ކަމެއް ނޫން، ބްރޯ. އެބްސޯލްޓްލީ އެއްވެސް ކަމެއް ނޫން.” އަމާން ޖަވާބު ދިނެއެވެ.
އަޅާނުލާ ކަމަށް ހަދައިގެން ޒަޔާން އޭނާގެ މޭޒާއި ދިމާލަށް ހިނގައިގަތެވެ. އެންމެ ފަހުން އައިޒާ އައުމުން ޒަޔާންގެ އާދަޔާ ޚިލާފަށް މަޑުމައިތިރި މޫނުމަތީގެ ކުލަވަރު އޭނައަށް ފާހަގަ ކުރެވުނެވެ. “ކީއްވެ ތިހާ މަޑުން ތިހުރީ؟” ވީ ގޮތް ނޭނގޭ ހާލު އައިޒާ އަހާލިއެވެ.
“އަހަންނަށް މަޑުން ހުރުމުގެ ހުއްދައެއް ނޯވޭތަ؟” ޒަޔާން ފަރުވާ ކުޑަ ގޮތަކަށް އައިޒާއަށް ބަލާލިއެވެ.
“އަބަދު ވާހަކަ ދައްކާތި ހަމަ އަހާލި!” ޒަޔާން ދިން ޖަވާބުން ކުޑަކޮށް ނަމަވެސްް އައިޒާ ގެ ހިތައް އަސަރު ކުރިއެވެ.
“ފަހަރެއްގައި އަހަރެން ވަރުބަލިވީ ކަމަށް ވެސް ވެދާނެ އެއްނު.” ޒަޔާން ބުންޏެވެ.
“އޯކޭ، މިސްޓަރ ޓައިޑް.” އައިޒާ ދެލޯ ހަނިކޮށްލިއެވެ.
“އެ ކުއްޖާއަކީ ކާކު؟” އައިޒާ އެދިމާ ބަލާލި އެވެ.
“ކޮން ކުއްޖެއް؟” އައިޒާ އަހާލިއެވެ.
“ދެންމެ ވާހަކަ ދެއްކި މީހާ.” ޒަޔާން ލޯ މަރާލިއެވެ. އޭނާ އެމަންޒަރު ލޮލު ތެރޭ ސިފަ ވަމުން ދިޔައެވެ.
“އާރް ޔޫ ޖެލަސް؟” އައިޒާ ކުޑަކޮށް ހިނިތުންވެލިއެވެ.
” ޑޮންޓ ފުލެޓް ޔުރް ސެލްފު ” ޒަޔާން ވަގުތުން ދުރަށް ބަލާލިއެވެ.
“ސުއަރ ޒަޔާން. ސުއަރ.” އައިޒާ ހީލިއެވެ.
ދެމީހުންކުރެ އެކަކުވެސް މި އިހުސާސް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު އެމީހުންގެ ރައްޓެހިން ކުރިން ވެސް އެ ތަންކޮޅުތައް އެއްކޮށް ޖަހަން ފަށާފައިވެ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.