
ބޭޒާރުވީމާ – ޓްރޭލާރ

-އައްސަލާމު އަލައިކުމް. ހެލޯ ހުރިހާ ކުދިން. މިއީ އަޅުގަނޑު އަލަށް ލިޔެލާ ވާހަކައެއް ވީމަ ހަމަނުޖެހޭ ތަންތަން ހުރުމާއި ކުށް ހުރުން އެކަށީގެންވޭ. އެހެންވެ ތިކުދިންގެ ހިޔާލަށް އަޅުގަނޑު މަރުހަބާ ކިޔާނަން. އުއްމީދު ކުރަން ތިކުދިން ލައިކްވާ ކަހަލަ ވާހަކައަކަށް މިވާހަކަ ވެގެން ދާނެކަމަށް. ލަވް ޔޫ އޯލް-
ހުދާއި ކަޅާއި ރަންކުލައިން ޒީނަތްތެރި ކުރެވިފައިވާ ބެންކުއެޓް ހޯލުގައި ވައިޓްއޯވަރސް ބިޒްނެސް ގްރޫޕްގެ އިވެންޓެއް ކުރިއަށް ދިޔައެވެ. އިވެންޓުގެ ލައިވް މަންޒަރު ނަގާ މައި ކެމެރާގެ ފަހަތުގައި ހުރި އަޒްލަފްގެ މޫނުމަތިން ހިސާބަކަށް ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. އޭނާ ލައިގެން ހުރި އަޅިކުލައިގެ ސޫޓުގެ އެތެރެއިން ވަރަށް ސިއްރުން އެސްޑީ ކާޑެއް ނަގައި ސޫޓުގެ އަތުކުރީގެ ތެރޭގައި ފޮރުވާލިއެވެ. ޗެކްލިސްޓްކޮށް ނިމުމުން ދަނޑިވަޅު ބަލާފައި ވަރަށް ސިއްރުން އަޒްލަފް އެ އެސްޑީ ކާޑު ކެމެރާއަށް ލައްވާލިއެވެ.
މީހަކު ބަލަންހުރިތޯ ޔަގީން ކުރުމަށްފަހު ރިކޯޑު ބަޓަންއަށް އަޒްލަފް ފިތާލިއެވެ. ދެން އޭނާ ޒޫމްކޮށްލީ ކަސްޓަމްސްގެ ސީޖީއާއި ޓްރޭޑް މިނިސްޓަރާއި އެކު ސެލީންގެ ބައްޕަ ކުންފުނީގެ ބޮސް ހާލިދު ވާހަކަ ދައްކަން ތިބިތަނަށެވެ. އިރުކޮޅެއް ފަހުން އިމިގްރޭޝަން ސީޖީވެސް އެމީހުންގެ ގާތުގައި ހުރިކަން އަޒްލަފްއަށް ފާހަގަވިއެވެ. އެއެންމެން ރަނގަޅަށް ފްރޭމްއަށް އަރާ ގޮތަށް ކެމެރާ ސެޓުކޮށްލުމަށްފަހު އަޒްލަފް އެނބުރިލީ ފަހަތުގައި މީހަކު ހުރެދާނެ ކަމަކަށް ނޫނެވެ.
“އޭތް. ސިއްސައިގެންނޭ އެދިޔައީ. މަ ހީކުރީ އެރްކޯ ދިޔައީ ކަމަށް ބެކްސްޓޭޖަށް އިވެންޓް ފެށެން އުޅޭތީވެ” “އަނހާ ތިކަން ނުވެފައެއް ނެތެއްނު އަދިއެއް. އެހެންނޫނަސް މަގޭ ހަވާލުކުރި މަސައްކަތް ދާގޮތް ބަލާލަން މަގޭ ދޯ އަންނާނީވެސް. މީހަކުއެއް ނުފޮނުވާނެ އެއްނު. އައްދޭ ބަރާބަރުކޮށް ދޯ މިދަނީ. މަ ހިއެއް ނުކުރަން މިހާ ގަޅިވާނެ ކަމަކަށް މިވެރިންނެއް.” އެޒުވާނާ ބުނެލިއެވެ. މީހަކަށް އޭނާ އަޒްލަފްއާއި އެކު ހުއްޓާ ނުފެންނަނީސް ދާން ހިނގައިގަތެވެ. އޭރު ކޮންމެވެސް ނުބައެއް ވާން އުޅޭކަހަލަގެ އިހުސާސެއް އަޒްލަފްގެ ހިތުގައިވިއެވެ.
ބްރީފް ކޭހެއް ހިފާލައިގެން ލައިލީ ހިނގާފައި ދިޔައީ ވައިޓްއޯވަރސް ބިޒްނެސް ހޮޓެލްއާއި ދިމާލަށެވެ. އޭނާގެ ހިނގުން ބާރުވެފައި މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. އިރުއިރު ކޮޅާ އަނެއްއަތުން ބަނޑުގައި މަޑުމަޑުން ފިރުމާލައެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު ތިރިކޮށްލަމުން ސީޑީގެ ހަރުފަތްތައް ގިރާ ކުރަން ފެށީ ފަރުވާތެރި ކަމާއި އެކުއެވެ. އެލެވޭޓަރ ކުރިމަތީގައި ހުއްޓިލައިގެން ކެތްމަދުވެފައި އޭނާ ހުއްޓެވެ. އެތަނުގައި އާދަޔާ ހިލާފަށް މީހުން މަދެވެ. އެލެވޭޓަރ އައުމާއެކު ލައިލީ އެއަށް އަރާފައި ވިހިވަނަ ފްލޯރއަށް ފިތާލިއެވެ. އެލެވޭޓަރ ދޮރު ހުޅުވުމުން އޭނާ ނިކުމެ ދެކޮޅު ހޯދާ ބަލައިލިއެވެ.
ވިހިވަނަ ފްލޯރ އޮތީ އެއްކޮށް ހުސްކޮށެވެ. ކަނާތް ފަރާތުގައި ހުރި ކޮޓަރިތަކާއި ދިމާލަށް ހިނގަމުންވެސް އޭނާ އެކި ދިމަދިމާލަށް ލޯ އުކަމުން ދިޔައީ މީހަކަށް ފެނިދާނެތީވެއެވެ. ކޮޓަރީގައި ޓަކި ދިނުމަށްފަހު ލައިލީ އެތެރެއަށް ވަނެވެ. އޭރު ވިހިވަނަ ފްލޯރގައި ހުރި ރެސްޓްރޫމްއިން ފައުޒާން ނުކުންނަނީއެވެ. “އިޒިންޓް ދެޓް ލައިލީ؟ ވަޓް އިޒް ޝީ ޑުއިންގ ހިއަރ؟” ކޮޓަރިއަށް ވަން ލައިލީ ފެނި ހިތާހިތުން ފައުޒާނަށް ބުނެވުނެވެ. އެކާވީސްވަނަ ފްލޯރގައި އޮތް އިވެންޓުގައި ހުރެފައި ފައުޒާން ވިހިވަނަ ފްލޯރއަށް އައީ ފާހަނައަކަށް ދާން ޖެހުމުންނެވެ. ވަގުތުން ކަންފަތުގައި އަޅާފައިން އިއަރ ޕީސްގެ ބަޓަން އަކަށް ފިތާލަމުން ފައުޒާން ވާހަކަ ދައްކަން ފެށިއެވެ.
“ލަމް ކެން ޔޫ ހިއަރ މީ؟” “ޔެސް. ވަޓްސް އިޓް؟” ލަމްހާގެ ޖަވާބު އަވަހެވެ. “އެނީ ޗާންސަސް އޮފް ލައިލީ ބީންގ ހިއަރ؟” “އެނ ވަޓް ލައިލީ އޭ؟” އަޒްލަފްގެ އަޑު އިވުނެވެ. “ޔެސް.. ލައިލީ.” ފައުޒާން ޔަގީންކަން ދިނެވެ. “ނޭނގެ ތިއެއް. ލައި ގުޅި މީގެ އިރުކޮޅެއް ކުރިން ގުޅާފަ އެހީ ލަމްމެން ކޮބައިތޯ. ލަމް ބުނިން އިވެންޓްގައޭ މިތިބީ މިހާރު ފަށަނީއޭވެސް” “ވަޓް ޑިޑް ޝީ ސޭ؟” އަޒްލަފްގެ ހިތް އަވަސްވިއެވެ. “ބުނީ ޝީ ހޭޑް ޓު މީޓް ސަމްވަން ފްރޮމް އިވެންޓް އޯ. އިޓް ވޮޒަންޓް ޕްލޭންޑް ލައިކް ދެޓް އޯ ބޮސް ގުޅާފަ އަރޖެންޓް އޭ ބުނީއޯ” “ވަޓް ބޮސް ޝީ ބީ ޓޯކިންގ އެބައުޓް؟” އަޒްލަފް ހައިރާންވިއެވެ. “ލޫފީ. އައިމް ސޮރީ. ލައިގެ ސީކްރެޓެއް ރައިޓް ނައު އައި ކާންޓް ސްޕިލް. ޝީ ސެއިޑް ޝީ ވިލް ޓެލް ޔޫ ހަރސެލްފް ވެން ޓައިމް އިޒް ރައިޓް” “ވަޓް؟” އަޒްލަފްއާއި ފައުޒާންއަށް ބުނެވުނީ އެއްފަހަރާއެވެ.
އެވަގުތު އަޒްލަފްގެ ފޯނަށް މެސެޖެއް އައެވެ. “ސޮރީ ޒްލަފީ. އައިއޭމް ފޯރސްޑް ޓު ޑޫ ދިސް” ލައިލީ ރޫމުން ނިކުމެގެން ދަމުން ރޮވޭ ހާލުގައި ވޮއިސް މެއިލްއެއް އަޒްލަފްއަށް ފޮނުވާލިއެވެ. އެލެވޭޓަރއަށް އެރުމުގެ ކުރިން ލައިލީ އޭނާގެ ފޯނު ބިންމައްޗަށް ދޫކޮއްލިއެވެ. އެލެވޭޓަރ ގްރައުންޑް ފްލޯރ ދޫކޮށް ބޭސްމެންޓްއަށް ފޭބިތަނާހެން ކަންފަތް ފަޅައިގެންދާހާ ބާރުގަދަ އަޑުފައްގަނޑަކާއެކު ކަރަންޓު ކެނޑިގެން ދިޔައެވެ.
ބެންކުއެޓް ހޯލް ތެރެ ވަނީ ބޯ ދުމުން ފުރާލާފައެވެ. އެކި ދުންގަނޑު ތެރެއިން އަލިފާން ފެންނަހެންވެސް ހީވެއެވެ. މީހުންތައް އެކި ދިމަދިމާލަށް ވެއްޓި އެކި ވަރުގެ އަނިޔާވެފައެވެ. އަޒްލަފް އޮތީ ކެމެރާ ދަށުވެފައެވެ. އޭނާއަށް ހޭވެރިކަން ވުމުން އަވަސް އަވަހަށް އުޅުނީ އޭނާގެ އެސްޑީ ކާޑު ކެމެރާއިން ނަގައި ރައްކާތެރި ކުރެވޭތޯއެވެ. ތުރުތުރު އަޅާ އަތަކުން އޭނާއަށް އެސްޑީ ކާޑު ނަގައި ސޫޓުގެ އެތެރެއަށް ލެވޭތޯ މަސައްކަތް ކުރަނިކޮށް މީހަކު އައިސް އޭނާގެ އަތުން އޭތި ޖަހައިގަތެވެ. “ނޯ… ނޯ…. ޕްލީޒް. ގިވް އިޓް ބެކް…” އަޒްލަފްގެ ހޭވެރިކަން ހުސްވެގެން ދިޔައެވެ.
އެއްމަސްފަސް
ވައިޓްމީޑިއާގެ މައި އިމާރާތުގެ ކޮންފެރެންސް ރޫމްގައި ސްޓާފް މީޓިންގއެއް ކުރިއަށް ދިޔައެވެ. މީޓިންގް ނިންމާލުމުގެ ކުރީގައި ފަހުބަސް ބުނުން އޮންނަނީ އެވަގުތު ސްޓޭޝަންގެ ޑިއުޓީގައި ހުންނަ އިންޗަރޖަށެވެ. މިއަދު ޑިއުޓީގައި ހުރީ އިސްރާއެވެ. އިސްރާ ފަހުބަސް ބުނުމަށް ފަހު ކުޑަ ޕާޓީއެއް ޑައިނިންގ ރޫމްގައި އޮންނާނެ ވާހަކަ ބުންޏެވެ. އެރްކާންގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުވިއެވެ. “އަނެއްކާ މީހަކު އެންގޭޖް ވަނީތަ؟ މިއީ މިމަހުގެ ހަތަރުވަނަ އެންގޭޖްމަން ދޯ؟” ލަމްހާ ސަމާސަ ގޮތަކަށް ބުނެލިއެވެ. ފައުޒާން ލަމްހާއާއި ދިމާލަށް ފަންސޫރެއް އެއްލިއެވެ. ރޫޔާވެސް ފައުޒާންއާއި ބައިވެރިވެގެން ލަމްހާއަށް ޖެއްސުން ކުރަން ފެއްޓިއެވެ. “ގާއިސް. މިއީ ވޯރކް ޓައިމް. ޝޯވ ސަމް ރެސްޕެކްޓް ޓު ޔުއަރ ކޮލީގްސް މޭން..” އިސްރާ ތަންކޮޅެއް ބާރު އަޑަކުން ބުނެލިއެވެ.
ޑައިނިންގ ރޫމް ފުރާލާފައިވަނީ މީރު ކާއެއްޗެހީގެ ވަހުންނެވެ. ޕިއްޒާއާއި ސަބްމެރީންގެ އިތުރުން ޑަރޓީ ފްރައިސްއާއި ޑޯނަޓްވެސް ހުއްޓެވެ. “އޭ ކޮބާ ކަޕް ކޭކު؟ މަ ޖޮއިންއެއް ނުކުރާނަން ކަޕްކޭކު ނެތިއްޔާއެއް…” ފާޑެއްގެ ތުއި އަންހެން އަޑަކުން ފާޒިލް ބުންޏެވެ. އެހެން އެންމެން ހޭން ފެށިއެވެ. މާތިއު ވަގުތުން ނުރުހުންވިއެވެ. “އޭތް ބްރޯ. ސެލީން މޭމް އެހުންނެވީ އަހަރެމެނަށް ތުރެ މަތީ މަގާމެއްގައި. އަހަރެމެން ވޯރކް ވައިސްކޮށް ރެސްޕެކްޓް ކުރަން ޖެހޭނެ އޭ. މިތާ ނޫނަސް ތިކަން ކުރެވިދާނެ ދޯ” “އޭތް ޔޫ ކިތަންވެ ހިތްކިޔަސް ސެލީންމޭމްއެއް ނުލިބޭނެ ޔޯ… ނުލިބޭނެ ޔޯ…. ނުލިބޭނެ ޔޯ……………………” ލަވައެއް ކިޔާހެން ނޫރާ ކިޔަން ފެށިއެވެ. އެންމެން ފޯރި ހިފާލި ވަގުތަކީ އެތަނުގެ އޮޓޯ ދޮރު ހުޅުވިގެން ދިޔަ ވަގުތެވެ. އެންމެންހެން ހިމޭން ވެފައި އެދިމާލަށް ބަލަހައްޓާއިގެން ތިބި އިރު އެންމެ ބޮޑަށް ސިހުނީ ވީލްޗެއާގެ ގައި ވަދެގެން އައި މީހާ ފެނުމުންނެވެ.
އިންތިޒާރު ކޮށްލައްވާ…
Comments (1)
Comments are closed.
Heyyy sissy . Trailer varah saalhi MA. Very curios for next part.