
ބޭޒާރުވީމާ – 1

ހަވީރުގެ ފިނި ވަގުތެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި އުނދޯލީގައި ސެލީން އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އިންވަރުން އޭނާގެ އެއްމާބަނޑު ދައްތަ އައިލީން ބޯދިއްކޮށްލާފައި ދިޔައިރުވެސް ނޭނގުނެވެ. އައިލީން ގޮސް ދެތަށި ކޮފީ ހަދައިގެން އައިސް ސެލީންގެ ކުރިމަތީގައި ހުރި ސޯފާގޮނޑީގައި ޖައްސާލިއެވެ. ކުޑަކޮށް ކެއްސާ ކަރު ކެހިލުމުންވެސް ސެލީންްއަށް ރޭކާނުލިއެވެ. އައިލީންގެ ބޮލަށް އައި ހިޔާލަކުން ވަގު ހިންޏެއް އައިސްފާ ހުރެ އެތަނުން އެއްކޮފީތަށި ސެލީންގެ ހާމައަށް އޮތް ފައިގައި ޖައްސާލިއެވެ. ކޮފީގެ ހޫނުކަން އިހުސާސްވެ ސެލީން ދިޔައީ ސިއްސައިގެންނެވެ. “އާތް… ދެން.. އައިލީލީލީލީންންން” ދިލަނަގައި ގަތުމުން ސެލީން ކުސްޖަހައިލިއެވެ. “އެހެންދޯ ވާނީ ސެލީ ތިއިންނަނީ ވާހަކަ ތެރެއަށް “ޓްރެވެލް” ކޮށްގެން ވިއްޔަ. މިތާ ރޯވިއަކަސް އެނގޭނީއެއްނޫން” އައިލީން ހެމުން ހެމުން ބުންޏެވެ. “ލީން.. ދެން.. ވަރަށް ފޫހިވޭ މީނަ ކުރާނީ މިކަހަލަގެ ކަންކަން” ތުން އަނބުރާލަމުން ސެލީން ބުނެލީ ލޯބި ގޮތަކަށެވެ. “ކޮބާ ހެދުން ރެޑީތަ؟ ކޮން ކުލައެއްގެ ހެދުމެއް ލާން ތިއުޅެނީ؟” އައިލީން އަހާލީ ކުރިއަށް އޮތް ދަސްވެނިވުމުގެ ހަފްލާގައި ސެލީން ލާނެ ހެދުމުގެ ވާހަކައެވެ. “ނޫޅެން ބުނާކަށް. ލީންއާ ބެހޭ ކަމެއް ނޫނެއްނު” ސެލީންގެ މޫޑު އިނީ އެއްކޮށް ހަރާބުވެފައެވެ. ސެލީންގެ ޖަވާބު އިވިފައި އައިލީންގެ ހިނިގަނޑު ޕޫސްއަޅައިފާ ކޮންޓްރޯލުން ނައްޓައިގެން ދިޔައެވެ. ސެލީން ބަލާކަށް ނުހުރެ އަތުގައި އޮތް ވާހަކަފޮތް އައިލީންއާއި ދިމާލަށް އެއްލިއެވެ. ސެލީން އެހެން ހަދާނެކަން ވިސްނައިގެން ހުރި އައިލީން އެއިން ރެކިގަނެފައި ބެލްކަނިން ގޭތެރެއަށް ވަނެވެ. “ބޮޑު ޓޯރނެޑޯއެއް…” ސެލީން ކުދިކިޔާލިއެވެ. “އަޑުއިވިއްޖެ” އެތެރެއިން އައިލީންގެ އަޑު އައެވެ.
“އެދިޔައީނުން މަގޭ މޫޑު ހަރާބުކޮށްފަ. ހުއް. އަދި އެބަ ކިޔައެއްނުން އަޑުއިވިއްޖެ އޭ. ބޮޑު ކަމެއް” ސެލީން ހިތާހިތުން އެތިވަރުގޮވައިގަތެވެ. އުނދޯލީގައި ރަނގަޅަށް ހަމަޖެހިލަމުން ކޮފީ ތައްޓަށް ލޯ އަޅާލީ އައިލީން ދެކެ އައިސްފައި ހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ. އެވަގުތުވީ ފޯނަށް ނޮޓިފިކޭޝަންއެއް އައި ވަގުތަށެވެ. “ހޫން މީނައަށް ހިތުންވެސް އެތިވަރެއް ނުގޮވޭނެ. އެމެސެޖު ކުރީނުން. މިހާރު ކޯޗެކޭ ކިޔަންތަ އެއުޅެނީ. ސަހާދެއް” ސެލީން ފޯނަށްވެސް ލޯ އަޅާލިއެވެ. “އުނހޫ ވެއިޓް. އެވެދާނެ ހެދުން ފަހާތަނުން މެސެޖެއްކަމަށް. އެމީހުން ބުނި ފޮޓޯ ދައްކާނަމޭ ނިންމާފަ. އޯ މައި ގޯޑް އައި ކާންޓް ވެއިޓް ޓު ސީ މައި ޕިންކީ ޕީޗީ ފްލޯވ” ސެލީންއަށް ކުޑަކޮށް ނަށާލެވުނީ “އެކްސައިޓް” ވެގެންނެވެ. އަނެއްކާވެސް ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑު އިވުނެވެ. ސެލީން ކުޑަކޮށް މަޑުޖެހިލަމުން ފޯނު ނެގިއެވެ. ނުދަންނަ ނަމްބަރަކުން ވަޓްސްއެޕްކޮށްފައި އިން މެސެޖެއް ފެންނަން އިނެވެ. ސެލީންގެ ހިތަށް ބުނެދެން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ. “މީކާކު؟ އަދި ވީޑިއޯއެއް؟” ސެލީން ޖެހިލުންވެފައި ފޯނަށް ބަލަން ހުއްޓެވެ. “ފެންނަން ނުޖެހޭ އެއްޗެކަށް ވެއްޖެއްޔާ އޯ؟ ޑްރެސް މޭކަރގެ ނަމްބަރު މަގޭ އަތުގަ އިންނާނެ ސޭވްކޮށްފަ” ސެލީންގެ ސިކުނޑި ސުމަކަށް ދާން އުޅުނެވެ.
ފުން ނޭވައެއްލާފައި ސެލީން ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އަނެއްކާވެސް ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑުއިވުނެވެ. ފޯނަށް ބަލައިލި ސެލީން ސިހުނު ވަރުން އެއްލައިގެން ދިޔައެވެ. “ހާދަ ފިނޑިއޭ ދޯ” ވަޓްސްއެޕްއިން އާ މެސެޖެއް ފެންނަން އިނެވެ. ސެލީންއަށް ބޭއިހުތިޔާރުގައި ވަށައިގެން ބަލާލެވުނީ އެމީހަކު ފެންނަން ހުރިތޯއެވެ. އަނެއްކާވެސް ފޯނަށް ނޮޓިފިކޭޝަނެއް އަތުވެއްޖެއެވެ. “ކަލޭ މާ ފޮނިވެފަ އެބަ އުޅޭނުން އަދި ބޮޑު ފިނޑިޔާގެ ދަރި ކުޑަ ފިނޑިޔާ” އަނެއްކާވެސްއެވެ. “ކަލެއަށް މަ ވީޑިއޯ ފޮނުވީ ކޮޓަރިއަށް ގޮސް ******* އެއް ނޫން” “ހަމަ މިހާރު ތިތާހުރެ ބަލަން ވެގެން” “މާ ފުއްޕާނެ ކަމެއް ނެތް ކަލޭ ބައްޕައަކީ ނުބައި ނުލަފާ ރަހުމް ކުޑަ ބޮޑު ޖައްބާރެއް” “ކަލޭވެސް އެމަގުން ހިނގަންޏާ އަހަރުމެންގެ ދަންތުރައިގަ ޖެހޭކަށް ނެތް މާގިނަ ދުވަހެއް” ފަހަރަކު މެސެޖެއް އަންނަމުން ދިޔައެވެ. ހުއްޓުން އަރާފައި ހުރި ސެލީންއަށް ހުރެވުނެވެ. މިވާގޮތެއް އެއްވެސް ވަރަކަށް ނޭނގޭ ހާލުގައި ޝޮކެއް ޖެހިފައި އޭނާ ހުއްޓެވެ. ހޭވެރިކަންވީ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގައި ޖެހުމުންނެވެ. ކަރުނައިގެ ހޫނުކަން ސެލީން ހަމައަކަށް އެޅުވި ކަހަލައެވެ. ހިންދިރުވާލާފައި ސެލީން އެ ޗެޓްލޮގް ހުޅުވާލިއެވެ. “މިއީ ކަލެއަށް ދިން އިނާމެއްތޯ އަޒާބެއްތޯ އެނގޭނީ ފަހުން” “ވީޑިއޯ މެސެޖް” އެންމެ ފުރަތަމަ އައިސް ނުކިޔާ އިން ދެމެސެޖަށް ސެލީން ބަލަން ހުރެފައި ވީޑިއޯ ޕްލޭކޮށްލީ ކޮންމެ ފަދަ އެއްޗެއް އޮތަސް ބަލަން ތައްޔާރުވެގެންނެވެ.
ވީޑިއޯ ލޯޑުވާން ނެގި މަދު ސިކުންތުކޮޅުވެސް ސެލީންއަށް ހީވީ ގަޑިއިރު ތަކެއްހެންނެވެ. ވީޑިއޯ ޕްލޭވާން ފެށެންވީ އިރަށް ސެލީން ސޯފާ ގޮނޑީގައި ޖައްސާލީ ނަފުސު ތައްޔާރުކޮށްލުމުގެ ގޮތުންނެވެ. ވީޑިއޯ ޕްލޭވާން ފެށިއެވެ. އޭގެން ފެންނަނީ ތިންވަނަ މީހާގެ ނަޒަރުން ރިކޯޑުކޮށްފައިވާ ކައިވެންޏަށް ހުށައަޅާ މަންޒަރެކެވެ. ސެލީންއަށް ހައިރާންކަމެއް ލިބުނީ އެވީޑިއޯގައި ހުރި އަންހެން ކުއްޖާ ލައިގެން ހުރި ހެދުމުގެ ޑިޒައިންއާއި ސެލީން އަމިއްލައަށް ޑިޒައިންކުރި ޕިންކީ ޕީޗީ ހެދުމުގެ ޑިޒައިންއާއި އެއްވެސް ތަފާތެއް ނެތުމުންނެވެ. ހަމައެކަނި ތަފާތަކީ ކުލައެވެ. އޭގެން ފެންނަ އަންހެން ކުއްޖާ ހުރީ ގަދަ ރަތްކުލައިގެ އޮފްޝޯލްޑާ ހެދުމެއް ލައިގެންނެވެ. ފަހަތަށް ދިގުކޮށް ބިމުގައި ކުޑަކޮށް ކޭއްތޭ ވަރަށް ހުރި އިރު ވާތްއަތް ފަރާތުން ފަލަމަސްގަނޑާއި ދިމާލުން ފަޅާފައިވިއެވެ. ދޫކޮށް “ލޯވބަން” އެއް ޖަހާފައި ހުރި އިރު މޫނު މައްޗަށް ބައެއް އިސްތަށިކޮޅު ފައިބާފައި ހުއްޓެވެ. ހެދުމުން ނިވާނުވާ އަތާއި ކޮނޑު މައްޗާއި ކަރު ވަނީ ގަދަ ރަތްކުލައިގެ ސްޓޮކިން ފޮތީގެ ލޭސް ބޮޑީޝޫޓްއަކުުން ފޮރުވާލެވިފައެވެ. ފައިވެސް ހަމަ އެގޮތަށް ނިވާކޮށްލެވިފައި ވިއެވެ. ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެގެން ފިރިހެން ކުއްޖެއް އިނެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފާޅުވެއެވެ. އެ ފިރިހެން ކުއްޖާ ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުދުގަމީހެއް ލައިގެންނެވެ. އިސްތަށި ކުރުކޮށް ހުއްޓެއް ކަމަކު ހުރީ “ބޭޑް ބޯއި” ކަހަލަ ގޮތަކަށެވެ. އަތުގައި ކުޑަ ފޮއްޓެއް އޮތެވެ. “އިހަށް އައި ބުނާ އެއްޗެއް އަޑު އަލާބަލަ. އައި ވާހަކަ ދައްކަން ފުރުސަތެއް ދީބަ..ޕްލީޒް” އެކުއްޖާ މަޑުމަޑުން އަތް ހިއްލާލަމުން ބުންޏެވެ. އަންހެން ކުއްޖާ އެއްވެސް އެއްޗެއް ނުބުނެ އުނަގަނޑުގައި ދެއަތް ވިއްދައިގެން ބަލަން ހުއްޓެވެ. “ޔޫ ބުނީމެއްނު އައި ކައިރީގަ ބޭޑް ބޯއިއަކާއި ރައްޓެއްސެއް ނުވާނަމޭ. އައި ވަރަށް ލޯބިވޭ ޔޫ ދެކެ. އައިއަށް ރަނގަޅަށް އުޅެން ނޭނގުނަސް ގޯސްކޮށް އުޅުން ހުއްޓާލައިފިން. އައި މިހާރު ލަނީވެސް ގަމީހާއި ފަޓުލޫނު. އައި މިހާރު ސިނގިރެޓްވެސް ނުބޮން. ދަންވަރު ހޭލާ ބޭރުގައެއްވެސް ނޫޅެން. އައިއަށް ކުރިއަށް ތުރެ ބޮޑު ވަޒީފާވެސް ލިބިއްޖެ މިހާރު. މިއަންނަ ހަފްތާގަ އޮފީހަށް ނުކުންނަން އެބައޮތް އަންގާފަ. އައި މިހާރު ކުރީގެ ރައްޓެހިންނާ ގުޅުންވެސް ކަނޑާލައިފިން. ބަލާ އައި ލައިގެން މިހިރީވެސް މަސައްކަތް ކޮށްގެން ހޯދި ލާރިން ގަތް ކޯޓު ފަޓުލޫނެއް. އަދި ބަލާ މިއޮތީ ޔޫއަށް އެންމެ ކަމުދާ ރޯސް ގޯލްޑް ކުލައިގެ އަނގޮޓިއެއް. ޔޫ ލައިކްވާ ރެޑް ކުލައިގެ ޑައިމަންޑެއްވެސް މިއިނީ ޖަހާފައި. ޔޫ ލައިކްވާ ހުރިހާ ކަމެއް އައި ކޮށްފަ މިހިރީ. ޗޭންޖްޑް ފޮރެވަރ. އައި ލަވް ޔޫ ސުމެއްޔާ” އެ ފިރިހެން ކުއްޖާ އެހެން ބުނާ ހިސާބުން އެއަންހެން ކުއްޖާ ފުންނޭވާއެއް ދޫކޮށްލިއެވެ. “އައި ބުނިން ކުރިންވެސް އައި ޔޫ ދެކެ ލައިކްއެއް ނުވެޔޭ. އެންޑް ޔޫ އަދިވެސް ތިހިރީ ބޭޑް ބޯއި ވައްތަރު ނުކެނޑި. އައި ބުނިން ޔޫ ކައިރީގައި ޓްރައި ނުކުރާށޭ ޔޫ ޓައިމްްއޭ ތިބޭކާރު ކުރަނީ. ޔޫ ޔޫގެ އަމިއްލަ ދިރިއުޅުން ބިނާކޮށްގެން ރަނގަޅަށް އުޅުން ވަރަށް ބަރާބަރު ކީޕް އިޓް އަޕް. ކޮންމެހެން އައި ގެންނާކަށް ނުޖެހޭ…” “ޕްލީޒް ސުމެއްޔާ އައި ލަވް ޔޫ ސޯ މަޗް ވިލް ޔޫ މެރީ މީ؟” ފިރިހެން ކުއްޖާ އެއްނޭވައިން އާދޭސްކޮށްލިއެވެ. “ނޯ..ނޯ ހާލ..” އަންހެން ކުއްޖާ ކުޑަކޮށް ހުއްޓުން އެރިއެވެ. “އައި ސެޑް ސޮރީ ފޮރެވަރ އަށް އޭރަކަށް ނޫން. ޕްލީޒް އަމިއްލަ ނަފްސުގެ ގަދަރު ވައްޓާނުލާ. އައިގެ ނަސޭހަތެއް މިއީ ޔޫއަށް. އަބަދުވެސް ތިގޮތުގައި ރަނގަޅު މީހެއްގެ ގޮތުގައި ސާބިތުވެގެން ދިރިއުޅުން ކުރިއަށް ގެންދޭ އައި ދެކެ ލޯބިވަންޏާ. ގުޑް ބާއި. ބަލައިގެން އުޅޭތި” އުނަގަނޑުގައި ވިއްދައިގެން ހުރި އަތް ތިރިކޮށްލައިފައި ފަސް އެނބުރި ދާން ހިނގައިގަތެވެ. މޫނުމަތީގައި އެއްވެސް ޝުއޫރެއް ނެތެވެ. ފިރިހެން ކުއްޖާ މާޔޫސް ކަމާއި އެކު އަނގޮޓި ފޮށި ދިއްކޮށްގެން ހުރި އަތް ތިރިކޮށްލިއެވެ. އެހިސާބުން ވީޑިއޯ ޕްލޭވެ ނިމުނެވެ.
ސެލީންއަށް ހިތަށް ކުރި އަސަރު ބުނެދޭކަށް ނޭނގުނެވެ. ހިތުގައި ބައިވަރު ސުވާލު އުފެދުނެވެ. އެ އަންހެން ކުއްޖާއަކީ ކާކު ހެއްޔެވެ. އޭނާ ލައިގެން ހުރި ހެދުން ސެލީން ޑިޒައިން ކުރި ހެދުމާއި އެއްވެސް ތަފާތެއް ނެތީ ކީއްވެގެން ހެއްޔެވެ. އެކުއްޖާ ސެލީންގެ މަންމަ ސުރެއްޔާއާއި ވައްތަރުހެން ހީވަނީ ކީއްވެގެން ހެއްޔެވެ. އެ ފިރިހެން ކުއްޖާގެ މޫނުމަތިން ދަންނަ ވައްތަރެއް ޖަހާހެން ހީވެއެވެ. ފުން ވިސްނުމަކަށް ގެއްލިފައި ހުރި ސެލީން ސިހިގެން ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ.
Comments (2)
Comments are closed.
Haai sissy. Celine and aileen are so cute . Keevvebaa emeehaku celine ah e fonuvanee massage instead of aileen ? Keevve ba celine design kuri hedhun ekujja laigen huree? Why does she looks like celine’s mother . Soo curios to knoww. Mi part varah reethi . When next part?
Thnx lil sis. Looks like something is going on with the person who sent those txts to Selin. We don’t know yet who it is.
Next part in sha Allah next week ga
Luv u ❤️