
ކުރުވާހަކަތަކުގެ ގުލްޒާރު 1 (ފިލާވަޅެއްގެ ދަތުރު) – 6

ހަވަނަ ވާހަކަ
ދުޢާ
“ކައިވެންޏަށް ލިބުނު ފިލާވަޅެކެވެ.”
އޭނާ މަޑުމަޑުން ލޯ މަރާލިއެވެ. މުޅި ދުނިޔެ ހިމޭންވި ކަހަލައެވެ. އޭނާގެ ހިތުތެރޭގައި ކުރަހާލެވުނީ ވަރަށް ފުރިހަމަ މަންޒަރެކެވެ. އެއީ އަތިރިމަތީގައި ހުރި ކުޑަކުޑަ ގެއެކެވެ. ގޭތެރެއިން އޭނާއަށް ފެންނަނީ އޭނާ ލޯބިވާ ކުއްޖާއެވެ. އެކުއްޖާ ހުރީ މާބޮޑަށް ނަލަ ހެދިގެން ނެތް ނޫނެވެ. ހުރީ ގޭގައި ލާ އާދައިގެ ހެދުމެއްގައެވެ. އިސްތަށިގަނޑު އޮތީ ހާވާލާފައެވެ.
އެކުއްޖާ ކުރުނބާ ބޯން ހުރެފައި ހިނިތުންވެލިވެ. އެ ހިނިތުންވުމަކީ އަހަރެންގެ ހިތުގެ ވިންދެވެ. ދެން އިސާހިތަކު އެ މަންޒަރު ބަދަލުވިއެވެ. މިހާރު އެ ދެމީހުން ތިބީ މުސްކުޅިވެފައެވެ. މޫނުމަތީގައި ރޫޖެހިފައެވެ. ގައި ބާރު ދޫވެފައެވެ. އެކަމަކު އެކަކު އަނެކަކަށް ބަލާލާ ގޮތް ބަދަލެއް ނުވެއެވެ. މިއީ ހަމައެކަނި ޚިޔާލެކެވެ. ކުރެވުނު ފޮނި ޚިޔާލެކެވެ. އެހެނަސް އަހަރެންގެ ހިތަށް ލިބުނީ ބުނެދޭން ނޭނގޭހާ ބޮޑު ހިތްހަމަޖެހުމެކެވެ.
ކޮޓަރީގެ ކުޑަދޮރުން އައި ވައިރޯޅި އޭނާ ހަމަބިމަށް ތިރިކުރިއެވެ. މިއަދު މި ކުރެވެނީ ކޮންފަދަ އިހްސާސްތަކެއް ހެއްޔެވެ؟ މި ފެންނަނީ އުފާވެރި ދިރިއުޅުމެއް ފެށޭތީ ކުރެވޭ އުންމީދުތަށް ހެއް…