
ކުރުވާހަކަތަކުގެ ގުލްޒާރު 1 (ފިލާވަޅެއްގެ ދަތުރު) – 5

ފަސްވަނަ ވާހަކަ
އުންމީދު
ލިއަށްޏާއި އަލިކަމެއް ފެންނާނެއެވެ.”
ރޯދައާއި ދިމާކޮށް ވާހަކަ މުބާރާތެއްް އިއުލާން ކުރި އެވެ. އަހަރެން އިނީ އަޑުއަހާށެވެ. ކޮންމެ ބައިވެރި އަކަށް ވެސް ހުށައެޅޭނީ އެއް ވާހަކައެވެ. ވާހަކައިގެ ދިގު މިން އޮންނަން ވާނީ ބާރަސަތޭކަ އާއީ އަށާރަ ސަތޭކަ އާއީ ދެމެދުގައެވެ. އިސްލާމު ދީނާ ހިލާފު ކަންކަން ޕްރޮމޯޓްކޮށްދީ އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ސިފަކުރުންތަކާއި އިބާރާތް ހުރެގެން ނުވާނެއެވެ. ވަރަށް ތަފްސީލުކޮށް މައުލޫމާތުތަށް ދިނެވެ. ފޮނުވަންޖެހޭ މުއްދަތުވެސް ބުނެދިނެވެ. މިމަހުގެ ފަނަރައިގެ ކުރިން ފޮނުވަންވީއެވެ.
ދަތްތަށް ފެންނަ ވަރަށް ހިނިތުންވެލާފައި އަހަރެން ކައިރީ އިން މަންމަ އަށް ބުނީމެވެ. މި މުބާރާތުގައި މިފަހަރު ބައިވެރިވާނަމެއެވެ. ޝަރަފުވެރި ކާމިޔާބެއް ހޯދާނަމެވެ.
” ސާބަހޭ ދަރިފުޅާ ދަރިފުޅަށް ތިކަން ވުން އަދާ މަންމަ ދުޢާކޮށްދޭނަން. ތިކަންވާނެ ހަމަ” މަންމަ ހިތްވަރުދިނެވެ. އުންމީދު އާކޮށްދިނެވެ. ވާނެކަން ވެވޭނެކަން އެންގިއެވެ.
ލިބިގެން ދިޔަ މަންމަގެ ރުހުމާއެކު އަހަރެން ކޮޓަރިއަށް ވަނީއެވެ. ބިސްމީގެ ބަރަކާތުން ފެންވަރައިގެން ތައްޔާރުވާން ފެށީމެވެ. ލެޕްޓޮޕް ފުލ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.