
ވާނަމަ އިރާދާގާ – 1

ވާނަމަ އިރާދާގައި މި ވާހަކަ އަކީ ހިޔާލީ ވާހަކައެކެވެ .ލޯބި އަޅާލުން ލިބިފައި ފަހުން ފަހުން ދިމާވާ ކަން ކަމުގެ މައްޗައް ލިޔެފައިވާ ވާހަކައެވެ . މި ވާހަކައިން އެތަކެއް އިބުރަތެއް ލިބިގެން ދާނެއެވެ .
ވާހަކައިން ކުރިޔަށް ދާނަމެއެވެ .
އުޑުމަތި ސާފު، ރީތި ހިތްގައިމު ދުވަހެކެވެ. މަޑުމައިތިރި ވައިރޯޅިތައް ޖެހެމުންދިޔައީ ހިތްތަކަށް ތާޒާކަން ގެނެސްދެމުންނެވެ. އެހެން ނަމަވެސް، އެ ހިތްގައިމު ދުވަހުގެ ފިނިކަމުގެ ތެރޭގައި ވެސް މަލަކް އުޅެމުން ދިޔައީ ނުހަނު އަވަދިނެތިއެވެ. ގޭތެރޭގެ އެތަކެއް މަސައްކަތެއް ކުރުމުގައެވެ. ކުނިކެހުމާއި، ކެއްކުމާއި، ތެލިތަށި ދޮވުމުގައި އޭނާ ހަރަކާތްތެރިވަމުން ދިޔައީ ކުޑަވެސް ވަރުބަލިކަމެއް ނެތް ފަދައިންނެވެ.
އެއްބަނޑު އެއްބަފާ ތިން ކުދިން ތިބޭ އެ ޢާއިލާގައި މަލަކް އަކީ އެންމެ ދޮށީ ކުއްޖާއެވެ. މައިންބަފައިންގެ އަތްމަތި ދަތިވުމާއި، ހަގަށް ތިބި ދެ ކުދިންގެ ކަންކަން ބަލަހައްޓަން ޖެހުމުން، އެ ޅަ ޢުމުރުގައި މަލަކްގެ ކޮނޑުގައި އެޅިފައިވަނީ ބޮޑު ޒިންމާއެކެވެ. އެހެން ނަމަވެސް، މޫނުމަތިން ފެންނަ ހިނިތުންވުމަކީ މަލަކްގެ ކިބައިގައި އަބަދުވެސް ހުންނަ އެންމެ ރީތި އެއް ސިފައެވެ. ކޮންމެ ހާލެއްގައި ވެސް އޭނާގެ ހިތްހަމަޖެހުމާއި ހިނިތުންވުން ގެއްލުވައެއް ނުލައެވެ. އޭނާގެ ހިނިތުންވުމަކީ މުޅި ގޭތެރެއަށް ވެސް ދިރުން ގެނެސްދޭ އަލިކަމެކެވެ.
ނަމަވެސް، ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ޢާއިލާއަށް ދިމާވި އިޤްތިޞާދީ ދަތިކަމާއި، ބައްޕަގެ ބަލިހާލަތުގެ ސަބަބުން، މަލަކްގެ ހަޔާތަށް މާޔޫސްކަމާއި އަނދިރިކަން ވެރިވާން ފެށިއެވެ. ކިޔެވުމުގެ ފުރުޞަތު ގެއްލި، މުސްތަޤްބަލާ މެދު ގޮތްހުސްވެ، ހިތަށް އެތަކެއް ކަމެއް ވެރިވެ ބަރުވަމުން ދިޔައެވެ. އެކަނިވެރިވާ ކޮންމެ ވަގުތަކު ލޮލުން ކަރުނަ ފައިބައި، އެ އަނދިރިކަމުގެ ތެރޭގައި އޭނާގެ ހިނިތުންވުން ގެއްލިދާނެހެން ހީވި ވަގުތުތައް ވެސް އައެވެ.
އެހެން ނަމަވެސް، މަލަކް އަކީ މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިލި ކުއްޖެއް ނޫނެވެ. ކެތްތެރިކަމާއެކު ދުޢާކުރުމުގައި އޭނާ ދެމިހުއްޓެވެ. ހިތާމަތަކާއި މާޔޫސްކަމުގެ ފަހަތުގައި އަބަދުވެސް ކާމިޔާބީ ވާނެކަން އޭނާ ޤަބޫލުކުރިއެވެ.
ދުނިޔޭގެ ކޮންމެ ކަމަކީވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަފުޅާ ގުޅިފައިވާ ކަންކަމެވެ. އިންސާނާގެ ހަޔާތަށް އަންނަ ބަނަކަމާއި ހިތްދަތިކަމަކީ ދާއިމީ އެއްޗެއް ނޫންކަން ސާބިތުކޮށްދެމުން، ދުވަސްތަކަކަށް ފަހު، އެ އަނދިރިކަމުގެ ތެރެއިން އުންމީދުގެ އަލިކަން ފާޅުވާން ފެށިއެވެ.
މަލަކްމެންގެ އާއިލާއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކީ ބައްޕަގެ ބަލިހާލަތެވެ. ނަމަވެސް، މާތް ﷲ ގެ ރަޙްމަތްފުޅުން، ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު ބައްޕަގެ ބައްޔަށް ޝިފާ ލިބި، ސިއްހަތު ރަނގަޅުވާން ފެށިއެވެ. އޭގެ އިތުރުން، އާއިލާގެ ބުރަ އުފުލަމުން ދިޔަ މަލަކްއަށް ވެސް އޭނާގެ ހުނަރުން އާމްދަނީ ހޯދޭނެ ރަނގަޅު މަގެއް ފަހިވިއެވެ. މަލަކްގެ ފެހުމާއި ކްރާފްޓް މަސައްކަތްތަކަށް ބޮޑު ތަރުހީބެއް ލިބި، ގޭގައި އިނދެގެން ކުރާ މަސައްކަތް ފުޅާވެގެން ދިޔައެވެ. ހިތްދަތި ދުވަސްތައް ފާއިތުވެ، އަނެއްކާވެސް އެ މޫނުމަތިން ފެންނަން ފެށީ ހަޤީޤީ ހިތްހަމަޖެހުމާއި އުފާވެރި ހިނިތުންވުމެވެ.
ކުޑަ ކޮޓަރިއެއްގެ ތެރޭގައި ތައްޔާރުކޮށްފައިވާ އޯޑަރުތައް ބަންދުކުރަން އިން މަލަކްގެ ކައިރިއަށް އައިސް ހުއްޓުނީ އޭނާގެ ކޮއްކޮ ޔުމްނާއެވެ.
“ދޮންތީ! ހާދަހާ ބިޒީކޮށް؟” އަސްނާ ލޯތްބާއެކު އަހައިލިއެވެ.
މަލަކް އިސްއުފުލައި ބަލައިލުމަށްފަހު ހިނިތުންވެލަމުން ބުނެލިއެވެ. “ޔުމްނާ ކޮއްކޯ… އާދެބަލަ ދޮންތިއަށް ހެލްޕްވާން.”
ޔުމްނާ ވަގުތުން ދޮންތިގެ އެހީއަށް އަވަސްވެގަތެވެ. ދެބެއިން އެކުގައި ހީހީފައި ވާހަކަދައްކަމުން މަސައްކަތް ނިންމަމުން ދިޔައިރު، ގޭތެރެއިން އިވެމުން ދިޔައީ އުފާވެރި އަޑުތަކެވެ.
ޒައިން އަކީ އެގޭގައި ހުރި އެންމެ ކުޑަ ކުއްޖާއެވެ. އަދި އެއީ ގޭގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާ ވެސް މެއެވެ. އޭނާ އަކީ އާއިލާގެ އެންމެންގެ ލޯބި ލިބިފައިވާ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ގޭގެ ގޯތިތެރޭގައި އޭނާގެ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަމުން ދިޔައިރު، އޭނާގެ މަޖާ އަޑާއި ހުނުމުގެ އަޑު ގޭތެރެއަށް އިވެމުން ދިޔައެވެ.
މި ކުޑަ އާއިލާއަށް އަސްލު އުފާވެރިކަން ގެނެސްދެނީ ތަނަވަސްކަމެއް ނޫނެވެ. އެއީ އެންމެން އެކުގައި އެއްބައިވަންތަކަމާއި، ލޯތްބާއެކު އުޅެމުންދާތީއެވެ. އެކަކު އަނެކަކަށް އަޅާލައި، ދިމާވާ ކޮންމެ ދަތިކަމެއްގައި އެކުގައި ތިބޭތީއެވެ.
ދުނިޔޭގެ އާދައިގެ މަތިން، އެމީހުންގެ މި އުފާވެރި ދިރިއުޅުން ފެނި ބައެއް މީހުންގެ ހިތްތަކުގައި ހަސަދަވެރިކަން އުފެދުނެވެ. ބައެއް މީހުންގެ ފަރާތުން ހަސަދައިގެ ހުޅު ފަޅައިގެން ދިޔަޔަސް، އެއިން އެއްވެސް ކަމެއްގެ ނޭދެވޭ އަސަރެއް މި އާއިލާއަކަށް ނުކުރެއެވެ. އެމީހުންގެ މެދުގައިވާ ވަރުގަދަ ގުޅުމާއި، މާތް ﷲ އަށް އޮތް އިތުބާރުގެ ސަބަބުން އެއްވެސް ނުބައި ބަހަކަށް އެމީހުންގެ އުފާވެރިކަން ފޭރި ގަނެވޭ ގޮތެއް ނުވިއެވެ.
ދަރިން އެކަތިގަނޑެއްގެ ގޮތުގައި އުޅޭ މަންޒަރާއި، ގޭތެރެއަށް ވެރިވެފައިވާ އަމާންކަން ފެނި، މަންމަ ހައްވާނިކެގެ ހިތް ފުރިގެން ދިޔައީ ޝުކުރުވެރި ކަމުންނެވެ. ހައްވާމަނިކެ އެކަމަށް އުފާކުރެއެވެ. އަދި ދަރިންގެ މި އެއްބައިވަންތަކަމާއި އުފާވެރިކަން ދެމެހެއްޓެވުން އެދި، ކޮންމެ ނަމާދަކަށްފަހު އޭނާގެ ދެއަތް އުފުލައި މާތް ﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވައެވެ. ވާނަމަ އިރާދައިގައި، ކެތްތެރިކަމުގެ ނިމުން އަބަދުވެސް ވާނީ ފޮނި އެއްޗަކަށެވެ.
” ދަރިފުޅާ މަލަކް ބައްޕަ ކައިރި އަށް އައިސްބަލަ ” އާދަމްފުޅު ބަލި އަޑަކުން މަލަކް އަށް ގޮވާލިއެވެ .
ކުރަން އިން މަސައްކަތް ޔުމްނާ އަށް ހަވާލު ކޮއްލުމަށް ފަހު އާދަމްފުޅު ބައްޕަ ކައިރި އަށް ދިޔައެވެ . އަދި ކޮންކަމެއް ތޯ ސުވާލު ކޮއްލިއެވެ . ” ދަރިފުޅާ ބައްޕަ އަށް ފެންތައްޓެއް ގެނެސް ދީބަލަ ” އާދަމްފުޅު ބުނެލިއެވެ . އުފަލާ އެކު މަލަކް ފެންތައްޓެއް ބަލާ ދިޔައެވެ . އެއްވެސް ކަމަކާ އެއްވެސް އެއްޗެއް ނުކިޔައެވެ . ބަދިގެއިން ފެންތައްޓެއް ހިފައިގެން މަލަކް އައެވެ . އަދި ބައްޕަ އަށް އެ ފެންތަށި ބައްޕަ ތުނބުގައި ޖައްސާލުމާއެކު އެ ފެންތަށި އެއްކޮށް ކަހަލަ ގޮތަކަށް ބޯލިއެވެ .
” ދަރިފުޅާ މި ވާހަކަ ބުނުމުން ދަރިފުޅު ރުޅި ނާންނައްޗޭ .. ” އާދަމްފުޅު ބުނެލިއެވެ . ލަމްހާ އާއެކޭ ބުނާ ގޮތަކަށް އިސް ޖަހާލިއެވެ .
ދަރިފުޅާ ބައްޕަ 3 ކުދިން ދެކެ ވެސް ވަރަށް ލޯބި ވަން އެކަމަކު އެންމެ ބޮޑަށް ލޯބި ވަނީ ޔުމްނާ ދެކެވެ . ” އާދަމްފުޅު ބުނެލިއެވެ .
” އިގޭ ބައްޕާ އަޅުގަނޑު އެއްޗެސް އެއްޗެއް ނުބުނަމެވެ” ލަމްހާ ހިނިތުން ވެލުމަށް ފަހު ބުނެލިއެވެ .
ލަމްހާ ގެ މަސައްކަތަށް އެބުރުނެއެވެ .އެއިން ކޮންމެ ކަމެއްގައި ވެސް ލަމްހާ ވަރަށް ހީވާގި ކަމާއެކު އުޅެމުން ދިޔައެވެ . އެތަކެއް ހުވަފެން ތަކެއް ދެކުމުން ދިޔައެވެ . ލަމްހާ މިހާރު ކުރަމުން އަންނަ ހުވެފަނަކީ ލަމްހާ ކުރަމުން އަންނަ މަސައްކަތް ފުޅާ ކޮށް މުޅި ރާއްޖެ އަށް އެ ވިޔަފާރި ކުރުމެއެވެ .
ދުވަސްތައް ދިޔައީ ނުހަނު ހަލުއި ކަމާއެކުގައެވެ . ދުވަސްތައް ދިޔަ ގޮތް ލަމްހާ އަށް ނުމެ އިގެއެވެ . ކުޑަ ކޮށް ކުރި ފިޔަފާރި މަޑު މަޑުން ފުޅާވެގެން ދިޔައެވެ .
މެންދުރުގެ ވަގުތުއެވެ . ލަމްހާ އުޅެމުން ދިޔައީ ބައްޕަ އަށް ކާން ތައްޔާރު ކުރުމުގައެވެ . ވަރަށް ވެސް އަވަދި ނެތިއެވެ . ދެތިން ފަހަރަކު ބައްޕަ ކެއްސާލި އަޑު އިވުނެވެ . ނަމަވެސް ފަހުން އެ އަޑެއް ނުމެ އިވެއެވެ . އެއީ ބައްޕަ އާއްމު ކޮށް އެހެން ކެއްސާލާތީ މާ ބޮޑު ކަމަކަށް ނުހަދައެވެ .
2 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ
Comments (1)
Comments are closed.
Who is lamha ??? Js curious igay 🤔