Skip to content
އެސްފިޔަ

ނޭންގި ވެވުނު ލޯބި – 9

Listen to this story Audio · 6:59 Powered by Esfiya Voice
0:00 6:59

ރެޑީ ވެލާ ގެން އަވަސް އަވަހަށް ނިކުތް ރައިޝާ ގޮސް ޖެހުނީ ޔާނިއުގެ މޭ މަތީގައެވެ. “އައިމް ސޮރީ” ރައިޝާ މިހެން ބުނެ ޔާނިއު އާއި ދުރަށް ޖެހެން އުޅުނެވެ. ޔާނިއު ރައިޝާ ގައިގައި ބައްދާލިއެވެ. ރައިޝާ އަށް ވެސް ޔާނިއު ގައިގައި ބައްދާލެވުނެވެ. “ސޮރީ” މިހެން ބުނެފައި ރައިޝާ ދުރަށް ޖެހެން އުޅުނެވެ. “ރައިޝާ… މިރޭ މާސްޓާ ބެޑްރޫމް އަށް  ބަދަލު ވޭ” ޔާނިއު މިހެން ބުނުމުން ރައިޝާ ގެ ހިތް ތެޅުނެވެ. “އޯކޭ” ރައިޝާ ބުނެލިއެވެ.

 

*9 ވަނަ ބައި*

ރައިޝާ ރެޑީ ވެލާ ގެން ނިކުތެވެ. ކާޅު ކުލައިގެ ނޯމަލް އަބާޔާ އަކާއި ވަށް ބުރުގަލެއް އަޅައިގެން ، މޫނުގައި ކުޑަ ފުށްކޮޅެއް ޖަހާލާގެން ނިކުތެވެ. އެވަގުތު ޔާނިއު ވެސް ނިކުތެވެ. ރައިޝާ ފެނުމުން ޔާނިއު އަށް ރައިޝާ އަށް ބަލައިގެން ހުރެވުނެވެ. އެއްވެސް މޭކްއަޕް އެއް ނުކޮށް ހުރި އިރުވެސް ރައިޝާގެ ރީތިކަން ހާމަ ވެއެވެ. “ހިނގާ ދަމާ” ރައިޝާ ޔާނިއު އާއި ދިމާލަށް އަތް ހޫރަމުން ބުނެލިއެވެ.  “ޔާ ލެޓްސް ގޯ” ޔާނިއު ކާރުގެ ތަޅުދަނޑި ހިފާގެން ރައިޝާ ފަހަތުން ނިކުތެވެ.

 

———

މަގުމަތީގައި މަޑުމަޑުން ހިނގަމުން ދިޔަ ޒަކްވާން އިށީންދެލީ ވެސްޓް ޕާކް ބެންޗް އެއް ގައެވެ. ޒަކްވާން އަށް ވިސްނެމުން ދިޔައީ ރޭގައި ހިނގި ކަންކަމަށެވެ. ރައިލީ އަށް އެހާމެ ބޮޑު ބަދަލެއް އައީ ކީއްވެ ބާއޭ؟ ރައިލީ މިހާރު އަހަރެން ދެކެ ލޯބި ނުވަނީ ބާއޭ؟ ޒަކްވާން ގެ ސިކުނޑީގައި ހިނގަމުން ދިޔައީ މި ސުވާލު ތަކެވެ. މާގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރަންވެގެން ޒަކްވާން ގެއަށް ދާން ހިނގައިގަތެވެ.

—————-

 ޔާނިއު އާއި ރައިޝާ ގޮސް ޔާނިއު މަންމަ މެން ގެއަށް ވަނުމުން ޔުސްރާ ރައިޝާ ގައިގައި ބައްދާލިއެވެ. އެވަގުތު ޔުސްރާ ލޮލުގައި އަޅައިގަތީ ރައިޝާގެ ބެންޑޭޖް ކޮށްފައި ހުރި އަތެވެ. “ރައި އަތަށް ކިހިނެތް ވީ؟” ޔުސްރާ ހާސްވެފައި އަހާލިއެވެ. “މަންމާ ހާސް ނުވެބަލަ އަޅުގަނޑު އަތުން ތައްޓެއް ތަޅާ ގެން ދިޔާމަ ނަގަން އުޅުނިކޮށް ކައްސާލާ ގެން ވެއްޓުނީ އޭ” ރައިޝާ ހިނިތުން ވެލާފައި ކިޔާ ދިނެވެ.

 

ހުކުރު ދުވަހުގެ މެންދުރު ކެއުން ތައްޔާރު ކޮށްފައި ރައިޝާ އާއި ޔޫލީން ދިޔައީ ބެލްކަންޏަށް ށެވެ. “ރައި ބީ އޮނެސްޓް… އަތަށް ކިހިނެތް ވީ؟” ޔޫލީން އަހާލުމުން ރައިޝާ ފެންކަޅިވިއެވެ. “ދޮންބެ ކަމެއް ކުރީތަ؟” ޔޫލީން އަށް ބަލާނުލާ ރައިޝާ ބޯޖަހައިލިއެވެ. “ހީވެސް ވިއޭ…. ރައި އައިމް ސޯ ސޮރީ” ރައިޝާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

 

ފިރިހެނުން ކައި ނިމުމުން އަންހެނުން ކައި ގެން އެންމެން ސިޓިން ރޫމް ގައި  އޮލަ ވާހަކަ ދައްކަން ފެށިއެވެ. “ރައި ކޮން އިރަކުން ތަ މަންމަ އަށް މާމަ ދަރިއެއް ދޭނީ؟” ޔުސްރާ އަހައިލިއެވެ. ރައިޝާ ބޯން ހުރި ފެންތަށި ޔާނިއުގެ މޫނަށް ބުރުވާ ލެވުނެވެ. “ސޮރީ” ރައިޝާ އަޅަ އަޅާ ގަންނަމުން ބުނެލިއެވެ. “މޯމް ކޮން ވާހަކައެއްތަ ތިދައްކަނީ؟” ޔާނިއު ޓިޝޫއެއް ނަގާފައި މޫނު ހިއްކަމުން ބުނެލިއެވެ. “ޔާން މަންމަ ވަރަށް ބޭނުން މާމަ ކިޔާނެ ދަރިއެއް” ޔުސްރާ ބުނެލިއެވެ. “މޯމް އަދި މާ އަވަސް” ޔާނިއު ބުނެލިއެވެ. “އަވަހޭ! ބަލަ ޔާން އަށް މިހާރު 25 އަހަރު ދެނެއް ޒުވާނެއް ނުވާނެ ތައި އަށް 23 އަހަރު ދަރިފުޅުމެން  އަވަސް ކުރީމަ ދަރިއެއް ވާނީ  30 އަޅާ ގަތީމަ ހޯދަން އުޅުނަސް ވަރަށް އުނދަގޫ ވާނެ… މިހާލަތުން ދަންޏާ މަންމަ ކައްވަޅަށް ދިޔަސް މާމަ ދަރިއެއް ނުވާނެ” އެކްޓު ކުރަމުން ޔުސްރާ ބުނެލިއެވެ. “ވާވު އާންޓް އަށް އޮސްކާ އެވޯޑް އެއް ދޭ ވަރު ވޭ….. 2026 އޮސްކާ އެވޯޑް ދޯސް ޓު މައި ޑިއާރ އާންޓް ޚަދީޖަތު ޔުސްރާ!!!” ޒަކްވާން މަޖާ ރާގަކުން ބުނެލިއެވެ.

 

———

ހަވީރުގެ ވަގުތެވެ. ޔާނިއު އާއި ރައިޝާ އަމިއްލަ ގެއަށް ދިއުމަށް ނައްޓާލިއެވެ. “އަމްމް ޔާނިއު” ކާރަށް އަރާ ނައްޓާލުމާއެކު ރައިޝާ ޔާނިއު އަށް ގޮވާލިއެވެ. “ހްމްމް؟” ޔާނިއު މަގު މައްޗަށް ބަލަން ހުރެ ޖަވާބު ދިނެވެ. “މޭބީ ވީ ޝުޑް ޓްރައި” ރައިޝާ މިހެން ބުނުމުން ޔާނިއު ދިޔައީ ސިހިގެން އެވެ. “ރައިޝާ އާރ ޔޫ ޝުއާ؟” ޔާނިއު އަހާލިއެވެ. “ނެވާރ މައިންޑް” ރައިޝާ ގެ ދެ ކޯ ގައި ވަނީ ޖަންބު ކުލަވަރު އަރާފައެވެ.

 

ގެއަށް ގޮސް ވަނުމާއެކު ރައިޝާ ކޮޓަރިއަށް ވަނެވެ. ޔާނިއު ރައިޝާގެ މޫނު މައްޗަށް އާ ކުލަވަރު ބަލާފައި ހިނިތުން ވެލިއެވެ. “ކިއުޓް” ޔާނިއު އަމިއްލަ މީހާ އަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. އެރޭ 9 ޖަހާލި ހާއިރު ރައިޝާ މަޑުމަޑުން ކޮޓަރިން ނިކުތެވެ. ޔާނިއު ސްޓަޑީގައި ކަމަށް އަތް ކުރު ޖޯޒީ އަކާއި ފަލަ ހަރުވާޅެއް ލައިގެން ނިކުމެ ގޮސް ބަދިގެއަށް ވަނުމުން ރައިޝާ ގޮސް ޖެހުނީ ޔާނިއުގެ ބިޔަ ބަރަހަނާ މޭމަތީގައެވެ. “އާހްހްހްހްްހް!!” ރައިޝާ މޫނު މަތީގައި އަތް އަޅަމުން ހަޅޭއް ލަވައިގަތެވެ.

 

ޔާނިއު މަޑުން ރައިޝާ ގެ މޫނު މަތިން އަތް ނެގިއެވެ. “ރައި” ޔާނިއު އަލަށް ރައިޝާ އަށް ‘ރައި’ ކިޔާފައި ގޮވާލަމުން ހައިރާން ވިއެވެ. “ޔެސް” ރައިޝާ ޖަވާބު ދިނެވެ. “ކާން ވީނު؟” ރައިޝާ ބަލައިލީ އުނދުން މަތީގައި އުދާފައި ހުރި ނޫޑްލިސް އެއްޗެކެވެ. “ކައްކަން އިނގޭތަ؟” ރައިޝާ އަހައިލި ސުވާލަށް ޖަވާބެއް ނުދީ ޔާނިއު ރައިޝާ ސޯފާގައި ބޭންދިއެވެ. އަދި އެއް ފައި މައްޗަށް އިށީންދެލިއެވެ. “އަތް ދައްކަބަލަ” ރައިޝާގެ ހަލާކު ވެފަ ހުރި އަތަށް ނަޒަރު ހިންގާލަމުން ޔާނިއު އެ އަތުގައި ހިފާލިއެވެ އަދި އެ އަތުގަ އަޅާފައި ވާ ބެންޑޭޖް ގަނޑު ނަގާފައި ލަކުނަށް ބަލާލިއެވެ. ޔާނިއުގެ ދެލޯ ފެންކަޅި ވެލިއެވެ. “އައިމް ސޮރީ” ޔާނިއު ރައިޝާގެ އަތުގައި ވާ ލަކުނަށް ބޮސްދެމުން ބުނެލިއެވެ. ރައިޝާ ހައިރާން ވިއެވެ.

 

—————-

 ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ ޒަކްވާން ރަސްފަންނު ބީޗް ގައި  ހުރި ޖޯލިފަތީގައި އިށީންދެލިއެވެ. އަދި ޖީބުން ސިނގިރޭޓް އެއް ނަގާފައި ރޯ ކޮށްލިއެވެ. “ކޮން އިރަކު ޒެކް ސިނގިރޭޓް ބޯން ފެށީ؟” ފަހަތުން އިވުނީ ރައިލީގެ އަޑެވެ. “ރަލް؟” ފަހަތަށް އެނބުރެމުން ޒަކްވާން ރައިލީ އަށް ގޮވައިލިއެވެ. “ޒެކް” ރައިލީ ޒަކްވާން އަށް ގޮވައިލިއެވެ. ރައިލީ ޒަކްވާން ކައިރީގައި އިށީންދެލިއެވެ. “ސުވާލުގެ ޖަވާބެއް ނުލިބޭ” ރައިލީ ބުނެލިއެވެ. “ސިންސް ޔޫ ލެފްޓް، އެން އައި ކުޑުންޓް ފައިންޑް ޔޫ” ޒަކްވާން ސިނގިރޭޓް އެއްލާލާފައި ފައިން އަރާ ޗިސް ކޮށްލިއެވެ.  އަދި ޒަކްވާން ތެދުވެލިއެވެ. ރައިލީ ޒަކްވާންގެ އަތުގައި ހިފާލިއެވެ. “ކޭން ވީ ޓޯކް” ރައިލީ އަހައިލިއެވެ.

 

ޒަކްވާން ފާކުރި އުޅާ ލާފައި މަޑު ކޮށްލީ މޫދު ރާޅު ބިންދާ ހިސާބުގައެވެ. ރައިލީ ޒަކްވާން ފަހަތުގައި ހުއްޓިލިއެވެ. “ރަލް؟ އިނގޭތަ ޔޫކޭ ގަ މަގޭ އުޅުނު ހާލު ؟ އައި ނޯ މައި މަމް ކޭން ބީ އަ ލޮޓް އެކަމަކު އަހަރެން ދުވަހަކުވެސް ނުވިސްނަން ރަލް ދޫކުރާކަށް” ޒަކްވާން ސިނގިރޭޓެއް ރޯ ކުރަމުން ބުނެލިއެވެ. “އައި ލަވްޑް ޔޫ ދެން…. އަދިވެސް މި ހިތަކުން ރަލް ގެ ނަމެއް ނުފިލާ … ރަލް ގެ އިންތިޒާރުގައި ދުވާލާ ރޭގަނޑު ހަތަރުދަމު މި ހުންނަނީ….. ރައިލީ އަށް ޓަކައި އަހަރެންގެ މި ހަރު ހިތް މި ރޮނީ” ރައިލީ އާއި ދިމާލަށް އެނބުރެމުން ޒަކްވާން ބުނެލިއެވެ. “އަހަރެން ހީ ކުރީ ޒެކް ގެ މަންމަ އެއްބަސް ނުވީމަ އަހަރެން ދޫ ކޮށްލާނެ ކަނަށް” ރައިލީ އިސް ޖަހައިލިއެވެ. ޒަކްވާން ރައިލީ އާއި ކައިރި ވެލުމުގެ ކުރިން ސިގިރޭޓު ނަގާ އެއްލާލުމަށް ފަހު ރައިލީ ފައިގައި ބައްދާލިއެވެ. “މަގޭ މަންމަ ކިޔާ އެއްޗެއް އަޑު ނާހާ އެބުރި އަހަރެން ރާއްޖެ މި އައީ ހަމަ ރަލް ހޯދަން ވެގެން …. އައި ލަވް ޔޫ ބޭބީ ގާލް” ރައިލީ އަށް ބަލާލަމުން ޒަކްވާން ބުނެލިއެވެ. “ޑޫ ޔޫ ލަވް މީ ރަލް؟” ޒަކްވާން އަހާލިއެވެ.

-ނުނިމޭ-

Comments (1)

  1. Maria

    Nice!

Comments are closed.