Skip to content
އެސްފިޔަ
PRO · MVR 5.00

ހިމޭން މިހިތުގައިވޭ

މެންދުރުގެ ހޫނުގަދަ އަވީގައި ހަންގަނޑު ފިއްސަމުން ހަވްރާ ބާރުބާރަށް ދިޔައީ، އޮފީހުން ގުޅައިގެންނެވެ. ލަންޗު ބްރޭކުގައި އަދި ބާކީ ނަވާރަ ވަރަކަށް މިނިޓު އޮތްނަމަވެސް ވަރަށް މުހިއްމު މީޓިންއެއް އައުމުން ދާން ޖެހުނީއެވެ. ކޮނޑުމަތިން ސޮއްސައިލި ދަބަސް ރީތިކޮށްލައިފައި ހަވްރާ އަނެއްކާވެސް ހިނގުން ބާރުކޮށްލިއެވެ.
“ހާދަ އަވަސް އަރުވާލައިފަ؟” ހަވްރާ ހުރަސްކުރަމުންދިޔަ ގޯޅިން ސައިކަލުގައި ދިޔަ ލައިލް ހަވްރާގެ ގާތަށް ސައިކު ހުއްޓަމުން އަހާލިއެވެ.
“މީޓިންއެކޯ” ފޫހިގޮތަކަށް ހަވްރާ ބުނެލިއެވެ.
“ހިނގާ ގެންގޮސްދޭނަން. އޮފީހަށް މިދަނީ”ލައިލްއަށް ޝުކުރު އަދާކުރަމުން ހަވްރާ ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ލައިލްއަކީ ކުރިން ހަވްރާއާއި އެކުގައި މަސައްކަތްކުރި ޒުވާނެކެވެ. އޭގެ ކުރީގައިވެސް ކިޔަވަން އުޅުނު ދުވަސްވަރު މެލޭޝިޔާއިންވެސް ދެމީހުން ވަނީ ބައްދަލުވެފައެވެ. އެގޮތުން އުފެދުނު އެކުވެރިކަން އަދިވެސް ނުހަނު ވަރުގަދައެވެ.
“ތޭންކްސް” ހަވްރާ އަނެއްކާވެސް ލައިލްއަށް ޝުކުރު އަދާކުރިއެވެ.
“އަދި ކިތައް ފަހަރު ބުނާނަން؟ މިރޭ ކޮފީއެއްދީ އޭރުން އޯކޭވާނެ” އެހެން ބުނެފައި ލައިލް ހިނގައްޖެއެވެ. ހަވްރާ ވެސް އަވަސް އަ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ