
ޔުސްރު – 1

ހިތުގެ ފުނުން އުފެދޭ ގިސް ލުމަކީ ވައިރޯޅި އަކަށް ވެސް ހިންދާ ނުލެވޭނެ ބާރެކޭ. މާޔޫސީ ވިލާ ތަކު ތެރޭގައި އެކަނިވެރި ކަނޑެއްގައި ގައިދުވެފައި މިއީ ނިކަމެތި ރޫހެކޭ.. ނޭވާ ހުއްޓިފައިވާ އެ ހަށިގަނޑުން އެންޒައިޓީގެ ހޫނު ރާޅު ތަކުގައި ހަނގުރާމަ ކުރަނީއޭ. ޑިޕްރެޝަނުގެ ކަޅު އަނދިރިކަމުގައި އެ ޒުވާނާގެ ކޮންމެ ހިއްސެއް ދިރި ހުރެމެ ޒަޚަމު ވެއްޖޭ. މާޒީގެ އަސަރުގައި ހަޅޭއް ލަވަމުން ދައި ޖިސްމެއްގެ ވޭނީ އަޑޭ. ހަނދާންތަކުގެ ތޫނު މިޔަތަކުން ކޮށި ހަފުސް ވަމުން ދައި އަންހެނެކޭ. ލޯބީގެ ނަމުގައި ލިބުނު އާހުގައި ފުރާނަ ވަޅުލެވުނީއޭ. ދިރިހުއްޓަސް މިހާ މަރުވީއޭ. ހޫނު ކަރުނައަކީ ލޯބީގެ ބަދަލުގައި އިންސާނަކަށް ދެވޭ އެންމެ ބޮޑު ޖަޒާ ހެއްޔޭ؟ ކިޔުންތެރިންގެ ހިތުގެ އެންމެ ފުން މިނުން އިހްސާސް ކޮށްލަ މާހޭ.
##############################
ސިލްސިލާ ވާހަކަ “ޔުސްރު” ފުރަތަމަބައި (އަލަތު ލޯބީގެ ޒަޚަމުތައް)
ކަޅު އަނދިރި ރޭގަނޑުގެ ސާލު ކަސްފުވަމުން ދިޔައެވެ. އިރުމަތީ އުދަރެހުން އިރު ފާޅުވާން ފެށި އެވެ. ރިހިދިހުމު ގެ އަލިކަމުން މުޅި ފަޒާ އުޖާލާ ކުރަމުން ދިޔައެވެ. ރޭގަނޑުގެ ހަމަހިމޭންކަން ކެނޑި، ދޫނިސޫފާސޫފީގެ މަޑުމައިތިރި ގޮ…