
ބައްޕަ: އާއިލާގެ ހިޔާވަހިކަމާއި ގުރުބާނީގެ ރަމްޒު

އިންސާނެއްގެ ހަޔާތުގައި ބައްޕައަކީ ދިރިއުޅުމުގެ ބިންގަލެވެ. އާއިލާގެ ރައްކާތެރިކަމާއި، ތަރުބިއްޔަތާއި، މުސްތަގުބަލު އުޖާލާކުރުމަށްޓަކައި ބައްޕައަކު ވަމުންދާ ގުރުބާނީއަކީ އަގުވަޒަންކޮށް ނިންމޭނެ ފަދަ ކަމެއް ނޫނެވެ. ދަރިންގެ ހިތްހަމަޖެހުމާއި، ރަނގަޅު ތައުލީމާއި، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ހިމޭންކަމާއެކު އުފުލާ ބުރަތަކާއި ކޮންމެ އިންސާނެއްގެ ހިތުގައިވެސް ބައްޕައަށް ދެވިފައިވާ މަތިވެރި މަގާމުގެ މައިގަނޑު ސަބަބެވެ.
އާއިލާއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި ބައްޕައިން ކުރާ ބުރަ މަސައްކަތަކީ ގިނަ ފަހަރަށް ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަމެވެ. ހޫނުގަދަ އަވީގައާއި، ބުރަ މަސައްކަތުގެ މާހައުލުގައި ދުވާލުގެ ބޮޑުބައި ހޭދަކުރަނީ އަމިއްލަ ނަފްސަށްވުރެ ދަރިންގެ މުސްތަގުބަލު އިސްކޮށްގެންނެވެ. ވަރުބަލިކަމާއި، ވޭނާއި، ހިތާމަތައް ހިތުގެ އެންމެ ފުނުގައި ފޮނުވައިލުމަށްފަހު، ގޭގެ ދޮރުން އެތެރެވަނީ ހިނިތުންވުމާއެކުގައެވެ. ދަރިންގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ ބައްޕަގެ ހުރިހާ ވަރުބަލިކަމެއް ފިލުވައިދޭ އެންމެ ބޮޑު ބާރެވެ.
ބައްޕައަކީ ހަމައެކަނި އާއިލާ ބަލަހައްޓާ މީހެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތާއި، ހިތްވަރާއެކު ކަންކަން ކާމިޔާބުކުރުމުގެ އަޒުމު ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދެނީ ބައްޕަގެ އަމަލުތަކުންނެވެ. ހެޔޮލަފާ އަހުލާގާއި، ތެދުވެރިކަމާއި، އެހެން މީހުންނަށް އިހުތިރާމުކުރުމުގެ މަތިވެރި ސިފަތައް އަމަލީ ގޮތުން ދައްކައިދޭ ނަމޫނާއަކީ ބައްޕައެވެ. ބައްޕަގެ ބަސްތަކަކީ ދަރިންގެ މުޅި ހަޔާތުގައިވެސް މަގު އަލިކޮށްދޭ މަންޒަރެކެވެ.
މައިވަންތަކަމުގެ ލޯތްބާ އަޅާބަލާއިރު، ބައްޕައިންގެ ލޯތްބަކީ ގިނަ ފަހަރަށް ބަހުން ފާޅުކުރުމަށް ވުރެ ބޮޑަށް އަމަލުން ދައްކުވައިދޭ ލޯތްބެކެވެ. މިއީ ބައެއް ފަހަރު ބައްޕަގެ ހިތް ހަރުކަމެއްގެ ގޮތުގައި މަނާކުރެވުނު ނަމަވެސް، ހަގީގަތަކީ އެ ހަރުދަނާކަމުގެ ފަހަތުގައިވަނީ އިންތިހާ ދަރަޖައިގެ ކުލުނާއި ކަންބޮޑުވުމެވެ. ދަރިންގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކާއި، ދިރިއުޅުމުގެ ކަންކަމުގައި ބަހައްޓާ ސަމާލުކަމަކީ ހަގީގަތުގައި އެ ލޯބީގެ ފުންމިން ހާމަކޮށްދޭ ހެކިތަކެވެ. އެހެންކަމުން ބައްޕަގެ ހިމޭންކަމަކީ ލޯބި ނުވާކަމުގެ ނިޝާނެއް ނޫނެވެ؛ އެއީ ދަރިންގެ ހިމާޔަތުގައި އަޅާފައިވާ ވަރުގަދަ އައްޑަނައެކެވެ.
އުމުރުން ދުވަސްވެ ގައިބާރު ދެރަވާ ދުވަހު، އެ ބައްޕައިންނަށް އޯގާތެރިކަމާއި، ލޯތްބާއި، އިހުތިރާމު އަދާކުރުމަކީ އެމީހުން ވެދިން ގުރުބާނީގެ ބަދަލުގައި ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ.
ބައްޕައަކީ ބަދަލެއް ނެތް މަތިވެރި ނިއުމަތެކެވެ. ބައްޕަގެ ހިޔާލަކީ ދިރިއުޅުމުގެ ތޫފާންތަކުން ސަލާމަތްކޮށްދޭ އެންމެ ވަރުގަދަ ކިއްލާއެވެ. އެހެންކަމުން، ބައްޕައިން ދުނިޔޭގައި ތިބި ދުވަސްވަރު އެމީހުންގެ އަގު ވަޒަންކޮށް، ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދަރިއަކުވެސް ނުހަނު ފަރުވާތެރިވާންޖެހޭ ކަމެކެވެ.
އާއިލާއެއްގެ ބިންގަލަކީ އެ އާއިލާ ބިނާކުރުމަށްޓަކައި މައިންބަފައިން ވާ މަތިވެރި ޤުރުބާނީއެވެ. މިގޮތުން ބައްޕައަކީ މުޅި އާއިލާގެ ހިޔާވަހި ކަމެވެ؛ ދިރިއުޅުމުގެ އޮއިވަރުގެ ތެރޭގައި ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކަކުން ދަރިންނާއި އަނބިމީހާ ރައްކާތެރިކޮށްދޭ ވަރުގަދަ އައްޑަނައެކެވެ. ބަހެއް ނުބުނެ، ހިމޭންކަމާއެކު އުފުލާ ބުރަތަކާއި، ދިރިއުޅުމަށް ދައްކައިދޭ ސާބިތުކަމުގެ ސަބަބުން ބައްޕަ ވެގެންދަނީ އާއިލާގެ ލާމަސީލު ނަމޫނާއަކަށެވެ.
ބައްޕައެއްގެ އެންމެ އިސް ޒިންމާއަކީ އާއިލާއަށް އަމާން، ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުމެވެ. ދިރިއުޅުމުގެ ދަތި އުނދަގޫތަކާއި ވަރުބަލިކަމުގެ ހިޔަނި އާއިލާގެ މައްޗަށް އެޅުނަ ނުދީ، ދަރިންގެ ކުރިމަތީގައި އަބަދުވެސް ހިނިތުންވުމާއެކު ހުންނަ ފަރާތަކީ ބައްޕައެވެ. ގޭތެރޭގެ އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ބޭރުން އަންނަ ކޮންމެ ނުރައްކަލަކާއި ދަތިކަމަކާ އެންމެ ފުރަތަމަ ކުރިމަތިލަނީ ބައްޕައެވެ. މި ހިޔާވަހި ކަމަކީ ހަމައެކަނި ބޯހިޔާވަހިކަމެއް ނޫނެވެ؛ އެއީ ދަރިންގެ ހިތްތަކަށް ލިބޭ ނަފްސާނީ އަދި ރޫޙާނީ ހަމަޖެހުމާއި، އިތުބާރުގެ ވަރުގަދަ ބިންގަލެކެވެ.
އާއިލާއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި ބައްޕަ ކުރާ ބުރަ މަސައްކަތަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެކެވެ. ފަތިހު ހޭލައިގެން ފަށާ މަސައްކަތް އިރުއޮއްސި އަނދިރި ވުމާ ހަމައަށް ދެމިގެންދާއިރު، އެ ވަރުބަލިކަމުގެ ޝަކުވާއެއް ދުވަހަކުވެސް ދުލަކުން ބޭރެއް ނުކުރެއެވެ. އަމިއްލަ އެދުންތަކާއި އަރާމު އެއްކައިރިކޮށް، ދަރިންގެ މުސްތަޤުބަލް އުޖާލާ ކޮށްދިނުމަށްޓަކައި ދާ އޮހޮރުވައިގެން ހޯދާ ކޮންމެ ލާރިއަކީ ޤުރުބާނީގެ ރަމްޒެކެވެ. ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދީ، މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ބައްޕަ ވާ ޤުރުބާނީ ތަކަކީ ލޮލަށް ފެންނަ މަންޒަރުތަކަށް ވުރެ ބޮޑަށް ހިތުން އިޙްސާސް ކުރަންޖެހޭ ކަންކަމެވެ.
ބައްޕައަކީ ހަމައެކަނި ޚަރަދުބަރަދު ބަލަހައްޓާ ފަރާތެއް ނޫނެވެ؛ އެއީ ދިރިއުޅުމުގެ އަގުހުރި ފިލާވަޅުތައް އުނގަންނައިދޭ އެދުރު ބޭކަލެކެވެ. ކެތްތެރިކަމާއި، ތެދުވެރިކަމާއި، ވަރުގަދަ އަޒުމާއެކު ދިރިއުޅުމުގައި ކުރިއަށްދާންވީ ގޮތް ދަރިންނަށް ދަސްކޮށްދެނީ ބައްޕަގެ އަމަލީ ދިރިއުޅުމުންނެވެ. ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކުން އަރައިގަންނާނެ ހިތްވަރާއި، އަމިއްލަ ފައިމައްޗަށް ތެދުވެ ސާބިތުވެ ހުންނާނެ ގޮތުގެ ފިލާވަޅު ބައްޕަގެ ފަރާތުން ފެނިގެންދެއެވެ. ބައްޕަ ދައްކުވައިދޭ ނަސޭހަތާއި އިރުޝާދަކީ މުޅި އުމުރަށް ދަރިންގެ ހަޔާތް އަލިކޮށްދޭ ދަންމަރެވެ.
އާއިލާއެއްގެ ހަޤީޤީ ބާރަކީ އަދި ނިމުމެއްނެތް ލޯތްބާއި ކުލުނުގެ މައިބަދައަކީ ބައްޕައެވެ. ބައްޕަ ވެފައިވާ މަތިވެރި ޤުރުބާނީތަކާއި ދެއްވި ހިޔާވަހި ކަމަކީ ދުވަހަކުވެސް އޭގެ އަގު އަދާކުރެވޭނެ ކަންކަމެއް ނޫނެވެ. ބައްޕައަށް ޝުކުރުވެރިވުމާއި، ބައްޕަ ދުނިޔޭގައި ހުރި ދުވަސްވަރު އެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އޯގާތެރިކަމާއެކު އަޅާލުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް އޮތް އެންމެ މުހިންމު ވާޖިބެވެ.
ބައްޕައަކީ އާއިލާގެ ބިންގަލެވެ. އަވިގަދަ ދުވަސް ތަކުގައްޔާއި ވިއްސާރަ ތޫފާންތަކުގައި މުޅި އާއިލާއަށް ރައްކާތެރިކަން ހޯދައިދެނީ ބައްޕަގެ ބުރަ މަސައްކަތުންނެވެ. އަހަރެމެންނަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ހިތްވަރާއި ސާބިތުކަން ދައްކުވައިދޭ މޭސްތިރިއަކީ ބައްޕައެވެ. ދަރިންނަށް ރަނގަޅު ތައުލީމާއި، ސިއްހަތާއި، އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބައްޕަ ވަމުންދާ ގުރުބާނީއަކީ އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. ދުވާލުގެ ހޫނު ގައްޔާއި ރޭގަނޑުގެ ފިނީގައި އޮހޮރާ ކޮންމެ ދަލަކީ، ދަރިންގެ ތުންފަތްމައްޗަށް ހިނިތުންވުން ގެނެސްދިނުމަށްޓަކައި ވާ ގުރުބާނީއެކެވެ.
ހެނދުނުގެ ފަތިހު ހޭލައިގެން، ރޭގަނޑުގެ އަނދިރިކަން ވެރި ވަންދެން ބައްޕަ އޮހޮރުވަމުންދަނީ ދަރިންގެ މުސްތަޤުބަލު އުޖާލާ ކޮށްދިނުމަށެވެ. ކަނޑުގެ ގަދަ ރާޅުތަކުގެ ތެރޭގައި ވިޔަސް، ނުވަތަ އެއްގަމުގެ ދަތި އުނދަގޫ މަސައްކަތްތަކުގައި ވިޔަސް، ބައްޕަގެ އަމާޒަކީ ދަރިން ބަނޑުހައި ހޫނުކަމެއް ނެތި، އަބުރުވެރި ދިރިއުޅުމެއް އުޅޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަމިއްލަ ނަފްސުގެ ޞިއްޙަތާއި އަރާމަށް ވުރެ ބައްޕަ އިސްކުރަނީ ދަރިންގެ ބޭނުންތަކެވެ. ބަލިމަޑުކަމާއި ވަރުބަލިކަން ސިއްރުކޮށް، ދަރިންގެ ކުރިމަތީގައި ހިނިތުންވެ ހުންނަނީ އެދަރިންނަށް ހިތްދަތިކަމެއް އިހުސާސްވިޔަ ނުދިނުމަށެވެ.
ދަރިންނަށް ރިވެތި އަޚްލާޤާއި، އިސްލާމީ ތަރުބިއްޔަތު އުނގަންނައިދިނުމުގައި ބައްޕަގެ ދައުރު ނުހަނު ބޮޑެވެ. ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ހިތްވަރާއި، ޒިންމާދާރު މީހަކަށް ވާނެ ގޮތް ދަރިންނަށް ދަސްކޮށްދެނީ ބައްޕަގެ ޢަމަލީ މިސާލުންނެވެ. ބައްޕަގެ ނަޞޭޙަތުގެ ބަސްތަކަކީ ދިރިއުޅުމުގެ ދަތުރުގައި މަގު ރޫޅުނަނުދީ ހިފަހައްޓައިދޭ ސާފު އަލިގަދަ މަންޒަރެކެވެ. މަންމަގެ ލޯބި އޯގާތެރިކަމުން ފެންނައިރު، ބައްޕަގެ ލޯބި ފެންނަނީ މަގުދައްކައިދޭ ހަރުދަނާ އުސޫލުތަކާއި ރައްކާތެރިކަމުގެ ތެރެއިންނެވެ.
ބައްޕަގެ ލޯތްބަކީ ގިނަފަހަރަށް ދުލުން ބަޔާންނުކުރެވޭ، ނަމަވެސް އަމަލުން ފެންނަ ފުން އިހުސާސެކެވެ. މަންމަގެ ލޯބި ކަރުނަ އިންނާއި ފިރުމުންތަކުން ފެނިގެންދާއިރު، ބައްޕަގެ ލޯބި ފެންނަނީ އެތެރެއަށް ހިންގާލާ ކަރުނަ ތަކުންނާއި، އުފުލާ ބުރަ ތަކުންނެވެ. އަމިއްލަ އެދުންތަކާއި އަރާމު އެއްފަރާތްކޮށް، ދަރިންގެ މުސްތަގުބަލު އުޖާލާކުރުމަށް ބައްޕަ އުފުލާ ބުރައަކީ އެއްވެސް ޝަކުވާއެއް ނެތި ކުރާ ހިދުމަތެކެވެ. ހަގީގަތުގައި ބައްޕައަކީ އަމިއްލަ ނަފްސު ވިރުވައި އަޅައިގެން ދަރިންގެ ދިރިއުޅުން އަލިކޮށްދޭ އެއްބައެއް ފަދަ ޝަހުސިއްޔަތެކެވެ.
ބައްޕައަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ރަސްމާލެ ކެވެ. އެއީ ދިރިއުޅުމުގެ ހިޔާވަހި ކަމެވެ. އެ ޤުރުބާނީތަކުގެ ބަދަލު ދުނިޔެމަތީގައި އެއްވެސް އެއްޗަކުން އަދާ ކުރެވޭކަށް ނޯންނާނެއެވެ. އަޅުގަނޑުމެން ކޮންމެ ދަރިއެއްގެވެސް ފަރުޟަކީ، ބައްޕަ ދުނިޔޭގައި ހުރިނަމަ އެ ބައްޕަގެ ހިތުގައި ނުޖައްސައި، ކިޔަމަންތެރިކަމާއެކު ޚިދުމަތް ކުރުމެވެ. އަދި ބައްޕަ މިދުނިޔެ ދޫކޮށް ގޮސްފައިވާނަމަ، އެ ބައްޕަގެ ފާފަފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަބަދުވެސް ހެޔޮދުޢާ ކުރުމެވެ.
“ޔާ ﷲ! އަޅަމެންގެ ލޯބިވާ ބައްޕައިންނަށް ހެޔޮ ސިއްހަތާއި، ދުޅަހެޔޮކަމާއި، ވަރުގަދަ ބާރާއި، ދިރިއުޅުމުގެ ހުރިހާ އުފަލެއް މިންވަރު ކުރައްވާނދޭވެ!”
Comments (1)
Comments are closed.
Aameen ❤️