
ވަޢުދަކީ މޭ

ސީލިންގާ ދިމާއަށް ނަޒަރު ހުއްޓާލައިގެން މިހެން އޮންނަތާ ކިތައްމެހާ ވެސް ގިނައިރުތަކެއް ވެދާނެއެވެ. އެނދުން ތެދުވާނެ ހިއްވަރެއް ނެތެވެ. މި ތަން މަތިން ތެދުވެގެން ގޮސް އަހަރެން ކުރަން އޮތީވެސް ކޮންކަމެއް ހެއްޔެވެ؟ މަންމަ ވެސް ގޭގައި އުޅެނީކީ ނޫނެވެ. އަހަރެމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށް މަންމަ ރެޔާއި ދުވާލު ތެޅި ފޮޅެނީއެވެ. މަންމަ ވެސް ވަރުބަލިވާނެއެވެ. އެކަމަކު އެއްމެ ފަހަރަކުވެސް ހުއްޓާލާފަ ނެހެއްޔެވެ؟ އަހަރެންނަށްޓަކައި މަންމަ ކުރާ ބުރަ މަސައްކަތް އެއީ އަހަރެންގެ ބޯމަތީ މި ފުރާޅުގެ އަސްލެވެ.
އަހަރެމެން ދެމައިން މި ހާލުގައި އުޅެން ޖެހިފައި ވަނީ ބައްޕަގެ ސަބަބުންނެވެ. އަހަރެންގެ އުމުރުން 6 އަހަރުގައި ބައްޕަވަނީ މަންމަ ވަރި ކޮއްފައެވެ. އަސްލު ސަބަބު އަހަރެންނަކަށް ނޭގެއެވެ. ހޯދާކަން ވެސް ބޭނުމެއްނޫނެވެ. އަހަރެންގެ ލޯ ކުރިމަތީގައި މަންމަ އައް އަނިޔާކުރަނީ އެއްވެސް ރަހުމެއްނެތިއެވެ. ހިލޭ އަންހެނުން ގެއަށް ގެނެސް މަންމަ ކުރިމަތިގައި އެމީހުންނާއި ގައިގޯޅިވެގެން އުޅެނީ ބައްޕަގެ އެއްވެސް ލަދެއް ނެތީ ހެއްޔެވެ؟ މަންމަ އެކަނި ކޮޓަރީގައި އިދެ ރޯއަޑު އިވޭ މަތިން އަހަރެން އަދިވެސް ހަދާން ހުރެއެވެ. އެދުވަހުން ފެށިގެން، ބައްޕަ އާއި މެދު އަހަރެންގެ ހިތުގަ ނަފުރަތުގެ ހުޅުކޮޅު އޭގެ އެއްމެ ބޯޑު މިނުގައި ރޮއި ވިއެވެ. ބައްޕަގެ މި ޢަމަލު ތަކަށް ދުވަހަކުވެސް މަޢާފު ނުދޭނެ ކަމަށް ނިޔަތް ގަތީ މެވެ. މަންމަ އައް ބަލާނެކަމަށް ވެސް ނިޔަތް ކަޑަ އެޅީމެވެ. މަންމަގެ ބަސްއަހާ ހެޔޮލަފާ ރަނގަޅު ކުއްޖަކަށް ވުނަށް އަޒުމު ކަޑަ އެޅީމެވެ.
ނަމަވެސް މިހާރު އެކަމުގެ އެންމެ ވަޢުދެއް އަހަރެން ހަދާން ހުރި ކަމަކަށް ނުވިއެވެ. މަންމަ އުޅޭ ހާލު ފެނި ހަމްދަރުދީ ވެވުން ނޫން ކަމެއް އަހަރެން ނުކުރަމެވެ. އަހަރެންނަށް މި އައިސްފައި ވާ ބަދަލުތައް ހުދު އަހަރެންނަކަށް ވެސް ނޭގެއެވެ. އަހަރެން ގޮވައިގެން މަންމަގެ އުފަން ބިން ކަމުގައިވާ ށ.މިލަންދޫ އައީ ބައްޕަ މަންމަ ވަރިކުރި ފަހުންނެވެ. އެދުވަހުން ފެށިގެން ދިރިއުޅުން އަނެއްކާވެސް ފެށީ ބީރައްޓެހި މާހައުލެއްގައެވެ.
މިރަށުގައި މި ހޭދަވީ 8 އަހަރު ގައި އަހަރެން އެތަކެއް އެކުވެރިންނެއް ހޯދީމެވެ. މި އެކުވެރިން މާ ‘ކޫލް’ ކަމަށް އަހަރެން ބުނަމުން ދިޔައީމެވެ. އަހަރެންގެ މިޒާޖަށް އައިސް ފައިވާ ބަދަލުގެ އަސްލަކީވެސް މި އެކުވެރިންނެވެ.
ފެންވަރާ ރީތިވެގެން އަހަރެން ނުކުތީ އަތިރިމައްޗަށެވެ. މިއަދު އެކުވެރިންނާއި އެކު ނުދިޔައީ މާބޮޑަށް ދިރިއުޅުމާއި މެދު ވިސްނޭތީއެވެ. އެމީހުން ކުރިމަތީގައި އަހަރެންގެ މި ހަމަނުޖެހޭ ދިރިއުޅުން ހުޅުވާލަން ބޭނުން ނުވާތީއެވެ.
ހަވީރުގެ ވަގުތު ކައިރި ވެފައި ހުރުމުން ފަޒާގައި ވަނީ ތެތްފިނި ކަމެއް ހިފާފައެވެ. އަވިވެސް ހަމަ އެހާމެ ބާރެވެ. ހިމުން ބޯކިރު ކޮޅެއްފަދަ ހުދު ވެލިގަނޑަށް ބަލައިލާ މީހަކުގެ ލޯ ތަރަތަރަ ޖަހައިގެން ދާނެ ކަމީ ޝައްކެއް އޮއިން ކަމެއްވެސް ނޫނެވެ. ބިއްލޫރި ކޮޅެއްފަދަ ސާފު މޫދުގައި ރާޅެއްގެ ހިލަމެއް ނުވެއެވެ. މަޑު މަޑުން ގޮނޑު ދޮށަށް ރާޅު ބީއްސާލާ އަޑާއި ދުރުން ދޫނި ގޮވާ އަޑުން މާހައުލަށް އިތުރު ހިތްހަމަ ޖެހުމެއް ގެނުވައެވެ. ގުދުރަތީ ރީތިކަން ހިތުގައި ފަވަމުން އަހަރެން ލޯ މަރާލީމެވެ. މާ ގިނައިރު ތަކެއް ނުވޭ އަހަރެންގެ ކަންފަތުގައި ޖެހުނީ ފަހަރުން މީހަކު ހިގައި ފައި އަންނަ އަޑެވެ. ލޯ ހުޅުވައި އެދިމާއަށް އެބުރެލީމެވެ.
މުއްކަވާލައިގެން ހުރެވުނު އައިން ދޫ ކޮށްލެވުނީ އަހަރެންގެ ލޯ ކުރިމަތިން ފެންނަށް ހުރި ރީތި އަންހެން ކުއްޖާގެ ސަބަބުންނެވެ. އެ ކުއްޖާގެ މުށިކުލައިގެ ދިގު ބުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ހަމުގެ ކުލަ އަލި ދޮން ކުއްޖެކެވެ. ކޮލުގައި އާއި ނޭފަތުގައި ބައިވަރު ފްރޭކަލްސް ހުއްޓެވެ. ހިތިފަތު ބުމަ އާއި ރީތި ތުންފަތެވެ. އެ ޖާދޫވީ ގަދަ މުށި ކުލައި ދެ ލޯލާއި ހަތަރު ކަޅި ހަމަވި ވަގުތު އަހަރެންނަށް ހީވީ ބިމުން އުފުލި އުދުހެވޭ ހެންނެވެ. އުފާވެރި ހިޔާލުތަކަށް ޤަރަގުވެ އެހެނިހެން ސުވާލުތައް ސިކުޑިއަށް ވެރިވެގަންނަން ނެގީ އެއްމެ ސުކުން ތެކެވެ. އެރީތި ހޫރު ޕަރީ އެއްހެން ކުއްޖާގެ ފުން ކަނޑެއް ފަދަ ދެލޮލުން ވިދާ ބަބުޅަމުން އެދަނީ ކަރުނައެވެ. އެކުއްޖާ އަވަސް އަވަހަށް ކޯތާފަތަށް ވެއްޓުނު ކަރުނަ ތިކި ފުހެލިއެވެ. އަދި އިސްޖަހާލިއެވެ. އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައީ އެކަމަނާގެ ގާތަށް ދިޔުމަށެވެ. އަދި އެ ލޮބުވެތި ލޮލުގެ ތެރެއަށް ގެބިގެން ދާށެވެ. އެ ކަމަނާ އެބުރި ހިނގައި ގަންނަށް އުޅުނު ވަގުތު، ބޭއިޙްތިޔާރުގައި އަހަރެންނަށް ހިފުނީ އޭނާގެ އަތުގައެވެ. ފަސްއެބުރި އެކުއްޖާ” އަހަރެންނާއި ދިމާއަށް ބަލާލިއެވެ.
“އެކަނި ވެރި ވެލަށް އައިސިއްޔާ އޯކޭ މިތާ މަޑުކޮށްލިޔަސް..” އަހަރެން ވާހަކަ ދެއްކީމެވެ.
އެކުއްޖާގެ ލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. އަހަރެންނަށް ވެސް އަސަރުކުރިއެވެ. އަނެއްކާ އެކުއްޖާއަށް ޖެހިފައިވަނީ ކޮންފަދަ ހާލެއް ބާއޭ އަހަރެންގެ ހިތަން އެރިއެވެ. އެކުއްޖާ ބަލާލީ އަހަރެންގެ އަތަށެވެ. އަސް އަވަހަށް އަހަރެން އޭނަގެ އަތުން ދޫކޮށްލައި ޖިންސުގެ ޖީބަށް އަތް ޖަހާލީމެވެ. އޭނާ އަތިރި މަތީ ހުދު ވެލިގަނޑުގައި އިށީނުމުން އަހަރެން ވެސް އޭނާގެ މަގަތުގައި އިށީނީމެވެ.
“ފަލަކް..” އެކުއްޖާ ބުނެލިއެވެ. އަޑުގައި ކުޑަކޮށް ތުރުތުރެއް ހުއްޓެވެ. އެބުނީ އޭނާގެ ނަން ކަންނޭގެއެވެ.
“ޒިވިއަން..” އަހަރެންވެސް ނަން ބުނެލީމެވެ. އެނާ އެއްވެސް ބަހެއް ނުބުނުމުން އަހަރެން އަހަރެން ބަލާލީ އޭނާގެ މޫނަށެވެ. އަހަރެންގެ ހިތަން އެރިއެވެ. އޭނާގެ ނަން ‘ފަލަކް’ އަށް ވަނީ އޭނާ އެއީ ފަލަ ކުން ވެއްޓުނު ތަރި އެއްހާ ރީތި ވީމައެވެ.
އެތަން އިރަކު ދެމީހުން ވާހަކައިގައި ތިބީމެވެ. ފަލަކް އޭނާގެ ހަޔާތުގެ އެންމެ އަދިރި ސަފުހާތައް އަހަރެންގެ ކުރިމަތީގައި ހުޅުވާލިއެވެ. އަހަރެންވެސް އަހަރެންގެ ހިތުގެ އުދާސްތައް އޭނާގެ ކުރިމައްޗަށް ބަންޑުން ކޮށްލީމެވެ. ފޫހިކަމެއްނެތި އޭނާ އަޑުއަހަމުން ގެންދިޔައެވެ. ދެމީހުން އެކަކު އަނެކަކުގެ އަދިރި ދުނިޔޭގައި އުދުހި އުޅުނީމެވެ. ހިތުގެ އުދާސްތައް ހިއްސާކުރީމެވެ. ހިތުގެ އެއްމެ އަޑީގައި ފޮރުވައިފައިވާ ސިއްރުތައްވެސް ހިއްސާ ބަދަލު ކުރީމެވެ.
އިރު އޮއްސުމުން ދެމީހުން ވަކިވީ މި ގުޅުމަށް އެކުވެރި ކަމުގެ ނަމުން ނަން ދެމުންނެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އަހަރެންގެ ހިތަން ލުއިކަމެއް ލިބިފައިވާކަމަށް ފާހަގަވިއެވެ. އުފާވެރިކަމެއް އިހުސާސް ކުރެވެއެވެ. އެދުވަހުން ފެށިގެން އަހަރެންނާއި ފަލަކް ކޮންމެ ދުވަހަކު ބައްދަލު ކުރަމެވެ. އެކަކު އަނެކަކުގެ ސިއްރު ހިފަހައްޓާ ބައިވެރިޔާއަށް ވީމެވެ.
އަހަރެންނާއި ފަލަކްގެ ގުޅުމުގެ ވާހަކަ އެކުވެރިންނާއި ހިއްސާ ކުރީމެވެ. އަދި އަހަރެން ފަލަކް އާއި ގަޔާވާ ކަމުގެ ވާހަކަވެސް ހިއްސާ ކުރީމެވެ. އެކުވެރިން އެއްބާރުލުން ދިނީ ފަލަކް އާއި ލޯބީގެ ގޮތުން ގުޅުމަށެވެ. އާއެކެވެ. އަހަރެން ފަލަކް ވަރަން ކަމުދެއެވެ. ވަރަން ގަޔާވެސް ވަމެވެ. ހިތްއެދޭ ހުރިހައި ސިފައެއް ފަލަކް އެބަހުއްޓެވެ. އަހަރެންގެ ހިތުގައި ލިޔެވިފައިވާ ހަމައެކަނި ނަމަކީ ފަލަކްގެ ނަމެވެ.
ދުވަސްތަށް އޭގެ ހަލުވި މިނުގައި ގޮސް މިހާރު އަހަރެންގެ ދިރިއުޅުމަށް ހީވަނީ ބަހާރު މޫސުން އައިސްފައި ވާހެންނެވެ. ފަލަކް އާއި އަހަރެން އުޅުނީ ލޯބިގެ ގޮތުން ގުޅިގެންނެވެ. އަހަރެންގެ ދިރިއުޅުން އެއްމެ ފުރިހަމަ ގޮތުގައި ކުރިއަށް ދިޔައިރު، ފަލަކް ވަނީ އެ މަލުގެ ފޮނި މީރު ކަމުގެ ލައްޒަތު ލިބި ގަންނާނެ އެތަކެއް ފުރުސަތެއް ދީފައެވެ. އެއީ އަހަރެން ދެކޭ ގޮތުގައި ވަރަށް ފަޙުރުވެރި ވާން ޖެހޭ ކަމެކެވެ. އުފާވެރި ހަޔާތުގެ ދުވަސްތަށް ގުނަމުން ދިޔައިރު ކަޅު ވިލާތަކެއް ކުއްލިއަކަށް އަސް އެ އަލިކަން ފޮރުވާލީ ފަލަކް ދިން ކުއްލި ޚަބަރަކުންނެވެ. އާއެކެވެ. އަހަރެންގެ ދަރިއަކަށް ފަލަކް އިނީ ބަލިވެއެވެ. އަހަރެންނަށް ހީވީ ބަންދު ކުރެވިފައިވާ ދޮރު ފޮތިތައް ހުޅުވައި ހަޤީޤަތް އަހަރެންގެ ލޯ ކުރިމައްޗަށް ހުޅުވައިލި ހެންނެވެ. ދުވަހަކުވެސް މިކަހަލަ ކަމަކާ ކުރިމަތި ވެދާނެ ކަމަކަށް ހިތަކަށް ނާރަ މެވެ. މަ ފަދަ ވަގުތެއް ގައި ކަންކުރާނެ ގޮތެއް ނޭގެއެވެ. ފަލަކް ރުއި ހިތާމަ ކުރާ މަންޒަރު ބަލާކަށް އަހަރެންގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. އަހަރެން ގެ ސިކުނޑި ހާސްވަމުން ދިޔައީ ދެން ކަންތައް ވާނޭ ގޮތެއް ނޭގޭތީއެވެ. އިހަށް އަމިއްލަ ސިއްހަތަށް ބަލައިގެން އުޅުމަށް ބުނެފައި އަހަރެން، ފަލަކް ގެޔަށް ފޮނުވާލީމެވެ. އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލަމުން އަހަރެން މަސައްކައް ކުރީ ވިސްނޭތޯއެވެ. ނަމަވެސް ރަނގަޅު އެއްވެސް ހިޔާލެއް އަހަރެންގެ ވަރުބަލިވެފައިވާ ސިކުޑި އަކަށް ނުވިސްނެއެވެ. ފަލަކްގެ ނަމަށް އެއްވެސް ހުތުރު ކަމެއް އަންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންނަށް އިހުސާސް ކުރެވެމުން ދިޔައީ ހަތަރެސް ފަރާތުން ބަންދުވެފައިވާ ގޮޅިއެއްގައި ހުރެވޭ ހެންނެވެ. މަންމަ އާއި ހަމައަށް މިކަމުގެ ޙަބަރު ގޮއްސިއްޔާ ރުޅި އަންނާނެއޭ، ދެރަ ވާނެއެވެ، ލަދުވެސް ގަންނާނެއެވެ. އަހަރެންނަށް މިކުރެވުނީ ކޮންފަދަ ކަމެއް ހެއްޔެވެ.
“ޒިވިޔަން.. ނިކަން ވިސްނަބަލަ.. އަހަރެން ދެން ކިހިނެއްތަ މިހެން އުޅޭނީ؟ ކާ އެއްޗެށް ކެވެނީ އަކީނޫ.. އެއްޗެއްގެ ވަސް ޖެހިލާ އިރަށް ލެވެނީ ހޮޑު.. މަންމަ ވެސް މިހާރު އެބަ ޝައްކު ކުރޭ..” ފަލަކް ޝަކުވާ ކުރިއެވެ.
އެބުނީ ވެސް ތެދެކެވެ. ފަލަކް އަށް އުޅޭން އުދަގޫވާނެއެވެ. އަހަރެން ފަލަކްގެ އަތުގައި ހިފާލީމެވެ. އޭނާއަށް ހިއްވަރު ދިނުމުގެ ގޮތުންނެވެ.
“ކުރި ކަމެއް ކުރީ ދެ މިހުން ވެސް ބޭނުން ވެގެން.. އެހެންމަ މިކަމުގަ ވެސް ދެމީހުން އެއްކޮށް މަސައްކަތް ކުރާނީ..” އަހަރެން މިހެން ބުނުމުން ފަލަކް އަހަރެންގެ މޫނަށް އުރު ކޮޅަކު ބަލަން ހުރެލާފައި މޫދަށް ނަޒަރު ހިންގާލިއެވެ. އޭނާގެ މޫނު މަތިން ވަރުބަލި ވެފައިވާ މިންވަރު ދައްކައިދެއެވެ. އެ ފުން ދެ ލޮލުން އޭނާ ހިތާމަ ކޮއްފައިވާ މިންވަރު ތަސައްވަރު ކޮއްލެވޭ ނެއެވެ.
“ޒިވިޔަން.. ދެން އަންނަކަށް ނުވާނެ މިކަމެއް..” ފަލަކް ބުނެލިއެވެ.
“އެބޯޓު ކޮއްލާ. އަހަރެން ބޭސް ހޯދައި ފާނަން.” އަހަރެން މިހެން ބުނުމުން އިރު ކޮޅަކު ދެލޯ ބޮޑު ކޮއްލައިގެން ބަލަން ހުރުމަން ފަހު ބޯ ޖަހާލި އެއްބަސް ވުމުގެ ގޮތުންނެވެ.
އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށް ފަހު ފަލަކް ގެޔަށް ދިޔުމުން އަނެއްކާވެސް އަހަރެން ޣަރަޤުވެގެން ދިޔައީ އަހަރެންގެ އަމިއްލަ ހިޔާލު ތަކަށެވެ. އާއެކެވެ. ޤަބޫލު ކުރަމެވެ. އަހަރެންނަށް ކުރެވުނީ ގޮސް ކަމެކެވެ. ފާފައެކެވެ. އެކަމު ދެން އެދަރި އެބޯޓް ކޮށްލައިފިއްޔާ އެއްވެސް މީހަކަށް ނޭގޭނެއެވެ. މިކަން ސިއްރު ކުރެވޭނެއެވެ.
ދުވަސްތަށް އޭގެ ހަލުވިމިނުގައި ގޮސް މިހާރު ތިން ދުވަސް ފާއިތުވެއްޖެއެވެ. ފާއިތުވެ މި ދުވަސް ތަކުގައި ފަލަކް އެއްވެސް ޙަބަރެއް ނުވެއެވެ. ގުޅުމުން ފޯނަކަށް ޖަވާބެއް ނުގެއެވެ. މެސެޖަކަށް ރިޕްލައިއެއް ނުލިބެއެވެ. އެ ދުވަހު އަހަރެން އުޅުނީ މަންމަ އާއިއެކުގައި ބަދިގޭގައެވެ. އާ ކެއުމެއް ތައްޔާރު ކުރަން މަންމަ އުޅޭތީ އަހަރެން އުޅުނީ މަންމަ އަށް އެހީ ވުމަށެވެ. މަޖަލާއި ސަކަރާތުގައި ވަގުތު ހޭދަ ކުރަމުން ދިޔައިރު އަހަރެންނަށް އޭރު ނޭގުނު ކަމުގައި ވީ ނަމަވެސް މީ އަހަރެންނަށް މަންމަ އާއި އެކު ހޭދަކުރަން ލިބޭނެ އެއްމެ ފަހު އުފާވެރި ވަގުތު ކޮޅެވެ.
ދޮރުގައި ޓަކި ދިން އަޑަށް މަންމަ ދިޔައީ ދޮރު ހުޅުވުމަށެވެ. އަހަރެންވެސް މަންމަ ފަހަތުން ދިޔައީމެވެ. ކުރިމަތިން ފެނަށް ތިބީ ދެ ފުލުންނެވެ.
“ކާރޓެއިން ވިންގްސްގޭ ފަލަކް މުޙައްމަދު ރޭޕުކުރި ކުރިކަމުގެ ތުހުމަތުގައި، ޒިވިއަން އަހުމަދު އަޅުގަނޑު މެންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ކޯޓު އަމުރެއް ވަނީ އިއްވާފަ..”
އަހަރެންގެ ހިތަން ހީވީ މީހަކު ފިނި ފެން އެއްޗެއް އޮއްސާލި ހެންނެވެ. ފަލަކް އަހަރެންގެ ދަރިއަކަށް ބަލިވެއިންކަން އެގޭނެ ހަމައެކަނި ދިރިހުރި އިންސާނަކީ އަހަރެމެން ދެ މީހުންނެވެ. އެހެންކަމުން ފަލަކް މިފަދަ ކަމެއް ކުރީ ކީއްވެބާއެވެ؟ ފަލަކް އަހަރެންނަށް ބޭވަފާތެރި ވަނީ ހެއްޔެވެ؟ އަހަރެން ހީކޮށްގެން ހުރީ ފަލަކް އެއި އަހަރެންގެ ހަމައެކަނި ރަނިކަމަނާ ކަށެވެ. އަހަރެންގެ ހިތަން ތަދުވިއެވެ. ފަލަކް އޭރު ކުރި ހުވަތަކާއި ވަޢުދުތައް މިއަދު ކޮބާ ހެއްޔެވެ؟ އެބަހުގައި އެއްވެސް މާނައެއް ނެތީ ހެއްޔެވެ؟ ހުރިހައި ލޯބީގެ ހަދާން ތަކަކާއި އެކު އެ ވަޢުދުތަކާއި ދެކުނު ފޮނި ހުވަފެންތައް ފަސްދާނު ލެވުނީ ހެއްޔެވެ.
އަހަރެން ޖަލުގައި އޮންނަތަން ދެކޭއިރު މަންމަގެ ލޮލުން ކަރުން ނުހިކެއެވެ. އަހަރެން މީ މަންމަ ގެ ހުރި ހަމައެކަނި ދަރިއެވެ. ހަމައެކަނި ހުރި މީހާއެވެ. މަންމަ ވަރަށް އެކަނި ވެރި ވާނެއެވެ. މަޔަކު ދަރިއަކަށް ވަރަށް ފޮނި އުއްމީދުތައް ކުރާނެވެ. އެތަކެއް ހުވަފެންތައް ދެކޭނެއެވެ. މަންމަގެ މި ހުރިހައި ހުވަފެން ތަކެއްގައި ކޮޅުފައިން ޖަހައިފައި އަހަރެންނަށް ދެން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އަހަރެންނަށް އިހުސާސް ވަމުން ދަނީ ފުން ކަނޑެއް ގެ ތެރެއަށް ގެނބެމުން ދާކަމެވެ. ސަލާމަތަށް އެދި ގޮވާ ނެހާ ހިއްވަރު ނެރިފައެވެ.
ކޯޓަށް ފަލަކް ވެސް ހާޒިރުވިއެވެ. އޭނާ އަހަރެމެން ދެމީހުންގެ ގުޅުން ކިޔައިދީ އަހަރެން ވަރަށް ގޯސް މީހަކަށް ހަދާފައެވެ. އަހަރެން ހުރީ ބުނާއެއްޗެއް ނޭގި ބަސް ހުއްޓިފައެވެ. އަށް އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއެވެ.
ފަލަކް ދެކެ އަހަރެންވީ ހަޤީޤީ ލޯބީގެ ބަދަލަކީ މީ ހެއްޔެވެ؟ ފަލަކް އެގޮތަށް ކަންތަށް ކުރީ ކީއްވެހެއްޔެވެ؟ އަހަރެންގެ މަންމަ އަށް މި ދިމާވީ އަނެއްކާ އަނެއް ބުރައެވެ. ހިތާމައެވެ. އަހަރެން މީ ކޮންކަހަލަ ދަރިއެއްހެއްޔެވެ؟
މަންމާއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެންނަށް ކުރެވުނީ ކުށެކެވެ. ފާފައެކެވެ. އަބަދުހެން މަންމަގެ އުދަގުލަކަށް އަހަރެން ވެފައި ވާތީ އެކަމަށް ވެސް މަޢާފަށް އެދެމެވެ. މަންމާއެވެ. އަހަރެންނަށް އަދި އެއްމެ ފުރުސަތެއް ދޭށެވެ. އެފަދަ އެވެސް ކަމެއް އަހަރެން ތަކުރާރެއް ނުކުރާނަމެވެ. މަންމަގެ ބަސް ގަބޫލު ކޮއްގެން ރަނގަޅަށް އުޅޭ ނަމެވެ. މީ އަހަރެންވާ ވަޢުދަކީ މެވެ.
-ނިމުނީ-