Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ…..(ތިންވަނަބައި)

Asurumaa Level 110 Stories
May 15, 2016 3 Mins Read
7 Comments

ކަމެއް ވަރަށް ގޯސްވެއްޖެކަން ހުސޭނަށް މި އިނގުނީ ދެނެވެ.ބާުުރު ބާރަށް މީހުންތަށް އެއްކައިރި ކޮށްލުމަށްފަހު އެގެއިން ނިކުތުމަށް އެނބުރެލި ވަގުތު ދެން އެފެނުނުމަންޒަރުން ހުސޭނަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނުހެންނެވެ.ބުނާނެއެއްޗެއްނޭނގި ގަބުވެފައިހުރެވުނީއެވެ.ވާނީވެސް އެހެންތާއެވެ.އޭނާގެ ކުރިމަތިން ފަތްޖެހިއެނދަކަށްްލައިން ގެނެސް އެގޭ ދޮރުއަށިން ވެއްދީ ރަޝީދު ގެ ފުރާނަ ނެތް މަސްގަނޑެވެ.އާނއެކެެވެ.ރަޝީދު އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާއި ވަކިވީއެވެ.ތުއްތު ތުއްތު މައުޞޫމް ކުއްްޖަކު ޔަތީމުވީއެވެ.މިއީ ދުނިޔޭގެ އާދައެވެ.މިއަދު  އުފާކޮށް މީހުނާއި ހީ ސަމާސަކޮށް އުޅުން މީހަކު މާދަމާ ހުންްނާނެ ކަަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

އަނެއްކޮޅުން ފަރީދާގެހާލު ވަރަށް ގޯހެވެ.ރޮއިރޮއި ހާލު ދެރަވެގެން ވަނީ އެނދުމަތިކުރެވިފައެވެެ.ކައިރި އަވަށްޓެރިނގެ އެހީތެރިކަމާއެކު ފަރީދާ އަށް ފަރުވާދެމުން ދެއެވެ.ޒުހާ ގެންދިޔައީ ހުސޭނު ގެ އަންްހެނުން ސައީދާއެވެ.ޖަނާޒާގެ ކަންކަން ނިމުނުއިރުވެސް ފަރީދާ އަކަށް ހޭވެރިކަމެއް ނުވެއެވެ. ކަން ކަން ހަމަޖެހި އާދައި ގެ ދިރިއުޅުމަކަށް ދިއުމަށް ފަރީދާ ގެ ދެމައިންނަށް ދުވަސް ކޮޅެއްބޭނުންވިއެވެ. އެ ހާދިޡާ އިއްޔެ ވީ ކަމެއްހެން ޒުހާ ގެ ހިތުގައި  މިހާރު ވެސް ބިންވަޅު ނެގިފައިވެއެވެ. ބައްޕަ މަރުވިތާ އެތައް އަހަރެއްވެފައި ވީ ނަމަވެސް ޒުހާ ދެލޮލަށް ފެނުން މަންޒަރުތައް މިހަަރުވެސް ސިފަ ވަމުން ދާ ކަހަލައެވެ. ބައްޕަ އަކު ނެތުމުގެ ހިތާމަ ޒުހާ  އުމުރަށް ވެސް ކުރާނެކަން ޔަގީނެވެ.ހިޔާލީދުނިޔެެއެއްގައި ޒުހާ އަށް އެތާ އިނދެ ވުނީ ކިހާއިރަކުކަމެއްވެސް ޙުދު އޭނާ އަކަށްވެސް ނޭނގެއެވެ.

ޒައިފް އާއި އޭނާގެ ގުރޫޕްް މަޖާ ވާހަަކަ ތަކުގަައި އެކަކުއަނެކަކާއި ސަކަރާތް ޖަހަމުން ބާރު ސްޕީޑެއްގައި ބައިސްކަލުތައް ދުއްވަމުން ދެއެެވެ. ހީވަނީ ރޭހެއްޖަހަނީހެންނެވެ. ކޮންމެ ބައިސްކަލެއް ގެ ފަހަތުގައިވެސް އިތުރު ކުއްޖަކުު އިނެވެ. ޒައިފް އާއި ޝާމިން އެރީ އެއްބައިސްކަލަކަށްށެވެ.  އެމީހުން ގެ ބައިސްކަލު ދުއްވަން އިނީ ޒައިފްއެވެ.”އޭ ތަން ކޮޅެއް ބަލައިގެން ދުއްވަބަލަ ފަހަތުގައި އިން ޝާމިން  އަށް ކެތްނުވެގެން ބުނެލިއެވެ. ތެދެކެވެ އޭނާ ބައިސްކަލު ދުއްވާލޭ ބާރު ކަމުން ހީވަނީ ދެންމެ ދެންމެ ތަނަކު ޖެހިދާެހެންނެވެ.”ހެހެހެ ކަލޯ ބިރުގަަތީތަ! މީރަށުގެ އެެންމެ މޮޅު ރޭސަރ އޯ!! ދިމާކޮށްލުމުގެ ރާގެއްގައި ޒައިފް ބުނެލިއެވެ.”އައްޗި މަ ބިރެއް ނުގަނ’ޭ! ދެރަނުވުމުގެ ގޮތުން ޝާމިން ވެސްް ބުނެލިއެވެ.ކުއްލިަކަށް ޒައިފްް ގެ ލޮލުގައި އަޅައިގަތީ ބުޑުގަނޑު މަތީ އިށީންދެލައިން އިން ޒުހާއެވެ. އެވަގުތު ޒައިފް ގެ ވިންދުއަވަސް ވީ ކަހަލައެވެ.އޭނާގެ ހަނދާނަށް އައީ މީގެ ކުޑަ އިރުކޮޅެއް ކުރިން ޒުހާ އާއި ހިނގި އެކްސިރެންޓްއެވެ.އެހަނދާން އާ ވުމުން އޭނާގެެ މޫނުމަތިން ހިނިތުންުވުމުުގެ އަސަރުު ފާޅުވެގެން ދިޔައެވެ.ކުރަމުންދިޔަ ކަންތައްވެސް ހަނދާން ނެތުނު ކަހަލައެވެ.ދުއްވަމުން ދިޔަ ބާއިސްކަލަށް ސަމާލުނުވެވި ހުންގާނު އަތުންް ދޫވެގެން ގޮސް ޖެހުނީ ޒުހާ އިން ގަސްބުޑަށްށެވެ. ސިއްސައިގެން ގޮސް ފުއްމައިގެން އޭނާ އަށް ތެދުވެވުނެވެ.

އެވަގުތު ޒުހާއާއި ޒައިފްެ ގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ.ޒުހާ އަަށްވެސް ފުރަތަމަ ފަހަށް އެހެންޔާ ނުުކުރެވޭފަދަ އިހްސާސްތަކެއްކުރެވުނެވެ.ޒުހާ އަށްވެސް ޒައިފްއަށްވެސް ހުރެވުނީ ކަޅިޖަހާވެސް ނުލާ އެެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އުހޫމް..އުހޫމް..ޝާމިން ދިމާކޮށްލުމުގެ ގޮތުން ދެތިްފަހަރަކު ކަރުކެހެލިއެވެ.ސިހިގެން ގޮސް ޒުހާ އަނެއްފަރާތަށް އެނބުރި ދުއްވާގަތެވެ. “އޭ ހިނގާދަމާ … މީ މި ޝާމިން ގެ ކަންތަކޭ! ފަހަތުގަ އިނދެގެން މާވަރަކަށް އަނގަތަޅަންޔާވާނެ ހުރިހާގޮތެއްވެސް”!! ޒައިފް އަވަހަށް ވާހަކައޮަަޅުވާލުމުގެ ގޮތުން ބައިސްކަލު ނަގާ ދުއްވާލަމުންބުނެލިއެވެ. ޝާމިންވެސްއެވާހަކަ އެހާ ވަރަކަށް ނުދައްކައެވެ. ޒައިފް ބުނަން ބޭނުން ނުވަނީއެވެ.ބޭނުންވެއްޖިއްޔާ ފަހުން އެވާހަަ ދައްކާނެކަންޔަގީނެވެ.

ހަގީގަތުގައި އެންމެފުރަތަމަ ނަޒަރުންވެސް ޒައިފް އަކީ އޭނާ އެންމެ އެދޭ ކަހަލަ އޭނާގެ ޑްރީމް ބޯއީގެ ހުންނަ ހުރިހާ ސިފަތައް އެކުލެވޭ ކުއްޖެެކެވެ.އެހެންކަމުން ފުރަތަމަ ފަހަރުވެސް ޒުހާ އަށް ޒައިފް ވަރަށް ކަމުދިޔައެވެ.ގަތްލަދުން ދުވެފަ ދިޔަގޮތަށްގޮސް ޒުހާ ވާނީ އޭނާގެ ކޮޓަރިއަށްށެވެ. ރަނގަޅަށް ދޮރުލެއްޕުމަށްފަހު އެނދުގައި އިށިނެވެ. އަދި މޭގައިއަތްއަޅާލުމަށްފަހު ލޯމަރާލިއެވެ.އާނއެކެވެ. ދުވަހަކުވެސް ނުކުރެވޭފަދަ  އިޙްސާސްތަކެކެވެ.”ދަރިފުޅާ ޒުހާ އާދޭކާން މިހާރު ކިހާއިރެއްތަ ދަރިފުޅަށް ކާންހަދައިން އިންނަތާ؟” އަވަސް އަވަހަށް އެނދުން ތެދުވެ ބޯރީތިކޮށްލައިގެން ނިކުތީ މަންމަ ގޮވާވަރުންނެވެ؟؟ ޒުހާ ކާ ގެއަށް ވައިން އިރު މަންމަ ހުރީ ޖޫސްއަޅާށެވެ. “ދަރިފުޅާ ކިހިނެއްވީތަ މިއަދު މާއަވަހަށް ތިޔަ އައީ ؟” ޒުހާ އިށީނުމުން ޖޫސް ތައެއްޓެއް ނަަގާ  ޒުހާ ކައިރީ ބައިންދަމުން ފަރީދާ ވާހަަކަ ދެއްކިއެވެ. “ދެން މަންމާ މަންމަ އަށް ކަމުދާ ހަމަ އެއްގޮތެއްވެސް ނެތް!!” އަވަހަށް އަޔަސް ކަމަކު ނުދޭ ލަހުން އަޔަސް ކަމަކުުނުދޭ!މަޝަކަށްވެސް ނޭނގުނުނު ހަދަންވީގޮތެއް”؟؟މޫނަށް ވައްތަރެއްގެ ކުލަވަރެއް އަރުވާލަމުން ޒުހާ ބުނެލިއެވެ.އިތުރަށްއެއްޗެއް ބުނެފިނަމަ މަޝްރަހު ހޫނު ވެދާނެކަމަށްބަލާ އެވަގުތަ އެ މައުޝޫ ހުއްޓާލުމަށް ފަހު ފަރީދާވެސް ދިޔައީ އޭނާގެ ކޮޓަރިއާއި ދިމާލަށްށެވެ.ކާނިނުމުން ތަށިތައް ނެގުމަށްފަހު ޒުޙާ ވެސް ގޮސް ޖައްސާލީ އޭނަގެ އެނދުގައެވެ.ވަރުބަލިވެފައި ހުރިވަރުން ވަރުބަލި ފިލުވަަލުމަށްށެވެ. ހަމަ އެނދުގައި ޖެހުމާއި އެކު ނިދިއްޖެއެވެ.ވާނީވެސް އެހެންނެވެ.ފަތިހު ފަތިސްނަމާދަށްތެދުވާގޮތަށް ނަމާދު ކޮށްލަިގެން ވަންނަނީ ބަދިގެއަށްށެވެ.ބަދިގެ މަސަތްކަތުން އަވަދިވާއިރު ހުންނަނީ މެނދުރުވެފައެވެ.

ކޮންމެއަކަަސް  ޒުހާ އަކީ އެކަނިމާއެކަނި މަންމަ އަކު ވަރަށް ފުރިހަމަ ތަރުބިއްޔަތެއް ދީގެން ބަލާ ބޮޑުކޮށްފައިވާ ދަރިއެކެވެ. ރަށުގެ ކޮންމެމީހެއްގެ ދުލުންވެސް ޒުހާ އަށް ތަޢްރީފް ގެ ބަސްތައްލިބެއެވެ. ޒުހާ އަކީ  ރިވެތި އަޙްލާގެއްގެ ވެރިއެކެވެ. މަޑުމައިތިރި މީހުންނާއި ގުުޅޭ މިޒާޖެއްގެ މީހެކެވެ.

އެއްދުވަހެއް ގެ ހަވީރު ގެ ވަގުތެެވެ.ޒުހާ އިނީ އާއްމުކޮށްްވެސް އޭނާ އިންނަ ބުޑުގަަނޑުމަތީގައެވެ.ޒައިފް ގެ އިންތިޒާރުގައެވެ. އެއީ އާއްްމުކޮށް އެެ ދދެެމީހުން ބައްދަލުކޮށްއުޅޭތަނެވެ. “މިއަދު ޒައިފް އެހާ ލަސްވަނީ ކީއްވެބާއެވެ. އަނެއްކާ ޒައިފް މަޝަށް ބޭ ވަފާތެރިވަނީބާއެވެ”؟ ޒުހާ ހިތާ ހިތާ ކިޔާލަ  ކިޔާލަ އިނެވެ. ޕޮއް…. ކުއްލިއަކަށް ސިއްސައިގެން ދިޔައީ…..ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުމަތީއަތް އަޅާ ހަޅޭލަވާގަތުމުންނެވެ… ހައި ބޭބްސް… މަސްތުން ފުރިގެންވާރާގެއްގައި ޒައިފް ބުނެލިއެވެ. ކިހިނެއްވީ މިއަދު މާފާޑަކަށް މޫނުކޮޅު ހަދައިގެން ތި އިނީ؟؟ އައްޗި ބަލާބަލަަ ތުނކޮޅުބިންދީމަ އެއޮށްލޯބި މޫނުކޮޅުޖަހާ ވައްތަރު؟؟ ޒުހާ ހެއްވާލުމުގެ ގޮތުން މޮޅު އުކުޅެއް ގެ ބޭނުން ކޮށްލިއެވެ.އާނއެކެވެ. މިފަހަަރު އެއުކުޅު ކާމިޔާބުވިއެވެ. ޒުހާ ގެ ހިނިގނޑުފަޅާއިގެން ދިޔައެވެ.ޒައިފް ބޭނުންވިގޮތް ވީއެވެ.އޭނާ އަބަދުވެސް ބޭނުން ވަނީ ޒުހާ އަބަދުމެ އެގޮތަށް ހެވިފައި އުފަލުގައި ހުރުމެވެެ.

*****

ނުނިމޭ!

ކުރިއަށްއޮތްބަޔަށް އިންތިޒާރުކޮށްލައްްވާ!!!

 

Share Article

Follow Me Written By

Asurumaa

Level 110 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (ސޯޅަވަނަ ބައި)

Next

އިންސާފް.. 16 ވަނަ ބައި

Next
May 16, 2016

އިންސާފް.. 16 ވަނަ ބައި

Previews
May 15, 2016

އަހަރެންގެ ވާހަކަ (ސޯޅަވަނަ ބައި)

7 Comments!

  1. Phy says:
    May 15, 2016 at 10:18 pm

    reethi vaanehen heevey…avahah up kohllahchey…:d

  2. Asurumaa says:
    May 15, 2016 at 10:27 pm

    Alhuganduge namugai vaahaka dhen nuliyaanekamah bune kuri comment aky alhuganduge comment eh nun mygefahun alhugandu ge comment hunnany green kulaiga asurumaage namuga huhtas green kula naara comment thakaky alhuganduge comment eh nun adhi myhunge id ge najàaiz faidhaa nagaaaa asurumaage namuga comment nukurumah dhannavan

  3. Ellie says:
    May 15, 2016 at 10:59 pm

    2meehun rattehi vi hisaabu nuliye. Rattehi kohfa. Hehe kada

    1. Hooo says:
      May 16, 2016 at 12:01 am

      Asluveys. Kihiney eyvie. Deymiehun ratehie vie.
      Ey henvie ma hadie

  4. Asurumaa says:
    May 16, 2016 at 9:53 am

    Lets see dhen kihinehthoa vany??? Adhi kuriah oii baithah kiyaaleema ingeyne vaanuvaa

  5. aathu says:
    May 16, 2016 at 10:53 am

    Thivaany huvafenakah kan neyge.

  6. Asurumaa says:
    May 16, 2016 at 4:07 pm

    Dhen adhi neynge alhugandakahves next part aeema dhw ingeyny vaan ulheygotheh……so lets see??

Comments are closed.



All Right Reserved!