ހިތުގެ މަގުތައް-13
ޒައިން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ މުޅި ހަށިގަނޑުން ބާރުދޫވެ، ނިތްކުރިން ދާހިއްލަން ފެށިއެވެ. ބައްޕަގެ އެ މެސެޖަކީ އެމީހުންގެ އުފާވެރި ދިރިއުޅުމުގެ ބިންގާ މުގުރާލި ގޮވުމެކެވެ. ޝައިހާގެ ބައްޕަ، އަޙްމަދަކީ ވަރަށް އާދައިގެ ގޮތަކަށް އުޅޭ، ނަމަވެސް އަބުރުވެރި، ތެދުވެރި އަދި މުޅި ހިސާބުގަނޑަށްވެސް މަޝްހޫރު މީހެކެވެ. އޭނާ އެފަދަ ޚިޔާނާތެއް ކޮށްފާނެއޭ ޒައިންގެ ހިތަށް އަރުވަންވެސް ދަތިވިއެވެ.
“ޒައިން… ކިހިނެއްވީ؟ މޫނުގެ ކުލަވަރު ހާދަ ބަދަލުވެއްޖެ،” ޝައިހާ ކަންބޮޑުވެފައި ޒައިންގެ އަތުގައި ހިފާލިއެވެ.
ޒައިން އަވަސްއަވަހަށް ފޯނު ޖީބަށް ލިއެވެ. އޭނާ ބޭނުންވީ ހަގީގަތް ނޭނގި ޝައިހާ ހާސް ނުކުރާށެވެ. “ކަމެއް ނުވޭ ޝައި… ބައްޕަ އޮފީސް ކަމަކު ވަރަށް އަވަހަށް ގެއަށް އަންނަން ބުނީމަ. އަހަރެން ގޮސްލާފައި ގުޅާނަން،” ޒައިން ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ. އޭނާ ސައިކަލަށް އަރައިގެން ގެއާ ދިމާއަށް ދިޔައީ ސިކުނޑި ސުމަކަށް ގޮސްފައި ހުރެއެވެ.
ޒައިން ގެއަށް ވަތްއިރު، ސިޓިންގްރޫމްގައި ޤާސިމް އިނީ ރުޅިއައިސްގެން ރަތްވެފައެވެ. އޭނާގެ ކައިރީގައި ކުންފުނީގެ ވަކީލުންވެސް ތިއްބެވެ.
“ބައްޕާ! މިއީ ކޮންކަހަލަ ވާހަކައެއް؟ އަޙްމަދުބޭ ތިކަހަލަ ކަމެއް ނުކުރާނެ،” ޒައިން އެތެރެއަށް ވަން ގޮތަށް ބުންޏެވެ.
“ހެކިތައް އެހެރީ ފެންނަން ޒައިން!” ޤާސިމް މޭޒުމަތީގައި އަތުން ޖަހާލިއެވެ. “މިދިޔަ ހަފުތާގައި އަހަރެމެން ދެ އާއިލާ ބައްދަލުކުރި ރޭގެ ޖެހިގެން އައި ދުވަހު އަހަރެމެންގެ މައި އެކައުންޓުން ފަސް މިލިއަން ރުފިޔާ ވަނީ އަޙްމަދުގެ ކުންފުނީގެ އެކައުންޓަށް ގޮސްފައި. އޭނާ އަހަރެމެންނާ އާއިލީ ގޮތުން ގުޅެން މިއުޅެނީ އަހަރެމެންގެ ފައިސާކޮޅު ފޭރެންވެގެން. އަހަރެން މިހާރު ޕޮލިހަށް މައްސަލަ ހުށަހަޅައިފިން. މާދަމާ ހެނދުނު އޭނާ ހުންނާނީ ބަންދުގައި!”
“ބައްޕާ، މަޑުކޮށްބަލަ! މިއީ ކޮންމެވެސް އޮޅުމެއް. އަހަރެންނަށް ވަގުތުކޮޅެއްދީ މިކަން ބަލަން،” ޒައިން އާދޭސްކުރިއެވެ. ނަމަވެސް ޤާސިމް ހުރީ އޭނާގެ ނިންމުން ބަދަލުކުރާ ގޮތަކަށް ނޫނެވެ. “މި ކައިވެނި ދެން ނުކުރެވޭނެ. ޝައިހާއާ އޮތް ހުރިހާ ގުޅުންމެއް މިހާރުން މިހާރަށް ކަނޑާލާ!” ޤާސިމް ހަރުކަށިކަމާއެކު ޒައިން އަށް އަމުރުކުރިއެވެ.
ޒައިން ހަދާނެގޮތް ހުސްވެގެން ކޮލެޖު ކައިރީ ކެފޭއަކަށް ގޮސް ޔައިޝް އާއި ލިޔުޝާއާ ބައްދަލުކުރިއެވެ. އޭނާ ރޮމުން ރޮމުން ހުރިހާ ވާހަކައެއް އެ ދެމީހުންނަށް ކިޔައިދިނެވެ.
“މިއީ ޔަގީނުންވެސް ބޮޑު ރޭވުމެއް،” ޔައިޝް ވިސްނާލުމަށްފަހު ބުންޏެވެ. “އަޙްމަދުބޭ ފަދަ މީހަކު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ބޭންކް އެކައުންޓުން ވައްކަމެއް ނުކުރާނެ. ކޮންމެވެސް މީހަކު އޭނާ ބައްދަންވެގެން ކުރި ކަމެއް މިއީ.”
ލިޔުޝާ ކަންބޮޑުވެފައި އިނދެ ބުންޏެވެ. “ޝައިހާއަށް މިކަން އެނގިއްޖެއްޔާ މުޅިން ހަލާކުވާނެ. އޭނާ އަމިއްލަ ބައްޕަދެކެ ފުރާނައިން ލޯބިވޭ. ޒައިން، އަހަރެމެން ހެކި ހޯދަން އެބަޖެހޭ. ޔައިޝް، ގެ ބޭބެއަކީ އައިޓީ އެކްސްޕާޓެއްނު؟ އޭނާ ލައްވައި ޒައިންމެންގެ ކުންފުނީގެ ސިސްޓަމްތައް ހެކްވެފައިވޭތޯ ނުވަތަ އީމެއިލްތައް ފޭކްކޮށްފައިވޭތޯ ބަލަން ހިނގާ.”
އެވަގުތު ޒައިންގެ ފޯނަށް ވައިބާއިން ކޯލެއް އައެވެ. އެއީ އިންޑިއާގައި ހުރި އަފްލާޒްއެވެ. ޒައިން ފޯނު ނަގައި ސްޕީކަރަށްލިއެވެ.
“ޒައިން! ވަރަށް އުފާވެރި ޚަބަރެއް! ބޭބެގެ އޮޕަރޭޝަން ވަރަށް ކާމިޔާބު. ޑޮކްޓަރުން ބުނީ ބޭބެ މުޅިން ސަލާމަތްވެއްޖެ ކަމަށް. ޔަޝްމީ އުފަލުން ރޮނީ މިހާރު،” އަފްލާޒްގެ އަޑުގައި ވަނީ އުފާވެރިކަމެވެ.
“އަފްލާޒް… ބޭބެ ރަނގަޅުވީތީ ވަރަށް އުފާވެއްޖެ… އަލްހަމްދުލިއްލާހް،” ޒައިން ބުންޏެވެ. ނަމަވެސް އޭނާގެ އަޑުގައި ހުރި ހިތްދަތިކަން އަފްލާޒްއަށް ވަގުތުން ފާހަގަކުރެވުނެވެ.
“ޒައިން، ކިހިނެއްވީ؟ އަޑުން ހާދަ ދެރަވެފަހެން ހީވޭއެބަ؟” އަފްލާޒް އަހައިލިއެވެ. ޒައިން މާލޭގައި ހިނގަމުންދާ ބޮޑު ތޫފާނުގެ ވާހަކަ އަފްލާޒްއަށް ކިޔައިދިނެވެ. އެ ވާހަކަ އިވުމުން އަފްލާޒްވެސް ހައިރާންވިއެވެ. “ޒައިން، ހިތްވަރުކުރޭ. އަހަރެމެންނަށް މިކޮޅުން ކުރެވެން އޮތް ކަމެއް ވިއްޔާ ކުރާނަން. ޝައިހާގެ ދިފާއުގައި ހުރޭ.”
ޖެހިގެން އައި ދުވަހުގެ ހެނދުނު 8:00 ޖެހިއިރު، ޝައިހާ ހުރީ ކޮލެޖަށް ދާން ތައްޔާރުވެގެން ސިޓިންގްރޫމްގައެވެ. ކުއްލިއަކަށް އެގޭގެ ދޮރުގައި މީހަކު ބާރަށް ޓަކިޖަހަން ފެށިއެވެ. ޝައިހާ ގޮސް ދޮރުހުޅުވަޅުވައިލިއިރު، ކުރިމަތީގައި ތިބީ ފުލުހުންގެ ހަތަރު އޮފިސަރުންނެވެ.
“މިއީ އަޙްމަދުގެ ގެތަ؟ އަޅުގަނޑުމެން މި އައީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރަން،” ފުލުސް މީހާ ބުންޏެވެ.
ޝައިހާގެ އަތުގައި އޮތް ދަބަސް ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ބައްޕަ ކޮޓަރިން ނުކުމެގެން އައިއިރު، މޫނުމަތީގައި ވަނީ ހައިރާންކަމެވެ. “މަގޭ ބައްޕަ ކުރީ ކޮން ކުށެއް؟” ޝައިހާ ހަޅޭއްލަވައިގަންނަމުން ބުންޏެވެ.
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Mi part ves vrh Reethi MA <3
So curious about what will happen next
No shaiha bappa ekahala kameh kohfaaney heenuvey 😞
Alhamdhulillah saajidh ves rangalhu V dhw 😀❤️
Curiously waiting for the next part When's next?
My curiosity left the earth 🌍 so badly 😭
Lysm 😭💗
Masha Allah what a beautiful part 💗
Love this part so muchhh… 😊💕
Shaiha ge bahppa ekahala kameh kuraane thr?
Keep it up keep shining my Gurll ❤️😘
Waiting for the next part When’s next?
Lysm & stay safe my lwbi darllss 😘🖤
Mi part ves vrh Rythi<3 ✨🖤
Waiting for the next part When's next?
Lysm and Tc 💗
Vrh Reethi
Awesome ❤️
Keep it up!! Lysm n Tc of yourself