މާޒީ (ފުރަތަމަ ބައި)
ހަޔާތުގައި ވަރަށް ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހެއެވެ.އުފަލާއި މަޖަލެވެ.ހިތާމައާއި ހިތްދަތިކަމެވެ.ހަޔާތުގައިދިމާވާ އަޑިގަނޑު ތަކުން އަރާއިގަނެވޭނީ ހިންމަތާއިއެކު މަސަތްކަތްކޮށްގެންނެވެ.މާޒީވެދިޔަތަން ހަންދާން ނައްތަލާ އެ މާޒީއިން ޢިބްރަތް ލިބިގަނެ މުސްތަގްބަލުގައި އެ ކަންކަން ރަންގަޅުކުރުމަށް މަސަތްކތްކޮށްގެންނެވެ.
އާދައިގެމަތިންމިއަދުވެސް ޒުހާ މިސްރާބުޖެހީ ރަށުގެ ބަންދަރާދިމާއަށްދިއުމަށްށެވެ.އާއްމުކޮށް ކޮންމެދުވަހަކުވެސް އަތިރިއަށްދިއުމަކީ ޒުހާކޮށްއުޅޭކަމެކެވެ.އާނއެކެވެ ޖެހޭފިނިރޯޅިން ހިތަށްވެސް ފިނިކަމެއްލިބޭތީއެވެ.އާއްމު ދިރިއުޅުމާ ދުރަށްޖެހިލާ އަމިއްލަހަޔާތުގެކަންކަމާ ވިސްނާލުމަށް ފުރުސަތުލިބޭތީއެވެ. ސްކޫލު ނިމުނުފަހުންކުރާނެކަމެއްނެތިގެން ޒުހާ އަބަދުވެސް އުޅެންޖެހެނީ ފޫހިވެގެންނެވެ.ވާނީވެސްއެހެންތާއެވެ..ރަށުގައި ޒުހާއާއި އެކު ކިޔަވަން އުޅުން ހުރިހާ ރައްޓެހިންވެސްއުޅެނީ މާލޭގައެވެ.އެހެންކަމުން އޭނާގެ އެއްވެސްރައްޓެއްސަކު ރަށުގައެއް ނުހުރެއެވެ.ޒުހާއަކީ ނެއްލައިދޫގެ ފަގީރުއާއިލާ ތަކުގެތެރެއިން ގުނާލެވޭ ޢާއިލާ އެއްގެކުއްޖެކެވެ..ޒުހާ ވަރަށްކުޑައިރު އެނާގެ ބައްޕަ ވަނީ މަރުވެފައެވެ. އެހެން ކަމުން އޭނާ ބަލާ ބޮޑުކުރީ އޭނާގެ މުސްކުޅި މަންމަ އެކަނިމާ އެކަންޔެވެ.ޒުހާގެ މަންމަ އޭނާއަށްކިޔަވާދީހެދީ ގޭގޭ ކުނިކަހާ މަސަތްކަތްކޮށްދީގެން ލާރި ހޯދައިގެންނެވެ.އޭނާގެ މަންމަ ފަރީދާ ގެ ހުންނަނީ ޒުހާ އެކަންޔެވެ. އެހެން ކަމުން މަންމަ ޒުހާ ދެކެ އިންތިހާ އަށް ލޯބި ވެއެވެ. އޭނާގެ ދަރިފުޅު ކިޔަވާ މޮޅު މީހަކަށް ވުމަކީ ޒުހާ މަންމަ ގެ އެންމެ ބޮޑު ހުވަފެނެވެ. ރަށު ސޮކޫލުން ގުރޭޑް ހަތެއް ނިންމުމުން އިތުރަށް ކިޔެވުމަށް ޒުހާ ފޮނުވީ މާލެއެވެ.ޒުހާގެ ބައްޕަ ގެ އެންމެ ފަހުގެ ވަސިއްޔަތަކަށްވީވެސް ޒުހާ ކިޔަވާ މޮޅުމީހަކަށް ހެދުމަށްށެވެ. އެހެންކަމުން ފަރިދާގެ ވެސް މަގްސަދަކަށް ވީ ކޮންމެ ގޮތަކުންވެސް ޒުހާ އަށް ކިޔަވާދީ މޮޅުމީހަށް ހެދުމެވެ.ހިތާދެކޮޅަށްވެސް ފަރީދާ ޒުހާ މާލެ ފޮނުވީ ވަރަށް އުއްމީދާއެކީގައެވެ.ރަނގަޅު ނަތީޖާ އަކާއެކު މަންމަ ފަޙުރުވެރިވާފަދަ ދަރިއަކަށް ވެގެންއަންނާނެކަމުގެ ފޮނި އުއްމީދުގައެވެ. ޒުހާ އެންބުރި ރަށަށް އައީ ޖީސީ އޯލެވެލް އިމްތިހާނުގެ ޓޮޕް ޓެންގެ ފަސްވަނަހޯދައިގެންނެވެ.ފަރީދާ ހުރީ ވަރަށް އުފަލުންނެވެ.އޭނާ ދެކުން ފޮނި ހުވަފެން ހަގީގަތަކަށް ވުމުންނެވެ.
މަންމާ އަހަރެން މި ދަނީ އަތިރިއަށް ޖީބުގައި އޮތް ފޯން ނަގާ ގަޑި ބަލާލަމުން އަޑުގެނެތްތަނަށް ޒުހާ ގޮވާލިއެވެ.ކަން ދިމާކުރިގޮތުން ބަދިގޭގައި ހުރި ފަރީދާ އަށް އެ އަޑު އިވުނެވެ. އަވަހަށް އަންނާތި ދަރިފުޅާ ދުވަހަކު ދާގޮތަކަށް އަވަހަކަށް އަންނާކަށް ނޭންގެވިއްޔަ ހިންހަމަ ނުޖެހޭފަދަރާގެއްގައި ފަރީދާބުނެލިއެވެ. ޒުހާ ގެ ހަރަކާތްތަކުން މަންމަ އެ ދެއްކި ވާހަކަ އަޑު އިވުނުހެންނެއް ހިއެއްނުވެއެވެ.ފަރުވާކުޑަގޮތަކަށް މަންމަ ގެ ވާހަކަ ތަކަށް ސަމާލުކަމެއްނުދީ އަވަސް ހަރަކާތް ތަކާއެކު ޒުހާ ގޮސްނިކުތީ ބޮޑުމަގަށްށެވެ..އެވަގުތު ޖެހިގެން އިން ކަންމަތިން ބާރު ސްޕީޑުގައި ދުއްވާފައި އައި ބައިސްކަލު ޖެހުނީ ޒުހާގެގައިގައެވެ.ދުއްވާފައިއައިލޭބާރުކަމުން ޒުހާގައިގާ ޖެހުމާއިއެކު ދުއްވަން އިންމީހާއާއި އެކު ބައިސްކަލު ވެއްޓުނީ ބިންމައްޗަށްށެވެ. އޮވް އައިއެމް ސޮރީ!! ބައިސްކަލާއި އެކު ބިންމައްޗަށް ވެއްޓިފަ އޮތް ޒައިފް އޮތް ގޮތް ފެނި ޒުހާ އަނގަމަތީ އަތްއަޅާ ބާރަށް ހީ ގަތެވެ.
****
ކުރިއަށްއޮތް ބަޔަށް އިންތިޒާރުކޮށްލައްވާ !!
(ނުނިމޭ)
14 Comments!
Comments are closed.


V rythi vaanehen hiyve. Mebaives v rythi. Avahah up kohlahche. ☺
Thnk u shaai…..
meehun dhahkaa vaahaka komaa koalhi thereah laifa ineema kanneyge kiyuntherinnah faseyha vaany..btw story reethi vaane kamah ummeedhu kuran 🙂 best of luck
Hyvany v rythi vaanehen. …avahahh up kohdhehchey
hadieh noon.. ekam maakuru
CHI! MAVAA HITHEE EHAAVARAH VAAHAKA PROMOTU KUREEMA VARAH DHIGUVAANEKAMAH….
Thank you all !!!! For ur comments yeah dhen faharakun iraadha kurehviyya thikan rangalhu kohlaanan and dear first time v ma ehaa kury yeah dhen insha allah dhigu kohlan masaikaii kuraanan varah bodah shukuriyya faadu kiumaky libey kurierumeh thiya vidhaalhuvaa fadukiunthah ufalaaeky gaboolukuran
Alhe dhen vaane goi kiyaa hithun miyo.kevenee hama
Faadu faadu eichei ganegen kaahivanee
Loosee fat nuvanis dhein in bai avaha genesdhybala
hahahahahhaha meetha meehun liyaa vaahakathakah comment kuraa asurumaa liyunu vaahaka. 02 jumla hama nuveynun. lol. ehnve muskulhives bunanee gudho gudho nukiyaashey. hini annanee hama. :p
ok dhw dhn adhi.. fudhey varu vey.. reethi vaane kamah uhmeedhu kuran ..GUD LUCK…
“asruma” mi kon kahala name eh
Furathama part ves v salhi ,adhi maa salhi vaane avahah upp kuryma
Shukuriyya…….☺☺
Hurihaa beyfulhunge comments thah fenihjje……
.
Dhimaavi kuda tecnical kamakaa hure dhen mi vaahaka ithurah kuriyah nugendheveyne. Vaahaka varah hithaamayaa eku dhannavan