ކަލާގެ ތިޔަ ސޫރަ ދެކިލުމުން ـ 5
އޭގެ އަނެއް ދުވަހެވެ. އަރުގެ ދޯދިތަކުން ވަނީ މުޅި ރަށް ދިއްލާ އަޅާފައެވެ. ސްކޫލުގެ އެހެން މީހުންނަށްވުރެ ބަގީޗާ އޮތީ މާ ހަމަހިމޭންކޮށެވެ. އަޒްކާ ޒައިކްގެ ފަހަތުން ހަނި ހިލަމަގުން ފައިބައިގެން ދިޔައިރު، ދަރިވަރުންގެ އަޑު ފަހަތުން ފަނޑުވެ، އޭގެ ބަދަލުގައި ގަސްތަކުން ވެހެމުންދިޔަ ފަތްތަކާއި ދޫނީގެ މަޑު ލަވަތައް އިވެމުން ދިޔައެވެ.
އެމީހުން މަޑުކޮށްލީ ސުކޫލް ގޯތިތެރޭގައި ބަހައްޓާފައި ހުރި ލަކުޑި ބެންޗެއްގެ ކައިރީގައި ހުރި ބޮޑު ގަހެއްގެ ދަށުގައެވެ.
“މިތަނަށް އަންނަންތަ ވަރަށް ގިނައިން؟” އަޒްކާ އަހާލިއެވެ.
“ޔެއާ… ބައެއް ފަހަރު. ސުކޫލްތެރެ މާ އަޑުގަދަވާ ފަހަރު.”
ޒައިކް މަޑު ހިނިގަނޑެއް ޖަހާލިއެވެ. އަޒްކާގެ ދެ ކޯތާފަތް މުޅިން ރަތްވެގެން ދިޔައެވެ.
އަޒްކާ މަޑުމަޑުން އަހާލިއެވެ. “ސޯ… ޔޫ ލައިކް ސްޓެއިން އަލޯން؟”
ޒައިކް ގަސްތަކާ ދިމާއަށް އިސްއުފުލާ ބަލާލިއެވެ. “އަހަރެން މީހުންނަށް ނަފްރަތެއް ނުކުރަން. ހަމަ އަބަދުވެސް ބުނާނެ އެއްޗެއް ނޭނގެ.”
ޒައިކްގެ ޖަވާބުން އަޒްކާއަށް އޭނާ ފެނުނީ ތަފާތު ގޮތަކަށެވެ. ފަހަރެއްގައި އޭނާ ފިނި ނުވީ ކަމަށް ވެދާނެއެވެ. ފަހަރެއްގައި އޭނާއަށް އިހުސާސް ކުރެވުނު ގޮތް ދައްކާލަން ފަސޭހައިން ނޭނގިދާނެއެވެ.
ދެމީހުން އެކުގައި އަރާމު ހިމޭންކަމެއްގައި އިށީނދެގެން ތިބީ ޒައިކް އޭނާގެ ދަބަހަށް އަތް ދިއްކޮށްލުމަށެވެ.
“އައި ބްރޯޓް ސަމްތިންގް.”
ކަޅުކުލައިގެ ކުޑަ ނޯޓްފޮތެއް އޭނާ އޭނާ އަޒްކާއައި ދިމާލަށް ދިއްކޮށްލިއެވެ.
“ފޮރް… މީ؟”
“ކުރަހާ ހިތްވޭ ދޯ؟”
އަޒްކާ އެ ހުޅުވާލަމުން ނޭވާ ހާސްކޮށްލިއެވެ. އެ ޞަފްޙާތައް ފުރިފައިވަނީ ސްކޫލްގެ ރީތި ސްކެޗްތަކުން ކަމަށްވާ ސްކޫލުގެ ބޮޑެތި ހިތި ގަސްތަކާއި ލައިބްރަރީއާއި ކްލާސްރޫމްގެ ކުޑަދޮރުތަކާއި ހިލަތަކުގެ މެދުގައި ހެދިފައިވާ ކުދިކުދި މާތަކެވެ. އެހާމެ ވެސް ރީތިކޮށް ކުރަހާ ލެވިފައިވެއެވެ.
އަދި އެހެން ޞަފްޙާއެއް އަނބުރާލަމުން ކުއްލިއަކަށް އަޒްކާ ފިނިވެގެން ދިޔައެވެ.
އެތަނުގައި އޭނަގެ ކުރެހުމެއް ހުއްޓެވެ.
އަޒްކާ ޒައިކް އާއި ދިމާލަށް ބަލާލިއެވެ. “ޔޫ… ޑްރިއު މީ؟”
އިޓްސް އަ ސްކެޓްޗް.”
“ވެން ޑިޑް ޔޫ ޑްރޯ ދިސް؟”
“މީގެ ދެތިން ދުވަސް ކުރިން.”
“ވަރަށް ރީތި… ތެ-ތެންކްޔޫ”.
“ޔޫއާ މޯސްޓް ވެލްކަމް. ލައިކް އައި ސެޑް، އައި ނޯޓިސްޑް ޔޫ.”
އަޒްކާގެ ހިތް ފުންމާލިއެވެ.
“ސޯ ޔޫ ރިއަލީ ޑޫ ނޮޓިސް މީ.”
ޒައިކް އޭނަގެ ލޮލާއި ބައްދަލުވުމުގެ ކުރިން ފަސްޖެހުނެވެ.
“ފަހަރެއްގައި އަހަރެންނަށް އެހެންމީހުންނަށް ވުރެ އަޒްކާ ފާހަގަވެދާނެ. އެންޑް ބިސައިޑްސް… ޔުއާ ވެރީ ބިއުޓިފަލް ޓު ޑްރޯ އަންލައިކް އަދާރސް.”
ޒައިކް އެބަސްތައް ބުނުމާއެކު އަޒްކާގެ ދެކޯތާފަތް ގަދަ ރަތްކުލައަކަށް ބަދަލުވެގެން ދިޔައެވެ.
ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ
ޖަވާބު ދިނުމުގެ ކުރިން ކުއްލިއަކަށް ބަގީޗާ ތެރެއިން ޔާރާގެ އަޑު ގުގުމާލިއެވެ.
“ހަހަހަ! ދެއާ ޔުއާ ޔޫ ޓޫ!”
އަޒްކާ އަވަސް އަވަހަށް ނޯޓްފޮތް ލައްޕާލާލިއެވެ.
އެކަން ފެނުމުން ޔާރާ ހިނިތުންވެލިއެވެ. “ކޯއްޗެއް ތި ފޮރުވަނީ މާ ވަރެއް ލާފަ؟”
“އެ-އެއްޗެއް ނޫން”.
“ހެހެހެ. ޔެއާ ރައިޓް، އަޒް. އައި މެން ސީ ވަޓް ޔޫއާ ހައިޑިންގް”. ޔާރާ އަޒްކާއާއި ދިމާލަށް ދެ ބުމައިން ވައްތަރެއް ޖައްސާލިއެވެ.
ޒައިކް މަޑުމަޑުން ތެދުވެ އަޒްކާ ބޮލުގައި ފިރުމާލުމަށްފަހު އިސްތަށިގަނޑެއް މޫނުމަތިން ދުރައްލަމުންފަހު ބުންޏެވެ.
“އައިލް ގެޓް ގޮއިންގް ނައު”.
އަޒްކާގެ ދެ ކޯތާފަތް އިތުރައް ރަތް ވެގެން ދިޔައެވެ.
އަޒްކާ މަޑުމަޑުން ބޯޖަހާލިއެވެ.
ޒައިކް އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތެވެ. އަދި އިރުކޮޅަކަށް ފަހު ހުއްޓިފައި އަޒްކާގެ މޫނަށް ބަލާލިމުން ކުޑަކޮށް ހިނިތުންވެލުމަށް ފަހު ސުކޫލުގެ އެތެރެއައް ހިނގައިގަތެވެ.
ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ
ޔާރާ ޒައިކް ދިޔުމައްފަހު މީހަކުގެ ހިލަމެއް ވޭތޯ ބަލާފައި މަޑުމަޑުން ހޭންފެށިއެވެ. އަޒްކާ އިސްއުފުލާ ޔާރާގެ މޫނަށް ލަދުވެތިގޮތަކަށް ބަލާލިއެވެ.
“ޔާރާ…”
“އައި ކާންޓް ބިލީވް އިޓްޓް!. ހީ ބްރޯޓް ޔޫ ހިއާ އެންޑް ދެން ހީ ޓަޗްޑް ޔުއާ ހެޑް އެންޑް ޔޫ ސްޓާޑެޑް ބްލަޝިންގްގް! ގަރލް، ޔުއާ ސޯ ކިއުޓްޓް!”.
ޔާރާ އަޒްކާގެ ކޮލުގައި ހިފައި ހީގަތެވެ.
“ޔާރާ! ޕްލީޒް ސްޓޮޕް!”
ޔާރާ ހުރީ މަލެއްހެން އުފަލުން ފޮޅިފައެވެ. އަދި މަޑުމަޑުން ތަރަވެކަމުން ބުންޏެވެ.
“އައި ތިންކް ޔޫ ލައިކް ޒައިކް. ދޯ؟”
ނޯޓްފޮތަށް ތިރިއަށް ބަލާލަމުން އަޒްކާ މަޑުމަޑުން ލަދުގަނެފައި ހިނިތުންވެލިއެވެ. އަދި އާނއެކޭ ބުނުމަށް ބޯޖަހާލިއެވެ.
“.މޭބީ…”
ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ ـ
އެނބުރި ސްކޫލަށް ދިޔައިރު އަޒްކާއަށް ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަން ވިސްނުނެވެ. ޒައިކް މިހާރު ހުރީ ހަމައެކަނި ކްލާހުގައި އޭނަގެ ކައިރީގައި ހުރި މަޑުމައިތިރި ފިރިހެން ޒުވާން ކުއްޖާއެއް ނޫނެވެ. ކޮންމެ ދުވަހަކު ހެނދުނު ދެކެން ކެތްމަދުވެފައި ހުރި މީހަކަށް އޭނާ ވެގެން ދިޔައެވެ. އޭނާގެ ފިރިހެންވަންތަ އަޑު އިވެން އަބަދު ބޭނުން ވެއެވެ. އޭނާގެ އަތުން އަޒްކާގެ އިސްތަށިގަނޑުގައި ގިނައިން ފިރުމާލަދޭން ބޭނުންވިއެވެ. ވަރަށް ވެސް ބޮޑަށެވެ.
ކްލާހުގެ ކުޑަދޮރުން ބަލަން ހުރި ޒައިކް ދެމީހުންނަށްވެސް ފާހަގައެއް ނުކުރެވުނެވެ.
އެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފާޅުވިއެވެ.
އަދި ފަހަރެއްގައި، އެމީހުންގެ ތެރޭގައި އޮންނަ އެކުވެރިކަން އެހެން އެއްޗަކަށް ބަދަލުވެދާނެ ކަމަށް ވެސް ވެދާނެ އެވެ.
