Skip to content
އެސްފިޔަ

އެންމެ ފަހު ސިޓީ ـ 6

Listen to this story Audio · 10:34 Powered by Esfiya Voice
0:00 10:34

އޮފީސް ކޮޓަރި އޮތީ ހުސްކޮށެވެ. ރައްޔާން ހުރީ ބޭރުގައެވެ. ޝައުހާ މަޑުމަޑުން ސީލިންގްގެ ދޮރުފަތް ކޮއްޕާލުމަށްފަހު، އޭނާގެ ފައި ތިރިއަށް އެލުވާލިއެވެ. އޭނާ ހިތްވަރުކޮށްފައި ތިރިއަށް ފުންމާލިއެވެ. އޭނާ ވެއްޓުނީ ރައްޔާންގެ ބޮޑު މޭޒުމައްޗަށެވެ. އެއްވެސް އަޑެއް ނުލައި އޭނާ މޭޒުމަތިން ބިމަށް ފޭބިއެވެ. އޭނާގެ ކުރިމަތީގައި މިހާރު އޮތީ ރައްޔާންގެ ސޭފެވެ. އޭނާ ބޭނުންވީ އެތަނުން ހަތިޔާރެއް ނުވަތަ ލަމްހާގެ ހިލިހިލާ ނައްތާލެވޭނެ އެއްޗެއް ހޯދުމަށެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ކޮންމެ ފަދަ ނުރައްކަލަކާވެސް ކުރިމަތިލާން ތައްޔާރަށް ހުރި ކަމުގެ އަސަރުތަކެވެ.

ރައްޔާންގެ ބޮޑު ލަކުޑި މޭޒުމަތިން ބިމަށް ފޭބި ގޮތަށް ޝައުހާ ނޭވާ ހިފަހައްޓާލައިގެން، ކުޑަކޮށްވެސް ހަރަކާތްނުކޮށް މަޑުކޮށްލިއެވެ. އޭނާގެ ހިތް ބާރަށް ތަޅެމުން ދިޔަ އަޑު އޭނާގެ އަމިއްލަ ކަންފަތަށް އިވޭހާ ބާރުވެފައި ހުއްޓެވެ. ބޭރުން އިވެމުންދިޔަ ބޯ ވާރޭގެ އަޑާއި، ގޭގެ ސިޓިންގްރޫމްގެ ތެރޭގައި ހުރެ ރައްޔާން ފޯނުން ހަޅޭއްލަވަމުން ދިޔަ އަޑު ފިޔަވައި އެހެން އަޑެއް އެ ބޮޑު އޮފީސް ކޮޓަރިއަކަށް ނީވެއެވެ. ޝައުހާގެ ހިތުގައި މަންމަ ވަކިވުމުގެ ހިތާމަ ކަނޑެއް ފަދައިން ރާޅުޖަހަމުން ދިޔަ ނަމަވެސް، އެ ހިތާމަ މިހާރު ވަނީ އޭނާގެ ކިބައިގައި ބަދަލުހިފުމުގެ ބާރުގަދަ ރޫހެއް އާލާކޮށްފައެވެ. އޭނާގެ ލޮލުން ބިރުވެރިކަމުގެ ކުލަވަރު މުޅިން ފިލައި، ނުރައްކާތެރި އަޒުމެއް ފާޅުވާން ހުއްޓެވެ.

އޭނާގެ ކުރިމަތީގައި ހުރީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ދަގަނޑު ސޭފެވެ. ޝައުހާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އެ ދިމާލަށް ދިޔައެވެ. ރައްޔާން އޮތީ އަވަސްއަރުވާލާފައި ސޭފްގެ ބޭރު ދޮރު ކޮއްޕާލާފައެވެ. ނަމަވެސް އޭގެ ތަޅު ހުރީ މުޅިން ނިވިފައެއް ނޫނެވެ. ޝައުހާ މަޑުމަޑުން، އެއްވެސް އަޑެއް ނުލައި ސޭފްގެ ބަރު ދޮރު ހުޅުވާލިއެވެ. އޭގެ އެތެރޭގައި ހުރި ފައިލްތަކާއި ފައިސާގެ ފުންޏަށް ބަލާލުމެއް ނެތި، އޭނާ ހޯދަން ފެށީ ލަމްހާ ފައިގެ ހިލިހިލާ ނައްތާލެވޭނެ ފަދަ އެއްޗެކެވެ.

ސޭފްގެ އެތެރޭގައި ހުރި ފައިލްތަކުގެ ފަހަތުގައި ހުރި ކުޑަ ސިއްރު ވަތްގަނޑެއް ޝައުހާގެ ލޮލުގައި އަޅައިގަތެވެ. އޭނާ މަޑުމަޑުން އެ ވަތްގަނޑު ދަމާލިއެވެ. އޭގެ ތެރޭގައި އެކި ފާޑުގެ ބާ ތަޅުދަނޑިތަކެއް ހުއްޓެވެ. އޭގެ ތެރޭގައި އޮތް އެއް ތަޅުދަނޑީގެ ކަނެއްގައި ކުޑަ ލޭތިއްކެއް ހިކިފައި ހުއްޓެވެ. ޝައުހާގެ ސިކުނޑި ވަގުތުން ބުންޏެވެ، އެއީ ލަމްހާގެ ފައިގައި އަޅުވާފައިވާ ހިލިހިލާގެ އަސްލު ތަޅުދަނޑިއެވެ. އޭނާ އަވަސްއަވަހަށް އެ ތަޅުދަނޑި އަތަށް ނަގައި ބާރަށް ހިފަހައްޓާލިއެވެ.

އޭގެ އިތުރުން، ރައްޔާންގެ މޭޒުގެ ވަތްގަނޑު ތެރެއިން ސިއްރުން ބަލާލިއިރު، އެތަނުގައި އޮތް ތޫނު، ދިގު ވަޅިއެއްވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަމިއްލަ ސަލާމަތަށްޓަކައި ހަތިޔާރެއް އޮތުން މިވަގުތު ވަރަށް މުހިންމެވެ. އޭނާ އެ ވަޅި ނަގައި، އޭނާގެ ހެދުމުގެ ތެރޭގައި ރައްކާތެރިކަމާއެކު ފޮރުވާލިއެވެ. އެވަގުތު ކުއްލިއަކަށް ބޭރު ކޮރިޑޯއިން އިވުނު ބަރު ފިޔަވަޅުތަކުގެ އަޑު އޮފީސް ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ރައްޔާން ޝައުހާ ހޯދަން އެބަ އާދެއެވެ.

ޝައުހާ އެއްވެސް ޖެހިލުމެއް ނެތި، އަވަސް ހަރަކާތްތަކާއެކު މޭޒުމައްޗަށް އަރައި، ސީލިންގްގެ ހުޅުވާފައި ހުރި ދޮރުން މައްޗަށް މުޅި ހަށިގަނޑު ދަމައިގަތެވެ. އޭނާ މައްޗަށް އަރައި ދޮރުފަތް މަޑުމަޑުން ދަމާލައި ލެއްޕި ތަނާހެން، ރައްޔާން އޮފީސް ކޮޓަރީގެ ދޮރު ބާރަށް ހުޅުވާލި އަޑު އިވުނެވެ. ދޮރު ފާރާ ޖެހުނު ބާރު އަޑާއެކު ޝައުހާގެ ނޭވާ އެތެރެއަށް ހިފަހައްޓާލިއެވެ.

ޝައުހާ ސީލިންގް ތެރޭގެ އަނދިރީގައި، ހިރަފުހުގެ ތެރޭގައި އޮށޮވުނެވެ. ތިރިން ރައްޔާން ސޭފްގެ ދޮރު ހުޅުވިފައި ހުރިތަން ފެނިގެން، އަދި އޭގެ ތެރެއިން ތަޅުދަނޑި މަދުވެފައިވާކަން އެނގުމުން ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ.

“ވާސިފް ! ކަލޭ ދިރިހުރެގެން މަގޭ ސޭފް ހާވަނީތަ؟ ކަލޭ ހީކުރީ މަގޭ އަތުން ސަލާމަތްވެވޭނެ ކަމަށްތަ؟” ރައްޔާން ރުޅިގަދަވެގެން މުޅި ކޮޓަރީގައި ހުރި އެއްޗެހި އުކައި، ބިއްލޫރިތައް ތަޅަން ފެށިއެވެ. އޭނާ ހީކުރީ އެއީ އަދިވެސް ވާސިފް ކުރާ ކަމެއް ކަމަށެވެ. ޝައުހާ ކޮޓަރީގައި ބަންދުކޮށްފައި ހުރުމުން، އޭނާގެ ހިތަށް އެއްވެސް ވަރެއްގެ ޝައްކެއް ނުވެއެވެ. ރައްޔާން ރުޅިގަދަވެގެން ހަޅޭއްލަވަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.

ޝައުހާ ބޭކާރުކޮށްލާނެ ސިކުންތެއްވެސް ނެތެވެ. ރައްޔާން ތިރީގައި ހުރެ ހަޅޭއްލަވާ އަޑު އިވޭއިރު، އޭނާ އަނދިރި ސީލިންގް ތެރޭގައި ކަކޫ މަތީގައި ފިރުކެމުން، ތިންވަނަ ބުރިއާ ދިމާލަށް މިސްރާބުޖެހިއެވެ. މަކުނުދަލާއި ހިރަފުހުގެ ސަބަބުން ކަރުތެރެ ބަންދުވެ، ނޭވާލާން އުނދަގޫވި ނަމަވެސް، އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. އޭނާގެ ހަށިގަނޑުގައި ހުރި ހުރިހާ ބާރެއް ނެރެގެން އޭނާ ކުރިއަށް ދިޔައެވެ.

އެތައް އިރެއްގެ ބުރަ މަސައްކަތުން، އޭނާއަށް ތިންވަނަ ބުރީގެ ސިއްރު ކޮޓަރީގެ މައްޗަށް ހަމަވެވުނެވެ. އެތަނުގެ ސީލިންގްގައި ހުރި ކުޑަ ބާގަނޑަކުން އޭނާ ތިރި ބަލާލިއެވެ. ކޮޓަރި ތެރޭގައި ފަނޑު ބައްތީގެ އަލީގައި ލަމްހާ އެނދުމަތީގައި އޮތެވެ. އޭނާ ހުރީ ބޭރުން އިވޭ ގުގުރީގެ އަޑާއި، ގޭތެރޭގެ އަޑުތަކުން ބިރުން ހަލާކުވެފައެވެ.

ޝައުހާ މަޑުމަޑުން ސީލިންގް ދޮރު ހުޅުވާލުމަށްފަހު، ތިރިއަށް ފުންމާލިއެވެ. ޝައުހާ ފެނުމާއެކު ލަމްހާ ސިހިފައި ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް ޝައުހާ އަވަހަށް ގޮސް އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. “އޭތް މަޑުން… އަހަރެން މިއީ،” ޝައުހާ ސިއްރުން ބުންޏެވެ.

“ލަމްހާ… އަހަރެން މިއީ ޝައުހާ. އަޑުނުލާ،” ޝައުހާ މަޑުމަޑުން ބުންޏެވެ. “އަހަރެން މިހުރީ ތަޅުދަނޑި ހިފައިގެން. އަހަރެމެންގެ މަންމަ މި ދުނިޔެ ދޫކޮށްފި. ރައްޔާން އަހަރެނާނަށް މަކަރު ހެދީ. ދެން އަހަރެން އޭނާއަށް މާފެއް ނުކުރާނަން.”

ޝައުހާ އޭނާގެ ޖީބުން ލޭގެ ނިޝާން ހުރި ތަޅުދަނޑި ނަގައި، ލަމްހާގެ ފައިގައި ހުރި ބޮޑު ހިލިހިލާގެ ތަޅަށް ކޮއްޕާލިއެވެ. އޭނާ ދެއަތުން ބާރުލާފައި އެ ތަޅުދަނޑި އަނބުރާލިއެވެ.

މީގެ ދެއަހަރު ކުރިން ޒާހިޔާގެ ފައިގައި އެޅުނު އެ ބަރު ހިލިހިލާ ނެއްޓި ، ބިމަށް ވެއްޓުނެވެ. ދަގަނޑުތައް ތަޅުމުގައި ޖެހުނު ބާރު އަޑާއެކު ލަމްހާގެ ދެލޮލުން އުފާވެރިކަމާއި ސިހުމުގެ ކަރުނަ އޮހޮރެން ފެށިއެވެ. އޭނާގެ ފައި ވަނީ ވަރަށް ބޮޑަށް ހަލާކުވެ، އަނަރޫފަވެފައެވެ. އަމިއްލައަށް ކޮޅަށް ހުރެވޭނެ ވަރުގެ ބާރެއްވެސް އޭނާގެ ހަށިގަނޑަކު ނެތެވެ.

“ޝައު… އަހަރެން ހިނގާނީ ކިހިނެއް؟ އަހަރެން ފައިގައި ބާރެއް ނެތް،” ލަމްހާ ރޮމުން އަހާލިއެވެ.

“އަހަރެން ލަމް އުފުލާނަން. އަހަރެމެން މިރޭ މި ރަށުން ފިލާނަން،” ޝައުހާ ލަމްހާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އޭނާ ލަމްހާގެ ކޮނޑުގައި އަތް އަޅުވައި، ދެމީހުން އެކުގައި މަޑުމަޑުން ހިނގައިގަތެވެ.

ދެމީހުން އެކުގައި ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތް ވަގުތެވެ. ކޮރިޑޯގެ ފުން އަނދިރިގަނޑުގެ ތެރެއިން މީހެއްގެ ބޮޑު ހިޔަންޏެއް ފާޅުވިއެވެ. އެ މީހެއްގެ އަތުގައި ބޮޑު ދަގަނޑު ބަޑިއެއް އޮތެވެ. އެއީ ރައްޔާން އެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މަރުގެ ނުލަފާ ހިނިތުންވުމެކެވެ. އޭނާގެ ދެލޮލުން ނިކުންނަނީ އަލިފާނެވެ.

“ކަލޭމެން ހީކުރީ މަގޭ އަތުން ފިލައިގެން ދެވޭނެ ކަމަށްތަ؟” ރައްޔާން ބަޑި ދިއްކުރިއެވެ. “ޝައުހާ… ކަލޭ ސީލިންގް ތެރެއިން ދަތުރުކުރާ އަޑު އަހަންނަށް އިވުނު. ކަލޭ ކޮޓަރީގައި ނެތްކަން އެނގުމުން އަހަރެން މިއައީ ސީދާ މިތަނަށް. ކަލޭ ހީކުރީ އަހަރެން މިއީ މޮޔައެއް ކަމަށްތަ؟”

ރައްޔާން ބަޑީގެ ނާގާ ޓްރިގާރ އަށް ފިއްތާލަން ތައްޔާރުވިއެވެ. ޝައުހާ އެއްވެސް ޖެހިލުމެއް ނެތި، އޭނާގެ ހެދުމުގެ ތެރޭގައި ތޫނު ވަޅި ނެގިއެވެ. އޭނާގެ ކުރިމަތީގައި އޮތީ މަރު ނޫނީ ދިިރިއުޅުމެވެ.

“ރައްޔާން… ކަލޭ މަގޭ މަންމަ މަރާލައިފީމެއްނު. ދެން އަހަރެން ކަލެއަށް ދޫކޮށެއް ނުލާނަން!” ޝައުހާ ވަޅި ހިފައިގެން ރައްޔާންއާ ދިމާލަށް ފުންމާލިއެވެ.

ޝައުހާ ވަޅި ހިފައިގެން ރައްޔާންއާ ދިމާލަށް ފުންމާލި ވަގުތު، ރައްޔާން ބަޑިން ހަމަލާދޭން އުޅުނެވެ. ނަމަވެސް ޝައުހާގެ ހަލުވި ހަރަކާތާއެކު އޭނާ ރައްޔާންގެ އަތުގައި ވަޅިން ޖެހިއެވެ. ރައްޔާންގެ އަތުން ބަޑި ބިމަށް ވެއްޓުނެވެ. ރައްޔާން ވޭނީ އަޑަކުން ހަޅޭއްލަވައިގަތެވެ. އޭނާގެ އަތުން ބޯކޮށް ލޭ އޮހޮރެން ފެށިއެވެ.

ނަމަވެސް ރައްޔާންއަކީ ވަރުގަދަ ފިރިހެނެކެވެ. އޭނާ އަނެއް އަތުން ޝައުހާގެ އިސްތަށިގަނޑުގައި ހިފައި، ފާރުގައި ބާރަށް ޖެހިއެވެ. ޝައުހާގެ ބޯ އެނބުރި، މުޅި މަންޒަރު ފުސްވިއެވެ. އޭނާގެ އަތުން ވަޅި ވެއްޓުނެވެ. ރައްޔާން ޝައުހާގެ ކަރުގައި ހިފައި ފިތާލިއެވެ. ޝައުހާއަށް ނޭވާލާން އުނދަގޫވެ، ދެލޯ ބޮޑުވިއެވެ.

“ކަލޭމެން ދެމީހުންވެސް މިރޭ މަރުވާނެ!” ރައްޔާން ނުލަފާ ގޮތަކަށް ހީނގަތެވެ. އޭނާ ބިމުން ބަޑި ނަގަން އުޅުނެވެ.

އެވަގުތު، ބަލިކަށިވެފައި އޮތް ލަމްހާ އޭނާގެ ހުރިހާ ބާރެއް ނެރެ، ބިމުން ބަރު ހިލިހިލާގެ ބައެއް ނަގައި، ރައްޔާންގެ ބޮލުގައި ބާރަށް ޖެހިއެވެ. ދަގަނޑު ބޯޅަ ރައްޔާންގެ ބޮލުގައި ޖެހުމާއެކު، އޭނާގެ ބޯ ފަޅައިގެން ގޮސް، ލޭތައް ބުރައިގެން ދިޔައެވެ. ރައްޔާން ހޭނެތިގެން ބިމަށް ވެއްޓުނެވެ.

ޝައުހާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ ބޮލުންވެސް ލޭ އަންނަމުން ދިޔައެވެ. ޝައުހާ ލަމްހާއާ ދިމާލަށް ބަލާލިއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ.

“ޝައުހާ… އަވަސްކުރޭ. އޭނާ ހޭއެރުމުގެ ކުރިން އަހަރެމެން މިތަނުން ދާން އެބަޖެހޭ،” ލަމްހާ ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.

ޝައުހާ ބޯޖަހާލިއެވެ. އޭނާ ބިމުން ބަޑި ނަގައި، ލަމްހާގެ ކޮނޑުގައި އަތް އަޅުވައިގެން ސިޑިން ތިރިއަށް ފޭބިއެވެ. ވިލާގެ ބޭރުން އިވެމުންދިޔަ ތޫފާނުގެ އަޑު ވަނީ ކުރިއަށްވުރެ ބާރުވެފައެވެ.

ޝައުހާއާއި ޒާހިޔާ ސިޑިން ތިރިއަށް ފޭބިއިރު، މުޅި ސިޓިންގްރޫމް އޮތީ އަނދިރީގައެވެ. ބޭރުން ޖަހާ ބާރު ގުގުރީގެ އަލިކަން ބިއްލޫރިގަނޑުތަކުން އެތެރެއަށް އެޅެމުން ދިޔައެވެ. ޝައުހާ ލަމްހާ ގޮވައިގެން ގޭގެ ބޮޑު ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ގޭގެ ކަނެއްގައި އޮތް މީހަކު ކުކުރާލި އަޑު އިވުނެވެ.

ޝައުހާ ބަޑި އެދިމާލަށް ހިއްލާލިއެވެ. ބައްތީގެ ފަނޑު އަލިން ބަލާލިއިރު، އެތަނުގައި ލޭގެ ތެރޭގައި އޮތީ ވާސިފް އެވެ. އޭނާގެ ހަށިގަނޑަށް ރައްޔާން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

“މެޑަމް… އަވަހަށް… އަވަހަށް ފިލާ،” ވާސިފް ވަރަށް ބަލި އަޑަކުން ބުންޏެވެ. “އަތިރިމަތީގައި… ލޯޔަރު އައި ލޯންޗް އެބައޮތެވެ. އޭގެ ފަޅުވެރިން ތިބީ ނިދާފައެވެ. އަވަހަށް ދޭ.”

“ވާސިފް، އަހަރެމެން ކަލޭ ދޫކޮށްލާފައެއް ނުދާނަން،” ޝައުހާ ރޮމުން ބުންޏެވެ.

“ނޫނޭ.. އަހަރެންގެ ދުވަސް ނިމިއްޖެ. މެޑަމް މެން ސަލާމަތްވުމަކީ މަގޭ އެންމެ ބޮޑު އުންމީދެވެ. އަވަހަށް ދޭ!” ވާސިފް ދެލޯ މަރާލިއެވެ. އޭނާގެ ނޭވާ ހުއްޓުނެވެ. ވާސިފް ދުނިޔެ ދޫކުރީއެވެ.

ޝައުހާ ލަމްހާގެ އަތުގައި ބާރަށް ހިފިއެވެ. “ލަމްހާ، ހިނގާ ދާން!” ދެމީހުން އެކުގައި ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ. ބޭރުން އައި ބާރު ވައިރޯޅިއާއެކު ބޯ ވާރޭ އެމީހުންގެ މޫނުގައި ޖެހުނެވެ. އެމީހުން އަތިރިމައްޗާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ގޭގެ މަތީ ބުރުން ރައްޔާންގެ ބާރު ހަޅޭކުގެ އަޑު އިވުނެވެ. އޭނާ ހޭލީއެވެ!

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. Shaba_17

    Mi part ves vrh Rythi MA ✨💕
    Alhey no way vasif maru V Dhwww 😭💔
    Shauha and lamha avahah dhey rayyaan ahnan vaairah
    Omggg Haadha curios kohlaafa thi ninmaaly 😅
    Curiously waiting for the next part When’s next?
    Lysm and Tc 💗

    1. Raya.aaaaa
      Shaba_17

      Thank youuuuuuu so much 🥹🫶🏻
      Yeaa vasif maru v 😭
      Eheheheheh 😅
      IA vrh avahah kiyaalan libeyne 😀
      Inthizaaru kohla!
      Lym and u also tc dhooni 🫶🏻🫀

  2. lara_11

    omg omg dhen kihineh vaanee
    vrh reethi and sshauha and lamha they both r so brave
    akamaku shauha ge mama maruveema dera
    and vasif i really hope they will gonna get the f#*k out of that islan
    LYSM
    TC bye

    1. Raya.aaaaa
      lara_11

      Thank youuuuuuu sooo much 🫶🏻
      Dhn vaane gotheh balamaa dhwww 😣
      Shauha mamma maru v ma aslu vess vrh dhera… Ekm shauha mamma maru v ma e hiyvaruga shauha amihla nafsu salaamai kuran e ulhenyy….
      Lym and u also tc 🫶🏻🫀

  3. Nuha.aaaaa

    Alhey vrh rythi MA mi part vess 😍
    Vasif maru v dhw…. Soo sadd 😭
    Haadha curious ey….
    Curiously waiting for the next part????
    When next…????
    Lysm and Tc my bestie 💗😍

    1. Raya.aaaaa
      Nuha.aaaaa

      Thank youuuuuuu sooo much 🫶🏻☺️…..
      Yeaa vasif maru v 😭
      IA vrh avahah kiyaalan libeyne 😀
      Inthizaaru kohla!
      Lym and u also tc my darll 🫶🏻🫀

  4. Ikaan_22

    Aww vrh rythi mi part vess MA 💗
    Curiously waiting for the next part…..
    Whn nxt part?????
    Lysmmmmm 💞🖤

    1. Raya.aaaaa
      Ikaan_22

      Thank youuuuuuu sooo much 🫶🏻☺️
      IA vrh avahah kiyaalan libeyne 😀
      Inthizaaru kohla!
      Lymmm 🫀🫶🏻

  5. Gurrly currly

    Maashaa Allah mi part vx varah varah reethi…..
    KurevE part ah comment nukuriyas keen engey….
    Mi vhk kiyaairu hiyy innnaanee hama thelhi.. dhn vaane gotheh neyngeyythee…
    You’re soo talented maashaa allah…
    Keep shining….
    When next?

    1. Raya.aaaaa
      Gurrly currly

      Awwn Thank youuuuu so much 🥹🫶🏻….
      Maa bodah dhww curious kohlevunee mi…
      IA vrh avahah kiyaalan libeyne 😀
      Inthizaaru kohla!
      By the way sorry for the late reply 😔

  6. Shifaann_22

    Omg my dhoony…. Mi part vess vrh rythi MA 💓 ✨
    dhn kihineh tha vaany……
    Lamha and shauha salaamai vaane dhwww 😢
    Alhe haadha curious ey…….
    Curiously waiting for the next part
    Whn nxt??????
    Lysm and Tc bby 💋🤭

    1. Raya.aaaaa
      Shifaann_22

      Omg my shifaan…. Thank youuuuuuu sooo much 🫶🏻☺️..
      Let’s see dhw lamha and shauha salaamai vey tho….
      Aslu vess vrh curious tha?
      IA vrh avahah next part vess kiyaalan libeyne 😀
      Inthizaaru kohla!
      Lymm and u also tc my lwbi 🫶🏻🫀

    2. Raya.aaaaa
      Shifaann_22

      Omg my shifaan… Thank youuuuu so much 🥹🫶🏻..
      Dhn vaane gotheh balamaa dhwww….
      Lamha and shauha salaamai vaane tho vess balamaa ….
      Alhe vrh curious tha 🤭
      IA vrh avahah kiyaalan libeyne 😊
      Inthizaaru kohla!
      Lymm and u also tc my lwbi 🫶🏻🫀

  7. Nnn

    Vvv nice 🙂👍

    1. Raya.aaaaa
      Nnn

      Thank youuuuuuu 🥹🫶🏻

  8. goat 🐐

    Salhi <3
    When next
    Lyy nd tc

    1. Raya.aaaaa
      goat 🐐

      Thank youuuuuuu 🥹🫶🏻
      Vrh avahah kiyaalan libeyne IA ☺️
      Inthizaaru kohla!
      Lym and u also tc 🫶🏻🫀

  9. Anonymous

    Whn next

    1. Raya.aaaaa
      Anonymous

      Vrh avahah kiyaalan libeyne IA ☺️
      Inthizaaru kohla!

Comments are closed.