މަލަކް ޒައުލްއަށް ބަލާލިއެވެ. އަދި ފާޑަކަށް މޫނަށް ގޮތެއް ހަދާލިއެވެ. ޒައުލް ވެސް ބޯހޫރުވާލަމުން ހީލިއެވެ.
*******
އެދުވަހުގެ ގަޑިތައް ނިމިގެން ދިޔައީ އެކަހަަލަ ގޮތަކަށެވެ. އިރު އިރު ކޮޅުން ކޮންމެ ވެސް ކަމަކާ ޒައުލް މަލަކް ރުޅި އަރުވާލައެވެ. ކުލާހަށް އައި ފުރަތަމަ ދުވަހުގައި ވެސް ކުރިމަތިލާން މިޖެހުނީ ބޯހަރު އަންހެން ކުއްޖަކާއި ވިއްޔާއެވެ. ޒައުލްއަށް ކިޔެވުމުގެ ބަދަލުގައި އިސްކަން ދެވުނީ މަލަކް އަށެވެ. ގަޑިތައް ނިމި އެދުވަހުގެ ކިޔެވުން އެއްކޮށް ނިމިއްޖެއެވެ. މަލަކް އަވަސްވެގަތީ މިއަދު ވީހާ ވެސް އަވަހަކަށް ގެޔަށް ދާށެވެ. އެހެން ދުވަސް ތަކުގައި އައިލާ އާއި އެކުގައި މުޑުކުރި ނަމަވެސް މިއަދު އޭނާ މިޑު ކުރާކަށް ބޭނުމެއް ނޫނެވެ. މުޅި ދުވަހު ޒައުލް އާއި ހެދި އޭނާ ހުރީ ބޯގޮވާފައެވެ. އެހެންވެ އޭނާ ބޭނުންވީ އަވަހަށް ގެޔަށް ދާށެވެ. ” މަލް އަޅެ އަބަދަކު ތިހެން ވެސް ނޫޅެވޭނެއޭ…” މަލަކް އޭނާގެ ފޮތްތައް ދަބަހަށް އަޅަން ފެށުމުން އައިލާ ބުނެލިއެވެ. ” ޔާޔަ ދެން ތިބުނީ އަހަރެން އެފޮނި ޒައުލް ގަނޑާ އކު މިތާގަ އިންނާށޭތަ… ނޯވޭ… އޭނަ ކުލާހަށް އައުމު ކުރިން އަހަރެން ބޭނުނުވަނީ ދާން….” މަލަކް އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ.
” ފުރަތަމަ ވެސް އޭނާ ވާހަކަ ދެއްކީމައި ރީތިކޮށް ވާހަކަ ދެއްކިނަމައެއްނު..” އައިލާ ބުނެލިއެވެ. ” އެންމެނެއް މަލަކް ގާތަކު ރަށްޓެހިވާކަށް ނާހާނޭ… އެހެން ނޫނަސް އެހިޔަސް ވެސް މަލްއަށް ކަމުނުދަންޔާ ކޮންމެ ހެން ނުޖެހޭނެ އާއެކޭ ބުނާކަށް..” އައިލާ ބުނެލިއެވެ. އައިލާ އެބުނީ ވެސް ރަނގަޅު ވާހަކަ އެކެވެ. އަބަދު މަކަލް ގާތުގައި ރަށްޓހިވާން މީހުން އެހިޔަސް މިފަހަރު ތަފާތު ވެދާނެތާއެވެ. ނަމަވެސް އޭނާ މިއަދު ބޭނުންވަނީ ހަމަ ގެޔަށް ދާށެވެ. އައިލާ ބުންޔަސް މިއަދު އޭނާ ދާނީ ގެޔަށެވެ. ބޮލަށް ތަދުވާވަރުން ހުރެވެނީއެއް ނޫނެވެ.
މަލަކް ހުރީ ކޮލެޖްގެ ގޭޓް ދޮރު މަތީގައެވެ. މާ ގިނައިރަކު އެތާ ހުންނާކަށް ނުޖެހުނެވެ. ޔައިލް އައިސް ސައިކަލުގައި މަޑުކޮއްލިއެވެ.” ހާދަ ކުރިއަކުން މިއަދު ގެޔަށް ތިދަނީ…” ޔައިލް އައިސް މަޑުކޮށްލަމުން އަހާލިއެވެ. ” ހޫމް.. ބޮލުގައި ރިއްސާތީވެ..” ހަމަ އެކަނި އެހެން ބުނެލަމުން މަލަކް ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ޔައިލް ވެސް އިތުރު އެއްޗެއް ނުބުނެއެވެ. މަޑުން އިނދެ ސައިކަލު ދުއްވާލިއެވެ.
މަލަކް ދިޔުމުން މިއަދު އައިލާ އިނީ އެކަނި ވެފައެވެ. ކޮންމެ ދުވަހަކު ވެސް ދޭ ފިލާވަޅުތައް އޭނާ ނިންމަނީ އެތާގައި އިނދެގެންނެވެ. އެހެނަސް މިއަދު އެކަނި އިންނަން ޖެހުމުން އައިލާ އިނީ ފޫހި ވެފައެވެ. އެހެން އިންދާ ކުލާހުގެ ދޮރުން ވަދެގެން އައީ ޒައުލް އާއި އޭނާގެ ދެ އެކުވެރިން ރާއިލް އާއި އިވާން އެވެ. އައިލާ ވެސް ހިނިތުން ވެލަމުން ތިން ފިރިހެން ކުދިންނަށް ހަނާ އަޅާލިއެވެ. އެވަގުތު ޒައުލް ހޯދީ މަލަކް އެެވެ. މަލަކް ފެންނަން ނެތުމުން އޭނާގެ ޕްލޭން ކާމިޔާބު ނުވާނެ ކަން އެނގުނެވެ. އަދި އެއްޗެއް ނުބުނީ އައިލާ އަކީ މަލަކްގެ އެކުވެރިޔާއަށް ވީމައެވެ. “ހޭއި…” ޒައުލް އައިސް އައިލާ ކުރިމަތީގައި ހުއްޓިލަމުން އަހާލިއެވެ. އައިލާ ވެސް ހިނިތުން ވެލަމުން ޒައުލް މެންނަށް ހަނާ އަޅާލިއެވެ. “ކޮބާ މަލަކް… ހާދަ ަވަހަކަށް ދިޔައީ…” މަލަކްގެ ވާހަކަ އަހަން ނާހަން ހުރެފައި ޒައުލް އައިލާ ގާތުގައި އަހާލިއެވެ. “މަލަކް ދޯ… ނޭނގޭ މިއަދަކު ވަރަށް ކުރިން ގޮއްސި…. އަހަރެން ކިޔާ ކިޔާ ވެސް އޭނާ މަޑެއް ނުކުރި… އައިލާ ބުނެލިއެވެ.” އަނެއްކާ އަހަރެންނާ ހެދިތަ…؟ ޒައުލް އައިލާއަށް ބަލާލަމުން އަހާލިއެވެ. އައިލާ ހަމަ އެކަނި ބުނެލި އެއްޗަކީ ނޯއެވެ. އައިލާގެ މޫނުމަތި ހުރިގޮތުން ކޮންމެ ވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ. ” އައިއަށް އޯކޭއޭ ޖަސްޓް ލެޓް މީ ނޯ…އަހަރެންނާ ހެދިތަ މަލަކް ގެޔަށް ދިޔައީ….؟ މިފަހަރު އޮޅުވާލާކަށް އައިލާ ނޫޅެއެވެ. ހަމައެކަނި ހޫމް އެކޭ ބުނެލަމުން އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ޒައުލް ވެސް އިތިރު އެއްޗެއް ނުބުނެއެވެ.
ޒައުލް އާއި އޭނާގެ އެކުވެރިންނާއި އެކުގައި ތިބެގެން އައިލާ އޭނާގެ މަސައްކަތް ނިންމާލިއެވެ. އަދި ގެޔަށް ދާންވެގެން ނުކުތެވެ. އޭރު ގަޑިން މެންދުރު އެކެއް ޖަހައިފިއެވެ. ގެޔަށް ދިޔަ ގޮތަށް ގޮސް އައިލާ އަވަސްވެގަތީ ފެންވަރާލައިގެން ކެއުމަށެވެ. އައިލާ ބަދިގެޔަށް ދިޔައިރުގައި އޭނާގެ ކޮއްކޮ ރާޔާ އާއި މަންމަ ނަސްރީނާ ބަދިގެތެރޭގައި އުޅުނެވެ. އައިލާ ހަމަ ބަދިގެޔަށް ވަނުމާއެކު ނަސްރީނާ ހިނިތުންވެލަމުން ކާން އަންނަން ގޮވާލިއެވެ. ބަނޑުހައި ވެފައި ހުރިލެ ބޮޑުކަމުން އައިލާ ވެސް އަވަސް ކޮއްލައިގެން ކާން އިށީނެވެ. ކައިނިމިގެން ތަށިތައް ނަގާފައި އައިލާ އޭނާގެ މަންމައަށް ބަދިގެތެރޭގެ މަސައްކަތް ތަކުގައި އެހީތެރި ވެދިނެވެ. ބަދިގެތެރޭގައި އެހީޔެރިވެދޭން އުޅުމަށްފަހުގައި އައިލާއަށް ކޮޓަރިއަށް އާދެވުނު އިރުގައި ތިންގަޑި ބައިވެއްޖެއެވެ. ކޮޓަރިއަށް އައިގޮތައް އައިސް އައިލާ ބޭނުންވީ ޖައްސާލާށެވެ. ކޮލެޖުން އައިގޮތައް ކައިގެން އޭނާ އުޅުނީ ބަދިގޭގައި ވިއްޔާއެވެ. އެހެން އޮއްވާ އައިލާއަށް ނިދުނު އިރުގައި ވެސް ނޭނގުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part ves vrh Rythi Masha Allah ✨🖤
Alhey Malak dhn xaul aa talk kohba dhw
Malak and xaul vrh gulhey Hehehe 😅
Curiously waiting for the next part When’s next?
Lysm and Tc 💗✌🏻