Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ކަލާގެ ތިޔަ ސޫރަ ދެކިލުމުން

Azko Level 1
August 19, 2026 2 Mins Read
0 Comments

އެދުވަހުގެ ހަވީރު އަޒްކާ ގެއަށް އާދެވުނީ ވަރަށް ލަހުންނެވެ. އިރު އޮއްސެން ކައިރިވެފަ ހުއްޓައެވެ.

ސޯފާ ކައިރިއަށް ދަބަސް ވައްޓާލަމުން ވަރުބަލިކަމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މަންމާ… އައިމް ހޯމް…”

“ވެލްކަމް ހޯމް” ބަދިގެއިން އަޒްކާގެ މަންމަ، އާރިފާ ގޮވާލިއެވެ. “ސްކޫލް ކިހިނެތް؟”

“ރަނގަޅު” އަޒްކާ އަވަސް އަވަހަށް ޖަވާބު ދިނެވެ.

އަޒްކާ ގޭތެރެޔައް ކުޑަކޮށް ނަޒަރު ހިންގައި ބަލައިލިއެވެ.

“ކޮބާ ބައްޕަ؟”. އަޒްކާ މަޑުމަޑުން ބުނެލިއެވެ.

”ބައްޕަ މިއަދު ކޮންމެސް ބިސްނަސްގެ މައްސަލައެއް ޖެހިގެން އައްޑޫއައް ފުރައިފި. މިހާރު އެކޮޅައް ދެވިދާނެ”.

މަންމަ އިތުރު އެއްޗެއް އަހާލުމުގެ ކުރިން އަޒްކާ އަވަސް އަވަހަށް ސިޑިން މައްޗަށް އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރީގެ އެތެރެއަށް ވަނުމާއެކު ދޮރު ލައްޕާލުމަށްފަހު ކުޑައިރުކޮޅަކު ދޮރުގައި ލެނގިލައުގެން އިނެވެ. މަތީ ބުރީގައި ތިރީ ބުރީގެ ގޭތެރެއަށް ވުރެ ހަމަހިމޭންކަން ލިބިފައި ހުއްޓެވެ. ތިރިން ތަށިތަކުގެ މަޑު އަޑުތަކާއި ބަދިގެ ތެރޭގައި މަންމަ ހަރަކާތްތެރިވާ އަޑު އިވެމުން ދިޔައެވެ.

އަޒްކާ އަރާމު ހުދުކުލައިގެ ޓީޝާޓަކާއި ކުރު ކަޅު ކުލައިގެ ސޯޓު ކޮޅަކަށް ބަދަލުވެ އޭނާގެ މޭޒުދޮށުގައި އިށީނެވެ. އަދި އޭނާގެ ދެކޮނޑާ ހަމަޔައް އަރާ އިސްތަށިގަނޑު ދޫ ހުޅި އަކައް ޖަހައިލިއެވެ. ރޭގަނޑުގެ ކެއުމުގެ ކުރިން ހޯމްވޯކް ނިންމާލަން އަޒުމް ކަނޑައަޅައިގެން ސްކޫލް ފޮތްތައް ހުޅުވާލިއެވެ.

އެކަމަކު އެއް ނޯޓްފޮތް ނެގި ވަގުތު ސަފުހާތަކުގެ ދޭތެރެއިން އެއްޗެއް މަޑުމަޑުން ބިންމައްޗަށް ވެއްޓުނެވެ.

އެއީ އެ ބުކްމާކްއެވެ…

އަޒްކާ ގުދުވެލާފަައި އެ ބުކްމާކް ނެގިއެވެ.

އިރުކޮޅަކަށް އެއަށް ބަލަހައްޓައިގެން ހުއްޓެވެ.

އިރުއިރުކޮޅުން ޒައިކްގެ ސޫރަ ސިކުނޑިއަށް ވަދެއެވެ.

އޭނާގެ މަޑުމައިތިރި އަޑެވެ.

އަދި އަމުދުން އޭނާ ކީ ބަސްތަކެވެ.

“އަހަންނަށް ކަންކަން ފާހަގަ ކުރެވެއެވެ”.

އަޒްކާއަށް ހީވީ އޭނާގެ ކޯތާފަތް ހޫނުވެގެން ދިޔަހެންނެވެ.

“ކީއްވެ އަނެއްކާ އަހަރެން އޭނައާއި ދޭތެރޭ ވިސްނަނީ؟” އޭނަ މަޑުމަޑުން މޭޒުގައި ބޯ އަޅާލިއެވެ.

އަދި އިރުކޮޅެއްފަހުން އަވަސް އަވަހަށް ބުކްމާކް މޭޒުމަތީގައި ބާއްވައިފައި، ބަހައްޓާފައި ހުރި ޓެކްސްޓް ފޮތް ހުޅުވާލިއެވެ.

ކުރިއަށް އޮތް ދެތިން މިނެޓް ވަންދެން އޭނަ މަސައްކަތް ކުރަމުން ދިޔައީ ސަމާލުކަން ދޭށެވެ. އެއް ޕެރެގްރާފް ތިން ފަހަރު ކިޔާލި ނަމަވެސް އެއިން އެއްވެސް ބަހެއް ބޮލުގައި ނުހުންނަ ކަހަލައެވެ.
އެވަގުތު އޭނާގެ ފޯނު ގުގުމާލިއެވެ.

އަޒްކާ ސްކްރީނަށް ނަޒަރު ހިންގާލިއެވެ.

ޔާރާ: ސޯ… ހައު ވޮސް ދަ މީލް ވިތް ޒައިކް؟

އަޒްކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

އަޒްކާ: އެކަންޏެއް ނޫން ކެއީ… ޔޫ ވާ އޯލްސޯ ދެއާ…

އަޒްކާ މެސެޖު ފޮނުވާލިއެވެ.

ޔާރާގެ ޖަވާބު އައީ ދާދި ވަގުތުންނެވެ.

ޔާރާ: ދެޓްސް ނޮޓް އިމްޕޯޓެންޓް، އަޒް.

އިރުކޮޅަކަށް ފަހު ޔާރާގެ މެސެޖައް ބަލަން އިނދެފައި އަޒްކާ ލިޔެލިއެވެ.

އަޒްކާ: ކޮބާ ދައްތަމެން؟ ރަނގަޅުތަ؟

ޔާރާ: ޔެޕް! ވަޓް އަބައުޓް ތިކޮޅު؟

އަޒްކާ: މިކޮޅު ވެސް އޯކޭ…

ފޯނު ބާއްވަން އުޅެނިކޮށް އެހެން އިތުރު ނޮޓިފިކޭޝަނެއް ފެނުނެވެ.

މިފަހަރު ޔާރާއެއް ނޫނެވެ.

އެއީ ޒައިކް އެވެ.

އަޒްކާ ފިނިވެގެން ދިޔައެވެ.

މަދު ސިކުންތުކޮޅަކަށް އޭނަ ޒައިކްގެ ނަމަށް ބަލަހައްޓައިގެން ހުއްޓެވެ.

އޭނަގެ ހިތް ބާރު ބާރަށް މޭގައި ތެޅެން ފެށިއެވެ.

މެސެޖް ހުޅުވާލިއެވެ.

ޒައިކް: ޑިޑް ޔޫ… އަރައިވް ހޯމް ސޭފްލީ؟

އަޒްކާ ލޯ މަރާލިއެވެ.

ހަތަރު ފަހަރު ކިޔާލިއެވެ.

އެ މޫނުމަތިން ކުޑަ ހިނިތުންވުމަކާއި ލަދުވެތިކަމެއް ފާޅުވިއެވެ.

އަޒްކާ: އާނ… ގެއައް އާދެވުނު ސޭފްކޮށް. ވަޓް އަބައުޓް ޔޫ؟

ދެތިން ސިކުންތު ގަޑިން ފާއިތުވެގެން ދިޔައެވެ.

އެވަގުތު އޭނާއަށް ޒައިކްގެ ޖަވާބު ފެނިގެން ދިޔައެވެ.

ޒައިކް: މީ ޓޫ…

މާ ބޮޑަށް ހިނިތުންވުމެއް ނުދޭން މަސައްކަތް ކުރަމުން އަޒްކާ އޭނާގެ ފޯނު ކައިރިއަށް ހިފަހައްޓާލިއެވެ.

ފަހަރެއްގައި އެއީ އެއްވެސް ކަމެއް ނޫން ކަމަށް ވެދާނެއެވެ.

ފަހަރެއްގައި ޒައިކް ހަމައެކަނި އޯގާތެރިވަމުން ދިޔައީ ކަމަށް ވެދާނެއެވެ.

އަދިވެސް އޭނާގެ މެސެޖަށް އަނެއްކާ ބަލާލުމާއެކު އަޒްކާއަށް އާދަޔާ ހިލާފު އިހުސާސެއް ކުރެވުނެވެ.

ކޮންމެވެސް ގޮތަކުން، އެއީ ދެން އެއްވެސް ކަމެއް ނޫނެވެ.

Share Article

Follow Me Written By

Azko

Level 1

Other Articles

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ .
Previous

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ: (ތިންވަނަ ބައި)

Next

މަލަކް

Next
August 19, 2026

މަލަކް

Previews
August 18, 2026

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ: (ތިންވަނަ ބައި)

ކަނޑުގެ ލޮނާއި ހިތުގެ ކަރުނަ .


All Right Reserved!