ކަލާގެ ތިޔަ ސޫރަ ދެކިލުމުން – 3
ސްކޫލުގެ ބެލް ޖެހުމުން ވަގުތުން ކްލާސްރޫމް އަޑުގަދަވެގެން ދިޔައެވެ.
އަޒްކާ އޭނާގެ ދަބަހަށް ފޮތްތައްލީ ނަމަވެސް ކޮޅަށް ހުރުމުގެ ކުރިން ޒައިކް އަދިވެސް އޭނާގެ ކައިރީގައި އިށީނދެގެން އިންކަން އޭނާއަށް ފާހަގަ ކުރެވުނެވެ.
އޭނާ މަޑުމަޑުން ބުކްމާކް އަށް ބަލަހައްޓައިގެން ހުރެފައި ޒައިކްއާއި ދިމާލަށް އިސްއުފުލާ ބަލައިލިއެވެ.
އެވަގުތު އަޒްކާ ހިނިތުންވެލިއެވެ. “ތެންކިޔު…”
ޒައިކް އޭނައާއި ދިމާލަށް ބަލާލިއެވެ.
“ޔުއާ ވެލްކަމް…”
އެއީ އެންމެ ދެބަހެއް ނަމަވެސް ކޮންމެވެސް ގޮތަކުން އަޒްކާއަށް ހާސްކަން އިހުސާސް ކުރެވުނެވެ. ލަދުގަންނަގޮތް ވިއެވެ.
އަޒްކާ އަވަސް އަވަހަށް ދުރަށް ބަލާލިއެވެ.
ހަމަ އެވަގުތު ޔާރާ ކުލާހަށް ވަދެ، އަޒްކާމެންނާ ދިމާލަށް ހިނގައިގަތެވެ.
“ހެއި އަޒް. ވޮނަ ގޯ ގެޓް ސަމް ފުޑް؟”
“ޔެއާ… ގިވް މީ އި ސެކް…”
ޔާރާ ޒައިކްއަށް ނަޒަރު ހިންގާލަމުން އެއް ބުމަ އުފުލާލިއެވެ.
އަޒްކާއަށް ވަގުތުން އެނގުނީ އޭނަ ވިސްނަމުން ދިޔަގޮތެވެ.
“ޔާރާ…” އަޒްކާ ދެކޯތާފަތް ރަތްވުމުން، ލަދުގަނެފައި ޔާރާ ގާތު ބުނެލިއެވެ.
ޔާރާ މައުސޫމް ގޮތަކަށް ހިނިތުންވެލިއެވެ. “އެއްޗެކޭ ނުކިޔަން.”
“ކަމް އޯން ޔާރާ. އަހަރެންނަށް އިނގޭ ޔޫގެ ވިސްނުން ހުރި ގޮތް…”. އަޒްކާ ރަކިވެ ހުރެފައި ޔާރާ ގާތު މަޑުމަޑުން ބުނެލިއެވެ.
“ހަހަ… ޗިލް އައުޓް އަޒް. އައި ވޯންޓް ޑޫ އެނީތިންގް ސްޓޫޕިޑް…”. އޭނާ މަޑުމަޑުން ދެއަތް މައްޗަށް ދަމާލަމުން މަޖާ ގޮތަކަށް ބުންޏެވެ.
ޒައިކް މަޑުމަޑުން އޭނާގެ ދަބަސް ނަގައިގެން ކުލާހުން ބޭރަށްދާން ހިނގައިގަތުނެވެ.
ް
“ސީޔޫ ލޭޓަރް….”
އަޒްކާ ލޯ މަރާލިއެވެ.
“ވެ-ވެއިޓް…”
ޒައިކް މަޑުކޮށްލިއެވެ.
“އާރޔޫ ގޮއިން… ޓުދަ ކެފަޓީރިޔާ ޓޫ؟”
އޭނާ ބޯޖަހާލިއެވެ.
އަޒްކާ ފަސްޖެހުމުގެ ކުރިން “ޑުޔޫ… ވޮނަ ކަމް ވިތްމީ؟” އަޒްކާ ލަދުގަނެފައި ހުރެ ޒައިކް ގާތު އަހާލިއެވެ.
ޔާރާގެ ދެލޯ ބޮޑުވިއެވެ.
ޒައިކް ދެތިން ސިކުންތު ވަންދެން އަޒްކާއަށް ބަލާލިއެވެ.
ދެން ބޯޖަހާލިއެވެ.
“ޝުއާ…”
ތިން މީހުން އެކުގައި ކުލާހުން ނިކުމެ ކެފަޓީރިޔާއާއި ދިމާލަށް އެކުގައި ހިނގައިގަތެވެ.
އެމީހުން ކެފޭޓީރަޔާއާ ހަމައަށް ދެވުމުން ކުއްލިއަކަށް ޒައިކް ހުއްޓުނެވެ.
“އަޒްކާ.”
އޭނަ އެނބުރިލިއެވެ.
“ޔެސް؟”
“ޔޫ ޑްރޮޕްޑް ދިސް އިން އިންގްލިޝް ކްލާސް…”
އޭނާ ކުޑަ ކަރުދާސްކޮޅެއް ދިއްކޮށްލިއެވެ.
އަޒްކާ އެ ކަރުދާސްގަނޑުގައި ހިފައި މަޑުމަޑުން ހުޅުވާލިއެވެ.
އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
އެއީ ކްލާހުގައި އޭނާ ހަދާފައިވާ ކުރެހުމެކެވެ. ސްކޫލް ބަގީޗާގެ ކުޑަކުޑަ ސްކެޗެކެވެ.
“ޔޫ ފައުންޑް ދިސް…؟”
އަޒްކާ އިސްއުފުލާ ޒައިކްގެ މޫނައް ބަލައިލިއެވެ.
ޒައިކް ބޯޖަހާލިއެވެ.
“އަހަރެންނަށް ހީވަނީ ތީތި މޭޒުމަތީގައި ބާއްވާފައި އޮތީހެން.”
އަޒްކާ ލަދުގަނެފައި ހިނިތުންވެލިއެވެ. “އެންޑް… ޔޫ ނޯޓިސްޑް އިޓް؟”
ޒައިކް ދުރަށް ބަލާލިއެވެ.
“އަހަންނަށް ކަންތައްތައް ފާހަގަ ކުރެވެއެވެ.”
ކޮންމެވެސް ސަބަބަކާހުރެ އެ ބަސްތަކުން އަޒްކާގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ޔާރާ ކައިރިއަށް ލެނގިލަމުން ހީނލަމުން ބުނެލިއެވެ، “އަހަރެންނަށް ހީވަނީ ކަންކަމަށްވުރެ ބޮޑަށް އޭނާއަށް ކަލޭ ފާހަގަ ކުރެވޭހެން.”
އަޒްކާގެ މޫނު ގަދަ ރަތްވެގެން ދިޔައެވެ.
“އެ-އޭނ؟!”
ކުޑަކޮށް އޮޅުން ބޮޅުން ވެފައި ހުރެ ޒައިކް އެނބުރި އެމީހުންނާ ދިމާއަށް ބަލާލިއެވެ.
“ކީކޭ؟”
“އެއްޗެއްނޫން!” އަޒްކާ އަވަސް އަވަހަށް އޭނާގެ ރަތްވެފައިވާ މޫނު ދެއަތްތިލަ ތެރޭގައި ފޮރުވާލަމުން ބުނެލިއެވެ.
ޒައިކް ކުޑަކޮށް ހިނިތުންވެލިއެވެ.
ނަމަވެސް މިފަހަރު އަޒްކާއަށް ހިނިތުންވުމެއް ނުދެވުނެވެ.
ފަހަރެއްގައި ޒައިކްގެ ފިނި މޫނުމައްޗަށްވުރެ މާ ގިނަ ކަންތައްތަކެއް ހުއްޓެވެ.
އަދި ފަހަރެއްގައި، ހަމަ ފަހަރެއްގައި، އޭނާއަށް ވެސް އޭނަ ފާހަގަވާން ފަށައިފާނެއެވެ.
