ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގުތައް މަތިން ދުއްވާ އެއްޗެއްގެ ހިސާބު ވެސް ފެންނާކަށް ނެތެވެ. މޫސުން ރީތި ދުވަހެއް ކަމުން ކަޅު ވިލާކޮޅެއްގެ މިނަވަރު ވެސް އުޑުމަތިން ނުފެނެއެވެ. މަދު މަދުން މަގުމަތައްމަތީގައި ހިނގާ މީހުން އެމީހުންގެ މަސައްކަތައިގެން ކުރިއަށް ދާތަން ފެނެއެވެ. ކޮޓަރީގެ ބެލްކަނިން ބޭރު ބަލަން ހުރީ ޒުވާން އުމުރުގެ އަންހެން ކުއްޖެކެވެ. ބަލާބެލިމަށް 17 ވަރަކަށް އަހަރު ވާނެއެވެ. ދިގު އިސްކޮޅަކާއި އެކު ރީތި ދޮން ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ވައިގެ ތެރެޔަށް ވިހުރެން ދޫކޮއްލާފައި އޮތް އިސްތަށިގަނޑު އުނަގަނޑުން ތިރިޔަށް ފައިބައެވެ. ބެލްކަނިން ބޭރު ބަލަން ހުރި އިރުގައި އޭނާގެ ރީތިކަން ދެގުނަ ވެގެންދެއެވެ. ހިތިފަތު ބުމައިގެ އިތިރުން ރީތި ކަޅިއެއް ލިބިފައިވެއެވެ. ހީލައިގެން ހުންނައިރު ކޯކޮޅަށް އެހެރަ އެޅޭ އަޑިކޮޅު ތަކުގެ ސަބަބުން އެ އަންހެން ކުއްޖާގެ ރީތިކަން އިތިރަށް ފުރިހަމަ ކޮއްދެއެވެ.
“މަލަކް…” ކޮޓަރިޔަށް ވަދެގެން އައި ރައުނާއަށް މަލަކް ފެންނަން ނެތުމުން ގޮވާލިއެވެ. ބެލްކަނީގައި ހުރި އަންހެން ކުއްޖާ އެވަގުތު ކޮޓަރިތެރެޔަށް ބޯދިއްކޮލިއެވެ. “ހޭލާފިންދޯ… މަންމަ ހީކުރީ ދަތިފުޅު އަދި ނުތެދުވާނެ ކަމަށް….” ރައުނާ އައިސް ކޮޓަރީގެ އެއްފަރާތެއްގައި ހުރި އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ. ” ލައްބަ މަންމާ އަޅުގަނޑު ހޭލާފިން ހަތަރުގަޑި ބައިގައި… ކޮލެޖްގެ އިމްތިހާނުތައް ފެށެން އުޅޭތީ ފިލާވަޅުތައް ދަސްކުރީމި…” މަލަކް އިޙްތިރާމާ އެކުގައި އޭނާގެ މަންމަ އާއި ވާހަކަ ދެއްކިއެވެ. ” ބައްޕަ އެބަ އިންނެވި ތިރީގައި… ދަރިފުޅު ދާންވީނުން.. މަންމަ މިއައީ ސައިހަދާފައި…” ރައުނާ ބުނެލިއެވެ. ”ލައްބަ އެބަ ދަން… މަންމަ ދޭބަ ދޮންބެއައް ގޮވާލަ ދޭން… މަލް ކޮލެޖަށް ލައިދޭން ދާން…” މަލަކް ހިނިތުން ވެލަމުން ރައުނާ ގާތުގައި ބުނެލިއެވެ. ރައުނާ ވެސް ހިނިތުން ވެލަމުން ކޮޓަރިން ބޭރަށް ހިނގައިގަތެވެ.
އެނދުމަތީގައި އަރާމުކޮށް ނިދާފައި އޮތް ޔައިލްއަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ ފުރަތަމަ ވެސް ބަލާލީ ކޮޓަރީ ފާރުގައި ހަރުކޮއްފައި ހުރި ބޮޑު ގަޑިއަށެވެ. އޭރު ގަޑިން ފަސްގަޑި ބައިވަނީއެވެ. މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީ ކާކުތޯ ޔަގީން ކުރުމަށެވެ. ކުރިމަތީގައި ހުރި އޭނާގެ ލޯބިވާ މަންމަ ފެނުމުން ހިނިތުން ވެލާފައި އޭނާ އުޅެނީ ހޭލާ ކަމަށް ބުނެލިއެވެ. އެ މަންމަ އަކީ މިދުނިޔެ މަތީގައި އެންމެ ލޯބިވާ މީހާއެވެ. ” ދަރިފުޅާ ނަމާދު ކޮއްލާގެން އާދޭ އަވަހަށް ސައިބޯން.. މަންމަ މިއައީ ސައި ހަދާފައި….. މަލަކް ވެސް އެބައިން ސައިބޯން ނުކުމެ. ބައްޕަ ވެސް އެބަ އިންނެވި…. އަވަސް ކޮއްލައިގެން އަވަހަށް އާދޭ… ދަރިފުޅު އަންނަންދެން މިތިބީ…” ޔައިލްގެ ބުރަކަށީގައި ލޯބިން ފިރުމާލަމުން ރައުނާ ބުނެލިއެވެ. ޔައިލް ވެސް މިދަނީ ކަމަށް ބުނެ އެތެރެޔަށް ވަނެވެ.
ޔައިލް ނުކުތް އިރުގައި މަލަކް ސައި މޭޒު ދޮށުގައި ކޮފީއެއް ގިރައިގެން އިނެވެ. ހިނިތުން ވެލާފައި އެވަގުތު އޭނާގެ މޮޅު ސިކުނޑިއަށް އައި ހިޔާލަކުން މަލަކް އާއި ދިމާލަށް ޔައިލް ހިނގައިގަތެވެ. މަޑުމަޑުން ގޮސް މަލަކްގެ ފަހަތުގައި ޔައިލް ހުއްޓިލީ އޭނާ ސިއްސުވާލާށެވެ. އެކަން އޭނާ ކާމިޔާބު ވެސް ކުރިއެވެ. ” އާއާއީއީ……” އެއް އަތުން ކޮފީ ތައްޓާއި އަނެއް އަތުން ފޮތެއް ހިފައިގެން ކިޔަން އިން މަލަކް ސިއްސައިގެން ގޮސް ހަޅޭ ލަވައިގަތީ ފަހަތުން މީހަކު އޭނާ ސިއްސުވާލުމުންނެވެ. އޭރު ޔައިލް ހީހީފައި ގޮސް ކާމޭޒު ދޮށުގައި އިށީންނަނީއެވެ. ” ދެންން ދޮންބޭ…. ކިތައް ދުވަހުތަ ދޮންބެ ގާތުގައި ބުނާނީ މަލް ތިހެން ނުސިއްސުވާށޭ..” ޔައިލްގެ ގައިގައި ބޮނޑިއެއް އަޅަމުން މަލަކް ބުނެލިއެވެ. އޭރު ރައުނާ އާއި މަލަކް މެންގެ ބައްޕަ މާޒިން ވެސް އައިސް ކާމޭޒު ދޮށުގައި އިށީންނަނީއެވެ. ” ދަރިފުޅުމެން އަޅެ ދުވަހަކުވެސް ބޮޑެއް ނުވޭތަ.. ގައިމު ޔައިލްގެ އުމުރުން މިހާރު 22 އަހަރުވީ…” ބޯހޫރުވާލަމުން މާޒިން ކާމޭޒު ދޮށުގައި އިށީނެވެ. ” ބައްޕަ ދައްކާ ވާހަކަ… މަލް އާއި ސަމާސާ ކޮއްނުލެވިއްޖެޔާ އަޅުގަނޑުގެ ދުވަސް ފުރިހަމައެއް ނުވާނެ..” މަލަކްއަށް އެއްލޯ މަރާލަމުން ޔައިލް އެހެން ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ. ދެދަރިންގެ ހިފުންގަނޑު ފެނިފައި ރައުނާ ވެސް ބޯހޫރުވާލިއެވެ. ކިތަންމެ ބޮޑެއް ވިޔަސް ޔައިލްގެ އެގޮތްގަނޑު ނުކެނޑޭނެކަން ރައުނާއަށް އިނގެއެވެ. ކިތަންމެ ވަރަކަށް އެދެކުދިން ހިފި ކަމުގައި ވީ ނަމަވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ލޯބިވާ ދެދަރިން ހެޔޮ ގޮތުގައި ބަލާ ބޮޑުކުރެވުނީތީ މިއަދު ރައުނާ އުފާކުރެއެވެ.
ކޮލެޖައް ދާން ރެޑީވެގެން ނުކުތް މަލަކް އޭނާގެ ފޯނަށް ނަޒަރެއްދިނީ އަދިވެސް ޔައިލް އޭނާ ބަލައި ނާންނާތީއެވެ. ގަޑި ޖެހެން މިހާރު ދިހަ މިނެޓަށް ވީއެވެ. މިއަންނަނީ އޭ ބުނިމީހާއަށް އަދިވެސް އާދެވޭ ވަރުނުވަނީ ކަންނޭގެއެވެ. އެވަގުތު މަގުގެ ކޮޅުން ޔައިލް ސައިކަލުގައި އަންނަތަން މަލަކްއަށް ފެނުނެވެ. ފުންނޭވާއެއް ލަމުން ހިތުން އޭނާ އާއި ދިމާލަށް ކުދި ކިޔައިގަތެވެ. ޔައިލް އައިސް މަޑުކޮއްލުމާއެކު މަލަކް އަވަހަށް ސައިކަލު ފަހަތައް އެރިއެވެ. މަލަކް އަރައި ހަމަ ޖެހުމާއެކު ޔައިލް ސައިކަލު ދުއްވާލިއެވެ. މާލޭގެ މަގުތައް މަތިން ދުއްވަމުން އައިސް ކޮލެޖާއި ހަމަޔަށް މަޑުކޮއްލުމާ އެކުގައި މަލަކް ސައިކަލުން ފޭބިއެވެ. އަދި ޔައިލް ގާތުގައި ދަނީއޭ ބުނެލަމުން އެތެރެޔަށް ވަންނަން ހިނގައިގަތެވެ.
ކުލާހަށް ވަދެވުމާއެކު ފުރަތަމަ ވެސް މަލަަކް ހޯދީ އެންމެ ގާތް އެކުވެރިޔާ އައިލާ ކޮބައިތޯއެވެ. ކުލާހުގެ އެންމެ ފަހަތު ސީޓުގައި އިން އައިލާ ފެނިފައި މަލަކް ހިނިތުން ވެލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އައިލާ ގާތު ގޮނޑީގައި އިށީނެވެ. އައިލާ އަކީ ގްރޭޑް ނުވަޔަކުން ފެށިގެން މަލަކް އާއި އެއް ކުލާހެއްގައި ކިޔަވަމުން އައި ކުއްޖެކެވެ. އެގޮތުން އެދެމެދުގައި އޮންނަ ގުޅުމަކީ މާކުރިން ފެށިގެން އޮންނަ ގުޅުމެއްކަން އިނގޭނެއެވެ. ” ޔާޔަ މިއަދު ހާދަ ކުރިޔަކުން އައިސް…” މަލަކް އައިލާ ގާތު އިށީންދެ ހަމަޖެހިލަމުން އަހައިލިއެވެ. ” ހޫމް… ފިލާވަޅެއް އޮތީމަ ހަމަ ކުރިން އައީ…” އައިލާ ވެސް މަލަކްއަށް ބަލާލަމުން ބުނެލިއެވެ. ” މަލްއަށް އިނގޭތަ މިއަދު މިކުލާހަށް އާ ކުދިން ތަކެއް އައިއްސިޔޯ… އަދި ކިޔާއަޑު އިވުނު ވަރަށް ރީތި އޭވެސް…” ފާޑަކަށް ތުންފަތަށް ގޮތެއް ހަދާލަމުން އައިލާ ބުނެލިއެވެ. ކުލާހަށް އަލަށް ކުއްޖެއް އައިއްސި ނަމަ އެއީ އައިލާގެ ގޮތެވެ. އެހެނަސް މަލަކް އެއާ ތަފަތެވެ. ކުލާހަށް ކުއްޖަކު އަޔަސް އޭނާ އެހާ ވަރަކުން ނޫޅޭނެއެވެ. އޭނާގެ މަޤްސަދަކީ ކިޔެވުމެވެ. ކުލާލަށް އަލަށް އަންނަ ކުދިން ހޯދުމެއްނޫނެވެ. އަދި ވަކިން ފިރިހެން ކުދިންނެވެ. ސްކޫލުގައި އުޅުނު އިރު ވެސް މަލަކް ފިރިހެން ކުދިނަނާ ވާހަކަ ދައްކައި ހަދައެއް ނޫޅެއެވެ. އެހެނަސް އައިލާ ތަފާތެވެ.
ގަދަޔަށް ވާހަކަ ދައްކާނެއެވެ. މަލަކް ގާތުގައި އެތައް ކުއްޖަކު ރައްޓެހިވާން ވެސް އެހިއެވެ. އޭނާގެ ޖަވާބަކަށް އަބަދު ވެސް ވަނީ ނޯއެވެ. ފަނަރަ ވަރަކަށް މިނެޓް އެގޮތުގައި ހޭދަވުމަށް ފަހުގައި ކުލާހަށް ލެކްޗަރ އައިސް ވަނެވެ. ލެކްޗަރގެ ފަހަތުން ތިން ފިރިހެން ކުދިން ވެސް ކުލާހަށް ވަދެގެން އައެވެ. މަލަކް އިނީ ބަލާށެވެ. މާ ބޮޑު ގޮތެއް މަލަކް އަކަށް ނުވެއެވެ. ހަމަ ޖެހިލައިގެން އިނީ އޭނާއަށް ކޮންކަމެއް ހެއްޔޭ ހިތައް އަރުވަމުންނެވެ.
“ގުޑް މޯނިން އޯލް…” ލެކްޗަރ ކުލާހަށް ވަދެ ސަލާމް ބަލައިގަތެވެ. އިޙްތިރާމް ކުރުމުގެ ގޮތުން ހުރިހާ ކުދިން ވެސް “މޯނިން” އޭ ބުނެލިއެވެ. ” އަޑުއަހާ… މީ ޒައުލް.. ދެން މީ ރާއިލް އަދި އިވާން..” ލެކްޗަރ ޝަހާމާ ފިރިހެން ތިން ކުދިން ތަޢާރަފް ކޮއްދިނެވެ. ތިން ފިރިހެން ކުދިން ވެސް އެކުވެރި ވުމުގެ ގޮތުން ހިނިތުންވެލިއެވެ. ލެކްޗަރގެ އިރުޝާދާއެކު އެކުއްޖެއްގެ ގޮނޑީގައި އިށީނުމަަށް ބުނެލުމުން ހިނގައިގަތެވެ. އެވަގުތު މަލަކް ބަލާލީ އޭނާ އާއި ދިމާލަށް ހިނގާފައި އައި ޒައުލް އަށެވެ. ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ދޮންކަމުން ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. ބުޅިކޮއް އޮތް އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ފިރިހެން ވަންތަކަން ހާމަ ކޮއްދެއެވެ. މަޑު ހިނގުމެއްގައި އައިސް މަލަކްގެ ކުރިމަތީގައި އޭނާ ހުއްޓިލިއެވެ. އަދި ވަރަށް ރީތިކޮއް މަލަކް އާއި ދިމާލަށް ބަލާލިއެވެ. ރީއްޗެވެ. ވަރަށް ވަރަށް ރީއްޗެވެ. ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނު ދުވަސް ތަކުގައި ވެސް ޒައުލްއަށް ރީތި އަންހެން ކުދިން ވަނީ ފެނިފައެވެ. އެކަމަކު މިވަރު ކަމެއް އޭނާ ނުދެކެއެވެ.
މާވަރަކަށް ޒައުލް މަލަކް އާއި ދިމާލަށް ބަލާތީ މަލަކް އިނީ ލަދުގަނެފައެވެ. ވަގުތުން އިސްޖަހާލިއެވެ. “އުހުމް.. އެހުމް.. އިށީންނާށެކޭ ވެސް ނުބުނާނަންތަ..” ލޯ ހަނި ކޮއްލަމުން ޒައުލް އެހެން ބުނެލީ ސީދާ މަލަކްއަށް ބަލަން ހުރެއެވެ. ނަމަވެސް މަލަކް ޒައުލް އާއި ދިމާލަށް ބަލާނުލިތާނގައި އަނގައިން ވެސް ބުނެނުލިއެވެ. ” އިށީންދޭ އިށީންދޭ.. ފިރިހެން ކުދިންނާ ވާހަކަ ނުދައްކަން ހުވާ ކޮއްގެން އޭނާ އެހުރީ..” ހިނިގަނޑެއް ޖަހާލަމުން މަލަކް ގާތުގައި އިން އައިލާ ބުނެލިއެވެ. އެވަގުތު މަލަކް އައިލާއަށް ބަލާލި ގޮތުން ވެސް ޒައުލް ގާތަށް ހިނިއައެވެ. ދެފަރާތަށް ބޯހޫރުވާ ލުމަށްފަހުގައި ޒައުލް މަލަކް ގާތުގައި އިށީނެވެ.
ތިން ގަޑި ނިމިގެން ދިޔަ އިރުގައި ވެސް މަލަކް ޒައުލް އަކާއި ވާހަކައެއް ނުދައކައެވެ. ޒައުލް ވާހަކަ ދެއްކި ނަމަވެސް ހަމަ ހިލާ ވާހަކައެއް އޭނާ ނުދެއްކިއެވެ. ” ހޭއި.. އަދިވެސް ނަމެއް ނުބުނަމެއްނު..” ޒައުލް އެންމެ ފަހުން ވާހަކަ ދެއްކީ އައިލާ އާއެވެ. “ޔާ… އައިމް އައިލާ… ދެން މީ އަހަރެންގެ ބެސްޓްފްރެންޑް މަލަކް…” ހިނިތުން ވެލަމުން އައިލާ ބުނެލިއެވެ. “އޯއު… ވާހަކަ ދައްކަން ނޭނގޭ ކުއްޖެއް ދޯ..” ހީލަމުން ޒައުލް ބުނެލިއެވެ. ޒައުލް އެހެން ބުނެލުމުމާއެކު މަލަކް ޒައުލްއަށް ވައްކަޅިން ބަލާލިއެވެ. އޭރު މަލަކްގެ މޫނުމަތި ހުރި ގޮތް ފެނިފައި ޒައުލްއަށް ހެވުނެވެ. ” ނޮޓް ފަނީ..” މަލަކް ޒައުލްއަށް ލޯއަޅާލިއެވެ. “މާޝާﷲ… ލޯބިއަޑެއް..” މަލަކް ވާހަކަ ދެއްކުމުން ޒައުލް އަނެއްކާ ވެސް ބުނެލިއެވެ. ” ކިހާ ދެރަކަމެއްތަ…. ނޫޅެމޭ ތީނައަކާ ވާހަކަ ނުދެއްކިގެންނެއް..” މަލަކް އެންމެ ފަހުން އައީ ރުޅިއެވެ. “ރުޅި އައީމައި އަދި މާލޯބި..އެހެންް ނޫނަސް އަދި ތިހާ ވަރުވާކަށް ނުވެއެއްނު…؟ އަހަރެން ކަމެއް ނުވެސް ކުރަން ރުޅިއަންނަ ވަރުގެ..” ޒައުލް ބުނެލިއެވެ. ރަށްޓެއްސެގެ ގޮތުގައި ވާހަކަ ދެއްކުމަކީ ގޯސްކަމެއް ނޫންކަނެ.. އަހަރެން ހީކުރީ މަޑުން އިނީމައި ވަރަށް ވަރަށް ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް ކަމަށް.” އެކަމް މިހާރު އިނގިއްޖެ ވަރަށް ފޮނި ކަމެއް ހުންނަ ކުއްޖެއްކަންތީ…” ޒައުލް ހިނިގަނޑެއް ޖަހާލަމުން މަލަކް އާއި ދިމާލަށް އެހެން ބުނެލުމަށް ފަހުގައި އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެެވެ. އަދި ހިތުގެ އަޑިން މަލަކް އާއި ވާހަކަ ދައްކަން އަޒުމު ކަނޑަ އެޅިއެވެ. މަލަކް ޒައުލްއަށް ބަލާލިއެވެ. އަދި ފާޑަކަށް މޫނަށް ގޮތެއް ހަދާލިއެވެ. ޒައުލް ވެސް ބޯހޫރުވާލަމުން ހީލިއެވެ.
ނުނިމޭ…
6 Comments!
Comments are closed.

Heyyy dear 👋🏻
First part vrh rythi Masha Allah 😍💯
You are so talented keep it up keep shining ✨
Aww I beynun vehjje xaul hahaha 🙈😂
He’s so hot and handsome wauuuuuuuu 😘
Malak alhe esoru aa vhk dhahkaalabala dhen 😉
Curiously waiting for the next part When’s next?
Lots of love 💗
Thankyou shaba_17 hehe hoadhaba xaul kahala kuhjeh…. dhww hama aslu ves zaul hama reethii…malak adhi vhk dhahkaane kamah balamaa dhww zaul aaa hehe
Keep waiting next part soon inshallah 🥰🥰🥰
Vhk hama v loabi MA!! I loved it!! keep it up doll!!
Thankyou Manmanu vrh ufaa vehje vhk reethi v ma keep waiting
Soon Inshallah
Stay turned🥰🥰
UR so talented
u writing as new writers it good
first part Vrh Vrh Reethi Masha Allah
don’t stop what Ur doing keep it up gurl
I really love it
LYSM
TC
Thankyou BaddieGurl vrh ufaa vehje vhk reethi v ma🥰🥰🥰
Heheh lahba lahba inshallah next part vrh avhaha kiyaalan libeyne
Lysm🖤🖤
Tc you too
N stay turned 🫶🏻