Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ބާކީވީމާ..!

princess lily Level 110 Stories
May 2, 2016 4 Mins Read
25 Comments

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ދިމާވެފައިވާ ހާދިސާއެކެވެ. މިހާދިސާ ވާހަކައެއްގެ ސިފައިގައި ކިޔުންތެރިންނާ ހިއްސާކޮއްލީމެވެ. ލިޔުމުގައި ކުށެއްވާނަމަ އެކަން ފާހަގަ ކޮއްލަދޭނެކަމަށް އުންމީދުކުރަމެވެ.

———————————————

އަހަރެން މިއަދު ވަރަށް ވަރަށް ދެރަވެއްޖެއެވެ. ދިރިއުޅުމާ މެދު ކުރަމުން އައި ހުރިހާ އުންމީދެއް ބޭކަރުވީތީއެވެ. އެހެންމީހުންނެކޭ އެއްފަދައިން އަހަރެންވެސް ދިރިއުޅުމުގެ މިދަތުރު ފެށީ ނުހަނު ބޮޑު އުންމީދަކާއިއެކުއެވެ. އެހެންނަމަވެސް މިއަދު…. އަހަރެންމިވަނީ ބާކީވެފައެވެ. ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ…

އަހަރެންވެސް އަހަރެންގެ އަލަތު ފިރިމީހާ، އާދެ އަފްޒަލް އާއި އެކު ދިރިއުޅުމެއްފެށީ ލޯބިވެރިންގެ ލިސްޓުގައި އެތަށް ދުވަހެއްހޭދަކުރުމަށް ފަހުއެވެ. އެކުގައި އެތަށް ވަގުތެއް ހޭދަކޮއް އެތަކެތް ވައުދުތަކެއްވެފައެވެ. އެހެންގޮތަކަށް ބުނާނަމަ އެކަކު އަނެކަކަށް ދަސްވާނެނަމަ ދަސްވާހާ ގިނަދުވަހު އެކުގައި އުޅެފައެވެ. އަފްޒަލް އަހަރެންދެކެ ލޯބިވީ އޭގެ އިންތިހާއަށްށެވެ. ހަމައެދަރަޖައަށް އަހަރެންވެސް އަފްޒަލް ދެކެ ލޯބިވީމެވެ. އަދި އެލޯބި އަހަރެންގެ ހިތާ ފުރާނައިން ދެމެހެއްޓީމެވެ. އިރާދަކުރެއްވީތީ އަހަރެންގެ ހިތުގައި އަފްޒަލްއަށް ޓަކައި އުފެދިފައިވާލޯބި މިއަދާޖެހެންދެންވެސް އެގޮތުގައި އެއްވެސް ބަދަލެއްނައިސް ހިތުގެތެރޭ ވިންދުޖަހަމުންދެއެވެ. އަފްޒަލް ހެޔޮލަފާ ފިރިއަކަށް ވާނެކަމާމެދު އަހަރެން ކުޑަކޮންވެސް ޝައްކެތް ނުކުރަމެވެ. އަހަރެންނާ އަހަރެންގެ މުޅިއާއިލާވެސް އަފްޒަލްއަށް އިތުބާރު ކުރިއެވެ.

އެތައްދުވަހެއްގެ ދިގު އިންތިޒާރަށް ނިމުމެއްގެނެސް ކައިވެނީގެ ގޮށްޖެހި ދެމީހުންގެދިރިއުޅުން އެކަކު އަނެކަކާ ގުޅިލާމެހިއްޖެއެވެ. ލޯބީގެ ބަގީޗާގައި އެއްވެސްމީހެއްގެ ހުރަހެއް ނެތި އުފާވެރި ވަގުތުތަކެއް ހޭދަކުރާނެ ފުރުސަތު ލިބިއްޖެއެވެ. އަފްޒަލް ހާދަރަނގަޅެވެ. އެއާއިލާވެސް ހަމައެފަދައެވެ. އެންމެންގެ ފަރާތުންވެސް ލޯބިލިބެމުން ދިޔައީ ހީކުރިވަރަށްވުރެންވެސް އިތުރަށްށެވެ. ހިތްފުރި ބަންޑުންވާ މިންވަރަށްށެވެ.  ހިތާހިތުން އެފަދަ މާތް ފިރިޔަކު އަދި އެފަދަ އާއިލާއެއް ލިބުނީތީ އުފާކޮށް ﷲއަށް ޝުކުރުކުރަމެވެ. އަހަރެންގެ އުފާވެރި ދިރިއުޅުންފެނި އަހަރެންގެ މަންމަ އާއި ބައްޕަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އާދެއެވެ. އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެންނަށްވީތީ އެވެ. އަހަރެން ދިރިއުޅެމުން އައީ މަންމަ އާއި ބައްޕައަށް ފެންނަ ހިސާބުގައެވެ. އެއްފަސްގަނޑެއްގައެވެ.

ކައިވެންޏަށް ބަރާބަރު ތިންއަހަރުވާން ކައިރިވެއްޖެއެވެ. އުފަލާ ހިންހަމަޖެހުމުގައެވެ. އެހެންނަމަވެސް ނޭގި ކޮންމެވެސް ކަމެއް އުނިވެފައިވާކަން ދެމީހުންނަށްވެސް އިހުސާސްކުރެވެން ފެށިއެވެ. ފާޅުގައި އެވާހަކަދައްކަން އެކަކުވެސް ބޭނުން ނުވީއެވެ. ސަބަބަކީ އޭގެސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރެއްކުރަން ދެމީހުންވެސް ނޭދޭތީއެވެ.

އެހެންނަމަވެސް ހިތުގައި ކަންތައްތައް ވަންހަނާ ކުރެވޭނީ ވަކިވަރަކަށްށެވެ. އަބަދަކު ނުކުރެވޭނެއެވެ. އެންމެފަހުން އަފްޒަލް އިސްވެ އެވަހަކަދެއްކިއެވެ.

އެއީ ކައިވެންޏަށް ތިން އަހަރު ފުރުނުރެއެވެ. އަހަރެމެންތިބީ ހޭލައެވެ. ކައިވެނީގެ އާއަހަރު ފާހަގަކުރަން އިންތިޒާރުގައެވެ. ބާރަޖަހަންދެންނެވެ.

“ހެޕީ އެނިވާރސަރީ…!” ބާރަޖެހުމާއެކު އަފްޒަލް ރަތް ފިނިފެންމަލަކާއެކު ބުނެލިއެވެ. އެއީ ކޮންމެފަހަރަކުވެސް އާއަހަރުގެ ހަދިޔާއެއްގެ ގޮތުން އަފްޒަލް އަހަރެންނަށް އެންމެފުރަތަމަ ދޭ ހަދިޔާއެވެ.

“ހެޕީ އެނވާރސަރީ…!” އަހަރެންވެސް މިހެންބުނެލީ އަފްޒަލް ދިއްކޮއްލި މަލުގައި ހިފަމުންނެވެ.

“މީ އަފްޒަލްއަށް…! ރީތިތަ..؟” އަހަރެން ކައިވެނީގެ ދުވަހު ދެމީހުން އެކުގައި ނަގާފައިވާ ފޮޓެއެއްދިނީމެވެ. އެފޮޓޯވަނީ ކަޅުކުލައިގެ ފުރޭމެއްގެތެރެއަށްލާ ފައެވެ.

“އަހަރެން ވާހަކައެއް ބުނަންތަ…؟” ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަފްޒަލް ވާހަކަދެއްކިއެވެ.

“އަހަރެންނަށް ހީވަނީ މި ދިރިއުޅުން އަދި ފުރިހަމަނުވާހެން…!” އަފްޒަލް އަހަރެންނަށް ބަލާލިގޮތުން އެބުނީ ކީކޭކަން އަހަރެންނަށް ވިސްނާނުލެވުނެވެ.

“ވަރަށް ދުވަހު ތިބެވިއްޖެއެއްނު.. ދެން ޑޮކްޓަރަށް …” މީގެކުރިން އަހަރެން ވިސްނާފަވެސްނެތް ކަމެއްގެ ވާހަކަބުނުމުން އަހަރެންނަށް އިސް އުފުލާބަލާލެވުނެވެ.  އެބުނަން އުޅުނު އެއްޗެއް އަހަރެންނަށް ވިސްނިއްޖެކަން އެނގުމުން އަފްޒަލް ޖުމުލަ ފުރިހަމަނުކޮއް ހުއްޓާލިއެވެ.

“އޭރުންނޯ…؟” ބޭއިހްތިޔާރުގައި އަހަރެންނަށް ސުވާލުކުރެވުނެވެ.

“ދަރިން ނުލިބެނީ ކާކުގެ ސަބަބުންކަން އެނގޭނީ އޭރުން…! އަހަރެންގެ މައްސަލައެއްނަމަ ޔަޝްފާ ބޭނުންގޮތެއް ހަދައިދޭނަން…!” އިސްޖަހައިގެން އިންދެ އަފްޒަލު ބުނެލިއެވެ. މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަތަކުން އެހެން އެބުނީ ހިތާ ދެކޮޅަށްކަން އަހަރެންނަށް ޔަގީންވިއެވެ.

” ނޫން… އަހަރެން ބޭނުމީ އަފްޒަލް އާއެކު އުޅެން.. ތިގޮތަށް ނުވިސްނަބަލަ.. ދަރިން ލިބެންވީމަ އަހަރެމެންނަށްވެސް ލިބޭނެ.. އަދި ވަގުތު ނާންނަނީ..!” ހަގީގަތުގައި އަހަރެންނަށްވެސް ވިސްނެނީ ހަމަ އެގޮތަށްށެވެ. އެހެންނަމަވެސް އަހަރެންގެ ނަފްސު އެކަން ގަބޫލުކުރަން ދެކޮޅުހަދަނީއެވެ. އަހަރެންގެ ހިތްވެސް ވަނީ މަޔޫސްވެފާކަން އަންގަން ބޭނުން ނުވަނީއެވެ.

“އަހަރެންގެ މައްސަލައެއްނަމަ ޔަޝްފާ ދުރުވާނަންތަ..؟” އަފްޒަލް ވިސްނާލުމަށް ފަހު ސުވާލުކުރިއެވެ.

“ނޫން.. ނޫން…! އަހަރެން ކިހިނެއް އަފްޒަލް އައި ނުލާ އުޅޭނީ… ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް އަހަރެން އުޅޭނީ އަފްޒަލްއާއި އެކު..!”އަހަރެންގެ މިޖުމުލަޔާއެކު ކުޑަ ހިންހަމަޖެހުމެއް އަފްޒަލްއަށް ލިބުނުހެން ހީވިއެވެ. މޫނުމަތިން ފަނޑުހިނިތުންވުމެއް ފެނުނެވެ.

އެރެއަށް ފަހު އަހަރެންނަށް ވަރަށް ވިސްނެއެވެ. އަފްޒަލް އެބުނީ ތެދެކެވެ. މިދިރިއުޅުން އަދި ފުރިހަމައެއް ނުވެއެވެ. ކޮންމެ ދެމަފިރިއަކަށްވެސް ލިބޭ އެންމެބޮޑު އުފަލަކީ ލޯބީގެ ނިޝާން ކަމުގައިވާ ދަރިޔަކު ދުނިޔެއަށް އުފަންވުމެވެ. ކޮންމެ ފިރިއަކުވެސް ބާއްޕާއޭ ކިޔާފައި ގޮވާލާ އަޑުއަހަން ބޭނުންވާނެއެވެ. ދަރިއަކާ ނުލާ ދިރިއުޅުން ފުރިހަމަވާނީ ކިހިނެއްހެއްޔެވެ..  އެތައްގޮތަކަށް ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ލޯބިވާ ފިރިމިހާގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން ބޭނުންވާތީއެވެ.

އަހަރެންމެން އޭގެ ހަފްތާއެއްފަހުން މާލެ ދިޔައީމެވެ. ޑޮކްޓަރަށް ދައްކަންދާ ވަގުތު ކުޑަތަންވާވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުންދިޔައެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފަންވާންފެށިއެވެ.

ޑޮކްޓަރަށް ދެއްކުމުން ދެމީހުންގެ ވަރަށް ގިނަޓެސްޓު ތަކެތް ހަދަންޖެހުނެވެ. އެހެންކަމުން އަހަރެންގެ ހާސްކަން ދެގުނައަށް އިތުރުވިއެވެ. ޓެސްޓުތަކުގެ ނަތީއްޖާ ލިބުނީ އޭގެ އަނެއްދުވަހުއެވެ.

ނަތީއްޖާ ހިފައިގެން ޑޮކްޓަރުގެ ރޫމަށް އަހަރެމެން ދިޔައީ އެކުގައެވެ. އޭރު އަހަރެންގެ އަތްވަނީ އަފްޒަލްގެ އަތުތެރޭގައެވެ. ހާސްވެފައިވާ ވަރުން އަހަރެންގެ އަތް ފިނިވެފައިވާ ވަރު އަފްޒަލްއަށް އެނގޭނެ ކަން އަހަރެންނަށް ޔަގީނެވެ.

އަހަރެމެން ގޮނޑީގައި އިށީނުމާއެކު ފަހަރަކު މީހެއްގެ މޫނަށް ޑޮކްޓަރު ބަލާލިއެވެ.. އެބަލާލުމުންވެސް އަހަރެންނަށް ތަފާތު މާނަތަށް ދޭހަވިއެވެ. ގޮޑީގައި އިންއިރު އަފްޒަލް އިނީ އަހަރެންގެ އަތުގައި ބާރާށް ހިފާއްޓައިގެންނެވެ. ޑޮކްޓަރު ވަރަށް ގިނަ ސުވާލުކުރިއެވެ.. ހުރިހާ ސުވާލެއްވެސް އަމާޒުވީ އަހަރެންނަށްށެވެ.

“މައްސަލަ ހުރީ ޔަޝްފާގެ.. !” ނަތީއްޖާ ނަގާ ބަލާލަމުން ޑޮކްޓަރުބުނި މިޖުމުލައިން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގައިން ހެންނެވެ. އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތަށް އޮހޮރިގަންނަން ނޭނގިފާ ވާކަހަލައެވެ.

“ޔަޝްފާ އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން ދަރިންނުލިބެނީ..!” ޑޮކްޓަރު އިތުރަށް ބުނެލިއެވެ. އޭރުވެސް އަހަރެންނަށް އިނދެވުނީ ހުއްޓުން އަރާފައެވެ.

“ފަރުވާކޮއްގެން ރަނގަޅުކުރެވޭނެތަ..؟ ރާއްޖޭން ބޭރުންވިޔަސް…!” އަފްޒަލް ހަމަހިމޭން ކަމާއެކު ބުނެލިއެވެ.

” މަސައްކަތް ކުރެވިދާނެ އެކަމަކު.. އެއްވެސް ޔަގީންކަމެއްނެތް..! އޮތްގޮތަކީ ދުއާ ކުރުން..!” ޑޮކްޓަރު އަފްޒަލްއަށް ބަލާލީ ކެތްތެރިވުމަށް ބުނާފަދައަކުންނެވެ.

އަހަރެން މަޑުމަޑުން ގޮނޑިން ތެދުވެގެން ދޮރާދިމާލަށް ހިނގައިގަތީމެވެ. އެތަނުން ނިކުމެވުމާއެކު ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް އެހޮރިގަތެވެ. އަހަރެންނަށް ފާރުގައި ލެނގިލެވުނެވެ. ގައިން ބާރުދުވާކަމުގެ އިހުސާސް ކުރެވުމުންނެވެ.

އެދުވަހަށްފަހު އަހަރެންގެ މުޅި ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސައެވެ. އަހަރެމެން އެނބުރި ރަށަށް އައީ ނާއުންމީދާއެކުއެވެ. އަފްޒަލްގެ އާއިލާއާއި އަހަރެންގެ މަންމަ އާއި ބައްޕައަށް އަހަރެންދައްކާނީ ކޮންމޫނެއްހެއްޔެވެ..؟ އެމީހުން އެއުންމީދުކުރާ އަހަރެންގެފަރާތުން މާމަދަރިއަކު ދެކުމުގެ ހުވަފެނާމެދު އަހަރެންބުނާނީ ކީކޭހެއްޔެވެ.

ދެންހުރީ ލޯބިވާ ފިރިމީހާ އަފްޒަލްއެވެ. އެހަބަރު ލިބުނުފަހުން އެމޫނުމަތިން ފެންނަމުންދަނީ ފުންހިތާމައެވެ. ހީވަނީ ހިނިތުންވެލާންވެސް ނޭނގޭހެންނެވެ. މިހުރިހާކަމަކަށް ވުރެންބޮޑީ އަހަރެންގެ ހިތުގެ ހާލެވެ. ކޮންމެދުވަހަކު އެތަށްފަހަރަކު ކުދިކުދިވަމުންދާ އަހަރެންގެ ހިތެވެ. މިހިތުގައިވާ އެތަށް ޝަކުވާއެކެވެ.

އަހަރެންގެ ދިރިއުޅުމަށް އިތުރު ކޮޅިގަނޑެއް އައީ ނޭނގިހުއްޓައެވެ. އަހަރެންނަށް ދަރިއަކު ނުލިބޭނެވާހަކަ މުޅިގޭތެރެއަށް ފެތުރުނީއެވެ. އެހަބަރުގެ ސަބަބުން އަފްޒަލްގެ އާއިލާއިން އަހަރެންދެކެ ވަމުންއައި ލޯބި ނަފްރަތަށް ބަދަލުވީ ދާދިފަސޭހަކަމާއެކުއެވެ. ކޮންމެ ދުވަހަކު އެތައްފަހަރަކު ގޭގެ އެންމެގެ ކުރިމަތީ އަހަރެންގެ ނިކަމެތިކަމާ ނުކުޅެދުންތެރިކަން އަހަރެންނަށް ހަނދާންކޮއްދެއެވެ. އަހަރެން ދެރަކޮއްލައެވެ. ހިތުގައިޖައްސާ އެތައްފަހަރަކު ރޮއްވާލައެވެ. ފިރިމީހާގެ ކުރިމަތީގައެވެ. އެކަމަކު އަހަރެންގެ ދިފާއުގައި ފިރިމީހާގެ ދުލުން އެންމެ ބަހެއްވެސް ނުބުނެއެވެ. މިހިތަށް ވަރަށް އަސަރުކުރިއެވެ. އެތަށް ޝަކުވާއެއް ކުރަންބޭނުންވިއެވެ. އެހެނަސް އަޑުއަހާނެ މީހަކު ނެތް ކަމުގެ އިހުސާސް ވުމުން ޝަކުވާތަށް ހިންދާލަނީއެވެ.

ދެން އިވެންފެށީ އެކަމުގައި އަހަރެން ކުއްވެރިކޮށް އަހަރެންނާ އަހަރެންގެ މައިންބަފައިން އޮޅުވާލީކަމަށް ބުނެ ފެތުރެންފެށި އަޑުތަކެވެ. އޮޅުވާލީކަމަށް ފިރިމީހާގެ އާއިލާއިން ބުނުމުން އަހަރެންދެރަވިއެވެ. ވަރަށް ވަރަށް ދެރަވިއެވެ. އަހަރެންނަށް ހިތްވަރުދީ އެންމެ ލަފްޒެއްވެސް ފިރިމީހާގެ ދުލުން ބޭރުނުވީތީ ހިތާހިތުން ކުރެވުނު ޝަކުވާއެއް ވެސް މަދެއް ނޫނެވެ. އެންމެ ބޮޑަށް ދެރަވީ އަހަރެންގެ މަންމައާއި ބައްޕަގެ ހިތައްކުރާނެ އަސަރު އިހުސާސްވުމުންނެވެ. މުސްކުޅިވިދުވަހު ހުރި ހަމައެކަނި ދަރިފުޅިގެފަރާތުން އެމީހުންނަށް މިލިބުނީ ކޮންފަދަ ހިތާމައެއްބާއޭ ހިތައްއެރުމުންވެސް މިހިތް ފަޅައިގެންދާހާވެއެވެ.

ފަހަރަކު ހިތާމައެއް އަހަރެންގެ ދިރިއުޅުމަށް އާދެއެވެ. އެންމެފަހުން ރިހޭފައިމަށްޗަށް ފޮއެވެއްޓުނީއެވެ. އަފްޒަލްގެ އާއިލާއިން ދެވަނަ ކައިވެންޏެއް ކުރުމަށް އަފްޒަލްގާތު އެދެންފެށިއެވެ. އަހަރެން ވަރިކުރުމަށް ތާކުރާރުކޮން ބުނަންފެށިއެވެ. އެންމެފުރަތަމަ އަފްޒަލް އަހަރެން ވަރިކުރުމާމެދު ދެކޮޅުހެދިއެވެ. އެހެންނަމަވެސް އެއްކަމެއްގެ ވާހަކަ މާގިނައިން އަޑުއިވުނީމަ ބައެއްފަހަރު އިންސާނުންގެ ހިތްބަދަލުވާ އުސޫލުން އަފްޒަލުގެ ހިތްވެސް ބަދަލުވިއެވެ. އަހަރެން ވަރިކޮށް އެހެން ކައިވެންޏެއް ކުރުމަށް ނިންމިއެވެ. އަފްޒަލްގެ މި ނިންމުމުގެ ކުރިމަތީ އަހަރެންނަށް ޖެހުނީ އިސްޖަހާލާށެވެ. ކުއްވެރިޔަކުފަދައިންނެވެ.

މިހުރިހާ ކަމެއްވަމުންދިޔައިރު އަހަރެންގެ ދޫވަނީ ތަޅުލެވިފައެވެ. މި ނުކުޅެދުންތެރިކަން އެއީ އަހަރެންގެ ދުލުގައި އެޅިގެންދިޔަ ތަޅެއްކަމުގައި ވެގެންދިޔައެވެ. ބުނެލާނެ އެންމެ ޖުމުލައެވެސް ރާވާލާކަށް އަހަރެން މިސިކުނޑިއަކަށް ނޭނގުނެވެ. އަހަރެން ވަކި ބުނާނީ ކީކޭހެއްޔެވެ..؟ އަހަރެންނަށް ބުނެވޭނެ އެއްޗެއް އެބައޮތްހެއްޔެވެ..؟ އަހަރެންގެ މިނުކުޅެދުންތެރިކަން އަހަރެންގެ މުޅިދިރިއުޅުން ފަނާކޮއްފިއެވެ. ބަލަބަލާ ހުއްޓަ ވީރާނަވެގެން މިދާ ދިރިއުޅުން ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުފެނެއެވެ. އެންމެފަހުން މަޖުބޫރުވެގެން ހިތާދެކޮޅަށް ދިރިއުޅުން ދޫކޮށް އަހަރެންގެ މައިންބަފައިންގެ ހިޔާވައްސަށް އައިސްވަނީ ރޮމުންނެވެ. މަންމަ އާއި ބައްޕަ އަހަރެންނަށް ހިތްވަރުދީ ވަރަށް ނަސޭހަތްދިނެވެ. ހިތުގައި އަތްއަޅާލައިގެންތިބެ ހިތާމަތަށް ފޮރުވަމުންނެވެ. އެކަމަކު އެދެލޮލުން އަހަރެންނަށް ޓަކައި އޮހޮރާ ކަރުނަތަށް އަހަރެންނަށް އެނގެއެވެ. ކޮންމެ ދުވަހަކު އެމީހުން ކުރާ ހިތާމަ އަހަރެން ދެކެމެވެ. އެހެނަސް އަހަރެންނަށް ކުރެވޭނެ ކަމެއް ނެތެވެ. މިހަޔާތާމެދު އިތުރަށް ކުރާނެ އުންމީދެއް ނެތެވެ. އަހަރެން މިއަދު ބާކީވީއެވެ.

އެންމެ ލޯބިވާ ކަމަށް އަބަދު ބުނަމުން އައި މީހާވެސް އެންމެ ބޮޑަށް އަޅާލުމާއި ލޯބި ބޭނުންވި ދުވަހު އަހަރެން ނެރެ އެއްލާލީއެވެ. އަފްޒަލް އަހަރެން ދޫކޮއްދިޔައީ ކޮންފަދަ އެކަނިވެރި ކަމެއްގެ ތެރެއަށް ހެއްޔެވެ. އެންމެ ފަހަރަކުވެސް ފަސް އެނބުރި ބަލާލަން ހިތަށް ނޭރީހެއްޔެވެ. އަބަދުވެސް އެކުގައި ވާނެކަމުގައި ނުބުނަން ހެއްޔެވެ.

އަހަރެންގެ ނުކުޅެދުންތެރިކަން އެއީ އަހަރެންގެ ކުށް ހެއްޔެވެ..؟

—–ނިމުނީ——–

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

މަންޝާ (ތޭރަވަނަ ބައި)

Next

އަސަރު 1

Next
May 2, 2016

އަސަރު 1

Previews
May 2, 2016

މަންޝާ (ތޭރަވަނަ ބައި)

25 Comments!

  1. meesha says:
    May 2, 2016 at 11:09 am

    Maasha Allah.. Vrh asarugadha vaahaka eh..
    Miii kiyaalumun ekann vvv bwdah ihusaaas vehje.. Maii Allah e anhen kuhjaa ah kehtherii kann dhehvaashiii. Aameen.
    Miii vaahaka liyun kuhjaa ah vs vvv bwdah thanks. Mihen. Vaahaka eh liyumun vs bayakah ehcheh visneyne.

    1. Maddy says:
      May 2, 2016 at 2:39 pm

      Ameen

    2. Ushaa says:
      May 2, 2016 at 8:40 pm

      Aameen.. Vvvv touching stwryeh..

  2. ☺ says:
    May 2, 2016 at 11:22 am

    Aameen

  3. Aanaa says:
    May 2, 2016 at 11:38 am

    Reethi

  4. Zeena says:
    May 2, 2016 at 12:05 pm

    Koba Kurin liyunu vaahaka to

  5. Raa says:
    May 2, 2016 at 12:14 pm

    Konme kamehvx vaaany ran’galhakh!! Egothah gabool kurey!!! Eah vure ran’galhu gotheh adhi medhuveri vedhaane!! Unmydh kandaanula maayoos nuve dhua kurey!! Allah eanhen kujja ah kehtherikan dhehvaashi! Aameen !!!

  6. Hooo says:
    May 2, 2016 at 1:09 pm

    Varah reethie.

  7. Mar Sha Marsha says:
    May 2, 2016 at 1:10 pm

    Vvvvvv rythi vaahaka eh.. vvv kiyaalan faseyha liyefa huri gothun… plz write more princess lily.

  8. princess says:
    May 2, 2016 at 1:14 pm

    Wow..habrys…alhe e kuhjjaa haadha dhera vaane ey dhw..princess lily ge up kuran buni vaahaka kobaatha…waiting

  9. princess lily says:
    May 2, 2016 at 1:25 pm

    sorry.. ingey evaahaka lasvaathy.. bzy vyma nuliyeveny.. ekkon nimunyma up kohlaanan… thanks mivaahaaka ah comment kollyma

  10. laimaan says:
    May 2, 2016 at 1:35 pm

    In. Sha allah e anhen kuhja ah faagathi dhiriulhumeh minvaru kurahvaandheyve. Story v touching

  11. nuha says:
    May 2, 2016 at 1:38 pm

    dhn koba mihaaru e kujjaa. kihineh life handle kuranee. pls tell princess lilly

  12. haazi says:
    May 2, 2016 at 2:18 pm

    Rovijje..thi anhen kuhja ah kehtherikan dhehwaashi..insha allah adhi huriha kameh ragalhu waane…ex husband ah wes visneyne.dhn thibi meehunah wes

  13. thoo says:
    May 2, 2016 at 2:23 pm

    Varah dhera vehje mivaahaka kiyaafa. E kujjaa ah keh theri kan dheh vaashi. Adhi allah iraadha kureviya varah ufaa veri dhiri ulhuneh thibha ah dheh vaane. Allah voadhi gen vany keh therina eku……

  14. Naxu says:
    May 2, 2016 at 4:28 pm

    Thi vaahakage hurihaa kameh ahana dhimaa vey ..3y fahun ahrenge lyf mivanee gelifa ..kudhin nulibey meehekey kiyaagen .. E kunjaa a bunelan othy ketherivaashey 5vagathu namaadhu kon dhuaa kuraashey iraadha kurenviyya dhera gothen medhuveri nukuran vaane

  15. princess lily says:
    May 2, 2016 at 5:06 pm

    thanx hurihaa kiyuntherin nah ves ….

  16. Shaai says:
    May 2, 2016 at 5:55 pm

    V rythi story . insha Allah e anhen kuhjja yah dhariyaku dhehvaane. Gina Gina in farulu 5 namaadh koh sunnai namaadh koh dhuvaa kurey inshaa Allah iraadha kurehviyya eyrun dhariyaku dhehvaane. Vafaatheri solihu heeyolafa dheenveri firiyaku hoadha.

  17. Jam says:
    May 2, 2016 at 6:26 pm

    Aslu v reethi adhi v asrugadha mivaahaka

  18. shaaa says:
    May 2, 2016 at 7:11 pm

    Obiness to the max. Lilly ge frndah keitherikan dhevaashi. Kohme kamei vs vaany rangalhah. N v kiyaalan faseyha…

  19. Phy says:
    May 2, 2016 at 7:14 pm

    Allah ge kulhadhunvanthakan maa bodu…e ahaa ah e edhey kanthah knmmes gothakun minvaru kurahvaashi..aameen…v dheravey insaanun therey ves rahumu kuda meehun ulheythy..kehtherivey..ufaaverikan thi ahaa ah dhehvaashi

  20. Maddy says:
    May 2, 2016 at 8:32 pm

    Maddy also have a aunt mikahala but varah beyskoh gen now okay thi ekuveri kuhjaa ah ves adhi rangalhu gothey medhuverivaane totally agree with u phy

  21. Anonymous says:
    May 2, 2016 at 10:16 pm

    Vr reeth..

  22. Som1 says:
    May 3, 2016 at 5:00 pm

    Thi grl ah kehtherikan dhehvaashi
    Make dhua
    Dhua can change anything
    Tell her iraadhkurehviya adhi huriha kameh vs ok vaaney
    V dheravey thi grl ah boy hedhi gothun
    Iraadhkurehviya adhi maa gud hux eh libeyne n baby vs. Doctor ehn bunyas don lose hope
    Hav faith in allah.
    You are not alone
    Allah is there
    So smile sister

  23. Saajidh says:
    May 5, 2016 at 8:09 pm

    V v salhi mi vaahaka… Thiya gothuga dhemihurey.. .

Comments are closed.



All Right Reserved!