Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މަލާމާތް ލޯބި – 14

leafy Level 210 Stories100 Login
August 8, 2026 5 Mins Read
1 Comment

ލުބުނާއަށް ޖޫނާ ލޯ ހުޅުވައިގެން އޮތް ތަން ފެނުމުން ބުންޏެވެ. “އަހަނ. ޖޫނާ؟ ކިހިނެތް ހާލު؟” ލުބުނާ މޫނު ކުނިކޮށްލިއެވެ. ޖަވާބު ދޭން ޖޫނާގެ އަނގަ ގުޑައިވެސް ނުލިއެވެ. ލުބުނާއަށް އޭނާގެ ނަން އިނގެންވީ ގޮތާމެދު ވިސްނަން އޮތެވެ. އޭނާގެ ނަން ވަރަށް މަދު މީހަކަށް އެކަނި ނޫނީ ނޭނގޭނެކަން ހިތުގެ އަޑިން ގަބޫލުކުރެއެވެ. އިރުކޮޅަކުން ޑަކުތަރުން އައެވެ. ޖޫނާގެ ހާލު ބެލުމަށްފަހު، ލޭ ހިނގާ ބާރުމިން ބެލިއެވެ. ‘އޮކުސިޖަން’ ހުރި މިންވަރު ވެސް ބެލިއެވެ. ރަތަންޏާއި، ހަކުރު ތަހުލީލު ކުރުމަށް ގެންދަން ލޭކޮޅެއްވެސް ނެގިއެވެ. “އިރާދަކުރެއްވީތީ، ލޭ ހިނގާ ބާރުމިން ހުރީ ހެޔޮވަރު ވަރަކަށް. އެކަމަކު، ލިބިފައިވާ އަނިޔާތައް ރަނގަޅުވާން ގިނަ ދުވަސް ނަގާނެ.” ޑަކުތަރު ބުންޏެވެ. ލުބުނާ އޭނާގެ ކަޅި މައްޗަށް އެއްލަމުން އާހިލުއާ ގާތްވިއެވެ. އާހިލު ހިރުވާތަން ކަހައިވެސްނުލިއެވެ. ޖޫނާއާ ވާހަކަ ދައްކަން ފެށިއެވެ. ލުބުނާ ފޫހި އަރައިގަނެގެން ދަނީއޭ ބުނެ އެ ކޮޓަރިން ނުކުތެވެ. ފަހަތް ބަލައިވެސްނުލާ ހިނގާފައި އޭނާ ހަސްފަތާލުން ނުކުތެވެ. ޖޫނާއާ މެދު ހިތުގައި ރޯވި އަލިފާންގަނޑު ގަދަވަމުން ދިޔައެވެ. ފިރިވާދަ އިތުރަށް ބޮޑުވަމުން ދިޔައެވެ.

ޖޫނާ އާހިލު ދެކެ ކިތަންމެ ލޯބިވި ނަމަވެސް އޭގެ ރާހަތެއް ކުރާހެން ހިއެއް ނުވެއެވެ. އާހިލުގެ ކައިރިޔަށް ބޭނުން އަންހެނަކު އައިސް ދެއެވެ. އޭނާއަކީވެސް އެފަދަ އަންހެނެއްކަން މިހާރު ވިސްނެއެވެ. “އަހަރެން ވަރި ކުރަނީ ކޮން އިރަކުން؟” ޖޫނާގެ އަނގައިން ނުކުން ފުރަތަމަ ބަހަކީވެސް ވަރިއެވެ. އޭނާގެ ހިތުން ކުރެވުނު ވައުދު އަލުން އިއާދަވީ ބާވައެވެ؟ އާހިލުގެ މޫނަށް ވެރިވެފައިވާ އުފާކަން އެއްވެސް ކުލައެއްނެތް އަޅި ކުލައަށް ބަދަލުވެގެން ދިޔައެވެ. ދެ މިޔަ ކަން ފުޅާކަމުން ލޯ މެރޭ ވަރު ވެފައިހުރި މީހާގެ މޫނުގައި މިހާރު ވަނީ ހިތާމައާއި ދެރައެވެ. ޝަކުވާއާއި ރުޅިއެވެ. އާހިލުއަށް ކިތަންމެ ރުޅި އަޔަސް ޖޫނާއާ ދުރުގައި އުޅުމަކީ ވޭނެކެވެ. ޖޫނާއާ ނުލައި އޭނާގެ ހަށީގެ އެއްބައި މަދުވާހެން ހީވެއެވެ. މިހާލަތުގައި އާހިލު ކުރާނީ ފަހެ ކޮން ކަމެއް ހެއްޔެވެ؟ ވަރި ކުރުމަށް އެއްބަސް ވާނެ ބާވައެވެ؟ ނޫނީ ލުބުނާގެ ވާހަކަތަކަށް ހެއްލި ޖޫނާ ދޫކޮށްލާނީ ބާވައެވެ؟

ޖޫނާގެ ހިތުގައި ލުބުނާއަށްޓަކައި އަނދަމުންދިޔަ އަލިފާންގަނޑު ބޮޑުވަމުން ދިޔައެވެ. ލުބުނާ ކުރި ކަންތަކުގެ ބަދަލުގައި އެއްވެސް ކަމެއް ކުރާކަށް ޖޫނާ މިހާރު ނޭދެއެވެ. އެ ކަންތައްގަނޑާ ހުރެ އޭނާގެ އާއިލާ މި ދުނިޔެއިން ވަކިވެއްޖެއެވެ. ރުޅިއާއި ބަދަލު ހިފުމަކީ ފަހުން ނަގާ ރާޅު ބޮޑުވާކަން އިނގޭ ދެ އެއްޗެވެ. ޚިޔާލުތަކުން އަރައިގަނެވުނީ ފޯނަށް މީހަކު ގުޅި އަޑު އިވިގެންނެވެ. އާހިލުއަށް ގުޅައިގެން އުޅުނީ ކާކުކަން ޖޫނާއަކަށް ނޭނގުނެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު ޖޫނާގެ ކަންފަތުގައި ފޯނު ޖެއްސިއެވެ. “ސަމާ؟ ކީއްކުރަން އާހިލު ފޯނަށް ގުޅީ؟” ޖޫނާ ސުވާލު ކުރިއެވެ. “ހާލު ކިހިނެތް؟ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މި ގުޅީ ޖޫނާއަށް ލައްކަ ފަހަރު ގުޅާފައި.” ސަމާ ޖަވާބުގައި ބުންޏެވެ. ދެ މީހުން އިރުކޮޅަަކު ވާހަކަ ދައްކާފައި ފޯނު ބޭއްވިއެވެ.

“ނަޒްލާ އިއްޔެ އައި. އޭރު ޖޫނާ އަދި ނުހޭލާ. އޭނާ ދިން ހަދިޔާ މިހުރީ!” މޭޒުގައި ހުރި ޔޫސުފު އަފަންދީ ކޮތަޅަކަށް އިޝާރާތްކޮށް ބުންޏެވެ. “އެއްޗެކޭ ބުނެބަލަ! މަށާ ރުޅީތަ؟” އާހިލު ހިތަށް އަސަރުކޮށްފައިވާ ހާލު ބުންޏެވެ. “ނާޝްޕާތީއެއް ބޭނުންތަ؟ ޕިތާޔާވެސް ހުންނާނެ.” އާހިލު އެނދު މޭޒުގައިހުރި ކޮތަޅުތައް ހާވަމުން ބުންޏެވެ. “ކީއްވެ އަހަރެން ވަރިއޭ ބުނާއިރަށް ހަނު ހުންނަނީ؟” ޖޫނާ ކޮށްލި ސުވާލުން އާހިލުއަށް ކުރީ އެހާވެސް ވޭންހުރި އަސަރެކެވެ. “މަށާއެކު ޖޫނާއަށް އުޅެވޭނެއްނު؟ އަހަރެން ދޫކޮށްފައި ވަކި ކޮންތާކަށް ދާނީ؟” އާހިލުވެސް އުފެއްދީ ސުވާލުތަކެވެ. “ނަޒްލާއާއެކު މަށަށް އުޅެވޭނެ.” ޖޫނާ ބޮލުގައި އަތް އަޅަމުން ބުންޏެވެ. “ކީއްވެތަ ތިޔަހެން ތި ވާހަކަ ދައްކަނީ؟” އާހިލުގެ ލޮލުގައި ރަތްކަން ހުއްޓެވެ. ޖަޒުބާތީގޮތުން މޫނުގައި ދެއްކެން ހުރި ހިތާމައެއް އާހިލުގެ މޫނުގައި ހުއްޓެވެ. “އަހަންނަށް ތިޔަ ސޫރައާ ނުލާ ނޫޅެވޭނެ. މޫދު ގަލަކަށް މަހެއް ވެއޭ. އެކަމު ތިއީ އަހަންނަށް ހުރި އަނތްބަކީ.” އާހިލު ފުންކޮށް ވިސްނަމުން ބުންޏެވެ.

ފީރޯޒު ކުންފުނީގައި އޮފީހުގެ ހަރަކާތްތައް ހިނގަމުން ދިޔައެވެ. ފޯނުގެ އަޑުތަކާއި، ކަރުދަހާއި ގަލަމުގެ ކޫސަނި އަޑުތައް މުޅި މާހައުލުގައި ވެއެވެ. މަޑުމަޑުން މީހުންނަށް ނުފެންނަހެން ނަޒުރާނާ ވަދީލުގެ އޮފީހަށް ވަނެވެ. އޭރު ފިރާޝާއަށް މި މަންޒަރު ފެނިގެން އެ އޮފީހުގެ ދޮރުން ކައިރީ ކިޔާ ނުކިޔާއެއް ބަލަން ހުއްޓިލައިގެން ހުއްޓެވެ. “ކޮބާ މަ އޭރުވެސް ބުނީމެއްނު އެއީ ކިހާ ފަސޭހަ ކަމެއްކަން.” ނަޒުރާނާ ބުންޏެވެ. ފިރާޝާއަށް އެ ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުނެވެ. “ކަލެއާ މަށާ އަންނަ މަހު ދުބާއީއަށް ދެވޭނެއްނު މިހާރު. ޓިކެޓު ނެގިންތަ؟” ނަޒުރާނާ ބުންޏެވެ. ފިރާޝާއަށް އެ މީހުން ދައްކާ ވާހަކަ ސާފު ނުވެގެން ދޮރުން އެތެރެ ވާގޮތަށް ފޯނުގެ އަޑު ރައްކާ ކުރާތަން ދިއްކޮށްގެން ހުއްޓެވެ. އެ މީހުން ދެއްކިހާ ވާހަކައެއް އެއަށް އަޑު ރައްކާ ކުރެވެމުން ދިޔައެވެ. ނަޒުރާނާ ދަނީއޭ ބުނުމުން އަވަހަށް ފިރާޝާ ފޯނު ހިފައިގެން ފާހާނާއަށް ދުވެފައި ދިޔައެވެ.

ފޯނުގައި ރައްކާ ކުރި ފައިލު ހުޅުވާލާ އަޑު އަހަން ފެށިއެވެ. ފަހުން ދެއްކި ވާހަކަތައް އަޑުއިވި ފިރާޝާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. “ކުންފުނީގެ… ވައްކަން…؟” ފިރާޝާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާގެ ކަންފަތަށް ދެންމެ އިވުނު އަޑުތަކަކީ ނަޒުރާނާއާއި ވަދީލުގެ އަޑުކަން އޭނާގެ ހިތް ގަބޫލު ކުރާކަށް ނޭދެއެވެ. ނަމަވެސް އިންސާފުގެ މަގުން ކަންތައް ކުރުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. އޮފީހުގެ އެންމެ ބޮޑު މީސްމީޑިއާ މަންސައިގައި ފިރާޝާ އެ އަޑުކޮޅު ފޮނުވާލިއެވެ. އަލިފާން ރޯވި ގަނޑެއްހެން މުޅި ޚަބަރު ފެތުރިގެން ދިޔައެވެ. ފީރޯޒު ކުންފުނީގެ މަތީ ބޭފުޅުންނަށްވެސް އެ ޚަބަރު އިވިގެން ދިޔައެވެ. އޭރުވެސް އެ ޚަބަރު ފެތުރުނުކަން ރެއަކާ ނުލައި ތިބި ވަދީލުއާ ނަޒުރާނާއަށް ކުއްލިއަކަށް ލެޕުޓޮޕަށް ސިޓީ އަންނަން ފެށިއެވެ. އޭގެ ސިޓީގައި ވަނީ ކުންފުނީގެ ފައިސާ ވައްކަން ކުރިކަން އަމިއްލަ އިއުތިރާފުން ސާބިތުވުމުން ވަޒީފާއިން ވަކިވި ވާހަކައެވެ. އަދި ހައްގު އަދަބު ލިބޭނެ ކަމެވެ. ދެ ލޯ ކާށްޓަކަށް ހަދައިގެންހުރެ އޮފީހުން ފިލޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ނުކުންނަން ދިޔަ މަގުމަތީގައި ދޮރު ކައިރީ އައިސް ތިބި ޕޮލިހުން އޭނާ ހިފެހެއްޓުވިއެވެ. ވަދީލު ހޯދާ އޭނާވެސް ކާރަށްލައި ޕޮލިހުންގެ ޖަގަހައާ ދިމާއަށް ދުއްވާލިއެވެ. ކުންފުނީގެ ފައިސާ ނެގި ވަރަށް ބޭންކުން ވަދީލުގެ ބައިން ކެނޑިއެވެ. އަދި ކުންފުންޏަށް އެ ފައިސާ ރައްދުވެސް ކޮށްދިނެވެ. މި ކަންތައް ވީކަން އެނގިވެސް އާހިލު ހުރީ ޖޫނާގެ ކައިރީގައެވެ.

އާހިލު އަދިވެސް ޖޫނާ އަމިއްލައަށް މަރުވެދާނެތީވެ ކައިރީގައި ހުއްޓެވެ. “ޖޫނާ ވާހަކަ ދައްކަބަލަ!” އާހިލު އާދޭސް ކުރާ ރާގުގައި ބުންޏެވެ. “ވަރި ކުރޭ! އޭރުން ރައްޓެއްސެއްގެ އުސޫލުން ވާހަކަ ދައްކާނަން.” ޖޫނާ ރައްދުގައި ބުންޏެވެ. “ނޫނޭ ތީ ދެން ބޮޑު ވަރު.” އާހިލު ރުޅި އަންނަ ގޮތްވިއެވެ. “އަމިއްލައަށް މަރުވާން ބޭނުންވާނަމަ ފުރަތަމަ އަހަރެން މަރާލާ. ޖޫނާ ނެތް ދުނިޔެއެއްގައި އަހަރެން ހުރުމުގެ ބޭނުމެއް ނެތް.” އާހިލު ލޯބިން ބުންޏެވެ. އިރުކޮޅަކުން ޑަކުތަރު ލޭގެ ނަތީޖާ ހިފައިގެން ވަނެވެ. “އިތުރު ކަމެއް ފާހަގައެއް ނުވޭ. އެކަމު ރަތަނި ކުޑަކޮށް ދަށް. ހަކުރު ރަނގަޅު.” ޑަކުތަރު ހަރު އަޑުން ބުނެ ކަރުދާސްގަނޑު އާހިލު އަތަށް ދީފައި ދިޔައެވެ.

ހަފުތާއެއް ފަހުން ޖޫނާ ގެއަށް ދެވޭ ވަރުވިއެވެ. އާހިލުގެ އެހީގައި ހިނގާފައި ގެއާ ހަމައަށް ދިޔައެވެ. އޯގާތެރިކަމާއެކު ހިފަހައްޓައިގެން އާހިލު ދިޔައެވެ. އިހަށް އާހިލު އުޅުނު ކޮޓަރިއަށް ދިޔުމަށް އާދޭސްކޮށްގެން ޖޫނާ ގެންދިޔައެވެ. އެނދުގައި މަޑުމަޑުން ބޭއްވުމަށްފަހު އެހެން މުދާތައް މޭޒުމަތީގައި ބެހެއްޓިއެވެ. ފެންވެރުމަށް އާހިލު ފާހާނާއަށް ވަނެވެ. ޖޫނާ ފޯނުން ނަޒްލާއަށް ގުޅިއެވެ. “ނަޒް. އަހަރެން އާހިލުގެ އަތުން ސަލާމަތް ކުރޭ. އަހަރެން ތި ގެއަށް ގެންދޭ.” ރޮމުން ރޮމުން ޖޫނާ ބުންޏެވެ. ފާހާނާގައިހުރި އާހިލުއަށްވެސް މި އަޑު އިވުނެވެ. އާހިލުގެ ހިތް ކުދިކުދިވިއެވެ. އޭނާއަށް ގުޑާލަންވެސް ނުކެރި ހުއްޓެވެ. އާހިލުއަށް ޖޫނާއާ ކައިވެނިކޮށްގެން އުޅެވޭނެ ކަމާމެދު ޝައްކު އުފެދުނެވެ. ޖޫނާ ވާހަކަ ދައްކަމުން ދިޔައެވެ. ނަޒްލާ އެންމެ ފަހުން ހުރިހާ ކަމަކަށް އެއްބަސްވިއެވެ. ޖޫނާ ބަލައި ދާނެކަމަށް އެއްބަސްވިއެވެ. “ތަނުގެ ނަމާއި ކޮޓަރި ނަންބަރު ފޮނުވާ! މި ފޮނުވަނީ އަލިބެ.” ނަޒްލާ ބުންޏެވެ. ފޯނު ކަނޑާލުމަށްފަހު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ޖޫނާގެ އަންނައުނުތަކާއި އެހެނިހެން ސާމާނު ކޮތަޅަކަށް އެޅިއެވެ.

ފާހާނާއިން ތުވާލިވެސް ނުއަނދެހުރި އާހިލު ނުކުމެގެން އައެވެ. “ޖޫނާ ނުދާތި. އަހަރެން ދޫކޮށްފައި ދެން ނުދޭ. އާދޭސް ކުރަން. މި ހިތަކަށް ދެން ކަލާގެ ލޯބި ނުލިބި ނޫޅެވޭނެ.” އާހިލުގެ ގައިން ފެން ތިކި ތަޅަމުން ދިޔައެވެ. “މިހާރު މިވީ ހުރިހާ ކަމަކުން އަހަރެން ހިތާމަ ކުރުމަށް ވަގުތު ދީ. އަދި ފަހުން އަހަރެންގެ ނިންމާ ގޮތެއް ބުނާނަން.” ޖޫނާ ވިސްނަން ހުރެފައި ބުންޏެވެ. ޖޫނާ އަދިވެސް އާގަމަވެފައިހުރީ އާހިލު އައިސް ހުސް ހައްޓާ ހުރެ އޭނާގެ ގައިގަ ބައްދައިގަނެގެން ހުރުމުންނެވެ. “ދެން…” ޖޫނާ އާހިލުގެ އަތުން ލޫދިގެންފައި ކޮތަޅު ހިފައިގެން ކޮޓަރި ދޮރާ ދިމާއަށް ދިޔައެވެ. އާހިލު އިސްދޮށަށް ޖަހައިގެން އެނބުރި ފާހާނާއަށް ދިޔައެވެ. މޭމަތީ ހުރި ސައިބޯނި ފޮނުތައް ފިލުވަމުން ފާހާނާ ދޮރު ލެއްޕިއެވެ. ޖޫނާ ކޮޓަރީ ދޮރު ހުޅުވާފައި ބޭރަށް ނުކުތެވެ. އިމާރާތުގެ ސިޑި ބަރިން ދަންނަ އަޑެއް އިވުމުން ޖޫނާ ސަރައްކާލީގެ ފާރެއްގެ އަރީގައި ފިލިއެވެ. ލުބުނާ އައިސް އާހިލުގެ ކޮޓަރީގައި ޓަކި ދިނެވެ. ތަޅުގައި ހިފާލިއެވެ. ހުޅުވިފައި ހުރުމުން އޭނާ އެތެރެއަށް ވަނެވެ. ޖޫނާ ހިތަށް އެރިއެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. މިފަދަ މޮޅެތި މުއްސަނދިންނަކީ އެކުވާނޭ މީހުންނެވެ.

ފެންވަރާ ނިމިގެން ތުވާލި އަނދެގެން އާހިލު ފާހާނާއިން ނުކުތެވެ. އޭރު ލުބުނާ އެނދުގެ އެއްފަރާތުގައި އިށީނދެގެން އިނެވެ. “އާހީ ހިނގާބަ ކާން ދާން.” ލުބުނާ ދައުވަތު ދިނެވެ. “އަމިއްލައަށް ދޭ، މި ކޮޓަރިން ނުކުމޭ!” އަހިލުގެ އަޑުގައި ހަރުކަށި ކަމެއް ވެއެވެ. ލުބުނާ އިތުރު އެއްޗެކޭ ނުބުނެ އެ ކޮޓަރިން ނުކުންނަން ދިޔައެވެ. އާހިލު އަންނައުނު ލުމަށްފަހު ފޯނު ބަލައިލިއެވެ. ޔަފުއާން ފަސްވަރަކަށް ފަހަރު ގުޅާފައި ވުމުން އޭނާއަށް ގުޅާލިއެވެ. “ކީކޭ؟” އާހިލު ސުވާލު ކުރިއެވެ. “ވަރަށް ގިނަ މަސައްކަތް ފުނި ޖެހިފައި އެބަހުރި. ވަރަށް މުހިއްމު މުޢާހަދާ ކުރުމެއްގައި ސޮއި ނުކޮށް އޮތީމާ ކުރިއަށް ނުދެވިގެން، އެއްގޮތަކަށްވެސް ލަސް ނުކުރެވިގެން މިގުޅާލީ.” ޔަފުއާން ބުންޏެވެ. “މާދަމާ ދާން ޓިކެޓު ނަގާފައި ވާނެ. އިރާދަ ކުރެއްވިއްޔާ މާދަން ދެވޭ ވަރު ވާނެ.” ޖޫނާއަށް ވަގުތު ދިނުމުގެ ގޮތުން އާހިލު ވިސްނުމަށްފަހު ރަށަށް ދިޔުމަށް އެއްބަސްވިއެވެ.

އިރުކޮޅެއް ފަހުން އަލިބެ އެ އިމާރާތުން އަރަމުން ދިޔައެވެ. ޖޫނާ ފެނުނުހެން އަވަހަށް ދާން ހިނގާށޭ ބުންޏެވެ. ކޮތަޅުގައި ހިފައިގެން އަލިބެ މަޑުމަޑުން ޖޫނާ ގޮވައިގެން ސިޑިތަކުން ތިރިއަށް ފޭބިއެވެ. އޭނާއަށް ހިނގުނު ވަރަކުންގޮސް ކާރެއް ހިފައިގެން ނަޒްލާގެ ގެއަށް ދެވުނެވެ. ނަޒްލާއަށް ޖޫނާ ފެނުމުންގޮސް ބައްދާލެވުނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ދެ ކުދިންގެ ދޭތެރޭގައި އޮތް ގުޅުން ހީނަރު ނުކުރެވޭނެކަން އެނގެއެވެ. އަޅާފައިވާ ހުދު ގައުޒު ފޮތިތަކާ ބެހޭގޮތުން ސުވާލު ގޯންޏެއް ބަންޑުން ޖެހިއެވެ. ގެއަށް ވަދެގެން ދިޔަހެން ދޮނޭއާ އަނގައިން ބުނެ އެނދަށް ވެއްޓިގަތެވެ. އޭނާ އުޅުނު ކޮޓަރީގައި އުޅުމަށް އޭނާ ނިންމީއެވެ. މިހާރު އޭނާގެ ހަޔާތް ފުރިހަމައެވެ. ޖޫނާއަށް މިހާރު ހަމައަކަށް އެޅެވެން ފެށިއެވެ. ނަމަވެސް އޭނާއަށް ހުސްކަމެއް އިހުސާސްވިއެވެ. އެއީ ކޮން އިހުސާސެއްކަމެއް ނޭނގެއެވެ. ނަޒްލާއާއެކު ވާހަކަ ދައްކައިގެން އިހަށް ރަނގަޅުވާން ވިސްނިއެވެ. އޭނާގެ ދޮންބެގެ ކަންތައްވެސް ހިތުގައި އޮތް ގާގަނޑެއް ފަދައެވެ. އާހިލުއާ ކުރެވުނު ކައިވެނިވެސް ނިމުމަކަށް ނުގެނެވުނެވެ. ޖޫނާ އެވަރަށް އާހިލުއާ ދުރަށް ދެވޭތޯ މަސައްކަތް ކުރަނީ އެކަކަށްވެސް ނޭނގޭ ސިއްރެއް އޮތީމައެވެ. އެއީ ކޮން ސިއްރެއްކަން އެކަކަށްވެސް އޭނާ ނާންގައެވެ. އެއަށްފަހު އެހެން ކުންފުންޏަކުން ވަޒީފާ ހޯދުމަށް ވިސްނަން ނިންމިއެވެ.

(2ވަނަ ބައި ނިމުނީ)

ދެވަނަ ބައި ކިހިނެތް ވަނީ؟ ތިންވަނަ ބައިގައި ކިހިނެތް ވާނެހެން ހީވަނީ؟ ޚިޔާލު ފާޅުކޮށްލައްވާ!

Share Article

Follow Me Written By

leafy

Level 210 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 79

Previews
August 8, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 79

One Comment

  1. Anonymous says:
    August 8, 2026 at 8:16 pm

    i want to know the secret and I hope he actually loves her even before it was good and great hope for plot twists

Comments are closed.



All Right Reserved!