Skip to content
އެސްފިޔަ

ވަފާ

“ތީކާކު؟ ކީއްކުރަންތަ އަހަންނަށް ތި ގުޅަނީ؟ ކޮންތާކުންތަ އަހަރެންގެ ނަންބަރު
ހޯދީ؟” އަހަރެން ގުޅާލުމުން ވަފާ ފުރަތަމަވެސް ކޮށްލީ ސުވާލުތަކެކެވެ.
“ނަންބަރު ދިނީ ރައްޓެއްސެއް. ދެން ހަމަ ޙާލު ބަލާލަން މިގުޅާލީ.” އަހަރެން މަޑުމަޑުން ބުނީމެވެ.
“ތީ ކާކުތަ އަހަރެންގެ ޙާލުބަލަން؟ ދެން ނުގުޅާތި! ނުދަންނަ މީހުންނާ އަހަރެން ވާހަކައެއް ނުދައްކަން.” ވަފާ

އަހަންނަށް ދިނީ އިންޒާރެކެވެ.

އެހެންބުނުމަށްފަހު، ވަފާ ފޯން ކަނޑާލިއެވެ. އަހަރެން ދެވަނަފަހަރަށް ނުގުޅަމެވެ. އަންހެންކުދިންނަށް ގުޅައި އުނދަގޫކުރުމަކީ އަހަރެން ކުރާހިތްވާ ކަމެއްނޫނެވެ. ވަފާއަށް އަހަރެން ގުޅީވެސް، ހުސްވަގުތުކޮޅެއް ލިބުމުން ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. ފިރިހެނުންނާ ޚިލާފަށް އަންހެނުންގެ ދިރިއުޅުމުގައި ތަފާތު ކަންތައްތައް ދިމާވެފައި ހުންނާނެއެވެ. އަންހެނެއްގެ ދުލުން އެކަހަލަ ވާހަކަތައް އަޑުއެހުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ.
އަހަރެން ގުޅުމުން ވަފާ އެސުވާލުތައް ކުރާނެކަން އަހަންނަށް ފުރަތަމަވެސްއެނގެއެވެ. ކޮންމެ އަންހެންކުއްޖަކު ނަމަވެސް، ނުދަންނަ ނަންބަރަކުން ގުޅުމުން ކުރިމަތިކުރުވާނީ ހަމަ އެސުވާލުތަކެވެ. ތަފާތު މީހުން އުޅޭ ތަނެއްގައި ނުދަންނަ މީހުން ބައިވަރު އުޅޭނެއެވެ. ގިނަ ފަހަރަށް ނުދަންނަ މީހުންގެ ފަރާތުން އަންނަ ފޯން ކޯލްތަކުގެ ސަބަބުން މައްސަލަތައްޖެހި، ދިރިއުޅުން ބަރުބާދުވެފައިވެސް އެބަހުއްޓެވެ. ވީއިރު، ވަފާގެ ވިސްނުން ގޯހެކޭ ބުނެވޭކަށް ނެތެވެ.
އަހަންނަށް ވަފާއަކީ ކާކުކަމެއް ނޭނގެއެވެ. ވަފާގެ ފުރިހަމަ މަޢުލޫމާތު ހޯދުމަކީ އަހަންނަށް މުހިއްމުކަމެއްވެސް ނޫނެވެ. އަހަރެން ބޭނުންވަނީ އެންމެ ކަމެކެވެ. ވާހަކަ ދައްކާލުމަށެވެ. އަހަންނަށް ވަފާގެ ނަންބަރު ލިބުނީ ވަފާގެ ރަށަށް އައިތާ ދުވަސްކޮޅެއް ފަހުންނެވެ. އަހަންނަކީ، ހުސްހަށިބައި މީހަކަށްވުމުން ވަރަށް ރަނގަޅު ކުއްޖެކޭ ކިޔާފައި އެނަންބަރު ދިނީ އަހަރެންގެ ރައްޓެއްސެކެވެ. އަހަރެން ބޭނުންވީ ހަމައެކަނި ނަންބަރެވެ. ދެން ހުރި މަޢުލޫމާތު އަހަންނަށް ހޯދިދާނެއެވެ. އަނެއްކޮޅުން އެންމެ މުހިއްމީ މީހެއްގެ ބޭރުފުށުގެ ރީތިކަމެއް ނޫނެވެ. އެއާއި ޚިލާފަށް އިންސާނެއްގެ ރީތިކަން އަހަރެން މިނަނީ އެހެން މިންގަނޑަކުންނެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. އިޚްލާޞްތެރިކަމާއި އޯގާވެރިކަމެވެ. ދުނިޔޭގެ ދިރިއުޅުން އެނގިފައި ހުރި މިންވަރާއި ކާމިޔާބު ޙަޔާތަކަށް ވިސްނުން ބަހައްޓާފައި ހުންނަ ވަރެވެ.
“ކުރިންވެސް ބުނީމެއްނު އަހަންނަށް ނުގުޅާށޭ. މޮޔަވެގެންތަ ތިއުޅެނީ؟”ރޭގަނޑުގެ ދަން ވަގުތެއްގައި އަހަރެން ގުޅުމުން ވަފާގެ ގާތަށް ރުޅިއައެވެ.
“އެހާ އަވަހަށް ރުޅިއައިސްގެން ކަމަކު ނުދާނެ. މީހުން ދައްކާ ވާހަކަވެސްއަޑުއަހަންޖެހޭނެ. އޭރުން ރަނގަޅުވާނީ.” އަހަރެން މަޑުމަޑުން ބުނީމެވެ.
“އަހަންނަށް ރަނގަޅުގޮތް ހޯދައިދޭން އުޅޭ މީހެއްތަ ތީ؟” ވަފާ އަނހާލިއެވެ.
“ފަހަރުގައި ހަމަވެދާނެ ތިހެންވެސް. އަހަރެން ބޭނުން ވަފާއާ ބައްދަލުކޮށްލަން.” އަހަރެން ބުނީމެވެ.
“ތިކަމެއް ނުވާނެ. ފުރަތަމަ ބުނާނީ ދިމާކޮށްލަން. ދެން ދާނީ ދުއްވާލަން. ދެން ކިޔާނީ ޑިނަރއަކަށް. ދެން ގެންދާނީ އެކަހެރި ތަނަކަށް. އޭގެ ފަހުން ހުރިހާ ގެއްލުމެއް ލިބޭނީ އަހަންނަށް. ގިނަ ފިރިހެނުން އުޅޭގޮތް މިބުނީ. މިޒަމާނުގައި ލޯބިން އުޅޭ މީހުން ވަރަށްމަދު.” ވަފާ ބުނީވެސް ދޮގެއް ނޫނެވެ.
“ހުރިހާ މީހުން އެއް ނާޅިއަކުން މިނުން ރަނގަޅެއް ނުވާނެ. އަހަންނަކީ އެހެން އުޅޭ މީހެއްނޫން. ދެން އޯ.ކޭ. ވަފާ ބޭނުން ނޫނިއްޔާ އަޅާނުލާ. ދެން ނިދާ.” އަހަރެން ފޯން ބޭއްވީ ނިދިއަންނަން ފެށުމުންނެވެ.
އަނެއްދުވަހު އަހަންނަށް ވަފާ ފެނުނެވެ. އަހަންނަށް ވަފާ ފެނުނީ ފިހާރައަކުން ނިކުންނަނިކޮށެވެ. ކަންދިމާކުރި ގޮތުން، ވަފާއަށް ނިކުމެވުނީ އަހަރެންގެ ކުރިމައްޗަށެވެ. ކުއްލިއަކަށް ވަފާއަށް ހުއްޓެވުނެވެ. އަހަރެން ވަފާއަށް ބަލާލީމެވެ. ދެން ހިނގައިގަތުމަށްޓަކައި އެއްފަރާތަށް ޖެހިލީމެވެ. ވަފާއަށްވެސް ޖެހިލެވުނީ އަހަރެން ޖެހުނު ފަރާތަށެވެ. އަނެއްކާ އަހަރެން އަނެއް ފަރާތަށް ޖެހިލީމެވެ. މިފަހަރުވެސް ވަފާއަށް ޖެހިލެވުނީ އަހަރެން ޖެހުނު ފަރާތަށެވެ.
“ސޮރީ އުނދަގޫ ކުރެވުނީތީ. އަވަހަށް ދޭ.” އަތުން ވަފާއަށް ތަން ދައްކަމުން އަހަރެން ބުނީމެވެ.
“އެހެންވެދާނެ. އަޅާނުލާ.” އެހެން ބުނުމަށްފަހު ވަފާ ހިނގައިގަތެވެ.
ވަފާ ގޮސް ގެއަށް ވަންނަންދެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އަހަރެން ވަފާއަށް ގުޅިކަމެއް ވަފާއަކަށް ނޭނގޭނެއެވެ. ވަފާގެ މޫނުގައިވާ މައުޞޫމް އަސަރަކީ އަހަރެން ހިތްއުފާކުރުވި ކަމެކެވެ. ކޮންމެ މީހަކަށް ހޫރު ޕަރީއެއް ފަދަ ރީތި އަންހެން ކުއްޖަކު ނުލިބިދާނެއެވެ. ރީތި އެއްޗެހި ލިބިގެން، ފަހުން އެއިން ލިބޭ ވޭން ބޮޑުވާތަންވެސް ދިރިއުޅުމުގައި އައިސްފައި އެބަހުއްޓެވެ.
އަހަރެންނަށް ވަފާގެ ރަށުގައި ދުވަސްކޮޅަކު މަޑުކުރަން ޖެހުނެވެ. ވަފާ ބުނިބުނުމަށް އަހަރެން ވަފާއަކަށް ނުގުޅަމެވެ. ވަރަށް ގުޅާ ހިތްވެސްވެއެވެ. މަގުމަތިން ފެންނަންވެސް ފެނެއެވެ. ވަގަށް ބަލަންވެސް ހުންނަމެވެ. އެކަމަކުވެސް ހިތުގައި ފޮރުވާފައި ބާއްވަނީއެވެ. އަހަންނަކީ ކެތްތެރި މީހެކެވެ. ލޯބިވެގެން އާވާރާވުމަކީ އަހަރެން ކުރާ ކަމެއްނޫނެވެ. ވަގުތު އައިސް ޖެހުމުން އަހަންނަށް ލިބެންޖެހޭ އެއްޗެއް ވިއްޔާ ލިބޭނެއެވެ.  
“ބިޒީތަ؟ އަހަރެން ބޭނުން ބައްދަލުކޮށްލަން؟” ވަފާ އަހަންނަށް ގުޅީ މާލެ ދާން އެއްދުވަހަށްވެފައި އޮތްވައެވެ.
“ނޫން. ކޮންތާކަށް ދާންވީ؟” އަހަރެން އަނހާލީމެވެ.
“އާދެ އަހަރެންގެ ގެއަށް.” ވަފާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.
ގަޑިއިރެއް ފަހުން އަހަރެން ވަފާގެ ގެއަށް ދިޔައީމެވެ. އަހަރެން ދިޔައިރު ވަފާ އިނީ ގޭގެ ދޮރުމަތީގައެވެ. އަހަރެން ވަފާގެ ފަހަތުން ގޭ ތެރެއަށް ވަނީމެވެ. އަހަރެމެން ދެމީހުން ގޮސް ޖޯލިފަތީގައި އިށީނީމެވެ. ވަފާ އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެންގެ އަތުގައި ހިފާލިއެވެ. ދެން ހިނިތުންވެލިއެވެ.
“އަހަރެން ބޭނުން އިނާޙްއާއެކު ރަނގަޅަށް އުޅެން. ފާތިޙް އަހަންނަށް ކިޔައިދީފި އިނާޙްގެ ހުރިހާ ވާހަކައެއް. ކުރިން އެހެން ވާހަކަ ދެއްކުނީތީ ސޮރީ.” މަޑުމަޑުން ވަފާ ބުނެލިއެވެ.
“އަޅާނުލާ. މިހާރު ދެން އެކަން ނިމުނީއެއްނު. އަސްލު ވަފާ ހީކުރާކަހަލަ މީހެއްނޫން އަހަންނަކީ. އަހަރެންވެސް އުޅުނީ ވަފާއާއެކު ދިރިއުޅުމެއް ފަށަން ވިސްނަން. އެކަމަކު މިހާރު ޚިޔާލު ބަދަލުވެއްޖެ. ތީ ވަރަށް ރަނގަޅު ކުއްޖެއް. ދޮގުހަދާ އޮޅުވާލައިގެން އަންހެންކުއްޖެއްގެ ފަރާތުން ފައިދާ ނެގުމަކީ އަހަރެން ކުރާނެ ކަމެއްނޫން. ވަފާ ބުނެގެން ބައްދަލުކުރަން މިއައީވެސް. އަންހެނުންނަކީ އަހަރެން ވަރަށް ޤަދަރުކުރާ ބައެއް. އެއްވެސް މީހެއްގެ ޙަޔާތުގައި ކޫރުމެއް އަޅުވާ، ލަފެއް ޖެއްސުމަކީ އަހަރެން ބޭނުންވާ ގޮތެއްނޫން. ކުރިން ވަފާ އެހެން ބުނީމަ، އެކަންވެސް ސާބިތުކޮށްދޭންމިއައީ. ކޮފީއަށް ގެންގޮސް މޮޅުވާހަކަ ދައްކައިގެން އަންހެންކުދިންގެ ހިތްތަކާއި ކުޅުމަކީ އަހަރެން ކުރާކަމެއްނޫން. އިރާދަކުރެއްވިއްޔާ ވަފާއަށް ވަރަށް ރަނގަޅު ފިރިއެއް ލިބޭނެ.” އަހަރެން ބުނީމެވެ.
“ބަލާލީމަވެސް އިނގޭ އިނާޙް އަކީ ރަނގަޅު މީހެއްކަން. އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައި ހުންނާނަންދޯ.” ލުއި ހިނިތުންވެލުމަކާއެކު ވަފާ ބުނެލިއެވެ.
އާނ! އެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. ދެން ވަފާގެ ގެއިން ނިކުމެގެން ދިޔައީމެވެ. އަހަރެންވެސް ވަފާދެކެ ގަޔާވެއެވެ. އެއަށް ލޯތްބެކޭ އަހަންނެއް ނުކިޔާނަމެވެ. ބައެއް އަންހެންކުދިން ހީކުރަނީ ހުރިހާ ފިރިހެނުންވެސް ދުވާނީ އަންހެނުން ފަހަތުން ކަމަށެވެ. ހަރުދަނާ ގޮތެއް ނުހުންނާނެ ކަމަށެވެ. އެހެންވަނީވެސް ބައެއް މީހުން އުޅޭ ގޮތުންނެވެ. އެކަމަކު، މިފަހަރު ވަފާއަށް އަހަންނަކީ އެބުނާ ގޯސް މީހުންގެ ތެރޭގައިވާ މީހެއް ނޫންކަން އިނގޭނެއެވެ. އަހަރެންގެ ލޯބިވެރިޔަކަށް ނުވިޔަސް، ވަފާ ހުންނާނީ އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައެވެ. ދެންވާނެގޮތެއް އިނގޭނީ ރައްޓެހިކަން ލޯތްބަށް ބަދަލުވި ދުވަހަކުންނެވެ.            -ނިމުނީ-

Comments (27)

  1. nym

    no cmnts

  2. Sama

    Reechehnoon

  3. Anonymous

    Mygothi gadehtha……vaahaka eh tha mi lol …….

    1. xaha
      Anonymous

      kihaa dhera vehjje kmh dhw..dhera kuran beynumiyya cmmnt nukuraanii.. meehaku hthuga jahssafa thimyhun hadha ufaa vey dhw

  4. idiot

    mee koahcheh .. meegen dheyha wany koahcheh.. Hadi..chiiii??

    1. xaha
      idiot

      komme myhakah reethi paree eh nulibeyne kan

    2. idiot
      idiot

      so sorry xaha .. coment kirewunu gothun varakah sad vehje ma golaa.. hope u will 4give☺

    3. idiot
      idiot

      so sorry xaha .. coment kurewunu gothun varakah sad vehje ma golaa.. hope u will 4give☺

  5. Anonymous

    Ekam foruvifaa vaa hagygai ly thimahna oa.. eves malakaa ge namuga.. alhe kerenyaa mi cmnt ah reply khbala xaha.. nukereynekan engey

    1. xaha
      Anonymous

      dont challange me okayh!!!..
      life is like this.. hama balaali midhuniyehga insaafah loabikuraa baeh thibithoww… xaha mai ah dhera akah nu ehn hedhy..bt rangalhakah.. so dnt ever underestimate me okay?

  6. flirt guy

    anonymous kae xaha aa jahsaalaefatha .. dhn hurey eothi xaha cmmnt vex kohfa..dhn keekey kae bunaany..xaathy kameh dhw

    1. xaha
      flirt guy

      hehehe!! thnkxx… its called life..

    2. xaha
      flirt guy

      eii aadha

  7. Faya

    This is true .. Nice visnaa bayakah iburatheh kamugaa menuvee nuve eve ! 🙂

    1. xaha
      Faya

      heheeh… thnkxxx

  8. maakas

    Xaha ah va hama saabas…..hadi ey bunyma hajam kohbala….myhun hadi ey a bunany hama hadi vma dhw…..rythihya dhw rychey bunaanii…???

  9. Naani

    Vahaka liyan beynumiyya kiyuntheringe positive comments balai ganna gothah negative comments vx balai gannan jeheyne.. negative comments aky kuriyah dhaan libey hiy vareh.. esfiya ga eki liyuntherige vahaka v ginain kiyan.. kiyuntherin kohfa hunna positive n negative comments ves kiyan.. ekam dhuvahaku vx mi nooni nudheken negative comments hajam nuvegn liyuntheriya rahdhu dheefa oeh thaneh.. v d grade liyun therieh kamah dheken.. no hard feelings.. hama bunely.. negatives comments hajam nuvangna vahaka nuliun buhdhiveri.. aslu mivahaka adhi rangalheh noon.. ekam negative comments balai ganegen kuriyah dhiyaima rangalhuvane.. miharu kuri arai miulheny liun therinvx exmple: ushali.. fantasy kahala.. emeehunes negative commengs balai ganegen kuriyah gossa ethiby.. okk v salaam xahaa

  10. ken?

    i didnt read this story but comment thakah balaafa i ll not read it…cux i dnt think the writer shud rply to negative comments like this..n yeah hajam.kuran ves jeheyne…migothah negative comments thah challenge alah balaafa reply kuraannee liyuntheri kamun…mibuny reethi vaahakaei liyefa comment kuri kudhin ves reechey bunaa varuge vaahakaei up kohbala..

  11. zeeee

    may b zaha zuha zana kahala nanankiyaa kudinge goeh kanneynge ei… they hajam but they just feell really sad liyk others.. n z’s lyk to just.. radhudeyn.. iv experieced tht… its our nature… n by da way she is jus 14… mind your comments plx..

  12. xahaaaaaaa

    kada writer eh hajam please writer enmmenge ruhumeh nulibeyne..

  13. Faathun

    First of all, waahaka eh liyanyaa negetive comments vx accept kuran dhadkuran jeheyne.. nukurewenyaa nuliyani.. u dnt have to so rude as a writer.. kiyuntherinnah reethiyyaa reechey bunaane.. hadi v ma hadiey bunaani..hadiey buneema rude kh reply nukh dhen liyaa waahakaeh reethi kuran try kuraani.. i have never seen such a hopeless writer… mi site ga liyaa ehen waahaka thakah vx meehun hadi v ma hadiey kiyaafa comment kurey.. ekamu writers eyge badhalu ga rude kh reply nukurey.. u shud learb how to deal with negetive comments.. v wedhun.

    1. Faathun
      Faathun

      *dhaskuran
      *have to be
      *learn

  14. Isha

    Mi koacheh?? Vahaka eh hen heevx nuve

  15. Asurumaa

    Masha allah varah reethi vaahaka!! Xahaa?and zaathyvegen mi vaahaka ah comment kuraathy hithaama kuran ur wright zahaa hurihaa firihenun ehgotheh nuvaane i thought that mee mashah bahakun jahaafa kamah!! ??Really its very nice story keep it up and story dhigu kohlinama adhi maa salhivaane ingey and fans negative comments kuraane alhaanulaaa negative comments libunyma kuri erun libeyny ekan gaboolukoh hajam kohlan dhaskohlaa ur a such a gud writer

  16. ކިޑީ ދައްތަ

    އަސްލުގަވެސް މިވާހަކަ ވަރަށް ރީތި. ވަރަށް ކަމުދޭ. އެކަމު ޒަހާ ނެގެޓިވް ކޮމެންޓު ތަކަށް ވެސް ޝުކުރު އަދާކުރުން މާރަނގަޅުވާނެ. އޭރުން މީހުން ލޯބިވާީނީ. ކުރިއަރާނީ. ދެރަ ނުވައްޗޭ؟.

  17. zoe

    varah rythi. plx keep writing.. looking forward to more stories form you!

  18. zablahblegh

    o

Comments are closed.