Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އުންމީދުގެ ދިރުން

Raya.aaaaa
Raya.aaaaa Level 110 Stories
July 15, 2026 3 Mins Read
12 Comments

ނައުހާ އާއި އައްޒާމަކީ ކުޑައިރުއްސުރެ އެއް ފަސްގަނޑެއްގައި، އެއް މާހައުލަކަށް އުފަންވެ، އެކުގައި ބޮޑުވި ދެ އެކުވެރިންނެވެ. ރަށު ސްކޫލް ނިންމުމަށްފަހު، މަތީ ތަޢުލީމު ހާސިލުކުރުމަށް ދެމީހުން މާލެ ބަދަލުވީވެސް އެކުގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، އެމީހުންގެ މެދުގައި އޮތް ޅަފަތުގެ އެކުވެރިކަން މަޑުމަޑުން ބަދަލުވަމުންދިޔައީ ފުން އަދި ސާފުތާހިރު ލޯތްބަކަށެވެ. އައްޒާމަކީ އޯގާތެރި، ހިތްހެޔޮ އަދި ނައުހާގެ ކޮންމެ ކަމަކަށް އިންތިހާއަށް ސަމާލުކަންދޭ ޒުވާނެކެވެ. ނައުހާގެ ހިނިތުންވުމަކީ އައްޒާމްގެ ދިރިއުޅުމުގެ ދިރުމެވެ.

ކޮލެޖުގެ ކިޔެވުން ނިމުނު ދުވަހު، ދެމީހުން އެކުގައި ހަވީރުގެ ހިތްފަސޭހަ ވަގުތެއްގައި އާޓިފިޝަލް ބީޗަށް ދިޔައެވެ. އޮއްސެމުންދިޔަ އިރުގެ ރަން ދޯދިތަކުން މުޅި މާހައުލު އުޖާލާވެފައި އޮތް ވަގުތު، އައްޒާމް ނައުހާގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ، އޭނާގެ ޖީބުން ރީތި ރަން އަނގޮޓިއެއް ނެގިއެވެ.

“ނައު.. އަހަރެންގެ ހަޔާތުގެ ކޮންމެ ސިކުންތެއް ނައުއާއެކު ހޭދަކުރަން ބޭނުން. އަހަރެންދެކެ ލޯބިވަންތަ؟ އަހަންނާ ކައިވެނިކުރާނަންތަ؟” އައްޒާމް ޖަޒުބާތުން ފުރިގެންވީ އަޑަކުން އަހާލިއެވެ.

ނައުހާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިުނެވެ. އޭނާ އުފަލުން ގޮސް އައްޒާމްގެ ގައިގައި ބައްދާލަމުން “އާނއެކޭ” ބުންޏެވެ. އެ ދުވަސްވީ އެމީހުންގެ ހަޔާތަށް އައި އެންމެ އުފާވެރި، ފޮނި ދުވަހަށެވެ. ދެ އާއިލާގެ ރުހުމާއި ބައިވެރިވުމާއެކު، ވަރަށް އަވަހަށް ކައިވެނީގެ ތާރީޚު ކަނޑައެޅި، ތައްޔާރީތައް އަވަހަށް ކުރިއަށްދާން ފެށިއެވެ.

ކައިވެންޏަށް ބާކީ އޮތީ އެންމެ ހަފުތާއެކެވެ. މުޅި ގެ ހުރީ ކައިވެނީގެ ކުލަބޮކިތަކުން ދިއްލާލާފައެވެ. ނައުހާ އާއި އައްޒާމް ތިބީ ހަޔާތުގެ އާ ފެށުމަށް ކެތްމަދުވެފައެވެ. ނަމަވެސް، އެއްދުވަހެއްގެ ރޭގަނޑު، ނައުހާ ކުއްލިއަކަށް މޭގައި ރިއްސާތީ ހޭނެތިގެން ބިމަށް ވެއްޓުނެވެ. ގޭމީހުން ހާސްވެގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ޚަބަރު ލިބުމާއެކު އައްޒާމް ދުވެފައި ހޮސްޕިޓަލަށް ދިޔައެވެ. އޭނާާ ދިޔައިރު ނައުހާ އޮތީ އައިސީޔޫއަށް ވައްދާފައެވެ. އެތައް ގަޑިއިރެއްގެ އިންތިޒާރަށްފަހު ޑޮކްޓަރު ނިކުމެ، އައްޒާމް އާއި ނައުހާގެ އާއިލާއާ ބައްދަލުކުރިއެވެ.

“ނައުހާގެ ހިތުގެ މައްސަލައެއް ހުރިކަން ކުރިން އެނގޭތަ؟” ޑޮކްޓަރުގެ ސުވާލުން އެންމެންނަށް ލިބުނީ ސިހުމެކެވެ. “އޭނާގެ ހިތުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި. ކުއްލިއަކަށް ހިތް ހުއްޓުމުގެ ނުރައްކާ އެބައޮތް. އޭނާ ސަލާމަތްކުރަން ބޭނުންނަމަ، ވަގުތުން ރާއްޖޭން ބޭރަށް ގެންގޮސް ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ. އެކަމަކު އެއީ ވަރަށް ޚަރަދު ބޮޑު ކަމެއް.”

މި ޚަބަރާއެކު އައްޒާމްގެ ދުނިޔެ އެފުށް މިފުށަށް ޖެހުނު ކަހަލައެވެ. ނައުހާގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. އޮޕަރޭޝަނަށް ބޭނުންވާ އެތައް މިލިއަން ރުފިޔާއެއް ކުއްލިއަކަށް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ކައިވެނީގެ އުފާވެރިކަން ސިކުންތުކޮޅެއްގެ ތެރޭގައި ބިރުވެރި ހިތާމަޔަކަށް ބަދަލުވެގެން ދިޔައެވެ.

އައްޒާމް އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ނައުހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ރެޔާއި ދުވާލު ބުރަ މަސައްކަތް ފެށިއެވެ. އަމިއްލަ ސައިކަލާއި، ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ތައްޔާރުކުރި ރަން އަނގޮޓި ފިޔަވައި އޭނާގެ ފުރާނަފަދަ ހުރިހާ މުދަލެއް ވިއްކާލިއެވެ. އަދި ރަހުމަތްތެރިންނާ ގުޅިގެން މީސްމީޑިއާގައި އެހީގެ ފަންޑެއް ހުޅުވައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް، އުންމީދު ކުރިވަރަށްވުރެ ވަގުތު ދިޔައީ ހަލުވިކަމާއެކު ހުސްވަމުންނެވެ. ނައުހާގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ. އައްޒާމް ނައުހާގެ އެނދު ކައިރީގައި، އޭނާގެ އަތުގައި ހިފަހައްޓައިގެން އިނދެ ކަރުނަ އޮއްސަމުން ދިޔައީ، ބަސްބުނާހާ އަވަހަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ދޫކޮށްލަން ޖެހިދާނެތީއެވެ.

އުންމީދުގެ ހުޅުކޮޅު މުޅިން ނިިވި، ހުރިހާ ދޮރެއް ބަންދުވިހެން ހީވި ވަގުތެވެ. އައްޒާމް ހުޅުވި ފަންޑުގެ ޚަބަރު ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއަކަށް ފެނުނެވެ. އެ މީހާ އައްޒާމަށް ގުޅައި، އޮޕަރޭޝަނަށް ބޭނުންވާ ބާކީ ހުރިހާ ފައިސާއެއް ހަމަޖައްސާދޭނެ ކަމުގެ އުފާވެރި ޚަބަރު ދިނެވެ.

ވަގުތުން އެއާ އެމްބިއުލާންސްއެއްގައި ނައުހާ އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލަކަށް ބަދަލުކުރެވުނެވެ. އައްޒާމްވެސް ނައުހާގެ އަތުގައި ހިފާލައިގެން އެކުގައި ދިޔައެވެ. ހޮސްޕިޓަލަށް ދެވުމާއެކު، ނައުހާ ތިއޭޓަރަށް ވެއްދިއެވެ. އޮޕަރޭޝަން ކުރިއަށް ދިޔަ 8 ގަޑިއިރުވީ އައްޒާމްގެ ހަޔާތުގައި އައި އެންމެ ދިގު، އެންމެ ބިރުވެރި ވަގުތަށެވެ. އޭނާާ އިނީ ހޮސްޕިޓަލުގެ ކޮރިޑޯގައި ދުޢާކުރުމުގައެވެ.

ކުއްލިއަކަށް ތިއޭޓަރުގެ ރަތް ބޮކި ނިވި، ޑޮކްޓަރު ހިނިތުންވުމަކާއެކު ބޭރަށް ނިކުތެވެ. “މަރުހަބާ! އޮޕަރޭޝަން ވަރަށް ކާމިޔާބު. ނައުހާގެ ހިތް މިހާރު ވަނީ މުޅިން ރަނގަޅުވެފައި. ދެން އެއްވެސް ނުރައްކަލެއް ނެތް،” ޑޮކްޓަރު ބުންޏެވެ.
އައްޒާމަށް އުފަލުން ގޮސް ރޮއިގަނެވުނެވެ. ސަޖިދައަކަށް ތިރިވެ، މާތް ﷲ އަށް ޝުކުރު އަދާކުރިއެވެ.

މަސްތަކެއް ފާއިތުވެގެން ދިޔައެވެ. ނައުހާ މުޅިން ބަލިން ފަސޭހަވެ، ކުރީގެ ރީތި ހިނިތުންވުމާއި ތާޒާކަން އޭނާާގެ މޫނުމައްޗަށް އެނބުރިއެވެ. އެނބުރި ރަށަށް އައިސް، ކުރިން މެދުކަނޑާލަން ޖެހުނު ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބޭއްވުނެވެ.

ކައިވެނީގެ ރޭ، ރީތި ހުދު ހެދުމެއްގައި ހުރި ނައުހާ، އައްޒާމްގެ ދެލޮލަށް ބަލާލިއެވެ. “އައްޒާމް.. އަހަންނަށް އާ ދިރިއުޅުމެއް ހޯދައިދިނީ ތިއީ. ތި ތެދުވެރި ލޯތްބާ ނުލައި މިއަދު އަހަރެން ދުނިޔެއަކު ނުހުރީސް،” ނައުހާ ބުންޏެވެ.

އައްޒާމް ހިނިތުންވުމަކާއެކު، ނައުހާގެ ފުރާނަ ސަލާމަތްކުރަން އުޅުނުއިރުވެސް އޭނާާ ނުވިއްކާ ރައްކާކޮށްފައި އޮތް ރަން އަނގޮޓި ނަގައި، ނައުހާގެ އިނގިލީގައި އަޅުވާލިއެވެ. އަދި ނައުހާގެ އަތުގައި ބާރަށް ހިފާލަމުން ބުންޏެވެ. “ނައު.. ކިތަންމެ ބޮޑު ތޫފާނެއް އައަސް، އަހަރެން މި އަތުން ދުވަހަކުވެސް ދޫއެއް ނުކުރާނަން.”

ދެމީހުން އެކުގައި ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ވަނީ ކާމިޔާބީގެ އުފަލާއި، ދާއިމީ ލޯބީގެ ކުލަވަރެވެ. ހިތާމައިގެ ބޯވިލާތައް ފިލައިގޮސް، އެމީހުންގެ ހަޔާތަށް އަލުން ބާއްޖަވެރި، އުފާވެރި އިރު ފެނުނީއެވެ.

ނިމުނީ
މިވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން 😀 💗….

Share Article

Raya.aaaaa
Follow Me Written By

Raya.aaaaa

Level 110 Stories

I accept both positive and negative comments 🫶🏻🥲.... Just a simple girl who loves to read and write stories 🫶🏻🫀

Other Articles

Previous

ލޯބި-27

Next

ހިތް އެދޭ މަންޒިލަކީ… 43 (ފަހުބައި)

Next
July 15, 2026

ހިތް އެދޭ މަންޒިލަކީ… 43 (ފަހުބައި)

Previews
July 14, 2026

ލޯބި-27

12 Comments!

  1. Nuha.aaaaa says:
    July 15, 2026 at 2:21 am

    Hey girlll
    MA mi story vess haadha reechey 💓
    Whn ehn story eh ??????
    BY the way mee first 💋🤭
    Lysm and tc💞🤗

    1. Raya.aaaaa Raya.aaaaa says:
      July 15, 2026 at 2:48 am

      Hiiii nuha….
      Thank youuuuuuu so much 🥹🫶🏻
      Mihr submit kohlaafa innaany…..
      Yeaa dear congratss u r first 🫂🤍
      Lym and u also tc 🫶🏻🫀

  2. Anonymous says:
    July 15, 2026 at 9:06 am

    Varah ginaan mistakes hurikan faahga vey eba 😑

    1. Raya.aaaaa Raya.aaaaa says:
      July 15, 2026 at 10:01 am

      IA Dhn rangalhu kohlaanan…..
      Thank u for telling me 😊

  3. Ikaan_22 says:
    July 15, 2026 at 10:28 am

    Wowww What the hell…..this is soo beautiful MA 😍
    U are so talented 💕✨
    Curiously waiting for a new story…..
    When nxt story…..
    Lysm 🖤✨

    1. Raya.aaaaa Raya.aaaaa says:
      July 15, 2026 at 11:18 am

      Awwwn Thank youuuuuuu so much ikaan 🥹…. Mihr submit kohlaafa vaany maidhu libeyene hen heevani kiyaalan…😊
      Lym 🫶🏻🫀

  4. Shaba_17 says:
    July 15, 2026 at 12:00 pm

    Mi Story vx vrh Reethi MA 💗!
    Waiting for a new story! Keep it up ✨
    Lysm and Tc 🖤🥀

    1. Raya.aaaaa Raya.aaaaa says:
      July 15, 2026 at 12:17 pm

      Thank youuuuuuu Shaba 🫶🏻😊….
      Lym and u also tc 🫀🫶🏻

  5. Eddie says:
    July 15, 2026 at 9:18 pm

    Mi story vx vrh furihama MA! 💗
    Waiting for the next story?
    Lyy 💗✌🏻

    1. Raya.aaaaa Raya.aaaaa says:
      July 15, 2026 at 9:34 pm

      Thank youuuuuuu Eddie ☺️🫶🏻
      IA maadhan kiyaalan libeyne ….
      Lym 🫶🏻🫀

  6. sweetgirl says:
    July 16, 2026 at 2:26 am

    It’s on fire MA 🖤🔥
    whn nxt?
    Lyy 💙

    1. Raya.aaaaa Raya.aaaaa says:
      July 16, 2026 at 1:04 pm

      Thank youuuuuuu 🫶🏻☺️
      IA vrh avahah kiyaalan libeyne 😀
      Lym darl 🫀✨

Comments are closed.



All Right Reserved!