ރަހްމާން ނިޔާވިތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. ގޭތެރޭގެ ކޮންމެ ދިމާލަކުންވެސް ވެސް ރަހްމާންގެ ހަނދާންތައް ދައުރުވަމުން ދިޔުމުން އިތުރައް އައިރާގެ ހިތައް އުނދަގޫވިއެވެ. އައިރާ އެންމެ ހަނދާންވީ ސިޓިންރޫމުގެ އެއްކަނެއްގައި އިން ކުޑަ ސޯފާގައި އޭނާގެ ބައްޕައާއެކު ހޭދާކުރި ވަގުތެވެ. އަދި ކޮންމެ ރެޔަކު ސައިބޯން އޭނާގެ ބައްޕަ އެތަނުގައި އިންނަ ހަނދާނެވެ. މިހާރު އެ ސޯފާ އިނީ އެކަނުގާއި ފަޅައްށެވެ. އެ ފަޅުކަމުން، އައިރާގެ ހިތްވެސް ފާޅުވެގެން ދިޔަ ކަހަލައެވެ.. އޭނާ މަޑުމަޑުން ބައްޕަގެ ފޮޓޯ ނަގައި މޭމަތީގައި ބާއްވާލިްއެވެ..
“ބައްޕާ… މިހާރު އަހަރެން މުޅިން އެކަނިވެއްޖެ.. އެކަމް.. ދާންއޮތީ ވަކި ކާކު ކައިރިޔައް.. އަހަރެންގެ ހުރީ ވަކި ކާކު..”. އައިރާގެ ކަރުނަތައް މޫނުމައްޗައް އޮހޮރެމުން ދިޔައެވެ. ރަހްމާން ހުރިއިރު، އައިރާއަށް ދުނިޔެއަކީ މިހާ އެކަނިވެރި ތަނެއްކަމެއް ނޭނގެއެވެ..
“އައިރާ!”..ސީމާގެ ގަދަ އަޑުން އައިރާއައް ސިއްސައިގެން ގޮސް ބަލާލެވުނެވެ. އަތުގައި އޮތް ފޮޓޯގަނޑު މޭޒުމަތީގައި ބާއްވާލުމައްފަހު ކީއްވީތޯ އަހާލިއެވެ.
“މިއަދު އަމްޖަދު އާޔަން ގޮވައިގެން މިގެއަށް އަންނާނެ.” އައިރާއާއި ދިމާއައް ތޫނު ނަޒަރަކުން ބަލަމުން ސީމާ ބުނެލިއެވެ.
“މިއަދުއޭ..؟” ހައިރާންވެހުރެ އައިރާޔައް އަހާލެވުނެވެ.
“އާން. ކަލޭ ލާނީ މިހެދުން.. ތި ތަންކޮޅެއް ރީތިވެގެން އަންނާތި.. މިހާރު ހީވަނީ ސިފަގެއްލިފަ ހުރި ކާޅެއްހެން…” އަތުގައި އޮތް ހެދުމެއް އައިރާގެ މޫނުމައްޗައް ޖަހަމުން ސީމާ ބުނެލިއެވެ.
“އެކަމަކު… އަހަރެން…”.
“ބޭކާރު ބަހަނާ ނުދެއްކިޔަސް މަށައް ހެޔޮ.. ބުނީމަ ބުނާ ކަންތައް ކުރީމަ ރަނގަޅުވާނީ ކަލެޔައް.” އައިރާގެ ވާހަކަ މެދުކަނޑާލަމުން ސީމާ ބުނެލިއެވެ. އައިރާ އިތުރަށް އެއްޗެއް ނުބުނެ، މަޑުން ބޯ ޖަހައިލިއެވެ.
ގަޑިން އެކެއް ޖަހަންވެފައި ހުއްޓާ ގޭގެ ދޮރުގައި މަޑު ޓަތްކެއް ޖަހާލި އަޑު އިވުނެވެ. އެޔާއެކު ސީމާ ގޮސް އަވަހައް ދޮރު ހުޅުވާލިއެވެ. އެއީ އަމްޖަދުއާއި އާޔަންއެވެ.
“އައްސަލާމްއަލައިކުމް.. އަވަހައް ވަދޭ..” ގެޔައް ވަންނަން ދައިވަތު ދެމުން ސީމާ ބުނެލިއެވެ.
“ވާލައިކުމުއްސަލާމް..” ޖަވާބުގައި އަމްޖަދު ބުނެލިއެވެ.
އޭރު ކާގޭގައި އައިރާ ހުއްޓެވެ. ސީމާ ދިން ރަތް ކުލައިގެ ކަކުލާ ހިސާބައް އަރާ ހެދުމެއްލައިގެން އައިރާ ހުރީ ކުޑަގޮތަކައް ރީތިވެލައިގެންނެވެ. އައިރާ ފެނުމުން އެންމެ ފުރަތަމަ ވެސް އަމްޖަދުގެ އައިސް ސަލާމްކޮއްލިއެވެ.
” ދަރިފުޅާ.. ބައްޕަ ވަރަށްް އުފާވެއްޖެ ތިކަހަލަ ރަނގަޅު ކުއްޖެއް މަގޭ އާޔަންއައް ލިބުނީމަ.. މީ ހުވަފެނުގަ ވެސް ދެކިފަ ނެތް އުފާވެރި ދުވަހެއް.. އަލްހަމްދުލިއްލާހި..” އައިރާގެ ބޮލުގައި ކުޑަކޮއް ފިރުމާލަމުން އަމްޖަދުބޭ ބުނެލިއެވެ. އައިރާވެސް އެ އޯގާތެރި ބަސްތައް އިވުމުން ކުޑަ ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އައިރާގެ ނަޒަރު އެވަގުތު ހުއްޓުނީ ފަހަތުުން އައި ޒުވާނާ ފެނިފައެވެ.. އެއީ އާޔަންއެވެ.. އާޔަންއައް މިޒަމާނުގެ ކުދިން ހިތް ކިޔާ ކަހަލަ ރީތިކަމެއް ލިބިފައި ހުއްޓެވެ. ލައިގެން ހުރީ ހުދު ކުލައިގެ ގަމީހަކާއި ފަޓުލޫނެކެވެ. އަތުގައި ކަޅު ކުލައިގެ ގަޑިއެއް އަޅާފައި އޮތެވެ. އަދި އިސްތަށިގަނޑު ވެސް ހުރީ ރީއްޗައް ފުނާއަޅައިފައެވެ. އާޔަން އައިރާޔާއި ދިމާއައް އެފަހަރު ވެސް ބަލައި ނުލައި އައިސް އަމްޖަދުބޭގެ ކައިރީގައި އިށިންދެލިއެވެ. އާނަގެ ހަރަކާތްތަކުން އައިރާޔައް އޭނާވެސް މިކަން ކުރަން އަސްލު ބޭނުން ނުވާކަން ފާހަގަވިއެވެ. އަމްޖަދުބޭ އާއި ސީމާ އޮލަ ވާހަކައިގައި އިން އިރު އާޔަންގެ ސަމާލުކަން ހުރީ އަތުގައި އޮތް ފޯނަށެވެ.. އަމްޖަދުބެޔައް އެކަން ފާހަގަވެގެން އާޔަން ގާތުގައި ބުނުމުން ރުޅިވެރި ގޮތަކައް ފޯނު މޭޒުމަތީގައި ބާއްވާލިއެވެ. އަދި އެވަގުތު ފުރަތަމަ ފަހަރައް އައިރާޔާއި ދިމާއައް ބަލާލިއެވެ. އެ ބެލިމުގައު ވަނީ ރުޅިވެރިކަމެވެ.. ނަފްރަތެވެ.. އެ މޫނުމަތީގައި ހަމްދަރުދީގެ ކުޑަވެސް ނިޝާނެއް ފެންނާކައް ނެތެވެ.
އާޔަންގެ ހަރަކާތްތައް ފެނި އައިރާގެ ހިތް ބިރުގަންނަން ފެށިއެވެ.. އަދި ގަތް ބިރެއްގެ ސަބަބުން އެއްފަހަރާ ކައިރީގައި އިން ފެންތަށި ދަމާލިއެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

MA… When ‘s next?
Keep it up!!! ✨
Make the hardware shines through our hearts 💕
Thank uu 😊. Next part tomorrow kiyaalan libeyne insha Allah
Varahreethi
Thank youuu
Wow so pretty
Akamaku thanklhah dhige kolaa 😊
And hama vrh reethi ☺️
Ly TC✨🥀
Thank uu.. insha Allah will work on that 😊