Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ފުރަތަމަ ލޯބި!

Shaba Level 1
July 9, 2026 3 Mins Read
1 Comment

އެއީ ހިތްގައިމު ހަވީރެކެވެ. އިރު އޮއްސެމުން ދިޔަ ވަގުތު އުޑުމަތިން ފެންނަމުންދިޔަ ރަން އަލިކަމާއި، މޫދު ކައިރިން ޖެހެމުންދިޔަ ފިނި ރޯޅިތަކުން މުޅި މާހައުލަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ގޮނޑުދޮށުގައި ހުރި ބޮޑު ގަލެއްގެ މަތީގައި އިން ޒައިޝާގެ ނަޒަރު ހުއްޓިފައިވަނީ އޮއްސެމުންދިޔަ އިރަށެވެ. ނަމަވެސް އޭނާގެ ޚިޔާލުތައް ވަނީ މާ ދުރުގައެވެ. އޭނާގެ ހިތުގެ ކޮންމެ ވިންދެއް ގުޅިފައިވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އޭނާގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައިވި އެކުވެރިޔާއާއެވެ.

؛ޒައިޝާ ފަހަތުން އިވުނު ފިރިހެންވަންތަ، އާދައިގެ މަތިން މަޑުމައިތިރި އަޑާއެކު ޒައިޝާ ސިއްސައިގެން ގޮސް ފަހަތަށް އެނބުރި ބަލައިލިއެވެ. އެއީ ޝިޒާންއެވެ. ޝިޒާންއަކީ ޒައިޝާގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކުގައި ކުޅެ ބޮޑުވި، ކޮންމެ އުފަލަކާއި ހިތާމައެއްގައި ބައިވެރިވި، އެކަކު އަނެކަކަށް އެއްވެސް ކަމެއް ސިއްރުނުވާ ހަގީގީ ރަހުމަތްތެރިޔާއެވެ.

ޝިޒާން؟ ކޮން އިރަކު އައީ؟؛ ޒައިޝާ ހިނިތުންވުމަކާއެކު އަހައިލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފޮރުވިފައި ހުއްޓެވެ.

ޝިޒާން އައިސް ޒައިޝާގެ ކައިރީގައި އިށީނދެލިއެވެ. ދެންމެ މިއައީ. މިއަދު މާ ބޮޑަށް ފިކުރުބޮޑުވެފައި އިނީމަ ކީއްވެތޯ ބަލައިލަންވެގެން. ޒައިޝާގެ މޫނުމަތިން ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގޭ، ޝިޒާން ބުންޏެވެ. އޭނާއަށް އަބަދުވެސް ޒައިޝާގެ ހިތުގެ ހާލަތު ދެނެގަންނަން އެނގެއެވެ.

ދެމީހުންގެ ދެމެދުގައި އިރުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރޭގައި އެތައް ވާހަކައެއް ފޮރުވިފައިވާ ކަހަލައެވެ. ޝިޒާންގެ ހިތުގައި ޒައިޝާއަށްޓަކައި އޮތް ލޯތްބަކީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އެއީ ހަމައެކަނި ރަހުމަތްތެރިކަމެއް ނޫންކަން އޭނާގެ ހިތް ބުނާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެކުވެރިކަމުގެ ބަދަހި ގުޅުމަށް ބުރޫއަރައި، ޒައިޝާ އޭނާއާ ދުރުވެދާނެތީ އޭނާ އަބަދުވެސް ހުންނަނީ އެ ވާހަކަ ބުނަން ނުކެރިފައެވެ.

ޝިޒާން، އަހަރެން ވާހަކައެއް އަހައިލަންތަ؟ ޒައިޝާ އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބުންޏެވެ. ؛އަހަރެމެންގެ މި ގުޅުމަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެހެން ޝިޒާންއަށް ހީވޭތަ؟ ކުރިން އަހަރެމެންނަކީ ހަމައެކަނި މަޖާކޮށް އުޅޭ ކުދިން. އެކަމަކު މިހާރު މިހާރު އެކަކު އަނެކަކަށް ބަލައިލަންވެސް އުނދަގޫވަނީ ކީއްވެ؟

ޝިޒާން ފުން ނޭވާއެއްލިއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މިއީ އޭނާގެ ހިތުގެ ހާލަތު ބަޔާންކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތުކަމުގައި އޭނާ ދެކުނެވެ. ؛ޒައިޝާ، ބަދަލުވަނީ ދިރިއުޅުމެއް ނޫން. ބަދަލުވަނީ އަހަރެމެންގެ ހިތުގެ އިހުސާސްތައް. އަހަރެން މިއަދު މި އައީ ވަރަށް ބޮޑު ނިންމުމެއް ނިންމައިގެން. އަހަރެންގެ ހިތުގައި އެތައް ދުވަހަކު ފޮރުވައިގެން ގެންގުޅުނު ހަގީގަތް ހާމަކުރަން، ޝިޒާން ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

ޝިޒާން، ޒައިޝާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ޒައިޝާގެ އަތުގެ ފިނިކަން ޝިޒާންއަށް އިހުސާސްވިއެވެ. ޒައިޝާ، އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކު ބޭނުންވަނީ ޒައިޝާގެ އެހީތެރިކަމާއި ލޯބި. އަހަރެންގެ ދިރިއުޅުމުގެ ހުސްކަން ފުރިހަމަކޮށްދެވޭނީ ހަމައެކަނި ޒައިޝާއަށް. އެކުވެރިއެއްގެ ގޮތުގައެއް ނޫން، ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި. އަހަރެން ޒައިޝާދެކެ ވަރަށް ލޯބިވޭ. މި ލޯތްބަކީ އިއްޔެއަކު މިއަދަކު އުފެދުނު އެއްޗެއް ނޫން. މިއީ އަހަރެންގެ މުޅި ހަޔާތް.

ޒައިޝާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއެވެ. އޭނާގެ ހިތް އުފަލުން ފުރުނެވެ. އޭނާވެސް ބޭނުންވީ އެ ޖުމްލަތައް ޝިޒާންގެ ދުލުން އަޑުއަހާށެވެ. ޝިޒާން، އަހަރެންވެސް ޝިޒާންދެކެ ވަރަށް ލޯބިވޭ. އަހަރެން ހީކުރީ ޝިޒާން އަހަރެންދެކެނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ކަމަށް. އެހެންވެ ބުނަން ނުކެރިފައި އިނީ، ޒައިޝާ އުފަލުން ގިސްލެވެމުން ބުންޏެވެ.

އެ ހިތްގައިމު ވަގުތު، ދެ ހިތުގެ ދެމެދުގައި އޮތް ބިރުވެރިކަމުގެ ފާރު ވެއްޓި، ސާފު ތާހިރު ލޯތްބެއްގެ ބިންގާ އެޅިގެން ދިޔައެވެ. ޝިޒާންއާއި ޒައިޝާގެ ލޯބީގެ ދަތުރު އެދުވަހު އާ މިސްރާބަކަށް ފެށުނީ، ދެމީހުންގެ މެދުގައި އޮތް އިތުބާރާއި އިހުތިރާމާ އެކުގައެވެ. އޮއްސެމުންދިޔަ އިރުގެ ރަން އަލިކަން އެ ދެމީހުންގެ މޫނަށް އެޅިފައިވާއިރު، މުޅި ދުނިޔެވެސް އެމީހުންގެ އުފަލުގައި ބައިވެރިވާ ކަހަލައެވެ.

އެ ދުވަހަށްފަހު ޝިޒާންއާއި ޒައިޝާގެ ގުޅުން ކުރިއަށްވުރެ ބަދަހިވިއެވެ. އެމީހުންގެ މެދުގައި އޮތް އެކުވެރިކަން ލޯތްބަށް ބަދަލުވުމުން، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކަށް އޮތް އިތުބާރު ބޮޑުވިއެވެ. ކުދިކުދި މައްސަލަތަކުގައިވެސް އެކަކު އަނެކަކަށް ދޫދީ، ވިސްނައިދީގެން ކަންކަން ހައްލުކުރުމަކީ އެމީހުންގެ އާދައަކަށް ވިއެވެ.

ޒައިޝާގެ ގޭގެ މީހުންނާއި ޝިޒާންގެ އާއިލާއަކީވެސް ވަރަށް ގާތް ދެ އާއިލާއަށް ވުމުން، އެމީހުންގެ ގުޅުމަށް އާއިލާގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބުނެވެ. މިއީ ހަމައެކަނި ދެ ހިތެއްގެ ގުޅުމެއް ނޫނެވެ. މިއީ ދެ އާއިލާއެއްގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަކަށް ވިއެވެ.

އަހަރުތަކެއް ފަހުން، ހަމަ އެ ގޮނޑުދޮށުގައި، އެ ބޮޑު ގަލުގެ މަތީގައި ޝިޒާންއާއި ޒައިޝާ އިށީނދެގެން ތިއްބެވެ. ނަމަވެސް މިހާރު އެމީހުންގެ ދެމެދުގައި އޮތީ ބީރައްޓެހިކަމެއް ނޫނެވެ. އެއީ ކައިވެނީގެ މާތް ގުޅުމުން ގުޅިފައިވާ ދެމަފިރިންނެވެ. ޝިޒާން ޒައިޝާގެ އަތުގައި ހިފާލަމުން ބުންޏެވެ، ޒައިޝާ، އަހަރެމެންގެ މި ލޯބި އަބަދަށް ދެމިގެންދާނެ. އަހަރެންގެ ދުނިޔެއަކީ ތިއީ. ޒައިޝާ ޝިޒާންގެ ކޮނޑުގައި ބޯ އަޅާލަމުން ހިނިތުންވެލިއެވެ. އެއީ ހަގީގީ ލޯބީގެ ފުރިހަމަ ނިމުމެވެ.

ނިމުނީ!

މީއަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެވޭ! ރަނގަޅު ކޮށްލަން ޖެހޭ ކަންކަން ފާހަގަ ކޮށްދިނުން އެދެން! ހުރިހާ ކުދިންވެސް ކިޔާލާފަ ކޮމެންޓެއް ކޮށްލަށްޗާ!

~ ޝަބާ ~

 

Share Article

Follow Me Written By

Shaba

Level 1

Other Articles

Previous

ފުރަތަމަ ލޯބި

Next

ލޯބިން ބުނެލަން (1)

Next
July 9, 2026

ލޯބިން ބުނެލަން (1)

Previews
July 9, 2026

ފުރަތަމަ ލޯބި

One Comment

  1. Shaba_17 says:
    July 9, 2026 at 10:12 pm

    Guysss vrh bodah sorry hama eh vhk thakeh mihury eki goiy gothah published kurevifa once again sorry 🙏😭

Comments are closed.



All Right Reserved!