Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ފޮނިރަހަ (ހިތްދަތިކަމުގެ ފޮނި ދަތުރު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 11, 2026 2 Mins Read
2 Comments

ގަސްތަކުގެ ތެރެއިން ފުރޭނިގެން އައި ނަލަ ދޯދި ތަކުން ހެނދުނުގެ ހިތް ފަސޭހަކަން ހާމަ ވިޔަސް އިޔާސްގެ މޫނުމަތިން އުފާވެރި ކަމެއް ނުފެނެއެވެ. ހީވާ ގޮތުން ވިއްޔާ މާޒީގައި ފީނަނީއެވެ. އެ މޫނުމަތިން ސިފަވަނީ އޭފަދަ އަސަރުތަކެކެވެ.

 

އިޔާސްއަކީ ސާހުބާޒާއި ސަމުއްސުއް ނިޝާގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެދެމަފިރިން އެ ދަރިފުޅަށް ވަރަށް ފޮނި އުންމީދުތަކެއް ކުރެއެވެ. އާއިލާ ފަހުރުވެރި ވާނެ ފަދަ ބަލިމީހުންނަށް ހިދުމެތްދޭ ޑޮކުޓަރަކަށް އިޔާސް ވުމަކީ އެދެމަފިރިންގެ އެންމެ ބޮޑު އަމާޒެވެ. ހުވަފެނެވެ.

 

އެ އާއިލާއަކީ ތަނަވަސްކަމުން އަރާހުރި އާއިލާއެކެވެ. ގިނަ ބައެއްގެ މެދުގައި މަޝްހޫރު އާއިލާއެކެވެ. ބޭނުން ޖެހިގެން އަންނަށް މީހުންނަށް އެހީވުމުގައި ނަމޫނާއެކެވެ.

 

ސުކޫލު ނަތީޖާ ދޫކުރި ދުވަހެވެ. ނޭވާ ހިފަހައްޓާލަން ޖެހުނުދުވަހެކެވެ. އިޔާސް ސުކޫލުގެ ގޯތިތެރެއަށް ނަޒަރު ހުއްޓާލިއެވެ. ފެންނަމުންދިޔައީ އެއްބަޔަކު މަޖާކުރާ ތަނެވެ. އަނެއްބަޔަކު މާޔޫސްވެ ރޯތަނެވެ. އެތަނުން އިޔާސް ގޮސް ގުޅެން ޖެހުނީ މަޖާކުރުމުގެ ގުރޫޕަށެވެ. އިޔާސަށް ލިބުނީ މުޅި ސުކޫލުން އެއް ވަނައެވެ. ” ބައުލޮޖީން” މުޅި ދުނިޔޭން ދެވަނައެވެ. ރާއްޖެއިން އެއް ވަނައެވެ. ޤައުމީ ގަދަ ދިހަ އަކުން ފަހުރުވެރި އެއް ވަނައެވެ. ހުރިހާ މާއްދާއަކުން އިޔާސަށް ހުރީ “އޭ ސުޓާ”އެވެ.

އެ އުފާވެރިކަމުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އިޔާސްގެ މައިންބަފައިންނަށާއި އާއިލާއަށެވެ. “ތުރުކީ”ގެ “ޔުނިވާސިޓީ”އަކުން ކިޔެވުމުގެ ފުރުސަތު ބައްޕަ ހޯދައި ދެއްވިއެވެ.

ކިޔެވުމަށް ފުރުމުގެ ކުރިން ގޭގައި ކުޑަ ވަރެއްގެ ސައެއް ބޭއްވިއެވެ. ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަފާލާގަވެސް އިޔާސް މަންމަ ހުރީ ދެރަވެ ހިތުގައި ޖެހިފައެވެ. ދެ ލޮލުގެ ކޮއި ފަދަ ދަރިފުޅާ 8 އަހަރަށް ވަކިވާން ޖެހޭތީއެވެ.

އޭގެ އަނެއްދުވަހު މަތިންދާ ބޯޓެއްގައި އިޔާސް ތުރުކީއަށް ދިޔައީ ވަރަށް އުންމީދުގައެވެ. އެހެނަސް ފުރަތަމަ ދުވަހުވެސް ކުރިމަތިވީ ހިތް ދަތިކަމެވެ.

ހުންނަ ގޭގެ މީހުންނަށް ކައްކާ ކާންދޭން އިޔާސަށް އަމުރުކުރިއެވެ. ދުވަހަކުވެސް އެއްޗެއް ކައްކާފައި ނުވާ އިޔާސަށް މިކަންވީ ތަކުލީފަކަށެވެ. ބޮލު ރިހުމަކަށެވެ. ކައްްްކަން ނޭނގެ އޭ ބުނުމުން ދެން ޖެއްސީ އިސްތިރިކުރާށެވެ. އިސްތިރިކުރަން ދިން ހެދުން ވިރިގެން ހޫނު އިސްތިރި އިޔާސްގެ އަތުގައިވެސް ޖެއްސިއެވެ. ވިސްނާ ބަލާށެވެ. އަނގުރު އަލިފާންހާ ހޫނުވާނެއެވެ. ވޭނެއް އަޅާނެ ހެއްޔެވެ؟ ދުޅައެއް ވާނެ ހެއްޔެވެ؟

ކިޔެވުމުގެ ފުރަތަމަ ދުވަހު ” ޔުނިވާރސިޓީ” އަށް ގަޑިޖެހިގެން ދެވުމުން ފުރަތަމަ ގަޑިވެސް ގެއްލުނެވެ. އެހެން ގަޑިތަކުގައި އެކަމާއި ވިސްނާއި އިޔާސް ހިތާމަކުރިއެވެ. ވައިރޯޅިއަށް ވެސް ހިލަން ނުވާނެ ހެންނެވެ.

އަހަރު ތައް ފާއިތުވަމުން ދިޔައެވެ. އިޔާސްގެ ހަށިގަނޑުން ނިކަމެތިކަން ދަނީ ސިފަވަމުންނެވެ. އާއިލާއިން ފޮނުވާ ހަދިޔާ އާއި “ޑޮލަރު” ތައް ވެސް އަތުލަނީ ގޭގެ ވެރިންނެވެ. ކުރީގައި ކަސްރަތީކޮށް ހުންނަށް އިޔާސްގެ އަތްފައިގައި ވަނީ އެކި އަނިޔާތަކުގެ ނިޝާންތަކެވެ.

ކިޔެވުމުގައި އެކަމަކު އިޔާސް ނުގުޑާ ފަދަ އަޒުމެއްވިއެވެ. ހިތްދަތިކަން ހަނދާން ނައްތާލާ ހިނިތުންވެ ވޭނަށް ކެއްކޮށް މޮޅަށް ކިޔެވިއެވެ. ލޯބިވާ އާއިލާ އާއި ރާއްޖޭގެ ހައްގުގައެވެ.

” ކޭ އޯ ސީ ޔުނިވާސިޓީން” އެ އަހަރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދަރިވަރަކަށް ވީ އިޔާސްއެވެ. ޑޮކުޓަރީ އެންމެ މަތީ ފާސް ހިފައިގެން އެންމެ ދުވަހެއްވެސް މަޑުނުކޮށް އިޔާސް އައީ މާލެވެ. ރާއްޖޭއެވެ. މައިންބަފައިން ގާތަށެވެ. ލިބުނު ޚަބަރު ކިތަންމެ އުފާވެރިޔަސް އެކަކުވެސް އުފަލެއް ނުވިއެވެ. ކުރިމަތިން ފެންނަށް ހުރި ދަރިފުޅުގެ ހާލަތުންނެވެ. އެ މަންޒަރުތައް ލޮލުން ބަލަން އިޔާސްގެ މަންމައަކަށް ކެތެއް ނުވިއެވެ. އެއާރޕޯޓު ތެރޭ އެ މަންމަގެ ބަޑި ފަޅައިގެން ދިޔައެވެ.

ލޮލުން ފައިބަން ތައްޔާރުވި ކަރުނަތިކި ފުހެލަމުން އިޔާސް ހިނިތުންވެލިއެވެ. ހަނދާންވެ ދިޔަ މާޒީއަށް ފަޚުރުވެރިވެ ހުރެއެވެ. ރާއްޖޭގެ މަޝްހޫރު ޑޮކުޓަރަކަށް ވާން މަސައްކަތްކުރެވުނު ހިތްދަތި ހަނދާންތަކުންނެވެ. އެކަމު މިއަދު އިސްކުރެވުނު ކެތްތެރިކަމުގެ ފޮނި ރަހަ ހަޔާތުގައި ލިބިއްޖެއެވެ. ކެކުޅުމާއި ވޭނުގެ ތެރޭންނެވެ.

 

ނިމުނީ

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

‘ފޮނިރަހަ’ އަކީ އިޔާސްގެ ދިރިއުޅުމުގެ ހިތްދަތި މާޒީއެވެ. އޭނާގެ މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖެއެއްސުމަށްވާ މަތިވެރި ޤުރުބާނީއެކެވެ. އެހާމެ ބުރަ އަސަރުގަދަ ދަތުރެކެވެ.

ކިޔެވޭނީ ވަރަށް ކެތްތެރިވެގެންނެވެ. ދަންނާށެވެ. ހަޔާތުގައި ގޮންޖެހުންތަކާއި ވޭނާއި ތަކުލީފުތައް ވެސް އުފުލަން ޖެހޭނެއެވެ. އިޔާސްއަކީ އެފަދަ މިސާލެއް ނޫންތޯއެވެ؟ އެންމެންނަށް ހުރި ވިދާ އަލިގަދަ ނަމޫނާއެކެވެ. އިބުރަތްތެރި ފިލާވަޅެކެވެ.

ކުރުވާހަކައެއްގެ އިންތިޒާރުގައި ތިބި ހުރިހާ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.

🥰🫶🥀♥️😊

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ލޯބިން ބުނާތީ 42

Next

ހިމޭން 19

Next
August 12, 2026

ހިމޭން 19

Previews
August 11, 2026

ލޯބިން ބުނާތީ 42

2 Comments!

  1. Shaba_17 says:
    August 12, 2026 at 6:43 am

    What a beautiful masterpiece 😍 vrh rythi MA
    Vrh Ufaavehje kuru vhk eh kiyaalan libunyma 💗
    Alhey I feel bad for iyaas 😭😭 Ekm vx Haadha hiyvaru gadha eyy Masha Allah… Curiously waiting for a new story When’s next?
    Lysm ❤️

  2. Isnaa says:
    August 12, 2026 at 8:22 am

    ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
    ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
    އިޔާސްއަކީ ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް ދޯ ހަމަ
    އިންޝާ ﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭނެ އަނެއްކާވެސް ކުރުވާހަކައެއް
    ވަރަށް ލޯބިވޭ
    🥰🫶🥀♥️😊

Comments are closed.



All Right Reserved!