Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 07 ވަނަ ބައި…

Fantasy Level 310 Stories500 Comments100 Comments
April 16, 2016 11 Mins Read
30 Comments

އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ޖައިޝް އިނީ އެނދުގައި އިށީދެގެންނެވެ. އެނދުމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ބާރަށް ދެއަތުން ހިފަހައްޓައިގެން އިން އިރު މީހާގެ މޫނުމަތިން ބިރުގަނެފައިވާކަން ރަނގަޅަށް އެނގެއެވެ. އެއްދިމަލާކަށް ކަޅި ހުއްޓާލައިގެން އިން ގޮތުން އަހަރެންވެސް ބިރުގަތެވެ. “ޖައިޝް.. ” އަހަރެން އޭނަގެ މޫނު ކައިރީގައި ދެފަރާތަށް އަތް ހުރަސް ކޮށްލީމެވެ. އެވަގުތު ސިހިގެން ގޮސްފައި ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލީ ބޮޑު ބިރަކާއި ދިމާލަށް ބަލާލާ ގޮތަށެވެ. އެގޮތަށް ބަލަން ހުރުމަށްފަހު ކުއްލިއަކަށް ބާރަށް ހޭންފެށިއެވެ. އަހަރެން ހުރީ އެކަމަށް ވިސްނައިގެން ނޫންކަމުން އަހަރެން ސިހިގެން ދިޔައެވެ. އަހަރެންނަށް ވެގެން ދިޔަ ގޮތުން ޖައިޝްގެ ހިނިގަނޑު އިތުރަށް ބާރުވެގެން ދިޔައެވެ. އަހަރެން ހިތްހަމަނުޖެހުނެވެ. މިތަނުގައި މަޖާ ކަމެއް ވީ ކޮން އިރަކު ހެއްޔެވެ. އަހަރެން އެހާ ސީރިއަސް ކޮށް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން ޖައިޝްއަށް މަޖާ ކަމަކަށްވީ ހެއްޔެވެ. “އަސްލު ބުނަން އާސީން.. އާސީން ދާންވީ ވާހަކަ ލިޔަން.. ނޫން .. ފިލްމް ހަދަން ދާންވީ…” ޖައިޝް އެނދުން ތެދުވެ ބަނޑުގައި އަތް އަޅައިގެން ހުރެ ހިނިގަނޑު ކޮންޓްރޯލް ކުރެވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ.

އަހަރެން ހިތްހަމަނުޖެހިފައި ނުވިސްނޭ ކަހަލަ ގޮތަކަށް ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “އެހެނެއް ނުން ބުނާނީ.. ދެންމެ ތި ކިޔައިދިން ވާހަކަ އެހާ ވެސް މޮޅު..ހެހެހެ.. ވިސްނަބަލަ.. އާސީން ތި ބުނަނީ.. އޭރު ދިން ރިޕޯޓަކީ އާސީން ހެދި އެއްޗެއް ނޫނެކޭތަ… ތި ބުނާ… ބަޝީ.. ބަބްލީ… ކޮންމެ ނަމެއް ކިޔަސް ހެޔޮ.. އެ ޖިންނި ހެދި އެއްޗެކޭތަ” ހެމުން ޖައިޝް ވާހަކަ ދެއްކިއެވެ. އޭނަގެ ވާހަކަ ހުރި ގޮތުން އަހަރެން ދެއްކި އެއްވެސް ވާހަކައެއް އޭނާ ގަބޫލު ނުކުރަނީކަން އަހަރެންނަށް އެނގުނެވެ. “އާ.. އަހަރެން މި ބުނަނީ އެހެން.. ބަންޝީލް ހެދި އެއްޗެކޭ އެއީ.. ޖައިޝް.. ވިސްނާލަބަލަ.. އޭގައި ހުރި ަަަަަަަަަަައިންފޮމޭޝަން އަކީ އަހަރުމެން ކަހަލަ މީހަކަށް ލިބޭނެ އެއްޗެއްސެއް ނޫނޭ” އަހަރެން ބެލީ ޖައިޝްއަށް ވިސްނައިދެވޭތޯއެވެ. “ކިހިނެއްތަ ތިބުނާ ޖިންނިއެއް އެމައުލޫމާތު ހޯދީ.. އެންޑް ވެއިޓް.. ކީއްވެ އެގަޑީގައި އާސީން ތިހެން ނުބުނީ” ޖައިޝް އަހާލިއެވެ. އަހަރެން އެއްޗެއް ބުނަން އަނގަހުޅުވާލީމެވެ. “މަޑުކުރޭ.. މަޑުކުރޭ.. އާ.. އޭރު އޭނަ ހުރީ އަހަރެންގެ ފުރަގަހުގައޭ ދޯ އާސީން ބުނީ” ޖައިޝް އަނެއްކާވެސް ހޭން ފެށިއެވެ.

އަހަރެން ރުޅިގަދަވާން ފެށިއެވެ. ޖައިޝްއަށް އެއްޗެއް ނުވިސްނެނީ ކީއްވެ ހެއްޔެވެ. އަހަރެން މި މަސައްކަތް ކުރަނީ އޭނަގެ ފުރާނަ ސަލާމަތް ކުރާށެވެ. އެކަމަކު މި ސިކުނޑިއެއް ނެތް ޖައިޝް އަދި ހުރެގެން މަލާމަތް ކުރަނީއެވެ. “ޖައިޝްއަށް ހީވަނީތަ އަހަރެން ދޮގު ހަދަނީއޭ.. ޖައިޝް ބުނެބަލަ.. މިހާރު އަހަރެން ޖައިޝް ކައިރީގައި މަސައްކަތް ކުރާތާ ފަސް ވަރަކަށް މަސް ވެދާނެ.. މިދިޔަ ދުވަސްތަކު ގައި އަހަރެން ދުވަހަކުވެސް.. ދުވަހަކުވެސް ޖައިޝްއަށް ދޮގެއް ހެދިންތަ” އަހަރެން މާޔޫސް ވިއެވެ. ޖައިޝް އަހަރެންގެ ވާހަކަ ގަބޫލު ނުކުރިތާގައި އޭނަ ހީކުރަނީ އަހަރެން ދޮގުހަދަނީ ކަމަށެވެ. އަހަރެން މަޑުމަޑުން އިސްޖައިގެން ގޮސް އެނދުގައި އިށީނީމެވެ. “ނޫން.. ނޫން އާސީން” އަހަރެން މާޔޫސް ވުމުން ޖައިޝް މޫނު މައްޗަށް ސ ީރިއަސްކަން ގެނުވިއެވެ. “ލުކް އާސީން.. އަހަރެން ނުބުނަން އާސީން ދޮގު ހަދައެކޭ.. އެކަމަކު އާސީންއަށް އެނގޭނެ.. އަހަރެން ޖިންނި ގަބޫލެއް ނުކުރަން.. އާސީން ތި ބުނަނީ އަހަރެންގެ ފުރަގަހުގައޭ ހުރީ… އަހަރެންނަށް އެހާ އަނިޔާ ކުރަން ބޭނުންނަމަ ކީއްވެ އެދުވަހު އަހަރެންނަށް އަނިޔާ ނުކުރީ.. އަނެއްކާ ޖިންނި ނަމަ ކުރިއަށް ވާނެ ކަންތަށް އޭނައަށް ކަންތައް އެނގޭނެ.. އޭނައަށް އެނގޭނެ އާސީން އަހަރެންނާއި ވާހަކަ ދައްކާނެކަން.. ސޯ އޭނާއަށް އާސީން ނުހުއްޓުވޭންވީ ކީއްވެ” ޖައިޝް އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ.

“ޕްލީޒް.. ޖައިޝް.. ޔޫ ހޭވްޓް ބްލީވް މީ.. ޕްލީޒް” އަހަރެން އާދޭސް ކުރާ ގޮތަށް ޖައިޝްގެ އަތުގައި ހިފެހެއްޓީމެވެ. “އައި އޭމް ސޯ ސޮރީ.. އަހަރެން ބޭނުންވޭ. އެކަމަކު އަހަރެންގެ ހިތެއް ތިކަމަކަށް އެއްބަހެއް ނުވޭ… ތިބުނާ އެއްޗެހި އުޅޭނެއެކޭ ހިތެއް ނުބުނޭ” ޖައިޝް ބުނެލިއެވެ. ޖައިޝް އަކީ ޖިންނި އެއްޗެހި އުޅޭކަމަށް ޤަބޫލު ނުކުރާ މީހެއްކަން އަހަރެންނަށް ކުރިންވެސް އެނގެއެވެ. އެކަމަކު އަހަރެންނަށް ނުވިސްނި އޮތީ އެކަހަލަ މީހަކަށް ވިސްނައިދިނުން އެއީ ކިހާ އުދަގޫކަމެއްކަމުގައެވެ. “ޖައިޝް..” އަހަރެން ބުނަން އުޅުނު ވާހަކަ ހުއްޓުވާލީ ޖައިޝްގެ އަތުންނެވެ. “ވަރަށް ވަރުބަލި ވެފައެއް ނުން ތި ހުރީ.. އެހަށް އާސީން ރެސްޓް ކޮށްލާ.. އަހަރުމެން ވާހަކަ ދައްކާނީ ފަހުން” އެހެން ބުނުމަށްފަހު ޖައިޝް ބޭރަށް ނިކުންނަން ހިގައިގަތެވެ. “ޖައިޝް.. ޕްލީޒް.. އަހަރެން ދޮގެއް ނުހަދަން.. އަހަރެން މިދައްކާ ވާހަކަ ގަބޫލު ކޮށްބަލަ.. މިވާހަކަތައް ގަބޫލު ނުކޮށްފިނަމަ.. ޖައިޝްއަށް ކޮންމެ ފަދަ ގެއްލުމެއްވެސް ވެދާނެ.. ޕްލީޒް.. ލިސެން” އަހަރެން ވާހަކަ ދައްކަ ދައްކާ ހުއްޓާ ޖައިޝް ގޮސް ދޮރު ހުޅުވިއެވެ. އަދި ބޭރަށް ނިކުތެވެ. އަހަރެން އަވަސް ކަމާއި އެކު ކޮޓަރިން ބޭރަށް ނިކުތީމެވެ. ޖައިޝްއަށް ސިޓިންރޫމް ތެރޭގައި ތިބި މަންމަ، ބައްޕަ އަދި ދޮންބެ ފެނުމުން ކުޑަކޮށް ހުއްޓުން އެރިތަން އަހަރެންނަށް ފެނުނެވެ. ނަމަވެސް އޭނާ އަވަސް ކަމާއި އެކު ގެއިން ނިކުތެވެ. އެވަގުތު އެތިން މީހުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ބޯ ކަހާލީމެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަމުން ޖައިޝްގެ ފަހަތުން ބޭރަށް ނިކުތެވެ. އަހަރެން ވަނީ ކޮޓަރިއަށެވެ.

ކޮޓަރީގެ ދޮރު ޖެހުނު އިރު އަހަރެން ވަނީ ރުޅިގަދަ ވެފައެވެ. އަހަރެންގެ ވާހަކަ ތައް ޖައިޝް ގަބޫލު ނުކުރީ ކީއްވެ ހެއްޔެވެ. އޭނަ ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ. އަހަރެންނަށް އޭނައަށް ކޮންމެ ކަމެއް ވިޔަސް ކީން ހެއްޔެވެ. އެހާ ބޮޑާ މީހުންނަށް ވިސްނައިދިނުން އެއީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނެކެވެ. ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ނޫޅޭނެ އެއްޗެއް ނޫނެކެވެ. އަދި ނުފެންނަ ކޮންމެ އެއްޗަކީ އިންސާނުންނަށް ގެއްލުން ނުދޭނެ އެއްޗެއްވެސް ނޫނެކެވެ. އަހަރެން ރުޅިގަދަވި ވަރުން އެނދުގައި ހުރި ބާލީސްތައް މުޅި ކޮޓަރި ތެރެއަށް އުކާލީމެވެ. އަހަރެން އުއްމީދު ކުރީ ޖައިޝް އަށް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން އޭނާ އަހަރެންގެ އެއްފަރާތުގައި އެހީވުމުގައި ހުންނާނެ ކަމަށެވެ. އެކަމަކު މިހާރު އޭނަ ހީކުރަނީ އަހަރެންނަކީ މޮޔަ އެއްކަމަށެވެ. ބުއްދި ހަމަނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށެވެ. އަހަރެންނަށް އެނދުގައި އިށީދެވުނެވެ. އެވަގުތު އެއްވެސް ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަތައް އޮހިގަތެވެ.

އެވަގުތު ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އަދި ދޮރު ހުޅުވާލުމަށްފަހު ދޮންބެ އެތެރެއަށް ވަނެވެ. މުޅި ކޮޓަރިއަށް އުކާލެވިފައިވާ ބާލީސްތައް ފެނުމުން ދޮންބެ ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އިސްޖަހާލީމެވެ. ދޮންބެ އޭނަގެ ފައިދަށުގައި އޮތް ބާލީހެއް ނަގައިން އައިސް އަހަރެންގެ ކައިރީގައި އިށީދެލިއެވެ. “އަޅާ ނުލާ ކޮއްކޯ.. ހުރިހާ ކަމެއްވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ” ދޮންބެ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “ކިހިނެއް.. ބުނެބަލަ ދޮންބެ.. ކިހިނެއް.. އަހަރެންނަކަށް ނުވިސްނޭ.. އުޅެ އުޅެ އަހަރެންނަކަށް ނުވިސްނޭ ނާސިރު އަހަރެންގެ ނަން ބޭނުން ކުރީ ކީއްވެ ކަމެއް.. އުޅެ އުޅެ އަހަރެންނަކަށް ނުވިސްނޭ މި ބަންޝީލްއަށް ހަދާނެ ގޮތެއް،، އުޅެ އުޅެ އަހަރެންނަކަށް ނުވިސްނޭ އަހަރެންގެ އެކުވެރިން އޭނަގެ ފަރާތުން ސަލާމަތް ކުރާނެ ގޮތެއް.. އަހަރެންގެ އާއިލާ އޭނަގެ ފަރާތުން ސަލާމަތް ކުރާނެ ގޮތެއް.. ދޮންބޭ.. އަހަރެން ބިރުގަނޭ.. އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭތީ ރުޅި އާދޭ… އަހަރެންގެ ކުރިމަތީގައި މީހަކަށް ކަމެއްވެދާނެތީ ދެރަވޭ.. ދޮންބޭ އަހަރެން ކިހިނެއް ހަނދާނީ” އަހަރެންނަށް ރޮވެމުން ދިޔަ ނަމަވެސް ހިތުގައި ހުރި ހުރިހާ އެއްޗެއް މީހަކަށް އިންވަން ބޭނުންވިއެވެ. “އަދި އެވަރުން ނުފުދިގެން.. ޖައިޝްވެސް އެދިޔައީ.. އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރަން.. ބަލަ އަހަރެން ދޮގެއް ބުނަންވީ ކީއްވެ.. ކީއްވެތަ އެމީހުންނަށް ނުވިސްނެނީ.. ކީއްވެތަ އެންމެ ފުރަތަމަ ދުވަހު ނާސިރު އަހަރެންގެ ނަން ބުނީ.. އޭނާ އެހާ ބޮޑަށް އިންސާފް ބޭނުންނަމަ ފުލުހުންނާއި ގުޅިގެން އެކަން ކުރި ނަމަ.. އަހަރެން މިދޭތެރެއަށް ފެއްތީ ކީއްވެ” އަހަރެން ހިތްހަމަ ނުޖެހެނީ އެކަމާއި ހުރެއެވެ. ނާސިރުއާއި ދިމާވި ފަހުން އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ރަނގަޅަކަށް ނުދެއެވެ.

ދޮންބެ އަހަރެންގެ ބޮޮލުގައި ލޯތްބާއި އެކު ފިރުމާލިއެވެ. “ކޮއްކޯ.. ބައެއް ކަންތައް ތަކަކީ އަހަރުމެންގެ ބާރުގެ ދަށުގައި ވާ ކަންތައްތަކެއް ނޫން.. ކިތައްމެ ވަރަކަށް އެކަންތައްތައް ބާރުގެ ދަށަން ގެންނަން ބޭނުންވިޔަސް އެއީ އަހަރުމެންނަށް ކުރެވޭނެ ކަމެއް ނޫން.. އަހަރުމެންނަށް އޮންނާނީ ކޮންމެ ކަމެއް ދިމާވިޔަސް ކެތްކުރުން.. ﷲ އާއި ވަކީލް ކުރުން..” ދޮންބެ ވާހަކަ ދެއްކިއެވެ. “ކޮއްކޮ ތިއީ މީގެ ކުރިން އެހާ އަވަހަށް އުއްމީދު ދޫކޮށްލާ ކުއްޖެއް ނޫން.. ކީއްވެ މިފަހަރު” ދޮންބެ އަހާލިއެވެ. އަހަރެން ދޮންބެއަށް ބަލާލީމެވެ. ދޮންބެ ބުމަ އަރުވާލިއެވެ. “އަހަރެން ބިރު ގަންނަނީ ދޮންބެ.. ބަންޝީލް” “ކޮއްކޮ ބިރު ގަންނަންވީ ކީއްވެ.. ބަންޝީލްއަކަށް ކޮއްކޮއާއި ކައިރިވެސް ނުވެވޭނެ… އަދި އަހަރުމެންގެ އާއިލާގެ އެކަކާއިވެސް.. ދެން ހުރީ ޖައިޝް.. އޭނައަށްވެސް އަދި ވިސްނޭނެ.. އައިރްއަށް އަހަރުމެންނަށް ވިސްނާ ދެވިދާނެ.. އަދި ކޮއްކޮގެ އަނެއް ރަހްމަތް ތެރިޔާއަށްވެސް.. ކަންތައް ކާމިޔާބު ވާނީ އެކަމަށް ހިތްވަރާއި އެކު މަސައްކަތް ކޮށްގެން.. ނުވާނެއޭ ކިޔާފަ.. ބިރުގަނެއޭ ކިޔާފަ.. ދެރަވެއޭ ކިޔާފަ އިނަސް އެއްވެސް ކަމެއް ނުވާނެ.. ކޮއްކޮއަށް އެނގޭނެ މަންމައާއި ބައްޕަ އަދި ދޮންބެވެސް މިހުރީ ކޮއްކޮއާއި އެކުގައި ކަން” ދޮންބެ ބުނެލިއެވެ. އަހަރެންގެ ދެލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ. އަހަރެން ދޮންބެގެ ކޮނޑުގައި ބޯ އަޅާލީމެވެ. “ދޮންބެ.. ކީއްވެތަ އަހަރެން” އަހަރެންނަށް ނުބުނެވުނެވެ. ދޮންބެ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ދޮންބެ ނުބުނެއެވެ.

އަހަރެން ބޭނުން ވަރަކަށް ރޯލަން ދޮންބެ ފުރުސަތު ދިނެވެ. އަދި އަހަރެންނަށް އެތައް ގޮތަކުން ހިތްވަރުދިނެވެ. އަހަރެން އެންމެ އުފާވާ އެއްކަމަކީ އެއީއެވެ. އަހަރެންގެ އާއިލާއެވެ. އެމީހުންގެ ފަރާތުން އަހަރެންނަށް ލިބޭ އެއްބާރުލުމެވެ. އަހަރެން ކޮއްމެ ކަމެއް ކުރިޔަސް އެމީހުން އަހަރެންނާއި އެކު އަހަރެންގެ ފަހަތުގައި ތިބޭނެއެވެ. ދޮންބެ ނިކުތުމުން އަހަރެން ފޯނު ނަގާ އަދްލީއަށް ގުޅާލީމެވެ. އޭނައަކީ ފޯނު ނުނަގާނެ މީހެއްކަން އަހަރެންނަށް އެނގި ހުރެވެސް މެއެވެ. ވަރަށް މުހިއްމު ކަމަކު ވާހަކައެއް ބުނަން ވެގެންނޭ ކިޔާފަ މެސެޖްއެއްވެސް ފޮނުވީމެވެ. އަނެއްކާވެސް ގުޅީމެވެ. ފޯނު ނުނަގައެވެ. ތިން ހަތަރު ފަހަރަށް ގުޅާ މެސެޖްކޮށް ހެދުމުންވެސް އެއްވެސް ހަބަރެއް ނުވިއެވެ. އަހަރެން ހާސްވާން ފެށިއެވެ. އަނެއްކާ އޭނައަށް ކަމެއް ވީ ހެއްޔެވެ. އަހަރެން ބޭނުންވީ އަދްލީއާއި ބައްދަލު ކުރަން ދާށެވެ. “ދަރިފުޅާ ކޮންތާކަށް ތިދަނީ” ތައްޔާރުވެލައިގެން ބޭރަށް ނިކުންނަނިކޮށް ބައްޕަ ގޮވާލިއެވެ. އަހަރެން ބައްޕައާއި ދިމާލަށް ބަލާލީވެ. “އަދްލީ.. އޭނާ ނުނަގާ ފޯނެއް.. މެސެޖްއަށް ރިޕްލައި ވެސް ނުކުރޭ.. ބައްޕާ އަހަރެން ވަރަށް ހާސްވޭ.. އަހަރެން ބޭނުން އޭނަގެ ގެއަށް ގޮސްލަން” އަހަރެން އެދުނީމެވެ. “ނޫން.. މިހާރު މިއީ ދެނަމާދު ދޭތެރެ.. މިރޭ ބޭރަށް ދާނެ ކަމެއް ނެތް” ބައްޕަ ވަގުތުން މަނާ ކުރިއެވެ.

އަހަރެން ހައިރާންވިއެވެ. “ބައްޕާ އެކަމަކު” “މުހައްމަދުފުޅު ގުޅާފަ ބުނީ.. މިރޭ މިގޭ އެކަކުވެސް ގެއިން ބޭރަށް ނިމުގެން ނުވާނެއޯ.. ފަތިހު ހަތަރެއް ނުޖަހަނީސް.. އޭނަ ކުޑަކަމެއް ކުރަނީ ޔޯ.. އެހެންވީމަ މިބުނަނީ.. މާދަން ހެނދުނުންވެސް ބެލިދާނެ.. މިރޭ ބޭރަކަށް ދާނެކަމެއް ނެތް” ބައްޕަ އަހަރެންގެ ޖުމްލަ މެދުކަނޑާލަމުން ބުނެލިއެވެ. “އެކަމަކު ބައްޕާ… ތަވީދު އޮއްވަ އެއްވެސް އެއްޗަކަށް އަހަރުމެންނަކާ ކައިރިއެއް ނުވެނޭނެ އެއްނުން” އަހަރެން އެހެން ބުނެލުމާއި އެކު އެތަނަށް ދޮންބެ އައިސް ހުއްޓުނުނެވެ. “އާ.. އެކަމަކު މުހައްމަދުފުޅު ބުނީ.. މިރޭ މިހަދަނީ ވަރަށް އެހެން ކަހަލަ އެއްޗެކޯ.. އެހެންވެ.. ދެން ގަބޫލު ކުރޭ” ބައްޕަ އެހެން ބުނުމަށްފަހު އިތުރަށް މަޑެއް ނުކުރިއެވެ.ދިޔަ ގޮތަށް ކޮޓަރިއަށް ވަނެވެ. އަހަރެން ހިތްހަމަނުޖެހުނެވެ. ކޮންމެ އެއްޗެއް ހެދިޔަސް އަހަރުމެން ގޭތެރޭގައި ބަންދު ކުރަން އޭނައަށް ބުނެވޭ ހެއްޔެވެ. އެއީ އަހަރެންގެ ދިރިއުޅުން ކޮންޓްރޯލް ކުރަން ކާކު ހެއްޔެވެ. ވަގުތުން މުއްމަޅާ ބާރު ކޮށްލެވުނެވެ. އަދި ބާރު ހިގުމެއްގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ދޮންބެ އަހަރެންގެ ފަހަތުން އައިސް ކޮޓަރިއަށް ވަނެވެ.

“ކީކޭތަ މުހައްމަދުފުޅު ހީކުރަނީ.. އަހަރެން ހިތްހަމައެއް ނުޖެހޭ އެގޮތަށް ކަންތައް ކުރާކަށް.. ދޮންބެއަށް ހަމަ އޯކޭތަ” އަހަރެން ދޮންބެއާއި ދިމާލަށް އެބުރުނީމެވެ. އޭރު ދޮންބެގެ މޫނުމަތިން ފެންނަން ހުރީ ހައިރާން ކަމެވެ. “މުހައްމަދުފުޅޭ!!!!” ހައިރާން ވެފައި ދޮންބެ އަހާލިއެވެ. އަހަރެން ދެލޯ މަރާލީމެވެ. އެއީ އަހަރެން ބުނެގެން ވާނެ އެއްޗެއް ނޫނެކެވެ. އަހަރެންނަށް މާއަވަހަށް ރުޅި އާދެވުނީއެވެ. އަހަރެންނަށް އެނދުކައިރީގައި ތިރީގައި ދެފައި ގަޔާ ކައިރިކޮށްލަމުން އިށީދެވުނެވެ. “ކޮއްކޮ ހާދަ ރުޅިއެކޭ ތި ގަދަވަނީ މިރޭ.. ދޯ” ދޮންބެ އަހަރެންނާއި ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. އަހަރެން އަތުން އިސްތަށިގަނޑުގައި މަޑުމަޑުން ހިފަހައްޓާލީމެވެ. “ލުކް.. ދޮންބެއަށް އެނގޭ ކޮއްކޮ ފުރަސްޓްރޭޓް ވާނެ ވަރު.. އެކަމަކު އޭގެ މާނައެއް ނޫން.. ބޮޑެތި މީހުންނަށް އިހްތިރާމް ނުކުރާށެކޭ.. އަހަރުމެންނަށް ހުރިހާ ކަމެއްވެސް އެކޮށްދެނީ މުހައްމަދުފުޅުބެ.. އަދި ދެރައެއް ލިބިފައެއް ނެތް.. ބައްޕަ އެހާ އިތުބާރު ކުރޭ މުހައްމަދުފުޅުބެއަށް.. އެހެން ނޫނަސް އެންމެ ރެއަކު ބޭރަށް ނުދިޔަޔަސް ވާނެ ގެއްލުމަކީ ކޮބާ” ދޮންބެ އަހަރެންގެ ކުރިމަތީގައި އެއްކަކޫ މައްޗަށް ވާގޮތަށް އިށީދެލަމުން ބުނެލިއެވެ. “ކޮއްކޮ ނަމާދުކޮށްލާ.. އޭރުން ރަނގަޅުވެދާނެ” އަހަރެންގެ ބޮލުގައި ފިރުމާލަމުން ދޮންބެ އެހެން ބުނުމަށްފަހު އެތަނުން ނިކުތެވެ.

އަހަރެން ދޮންބެ ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. މިރޭ އަހަރެން ބޭރަށްދާން މިއުޅެނީ އަހަރެންނަށްޓަކައެއް ނޫނެކެވެ. އެކުވެރިއަކަށް ޓަކައެވެ. ދޮންބެއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ.. އަހަރެން ރުޅި އަންނަ ވަރު އަދިވެސް މަޑެވެ. އަހަރެންގެ ދިރުއުޅުން ކޮންޓްރޯލް ކުރަމުން މީހުން ދާއިރު އަހަރެން ހެވިފައި ބަލަން ހުންނަންވީ ހެއްޔެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ. ފުރަތަމަ ނާސިރުއެވެ. ދެން ބަންޝީލްއެވެ. އޭގެ ފަހުގައި މުހައްމަދުފުޅެވެ. އަހަރެންނަށް އަތް މުއްމަޅާލެވުނެވެ. އައި ރުޅީގައި ތެދުވީމެވެ. އަދި އުނަގަނޑުގައި އޮތް ތަވީދުގައި ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. ދަމައިގަތުމައްޓަކައި ހިފާ ބާރުކޮށްލީމެވެ. އެވަގުތު ކުއްލިއަކަށް އަހަރެންނަށް ތަވީދުން ދޫކޮށްލެވުނެވެ. އަހަރެންނަށް މިވަނީ ކިހިނެއް ހެއްޔެވެ. އެތަވީދަކީ އަހަރެންނާއި ބަންޝީލްއާއި ދެމެދު ހުރަހަކަށް ލެވިފައިވާ ހަމައެކަނި ފާރެވެ. އެފާރު އަހަރެންގެ އަތުން ހަލާކު ކޮށްލަން ވީ ހެއްޔެވެ. ނޫނެކެވެ. ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ. ދޮންބެ ބުނީ ރަނގަޅަށެވެ. އަހަރެންގެ ރުޅި މާދަގަ ވެއްޖެއެވެ. ވަރަށް ފުންކޮށް ދެތިން ނޭވާ ބޭރުކޮށްލީމެވެ. އަތުން މޫނު ފޮހެލީމެވެ. އަވަހަށް ފާހާނައަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދު ކޮށްލީމެވެ. އެވަގުތު ސިކުނޑިއަށް ލިބިގެން ދިޔަ އަރާމެއް ބުނާކަށްވެސް ނޭނގެއެވެ.

ގަޑިތައް ކުރިއަށް ހިގަމުން ދިޔައެވެ. އަހަރެން އާދައިގެ މަތިން ފޮތެއް ހިފައިގެން ކިޔަން އޮތީމެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. ބަލާލިއިރު އިނީ ނުދައްނަ ނަންބަރެކެވެ. އަހަރެން ނަގާކަށް ނުވިސްނަމެވެ. ގަޑިން އެގާރަޖަހަނީއެވެ. މިގަޑީގައި އަހަރެންނަށް ގުޅަން ހުންނާނީ ކާކު ހެއްޔެވެ. ފުރަތަމަ ރިންގް ކެޑުމަށްފަހު އަނެއްކާވެސް ރިންގް ވާންފެށިއެވެ. އަހަރެން ބަލާލީމެވެ. ނުދައްނަ މީހެއްނަމަ ދެވަނަ ފަހަރަށް ވުރެއް ގިނައިންނެއް ނުގުޅާނެ ކަންނޭނގެއެވެ. ފޯނެއް ނުނަގަމެވެ. ރިންގް ކެޑުމަށްފަހު އަނެއްކާވެސް ރިންގް ވާންފެށިއެވެ. އަހަރެން ފޯނަށް ބަލާލީމެވެ. އަނެއްކާ އަދްލީބާއެވެ. އަހަރެން ގުޅާފައި އިނުމުން އޭނަ ގުޅަނީ ބާއެވެ. “ހަލޯ” އަވަސް ވެފައިވާ ހިތަކާއި އެކު ފޯނު ނެގީ އެހެން ހިތަށް އެރުމުންނެވެ. “އަލޯ އާސީން” އެކޮޅުން އިވިގެން ދިޔައީ އަހަރެން ހީކުރި މީހާގެ އަޑެއް ނޫނެކެވެ. އަދި އަމުދުން މިއަދު ވީ ކަންތަކަށްފަހު އޭނާ ގުޅާނެކަމަކަށް އަހަރެންނަށް ހީކުރެވިފައެއްވެސް ނެތެވެ. “އައިރް” އަހަރެންނަށް އެނަން ކިޔާލެވުނު އިރު މީހާ ވަނީ ރަނގަޅަށް ފިނިވެފައެވެ. “އެގިއްޖެދޯ” އައިރްގެ އެ ހިތްގައިމު އަޑު ކަންފަތުގައި ޖެހިގެން ދިޔައެވެ. ނޭނގެންވީ ކީއްވެ ހެއްޔެވެ. އެއަޑަކީ އަބަދުވެސް އަހަރެންގެ ހިތައް ފިނިކަމެއް ގެނެސްދޭ އަޑެކެވެ. އަހަރެންގެ ހިތް އުފަލުން ފުރާލާ އަޑެކެވެ. “އާސީން.. އާ ޔޫ ދެއަރ..” އަހަރެން އެއްޗެއް ނުބުނުމުން އަނެއްކާވެސް އައިރް ބުނެލިއެވެ.

“އާދެ.. ކިހިނެއްތޯވީ..” އަހަރެން ހަމަޖެހިލަމުން ބުނެލީމެވެ. “ސޮރީ.. އަހަރެންގެ ފޯނުން މި ގުޅާލީ.. ބޮޑު ކަމަކު” އައިރްއަށް ވާހަކަ ދައްކަން ކުޑަކޮށް އުދަގޫކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “އެއީ މައްސަލައެއް ނޫން.. ކިހިނެއްތޯ ވީ” އަހަރެން އަހާލީމެވެ. “އަސްލު މި ގުޅީ ނާސިރުގެ ކޭސްއާއި ބެހޭގޮތުން.. މިގަޑީގައި އޮފީހަށް އާދެވިދާނެތަ” އައިރް އަހާލިއެވެ. އަހަރެން ގަޑިއަށް ބަލާލީމެވެ. އައިރް މޮޔަ ހެއްޔެވެ. ގަޑިން ރޭގަނޑު އެގާރަ ޖަހައިފިއެވެ. އެހާ ލަސްވެފައި ހުއްޓަ އަހަރެން އެ އޮފީހަށް ދާނެ ހެއްޔެވެ. އަދި އަމުދުން މިއަދު ވީ ކަންތަކަށް ފަހު އަހަރެން އޭނަ ކުރިމައްޗަށް އަރާނެ ހެއްޔެވެ. އަހަރެން ވެސް ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސު ދެކެ ލޯބިވެއެވެ. “އަހަރެން ގަބޫލު ކުރަން މިހާރު ވަރަށް ލަސް ވެއްޖެކަން ވެސް.. އެކަމަކު.. ވަރަށް މުހިއްމު ކަމަކު ވީމަ މި ގުޅީ” އައިރް ބުނެލިއެވެ. ” މައާފް ކުރައްވާ.. އަޅުގަނޑަށް މިރޭ ދެވޭކަށް ނެތް.. ތި ވިދާޅުވިހެން މިރޭ ވަރަށް ލަސް ވެއްޖެ” އަހަރެން ހިތްވަރު ކޮށްފައި ބުނީމެވެ. ތެދަށް ބުނަނީނަމަ އަހަރެންނަށް އައިރްގެ އަށް ނޫނެކޭ ބުނަން އުދަގޫވެގެން ދިޔައެވެ. “އެހެންވީމަ އަޅުގަނޑަކަށް މިރޭ ނެތް ދެވޭކަށް.. މާދަން ތިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމާ ދެއްތޯ” އަހަރެން ބުނެލީމެވެ. އަދި އައިރް އެއްވެސް އެއްޗެއް ނުބުނަނީސް އަހަރެން ފޯނު ކަޑާލީމެވެ.

އަހަރެން ބޭނުން ވިޔަސް މިރޭގައި ދެވޭކަށް ނެތެވެ. އަނެއްކާ އައިރްއަށް ކޮން އެއްޗެއް އެނގުނީހެއްޔެވެ. އެހާ މުހިއްމުކޮށް އޭނަ ވާހަކަ ދައްކަން ބޭނުންވި ކޮންކަމަކާއި ބާއެވެ. އަހަރެންނަށް ކޮޓާރިތެރޭގައި އޮންނަން އުދަގޫވާން ފެށިއެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ނިކުތީމެވެ. ސިޓިންރޫމްގައި މަންމައާއި ބައްޕަ އަދި ދޮންބެ ޓީވީ ބަލަން ތިއްބެވެ. އަހަރެން މަޑުމަޑުން ގޮސް އެމީހުން ކައިރީގައި އިށީދެލީމެވެ. އެންމެން ވެގެން އެކި ވާހަކައިގައި ތިބީމެވެ. ކުއްލިއަކަށް ގޭ ބެލް އެޅި އަޑު އިވުނެވެ. އެންމެން ހައިރާންވިއެވެ. އެހާ ލަސްގަޑިއެއްގައި ގެއަށް އަންނާނީ ކާކު ހެއްޔެވެ. ދޮންބެ ތެދުވެގެން ދިޔައެވެ. އަހަރެން އިނީ ޓީ.ވީ ބަލާށެވެ. އެވަގުތު ދޮންބެ ގޮވާލި އަޑު އިވުނެވެ. އަހަރެން ބަލާލި އިރު ދޮންބެ ހުރީ ގޭ ދޮރު ހުޅުވައިގެންނެވެ. އެހެންކަމުން ދޮރުމަތީގައި ހުރި މީހަކު އަހަރެންނަކަށް ނުފެނުނެވެ. ދޮންބެ ކުޑަކޮށް ދުރައްޖެހިލިއެވެ. އެވަގުތު އަހަރެންނަށް ހުރި ތަނުން ތެދުވެވުނެވެ. މީހާ ހައިރާންވެގެން ދިޔައެވެ. ބައްޕައާއި މަންމަވެސް ތެދުވިއެވެ. އައިރްގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުގެ ސަބަބުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނަ މިގަޑީގައި އެއައީ ކީއްކުރަން ހެއްޔެވެ. އެކޮލުން ފެންނަން ހުރި އަޑިކޮޅު އަހަރެންގެ މޭގައި އަޑިކޮޅެއް ލައްވާލިއެވެ.

ދޮންބެ ކުޑަކޮށް އެފަރާތް ވެލުމުން އައިރް އެތެރެއަށް ވަނެވެ. އަދި ހިނިތުންވެލަމުން އައިސް މަންމައާއި ބައްޕަގެ ކުރިމައްޗަށް ހުއްޓުނެވެ. “އަޅުގަނޑަކީ އައިރް.. ފުލުހެއް.. އާސީންއާއި އެކު ނާސިރުގެ ކޭސްގައި މަސައްކަތް ކުރާ” އައިރް އަމިއްލައަށް ތައާރަފް ވިއެވެ. އަހަރެން ހުރީ ހައިރާންވި ވަރުން އަނގަހުޅުވިފައެވެ. އައިރް އަހަރެންނާއި ދިމާލަށް ކުޑަކޮށް ހީލިއެވެ. އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. “އައިރް ދެއްތޯ.. އާސީން ކިޔައިދިން އައިރްގެ ވާހަކަ.. ކިހިނެއްތޯވީ.. މިހާ ނުގަޑިއެއްގައި” ބައްޕަ އައިރްއާއި ސަލާމް ކޮށްލިއެވެ. “ލައްޕަ.. މައާފް ކުރައްވާ.. މިހާ ލަސްގަޑިއެއްގައި އަޅުގަނޑު މިއައީ ވަރަށް މުހިއްމު ކަމަކު.. ގަބޫލު ކުރަން އަޅުގަނޑު މިގޮތަށް އައީމަ އުދަގޫ ވެދާނެ ކަންވެސް.. އެކަމަކު.. ކޮންމެހެން އާސީންއާއި ވާހަކަ ދައްކާލަން ބޭނުން ވެގެން” އައިރް ބުނެލިއެވެ. މަންމައާއި ބައްޕަ އެވަގުތު އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ހުރީ ހާސްވެގެން ހަލާކުވާން ކައިރިވެފައެވެ. ދެއަތް ދެއަތާއި ކުޅެވެން ފެށިއެވެ. އޮފީސް ތެރޭގައި އެންމެންގެ ކުރިމަތީގައި އަހަރެން ލަދު ގަންނަވާލާފައި އެވަރުންވެސް އައިރްގެ ހިތައް ހަމަޖެހުމެއް ނުލިބުނީ ހެއްޔެވެ. ގެއަށް އައިސް އަހަރެންގެ އާއިލާ ކުރިމަތީގައި އަހަރެން ލަދު ގެންނެވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އަހަރެންގެ މޫނު ރަތްވެގެން ދިޔަކަން އަހަރެންނަށް އެނގިގެން ދިޔައެވެ.

“ދަރިފުޅާ އާސީން” ބައްޕަގެ އަޑު އަހަރެންނަށް އިވުނެވެ. އަހަރެން ބަލާލީމެވެ. “އަޅުގަނޑު ބޭނުންވަނީ އާސީންއާއި އެކަނި ވާހަކަ ދައްކާލަން.. އެއީ މައްސަލައަކަށް ނުވާނަމަ” އައިރް ވެގެން ދިޔައީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނޫނެކެވެ. އެއަށް ވުރެއް ލަދު ކުޑަ މީހަކަށެވެ. އަހަރެންގެ މަންމަމެން ކުރިމަތީގައި އެހެން ބުނަން އައިރްއަށް ކެރުނީތީ އަހަރެން ހައިރާންވިއެވެ. މަންމަ ބައްޕައާއި ދިމާލަށް ބަލާލިއެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “މައްސަލައެއް ނެތް..” ބައްޕަ ބުނެލި އަޑު އިވުނެވެ. އަހަރެން ބައްޕައާއި ދިމާލަށް ބަލާލީމެވެ. ބައްޕަ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. މަންމަ ދިޔައީ ބަދިގެއާއި ދިމާލަށެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލަމުން ހީލަމުން ގޮސް އަނެއް ކޮޓަރިއަށް ވަނެވެ. އަހަރެން އައިރް އާއި ދިމާލަށް ބަލާލީމެވެ. އޭރު އައިރް ހުރީ އަހަރެންނާއި ދިމާލަށް ބަލަން ކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެވަގުތު އަހަރެންގެ ކަކުލު ހުޅުން ވާގި ދިޔައެވެ. އަހަރެން ދެލޯ ހުޅުވާލީ ބާރުގަދަ އަތަކުން އަހަރެންގެ އަތުގައި ހިފާލީމެވެ. އެވަގުތު އައިރް މަޑުމަޑުން އަހަރެން ސޯފާއާއި ކައިރިކޮށްލިއެވެ. އަހަރެންނަށް ވަގުތުން އައިރްގެ އަތް ފޮޅާލެވުނެވެ. އަދި ސޯފާއާއި ދުރަށް ޖެހިލާ އައިރްއާއި ފުރަގަސް ދިނީމެވެ. މަޑުމަޑުން މަންމަ ކޮބާތޯ ބަލާލެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ދޮންބެ އާއި ކޮއްކޮ ނިދާ ކޮޓަރީގެ ދޮރު ލެއްޕުނު ތަނެކެވެ. އަނެއްކާ ދޮންބެއަށް ދެންމެގެ މަންޒަރު ފެނުނީ ހެއްޔެވެ. އެހެން ވެއްޖެނަމަ އަހަރެންނާއި ދިމާފަށެއް ކޮށްލާނެއެވެ.

“އާސީން..” އައިރްގެ އަޑު އިވިގެން ދިޔައެވެ. “ކިހިނެއްތޯ ވީ.. މާދަމައަށް މަޑު ނުކުރެވޭހާ ކޮންކަހަލަ މުހިއްމު ކަމެއް ދިމާވީތޯ” އަހަރެން އައިރްއާއި ދިމާލަށް އެބުރުނީމެވެ. ނަމަވެސް އޭނާއާއި ދިމާލަށް ބަލާލާކަށް ނުކެރުނެވެ. އަހަރެން އޭނަގެ އެހީ ބޭނުމެއް ނުވެއެވެ. އޭނަ ކޮންމެހެން އަހަރެން އެހެން ހިފަހައްޓަން ޖެހޭ ހެއްޔެވެ. އަހަރެން މިހުރީ އޭނަ ދެކެ ރުޅި އައިސްފައެވެ. އޭނައަށް ވުރެއް ބޮޑަށް އަމިއްލަ ނަފްސު ދެކެ ރުޅި އައިސްފައެވެ. އޭނަ އަހަރެންނާއި ދިމާލަށް ބަލާލާއިރަށް އަދި އަހަރެންނަށް ގޮތްތަކެއް ވާންޖެހޭ ހެއްޔެވެ. އަހަރެންގެ ކަކުލަށް މިހުރިވާ ގޮތެކެވެ. މިއީ މީގެ ކުރިން ވާ ގޮތެއް ނޫނެކެވެ. އެކަމަކުވެސް މިހާރު ދެން ޑޮކްޓަރަށް ދައްކާ ވަރު ވެއްޖެއެވެ. ފިރިހެނެއް ފެންނައިރަށް މިހެން ވާން ވެއްޖެނަމަ އަހަރެންގެ ދުވަސް ދާނެއެވެ. އެކަމަކު ފިރިހެނެއް ހަމަ ފެންނައިރަކަށް އަހަރެންނަކަށް މިހެންނެއް ނުވެއެވެ. އައިރް ތަފާތެވެ. އެހެން އެންމެންނާއި އޭނަ ތަފާތެވެ. މަޑުމަޑުން އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. ސިކުނޑީގައި އެބުރެމުން ދިޔަ އެއްޗެހިތަން ގިނަކަމުންނެވެ.

“ސޮރީ” އައިރްގެ އަޑު އިވިގެން ދިޔައެވެ.

“ކޮންކަމަށްތޯ.. އިށީންނަވާ” އަހަރެން ސޯފާއާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލީމެވެ. އަދި ގޮސް އެސޯފާގެ ކުރިމައްޗަށް ވާގޮތަށް ބެހެއްޓިފައި ހުރި ސޯފާގައި އިށީދެލީމެވެ. އައިރްވެސް އިށީނެވެ. އޭނަ އިށީނީ އަހަރެންގެ ކުރިމައްޗަށް ވާގޮތަށެވެ. “ސޮރީ” ދެވަނަ ފަހަރަށް އައިރް ބުނެލިއެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. “އަހަރެންނަށް އެނގޭ މިއަދު އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. އާސީންއާއި ދިމާލަށް އަހަރެން އެއްޗެހި ކީ.. އަހަރެންނަށް އެނގޭ އެއްވެސް ހައްގެއް ނެތް ކަން އަހަރެންނަށް އެއްޗެހި ކިޔުމުގެ.. އައި ވޯޒް އެންގްރީ.. އާސީން އައުމުގެ ކުރިން.. އޮފީހުގައި ދިމާވި ކަމަކާ.. އެންޑް އައި ސޯ ދެޓް ރިޕޯޓް.. އެހެންވެ އިތުރަށް ހިތްހަމަނުޖެހުނީ.. އެކަމަކު އާސީން ވޯޒް ރައިޓް.. އާސީންއަކީ އަހަރެންގެ ދަށުން މަސައްކަތް ކުރާ މީހެއް ނޫން.. އެހެންވީމަ އެހެން އެއްޗެހި ކިޔުނިތީ ސޮރީ” އައިރް އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. އަހަރެންގެ އަތުން ހެދުމުގެ ފޮތިކޮޅަކާއި ކުޅެލަ ކުޅެލާ އިނީމެވެ. “އެހެން ބުނަންތޯ މިރޭ ތި ދުރުވީ” އަހަރެން އެކަމަށް އެއްޗެކޭ ނުބުނަމެވެ. އައިރްއަށް އަހަރެންގެ މާފް އެހާ ފަސޭހައިންނެއް ނުލިބޭނެއެވެ. އެންމެންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލީމައެވެ.

“އަހަރެން މިއައީ ކުރިންވެސް ބުނިހެން ކޭސްގެ ކަމެއްގައި” އައިރް ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. “މާދަންވަންދެންވެސް މަޑު ނުކުރެވޭ.. އެހާ ބޮޑު ކޮންކަމެއްތޯ ދިމާވީ.. އަނެއްކާ ނާސިރު އެއްޗެކޭ ބުނީތޯ.. ” އަހަރެން ބޭނުންވީ ވީހާވެސް އޮފިޝަލް ކޮށް ވާހަކަ ދައްކާށެވެ. އެއްކޮޅުން އައިރް އެއިނީ އަހަރެންގެ ގޭގައެވެ. އަނެއްކޮޅުން އޭނަ މިއަދު ކަންތައް ކުރި ގޮތުން އަހަރެންވަނީ އެހާ ފޫހިވެފައެވެ. “އެކޮއި.. މި ޖޫސްތަށި ބޯލާ..” މަންމަ ޖޫހާއި ބިސްކޯދު ގެނެސް އަހަރުމެންގެ މެދުގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓަމުން އައިރްއާއި ދިމާލަށް ބުނެލިއެވެ. “ޝުކުރިއްޔާ އާސީން މަންމާ” އައިރް ކުޑަކޮށް ތެދުވެލާ އިހްތިރާމްއާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެންނަށް އައިރްގެ އެސިފަވެސް ވަރަށް ކަމުދިޔައެވެ. މަންމަ ހިނިތުންވެލަމުން ގޮސް ކޮޓަރިއަށް ވަނެވެ. އައިރް އަނެއްކާވެސް އިށީދެލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޯކޭ.. އާސީން ބޭނުންވަނީ އަހަރުމެން ކޭސް އާއި ބެހޭގޮތުން ވާހަކަ ދައްކަން ކަމަށް ވަންޏާމު..ފައިން.. ލެޕްޓޮޕް އެއް ލިބިދާނެތަ.. އަހަރެންގެ ލެޕްޓޮމް ނުލާ މިއާދެވުނީ” އައިރް ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު އައިރްއާއި ދިމާލަށް ބަލާލީމެވެ. އަހަރެން ކޭސް އާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންކަމަށް ވަންޏާމު އޭ އެބުނީ ކީއްވެ ހެއްޔެވެ. އޭނަ އެއައީ އެހެން ވާހަކައެއްވެސް ދައްކަން ހެއްޔެވެ. އަހަރެން ހިނިތުންވެލަމުން ތެދުވެގެން ގޮސް އަހަރެންގެ ލެޕްޓޮޕް ގެނެސް ދިނީމެވެ.

އަހަރެން ލެޕް ހުޅުވުމުން އައިރް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި ޕެން ޑްރައިވްއެއް ލެޕަށް ޖެހިއެވެ. އައިރް އިރުކޮޅަކުން އަޅުވާލީ ވީޑީއޯއެކެވެ. އެއީ މިއަދު އަހަރެން ނާސިރުއާއި ވާހަކަ ދެއްކި ވީޑިއޯއެވެ. އިންޓްރޮގޭޝަން ރޫމްގައި ދެއްކި ހުރިހާ ވާހަކައެއް އޭގައި ހުއްޓެވެ. އެއީ އަހަރެންނަށް އާކަމެއް ނޫނެކެވެ. އެރޫމްގައި ދައްކާ ހުރިހާ ވާހަކައެއް ރިކޯޑް ވާކަން އަހަރެންނަށް މާކުރިން އެނގެއެވެ. އެކަމަކު އަހަރެންނަށް ނޭނގުނީ އެ ހިފައިގެން އަހަރެންނާއި ވާހަކަ ދައްކަން އައި ސަބަބެވެ. “ކުރިންވެސް އަހަރެން ބުނިން.. އަހަރެންނަކީ މީހުންގެ ބިހޭވިއަރ އޮބްޒާވް ކުރާ މީހެކޭ.. މިއަދު އާސީން އެރޫމްއަށް ވަތް އިރު ވަރަށް ކޮންފިޑެންޓް.. ވަރަށް ބޮޑަށް ތައްޔާރުވެގެން ހުރިކަން އެނގޭ” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އައިރް ބަލާލާ ހުރިހާ ފަހަރެއްގައި އަހަރެންނަށް ހީވަނީ މީހަކު އަހަރެންގެ ހިތައް ފިއްތާލާ ހެންނެވެ. މަޑުމަޑުން އަހަރެންނަށް ސޯފާގައި ހިފަހައްޓާލެވުނެވެ. “އެއީ މައްސަލައެއްތޯ” އަހަރެން ލެޕްއަށް ބަލަހައްޓައިގެން ހުރެ އަހާލީމެވެ. އައިރް ހިނިތުންވެލިއެވެ. “ނޫނޭ.. މައްސަލައެކޭ އަހަރެންވެސް ނުބުނަންތާ” އައިރް ބުނެލިއެވެ. އަދި ކުޑަކޮށް އެ ވީޑިއޯ ކުރިއަށް ޖައްސާލިއެވެ. “އެކަމަކު މައްސަލައަކީ.. މިއީ.. މިތަނުގައި އާސީންއައި ބަދަލު.. ނާސިރުއާއި ވާހަކަ ދައްކަން އިދެފައި އާސީން ބަލާލީ ނާސިރުގެ ފަހަތަށް.. އަދި އެވަގުތު އާސީންގެ މޫނުމަތިން ފެންނަން ހުރީ ބިރުވެރިކަން” އަހަރެންނަށް އެބައި ދައްކާލަމުން އައިރް ބުނެލިއެވެ.

އަހަރެން އައިރް އާއި ދިމާލަށް ހާސްކަމާއި އެކު ބަލާލީމެވެ. އަހަރެން ހީކުރި ވަރަށް ވުރެއް އައިރްގެ ސިކުނޑި ތަނަވަހެވެ. “ދެން މިތަނުގައިވެސް.. އާސީން ނާސިރުގެ ފަހަތަށް ގޮސް ހަމަ ސީދާ އެދިމާލަށް ބަލާލީ.. އެކަމަކު މިފަހަރު ކޮންފިޑެންޓްއާއި އެކު.. އަހަރެންނަށް ނޭނގޭ ކަމަކީ އެތަނަށް ބެލި ސަބަބެއް.. އާސީން އެންމެ ފުރަތަމަ ދުވަހުވެސް ބުނި.. ނާސިރުއަކީ ސިހުރު ހަދާ މީހެކޭ.. އަހަރެންގެ ސުވާލަކީ އެތަނުގައި އަހަރުމެންނަށް ނުފެންނަ އެކަމަކު އާސީންއަށް ފެންނަ މީހަކު ހުރީތަ” އައިރް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހާސްވިއެވެ. އައިރްއަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ ބާއެވެ. އަނެއްކާ އައިރް އަހަރެންގެ ވާހަކަ ގަބޫލު ކުރާނެ ހެއްޔެވެ. ނޫނީ ޖައިޝް ހެދިހެން އަހަރެންގެ ވާހަކަ ގަބޫލުނުކޮށް މަލާމަތް ކުރާނީ ހެއްޔެވެ. ބަންޝީލްވަނީ އައިރްގެ ނަންވެސް ބުނެފައެވެ. އަހަރެން ބުނެފިނަމަ އައިރްއަށް ވިސްނައިގެން އުޅެން ފަސޭހަވާނެއެވެ. “އާސީން..” އައިރް ގޮވާލިއެވެ. އަހަރެން ސިހިފައި އައިރްއާއި ދިމާލަށް ބަލާލީމެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

Next

ްައަހަރެންގެ ވާހަކަ (އަށްވަނަ ބައި)

Next
April 17, 2016

ްައަހަރެންގެ ވާހަކަ (އަށްވަނަ ބައި)

Previews
April 16, 2016

30 Comments!

  1. Fantasy says:
    April 16, 2016 at 10:00 pm

    v bodah sorry mihaa las veema.. aslu bixy kamun vaahaka nuliyevigen las vee igey.. heekuran hurihaa kudinves inthizaaru kuri kamah.. mibaives kamudhaane kamah unmeedhu kuran.. hurihaa kudinge hiyaal thakah maruhaba 🙂

  2. Tulip says:
    April 16, 2016 at 10:17 pm

    Hi Fantasy….thanks. u r the best?

    1. Fantasy says:
      April 17, 2016 at 2:25 pm

      thnks tulip 🙂

  3. thuthu says:
    April 16, 2016 at 10:31 pm

    Vvv reethi kobaa next part ……… avass ko up kodheebala

    1. Fantasy says:
      April 17, 2016 at 2:25 pm

      thnks thuthu bodu koh 🙂 iraadha kureviyya avas koh dheynan igey 🙂

  4. Afu says:
    April 16, 2016 at 10:40 pm

    Next part v Avas kohlahche.

    1. Fantasy says:
      April 17, 2016 at 2:26 pm

      yes dear try kuraanan igey 🙂

  5. princess says:
    April 16, 2016 at 10:46 pm

    Nyc. .whn nxt prt….gd luck dear

    1. Fantasy says:
      April 17, 2016 at 2:27 pm

      thnks princess.. 🙂 avas koh dheyveytho try kuraanan igey 🙂

  6. zai says:
    April 16, 2016 at 11:14 pm

    Alhe haadha kurey dhww plxx thankolhe dhigukodhyba mistory ingey…. N v salhi mi part ves

    1. Fantasy says:
      April 17, 2016 at 2:28 pm

      heheh.. zai dear dhen anna bai adhi miah vureh dhigu kohleveytho balaana igey 🙂 thnks bodu koh 🙂

  7. ken? says:
    April 16, 2016 at 11:15 pm

    keevetha abdhuves airu balaa gotakhun aasin ge kakulu hulhu vaagi dhanee? i hate dat sentence repeating in evry episode…?y fantasy
    ..yyyyyyy????

    1. Yash says:
      April 17, 2016 at 8:28 am

      Hahaha… Yash vx vr hitha araa.. knme part ga hama ehn vaathy.. Airu ge loluga aadhayaahilaafu baare huna kama vaany dw :p

    2. Fantasy says:
      April 17, 2016 at 2:29 pm

      heheh… dear ehen hama vedhaane eh nun dhoo 🙂 ;P

  8. ken? says:
    April 16, 2016 at 11:17 pm

    overall de story is hama v habeyss.? ? ? inthizaaringa ga…..tick tock…tick tock….☺☺☺

    1. Fantasy says:
      April 17, 2016 at 2:29 pm

      thnks bodu koh dear 🙂

  9. Mysterious Angel says:
    April 17, 2016 at 12:55 am

    Nice 🙂

    1. Fantasy says:
      April 17, 2016 at 2:30 pm

      thnks dear 🙂

  10. shine says:
    April 17, 2016 at 6:46 am

    Alhe dhn mi kurey kiyaa varah kurutha… Mi sitega dhigukh story up khdheny madhu writer eh.. eyge thereynvx Fantasy aky hama 1st..
    Dhn mivarun kuriyya story ehkn up kuriyas vaany kuru kamah….

    1. Fantasy says:
      April 17, 2016 at 2:32 pm

      hehehe 🙂 kihaa hithun huryma kurey heevany kanneyge dhoo shine 🙂 thnks bodu koh dear 🙂

  11. shinni says:
    April 17, 2016 at 7:46 am

    Mi partvx v v rythi
    Waiting. 4 nxt??

    1. Fantasy says:
      April 17, 2016 at 3:32 pm

      thnks shinni 🙂

  12. Niz says:
    April 17, 2016 at 10:48 am

    Vv reethi mi part..niz ah maa lahy up kuraaleh so sad.. nxt episod avahah up kurahchey igey..vaahaka reethi kamun hama kiyaa hiy vaathy las vegen ulhen jeheny..hehehe..bt vaahaka v habeys..i love ur story

    1. Fantasy says:
      April 17, 2016 at 3:33 pm

      sorry dear mibai las veema.. dhen ehen nuveytho v try kuraanan igey 🙂 thnks bodu koh niz 🙂

  13. Faxoo says:
    April 17, 2016 at 12:18 pm

    varah reethi mibai ves Fantasy 🙂 and kon irakun next part?
    mibaiga furathama kolhu varah majaa 😀 haha bubbly 😛 Air gaboolu kuraane kanneynge. maybe dhw. pls tell him

    1. Fantasy says:
      April 18, 2016 at 8:50 am

      thnks dear bodu koh 🙂 v bodu koh ufaa vejje thihaa lobi comment eh libunyma 🙂

  14. Nuzpees Nazra says:
    April 17, 2016 at 1:32 pm

    beautiful.

    1. Fantasy says:
      April 18, 2016 at 8:52 am

      thnks dear 🙂

  15. maashu says:
    April 17, 2016 at 3:53 pm

    v nala mi part vez.. fantasy u are the best hama.. keep it up… and plz tankolheh avahah aneh part up kohdhehchey.. i cant waut for the next part..
    🙂

  16. ފަޔާ says:
    April 17, 2016 at 8:59 pm

    ކޮބާ ހަޤީގަތް ވާހަކަާގެ އަނެއްބައި؟؟

Comments are closed.

Next Episodeއިންސާފް.. 08 ވަނަ ބައި←


All Right Reserved!