Skip to content
އެސްފިޔަ

ފިނިހިތް (ހަތަރުވަނަ ބައި 1/2)

ހަތަރު ވަނަ ބައި ދިގުކޮށް ގެނެސްދިނުމަށްޓަކައި ފުރަތަމަ މި ދެނީ ކުޑައެތިކޮޅެކެވެ. މީގެ ދެވަނަ ބައި ހުކުރުދުވަހުގެރޭ ނުވަތަ ހޮނިހިރު ދުވަހުގެރޭ އަޕްލޯޑް ކުރާމެވެ.
ވާހަކައަށް އިންތިޒާރު ކުުރައްވާތީ އަބަދުވެސް ޝުކުރުކުރަމެވެ.

ލިވީ

ޝެނިން އައިސް ގެއަށް ވަތް އިރުވެސް ހާލަތު ވަރަށް ގޯސްވެފައިވާ ކަން އަހަރެންނަށް އެނގުނެވެ. އޭނާ ލޯގެ އެތެރެ އެއްކޮށް ކަޅުވާން ވަނީ ފަށާފައެވެ. ނަމަވެސް ރުޅިގަނޑު ހައްތަހާ އިތުރުވަމުން ދާ ކަހަލައެވެ. ލޮލުގެ ހުދުބައި އެއްކޮށް ގެއްލިއްޖެއެވެ. ލޯ ކައިރީ ކަޅުކުލައިގެ ނާރުތައްވެސް އަރައިފި އެވެ. ޝެނިން ދުވަހަކުވެސް އަހަރެން ދެކެއެއް މިހާ ރުޅިއެއް ނާދެއެވެ.

“އަހަރެމެން ހީކުރީ ރަނގަޅުގޮތެއް ވިސްނާނެ ކަމަށް ރޭގައި…!!!! އެކަމު ދިޔަގޮތައް މީހަކު ދޯ މަރާލަން އިނގުނީ.!!! އެނގޭތަ ތި ކުރެވުނު ކަމެއް!؟” ޝެނިން ވަރަށް ބާރަށް ހަޅޭލަވަމުން ދިޔައެވެ. އަހަރެން ފަހަތައް ޖެހިލީމެވެ.

ސިޓިން ރޫމުގައި ހުރި ބައެއް ތަށިތައް ހެލެން ފަށައިފިއެވެ. ޝެނިން އަކީ އަބަދުވެސް ބާރުގަދަ ކުއްޖެއްކަން އެނގެއެވެ. ނަމަވެސް އެހާބާރުގަދަ ވެދާނެ ކަމަކަށް ހިޔެއް ނުކުރަމެވެ.

“އަހަރެން ހުވާކޮށްފައި މިބުނަނީ މިއީ އަހަރެން ކުރި ކަމެއް ނޫން. ހަމަ ﷲ ގަންދީ ހުވާކޮށްފައި މިބުނީ އަހަރެންނަކަށް މީގެ އެއްވެސް ކަމެއް ނޭނގެ. އަހަރެންނަށްވެސް އެނގުނީ ގުޅީމަ،” އަހަރެންވެސް ވަރަށް ބާރަށް ހަޅޭލަވައިގަތީމެވެ.

މޭޒުމަތީގައި އިން ފެންފުޅި ފަޅައިގެން ދިޔައީ އެވަގުތެވެ. އަހަރެންނަކީވެސް އަހަރެން ހީކުރާހާ ބަލިކަށި މީހެއް ނޫނެވެ. އަހަރެންނަށް އެކި އެންމެ މައިގަނޑު ހަތަރު އެލިމެންޓް އަށް ބާރުފޯރުވެއެވެ. ނަމަވެސް އެއީ އެކްސްޕެރިމެންޓަށް ފަހުގައެވެ. އޭގެ ކުރިން އަހަރެންނަށް ބާރުފޯރުވެނީ ހަމައެކަނި ފެނަށެވެ. އެހެން ކަމުން އެހެން އެލިމެންޓްތަކަށްވުރެ ފެނަށް އަހަރެން ވަރުގަދަ ވާނެއެވެ.

ޝެނިންގެ ރުޅިގަނޑު ކުޑަކޮށް މަޑުވެގެން ދިޔައެވެ. އަދިވެސް އެއްކޮށް އަހަރެންނަށް ގަބޫލު ނުކުރާކަން އެނގެއެވެ. އެއީ އަހަރެންނަށް ކުރިއަށްދާން ލިބުނު ނިޝާނެއް ކަމަށް އަނެއްކާވެސް ވާހަކަ ދައްކަން ފެށީމެވެެ.

“އަހަރެން ދިޔައީ ޓްރެކަށް… ދެން ހަމަ އެތަނުން އައީ ސީދާ ގެއަށް.. ދެން އާން އެތާ އިން ޓްރެކުގައި ކޮންމެވެސް ފިރިހެން ކުއްޖެއް… އެކަމު—-” އަހަރެން ހަމަ އަވަސް އަހަވަހަށް ވާހަކަދައްކަމުން ދިޔައީމެވެ. “ފިރިހެން ކުއްޖެކޭ…” އަހަރެންނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބުންޏެވެ.

މިހާރު ޝެނިން ހީކުރަނީ އެކަމެއް އެ ކުރީ އެ ފިރިހެން ކުއްޖާ ކަމަށެވެ. ނަމަވެސް އެއީ އޭނާ ކުރާނެ ކަހަލަ ކަމެއްހެން ހިޔެއް ނުވެއެވެ. އެކަމަކު މީހެއްގެ ގޮތެއް އެނގެނީ މިހާރު ކާކަށްހެއްޔެވެ؟ އެއާއެކު އަހަރެންވެސް ކުއްލިއަކަސް ބިރުގަތެވެ. އެއީ އޭނައަށް ވެއްޖެއްޔާ ދެން ކުރާނީ ކީއް ހެއްޔެވެ؟ އޭނާގެ ނަމަކަށް ބުނީ ކީކޭތަ؟ އަރުން.

އަހަރެންނަކަށް ތި އަރުންއެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ހީވާގޮތުގައި އޭނާގެ ހަޔާތުގައި އަހަރެންގެ ހަޔާތުގެ ފަހަތުން އަޅުވާލައިގެން އުޅޭ ވަރަށްވުރެ މައްސަލަ އެބަހުއްޓެވެ. އެހެކަމަށްވިޔަސް އެއީވެސް ޖެއްސި އެކްޓަކަށް ވެދާނެއެވެ.

ކޮންމެގޮތެއް ވިޔަސް އެމީހަކު އެ ކަމެއް ކުރީ އަހަރެންގެ ބޮލުގައި ކުށެއް އެޅުވުމުގެ ސީދާ މަގުސަދުގައި ކަން އެނގެއެވެ. އެވަރުކަމެއް ކުރާ ކަމުގައި ވާނަމަ އެމީހަކަށް އަހަރެން އެނގޭނެއެވެ. އިންތިހާއަށް ބިރުގަތީ ދެނެވެ. އެމީހަކަށް އަހަރެން އުޅޭތަން އެނގޭނެއެވެ. އެމީހަކު އެކަމެއް އެކުރީ އަހަރެންނަކީ ކާކުކަންވެސް އެނގިގެނެވެ.

“އަހަރެންނަށް ހީވަނީ ތަންކޮޅެއް ބޮޑު ބިރުވެރި ކަމެއް އުޅޭހެން….،” އަހަރެން ޝެނިން ކައިރީ ބުނީމެވެ.

ދޮރުގައި މީހަކު ޓަކިޖެހި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

Comments (20)

  1. nafeesa

    Mii dhn vaahaka eh? Adhiii ehaaa kuru.. Salaam

  2. Iq

    Cheedi. Mee cocheh. Fooohi

  3. saaaaa

    Meehun vaahaka liunas kaleakah nuvaane ahcheedi

  4. saaaaa

    Mivaahaka ah umurah salaam

  5. AAA

    emme dhuvahaku kurukoh genesdhinas vaahaka hadi v kamakah nuvaane.. kalaeymen nukiyas kiyaane myhun ebathibi.

    1. Jaishann
      AAA

      Thankyou 🙂
      I needed this 😀

    2. Li We
      AAA

      jaishann kobaa tha updates …. please update kohdheeba

  6. Hahhahaha

    Hadi v ma hadi ey bunanee cheee. Ladhun bohalaaaaak.

  7. ninth

    Kiyaahiy jehethoa miulhuny. Mifahe koacheh….ehen vaahakaeh fashaadhen. Varah loabyge. U can do it

  8. Sazmyn

    Ehn ekaku nukiyas ma kiyaanan… Kiyaa hiy nuvaa myhun thibey nukiya.. Jaishann hama vahaka kuriyah gendhey.. Myhun kiyaa ehchehsah alhaa nulaa.. Vahaka kiyaane myhun eba thibi

  9. emmm

    sazmyn ebuny hama thedheh. kamu nudhaa myhun nukiyaa. kuriah oi bai v salhi vaane hen hyvany mi ah vure ves. keep it up….

  10. Maaan

    Maai kalàako.. enme folhu vatheh liyefa.. fooohi.. dhen dhigu koh dhebai ehkoh upload kuri nama veehe nu.. adhi jehey tha 4 ge 1 2 jahaagen folhu vatheh liyefa up kuran.. foohi vehjje huwaa..

    1. ninni
      Maaan

      asluves.. dhebai ehkohli nama dw..

  11. Rish

    Vaahaka thereya vadhevey varah liye bala :/ vaahaka there ah vadheven ulhe irah nimuni jahaafa mionnani

  12. xai

    V dhuvas vejje waitkuraatha
    Hathiyaaru ves varah salhi

  13. Jaishan Fan

    assu thankolheh kurukan engey. ekamaku Jai aky vx v.bxy koh news website eh ga ulhey journalist eh v ma libey vaguthuga vaa varakun kuraathy v.ufaavey. Jai hama mi vaahaka yaagen kuriyah gos ninmaalun edhen. Hathiyaaru ves ninmaali gothah. anyway genna bai quality kollyma gina dhuvahun up viyas vx happy vaane. ekam hope weekly one epi kiyaalan libeyne kamah. Cheers!

  14. Super girl

    Vaahaka hadiyya nukiya thibe ingey
    Kaey mn nukiyas kiyaane myhun vaane
    Thihaa molhu bayaku amilla ah vaahaka liyegen kiyaa
    Jaishan kyp it up:-)
    Ignore those negetiv cmnts
    Super girl ah vrh salhi mi vaahaka:-)
    saaaaa n nafeesa dhn nuroi thibey:p

  15. A loyal reader

    Please mi story up kohdheeba asap.
    Do it for people who wants to read.
    These people who only watches hindhi dramas cannot accept anything different. Ekam adah baarulaafa komme faharaku bunaane hurihaa vaahakaiga ehgothekey vanee. Growup people. And please learn to have an open mind. These comments pisses me off. Keep up the good work jaii. Looking forward to the next part.

  16. some dude who reads your stuff

    i love how your writing skills are improving,
    keep up the good work.
    waiting for the next part

  17. Li we

    please give me an update..
    please please please

Comments are closed.