ހިތް އެދޭ މަންޒިލަކީ… 37
“ރެން.. ޔޫ ނީޑް ޓު ސީ ދިސް..” ޒާމިން އެހެން ބުނެލުމަށް ފަހު ލެޕްޓޮޕް ސްކްރީން ރައިހާންއާ ދިމާއަށް އަނބުރައިލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކީ ރައިހާން ލެޕްޓޮޕް ބަލައިލި އިރު ފެނުނު ޗެޓްލޮގުގެ ފުރަތަމަ މެސެޖު އެކަނި ކިޔައިލެވުނު އިރު ވެސް އެ ދެލޯ ވަނީ ބޮޑުވެފައެވެ. ސިހިފައި ޒާމިންއާ ދިމާއަށް ބަލައިލެވުނު އިރު ރައިހާންގެ ދެއަތް ތުރުތުރުއަޅައެވެ. އެވަގުތު ޒާމިން ބޯޖަހައިލަމުން އަދިވެސް ކިޔުމަށް އިޝާރާތްކޮށްލުމާ އެކީ ރައިހާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެ ޗެޓްލޮގުގެ ބާކީ އޮތް ބައި ކިޔަމުން ދިޔަ އިރު ރައިހާންއަށް ވަމުން ދިޔަ ގޮތް ބަލަން ޒާމިންއަށް އިނދެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.
ހުރިހައި އެއްޗެއް ކިޔައި ނިމުނު އިރު ރައިހާންއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ދެ އަހަރު ވާން ދެން ފޮރުވިފައިވީ އެތައް ހަގީގަތްތަކެއް ނިއުޅި، އެތައް ސުވާލުތަކެއްގެ ޖަވާބު ލިބުނު އިރު ރައިހާންއަށް އިނދެވުނީ ދެން ގެންނަންވީ ޙަރަކާތެއް ނޭނގިފައެވެ. މޫނުމައްޗަށް އެއްވެސް ކުލައެއް ވެރިނުވެ އިން އިރު، މިވަގުތު ރައިހާންގެ ހިތަށް އަރާފައިބަމުން ދިޔަ އެއްޗެއް އެންމެ ގާތުގައި އިން ޒާމިނަކަށް ވެސް ނޭނގުނެވެ.
“ރެން..” ރައިހާންގެ ކޮނޑުގައި އަތްޖައްސައިލަމުން ޒާމިން ގޮވައިލުމާ އެކީ ރައިހާންއަށް ސިހިފައި ޒާމިންއަށް ބަލައިލެވުނެވެ. އޭނާގެ ހިއްސުތައް މަސައްކަތް ކުރަން ފެށީ ދެނެވެ. ދެލޮލުން ހޯސްލާފައި ކަރުނަގަނޑު އޮހެން ފެށުމާއެކު ދުވަހަކު ނުރޮވޭހާ ބާރަށް ގިސްލެވެން ފެށުނީ އެހިތަށް ކުޅަދާނަ ނުވުމުންނެވެ.
ރައިހާންއަށް ވީވަރު ފެނި ޒާމިންއަށް ރައިހާންގެ ގައިގައި ބައްދައިލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. މި ހުރިހައި ކަމެއް އެނގުމުން ރައިހާން ދެރަވެ، ހިތުގައިޖެހޭނެކަން ޒާމިންއަށް ކުރިން ވެސް އެނގެއެވެ. އެހެނަސް މިފަދަ ހާލަތަކަށް ރައިހާން ވެއްޓިދާނެކަމަކަށް ޒާމިން ހިއެއް ނުކުރެއެވެ. ރައިހާންގެ މައިންބަފައިންނާއި، އެންމެ ލޯބިވީ މީހުން ވަކިވެގެން ދިޔަ އިރު ޒާމިން ރައިހާންގެ ޙާލަތު ދުއްޓެވެ. މިއަދު އެގޮތަށް އެހެން މީހެއްގެ ކުރިމަތީގައި ރައިހާން ރޯނީ ވަރަށް ބޮޑަށް ދެރަވެ، ހިތުގައިޖެހުނީމަކަން ޒާމިންއަށް ޔަގީންވެއެވެ.
“ރެން.. ދެން ހުއްޓައިލާ.. ރެން މިއަދު އުފާކުރަންވީ ހުރިހައި ކަމެއް އެނގުނީތީ.. މީ ކިހައި ބޮޑު އުފަލެއް.. އަލްޙަމްދުލިﷲ..” ރައިހާންގެ ބުރަކަށީގައި ޖަހައިލަމުން ޒާމިންއަށް ﷲއަށް ޙަމްދުކުރެވުނީ ރައިހާންގެ ޙަޔާތުގައި އަނެއްކައި ވެސް ކޮންމެވެސް ވަރެއްގެ އަލިކަމެއް ފެންނަން ފެށުމުންނެވެ.
“ޒާމިން.. ލިވްޔާ.. އަހަރެންގެ ލިވްޔާ.. އަހަރެން…” ގިސްލެވެމުން ދިޔަ ރައިހާންއަކަށް ވާހަކައެއް ނުދެއްކުނެވެ. އެހެނަސް ރައިހާން ބުނަން ބޭނުންވީ ހުރިހައި ވާހަކައެއް ޒާމިންއަށް ނަގައިގަނެވުނެވެ.
“އައި ނޯވ ރެން.. އަހަންނަށް އެނގޭ.. އަހަރެން ވެސް ވަރަށް ވަރަށް ދެރަވޭ އެބަ ކަންތައްވީ ގޮތުން.. މި ހުރިހައި ދުވަހަކު ލިވްޔާ-” ޒާމިންގެ ވާހަކަ ފުރިހަމަނުކުރެވެނީސް ރައިހާން ކޮޅަށް ތެދުވިއެވެ. ހުއްޓުމެއް ނެތި އަދިވެސް އެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ނަމަވެސް އެ ދެލޮލުން މިހާރު ފާޅުވާން ހުރީ ރުޅިވެރިކަމެވެ. އެއްވެއް އެއްޗެއް ބުނުމެއް ނެތި ރައިހާން އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިން ނުކުމެގެން ދިޔުމާއި އެކު ރައިހާންއަށް ގޮވަމުން ޒާމިން ވެސް ފަހަތުން ނުކުތެވެ. މިވަގުތު ރައިހާން ހުރި ހާލަތުން ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް ފަސްނުޖެހޭނެކަން ޒާމިންއަށް ޔަގީންވެއެވެ.
ޒާމިންއާ ދިމާއަށް ބަލައިލުމެއް ވެސް ނެތި ރައިހާން ދުވެފައި ގޮސް އެގެއިން ނުކުމެ ކާރަށް އަރާފައި ދުއްވައިލިއެވެ. ޒާމިންއަށް ގެއިން ނުކުމެވުނު އިރު ރައިހާން ކާރަށް އަރައި ދުއްވައިލަނީއެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ ޒާމިން ވެސް އަވަސްއަވަހަށް އޭނާގެ ސައިކަލަށް އަރާފައި ރައިހާންގެ ކާރު ފަހަތުން ދުއްވައިލިއެވެ.
ހުންގާނުގައި ދެއަތުން ހިފަހައްޓައިގެން އިންލެއް ބާރުކަމުން ރައިހާންގެ އަތުގެ ނާރުތައް ހުރީ ފާޅުވާށެވެ. ކަރުނުން ފުރިފައިވީ އެ ދެލޯ ރަތްވެފައި ވަނީ ރުޅިއާއި ހިތާމަ މައްސުނިވެގެން ރޯވެފައިވާ އަނގުރު އަލިފާނުގެ ރަތްކުލައިންނެވެ. އެންމެ ބާރު ދުވެލީގައި ހުޅުމާލޭގެ މަގުތަކުން ދުއްވާފައި ގޮސް ރައިހާން ކާރު ޕާކު ކުރީ ސީދާ ރޯޒްވުޑްސްގެ ކުރިމައްޗަށެވެ. ކާރުން ފައިބާފައި ހަރު ފިޔަވަޅުތަކެއްގައި ރައިހާން ގޭޓުން ވަދެގެން ގޮސް ގޭތެރެއަށް ވަން އިރު ގޭޓު ކައިރީގައިި ޒާމިން ސައިކަލު ޕާކު ކުރަނީއެވެ.
“ލައިނީ!” ގޭތެރެއަށް ވަދެފައި ޔާނިއު ހަޅޭލަވައިގަތީ އިތުރު އެއްވެސް ކަމަކަށް ބެލުމެއް ނެތިއެވެ.
“ލައިނީ! ތި ހުރި ތާކުން ހަމަ މިހާރު ނުކުމޭ!” ރައިހާން އަނެއްކައި ވެސް ހަޅޭއްލަވައިގަތުމާ އެކި އެންމެ ފުރަތަމަ ބަދިގެއިން ބޯދިއްކޮށްލީ އައިސާމަނިކެއާއި ޒީނާގެ އިތުރުން ރީނާއެވެ. ރައިހާން އެހައި ރުޅިއައިސްގެން އެފަދަ ގޮތަކަށް ލައިނީއާ މުޚާތަބުކުރުމުން ފުރަތަމަ އެދެމީހުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބެލްކަނީގައި ރާޒުވާ ކުޅެން ތިބި ހަލީމާއި އަނީސް ވެސް ސިޓިންރޫމަށް ބޯދިއްކޮށްލީ ރައިހާން އެހައި ރުޅިއައިސްގެން ލައިނީއަށް ގޮވަންވީ ސަބަބެއް ނޭނގިފައެވެ.
“ދަރިފުޅާ ރެން.. ކިހިނެއް ވެގެން ތި އުޅެނީ..؟” ހަލީމް އައިސް ރައިހާންގެ ކޮނޑުގައި އަތްލާފައި އެ ސުވާލު ކޮށްލި އިރު ޒާމިން ވެސް އައިސް ގޭތެރެއަށް ވަންނަނީއެވެ.
“ވެގެން އުޅޭ ގޮތެއް އެންމެންނަށް އަންގާނަން! ކޮބާ އެ ލައިނީ؟” ރައިހާންގެ އަޑު ހައްތަހައި ބާރުވުމުން އެންމެން އިތުރަށް ހައިރާންވީ ރައިހާންއަކީ ދުވަހަކުވެސް އެގޮތަށް ލައިނީއާ ދައްކާފައިވާ ކުއްޖަކަށް ނުވާތީއެވެ. ޔާނިއުގެ އަންހެނުންނާއި، ލިވްޔާގެ ދައްތައަށް ވީތީ ރައިހާން އަބަދުވެސް ލައިނީއާ މުޚާތަބު ކުރާނީ އިހުތިރާމާ އެކީއެވެ. އަމިއްލަ ކޮއްކޮއެއް ފަދައިން އޭނާ ލައިނީއާ ދޭތެރޭ ދެކޭކަން އެއީ އެގޭ އެއްވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ.
“ރެން.. ކިހިނެއް ވެގެން މި އުޅެނީ..؟” އެވަގުތު ކޮޓަރި ދޮރު ހުޅުވައިލާފައި ނުކުތް ޔާނިއު ސުވާލުކޮށްލި ނަމަވެސް ރައިހާންއަށް ފުރަތަމަ ފެނުނީ ޔާނިއުގެ ފަހަތުން ނުކުތް ލައިނީއެވެ. ހިސާބަކަށް ނުތަނަވަސްވެފައި ހުރިކަން އެ މޫނުމަތިން ފެންނަން ހުރި އިރު، ރައިހާންގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވެފައި ވުމުން ލައިނީގެ ހިތަށް ނޭނގޭ ނުތަނަވަސްވެރިކަމެއް ވެރިވަމުން ދިޔައެވެ.
ލައިނީ ހަމަ ފެނުމާއެކީ ރައިހާން ބާރުބާރަށް ހިނގާފައި އައިސް ހުއްޓުނީ ސީދާ ލައިނީގެ ކުރިމަތީގައެވެ. މަންޒަރު ބަލަން ތިބި އެންމެން ވާނުވާ ނޭނގިފައި ތިބީ ވެގެން މި އުޅޭ ގޮތެއް ނުވިސްނިފައެވެ. ޔާނިއު ޒާމިންއަށް ބަލައިލަން ނިތްއަރުވައިލުމާއެކު ޒާމިން އިސްޖަހައިލީ ޔާނިއުއަށް ޖަވާބުދާރީވާނޭހައި ހިތްވަރެއް ނެތީތީއެވެ.
“ކާކު ހީކުރާނީ ލައިނީ ތީ ތިހާ ނުބައި އަންހެނެކޭ؟ ލަދެއް ނުގަނޭތަ؟” ރައިހާންގެ ރުޅިވެރި ބަސްތައް އަމާޒުވުމާ އެކީ ލައިނީގެ ދެލޯބޮޑުވެގެން ދިޔަ އިރު، ވަށައިގެން އެންމެންނަށް ތިބެވުނީ ވީ ކީއްކަން ނަގައިނުގަނެވިފައެވެ.
“ރެން.. ކިހިނެއް ވެގެންތަ ތި އުޅެނީ؟ ތިހާ ހަޑިކޮށް ލައިއާ ވާހަކަ ދައްކަންޏާ އަހަރެން ވެސް-” ޔާނިއުގެ ބަސް ހުއްޓުވީ ރައިހާންއެވެ.
“އަހަންނަށް ރީއްޗާ ހަޑިއާ ކިޔައިދޭން ނޫޅޭ! މިހިރަ ޔާންގެ ލޯބިވާ އަނބިމީހާ ކުރެން އަހާބަލަ މީގެ ދެ އަހަރު ކުރިން ލިވްޔާ ގެއްލުނީ ކީއްވެގެންތޯ!” ރައިހާން ބުނެލި ވާހަކައިން އެންމެންގެ ދެލޯ ބޮޑުވި އިރު ލައިނީގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. ހިތުގެ ކަނަކުން ރައިހާންއަށް ހަގީގަތް އެނގުނުކަން އެނގުުން ލައިނީއަށް ފުރަތަމަ ވެސް ވަށައިގެން ހޯދައިލެވުނީ ނާއިފް ފެނޭތޯއެވެ. ނާއިފަށް މިކަން އެނގިއްޖެ ނަމަ ލިވްޔާގެ ފުރާނައަށް ނުރައްކާވާނެކަން އެނގޭތީއެވެ.
“ރެން ކީކޭތަ ތި ކިޔަނީ؟” ޔާނިއުގެ އަޑުގައި ވެސް ރުޅިވެރިކަން އެކުލެވިގެން ދިޔަ އިރު އެ އަޑު ވެސް ބާރުވިއެވެ. އެހެނަސް ރައިހާންގެ އަލިފާން ފަދަ ނަޒަރު އަދިވެސް އަމާޒުވެފައިވަނީ ލައިނީއަށެވެ.
“އެދުވަހު ލިވްޔާ ކުރި ހުރިހާ ކަމެއް ކުރީ މަޖުބޫރުވެގެން! ލައިނީއަށް ޓަކައި! ލައިނީއަށް އެނގޭނެ ވީ ހުރިހާ ކަމެއް!” ރައިހާންގެ ވާހަކައަކާ އެކު އެތަނުގައި ހީވީ ބޮމެއް ގޮއްވައިލެވުނު ހެންނެވެ. ލައިނީއަށް ދެލޯ މަރައި ބާރުކޮށްލެވުނު އިރު، އެހެން އެންމެންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. ޒާމިން އަދިވެސް ހުރި ތަނުގައި އިސްޖަހާލައިގެން ހުރީ މިވަގުތު ރައިހާން ހުއްޓުވުމެއް ނެތިއެވެ. ވާ ވަރަށް ރައިހާން ކެތް ކޮށްފިއެވެ. މި މިންވަރު މިއަދު ރައިހާންއަށް ހައްގެވެ.
“ފެށުނީއްސުރެ ލިވްޔާ ދިރިއުޅެމުން އައީ ލައިނީގެ ހިޔަންޏަށް ވެގެން.. އެންމެ ކުޑައިރުއްސުރެ ލައިނީގެ ފަހަތުގައި ހުރެ ބޮޑުވަމުން އައި އިރު އެންމެ ފަހަރަކު ވެސް އޭނަ ޝަކުވާ ކުރިތަ؟ އެހިތުގަވާ ބަރުކަން ލައިނީއަށް އިހުސާސްކުރެވުނަ ދިންތަ؟ އަބަދުވެސް ލިވްޔާ ވިސްނީ ލައިނީގެ އުފަލަށް.. އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑަށް އޭނާ އިސްކުރީ ލައިނީގެ އުފާވެރިކަން.. އެދުވަހު ވެސް.. ދިރިއުޅުމުގެ ހުރިހައި އުފަލަކަށް އަލްވަދާޢު ކިޔާފަ ލިވްޔާ މުޅި އުމުރަށް އެންމެންނާ ދުރަށް ދިޔައީ ލައިނީއަށް ޓަކައި.. ޔަލާއަށް ޓަކައި.. އެވަރު ނުވިސްނޭތަ؟ ކާކަށް އެނގޭނީ މިއަދު ލިވްޔާ އުޅޭ ތަނަކާ އުޅޭ ހާލެއް؟ ވިސްނާލަބަަލަ! ހުރިހާ ކަމެއް އެނގިހުރެ ދެ އަހަރު ވާން ދެން އެއްވެސް އެއްޗެކޭ ނުބުނެ ތިހުންނަނީ.. ލައިނީގެ ދިރިއުޅުން ފުރިހަމަވެފަ ވީމަ އެ ނިމުނީތަ؟ ލައިނީ ދެކެ ލޯބިވާ ފިރިއަކާ، ލޯބިލޯބި ދަރިއަކާ، ވަރަށް ލޯބިވާ އޯގާތެރި އާއިލާއެއް ކައިރީގަ ވީމަ އެ ނިމުނީތަ؟ ލިވްޔާ އެ ހުރިހާ ކަމަކުން މަހުރޫމުވެގެން އުޅޭނެ ހާލަކާ މެދު އެންމެ ފަހަރަކު ވެސް ވިސްނާލިންތަ؟ ތިހާ އަމިއްލަ އެދުން ބޮޑުވާން ވާނެތަ؟ އެއީ ލައިނީގެ އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި ކޮއްކޮއޭ!” ރައިހާންގެ ވާހަކަ ފެށީ ބާރަށް ނަމަވެސް ވާހަކަ ދައްކާ ނިމުނު އިރު އެ އަޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.
އެތަނުގައި ތިބި މީހުންނަށް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދިވެސް ވަމުންދާ ގޮތް ނޭނގުނު ނަމަވެސް ކޮންމެވެސް ބޮޑު ކަމެއް ރައިހާންއަށް އެނގުނީކަން އެންމެންނަށް ވެސް ޔަގީންވެއެވެ. ޔާނިއުއަށް ވެސް ގަބުވެފައި ހުރެވުނީ ރައިހާން އެއްވެސް ސަބަބަކައި ނުލައި އެފަދަ ކަމަކާއި މެދު ލައިނީއަށް ތުހުމަތު ނުކުރާނެކަން ޔަގީންވާތީއެވެ.
އިސްޖަހާލައިގެން ހުރި ލައިނީގެ ކޯތާފަތް މަތީ ދެމެމުން ދިޔަ ހޫނު ކަރުނަތިކިތައް އެތައް ވާހަކައެއް ކިޔައިދެމުން ދިޔަ ނަމަވެސް، ދުލުން އެއްޗެއް ބުނެވޭ ވަރަށް ވުރެ އޭނާގެ ހާލަތު ދެރައެވެ.
“އަހަންނަށް.. އަހަންނަށް މަޖުބޫރުވީ.. އަހަރެން-” ގިސްލެވެމުން ދިޔަ ލައިނީއަށް އެވަރަށް ބުނެވުމާ އެކީ ރައިހާން ވަގުތުން ލައިނީ ހުއްޓުވިއެވެ.
“ނުބުނާތި ތިހެން! ލައިނީއަށް އަހަންނާ ޔާންއާ މެދު ކުޑަވެސް އިތުބާރެއް ނެތީތަ؟ މީހަކު ހަމަ ބިރުދައްކައިލާ އިރަށް ހެދިހާ ގޮތަކަށް ވަރިހަމަވެގެން ހުންނަން ޖެހޭތަ؟ ލައިނީ އެހެން ހެދީމަ މިއަދު ލިވްޔާ އުޅޭނެ ހާލަކާ ދޭތެރޭ އެންމެ ފަހަރަކުވެސް ހުންނަން ޖެހޭތަ؟ ކިހިނެއްތަ މި ހުރިހައި ދުވަހަކު ލައިނީ ތިހެން އަބަދު ހެވިދެލިފަ ތި ދިރިއުޅުނީ؟ ލިވްޔާ އުޅޭނެ އެކަނިވެރި، ހިތްދަތި ދިރިއުޅުން އެނގިހުރެ…” އިތުރަށް ވާހަކަ ނުދެއްކުމުން ރައިހާން ހުއްޓައިލިއެވެ. ގިސްލެވެމުން ދިޔަ ލައިނީއަށް ބަލަހައްޓައިގެން ހުރި އިރު ޚުދު ރައިހާންއަށް ވެސް ދިޔައީ ރޮވެމުންނެވެ.
“ރެން.. އިޓް ވޯޒް ނޮޓް ދެޓް ސިމްޕަލް.. އަހަންނަށް ވެސް ފަސޭހައެއް ނޫނޭ.. އެއްވެސް މީހަކަށް ނޭނގޭނެ މި ދެ އަހަރު އަހަރެން ހޭދަކުރާ ގޮތެއް.. އަހަރެން ގިލްޓީ ނުވާ އެންމެ ދުވަހެއް ވެސް ނުދޭ.. ރައިހާން ލިވީ ދެކެ ލޯބިވުމުގެ މާ ކުރިން އަހަރެން ލިވީ ދެކެ ލޯބިވިން.. ލިވީ ވިހޭ ދުވަހުއްސުރެ.. މިހިތަކަށް ވަކި އަސަރެއް ނުކުރާނެތަ..؟” އަމިއްލަ މޭގައި އަތް އަޅައިލަމުން ލައިނީ ވާހަކަ ދެއްކި އިރު ހުއްޓުމެއް ނެތި ގިސްލެވެއެވެ.
“ތިހެން އަހަންނާ ދިމާއަށް އިނގިލި ދިއްކޮށްލަން ރެންއަށް ފަސޭހަވެދާނެ.. އެކަމަކު އަހަންނަށް އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ނުބުނެވުނީ ސަބަބަކާ ހުރެ.. އައި ވޯޒް ފޯސްޑް ޓޫ! އަހަންނަށް ވެސް މަޖުބޫރުވީ! އެނގޭތަ ކީއްވެގެންކަން؟ އެއީ މިއިން އެއްވެސް ކަމެއް އިތުރު މީހަކަށް އެނގިއްޖެ ނަމަ ލިވީގެ ފުރާނައަށް ނުރައްކާވާނެތީ!” ލައިނީގެ ފަހު ޖުމުލައިން ރައިހާންއަށް ސިހިފައި ލައިނީއާ ދިމާއަށް ބަލައިލެވުނެވެ.
“ލިވީ ދެކެ ލޯބިވަނީ ރައިހާން އެކަންޏެއް ނޫނޭ.. އެއަށް ވުރެ މާ ބޮޑަށް އަހަރެން ލިވީ ދެކެ ލޯބިވަން.. އެންމެ ދުވަހެއް ވެސް.. އެންމެ ދުވަހެއް ވެސް ނުދޭ އަހަރެން ލިވީ މަތިން ހަނދާން ނުކުރާ ދުވަހެއް.. ކޮއްކޮގެ ހިތާމަވެރިކަމުގެ ބިންގާ މަތީގަ އަހަރެންގެ އުފާވެރިކަމުގެ ގަނޑުވަރު އެޅުނު ކަމުގެ އިހުސާސް ނުކުރެވޭ ހަމަ އެންމެ ދުވަހެއް ވެސް ނުދޭ.. އިޓް އީޓްސް މީ އަލައިވް އެވްރީ ސިންގްލް ޑޭ! އެކަމަކު އަހަރެން ވަކި ކީއްކުރާނީ..؟ ލިވީއަށް ރައިހާންއަށް އަނިޔާވެރިވާން މަޖުބޫރުވީހެން އަހަންނަށް ވެސް މަޖުބޫރުވީ..” ލައިނީގެ ވާހަކަ އަޑުއަހަން ހުރި އިރު ރައިހާންގެ ރުޅިގަނޑު ތަންކޮޅެއް މައިތިރިވިއެވެ. ލައިނީ އެބުނި ލިވްޔާގެ ފުރާނައަށް ނުރައްކާވުމުގެ މާނަ ހޯދަން ބޭނުންވިއެވެ.
“ރެން! ލައި! ކިހިނެއްތަ ވެގެން މި އުޅެނީ؟” ރައިހާންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޔާނިއު އަހައިލުމާ އެކީ ރައިހާން ސޯފާއަށް ވެއްޓިގަނެފައި ކަކުލުގައި އުޅަނބޮށި ވިއްދައިލިއެވެ. ދެއަތުން މޫނު ފޮރުވައިލެވުނު އިރު ރައިހާންއަށް އަނެއްކައި ވެސް ރޮވިއްޖެއެވެ. ވެގެން މި އުޅެނީ ކުޑަ ކަމެއް ނޫންކަން ރައިހާންގެ އެ ހަރަކާތުން އެކަނި ވެސް އެންމެންނަށް ނަގައިގަނެވުނެވެ.
“މީގެ ދެ އަހަރު ކުރިން ވީ އެއްވެސް ކަމެއްގައި ލިވީގެ ކުށެއް ނެތް..” ރައިހާންއަށް ވާހަކަ ނުދެއްކޭނެކަން ޔަގީންވުމުން އެ ހުރިހައި އިރަކު މަޑުން ހުރެފައި ޒާމިން ބުނެލިއެވެ. އެއާއެކު އެންމެންގެ ސުވާލުން ފުރިގެންވީ ނަޒަރު ޒާމިންއަށް އަމާޒުވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު ޒާމިން ހުރިހައި ވާހަކައެއް ކިޔައިދޭން ފެށީ ދެނެވެ.
“މީގެ ދެ އަހަރުން ކުރިން ކޮމްޕެނީގެ އަގުވެއްޓުމާ، މި އާއިލާގެ ނަން ހަޑިވުމާ، ރެން ދޫކޮށްލާފަ ލިވްޔާ ދިޔުމާ.. މިއިން އެއްވެސް ކަމަކީ ލިވްޔާގެ ކުށެއް ނޫން.. ލިވްޔާއަށް މަޖުބޫރުވީ..” ޒާމިން ހާމަކުރަމުން ދިޔަ ހަގީގަތްތަކާ އެކު ރައިހާންއާއި ލައިނީ ނޫން ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.
“ހަނދާންވޭތަ ލައިނީއާ ލިވްޔާ އެކުގައި ގެއްލުނު ދުވަސް މަތިން..؟ ލައިނީ ބަނޑުބޮޑު އިރު ލައިނީއާ ލިވްޔާއާ ދެމީހުން ކިޑްނެޕް ކުރީ ނިމްޝާ! ދެމީހުން ކިޑްނެޕްކުރުމަށް ފަހު ނިމްޝާ ލިވްޔާއަށް ބްލެކްމެއިލް ކުރީ.. އޭނަ ބުނާ ގޮތަަށް ކަންތައް ނުކޮށްފި ނަމަ ލައިނީއާ އޭރު ލައިނީގެ ބަނޑުގައި އޮތް ދަރިފުޅު އެކުގައި މަރައިލާނެކަމަށް ބުނި..” އިވިގެން ދިޔަ ހަގީގަތާއެކު އެންމެންގެ ދެލޯ އިހުނަށް ވުރެ ބޮޑުވިއެވެ. ނިމްޝާ އެފަދަ ބޮޑު ކަމެއް ކުރަންވީ ކީއްވެގެން ހެއްޔެވެ؟
“އެހިސާބުން ލިވްޔާއަށް މަޖުބޫރުވީ.. ލައިނީއަށް ޓަކައި، ޔަލާއަށް ޓަކައި ލިވްޔާ އެކަންތައް ކުރަން ނިންމީ.. އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ބުނެފި ނަމަ ލައިނީގެ ފުރާނައަށް ނުރައްކާވާނެކަން ލިވްޔާއަށް އެނގޭތީ ލިވްޔާ ހަނުހުރީ.. ނިމްޝާ ބުނި ގޮތަށް ކޮމްޕެނީ ބޭންކްރަޕްޓްވާ ވަރު ކުރުމަށް ފަހު ލިވްޔާ ރެންގެ ހިތް ވެސް ހަލާކުކޮށްލާފައި އެންމެންނާ ދުރަށް ގޮސް އުޅެން ފެށީ އޭނައަށް އެނޫން ގޮތެއް ނެތީމަ.. ފަހަރެއްގައި ވެސް ރެންއަށް އަނިޔާވެރިވެ، މި އާއިލާއަށް ދޯކާ ދިނުމަކީ ލިވްޔާ ކުރަން ބޭނުންވެގެން ކުރި ކަމެއް ނޫން.. ލިވްޔާ ކުރި ހުރިހައި ކަމެއް ކުރީ ލައިނީއަށް ޓަކައި.. ޔަލާއަށް ޓަކައި..” ޒާމިންގެ ވާހަކަތައް ނިމުނު އިރު އެތަނުގައި ކަރުނަ ނުވާ ދެލޮލެއް ނުވެއެވެ. ލައިނީއަށް ގިސްލަގިސްލާފައި ދެކަކޫ މައްޗަށް ތިރިވެވުނު އިރު، ރައިހާން އަދިވެސް އިނީ އިން ގޮތަށް ދެއަތުން މޫނު ފޮރުވާލައިގެންނެވެ. އިވިގެން ދިޔަ ހަގީގަތް ގަބޫލުކުރަން އުނދަގޫވެފައި އެހެން އެންމެން ތިބީ މިއީ ދުވަހަކު ވެސް ވާނޭކަމަށް ހީކުރެވިފައިވީ ގޮތަކަށް ނުވާތީއެވެ.
“މިހާރު.. ލިވީ ކޮބާ..؟” ތުރުތުރުއަޅަމުން ދިޔަ އަޑުން އަނީސަށް އަހައިލެވުނީ ހިތަށް ކެތް ނުވުމުންނެވެ. މި ހުރިހައި ދުވަހަކު ލިވްޔާއަށް ދެވުނު ތަރުބިއްޔަތާ ދޭތެރޭ ޝައްކުކޮށް، ލިވްޔާ އެފަދަ ނުބައި ކަމެއް ކުރިކަމަށް ވިސްނައިގެން ހުރެހުރެފައި ކުއްލިއަކަށް ހާމަވެގެން ދިޔަ ހަގީގަތުން އަނީސްގެ ހިތް ހީވަނީ ކުދިކުދި ވެދާނެހެންނެވެ.
“ނޭނގެ.. އެއްވެސް މީހަކަށް ނޭނގެ.. އެނގޭހާ ވެސް އެއްޗަކީ އެދުވަހުއްސުރެ ލިވްޔާ އުޅޭތާކު އުޅެނީ ނިމްޝާގެ ބެލުމުގެ ދަށުގައިކަން.. ނިމްޝާ ބުނާ ގޮތަށް ނޫން ގޮތަކަށް ލިވްޔާއަށް މިއަދު ވެސް ފިޔަވަޅެއް ވެސް ނޭޅޭނެކަން..” ޒާމިން ބުނެލުމާއެކު މަގޭ ދަރިފުޅާއޭ ކިޔައި އަނީސަށް ވެސް ރޮއެގަނެވުނެވެ. ގާތުގައި ހުރި ހަލީމް އަނީސްގެ ކޮނޑުގައި އަތްލާފައި ހިތްވަރުކުރަން ބުނި ނަމަވެސް، ޚުދު އޭނާއަށް ވެސް ހުރީ ރޮވިފައެވެ.
“ލައި.. ކީއްވެ..؟ އެންމެ ފަހަރަކު ނަމަވެސް ބުނެލި ނަމަ.. ދެ އަހަރު ވެގެން ދިޔަ އިރު ލިވްޔާގެ އެއްވެސް ހަބަރެއް ވީކީ ނޫން.. ލިވްޔާ ކުށްވެރިއަކަށް ހަދައިގެން އެންމެން އުޅުނު އިރު ލައިއަށް ބަލަން ކެތްވީ ކިހިނެއް..؟ ލައިއަށްޓަކައި އެވަރު ކަމެއް ކުރި އިރު، އަހަރެމެންގެ ދަރިފުޅަށް ތަކައި އެވަރު ބޮޑު ގުރުބާނީއެއްވީ އިރު ލައިއަށް އެކަން އެއްވެސް ކަމަކަށް ނުވީތަ..؟ މިއަދު ލިވީ ދުނިޔޭގަ ހުރި ކަމެއް ވެސް ނެތް ކަމެއް ވެސް އެނގެނީކީ ނޫން..” ޔާނިއުގެ އަޑުގައިވީ ޝަކުވާގެ އަސަރެވެ. އެހައި ދުވަސް ވާން ދެން ވާ ހާލެއްގައި ލިވްޔާ ވުމަށް ދޫކޮށްލައިގެން ހުންނަން ލައިނީއަށް ކެތްވީ ކިހިނެއްބާވައޭ ޔާނިއުގެ ހިތަށް އެރިއެވެ.
“ޔާން.. އަހަންނަށް ވެސް މަޖުބޫރުވީ.. ނިމްޝާމެން އެއީ ތިމީހުން ހީކުރާ ވަރަށް ވުރެ މާ ހުޝިޔާރު ބައެއް.. އަހަރެން ޔާން ނޫނީ ރެން ގާތު ލިވީގެ ވާހަކަ ބުނާ އިރަށް އަހަރެމެންނަށް ލިވީ ވީ ތަނެއް ހޯދުމުގެ ކުރިން ލިވީގެ ދުވަސް ދާނެ.. އެއްފަހަރު އެކަހަލަ ޅަ އެއްޗެއް އަހަންނަށް ނޭޅުނީ ކިރިޔާ.. އައިމް ސޮރީ.. އެކަމަކު އަހަންނަށް ވެސް މަޖުބޫރުވީ.. ލިވީގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކުރަން އަހަންނަށް ކުޅަދާނަ ނުވީ.. ލިވީ އަހަރެން ލައްވާ ވަޢުދު ކުރުވި އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ނުބުނަން.. އިތުރަށް މީހަކަށް ގެއްލުމެއް ވާން ލިވީ ވެސް ބޭނުންނުވީ.. އެ ވައުދާ ޚިލާފުވާން ވެސް އަހަންނަށް ކެތްނުވީ..” ގިސްލަމުން ލައިނީ ބުނެލި ވާހަކަތަކާ އެކީ މިކަންތައްގަނޑުގެ ތެރޭގައި ނިމްޝާގެ އިތުރުން އެތައް ބަޔަކު އުޅޭކަން ރައިހާންއަށް ޔަގީންވިއެވެ. އެހެން ނޫންނަމަ މިހައި ބިރުން ލައިނީ ނޫޅޭނެކަން އޭނާއަށް އެނގެއެވެ.
“ނިމްޝާމެންނޭ..؟ ދެން ކޮން ބައެއް..؟” ސޯފާއިން ތެދުވަމުން ރައިހާން އަހައިލުމާއެކީ ލައިނީއަށް ސިހިފައި ތެދުވެވުނެވެ. ވަސައިގެން ބަލައިލެވުނީ ނާއިފް އުޅޭތޯއެވެ. އެވަގުތު އެތަނުން ފެންނަން ނެތަސް ގޭގެ އެތަން މިތަނުގައި ނާއިފް ކެމެރާ ހަރުކޮށްފައި ހުންނަންކަން ލައިނީއަށް އެނގެއެވެ. ކިިރިޔާ ޝައްކުވާ މަންޒަރެއް ފެނުނަސް ނާއިފް ފިޔަވަޅު އަޅާނެއެވެ.
“ލައި! ބިރުނުގަނެބަލަ! އަހަރެމެންނަށް އިތުބާރުކޮށްބަލަ.. ލިވީއަށް ގޮތެއް ވިޔަކަ އަހަރެމެން ނުދޭނަމޭ! ދެން ކިޔާދީ ހުރިހާ ވާހަކައެއް.. ޕްލީޒް..” ލައިނީގެ ދެކޮނޑުގައި ހިފަހައްޓައިލަމުން މިފަހަރު އާދޭސްކުރީ ޔާނިއުއެވެ. އެއާއެކު ލައިނީއަށް ބަލައިލެވުނީ ރީނާއަށެވެ. ހަގީގަތް އެނގުމުން އެންމެ އަސަރު ކުރާނީ ރީނާއަށް ކަން އެނގޭތީއެވެ.
“ލައި ޕްލީޒް! ދެން ހުރިހާ ވާހަކައެއް ކިޔައިދީ.. ޓްރަސްޓް އަސް.. އަހަރެމެން ލިވީ ހެޔޮ ހާލުގައި ގެންނާނަމޭ އިންޝާﷲ.. އެކަމަކު އެކަން ވާނީ ލައިގެ އެއްބާރުލުން ލިބިގެން.. ހުރިހާ ބިރެއް އެއްފަރާތްކޮށްފައި ވަރަށް ހިތްވަރުކޮށްގެން..” އާދޭހުގެ ރާާގެއްގައި ރައިހާން ބުނެލުމުން ލައިނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ލައްކަ ދުވަހު ނިމްޝާއާއި ނާއިފްގެ އިންޒާރަށް ބިރުން އުޅެވިއްޖެއެވެ. އިތުރަށް ލިވްޔާ ހާލުގަ އުޅުނަކަ އޭނާ ނުދޭނެއެވެ.
“އެކަން ކުރަން އެންމެ އިސްކޮށް ހުރީ ނިމްޝާ އެކަންޏެއް ނޫން..” ލައިނީ ބުނެލުމާ އެކީ ރައިހާން އަވަސްއަވަހަށް ދެން ކާކުހެއްޔޭ އަހައިލިއެވެ.
“ނާއިފް.. ނިމްޝާއާ ނާއިފަކީ ދެބެން..” ލައިނީ ހާމަކޮށްލި ހަގީގަތާއެކު އެންމެންގެ ހަރަކާތްތައް މަޑުޖެހުނެވެ. އިވިގެން އެދިޔައީ އެއްވެސް މީހަކު ވާނޭކަމަށް ހީވެސް ކޮށްފައިވާ ގޮތެއް ނޫނެވެ.
“ރަނގަޅަށް ތި އަޑު އިވުނީ.. ރީންތަގެ ފިރިމީހާ ނާއިފްއާ ނިމްޝާއަކީ ދެބެން.. މިހުރިހާ ކަމެއްގެ އަޑީގަ ތިބީ އެދެމީހުން.. އަހަންނަށް ގޭތެރޭގަ ވެސް ލިވީގެ ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުބުނެވެނީ އަބަދުވެސް ނާއިފް އަހަންނަށް ފާރަލާތީ.. ގޭތެރެއާ ގެއިން ބޭރުގައި ވެސް އަހަންނަށް ދުވަހަކު ރައްކާތެރިކަމެއް އިހުސާސެއް ނުކުރެވޭ..” ލައިނީ ބުނެލުމާއެކު ރައިހާން ދެރަވީ ދެންމެ ލައިނީއާ ދިމާއަށް ކިޔުނު އެއްޗެހި ހިތަށް އަރާފައެވެ. ލައިނީއަށް ދިމާވެފައިވާ ހާލަތު ވެސް ގޯހެވެ. އަނިޔާވެރިއެވެ. ހަނުހުންނަން ލައިނީއަށް މަޖުބޫރުވީ ވެސް ލިވްޔާއަށް ޓަކައެވެ.
“މީކީ އިއްޔެއަކު މިއަދަކު އެމީހުން ރާވައިގެން އުޅޭ ކުޅިގަނޑެއް ނޫން.. ރީންތައާ ނާއިފް ކައިވެނި ކުރި އިރުވެސް މިކަމެއް ދިޔައީ ހިނގަމުން.. ފުރަތަމަ އަހަންނަށް ވެސް ހީކުރެވުނީ ނިމްޝާ އެގޮތަށް ކަންތައް ކުރީ ރެން ލިވީއާ ރައްޓެހިވީމަ ރުޅިއައިސްގެން ބަދަލުހިފަން ކަމަށް.. އެކަމަކު ވިސްނާލަބަލަ.. ނާއިފްއާ ނިމްޝާ ދެބެންނަށް ވުން، އެކަންތައް އެއްވެސް މީހަކަށް ނޭނގި އޮތުން، ރީންތައާ ނާއިފް ކައިވެނިކުރުން، ރައިހާންއާ ނިމްޝާ ރައްޓެހިވުން، ނިމްޝާ ރައިހާން ދޫކޮށްލާފަ ދިޔުން، ރައިހާން ލިވީއާ އެކީ މޫވްއޮން ކުރީމަ އަނބުރާ އައުން، އެވަރަށް ބްލެކްމެއިލް ކޮށްފައި ލިވީ ލައްވައި ކޮމްޕެނީގެެ އަގު ވައްޓައިލުން، އެންމެންނާ ދުރަށް ލިވީ ފޮނުވައިލުން.. މި ހުރިހައި ކަމެއް މީ ބޮޑު ރޭވުމެއްގެ ދަށުން ހިނގަމުން އަންނަ ކަންތައްތަކެއްހެން ހިޔެއް ނުވޭތަ..؟ އަދިވެސް މިކަންތައްގަނޑުގެ ތެރޭގައި ސެންސް މޭކް ނުކުރާ ބައިވަރު ކަންތައް އެބަހުރި.. މާނައަކީ އަހަރެމެންނަށް ނޭނގޭ ބައިވަރު ހަގީގަތްތަކެއް އެބަހުއްޓޭ.. މިކަންތައްގަނޑުގެ ތެރެއިން ލިވީ ސަލާމަތްކުރުމަކީ ތި ހީކުރާހައި ފަސޭހަކަމެއް ނޫނޭ!” ލައިނީގެ ވާހަަތަކުން އެންމެން ހިމޭންވި އިރު އެކަމާ ދޭތެރޭ އެންމެ ބޮޑަށް ވިސްނުނީ ޔާނިއުއާއި ރައިހާންއަށެވެ.
“އެހެން ނުވާނެ! ކޮން ދޮގެއް ހަދާކަށް! ނާއިފްއެއް ނުކުރާނެ ތިވަރުގެ ކަމެއް! މިހާރުވެސް ނާއިފާ ދިމާއަށް ކިޔުނު އެއްޗެހި މަދުވެގެންތަ ތި އުޅެނީ؟” ކުއްލިއަކަށް ރީނާ ހަޅޭއްލަވައިގަތުމުން އެންމެންނަށް އެދިމާއަށް ބަލައިލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.







Maashaa allah mi part vx varah varah reethi…..
Alhey livy and lainee ah dhera gotheh nahadhahchey….
Adhivx reenaa gaboolu kuraakah nuvey tha naaif ge ehvx kusheh 😭😭😭😔😔😔
Haadha hiy thelhe ey eba dhn vaane gothe balailaa hithun….
When next??
Anyways vrh dhuvas fahun dhw mi comment eh kohllevunee….
Ekm vx baraabarah kiyan….
Busy kamun hama comment eh kohlaane vaguthu nuvanee….
thank you so much darling💞
yeahh reena ulhey gothun dho.. mihaaru dhen nayaa ves kdk rulhi annan faishaifi😭
it’s okayy i get it varah busy vaanekan, nayaa ves vvv busy koh hama mi ulheny.. so fully understand hama
good to see your comment again❤️
Hey Nayaa. It’s wonderful.
thankyouuu
mi Reenaves mee moyavefa hunna anheneh tha? blinded in love! anbi myha gaiga thalha aniya koh, amilla dhariah eha goas firihenaku rangalhuvaane tha? e naaif akaa hedhi mulhi aaila aa dhekolhu vaan reena e hiry ready ah! v foohi vey! heyo reena gaboolu nukueiyas family enmennah engeyne e naaif aky nubai myheh kan!! reena aa raihan ge bappa ge deathves ei e 2 murderous siblings ge kamejey!!! mi faharu reena e nidhin heylan jeheyny. story is AWSOMMMMMMM, waiting for next. ❤️❤️
hii marsha!
yess omg i hated reena so much for always defending naaif hama
dhen vedhaane dho raihaan ge parents ge murder case ves emeehunnaa gulhifa kamah
thank youuu <333
When next?
Mi part vx varah varah reethi
just submitted the next part!
thank youu!!
Vaahaka varah reethi hisaabalah dho mi dhiyaee. When is next part? Ehaa laa nukoh avaha ukohla dheythi
yess mihaaru dhen massala boduvegen gos falhaa araafa dho mi othy.. lets see dhen vaa gotheh..
just submitted the next part.. sorry lasveema but my esfiya account ah login nuvevigen upload nukurevi iny :((
MA v v reethi mi partvs,kiyaahithun hutta e nimuny,.hyvany hama vaahaka therayga ulhevayhen😊
aww thank youu sm lovie!! <33
Mi part ves vrh reethi MA!
So glad Ren ah hageegai ingunee ma😊
But Reena ah kihinei vefa tha e hunnanee! Naaif is bad and she knows it. Come on Reena! anekkaa Ren aa ehkoh fight eh fashaanee eh noon ingey. He’s already out of control
Whn nxt????
Luv u 💗
Mi part ves varah reethi masha Allah
Mi part kiyaafa rovijje
Reena keevetha gaboolu nukurany naaif goaskan
Ren fakeeru Moya vedhaane Livy aa nulaa ulhen vejja
Heyonuvaane livy n Ren gulhuvaba
Waiting for the day everyone get Justice
Miayee varah saugu veri kamakaa eku kiyaa hithun kiyaa vaahaka eh
Kuhverinah adabu dhee
Really appreciated your hard work 🥰
Haadha curious kohlaafa thi nihmaaly
When next
thanyouu so much dhekudhinnah ves!
yess reena dhen mihaaru vejje dho rangalhah visnan
just submitted the next part
love more<33
Alheyh hama rovijje mi bai kiyaafa 😭 mi reena vx ulhey gothun haadha rulhi eh eba aadhe eyh noolhey adhivx gaboolu kuraakah 😒😒 ren dhen avahah livy hoadhan ulhey 🥹 nayaa pls e dhemeehun avahah gulhuvahchey 😭 soo happy hageegaih enguneema 🫶 btw mi part vx v reethi u r too gud Masha Allah ♥️ when next
yeahh reena is pmo too ehehe
lets see dho dhen ren livi hoadhan ulheytho next part ga
thankyouu so much<33
MA mi ep vx vrh reethi💙💚
Alheyyy… Cried a lot hama mi ep kiyaafa😭😭
Reena ehury lowbyga kanu ban’dhefa Sahaadhey 🤦🤦
Enme wait kureveny ren n live gulhi, nimsha mennah haqqu afhabu libeyne dhuvahakah..
Curiously waiting for the nxt ep
Whn nxt???
Tc.. Lyyy 💙💚
thank youu so so much loabi<3
yeahh reena dho psps
just submitted the next part
lym<33
Heyyyy wow varah reethi when’s nexttt pls don’t do anything to my livyyy raihaan ge loabi loabi livyyy ah dhera gotheh nuhadhahchey ……
heyy thankuuu<33
hehe livi and ren ah vaa gotheh balamaa dho next part ga
just submitted
woah mi part vrh ryythi, as always. so happy to see you once again ( mibuny alun anburaa vhk up kuran ai vhk ingeyy ) lots of love
aw thankuuu<33
love nd love more<3
Hello naya drll.
How you doing?
As usual this part is also really amazing.
I was surprised hama mi part kiyaafa. Finally they all knew the truth. Hope livy and ren will get back soon. When is next? Can’t wait to see what will happen next. Lots of love 🫶🏼❤️
hii reem
im doing amazing alhamdhulillah hbu??
yess finally dho!
love and love more<33
Mi vhk vrh rythi❤️
When next part🥹
thankuu<33
just submitted
Mi Bai vrh reethi❤️
When next?
When next?
next part when ???💔💔
hello nayaa
when is next part?? update eh dheeba plss
Gurlll when nextttt
So late always
I wish writers story ekko liye nimmaafa site ah vaki vakin post kuraanamaey. Mihen Gina dhuvas veema aslu reliable eh noon
hii, yess i completely understand your frustration im so sorry.. aslu mi part lasvy esfiya ah login nuvevigen and laptop sakaraaiy vegen ekamaa deal ves nukurevigen ulhuny.. im so so sorry in sha allah rangalhu kohlaanan dhen
When next?