Skip to content
އެސްފިޔަ

އޭނާ… ދެވަނަބައި

އެއަންހެންކުއްޖާ ފެެނިފާއި ފަޔާޒަށް އެކުއްޖާގެ ފަހަތުން ދެވެން ފެށިއެވެ. އެއި ކޮންޖުއްޖެއްކަމެއް ފަޔާޒަކައް ނެގެއެވެ. އަދި ފަޔާޒަކައް އޭނާގެ މޫނުވެސް ނުފެނެއެވެ. އަދި އެކުއްޖާގެ ސިފަވެސް ނޭގެއެވެ. ނަމަވެސް އެނާއަށް އެއަންހެން ކުއްޖާގެ ފަހަތުން ހަމަ ހިގެނީއެވެ. ފަޔާޒް ހިގަމުން ހިގަމުން ދަނިކޮއް އެކުއްޖާ ފަޔާޒާއި ދިމާލައް އެބުރެލިއެވެ. ފަޔާޒަށް ހުރެވުނީ ހިނގައި ގަންނަންވީ ކޮން ދިމާލަކަށް ކަމެއް ނޭގިފައެވެ. އެމޫނުގައި ވާރީތި ކަމާކާއި ފުރިކަމެއްތާއެވެ. މޫނުގެ ހަން ގަނޑް އޮމާންވެފައި ދޮނެވެ. ނޭފަތްވެސް އެހާފުރިހަމައެވެ. ނޭފަތްކާރީގައި ކޮލުގައިން ކަޅުތިކިންވެސް އެފުރިހަމަކަމައް އިތުރު ފުރިހަމަކަމެއް ގެނެސްދޭކަހަލައެވެ. އޭނާގެ ފުރިހަމަކަން ފެނިފައަި ފާޒައް ހީވީ އެއީ …… އެފުރިހަމަކަމައް އިތުރު ފުރިހަމަކަމެއް ގެނެސްދޭކަހަލައެވެ. އޭނާގެ ފުރިހަމަކަން ފެނިފައަި ފާޒައް ހީވީ އެއީފަތްމިންޏެއްހެނެވެ.  އެކުއްޖާގެ އެ އަންހެންވަންތަ ފުރިހަމަކަމާއެވެ. ފަޔާޒަށް ހިތާއި ހިތުން ކިޔާލެވުނެވެ. މި ހިޔާލުގައި ހުއްޓާ އެކުއްޖާ އާދައިގެ ހިނގުމެއްގައި އައިސް ފާޔާޒާއި ވަރަށް ކައިރީގައި ހުއްޓިލާފައި އެ ޖާދޫވި އަޑުން ބުނެލިއެވެ. ” ކީއްކުރަން އަހަރެންގެ ފަހަތުން ތިޒުވާނާތިއަންނަނީ… އަހަރެން ދަންނަމީހެއްތަތީ؟” ފަޔާޒް ހުރީހަމަ ވާހަކަދައްކަންވެސް ނޭނގިފައެވެ. ލާންއުޅުނު ނޭވާވެސް ކަރުތެރޭގައި ތާށިވިކަހަލައެވެ. ފަޔާޒައް ކުރެވުނުހާވެސް ކަމަކީ އެއޮމާން ރީތި މޫނަށްބަލަހައްޓައިގެން ހުރުމެވެ. އެއަންހެން ކުއްޖާ ރުޅިއައިސްގެން ފަޔާޒައް ފުރަގަސްދީފައި ހިނގައިގެންފިއެވެ. އަނެއްކާވެސް ފަޔާޒް އެކުއްޖާގެ ފަހަތުން ހިނގަންފެށިއެވެ. ނަމަވެސް އަދިވެސް ފަޔާޒަކައް އެކުއްޖާއަކީ ކާކުކަން އެގޭވަރެއްނުވެއެވެ. އެކުއްޖާގެރީތިކަމާއި ފުރިހަމަކަން ފެނިފައި ފަޔާޒަށް ހަމަ އެކުއްޖާފަހަތުން ހިނގެނީއެވެ. ނަމަވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ގަސްތަކުގެތެރެއަށް ވަދެ ފިލައިފިއެވެ. ފަޔާޒައްހޭވެރިކަންވީ ފަޔަށް އެއްޗެެއްހެރުމުން ތަދުވީމައެވެ. ސިހިފައިބަލާލިއިރު ފަޔާޒައް ހުރެވުނީ މެޔާހަމައައް މޫދައްއެރިއެވެ.

“އަހާނނ ފަޔާ ކޮނަތާކުންތިއައީ އަހަރުމެންނައް ނޭނގިގޮސް މޫދަށްއެރެލީ ދޯ…” އަރީފް ޝަކުވާކުރާ ރާގައްބުނެލިއެވެ. ފަޔާޒް ބުނާނެއެއްޗެއްނޭނގިފައި ހުރީއެވެ. ދެން ފަޔާޒް އެންމެންނާއި ދުރައްގޮސް އެކަނިވެލިއެވެ. ފަޔާޒުގެ ހިޔާލާއި ވިސްނުމުގައި ވަނީ ހަމައެކަނި އެއަންހެންކުއްޖާއެވެ. އޭނާ ފެނިފައި ފަޔާޒް ހުންނަނީ ބަސްހުސްވެފައެވެ. ފަޔާޒް ސިއްސައިގެންގޮސް ހިޔާލުން ބޭރުވެވުނީ ޝަރީފްއައިސް ގައިގައި ކޮއްޓާލުމުންނެވެ. “ފަޔާ ކޮންހިޔާލަކައް ގެއްލިފަތިޔައިނީ… އަހަރެން ކޮންއިރެއްތަ ގޮވާތާ؟؟ ކިހިނެއްވެފަތަ ތިޔަހުރީ؟؟ ” ޝާރީފް ސުވާކުރިއެވެ. ފަޔާޒް ޖަވާބުގައި ބުނީ “ވަރަށް ބަނޑުހައިވެއްޖެ ހިނގާކާންދާން ދޯ..” ޝަރީފް ހުރީ ބުނާނެއެއްޗެއްނޭގިފައެވެ. ފަޔާޒްއަށް ބަދަލެއް އައިސްފައިވާކަން އެންމެނައްވެސް ފާހަގަކުރެވުނެވެ. އަރީފްވެސް އެކަން ފާހަގަކޮށް އެވާހަކަދެއްކިއެވެ. އިނާޝް ވެސްއެކަމާއި ކަންބޮޑުވެގެން އެވާހަކަ އަދީލް ގާތުދެއްކިއެވެ. ގުރޫޕް އެންމެން އެކަމާ ކަންތައް ބޮޑުވެގެން އުޅުނުއިރުވެސް ފަޔާޒް ހުރީ ވަރަށް ހަމަޖެހިލާފައެވެ. އެހެންކަމުން އެންމެން ނިންމީ އެވާހަކަ ފަޔާޒް ގާުތުގައި ނުދެއްކުމަށެވެ.

އަރީފް އެންމެންގެ މޫޑް ބަދަލުކުރުމަށްޓަކައި ޖޯކްކިޔަންފެށިއެވެ. ފަޔާޒް ނޫނީ އެންމެންވެސް ހޭންފެށިއެވެ. އެންމެން މަޖާވެފައި ޖޯކް ކިޔަންފެށުމުން ފަޔާޒަށް އުދަގޫވާންފެށިއެވެ. ނަތީޖާއެއްގެގޮތުން ފަޔާޒް އެތަނުން ތެދުވެގެން ހިނގައިގަތެވެ. ގޮސްހުއްޓުނީ އަތިމަތީގައި ހުރި ރުކެއް ކައިރީގައެވެ. އެހެން ހުއްޓާ ފަޔާޒައް އަނެއްކާވެސް އެއްކަލަ އަންހެންކުއްޖާ ފެނިއްޖެއެވެ.މިފަހަރުވެސް ދަގައްފާނައްދަގަނޑު ދަމާފަދައިން ފަޔާޒައް އެއަންހެންކުއްޖާޔާއި ދިމާލައް ހިނގެން ފެށިއެވެ. އަމިއްލައިހްތިޔާރުން ބޭރުގައެވެ. ބަލާމީހުންނައްހީވާނީ ނިދާފައިހުރިމީހަކު ހިނގަނީހެނެވެ. ފަޔާޒައް ގޮސްހުއްޓެވުނީ އެކުއްޖާގެ ފުރަގަހުން އެކުއްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. އޭނާއަށް އެކަންއިހުސާސްވެގެން ފަސްއެބުނރި ބަލައިލިއިރު ފަޔާޒްފެނުމުން އައިއްސައި ހުރި ރުޅިން އަތަށްބާރުލާފައި ފަޔާޒްގެ ކަންފަތް މަތީގައި ހޫނު ބޮނޑިއެއްއެޅިއެވެ. ފަޔާޒް ސިހިފައި ހިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އޭރު ފަޔާޒްގެ ކޯތާފަތް ހުރީ ރަތްވެފައެވެ.

ފަޔާޒައް ތަދުވެސްވިއެވެ. ބަލާލިއި އިރު އެއަންހެން ކުއްޖާ ހުރީ އޭނާގެ ރައްޓެއްސެއްކައިރީގައި ވާހަކަދައްކާށެވެ. ފަޔާޒައްވީތަދުން އެބެރި ދިޔައީ އެކަނި އަތިރިމަތީގައި ހިނގާލާށެވެ. ހިނގަމުންދަނިކޮށް ފަޔާޒަށް އަނެއްކާވެސް އެހެން ކުއްޖަކު ފެނުނެވެ. އިސްކޮޅުންކުރު ބޮލުގެ އިސްތަށިގަނޑު ބުޅިވެފައިވާ ބޮލެކެވެ. އެއަންހެން ކުއްޖާގެ ބޮޑުދެލޮލުން ފަޔާޒައް ބަލާލާފައި ރަކިގޮތަކައް ހީލިއެވެ. އޭނާހީލުމުން ކޮލަށްއެޅުނު އެއަޑިކޮޅުންވެސް އެކުއްޖާގެ ދޮންރީތި މޫނަށް އިތުރު ފުރިހަމަކަމެއްގެނެސްދިނެވެ. “ކޮންތާކަށްދަނީ؟؟” އެއަންހެންކުއްޖާ އަހާލިއެވެ. އެއީވެސް ފަޔާޒް ދަންނަކުއްޖެއްނޫނެވެ. ނަމަވެސް އެކުއްޖާޔާ ވާހަކަ ދައްކާހިތް ވިއެވެ. އެހެން ކަމުން ފަޔާޒް ޖަވާބުގައި ބުނެލީ” އަހަރެން ފޫހިވެގެން ހިގާލަނީ.. ތީކޮންް ކުއްޖެއް؟ ކޮންއިރަކުއައީ؟” “އަހަރެގެ ނަމަކީ ނަދާ.. އަހަރެން އައީ ދައްތަމެނާއެކު. އައިރު ގަޑިން ވީއިރެއްނޭނގެ ބުނާކަށް…”އެކުއްޖާ ޖަވާބުދިނެވެ. ނަދާ ލާފައިހުރި ރަތް ކުލައިގެ ހެދުން އެމޫނައް އިތުރު ފުރިހަމަކަމަކާއި ރީތިކަމެއްގެނެސްދެއެވެ. އެކަމަކުވެސް ފަޔާޒަކައް އޭނާ އެހާރިއްޗެއްނޫނެވެ. ފަޔާޒާއި ނަދާ ވާހަކަދައްކާލުމަށް އެތާނގައި އިށީއިންނަން ތިރިވެލިތަނާ އަރީފް ގޮވާލިއަޑަށް ބައައިލިއެވެ. “ބުރޯ ކޮންތާކުތިހުރި އާދެބަލަ މި ފުނަގަސްކައިރިޔައް..” އަރީފް ފެންނަން ނެތުމުން ފަޔާޒް އިއްވާލިއެވެ. އަރީފްއައިސް ބަލައިލާފައި ބޯކަހާލާފައި އައެވެ. “ބުރޯ ކިހިނެއްވީ ؟؟” އަރީފް އިންގޮތުން ފަޔާޒް އަހައިލިއެވެ. އަރީފް އިނީ ފާޑަކައް ހާސްވެފައި ކަހަގޮތަކަށެވެ. “ބުރޯ ކޮބާތަ ޝަރީފްމެން މަ އެމީހުން ހޯދާ ހޯދާ ބަލިވެއްޖެ އެކަކުވެސް ނުފެނުނު. މިހިސާބަށްއައިތަނާ މަށަށް ބުރޯގެ އަޑުއިވިގެން މިއައީ. ހިނގާބަލަ އެމީހުން ހޯދަންދާން ..” ހާސްވެފައިވާ ރާގަކަށް އަރީފް އިއްވާލިއެވެ.

ފަޔާޒް ވަގުތުން ތެދުވިއެެވެ. ހިނގައިގަންނަމުން އެއަންހެންކުޖާގާތު ދަނީއޭވެސް ބުނެލިއެވެ. އޭނާވެސް އިނީ ފޫހިވެފައެވެ.ފަޔާޒާއި އަރީފް ހިނގަމުންދިޔައީ ރަށުގެ ތުނޑިއާއި ދިމާލަށެވެ. ސަބަބަކީ އެމީހުން މަސްބާނަން ހިނގައިދާނެކަމަށް ބަލާފައެވެ. ފަޔާޒަށް ކުއްލިއަކަށް ޝަރީފް ފެނުނެވެ. ޝަރީފް އޮތީ މިދިލި ގަހެއްދޮށުގައި ނިދާފައެވެ. ފަޔާޒްކުރިކަމަކީ މިދިލިގަހަށްއަރާފައި ގަސްހަލުވާލީއެވެ. މިދިލި ގަހުން ކަނަތައް ވާރޭގެ ތިކިތަކެއްހެން އޮހިގަތެވެ. ޝަރީފް އައްދިޔޯޔޭ ގޮވަމުންހޭލިއެވެ. “ކޮބާތަ އިނާޝް؟” އަރީފް ވަގުތުން އަހާލިއެވެ. ޝަރީފް ފޫހިގޮތަކައް ބުނެލީ އިނާޝް ވީތަން އޭނާއަށް ނޭނގެކަމަށެވެ. ފަޔާޒް އެންގީ އިނާޝާއި އަދީލް ހޯދަންދިއުމަށވެ. އަދިފަހަތުން ފަޔާޒްވެސް ހިނގައިގަތެވެ. “ފަޔާ މަށަށްއިނގޭ ފަޔާޒް ވީތަން… އޭނާވީ އެކަނިހިނގަންގޮސް

Comments (8)

  1. saaaaa

    Midhen vaahakaeh vvv huthuru mihen bunan jehey theeves sorry cheeedi

    1. Haari
      saaaaa

      Asluvs

  2. Nyna

    Haadha kurey

  3. Nyna

    Haadha kurey

  4. Majaa

    Ibe plx dhuvahakuves kameh kohdhenchaa bro vaahaka liyun huhttaalaa

  5. No name

    Kobaa first part

  6. xee xee

    Mives faadehge vaahakeyehbdhw.. but u shouldn’t say cheedi its not gud.. vedhaane dhw ibe ge first vaahaka kan dhw.. humans learn frm their mistake… mi vaahakaiga kuh gina v ma jeheyny kuhfiluvumah bunan not to say cheedi… remember we allbfo mistakes… gud luck for ur story… 🙂 lol

  7. naby

    Vaaahaka ehaa ok eh nun.. ekam vaaahaka liyamun gendhaaa varakah dhaaany vaaahakaovaaahaka ok vamun inge ibbe. Keep it up dear.. in shaa allah dhen anna beah ga miah vure rythi koh ibaaarai gendhaaane kamah hope kuran

Comments are closed.