Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

ކިޔުންތެރިންގެ ސަމާލުކަމަށް: މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް…

River Writes
River Writes Level 110 Stories100 Login
May 25, 2026 One Min Read
0 Comments

ވާހަކައިގެ ހުރިހާ ލޯބިވާ ކިޔުންތެރިންނަށް…

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އައްސަލާމު ޢަލައިކުމް އަދި އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރައްވާ ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ލޯބިވެތި ސަލާމެއް ރައްދުކުރަމެވެ. އަޅުގަނޑު މިއަދު މި ސިޓީ މެދުވެރިކޮށް މި އަންގާލަނީ، ކިޔުންތެރިންނަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބިދާނެ ފަދަ ޚަބަރެއް ކަމުގައި ވިޔަސް، މިއީ މިވަގުތު ކަންތައްތައް ހުރިގޮތުން ނިންމަން ޖެހުނު ނިންމުމެކެވެ. އެގޮތުން، “މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް..” މި ވާހަކަ މިހާތަނަށް އެސްފިޔަ ވެބްސައިޓުގައި ޝާއިޢުކުރަމުން އައި ނަމަވެސް، މިއަދުން ފެށިގެން މި ޕްލެޓްފޯމްގައި މި ވާހަކަ ކުރިއަށް ގެންދިއުން ހުއްޓާލަން ނިންމާފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ.

ނަމަވެސް، ވާހަކައިގެ ކިޔުންތެރިންނަށް އޮތް އުފާވެރި ޚަބަރަކީ، މި ވާހަކަ ހުއްޓުމެއްނެތި “ފިޔަ އޮންލައިން” ވެބްސައިޓުގައި “ކަލާޔަށްޓަކައި ހަމަހިމޭންވީ” މި ނަމުގައި މިހާރުވެސް ކުރިއަށްދާ ކަމެވެ. ފިޔަ އޮންލައިންގައި މިހާރު މި ވާހަކައިގެ 108 އެޕިސޯޑު ވެސް ވަނީ ކިޔުންތެރިންނާ ހަމައަށް ގެނެސްދެވިފައެވެ. އެހެންކަމުން، ވާހަކައިގެ ބާކީ ބައިތައް ފުރިހަމަކުރައްވަން ބޭނުންފުޅުވާ ހުރިހާ ކިޔުންތެރިންވެސް “ފިޔަ އޮންލައިން” އަށް ޒިޔާރަތްކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.

އަޅުގަނޑާއި ކިޔުންތެރިންނާ ދެމެދު އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށާއި، ވާހަކައިގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ލިންކުތައް ވަގުތުން ވަގުތަށް ހިއްސާކުރުމަށްޓަކައި އަޅުގަނޑު ވާހަކަތަކަށް ހާއްސަ ވައިބަރ ކޮމިއުނިޓީއާއި ގުޅިލެއްވުން އެދެމެވެ. އަދި އަޅުގަނޑުގެ ވާހަކަތަކަށް ޙާއްސަ ފޭސްބުކް ޕޭޖަށްވެސް ފޮލޯކޮށްލެއްވުން އެދެމެވެ. މި ވަގުތަށް އެންމެ ރަނގަޅު އަދި އެންމެ ފަސޭހަ ގޮތަކީ މިއީ ކަމަށް ފެންނާތީ، ވާހަކައިގެ ކުރިއަށް ހުރި އެޕިސޯޑުތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވައިގެން އަޅުގަނޑުގެ ވައިބަރ ކޮމިއުނިޓީއާ ގުޅިލެއްވުން އެދެމެވެ.

ކިޔުންތެރިން މިހާތަނަށް އަޅުގަނޑަށް ދެއްވި ބޮޑު ތަރުހީބާއި، ބަހައްޓަވައިދެއްވި ގާތްކަމާއި ލޯތްބަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ތިޔަބޭފުޅުންގެ ފަރާތުން މިފަދަ އެއްބާރުލުމެއް ލިބިގެންދިއުމެވެ. އަޅުގަނޑުގެ މި ނިންމުމާމެދު ކިޔުންތެރިންގެ ފަރާތުން އޯގާތެރިކަމާއި ކެތްތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

ވައިބަރ ކޮމިއުނިޓީ ލިންކު: ކޮމިއުނިޓީ

ފޭސްބުކް ޕޭޖް: ވާހަކަ ބައި ރިވަރ ރައިޓްސް

އަދިވެސް އެއް ފަހަރު، ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

ހޯދަން ކަލާ 5

Next

ގާތުގާ… 23

Next
May 25, 2026

ގާތުގާ… 23

Previews
May 25, 2026

ހޯދަން ކަލާ 5



All Right Reserved!