Skip to content
އެސްފިޔަ

ހިތުގެ ވިންދު 1

Listen to this story Audio · 5:56 Powered by Esfiya Voice
0:00 5:56

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކަށް ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މުޅި ޖައްވު އޮތީ ފިނިވެފައެވެ. ކޮލެޖުގެ ބޮޑު ލައިބްރަރީގެ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން އިން **ކިޔާނާ** ގެ މޫނުމަތިން ފެންނަނީ މަޑުމައިތިރިކަމެވެ. އޭނާއަކީ އަބަދުވެސް އަމިއްލަ ދުނިޔެއެއްގައި އުޅޭ، ފޮތްކިޔުމަށް ލޯބިކުރާ، އަދި މީހުންނާ މާގިނައިން ވާހަކަދައްކަން ޖެހިލުންވާ ކުއްޖެކެވެ. ކިޔާނާގެ ޚިޔާލީ ދުނިޔެއިން އޭނާ ބޭރުކޮށްލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ **ޒައިނަބް** އައިސް ކޮނޑުގައި ޖަހާލުމުންނެވެ.
“ކިޔާ! އަދިވެސް ތި ފޮތުގެ ތެރެއަށް ގެނބިފައިތަ؟ މިއަދު ކޮލެޖަށް އާ ކުދިންތަކެއް އަންނަ ދުވަހޭ. ހިނގާބަލަ ބޭރަށް ނުކުމެލަން، މިއަދު ވަރަށް ގިނަ ކަންތައްތައް ހިނގާނެހެން ހީވޭ،” ޒައިނަބް އޭނާގެ އާދައިގެ މަތިން ސަކަ ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. ކިޔާނާ މަޑުމަޑުން ހިނިތުންވެލަމުން ފޮތް ލައްޕާލައި ޒައިނަބް އާއެކު ހިނގައިގަތެވެ.
ދެކުދިން ކެންޓީނާ ދިމާއަށް ދިޔައިރު، މުޅި ކޮލެޖުގެ ސަމާލުކަން ހުއްޓިފައިވަނީ މައި ގޭޓުން އެތެރެއަށް ވަދެގެން އައި ދެ ޒުވާނުންނަށެވެ. ކުރީގައި ހުރީ **އަމާރު** އެވެ. އޭނާގެ އިސްކޮޅުން ދިގު، ރީތި ހަށިގަނޑާއި، ފުން ކަޅު ކަޅިރަވައިގެ ސަބަބުން ކޮންމެ މީހެއްގެ ނަޒަރުވެސް އޭނާއަށް ހުއްޓެއެވެ. ނަމަވެސް އޭނާގެ ލޮލުގައި ފޮރުވިފައިވާ ފުން ހިތާމައެއް ނުވަތަ ސިއްރެއް ވާކަން ކިޔާނާއަށް ފުރަތަމަ ނަޒަރުންވެސް ފާހަގަކުރެވުނެވެ. އަމާރުގެ ފަހަތުގައި ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ **ޒުކަން** އެވެ. ޒުކަންއަކީ މަޑުމަޑުން ހުންނަ ނަމަވެސް، ވަށައިގެންވާ ކަންކަމަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާ ޒުވާނެކެވެ.
ކުއްލިއަކަށް އަމާރުގެ ނަޒަރު ކިޔާނާއާ އަމާޒުވިއެވެ. އެވަގުތު މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. ކިޔާނާގެ މޭތެރޭގައި އޮތް ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ. *ދުން… ދުން… ދުން…* މިއީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ކުރެވުނު އިޙްސާސެއް ނޫނެވެ. އަމާރުވެސް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ދެމީހުންގެ ލޯ ގުޅިފައިވާ މަންޒަރު ދުރުގައި ހުރި ޒުކަން އަށް ވަރަށް ރަނގަޅަށް ފެނުނެވެ. ޒުކަންގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނު ކަމުގައި ވިޔަސް، އޭނާގެ އަތް ބާރަށް މުއްކަވާލެވުނެވެ.
މި ޖާދުވީ ވަގުތުކޮޅު ހަލާކުކޮށްލީ ކޮލެޖުގެ އެންމެ މަޝްހޫރު އަދި ބޮޑާ ކުއްޖާ، **އިޝްޔާ** ގެ އަޑުންނެވެ.
“އޯހް މައި ގޯޑް! އަމާރު! ކޮން އިރަކު މާލެ އައީ؟” އިޝްޔާ ދުވެފައި ގޮސް އަމާރުގެ އަތުގައި ހިފާލިއެވެ. އިޝްޔާއަކީ އަމާރުގެ މާޒީއާ ގުޅިފައިވާ ކުއްޖެއްކަން އޭނާގެ ހަރަކާތްތަކުން ދޭހަވެއެވެ. އިޝްޔާ އަމާރުގެ އަތުގައި ހިފާލުމާއެކު، ނުރުހުމުގެ ނަޒަރަކުން ކިޔާނާއާ ދިމާއަށް ބަލާލިއެވެ.
އިޝްޔާގެ ފަހަތުން އޭނާގެ ބޭބެ **ޒައިން** އައެވެ. ޒައިން އަކީ ހަރުކަށި ނަމަވެސް އިންސާފަށް ލޯބިކުރާ ޒުވާނެކެވެ. އޭނާގެ ކޮއްކޮގެ އުޅުން ހުންނަ ގޮތުން ބައެއް ފަހަރު ޒައިން ލަދުގަތް ނަމަވެސް، ކޮއްކޮ ދެކެ އޭނާ ވަރަށް ލޯބިވެއެވެ. ޒައިންގެ ނަޒަރު ހުއްޓުނީ ޒައިނަބް އަށެވެ. ޒައިނަބް ނުރުހިފައި އިޝްޔާއާ ދިމާއަށް ބަލަން ހުރި ގޮތުން ޒައިންގެ ގާތަށް ހިނިއައެވެ.
ކްލާސް ފެށުމުގެ ކުރިން އޮތް ހުސްވަގުތުކޮޅެވެ. ކިޔާނާ އޭނާގެ ލޮކަރު ކައިރީގައި ފޮތްތައް ހަމަކުރަން ހުއްޓާ، މީހެއްގެ ހިލަމެއް ވުމުން އެނބުރި ބަލާލިއެވެ. ކުރިމަތީގައި ހުރީ އަމާރުއެވެ. އަމާރުގެ ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.
“ހައި… އަހަންނަކީ އަމާރު،” އޭނާގެ އަޑުގައި ވަނީ ފިރިހެންވަންތަ، ބަރު ގޮތެކެވެ. “ލައިބްރަރީގައި އިންދާ ދުށިން. ކޮން ފޮތެއްތަ ކިޔަނީ؟”
ކިޔާނާގެ އަތްތިލައިން ދާހިއްލާ ގޮތްވިއެވެ. “އަ… އަހަރެން… މިއީ ޝޭކްސްޕިއަރގެ ފޮތެއް،” ކިޔާނާ އަކުރުތަކަށް ދަމަމުން ޖަވާބުދިނެވެ.
އަމާރު ކިޔާނާއާ ކުޑަކޮށް ގާތްވެލިއެވެ. “އަހަންނަށް ވަރަށް ކަމުދޭ ތިކަހަލަ ޑީޕް ވާހަކަތައް. އެކަމަކު ހީވޭ، ބައެއް ފަހަރު ޙަޤީޤީ ދިރިއުޅުމުގެ ވާހަކަތައް މާ ހިތްދަތިހެން.” އަމާރު މިހެން ބުނިއިރު އޭނާގެ ލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ރިހުމެކެވެ. އޭނާ ކިޔާނާއާ މިހާ އަވަހަށް ގާތްވާން މަސައްކަތްކުރާ ސަބަބަކީ ކޮބައިބާވައެވެ؟
މި މަންޒަރު ދުރުގައި ބަލަން ހުރި އިޝްޔާގެ ރުޅިގަނޑު ކެކެމުންދިޔައެވެ. އޭނާ ޒުކަންގެ ގާތަށް ގޮސް ސިއްރުން ބުންޏެވެ. “ޒުކަން… އަމާރު އަދިވެސް އެ އުޅެނީ ‘އެކަންތައް’ މަތިން ހަނދާން ނުނެތިގެންތަ؟ އެ ކިޔާނާ ގާތަށް އޭނަ ދާންވީ ކީއްވެ؟ އަހަރެން މިހުރީނު.”
ޒުކަން ފިނި ގޮތަކަށް އިޝްޔާއަށް ބަލާލިއެވެ. “އަމާރުގެ ކަންކަމާ ނުބެހޭ. އަދި ކިޔާނާއާ ދުރުގައި ހުރޭ،” ޒުކަންގެ އަޑުގައި ހުރި އިންޒާރުގެ ރާގުން އިޝްޔާ ސިހުނެވެ. ޒުކަންގެ ހިތުގައި ކިޔާނާއާ މެދު އުފެދެމުންދަނީ ކޮންކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟
ކްލާސްތައް ނިމިގެން ގެއަށް ދިޔުމަށް ކިޔާނާ ނުކުތްއިރު އަމާރު ދުރުގައި ފޯނެއްގައި ހުއްޓެވެ. އަމާރުގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ބުނި އެއްޗެއް ކިޔާނާއަށް އިވުނެވެ.
*”އާނ… އަހަރެން އޭނާއާ ގާތްވަމުން މިދަނީ. އެކަމަކު އޭނާއަށް އެއްވެސް ކަމެއް ނޭނގޭނެ. މިއީ ހަމައެކަނި އަހަރެމެންގެ ޕްލޭންގެ ބައެއް. އޭނާގެ އިޙްސާސްތަކާ ކުޅުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން، އެކަމަކު އެހެން ގޮތެއް ނެތް…”*
ކިޔާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތުގެ ވިންދު އަނެއްކާވެސް އަވަސްވިއެވެ. އެކަމަކު މިފަހަރު ލޯތްބަކުން ނޫނެވެ. ބިރުވެރިކަމަކުންނެވެ. އަމާރު އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ކިޔާނާއާ ގާތްވާން މަސައްކަތްކުރަނީ ކޮން މަގްސަދެއްގައި ހެއްޔެވެ؟
ގެއަށް ގޮސް އެނދުމައްޗަށް ވެއްޓިގަންނަމުން ކިޔާނާ އޭނާގެ މޭގައި އަތްއަޅާލިއެވެ. އަމާރު ފެނުމުން އޭނާގެ ހިތަށް ލިބުނު ފިނިކަން މިހާރު ވަނީ ނޭނގޭ ތޫފާނަކަށް ބަދަލުވެފައެވެ. އަމާރުގެ އެ ފޮރުވިފައިވާ ސިއްރަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ހިތް ކުދިކުދިވެގެން ހިނގައިދާނެ ކަމުގެ ފުރަތަމަ އިންޒާރު މިއަދު ވަނީ ލިބިފައެވެ.
-ނުނިމޭ-

މިއީ އަޅުގަނޑުގެ އާ ވާހަކަ، އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަން! އަޅުގަނޑު އަދިވެސް ލިޔަން ދަސްކުރަމުން ދާތީ ބައެއް ގޯސްތަކެއް ހުރެދާނެ، އެކަމަކު އަޅުގަނޑު މަސައްކަތް ކުރަނީ އަޅުގަނޑުގެ ހުނަރު ރަނގަޅު ކުރެވޭތޯ ..

Comments (10)

  1. xxx

    yea gurrlll. reethi ingey.
    when next ????

    1. Alaa
      xxx

      Thnks for the lovely comment 💚💚

  2. Jgd

    Hey b#tch!!

    1. Sheex
      Jgd

      OMG

  3. xxx

    Heyyy
    When next ????

    1. Alaa
      xxx

      Submit kohlaafa mihaaru innaanee

  4. Sheex

    V reethi first part MA
    V interest ufedhijje
    What is amaar up to?
    CW4THENEXTP
    Tc gurll

    1. Alaa
      Sheex

      Let’s see dhww
      Thnks for Ur lovely comment sheex💚💚

  5. Anonymous

    Kobaa kurin nerunu vaahakaige dhen oi bai?
    Mi vaahaka ves naynge nimmaanekameh !

    1. Alaa
      Anonymous

      Kiyun therinnah innaanee ehcheh liyefa submit lohlaafa liyumuge kurin ekm admin eythi post eh nukure eyyga bunelaafa onnaanee alhugandu e vhk 10 nimaafa ninmaala dheyne vhk hurihaakiyun therin beynun nama e vhk vx ninmaala dhevidhaane dhaane ekm e vhk Kuda koh kuru kohlaafa innaanee

Comments are closed.