ޒުވާންވީ ލޯބި…
ޅެން: ޒުވާންވީ ލޯބި
ރާގު: ކުޗް ކުޗް ހޯތާ ހޭ
ޒުވާންވީ އެ ލޯބިން ކިޔާދިން ދެހިތް
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
***************************
ޒުވާންވީ ހިތެއްގައި ޖަހާލީ އެވިންދުން
ޒުވާން ރޫޚޫގައި އަލިވި ލޯބީގެ ޒިންދުން
ޒުވާން ލޯބި އަޑުތައް އިއްވާލި އެހިނދުން
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
****************************
ދުވާލާއި ރޭގަނޑު ވެދާއިރު ގުޅުން
ސުވާލާއި ޖަވާބުން ފުރޭހެން ގުޅުން
ހުވާކޮށް ކިޔައިދޭ ހިތާވީ ގުޅުން
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
****************************
ހަޔާތާ އެކީ ރުހުން ދިން ގޮތުން
ނަޔާވީ އުޅުން ގެނުވި ނޫރީ ގޮތުން
ސަމާވީ އަލަތު ލޯބި ފަރިވީ ގޮތުން
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
****************************
ފުދުންހޭ ލިބުން ފޮނި ކަމާ ރާހަތުން
މި ދިން ކުލުނު ލޯތްބާއި ނިޢުމަތުން
ނިދިން ހޭލަދީ ކުރެހި ރަން ކުލަތަކުން
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
****************************
އަތާ އަތް ގުޅާދިން އެމަންޒަރު ތަކުން
ހިތާ ލޯ ދިރާލީ މި މަޚްފަލް ތަކުން
ނިތާ މޫނު ދިރުވީ މި މަޖިލިސް ތަކުން
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
****************************
ސިކުންތެއް ހަނދާންނުވެ މިކަން ވާނޭހޭ؟
ފިކުރުކޮށް ޚިޔާލުން ފިލާ ދާނެހޭ؟
ޝަރަފުވެރިކަމާއެކު އެޅުނު ލޯތްބެކޭމީ ދޯ؟
ޒުވާންކަމުގެ ލޭ ކެކި އުތުރެމުން ދެހިތް
25 ޛުލްޤައިދާ 1447 23 އޭޕްރިލު 2026
3 Comments!
Comments are closed.






Marveloustic…❤️🔥🩸
MA….Very Very Beautiful ❤️❤️
Thank you so much Titlie 🫶❤️🥰🥀😊
Vrh vrh ufaa vehjjeh dear 🥰🫶