Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ ތިރީސް ދެވަނަބައި ( ހޫނު އޮއިވަރާއެކު ތަކުރާރުވާ ހުވަފެން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 18, 2026 5 Mins Read
0 Comments

“މާއިޒް: އެކަމާ ހާސްނުވޭ އެއީ އަހަރުމެން ވިސްނަން ވީ ކަމެއް ނޫން” އެނދުގައި ލިނީ ރީތިކޮން ބާއްވާލަމުން މާއިޒް ފިރުމާލިއެވެ. ލަސްތަކެއް ނުވެ ލީނިޔާއަށް ނިދިގެން ދިއައެވެ. ކުރަން ތައްޔާރުވެގެން އޭނާ ހުރި ކަންތަކަަށް ފަސޭހަވި އެއީ އިތުރު ބޮޅެއް ކަހަލައެވެ.

ކޮޓަރީގެ އަލި އެއްކޮން މަޑުވެގެން ދިޔައެވެ. ކުޑަދޮރުގެ ހުޅުވިގެންދިޔައެވެ. ބޭރުގެ އަލިފިޔަވައި އިތުރު އަޔެއް ނެތެވެ. ކޮޅަށް ތެދުވެ މާއިޒް ހިނގާލާފައި ގޮސް ހުއްޓާލިއެވެ. އިސާހިތަކު މީހާ ބަދަލުވެގެން ދިޔައެވެ. ދިގު ހަތަރު ފައި ލީ ބޮޑު އެއްޗަކަށެވެ. ވާން މިއުޅެނީ ކިހިނެއް ބާއެވެ. މިހާރު އެފެންނަނީ ކުރިން ލީނިޔާ ކައިރީ އޮތް މާއިޒެއްނޫނެވެ. އަނެއްކާ މާއިޒަކީ އިންސާނަކީ ނޫންބާއެވެ؟ ޖިންނިއަކީ ބާއެވެ؟
*******************************************************

ކޮޓަރީގެ ފަނޑު އަލީގައި މާއިޒްގެ ހަށިގަނޑު ބަދަލުވަމުން ދިޔައީ ނުހަނު އަވަސް މިނެއްގައެވެ. އޭނާގެ އިންސާނީ ހަމުގެ ކުލަ މަނޑުވެ، އެތަނަށް ރަންކަން ގަދަ، ހިކި، ކުރަކި ހަންގަނޑެއް ވެރިވެގެން ދިޔައެވެ. އޭނާގެ ކަށިތައް އެނބުރި، ދިގުވެގެންދިޔައެވެ. ހަތަރު ފައި ލީ ބޮޑު ސިފައަކަށް ބަދަލުވިއިރު އެ އަޑަކީ ކަށިތައް ދަމައިގަންނަ އަޑުފަދަ ނުބައި އަޑެކެވެ.

އޭނާގެ ފައިތިލަތައް ބަދަލުވެގެން ދިޔައީ ޖަނަވާރެއްގެ ޓަކިރި ފަދަ، ވަރުގަދަ، ތޫނު ނިޔަފަތިތަކެއް ހުރި ފައިތަކަކަށެވެ. އެ ސިފައިގެ އެންމެ ޝައުގުވެރި ބަޔަކީ އޭނާގެ މޫނެވެ. އިންސާނީ މޫނުގެ ސިފަތައް ގެއްލި، ހިތިކަމާއި ނުބައިކަން އެކުލެވިގެންވިއެވެ. ދިގުކޮށް ހުންނަ ޖަހުލުވެރި މޫނަކަށް އެވަނީ ބަދަލުވެފައެވެ. އޭނާގެ ދެ ލޯ، އަނދިރި ކޮޓަރިތެރޭގައި ލޭފަދަ ރަތް ކުލައިން ވިދަމުން ދިޔައެވެ. އެއީ އެއްވެސް ރަޙުމެއް، އޯގާތެރިކަމެއް ނެތް، ހަމައެކަނި ބާރާއި ނުފޫޒު ދައްކާ ޝައިޠާނީ ލޯތަކެކެވެ.

އޭނާގެ ގައިން އަރަމުން ދިޔައީ ފުޅައަޅާފައި ހުރި މުޅަ މަހުގައި ދުވާފަދަ ނުބައި ވަހެކެވެ. އެ ކޮޓަރީގެ ފިނިކަން އިންތިހާއަށް ގޮސް، ލީނިޔާގެ ހަށިގަނޑު ތުރުތުރު އަޅައިގަންނަވަރަށް ވައިރޯޅިތައް ގަދަވެގެން ދިޔައެވެ. މާއިޒް އެ ހުރީ ހަމައެކަނި ލީނިޔާގެ ފިރިމީހާގެ ގޮތުގައެއް ނޫނެވެ. އޭނާ އެވަނީ ލީނިޔާގެ މުޅި ދިރިއުޅުން އަޅުވެތިކޮށްފައެވެ. އެ ޚާންދާނުގެ މައްޗަށް ވެރިވެގަނެގެންފައެވެ. އެއީ މުޅި އެތަށް ހިސޯރުކޮށްގެން ހުރި ނުބައި ބާރެއްގެ ވެރިއެކެވެ.

ހަމަ މިއިން މަންޒަރެއް ފެނިއްޖެއްނަމަ އެ މީހަކު ސަހަރޯ ހީވާނެއެވެ. އެހާވެސް އެ މަންޒަރަކީ މީހެއްގެ ހިތް ހުއްޓޭ ފަދަ ބިރުވެރި މަންޒަރެކެވެ.

މާއިޒަކީ ދަތުރު ވަރެއްގައި ރާއްޖޭ ޖައްސާލީ ވަގުތީ މެހެމާނެކެވެ. އޭނާއަށް މިލީހަމް ފެންނަނީ އެދަތުރު ނިންމާފައި އެނބުރި ދާން އޮތް ރޭގެ ދަންވަރުއެވެ. އެއްގަޑި ބައި ކަށް ހާއިރު ރަސްފަނުން ސައްރަހަދުންނެވެ. އެއާއިލާ އެކުގައި ބާބަކިއު ހަދައިގެން އުޅުން ރެއަކުއެވެ. މިލީ އުޅުނީ އޭނާގެ އެކުވެރިޔާއަށް ނުގުޅިގެންނެވެ. އެނބުރި ދެން ނުދާން ނިންމި ހިސާބަކީ އެވެ. ފުރުސަތުގެ ބޭނުން ހިފައިގެން އެތަނަން ދިޔައީމެވެ. އެކުވެރިޔާގެ ސޫރާގައެވެ. އެތައް ގޮތަކުން އެ ސޫރައިގައި މިލީހަމް އާއި އޭނާ ގުޅުން ބާއްވަމުން ދިޔައެވެ. އޭރު އަދި އޭނާގެ ލޮލުގައި ލީނިޔާ އަޅައިނުގަނެވެ.

ނިދީގެ ފޮނިމީރުކަން ހާސިލްކުރަމުން ދިޔަ ލީނީއަށް ފެންނަށް ފެށީ ބިރުވެރި ހުވަފެނެކެވެ. އޭނާއަށް އޮންނަނީ އެނދުގައި ރީތިކޮށް ނިދާށެވެ. މާއިޒް އޭނާ ނިދަވަން ބާއްވައެވެ. ނިދީކަން ޔަޤީންކޮށްފައި ތެދުވެގެން ދަނީއެވެ. ދެން މަންޒަރުތަށް ފެންނަނީ ވަރަށް ފުސްކޮށެވެ.
” ކޮޓަރީގެ ފިނިކަން އިންތިހާއަށް ގޮސް އަހަރެން ތުރުތުރުއަޅަން ފެށިއެވެ. ހަށިގަނޑު ފިނިބޮޑުވެގެން ކެތްނުވެގެން އުޅެނިކޮށް ހޭލެވެނީއެވެ. އޭރު ކުޑަދޮރު ކައރީ ފިރިމީހާ ހުރެއެވެ. ހަމަ ކުއްލިއަކަށް، ފިރިމީހާގެ ހަށިގަނޑުން ނުބައި އަޑުތަކެއް އިވެން ފެށިއެވެ. އެއީ ހަމަ ކަށިތައް ބިންދައިގެން ގޮސް އަލުން ހަރުލާ އަޑު ކަހަލަ ގަދައަޑެކެވެ. މާއިޒްގެ ކޮނޑުހުޅުތައް ބޮޑުވެއްޖެއެވެ. ހަށިގަނޑު އޭނާގެ އަމިއްލަ ހަންގަނޑު ފަޅައިގެންގޮސް ފުޅާވެއްޖެއެވެ. ދިގުވާން ފެށީ އެޔެއްް މިޔެއް ވަކިނުވާ ވަރަށެވެ.

އޭނާގެ މޫނު ކުރިއަށް ދެމިގެން ދިޔައެވެ. ނޭވާގޭ ބާރަކުން އިންސާނީ ސިފަތައް ފޮހެވިގެންދިޔައެވެ. އެތަނަށް ޖަނަވާރެއްގެ ސިފަ ވެރިވެއްޖެއެވެ. ހުދުކަންގަދަ އިސްތަށިގަނޑެއް އޭނާގެ ކަރުދޮށުން ފަޅުވިއެވެ. އެ ދެ ލޯ ދެ އަނގުރު އަލިފާން ގަނޑު ފަދައިން ލޭކުލައިން ވިދައިގަތެވެ. ލީނިޔާގެ ލޯމަތީގައި އެވަނީ އިންސާނެއް ނޫނެވެ. އޭނާ ބިރުން ކެތްވަނީއެއް ނޫނެވެ. އެއީ އަހެއްގެ ސިފައަށް ބަދަލުވެފައިވާ ނާމާން އިފްރީތެކެވެ. ދޮން އަހެކެވެ. މާއިޒްގެ އަނގައިން އެ ނުކުތް އަޑަކީ އާދައިގެ އަހެއްގެ ހޭރި އަޑެއް ނޫނެވެ. އެއީ އަނދިރިކަމުގެ ތެރެއިން އައިސްފައިވާ، ލޭ ހިނދޭފަދަ ބިރުވެރި، ގިސްލާ އަޑެކެވެ. މިއީ ލީނިޔާއަށް ހުވަފެންނުގައި ފެންނަށް ގޮތެވެ.”

ފަހަތަށް އެނބުރި ބަލާލާފައި ފާނޑަކަށް އެއަސް ހީލީއެވެ. އެހެން ނުހުރެ ދުމެއް ޖަހާހެން މައްޗަށް އަރައިގެން ގޮސް ގެއްލިއްޖެއެވެ. ވިލާތަށް މަތީގައި ދަތުރުކޮށްފައި ސީދާ މާއިޒް އައީ މާލެ އެވެ. މިލީހަމް މެން ގޭގެ ފުރާޅުމަތީ އައިސް އޭނާ ޖައްސާލުމާއެކު ހީވީ މުޅިތަން ގުޑައިގެން ދިޔަހެންނެވެ.

ބާރު އަޑު ފަންގަޑާއެކު ނިދާފައި އޮތް މިލީއަށް ހޭލެވުނެވެ. ބާރު ވައިރޯޅިތަކުން ހީވަނީ އެކޮޓަރިވެސް ވައްޔާ ގެންގޮސްފާނެ ހެންނެވެ. ގޭގައި ބަގަރާ ސޫރަތް ޖަހާފައި ހުރުމުން އޭނާއަށް އެގެއަށް ވަދެވޭގޮތެއް ނުވިއެވެ. މިލީހަމްގެ ނިދާކޮޓަރިއަށްވެސް ވަންނަށް އޭނާ ވަރަށް ގަދަހަދަން ފެށިއެވެ. ހެޑުބޯޑު މަތީ ބާއްވަފައި ހަތިމުގެ ސަބަބުން އެތަނަށް މާއިޒަށް ވަދެވޭގޮތެއް ނުވިއެވެ.

ކުރިދަތުރު ފެނަންވުމުން އޭތި ރުޅި އަންނަ ގޮތްވިއެވެ. ގޭގެ ފުރާޅުމަތީ ހިންގައިފި ތަޅަމުން ބާރު ބާރަށް އެ ދުވިއެވެ. އެހުރިހާ އަޑުއްފައް ގައްޑެއް ރީތިކޮށް މިލީއަށް އިވެމުންދިޔައެވެ. އޭނާ އިނީ ހާސްވެގެން ގޮސް ކަންތައް ބޮޑުވެފައެވެ. ދެލޯ މެރުނަސް ނިދޭ ގޮތެއްނުވިއެވެ. ހިނދަކަށް ވުރެ ހިނދެއް އަޑު ދިޔައީ ބާރު ވަމުންނެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން މިލީހަމް ގެންދިޔައެވެ. ފަތިސް ނަމާދުގެ ބަންޤީގެ އަޑާއެކު އަޑު ކެނޑި ގެންދިޔައެވެ. ކިރިޔާވެސް ހަމަޖެހުމެއް މިލީހަމްއަށް ލިބުނީ ދެނެވެ. ރޮއެ ރޮއެވެސް މިލީ އިނީ ހާންތިވާވަރުވެފައެވެ. އަތް ނަގައި ބަނޑުގައި ފިރުމާލެވުނެވެ. ކަމަކު ދާކަށް ނެތެވެ. ބަނޑު އެއޮތީ ފުފިއަރާފައެވެ. ދިރޭ އެއްޗެއް ބަނޑުތެރޭގައި ގަޑުބަޑު އަޅުވައޭވެސް ހީވަމުންދިޔައެވެ.

ދަމު ނަމާދަށް ތެދުވެ އުޅުން މުލްހަމުގެ މަންމަށްވެސް އެއަޑުތަށް އިވުނެވެ. ފުރަތަަމަ ހަމަލާގެ އަޑު އެކަންފަތުގައި ޖެހުނީ ފާޚާނައިގައި އުޅެނިކޮށެވެ. އަވަސް އަވަސްކޮށް ވޫޟޫކޮލައިގެން އޭނާ ނިކުތީއެވެ. ނަމާދަށް ހުރިއިރު އަޑު މަޑުވެލިޔަސް ނަމާދުކޮށް ނިމުންއިރު ބާރު ވެއްޖެއެވެ. ހީވަނީ ގޭގެ ފުރާޅަށް ހޮނުއަޅާހެންނެވެ.

މެންދަމުގެ ހޫނުކަމަށް ފަހު ރީތި ހެނދުނަކަށް އަލިވިލުނެވެ. ވެދިޔަ އެއްވެސް ކަމެއްގެ ހަނދާނެއް ހުރި އެކަކުވެސް ނެތްފަދައެވެ. ނޫނީ އެއިން ވާހަކައެއް ދައްކަން ބޭނުންނުވަނީއެވެ. ބަނޑަށް އެވީ އުނދަގޫ ކަންވެސް އަލިވިއިރު ހުރީ މިލީގެ އެއްކޮށް ކެނޑިފައެވެ. އިހުހުރި ގޮތަށް މޮޅި ބަނޑު ރުޖޫއަވެފައެވެ.

ކާއެއްޗެއް ކާލަންވެސް ޚުބާބު ކޮޓަރިން ނުނިކުންނަތާއި ތިންރޭ ތިންދުވާލު ފަހަނައަޅައިފިއެވެ. އޭނާއަށް އޮތްކަމަކީ ރޮއެ ހިތާމަކުރުމެވެ. އެވަރު ބޮޑު ފާފާއަކަށް އަރައި ނުގަންނާމޭވެސް ބުނާކަށް އޭނާއަށް ނުކެރުނެވެ. ކަސްރަތީ އެ ހަށިގަނޑަށްވެސް ދިޔައީ ބަދަލުތައް އަންނަމުންނެވެ. ޤަވައިދުން ޖިމަށް ދިޔަ ޚުބާބަށް އެކަންތައް ލައިގެން ފަހުން އެއްކަމެއް ވެސް ނުކުރެވެއެވެ. ފެންވަރާއި ގާތް ސާބިތުވުން ވެސް ވަނީ ބޮޑު ބުރައަކަށް ވެފައެވެ. ދުނިޔޭގެ ލަދުން މިލީހަމް ސަލާމަތް ކޮށްދޭންވީއޯއެވެ. ޚުބާބު މިލީހަމްއާއި ކައިވެނި ކުރަންވީއޯއެވެ. އޭނާ އަޅެ ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ އޮޅެނީ ނަސްލެއެވެ. މިލީގެ ބަނޑުގައި އުފެދެމުން އެދަނީ އޭނާގެ ލެޔަތް ނޫނެވެ. ބާސީލްގެ ލޭވިއްޔާއެވެ.

ލޮލުން ފައިބަމުން ދިޔަ ސަބާބުގެ ތިކިތަށް ފުހެލަމުން ޚުބާބް އަމިއްލަ ނަފްސާ ބުނެލިއެވެ. ” މިލީ، ފުރާނަ ފަދަ ލޯބިވާ މިލީހަމް. އަހަރެން ޕަރީ. ތި ބަނޑުގައި ހެދި ބޮޑުވަމުން ތިދަނީ އަހަރެންގެ ދަރިއެއް ނޫން. މިލީގެ ލެއިން އުފަންވާ މިލީގެ ދަރިއެއް…”

ތަށިބަރި ހަދައިގެން ނޫރިޔާ ގެއަށް ދިޔައެވެ. ދޮންތަމެން އޭރު ބަދިގޭގައި މެންދުރަށް ކައްކަން އުޅެއެވެ. ނޫރީ ހަމަ ފެނުމާއެކު މަންމަ އަތުވެއްޖެއެވެ. ” މަންމަ: އަހާ ދަރިފުޅާ ކައިގެން ދާން ވާނީ އިނގޭ!” ބޮނޑުވަމުން ދިޔަ ކުޑަ ބަނޑުކޮޅުގައި ފިރުމާލަމުން މަންމަ އެދުނެވެ. ހިނިތުންވުމާއެކު ނޫރިޔާ ދޮންބެ ގެ ޚަބަރެއް އަހާލިއެވެ. ހެނދުނު ސައިވެސް ނުބޯކަން އެނގުމުން އޭނާ ދިޔައީ ދޮންބެގެ ކޮޓަރިއަށެވެ. ގެއަށް އޭނާއައީ ވެސް ދޮންބެއަށް އެންމެ މީރު ކާތަކެތީގެ ބާވަތްތައް ތައްޔާރުކޮށްގެނެވެ. ހަނާކުރި ބަށި، ތެލުލި ކުކުޅު، ކަންކުން ބީފް އަދި ފަރާޓާއި ހުދު ބަތެވެ. ދޮންބެއަށް ހަމަ އެންމެ މީރު އެއްޗެއްސެވެ.

 

މަޑުމަޑުން ދޮރުހުޅުވާލަމުން ނޫރީ ބޮކިތައް ދިއްލާލިއެވެ. އެނދުމަތީގައި ގަނޑުވެފައި އޮތް މަހެއް ފަދައިން އޮތް ޚުބާބު ފެނި އެހިތް ކުދިކުދި ނުވީ ކިރިޔާއެވެ.

“ދޮންބޭ، ދޮންބޭ! ހަމަ އެއްޗެއް ނުކާން ތި އޮންނަނީ” ލޯބިން ފުރިގެންވި ބެލުމަކުން ނޫރިޔާ އޭނާގެ ދޮންބެއަށް ބަލާލިއެވެ. އެ ބެލުމުގައި ވަނީ އިންތިހާ އަޅާލުމާއި އޯގާތެރިކަމެވެ. މިކަމުން ޚުބާބު ސަލާމަތް ކޮށްދޭން އޭނާ އެހާވެސް ބޭނުމެވެ. އެކަމަކު ޚުބާބު ވަނީ އެވާހަކަތައް ސިއްރުކުރަން އެދިފަ އެވެ. ނޫރިޔާގެ އަނގައިގައި ވަނީ ބޮޑު ތަޅެއް ލެވިފައެވެ.

 

” ތިހެން ނޯވެ މީގެން އެތިކޮޅެއް ކާލަބަލަ! ހެޔޮނުވާނެ ކޮއްކޮއަށްޓަކައިވެސް ދޮންބޭ!” ނޫރީން މާވަރަކަށް ކިޔަން ފެށުމުން ޚުބާބު ތެދުވެ ހަމަޖެހިލިއެވެ. ބަނޑުހައި ހޫނު ކަމުގެ އަސަރެއް އޭނާއަށް ކުރުވީ ދެނެވެ. ބޯފެންތިކެއްވެސް އެރުތެރެއަށް ނުލާތާއި ހަފްތާއެއް ވަނީ ވިއްޔާއެވެ.

 

ވެފައި ބަނޑުހައި ހޫނުކަމާއެކު ހުރިހާ ތަށިތަކެއް ޚުބާބު ހުސްކޮށްލިއެވެ. ކޮއްކޮ ގެނޭ ކުޑަ ކޭކުތަށިވެސް އެއްކޮން ކާލިއެވެ. އޭނާ އިނީ ހާދަހާވައި ބަނޑުހައެއް ވެފައެވެ.

ކައި ނިމުނު އިރު އެހަށިގަނޑަށް ބާރެއް ޖެހުން ކަހަލައެވެ. ކުރިން ހުރި ރިހުންތަކަށް ލުއި ކަމެއް ލިބިގެން ދިޔަފަދައެވެ. ޚުބާބު ގޮތެއްވެސް ނިންމައިފިއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް މިލީއާއި ކައިވެނި ކުރާށެވެ. މައިންބަފައިންގެ ހިތް ހަލާލެެއްވެސް ލިބެން އޮތީ ދެން އެގޮތުން ކަމަށް ވާތީއެވެ.

“މިލީއޭ! ދެރަގޮތެއް ވިޔަކަ ނުދޭނަމޭ!” ހިތާއި ހިތުން ޚުބާބަށް ބުނެލެވުނެވެ. އެވަރު ބޮޑު ދޮގެއް އޭނާ ބޮލަށް ޖަހާފައި ވިޔަސްމެއެވެ. އެހާ ބޮޑު ބަދުނާމެއް ބޮލުގައި އަޅުވާފައިވިކަން ދެނެހުރެއެވެ. އައިލާގެ ކުރިމަތީގައި ބޭޒާރުވެ އަގު ވެއްޓުނީ ތީއެވެ.

ތަނުގެ ހިމޭންކަން ފޫއަޅުވާލީ ޚުބާބު ގެ އަޑެވެ. އެއަޑުގައި ވަނީ ހިތްދަތިކަމުގެ ސާލެއް އޮޅާލޭވިފައެވެ. ކުރަކިވެ ވަޅު ޖެހިފައިވާ އެދެލޮން އެ މަޖުބޫރީ ހާމަވަމުން ދިޔައެވެ.

 

” ކޮއްކޮ، ދޮންބެ ޤަބޫލު ބައްޕަމެން އެދޭ ހެން މިލީ މިލަދުން ސަލާމަތްކުރަން. އޭނާއަށް އިންނަން!” ނޫރިޔާގެ ކަންފަތް ދަށުގައި ހީވީ ބާރު އެތިފަހަރެއް މީހަކު ވިއްލާލި ހެންނެވެ. މިކަމުގައި އެކަމަކު އޭނާއަށް ވަކި ކުރެވޭނީ ކީއްހެއްޔެވެ؟

އެއް ހުވަފެނެެއް ތަކުރާރުކޮށް ލީނިޔާއަށް ފެންނަތާއި ދުވަސްކޮޅެއްވެއްޖެއެވެ. ހޭލެވޭ އިރު ކައިރީ ހަމަގައިމުވެސް މާއިޒު ނިދާފައި އޮވެއެވެ. މިލީހަމްއަށް ޤަވައިދުން އެއް ކަންތައްތަކެއް ވާންފެށިއެވެ. ބާރު އަޑު ފަންގަޑާއި ބަނޑު ފުފުމެވެ. ޖަނާވެރެއް ފަދަ އެއްޗެއް ބަނޑުތެރޭގައި ހަރަކާތްތެރިވާ އިހްސާސްކުރެވުމެވެ. އަނެއްކާ މިލީހަމްގެ ބަނޑުގައި އެވަނީ އިންސާނެއް ނޫން ބާއެވެ؟ އެއީ ދިރޭ ސޫފާސޫފީގެ އެއްޗަކީ ހެއްޔެވެ؟ ނޫނިއްޔާ ޖިންނިއެއްގެ ދަރި ޖިންނިއަކީ ހެއްޔެވެ؟

 

ނުނިމޭ

ކިޔުންތެރިންގެ ސަމާލުކަމަށް

ސަލާމް ހުރިހާ ކިޔުންތެރިން ގިނަ ދުވަސްތަކަށް ފަހު “އާއެކޭ ލޯބިވޭ” ވާހަކައާއެކު މި ބައްދަލުވީ. ފުރަތަަމަވެސް ކިޔުންތެރިންގެ ކިބަިއިން ނިހާޔަތަށްމާފަށް އެދެން ވާހަކަ ލަސްވެގެން ދިޔައީތީ. މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު ކުރިއަށް އޮތްތާއި އަމާޒަކީ ވާހަކަ އެއްކޮށް ލިޔެ ނިންމާލުން މިމަސް ތެރޭ އުންމީދަކީ މިވާހަކަ ނިމިގެން ދިޔުން. ރީމާލް ދެން ގެނެސްދޭން މިވިސްނަނީ މިވާހަކަ ލިޔެ ނިންމާލާފަ. ތިދޭ ތަރުހީބަށް  ލޮތްބާއެކު ޝުކުރުވެރިވަން. ޝުކުރިއްޔާ! ❤️🥰🫶🥀😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި (އ/ނ)

Next

މަންޒިލް 39

Next
April 19, 2026

މަންޒިލް 39

Previews
April 18, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި (އ/ނ)



All Right Reserved!