Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް

Fantasy Level 310 Stories500 Comments100 Comments
March 30, 2016 10 Mins Read
32 Comments

ކުރިމިނަލު ކޯޓު ކައިރިއަށް އެެހެންދުވަސްތަކާ ހިލާފަށް އެއްވަމުންދިޔަ މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.ކުޅިބަލަން ދިޔަ މީހުނާ ހަބަރުތަށް ހޯދަން ދާ މީހުނެވެ.ސިޔާސީ ޕާޓީ ތަކުގެ މީހުންނާ މީޑިއާ ތަކުގެ މިހުނެވެ. އެހެންނުވާންވި ސަބަބެއް ނެތެވެ.މިއަދު މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބިރުވެރި އެއް މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނަ ދުވަހެވެ. އަހަރެންވެސް މީހުންތަށް އެއްފަރާތް ކުރަމުން ކުރިއަށް އެރޭތޯ މަސަތްހަތް ކުރަމުން ދިޔައީމެވެ.ކަރުގައިވާ ނަންކާޑު ކޮޅު ރަނގަޅު ކޮއްލަމުން ކުރިއަށް ޖެހެލީމެވެ. އެވަގުތު ފުލުހުންގެ ވެހިކަލްް އަންނަ ތަން ފެނުނެވެ. އެއް ވެހިކަލެއް ނޫނެވެ. ދޭއް، ތިނެއް އަދި ހަތަރު ވަނަ ވެހިކަަލެއްވެސް އައިސް މަޑު ކޮއްލިއެވެ. “އެންމެ މީހަކަށް ޓަކާ ހާދަ ބައިވަރު ފުލުހުންްތަކެއް..” އަހަރެން ގެ ހިތުގައި ސުވާލު އުފެދުނެވެ. ހަތަރު ވެހިކަލް އައިސް ކޯޓުގެ ދޮރު ވަށާލާ ގޮތަށް އަދި އެންމެ ފުރަތަމަ އައިސް މަޑުކޮއްލި ވެހިކަލުންނާއި އެންމެ ފަހަތުގައި އޮތް ވެހިކަލުގައި ތިބި ފުލުހުން ފޭބި އެވެ.އަދި މުޅިތަން  ގާޑުކޮއް ސެކިއުރިޓީ ވަރުގަދަ ކޮއްލިއެވެ. ތިންވަނައަށް އޮތް  ވެހިކަލް ގައި ތިބި ފުލުހުން ފައިބައި  ދެވަނައަށް އޮތް ވެހިކަލް ކައިރިއަށް ޖެހިލިއެވެ.ދެވަނައަށް އޮތް ވެހިކަލް އަކީކަޅު ބިއްލޫރި ޖަހައިފައި އޮތް ވެހިކަލް އެއްކަމުން އޭގެ އެތެރޭގައިވަމުން ދިޔައީ ކިހިނެއް ކަމެއް ނޭނގެއެވެ.ެ ފުލުހުން އެވެހިކަލް ކައިރީ މަޑު ކޮއްލުމާ އެކު ދެވަނަ ވެހިކަލް ގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.އަދި ސޯޅަ ވަރަކަށް ފުލުހުން މިހަކު ވަށާލައިގެން ކުރިމިނަލް ކޯޓު ތެރެއަށް ވަން ތަން ފެނިގެން ދިޔައެވެ.

“އެހާބޮޑަށް އެމީހާ ބަންދު ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ..އަހަރެނަން އަޑު އިވިފައިވާ ހަބަރު ތަކަކި ތެދު ކަމުގައި ވަނީނަމަ އޭނަ އެހާ ބޮޑަށް ފޮރުވައިގެން އުޅުމުގެ ބޭނުމެއް ނެތެވެ. އަދި އޭނަ ކުރާ ކަންތަކުން އެހެން މީހުންނަށް ރައްކާތެރިކަމެއްވެސް ނެތެވެ” އަހަރެންގެ ސިކުނޑީގައި ހިޔާލުތައް އުތުރި އަރައިގަތެވެ. ކުއްލިއަކަށް ކޮރިމިނަލް ކޯޓު ތެރޭން ދެފުލުހުން ނިކުމެ އަހަރުމެންނާ ދިމާލަށް އައެވެ. “ކޮންމެ މީޑިއާ އަކުން އެއްބޭފުޅަކަށް ވަދެ ވިދާނެ..” އެތަނުން އެކަކު ބުނެލިއެވެ. “އާސީން އަހުމަދަކީ ތިއީ ތޯ.. “އަހަންނާ ދިމަލަށް ބަލާލަމުން އަނެއް ޕޮލިސް މީހާ އަހާލިއެވެ. އަހރެން އައެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން އެތަނުގެ ތިބި އެހެން މީޑިއަރ ތަކުގެ މީހުންނާއި ދިމާލަށް ބަލާލީމެވެ. އޭރު އެންމެންގެ ނަޒަރު އަހަރެންނާއި ދިމާލަށް ހުއްޓިފައި ހުރުމުން އަހަރެން ކުޑަކޮށް ލަދު ގަތެވެ. “އާސީން އަށްވެސް ވަދެވިދާނެ” އަހަރެން ކުރި މަތީގައި ތިބި ދެތިން މީހުން ދުރުކޮށްލަމުން އެ ޕޮލިސް މީހާ އަހަރެން ދިއުމަށް މަގު ހަދާދިން ގޮތުން ހީވީ ޕްރިންސެސް އަކަށް ކާސަލްއަށް ދިއުމަށްޓަކައި މަގު ހަދާދިންހެނެވެ. އަހަރެންގެ މުޅި މޫނު ރަތްވެގެން ދިޔަކަން އަހަރެންނަށް އެނގިގެންދިޔައެވެ. ކްލިޕް އަކުން އައްސާފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުން އަހަރެން އެޕޮލިސް މީހާއަށް ހީލަމުން އެތެރެއަށް ހިގައިގަތީމެވެ. އަހަރެންގެ ފަހަތުން މާލޭގެ އެންމެ މަޝްހޫރު މީޑިއާ ތަކުގެ މީހުންވެސް އެތެރެއަށް ވަނެވެ.

ކޯޓްގެ އަޑު އެހުން އޮންނަ ރޫމްއަށް ވަދެވުނު އިރު އަހަރެން ހުރީ ފިނިވެގެން ހަލާކުވާން ކައިރިވެފައެވެ. އހެެން ހުރިހާ މީޑިއާއަށް ފުރުސަތު ދިނީ ކީއްވެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ނަން ވަކިން ކިޔާފައި އެންމެންގެ ތެރޭގައި އަހަރެންނަށް ފުރުސަތު ދިން ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން މަޑުމަޑުން ކޯޓް ރޫމް ތެރެއަށް ވަނީމެވެ. މުޅިތަނަށް ނަޒަރު ހިންގާލީމެވެ. އަހަރެންނަށް ހީވަމުން ދިޔައީ އެތަނުގައި ތިބި އެންމެން ބަލަމުން ދިޔައީ އަހަރެންނާއި ދިމާލަށް ހެންނެވެ. އެހެންކަމުން އަހަރެން އިތުރަށް ޖެހިލުންވެ ހާސްވާން ފެށިއެވެ. އެވަގުތު އަހަރެންގެ ފިޔަވަޅުތަކައް ހުއްޓުން އެރިއެވެ. އެންމެ ކުރީ ގޮޑީބަރީގައި އިން މީހާ އިނީ ފަހަތަށް އެބުރި ސީދާ އަހަރެންނާއި ދިމާލަށް ބަލާށެވެ. އެމީހާ ހުރިލެއް ބިރުވެރިކަމުން އަހަރެންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. އުމުރުން ފަންސާހާއި ފަސްދޮޅަހާއި ދޭތެރޭގެ އެމީހާގެ މޫނު މައްޗަށް ވައްޓާލެވިފައިވާ އިސްތަށިގަނޑުންނާއި ދިގުވެފައިވާ ތުބުޅިއާއި މަމތިމަހުގެ ސަބަބުން އެމީހާގެ ބިރުވެރިކަން އިތުރު ކޮށްދެެއެވެ. ލައިގެން އިނީ ކަޅު ކުލައިގެ ޓީޝާޓެެކެވެ. އެމީހާގެ ދެލޯ އަހަރެންނަށް ފެނިގެން ދިޔއީ އުގުރު އަލިފާން ކޮޅެއް ގޮތަށެވެ. “ސޮރީ” ފަހަތުން ވަދެގެން އައި މީހަކު އަހަރެންގެ ގައިގައި ޖެހިލުމުން އަހަރެން ސިހިގެން ދިޔައެވެ. އަހަރެން ބަލާލުމުން ހިނިތުންވެލަމުން އެކުއްޖާ އެހެން ބުނެލުމަށްފަހު އެތެރެއަށް ވަނެވެ. އަހަރެން ދެވަނަ ފަހަރަށް އެމީހާ އާއި ދިމާލަށް ބަލާލިއިރު އެމޫނުމަތިން ފެންނަން ހުރި ހިނިތުންވުމުގެ ސަބަބުންވެސް އަހަރެންގެ ނޭވާ އަވަސް ކުރުވިއެވެ. އަވަސް އަވަހަށް ބިސްމި ކިޔަމުން އަހަރެންނަށް ހަމަޖެހިފައިވާ ގޮޑީގައި އަހަރެން އިށީދެލީމެވެ.

އެމީހާއަކީ މިއަދު މިތަނަށް ގެނެވުނު ކުށްވެރިޔާއެވެ. އޭރުވެސް ޕޮލިހުންގެ ހަވަރަށް މީހުން އޭނަ ކައިރީގައި ތިއްބެވެ. އެންމެން ވަދެ އެމީހަކަށް ހަމަޖެހިފައިވާ ތަނުގައި އިށިނެވެ. އޭރުވެސް އަހަރެންނާއި ދިމާލަށް އެމީހާ އިރުއިރު ކޮޅާ ބަލަމުން ދިޔައެވެ. އަހަރެން ކިތައްމެ ވަރަކަށް އެމީހާ އާއި ދިމާލަށް ނުބަލަން އުޅުނު ނަމަވެސް އަހަރެންނަށްވެސް އެމީހާއާއި ދިމާލަށް ބެލެމުން ދިޔަ ގޮތުން ހީވީ ނޭނގޭ ބާރެއް އަހަރެންނަށް ބާރު ފޯރުވަމުން ދިޔަ ހެންނެވެ. މާގިނަ އިރެއް ނުވެ ޤާޒީ އެތެރެއަށް ވެންނެވިއެވެ. އެންމެން އޭނާއަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން ތެދުވިއެވެ. އެމީހާ މެނުވީއެވެ. އެމީހާ އިންތަނުގައި އިން ގޮތަށް އިނީ އަހަރެންނަށް މިތަނަށް ކޮންމެ މީހަކު އަޔަސް ކީންހޭ ބުނެލާ ކަހަލަ ގޮތަކަށެވެ. ޕޮލިހުން އެމީހާ ނެގުމަށް ކައިރިވުމަށް އުޅުމުން ގާޒީ އެކަން މަނާ ކުރިއެވެ. އަދި އެހެން މީހުންނަށް އިށީނުމަށް ބުންޏެވެ.

ކޯޓުގެ މަސައްކަތް ފެށުނެވެ. ގާޒީގެ ވާތްފާތަށް ތިބި ދައުލަތުގެ ވަކީލް ތެދުވެ ވާހަކަ ދައްކަން ފެށިއެވެ. ހުރިހާ ކަމެއް ސާފް ކޮށް ކިޔައިދެމުން ދިޔައިރުވެސް އިރުއިރުކޮޅާ އެމީހާ އަހަރެންނާއި ދިމާލަށް ބަލަމުން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “މިކަމުގައި އަހްމަދު ނާސިރު ބުނާނެ އެއްޗެއް އެބަ އޮތްތޯ” ޤަޒީ އެމީހާއާއި ސުވާލު އަމާޒު ކުރިއެވެ. އެންމެންގެ ސަމާލުކަން އެމީހާއަށް ލިބިގެން ދިޔައެވެ. އެހެން ބުނުމާއި އެކު ކުއްލިއަކަށް އެމީހާ އިން ތަނުން ތެދުވިއެވެ. “އިއްޒަތްތެރި ގާޒީ.. އަޅުގަނޑު ދައުލަތުގެ ވަކީލް އެ ކީ ހުރިހާ ކަމަކަށް އެއްބަސްވަން.. އެކަންތަކަކީ އަޅުގަނޑު ކުރި ކަންތައް.. އަޅުގަނޑު އެކަމާއި އިންކާރެއް ނުކުރަން” އެއްވެސް ޖެހިލުމެއްނެތި ނާސިރު ޖަވާބު ދިނެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވެގެން ދިޔައެވެ. “އެގޭތަ ތިބުނެވޭ އެއްޗެއް.. މުޅި ޖުމްލަ ހަތް މީހުން މަރާލިކަމަށް ތި އެއްބަސް ވަނީ..” ގާޒީވެސް ހައިރާންކަމާއި އެކު ވާހަކަ ދެއްކިއެވެ. “އިއްޒަތްތެރި ގާޒީ.. ކުރި ކަމެއް ނުކުރާ ކަމަކަށް ހަނދާކަން ނެތިން.. އަޅުގަނޑު މި އެއްބަސްވަނީ ހަތަރު ކުދިންނާއި ދެ ޕޮލިސް އޮފިސަރުންނާއި އަދި އެއް ގާޒީވެސް މަރާލި ކަމަށް.. އެކަމުގައި މައްސަލައެއް އެބައޮތްތޯ” ނާސިރުގެ ޖަވާބު ދެމުން ދިޔަ ގޮތުން އެތަނުގައި ތިބި އެންމެންގެ މޫނުންވެސް ހައިރާންކަން ފާޅުވަމުން ދިޔައެވެ. އެހެން އިން އިރުވެސް އިރުއިރު ކޮޅާ އަހަރެންނާއި ދިމާލަށް ބަލަމުން ދިޔަކަން އޭނަގެ ފާރައަށް ތިބި ޕޮލިހުންނަށްވެސް ފާހަގަ ވާން ފެށީތޯއްޗެކެވެ. އޭގެ ތެރެއިންވެސް ދެތިން މީހަކު ފަހަތަށް އެބުރިފައި އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

އަހަރެން އިނީ ބިރުން ހަލާކުވާން ކައިރިވެފައެވެ. ” އަހްމަދު ނާސިރު އެ ހުރިހާ އެންމެން މަރާލީ އަމިއްލައަށްތަ.. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ތަ” ގާޒީ އަނެއްކާވެސް ނާސިރުއާއި ސުވާލު ކުރިއެވެ. “އިއްޒަތްތެރި ގާޒީ.. އަހަރެން އެކަންތައް ކުރީ އަމިއްލައަށް.. އެހެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި..” ނާސިރު ބުނެލިއެވެ. “އެހެން ވެއްޖެނަމަ އެއީ ކީއްވެ ކުރި ކަމެއްކަން.. އަދި ކިހިނެއް ކުރި ކަމެއްކަން މި އެންމެންގެ ތެރޭގައި ކިޔާދޭންވީނުން” ގާޒީގެ އަޑު އިވިގެންދިޔައެވެ. “އިއްޒަތްތެރި ގާޒީ.. މިއަދުގެ އަޑު އެހުމުގައި އަޅުގަނޑަށް ހުއްދަ ލިބިފައިވަނީ މީގެ ކުރިން ދެންނެވި ވަރަށް ދަންނަން.. އިތުރަށް އެންމެ އެއްޗެއް ވެސް ދެނެއް ނުބުނެވޭނެ.. އެހެންވީމަ އެހެން އަޑު އެހުމެއް ބޭއްވެންދެން އަޅުގަނޑަށް ލިބިފައިވާ ހަނު ހުރުމުގެ ހައްޤުގެ ބޭނުންކުރަން ބޭނުންވޭ” ނާސިރު އެހެން ބުނުމަށްފަހު ގޮޑީގައި އިށީދެއްޖެއެވެ. “ކީކޭތަ.. ތިބުނީ.. ކާކު ހުއްދަ ދީފައި އޮތީ.. މީހުންގެ މަރުގެ މައްސަލަ ތަކުގައި އެއްވެސް މީހަކަށް ހަނު ހުރުމުގެ ޙައްޤެއް ނުދެވޭނެ.. އެހެންވީމަ އަހްމަދު ނާސިރުއަކަށްވެސް ނުދެވޭނެ.. އަހަރެން ކުރާ ސުވާލަކަށް ވިއްޔާ ޖަވާބު ދޭންޖެހޭނެ” ގާޒީ ހަރުކަށި ކަމާއި އެކު ބުނެލިއެވެ. ނަމަވެސް ނާސިރުއަށް ގާޒީ އެއްވެސް އެއްޗެއް ބުނިހެން ހިޔެއްވެސް ނުވެއެވެ. އޭނާ އިނީ އިސްޖަހައިގެންނެވެ.

“ކީއްވެ ކުރިކަމެއްހޭ އެއީ.. އެނގޭތަ ދީނުގައި އިންސާނެއްގެ ފުރާނަ ދުއްވާލުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން.. އިންސާނުންގެ ފުރާނައަކީ މާތްﷲގެ އަމާނާތެއް.. އަހްމަދު ނާސިރުއަށް އެނގޭތަ އެކަން.. ޖަވާބު ދީ ހަމަމިހާރު” ގާޒީގެ ހަރުކަށިކަން ދިޔައީ ގަދަވަމުންނެވެ. އަހަރެން ނާސިރުއާއި ދިމާލަށް ބަލާލީމެވެ. އޭނާ އިނީ އޭރު އިސްޖަހައިގެންނެވެ. ގާޒީ އެވަރަށް ސުވާލު ކުރުމުންވެސް ‘ތަށަށް ކިޔަނީ މަރިޔަބްހޭވެސް’ އަހާނުލިއެވެ. އެންމެ ފަހުން އެ އަޑުއެހުން ނިމުނީ ނާސިރު ބޭނުންވި ގޮތަށެވެ. އިތުރަށް އެހެން އެއްވެސް އެއްޗެއް ނުބުނުމުން އެއަޑުއެހުން ކުރިއަށް ނުގެންދެވިގެން ގާޒީ އޭގެ ދެދުވަސް ފަހަށް ދެވަނަ އަޑު އެހުން ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު އެދުވަހުގެ އަޑުއެހުން ނިއްމާލިއެވެ.

އަޑު އެހުން ނިއްމާލުމާއި އެކު އެތަނުގައި ތިބި ފުލުހުން ނާސިރު ވަށާލިއެވެ. ގާޒީ ނިކުތުމާއި އެކު ފުލުހުން ނާސިރު ގޮވައިގެން އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. އެއްވެސް ބާރެއް ނުދައްކާ ފުލުހުންނާއި އެކު ނާސިރު އެތަނުން ނިކުތެވެ. އަހަރެން އެތަނުގައި އިނުމަށްފަހު މީޑީއަރ މީހުންނާއި އެކު އެތަނުން ނިކުތީމެވެ. އަވަހަށް އަހަރެން މިސްރާބު ޖެހީ އަހަރެންގެ ސައިކަލަށް އަރާށެވެ. އަހަރެންނަކީ އާދައިގެ ނޫހެއްގައި މަސައްކަތް ކުރާ މީހަކީމެވެ. ސައިކަލަށް އަރާ އަހަރެންގެ އޮފީހާއި ދިމާލަށް މިސްރާބު ޖެހީމެވެ. މިއަދު ވީ ކަންތައް އަހަރެންގެ ބޮސްއަށް އެގިއްޖެނަމަ އަހަރެންގެ ދުވަސް ދުއްވާލާނެއެވެ. އަހަރެން ކައިރީގައި މި ވާހަކަ އާއި ހިޔަނިވެސް ނޭޅެން އަންގާފައިވަނިކޮށް އަހަރެން އެތަނަށް ދިޔައީއެވެ. މީހާރު ހަމަގައިމުވެސް އޭނައަށް އޮންނާނީ އެކަންތައް އެގިފައެވެ. އަހަރެން ސައިކަލް ޕާކް ކޮށްލުމަށްފަހު މަޑުމަޑުން އޮފީސް ތެރެއަށް ވަދެ އަހަރެންގެ ގޮޑީގައި އިށީދެލީމެވެ. އެއްވެސް ކަމެއް ވީކަމަކަށް ނަހަދާ އަހަރެން މަސައްކަތް ފެށޭތޯ ބެލީމެވެ.

“އާސީން އަހްމަދު” ކުއްލިއަކަށް ބޮސްގެ އަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ. އޮފީހަކީ ކުޑަކުޑަ ތަނެއް ކަމުން އޭނަގެ ކެބިންގައި އިދެފައި ގޮވާލުމުން އެ ކެބިންގެ ދޮރު ހުޅުވާފައި ހުރިއްޖެނަމަ މުޅިތަނުގައި އެއަޑު އެކޯވެގެން ދެއެވެ. އެންމެންގެ ލޯތަށް އަހަރެންނަށް އަމާޒުވެގެން ދިޔައެވެ. “މިއަދު އާސީންގެ ދުވަސްދާނެ” އެތަނުން އެކަކު ބުނެލި އަޑު އިވިގެން ދިޔައެވެ. “ނުކުރާށޭ ބުނާ ކަންތައް ކުރަންޏާމު އެހެންވެސް ވާނެ” އެހެން މީހަކު ބުނެލި އަޑު އިވުނެވެ. އަހަރެން މަޑުމަޑުން ފުން ނޭވާއެއް ބޭރު ކޮށްލީމެވެ. އަދި ހަމަޖެހިލަމުން ބޮސްގެ ކެބިންއަށް ދިއުމަށް ހިގައިގަތީމެވެ. “ދޮރުޖަހާ ހަމަމިހާރު” އަހަރެން ވަނުމާއި އެކު ބޮސް ޖައިޝް ބުނެލިއެވެ. ޖައިޝް އަކީ އަހަރެންނަށް ވުރެއް ދެއަހަރު ދޮށީ ފިރިހެނެކެވެ. ރީތި ފިރިހެން ހަށިގަނޑެއްގެ ވެރިއެކެވެ. ބައިމަތިފުޅާ ހަށިގަނޑަށް އިތުރު ރީތި ކަމެއް ގެނެސްދެނި ޖައިޝްގެ ދެލޮލުގެ ކުލައެވެ. މަޑުމަޑުން މުށި ކުލައެއްގެ ކަޅި އެއީ އެލޮލަށް ބަލައިފި ކޮންމެ މީހެއް މޮޔަކޮންލާފަދަ ބާރެއް ލިބިގެންވާ ދެކަޅިއެވެ. އޭނައަށް ލިބިފައިވާ ރީތިކަމުގެ އިތުރަށް އޭނައަކީ ބޮޑާކަމާއި ‘ރޫޑް’ މީހެކެވެ. އޭނަގެ ބައްޕައަކީ މާލޭގައި ހިމެނޭ މުއްސަދިންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. އެހެންކަމުން އެއީވެސް އޭނާ ފޮނިވާ އެއްކަމެވެ. މި އޮފީހުންވެސް ޖައިޝް އެންމެ ރުޅި އަންނަނީ އަހަރެން ދެކެއޭ ބައެއް ބަފަހަރު އަހަރެންގެ ހިތައް އަރައެވެ. މަދުވެގެން ދުވާލަކު އެއްފަހަރު އޭނަ އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔާނެއެވެ. އަހަރެންގެ ހިތުގައި ޖައްސާލުމުން ނޫނީ އޭނަގެ މަސައްކަތް ފުރިހަމަ ނުވާ ކަހަލައެވެ. އެހެން މީހަކު ކަމެއް ކުރި ކަމުގައި ވިޔަސް ގިނަ ފަހަރަށް އެކަމުގެ ‘ބްލޭމް’ ނަގަން ޖެހޭނީ އަހަރެންނެވެ.

އަހަރެން މަޑުމަޑުން އިސްޖާހަލަމުން ޖައިޝްގެ ކުރިމަތީގައި ހުއްޓެލީމެވެ. “އަހަރެން ކިތައް ފަހަރު އާސީން ކައިރީގައި ބުނާނީ ތި ސްޓޯރީ ކުރިއަށް ނުގެންދާށޭ..” ކިޔަން އިން ނޫސް މޭޒުމައްޗަށް ޖަހަމުން ޖައިޝް އަހަރެންނާއި ދިމާލަށް ބުނެލިއެވެ. “އަޅުގަނޑު ކީއްތޯ ކުރީ” އަދަބުވެރިކަމާއި އެކު އަހަރެން ސުވާލު ކޮށްލީމެވެ. “ކީންހޭ ކުރީ.. އެންމެ ފުރަތަމަ މި ނާސިރުގެ ވާހަކަ ލިޔަން އުޅެން ފެށީމަވެސް އަހަރެން ބުނިން.. ތިކަން ނުކުރާށޭ.. އެކަމަކު އަޑެއް ނޭހި.. ދެން ކުރިން ދުވަހު ލިޔުނު އާޓިކަލްގައި އޭނަ އެހުރިހާ މީހުން މެރީ ކީއްވެހޭ ކިޔައިގެން ލިޔުނީމަވެސް އަހަރެން ބުނި އޭތި ޕަބްލިޝް ނުކުރާށޭ.. އެކަމަކު ނޫން.. އާސީން ހީވަނީ މި މީހެއްގެ ފަހަތުން މޮޔަ ވެގެން ތެޅޭހެން” ޖައިޝް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “ކޮންމެ މީހަކަށްވެސް ތެދު އެނގުން މުހިއްމު ނޫންތަ.. މީޑީއަރ ތަކުގެ ބޭނުމަކީ އެއީ ނޫންތަ” އަހަރެން ޖައިޝްއަށް އެއްވެސް އެއްޗެއް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “ބައެއް ހަގީގަތަކީ ނޫނީ ތެދަކީ ކޮންމެހެން އެންމެންނަށް އެނގެން ޖެހޭ އެއްޗެއް ނޫނޭ” ޖައިޝް ވާހަކަ ދެއްކިއެވެ. “އަހަރެންނަކަށް ނޭނގޭ ޖައިޝް މިހަބަރާއި ތިހާ ހިތްހަމަނުޖެހޭ ސަބަބެއް” އަހަރެން ބުނެލީމެވެ. ޖައިޝްގެ ރުޅި އިތުރަށް ގަދަވިއެވެ. އޭނައަށް އެހެން މީހަކު އޭނާއާއި ދެކޮޅަށް ވާހަކަ ދައްކާ ޗެލެންޖް ކުރާ ހެން ހީވާނަމަ އެމީހަކު އަންދާވެސް ލާފާނެއެވެ.

“ބުނަން ރަނގޅު ވާހަކައެއް” ޖައިޝް ރުޅިވެރިކަމާއި އެކު އޭނަގެ ބޮޑު ގޮނޑިން ތެދުވިއެވެ. “ތި ކަމާއި ހުރެ މިހާރު އަހަރެންނަށް ހުރިހާ އުދަގުލެއް.. މީގެ ފަހުން އާސީން ތިހަބަރާއި ގުޅޭ އެއްވެސް އެއްޗެއް އަހަރެންގެ ނޫހުގައި ނުލިޔެވޭނެ.. ލިޔެގެން ނުވެސް ވާނެ” ޖައިޝް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އަހަރެންގެ ބޭނުމަކީ މީހުންނަށް ތެދު ހާމަކޮށްދިނުން.. އެކަން ކުރާނަން.. އަދިވެސް ކުރާނަން..” އަހަރެން އެންމެ ތަންކޮޅެއްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. “ޖައިޝް ހިތަކަށް ނާރާތަ.. ކީއްވެބާއޭ.. މިމާލޭގައި އަދި މިރާއްޖޭގައި އެހުރިހާ އެންމެން ތިއްބާ.. އޭނަ ވަކި ބަޔަކު މަރާލަންވީ.. ދެ ފުލުހުންނާއި އެއް ގާޒީ.. ކޮބާ ބޭނުމަކީ.. އަދި އެހުރިހާ ކަމެއް ކޮށްފައި އަމިއްލައަށް ތިމަންނައޭ މިކަން ކުރީ ބުނަންވީ.. އޭގެ ކުރިން އޭނައަކީ ރާއްޖެތެރޭގައި މީހުންގެ އިހްތިރާމް ލިބިގެންވާ މީހެއް.. ކުއްލިއަކަށް މީހުން މަރާ މީހަކަށް ބަދަލު ވާންވީ ކީއްވެހޭ ހިތަކަށް ނާރާތަ.. އަނެއްކޮޅުން.. އެ މަރާލާފައިވާ ކުދިންނަކީ ކޮންމެވެސް ބޮޑު މީހެއްގެ ދަރިއެއް.. ކީއްވެތަ އެމީހުން.. އަނެއްކާ އެއްދުވަސްވަރެއްގައި މަސްވެރިކަން ކުރަން އުޅުނު ރާއްޖެތެރޭގެ ކުޑަރަށަކަށް ނިސްބަތްވާ މީހެއް ކުއްލިއަކަށް މީހުންމަރާ މީހަކަށް ވާންވީ ކީއްވެހޭ ހިތަކަށް ނާރާތަ” އަހަރެން ސުވާލުން ފުރިފައިވާ އޮޅުން ބޮޅުންގަނޑެއް ޖައިޝްއާއި ދިމާލަށް އެއްލީމެވެ. “ތިހުރިހާ ސުވާލެއް އަހަރެންނަށް މުހިއްމެއް ނޫން.. އަހަރެންނަށް ކީއް.. އެކަމަކު މީގެފަހުން ތިހަބަރު ފަހަތުން އާސީން ދުވެގެން ނުވާނެ.. އެހެން ނޫނީ މަސައްކަތް ކުރާނެ އެހެން ތަނެއް ހޯދާ” ޖައިޝް އޭނަގެ ބާރުގެ ބޭނުން ކުރިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެމަޅި އެއީ ޖައިޝް ޖަހާނެ މަޅިއެއްކަން އަހަރެންނަށް އެނގެއެވެ. އެކަމަކު އޭނާ އެމަޅި އެޖެހީ އަހަރެން ހީކުރި ވަރާ ބަލާފައި މާއަވަހަށެވެ. “އަހަރެންނަށް ވަޒީފާގެ ބިރު ދައްކައިގެން ތެދުބުނުން ހުއްޓުވެދާނެކަމަށް ޖައިޝް ހީކުރީތީވެސް އަހަރެން ހައިރާން ވެއްޖެ.. އެނީވޭ.. އަހަރެންވެސް ނޫޅެން ކޮންމެހެން ތެދު ބުނުން މަނާ ތަނެއްގައި މަސައްކަތް ކުރާކަށް.. ސޯ އައި ކުއިޓް” އެހެން ބުނެލަމުން އަހަރެން އެތަނުން ބޭރަށް ނިކުތީމެވެ.

އަވަސްކަމާއި އެކު އަހަރެން އެ ކެބިން އިން ނިކުން އިރު ޖައިޝް ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ތަން އަހަރެން ދެކުނީމެވެ. އަހަރެން އަހަރެންގެ މޭޒު ކައިރިއަށް ހުއްޓި އަހަރެންގެ ދަބަސް ހިފައިގެން ބާރު ހިގުމެއްގައި އެތަނުން ބޭރަށް ނިކުތީމެވެ. އޭނާ ހީކުރީ ކީކޭ ކަމަށް ހެއްޔެވެ. އަހަރެންނަށް އެހެން ތާކުން މަސައްކަތެއް ނުލިބޭނީ ހެއްޔެވެ. އަހަރެންނަށް ބިރު ދައްކަން އެއީ ކާކު ހެއްޔެވެ. ތެދު ހާމަ ނުކުރެވޭ ތަނެއްގައި އަހަރެން މަސައްކަތް ކުރާ ހިތެއް ނުވެސް ވެއެވެ. އޭނާ އެހާ ބިރު ގަންނަނީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަރާފައިވާ ރުޅިގަނޑުގައި އަހަރެންނަށް ސައިކަލާ ހިސާބަށް ދެވުނީ ވަރަށް ބާރަށެވެ. ނަމަވެސް ސައިކަލަށް އެރުމަށްފަހު އަހަރެންނަށް ބުނަން ނޭނގޭ އުދަގޫތަކެއް ވެގެންދިޔައެވެ. އަހަރެންނަށް އިސްއުފުލާ އެ އިމާރާތާއި ދިމާލަށް ބަލާލެވުނެވެ. ޖައިޝް އަހަރެން ހުއްޓުވާނެނަމައެވެ. އަހަރެން ކައިރީގައި އަދި އެއްފަހަރު އެ ކެބިންއަށް އައުމަށް އެދޭނެނަމައެވެ. ކޮންމެ ދުވަހަކު އޭނަގެ ހަޅޭކުގެ އަޑު އަހަން ޖެހުނަސް އަހަރެންނަށް އެކަން ބޮޑު ކަމަކަށް ނުވެއެވެ. ރުޅިއާދެއެވެ. ނަމަވެސް އެއީ އުފާވެރި ރުޅިއެކެވެ. އެއަޑު ޖެހުނަސް އަހަރެންގެ ހަތަރެސްފައި ފިނިވެ ލޭގެ ހިގުން އަވަސް ވެއެވެ. ނޭގިނަމަވެސް އަހަރެންގެ މޫނު ރަތްވެގެން ދެއެވެ. “ބޮސް ގޮވީމަ އާސީންއަށް މިހުރި ވާ ވަރެއްދޯ” އެއީ އޮފީސް މީހަކު އަހަރެންނާއި ދިމާލަށް އެއްދުވަކު ބުނި ވާހަކައެކެވެ.

ސައިކަލް ދުއްވާލި އިރު ނޭނގޭ ކަހަލަ ގޮތަކަށް ހިތުގައި ރިއްސަމުން ދިޔައެވެ. ކީއްވެ ކަމެއް ބުނެދޭކަން ނޭނގެއެވެ. އަހަރެންނަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ތިންދަރިންގެ ތެރެއިން މެދަށް ހުންނަ ދަރިއެވެ. އަހަރެންގެ ބައްޕައަކީ މަސް ވެރިއެކެވެ. މަންމަ މިހާރު ހުންނަނީ އަހަރެންނާއި ދޮންބެ އަދި ކޮއްކޮ ކައިރީގައި މާލޭގައެވެ. ދޮންބެއަކީ ސަރުކާރު ވަޒީފާގައި އުޅޭ މީހެކެވެ. ކޮއްކޮއަކީ މިހާރު އޯލެވެލްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އަހަރެން ބޭނުންވަނީ ޖާނަލިޒަމް ދާއިރާއިން ކުރިއަށް ދާންކަމުން އަހަރެން ކިޔަވަން ގަސްދުކޮށްފައިވަނީ އެދާއިރާއިންނެވެ. ޑިޕްލޮމާ ނިންމުމަށްފަހު އަހަރެން އެންމެ ފުރަތަމަވެސް ވަޒީފާއަށް ވަތްތަނަކީ މިއީއެވެ. އަދި އެހާ ގިނަ ދުވަހެއްވެސް ނުވެއެވެ. ނަމަވެސް މިހާ އަވަހަށް އަހަރެންގެ ވަޒީފާ ގެއްލުނީއެވެ. އަހަރުމެން އުޅެނީ މާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. ބައްޕަ އަކީ އާއްމުކޮށް މާލޭގައި ހުންނަ މީހެއް ނޫނެކެވެ. ކަންނެލީ މަސްވެރިކަން ކުރާތީ ބައްޕައަށް މަދު ރެއެއްގައި ނޫނީ ގޭގައި މަޑު ނުކޮށްލެވެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހިފައިގެން އުޅެނީ ބައްޕައާއި ދޮންބެއަށް ލިބޭ އެއްޗަކުން ކުލި ދައްކާ ހުރިހާ ހަރަދެއް ކުރެވޭތީއެވެ. ވަޒީފާއެއް ލިބުމުން އަހަރެން އުފާވެފައި ހުރީ އަހަރެންނަށް އެމީހުން ކުރާ ހަރަދު ކަނޑާލެވޭނެތީއެވެ. އަހަރުމެން ރަށުގައި ހުންނަ ބައްޕަގެ ގެ ވަނީ ކުއްޔަށް ދީފައެވެ. އެހެންކަމުން އެކަމުންވެސް ކޮންމެވެސް ވަރެއްގެ ލާރިއެއް ލިބެއެވެ.

އަހަރެން ސައިކަލް ޕާކް ކޮށްލުމަށްފަހު ލިފްޓަށް އެރީމެވެ. އަހަރެންގެ ހިތައް އޭރުވެސް ތަދުވަމުން ދިޔައެވެ،. ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. ދޮރު ހުޅުވާލުމަށްފަހު ގެއަށް ވަތް ވަގުތު ސިޓިންރޫމްގައި އިން މަންމައާއި ކޮއްކޮފެނުނެވެ. އަވަސް އަވަހަށް އެތެރެއަށް ވަދެގެން ހިގައިގަތީމެވެ. “ދަރިފުޅާ” އަހަރެން ފެނުމާއި އެކު މަންމަ ގޮވާލިއެވެ. “މިއަދު ހާދަ އަވަހަކަށް އޮފީހުން ގެއަށް ތި އައީ” މަންމަ ބުނެލިއެވެ. ހުއްޓިލަމުން މަންމައަށް އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “އާ ޔޫ އޯކޭ ދޮންތަ” ފަނަރަ އަހަރުގެ ކޮއްކޮއަށް އަހަރެންގެ ‘ފޭކު’ ހިނިތުންވުން ނަގައިގަނެވުނެވެ. “ހުރިހާ ކަމެއްވެސް އޯކޭ” އެހެން ބުނެލަމުން އަހަރެން އަވަހަށް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަދުން ގޮތަށް އެނދުމައްޗަށް ވެއްޓެގަތީމެވެ.

މާގިނަ އިރެއް ނުވެ މަންމައަށާއި ކޮއްކޮއަށް އަހަރެން ގެއަށް އައި ސަބަބު ބުނެދެން ޖެހުނެވެ. އަހަރެންގެ ވަޒީފާ ގެއްލުނު ވާހަކަ ބުނަން ޖެހުނެވެ. އެރޭގައި އެވާހަކަ ދެއްކީ ކާން ތިބެގެންނެވެ. “މަންމަ ބުނި އާސީންގެ ވަޒީފާ ގެއްލުނިއްޔޯ” ދޮންބެ ވާހަކަ ދެއްކިއެވެ. “ގެއްލުނީކީ ނޫން.. އަހަރެން ވަޒީފާ ދޫކޮށްލީ.. މިހާރު ދޫކޮށްލާންވިތާ އެތައް ދުވަހެއް ވެއްޖެ.. އެކަމަކު ހިތްވަރު ކޮށްގެން ހުރީ.. މިއަދު ކެތްނުވީ” އަހަރެން ބުނެލީމެވެ. “ކިހިނެއް ދޫކޮށްލާނީ.. އެހާވެސް ރީތި ކުއްޖެއް ވިއްޔަ ބޮހަކީ” ކޮއްކޮ އަހަރެންނާއި ދިމާކޮށްލިއެވެ. އަހަރެން ކޮއްކޮއާއި ދިމާލަށް ލޯ އަޅާލީމެވެ. މަންމައާއި ދޮންބެވެސް ކޮއްކޮއާއި ދިމާލަށް ބަލާލިއެވެ. “ދޮންބެއަށް އެނގޭތަ.. އަހަރެންވެސް ދެކުނީމޭ އެފިރިހެން ކުއްޖާ.. އަހަރެން ހިތައް އެރި އަހަރެންވެސް މީ އަންހެން ކުއްޖެއް ނަމައޭ.. ހީ ލުކް ސޯ ހޭންޑްސަމް” ކޮއްކޮ އަންހެން އަޑަކުން އެހެން ބުނެލިއެވެ. “އޯކޭ.. އީޝަން.. ދޭ އަވަހަށް ކައި ނިއްމައިގެން އެތެރެއަށް.. ފިލާވަޅު ހަދަން” ދޮންބެ އެންމެ ފަހުން އެހެން ބުނެލިއެވެ. އަހަރެން ކޮއްކޮއާއި ދިމާލަށް ވައްތަރެއް ޖައްސާލީމެވެ. އާއްމުކޮށް ކޮއްކޮ ކައިރީގައި އެހެން ބުނަނީ ކޮއްކޮ ދިއުމުން ވާހަކައެއް ފަށަންކަން އަހަރެންނަށް އެނގެއެވެ. ދައްކަން އުޅެނީ ކޮން ވާހަކަ އެއްކަން އަދި ކީއްވެގެން ކަންވެސް އަހަރެންނަށް އެނގެއެވެ. އަހަރެން އެވާހަކަ ދައްކާކަން ބޭނުމެއް ނޫނެކެވެ.

ކޮއްކޮ ނިމިގެން ދިއުމުން ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެން އޯކޭ އޭ ދޮންބެ.. އަހަރެން ވަޒީފާއެއް ހޯދާނަން ވަރަށް އަވަހަށް” ދޮންބެ ބަލާލި ގޮތުން އަހަރެން ބުނެލީމެވެ. “ކީއްވެ ކޮއްކޮ ވަޒީފާ ދޫކޮށްލީ” ދޮންބެ ސުވާލު ކުރިއެވެ. “ނުކުރަންވީ ކީއްވެ.. އަހަރެން ނޫސްވެރިކަމުގެ ރޮގުން ކުރިއަށްދާން ބޭނުންވީ ތެދު ހާމަ ކުރުމުގެ ނިޔަތުގައި.. އެކަން އަހަރެންނަށް ނުކުރެވޭ ކަމަށްވަންޏާމު އެތަނުގައި އުޅެނީ ކީއްކުރަން..” އަހަރެން ބުނެލީމެވެ. “މިއީ މިހާރު އެހިގާ ކޭސްއާއި ބެހޭގޮތުންތަ” ދޮންބެ އަހާލިއެވެ. އަހަރެން ބޯޖަހާލިމެވެ. މަންމަ އެވަގުތު އެތަނުން ތެދުވެ ތަށިތައް ދޮންނަން ފެށިއެވެ. “ކޮއްކޮއަށް ރަނގަޅަށް އެނގޭނެ.. މިޒަމާނަކީ ތެދުވެރިކަމޭ ކިޔާ އެއްޗެއް އޮންނަ ޒަމާނެއް ނޫނޭ.. އެތަނެއްގައި އުޅެންޖެހޭނީ އެތަނެއްގައި އުޅެވޭ ގޮތަކަށް” ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެ އާއި ދިމާލަށް ބަލާލީމެވެ. ދޮންބެ ބުނި އެއްޗެއް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އަހަރެންނަށް އެހެންނެއް ނޫޅެވޭނެއެވެ. އުޅޭކަށް ބޭނުމެއް ނޫނެކެވެ.

އޭގެ ފަހުން އެވާހަކަ ނުދައްކައެވެ. އަހަރެންވެސް ރައްޓެހިންނަށް ގުޅައިގެން ވަޒީފާއެއް ލިބޭތޯ ބަލަމުން ދިޔައީމެވެ. ވަޒީފާއަކަށް ނުގޮސް ގޭގައި އޮތުމަކީ އެއްގޮތަކުން ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. އަނެއް ގޮތަކުން ކިހާ ފޫހި ކަމެއްކަން އެނގިގެން ދިޔައެވެ. ވަޒީފާއިން ވަކިވިތާ ދެވަނަ ދުވަހެވެ. ގޭގައި އަހަރެން އާއްމުކޮށް އެދެދުވަސް ހޭދަކުރީ ފޮތް ކިޔުމުގައެވެ. އާދައިގެ މަތިން އަހަރެން ފޮތެއް ހިފައިގެން އެނދުގައި ޖައްސާލީމެވެ. އެވަގުތު ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އަރާފައި އިނީ ދޮންބެގެ ނަންކަމުން އަހަރެން ފޯނު ނެގީމެވެ. “އާސީން.. ކޮއްކޮ ކޮންތާކު” ދޮންބެގެ އަޑުގައި ހުރި ހައިރާންކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ގޭގައި.. ކިހިނެއްވީ ދޮންބެ” އަހަރެން އަހާލީމެވެ. “ޓީ.ވީ ބަލާބަލަ.. ވަރަށް އަވަހަށް” ދޮންބެ ބުނެލިއެވެ. އަހަރެން ފޯނު ހިފައިގެން ސިޓިންރޫމްއަށް ނިކުތީމެވެ. މަންމަ އުޅުނީ ބަދިގޭގައި އެއްޗެއް ކައްކަން ކަމުން ޓީ.ވީ ހުރީ ނިވާލާފައެވެ. އަހަރެން އަވަސް އަވަހަށް ގޮސް ޓީ.ވީ ހުޅުވާލީމެވެ. އޭރު ބްރޭކިން ނިއުސް ގޮތަށް ދައްކަމުން ދިޔައީ އަހްމަދު ނާސިރުގެ ހަބަރެވެ. އޭނަގެ ދެވަނަ އަޑުއެހުން މިއަދު އޮތްކަން ވަގުތުން އަހަރެން ހަނދާންވެގެން ދިޔައެވެ. “މިއަދުގެ އަޑުއެހުމުގައިވެސް އަހްމަދު ނާސިރު އެއްވެސް ވާހަކަ އެއް ނުދައްކާ.. ހަމައެކަނި އެދުމަކަށް ވެގެން ދިޔައީ އާސީން އަހްމަދު ގއ.ވިލިގިލި ބިސްޖެހިގެ އާއި ބައްދަލު ވާނެ ގޮތެއް ހަދައި ދެއްވުން އެދުން..” ހަބަރު ކިޔަން އިން ކުއްޖާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން މަޑުމަޑުން ފޯނު ކަންފަތުގައި ޖައްސާލީމެވެ. “ކޮއްކޮ ދަންނަންތަ އެމީހާ” ދޮންބެ ބުނިއަޑު އިވުނެވެ. “ނޫން”އަހަރެންނަށް ހަމައެކަނި ބުނެވުނީ އެވަރަށެވެ. ދޮންބެ ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

އޭރު މަންމަވެސް ހުރީ އަހަރެން ކައިރީގައެވެ. “ދަރިފުޅު.. އެމީހާ ދަންނަންތަ” މަންމަ އަހަރެންގެ ކޮޑުގައި އަތްޖައްސާލަމުން އަހާލިއެވެ. އަހަރެން މަންމައާއި ދިމާލަށް ބަލާލިމެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ އަހަރެންގެ އެކުވެރިއެކެވެ. ފޯނު ނެގުމާއި އެކު ފެށީ އެހަބަރުގެ ވާހަކައެވެ. އަހަރެން އެމީހާ ދަނޭތޯއާއި އެމީހާ އަހަރެންނާއި ބައްދަލު ކުރަން ބޭނުންވަނީ ކިއްވެތޯ އެހިއެވެ. އަހަރެން ނޭނގެއޭ ބުނެ ފޯނު ކަނޑާލީމެވެ. އެދުވަހުގެ ބޮޑު ބައި އަހަރެން ހޭދަކުރަންޖެހުނީ އެހެންނެވެ. ގިނަ މީހުންތަކެއް އަހަރެންގެ ފޯނަށް ގުޅިއެވެ. ފަހުން ފަހުން އައިސް އަހަރެން ފޯނަށް ޖަވާބެއް ނުދެމެވެ. ތެދައް ބުނާނަމަ އަހަރެންނަށް އެމީހުން ކުރާ ސުވާލުތަކަށް ޖަވާބު ދޭކަށް ނޭނގެއެވެ. އެމީހާ އަހަރެންނާއި ބައްދަލު ކުރަންބޭނުންވާ ސަބަބެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އެމީހާއެއް ނުދައްނަމެވެ. ހަމައެކަނި އަހަރެން އެމީހާއާއި ބެހޭގޮތުން ދެ ރިޕޯޓެއް ލިޔެލީއެވެ. އެ ރިޕޯޓް ލިޔުނު އިރު އަހަރެން އޭނާގެ އާއިލާގެ ދެމެންބަރަކަށް ފޯނުން ވާހަކަ ދެއްކީމެވެ. އެނޫން ގޮތަކަށް އަހަރެން އެމީހާ ނުދަންނަމެވެ. އެހަބަރު ފެތުރިގެން ދިޔައީ ނުލާހިކު ހަލުވިކަމާއި އެކުގައެވެ. އެކި ޗެނަލް ތަކުން އެހަބަރު ކިޔަމުން ދިޔައެވެ. އެމީހުންވެސް އެކި ގޮތްގޮތަށް ސުވާލު އުފައްދަމުން ދިޔައެވެ. އަހަރެންނަށް އުދަގޫވަމުން ދިޔައެވެ. ކީއްވެކަމެއް އަހަރެންނަކަށް ނޭނގެއެވެ.

އެދުވަހުގެ ހަވީރެވެ. އަހަރެން ގޭގައި އިނީ ހަނދާނެ ގޮތެއް ނޭނގިފައެވެ. ދޮންބެވެސް އޮފީސް ނިއްމާފައި އަވަސްކަމާއި އެކު ގެއަށް އައެވެ. އެކި ގޮތްގޮތުން އަހަރެންނާއި ސުވާލު ކުރަމުން ދިޔައެވެ. އަހަރެންނަށް ނޭނގޭ އެއްޗެއް ކޮންމެ މީހަކު އެހި ކަމުގައި ވިޔަސް ބުނެދޭނީ ކިހިނެއް ހެއްޔެވެ. އަހަރުމެން ތިބީ ސިޓިން ރޫމްގައެވެ. ކުއްލިއަކަށް ގޭ ދޮރުގެ ބެލް އަޑު އިވުނެވެ. މަންމަ ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައީ ދެ ފުލުހުންނެވެ. އަހަރެންނާއި ދޮންބެއަށް ވަގުތުން ތެދުވެވުނެވެ. “އާސީން އަހްމަދު” އެތަނުން އެކަކު އަހަރެންގެ ނަން ކިޔާލިއެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ފެންނާތީ ޔާރާގެ މޫނު (6)

Next

ހާދަ ލޯބިންނޭ (24)

Next
March 30, 2016

ހާދަ ލޯބިންނޭ (24)

Previews
March 30, 2016

ފެންނާތީ ޔާރާގެ މޫނު (6)

32 Comments!

  1. Fantasy says:
    March 30, 2016 at 1:29 pm

    ކިހިނެއްތަ ހުރިހާ ކުދިން.. ހުރިހާ ކުދިންނަށްވެސް މިވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަން.. ތި ހުރިހާ ކިޔުންތެރިންގެ ހިޔާލުތަކަށް މަރުޙަބާ.. 🙂

  2. nukko says:
    March 30, 2016 at 1:58 pm

    omg omg omg fantasy.. wlcm bkk hehe msssd ur stries n u
    btw mi part vs v fakaa kn irakun dhen nxt part??? n kn dhuvas thakaku upkurAany?
    aslu vs v happy vjje fantasy new story eh up kurn feshym n hwp this olso will b super unique 😀

    1. Fantasy says:
      March 30, 2016 at 8:24 pm

      thnks v bodah nukko 🙂 v ufaa vejje nukko ge lobi comment fenunyma 🙂 iraadha kureviyya sundayga up koh dheynan igey next bai… 🙂

  3. kajol says:
    March 30, 2016 at 2:05 pm

    Heevey v reethi vaanehen. Vaahakaige feshumuge vaki hisaabehga liyumuga mistake ebahuri.

    1. Fantasy says:
      March 30, 2016 at 8:26 pm

      thnks kajol v bodu koh 🙂 ragalhu koh laanan igey 🙂

  4. ken? says:
    March 30, 2016 at 3:31 pm

    knme dhuvaheiga thihaa dhigukoh genesdheynama☺

  5. ken? says:
    March 30, 2016 at 3:53 pm

    vvvvv curious to knw wat will hapn…fantasy ge story thakuge suspense genessa hunna gothun hama vvv kiyaahiyyvey..waiting for next part…hope.u ll upload it ASAP

    1. Fantasy says:
      March 30, 2016 at 8:27 pm

      konme dhuvahaku up koh dhen v udhagu vaane dear ken.. ekamaku dhigu koh genes dheynan igey.. thnks v bodu koh ken 🙂

  6. Thukko says:
    March 30, 2016 at 6:34 pm

    Nice story… Waiting 4 the next part n plx plx upload next part as soon as possible

    1. Fantasy says:
      March 30, 2016 at 8:28 pm

      thnks thukko v bodu koh.. 🙂

  7. shine says:
    March 30, 2016 at 6:34 pm

    Yeyyy,, my fav writer came back againn,,
    hehe.. storyge half keefahun adhi ingunyvx mee fantasyge story eh kanvx… dhn egadyga neingun ulhevun goivxx,, I’m so so so so happyyyyy.,., myhaku story eh up kohgnn mihaa happy eh adhi nuvey…..
    Fantasyge hurihaa story ehvx v v rythi, nd I’m sure this storyvx hama v v rythi vaane….. waiting 4 nxt part…. nd all the best:):);)……

    1. Fantasy says:
      March 30, 2016 at 8:30 pm

      alhey shine.. fantasy ves v bodah ufaa vejje shine ge thihaa lobi coment eh libunyma.. thnks v bodu koh… shine men kudin nah reethi vaane gothah genes dheyveytho fantasy v try kuraan igey dear 🙂

    2. shine says:
      March 30, 2016 at 9:47 pm

      Shine ge faraathun hadi comment eh nulibeyne iraadha kurehviyya, Cox u r my supper story writer:)

  8. iffa says:
    March 30, 2016 at 9:56 pm

    V salhi story e..V kiyaahithvejje next episoad… Best of luck…

    1. Fantasy says:
      April 1, 2016 at 5:11 pm

      thnks iffa bodu koh 🙂

  9. saadhu says:
    March 30, 2016 at 10:22 pm

    V v v v habas vahakaye.heekura nimedhen genaane kama.

    1. Fantasy says:
      April 1, 2016 at 5:12 pm

      heheh.. saadhu hama gaimuves dhevana episode genes dheynan igey 🙂 thnks v bodah 🙂

  10. Emy says:
    March 31, 2016 at 12:38 am

    Vvvvvv salhi … Hope next prt ves mihaaa salhivaane kamh… Waiting for next part..

    1. Fantasy says:
      April 1, 2016 at 5:13 pm

      thnks emy dear 🙂

  11. Ruby.. says:
    March 31, 2016 at 1:58 am

    Woah.. Fantasy is back ? happy to see a story from you after a long time 🙂 missed you a lot..
    Varah varah reethi mi vaahaka ves.. Waiting for the next part.. Kon irakun next part up waany?

    1. Fantasy says:
      April 1, 2016 at 5:15 pm

      thnks ruby dear.. thihaa lobi comentah igey 🙂 iraadha kureviyya sundayga nuny saturday nite ga genes dheynan igey 🙂

  12. kamana says:
    March 31, 2016 at 12:20 pm

    wow this is an amazing story

    1. Fantasy says:
      April 1, 2016 at 5:16 pm

      thnks kamana bodu koh 🙂

  13. Faxoo says:
    March 31, 2016 at 8:28 pm

    Fantasy is back 😀 yay.. i love ur stories and this one’s awesome.. ?? aaseen ei anhen name eh dhw.. varah reethi mivaahaka. keevve ba Aaseen ingeny kuhveriya ah :/ waiting fr the next part 🙂

    1. Fantasy says:
      April 1, 2016 at 5:17 pm

      alhey v happy vejje faxooge thihaa lobi coment eh mihaa dhuvas fahun libunyma … 🙂 thnks v bodah dear 🙂

  14. ken? says:
    March 31, 2016 at 10:43 pm

    alhe bunedhyba mi story up vaane days thah???

    1. Fantasy says:
      April 1, 2016 at 5:18 pm

      ken dear ehen bunaakah neyge igey.. liyevey varakun veehaa ves avahah up kureveytho try kuraanan 🙂

  15. KKT says:
    April 1, 2016 at 9:20 am

    Fantasy ge vaahakaeh dhen kiyaalan libeyny kon irakubaaey hithah ara araa hutta mioh libuny,, fantasy ge twist thahh thafaathukamun, fantasyge vaahakathakah v shauguverivey, well done and keep going, thanks a lot nlot n lot

    1. Fantasy says:
      April 1, 2016 at 5:19 pm

      thnks a lot KKT.. v bodu koh igey 🙂

  16. ny says:
    April 7, 2016 at 12:32 pm

    Thnx haaada ufaavejey v v dhiguinthizaarege nimun ones egeyne thnks. ……v v reeethi

  17. Mysterious Angel says:
    April 9, 2016 at 12:28 am

    Vr ufaavejje anekka vx Fantasy ge story e kiyaalan libunyma

  18. Rish says:
    May 9, 2016 at 11:20 am

    How am I finding this so late????? O.o???? Fantasy, my babe!!!! I am a bad fan, *cries in dhivehi, english, hindi, arabic and all the other languages i know a word of*
    Ok m going to read first.. will comment later. ♥♥♥♥♥

Comments are closed.

Next Episodeއިންސާފް .. 02 ވަނަ ބައި..←


All Right Reserved!