ދެ ޒުވާނުން ވެސް މަޑުމަޑުން ދޮން ފަސްގަނޑުމަތިން އަތުގުޅުވާލައިގެން ހިނގަމުން ދިޔައެވެ. ވެލިގަނޑުމަތީ އިށީދެލީ މޫދަށް ނަޒަރު ހުއްޓާލައިގެން ތިބެއެވެ. އެވަގުތު މަތިން ދޫނި ބައިގަނޑެއް އުނދުހިގެން ދިޔަތަން ފެނުނެވެ. “ކިހާ ހިތްފަސޭހަ ދޯ؟…އަހަރުމެން ވެސް އެ ދޫނިތައްފަދައިން އެހާ މިނިވަންކަމާއިއެކު އުޅެވޭނެ ނަމަ ކިހާ ރަނގަޅު……” ފައިނާ ބުނެލިއެވެ. “ނާނާ…މިއަދު ވެސް ތި އައީ ގޭ މީހުންނަށް ސިއްރުން ދޯ؟….’ ޒުވާނާ ބުނެލިއެވެ. “މި ނޫން ގޮތެއްވާނެ ނަމައޭ ހިތައްއަރާ…..ޓޫ އިޔާޒް އަހަރުމެން މިއުޅެނީ މިހެން….މަންމައަށާއި ކުޑޭއަށް އެނގުން ދުވަހު އައި ތޯޓު އައި ވޯޒް ޑެޑް….ޔޫ ނޯ..ދޭ ހޭޓު ޔޫ…ދެ ހޭޓު ޔޯ ފެމިލީ….” ފައިނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. “އައި ނޯ….އައި ޓޮލެރޭޓެޑް ދެޓް….އިޓް ޑަޒަންޓް މީންޓު އައި އެމް ގިވިން އަޕް އޮން ޔޫ….” ޒުވާނާ ބުނެލިއެވެ. “ރިއަލީ؟…….ކުރިން ހެދިހެން ނަހަދާތި މިފަހަރު…އޯރ އެލްސް އައި ވޯންޓު ފޮގިޒް ޔޫ ނެކްސްޓް ޓައިމް…..” ފައިނާ އުފަލުން ޒުވާނާގެ ގައިގައި ބައްދާލިއެވެ.
ފައިނާ އާއި އެ ޒުވާނާއާއި ރައްޓެހިވެގެން އުޅޭތާ ދެ އަހަރުވެއްޖެއެވެ. ނަމަވެސް ފައިނާ ގޭ މީހުންނަށް ސިއްރުން އެ ދެމީހުންގެ ގުޅުން ގެންދިޔުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ކުރިން އެ ދެމީހުން ރުޅިވާންޖެހުނީ ކީއްވެ ހެއްޔެވެ؟ ޝަދާން އެ ގުޅުމަށް ނުރުހެންވީ ފަހެ ކީއްވެ ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ. މިކަމާ މީގެ ފަސް އަހަރު ކުރިން ހިނގި ހާދިސާ އާއި ގުޅުމެއްވެދާނެ ހެއްޔެވެ؟ މިކަމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތު މެހެކު އިނީ ކެބިންގައި ކޮމްޕިއުޓަރުން މުހިންމު ފައިލެއް ހުޅުވައިގެންނެވެ. އެއީ އޭނާގެ ރައްޓެހި ފުލުހެއް އޭނާއަށް ފޮނުވި ފައިލެކެވެ. މީގެ ފަސް އަހަރު ކުރީގެ ފައިލެކެވެ. މެހެކު މަސައްކަތް އެފެށީ މީގެ ފަސް އަހަރު ކުރިން ހިނގި ހާދިސާއެއްގެ ވޭދަނަ އަލުން ހުޅުވުމުގެ މަސައްކަތެވެ. އޭނާގެ ކޮއްކޮ މީސަމްގެ ސުއިސައިޑް ވޭދަނައެވެ. އޭނާގެ ކޮއްކޮއަކީ އެފަދަ ދެރަކަމެއް ކުރާނެ ފެންވަރުގެ ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހާ އުސް އިމާރާތަކުން ފުއްމާލަން ކެރޭވަރުގެ ހިތްވަރެއް ކޮއްކޮގެ ކިބައިގައި ނުހުންނާނެއެވެ.
މިހާރު އެހެން އިންނަތާ ދެ ގަޑި އިރުވަރު ވެދާނެއެވެ. މެހެކުގެ މޫނުން އުޖާލާކަމެއް ފެނުނީ މަސައްކަތަށް ކޮންމެ ވެސް ވަރެއްގެ އަލިމަގެއް ފެނުމުންނެވެ. އެގޮތުގައި އިނދެ އޭނާގެ ނޯޓު ފޮތުގައި މައްސަލައިގެ ހައިލައިޓުސް ނޯޓުކުރަމުން ދިޔައެވެ. އޭނާ އެބަލަމުންދާ ވޭދަނައިގެ މައްސަލައަށް ހައްލެއް ލިބޭތޯއެވެ. ކުރިއެރުމެއް ފަހިވޭތޯއެވެ.
ކުރިމަތީގައި އޮތް ނޯޓު ފޮތަށް އޭނާ ބަލައިލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. މީހުންތަކެއްގެ ނަންތައް ލިޔެ އެއިން ކޮންމެ ނަމެއްގައި ރަތް ކުލައިން ބޮޅެއް އަޅާފައިވެއެވެ. އަދި އެ ނަންތަކާއި ދިމާލުގައި ތީރުތަކެއް ކުރަހާ ތާރީޚުތަކެއް ލިޔެފައިވެއެވެ. ހީވާގޮތުގައި އެއީ އެ ހާދިސާގައި ފާހަގަކުރެވޭ މީހުންނެވެ. ވަކިން ޝަދާންގެ ނަން ލިޔެ “މެއިން ސަސްޕެކްޓު” މިހެން ލިޔެފައިވެއެވެ.
މެހެކު އެހެން އިންދާ ކެބިންގައި ޓަކިޖަހާލާފައި ވަނީ މެހެކުގެ ސެކެޓްރީ މާޔާ އެވެ. “މޭމް….މީޓިން…” މާޔާ ބުނީ މިހެންނެވެ. ކުރަން ހުރި މަސައްކަތް މަޑުޖައްސާލާފައި މެހެކު ހިނގައިގަތީ މީޓިންއަށްދާށެވެ. ފަހަތުން މާޔާ ވެސް ދިޔައެވެ.
ބިސް ބުރެއްހެން ހުރި ވަށް މޭޒުގެ ދެ ފަރާތުގައި ކޮމްޕެނީގެ ބޯޑު މެމްބަރުން އެތުރިލައިގެން ތިއްބެވެ. އެއިން ކޮންމެ މީހެއްގެ ކުރިމަތީ ފައިލުތަކެއް ހުއްޓެވެ. އެންމެން ވެސް ބަލަމުންދަނީ އެވަގުތު މާކެޓިން ޑިޕާޓުމަންޓުގެ ހެޑު އަޅުވައިގެން ހުރި ޕްރެޒެންޓޭޝަނަށްށެވެ. މޭޒުގެ އެންމެ ކޮޅުގައި އިން ޝަދާންގެ މޫނުމަތިން ތަފާތު ޝުއޫރުތަކެއް ފެންނަމުންދެއެވެ. އެއްބައިފަހަރު ބޯޖަހާލާނެއެވެ. އަނެއްބައިފަހަރު ދެބުމަ ގޮށްޖަހާފާނެއެވެ. ޕްރެޒެންޓޭޝަން ނިމުމުން އެންމެން ވެސް އިންތިޒާރުކުރަމުންދަނީ އެމީހުންގެ ވެރިޔާގެ ބަހަށްށެވެ. ޝަދާންގެ ބަހަށްށެވެ.
ކީއްވެ ބައެއް ސްޓޮކުތައް މަދުވެފައި އަނެއް ބައި ސްޓޮކުތައް ގިނަވެފަ މިހިރީ….ހައު އިޒް ދިސް ޕޮސިބަލް….އައި ހޭވް އެވްރި ޑީޓެއިލްސް އޮފް އިޓް…މިއޮތީ ޝީޓުތައް..މީގައި ހުރި ވެލިއުސްތަކާއި އޮޅުންއެބަ އަރާ…..އައި ނީޑް އޭން އާންސާރ….” ޝަދާންގެ މޫނުމަތިން ރުޅިވެރިކަން ފާހަގަކުރެވިއްޖެއެވެ.
“ސާރ..އަޅުގަ…..”
ނޯ އެކްސްކިއުޒަސް…..މިއަދު މީތި ރަނގަޅަށް ދިރާސާކޮށްފައި ނޫނީ ގެއަށް ވެސް ނުދެވޭނެ….” ޝަދާން ބުނެލިއެވެ. މާކެޓިން ހެޑް އަވަސް އަވަހަށް ބޯޖަހާލިއެވެ. އަދި ގޮސް އިށީން އިރު މީހާ ހުރީ ދަލުން ފެންވެރިފައެވެ. ބިރުން ތުރުތުރުއަޅާ ހާލު ވެސް ހިނިތުންވެލިއެވެ. އެ އެންމެން ވެސް ޝަދާން ދެކެ ޖެހިލުންވެއެވެ. އޭނާގެ ރުޅި އަކީ އެމީހުން ދަންނަ އެއްޗެކެވެ.
“އާރާ…ޔޯރ ޓާން….” ޝަދާން ބުނެލިއެވެ. “ތޭންކްސް ސާރ..އަމް…ވީ ހޭވް އަވާ ފޯޓީތް އެނިވާރސަރީ އެންޑް އޮފް ދިސް މަންތު….ސޯ ދެ އާ ރާ ސަމް ޓާސްކްސް ދެޓް ހޭވް ޓު ޑިސްޓްރިބިއުޓް….އެންމެންގެ ވެސް އެއްބާރުލުން މިކަމުގައި ބޭނުންވާނެ…” އާރާ ބުނެލިއެވެ. ބޯޑު މެމްބަރުން ވެސް އެކަމަށް އެއްބަސްވިއެވެ. “އަދި އިފް ޔޫ ހޭވް އެނީތިން ޓު އިންކްލޫޑު ފްރީ ޓު ޓެލް….” އާރާ އިތުރުކޮށްލިއެވެ.
“އައި ތިންކް އެނިވާސަރީ ޑިނަ ނައިޓުގައި…ސްޓާފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދިނުން ރަނގަޅުވާނެހެން….” އެތަނުން އެކަކު ބުނެލިއެވެ. މިކަމަށް ޝަދާން ބޯޖަހާލިއެވެ. ކުއްލިއަކަށް ޝަދާންގެ ފޯނު ވައިބްރޭޓުވުމުން ބަލާލިއެވެ. އޭނާގެ ބެސްޓްފުރެންޑުގެ މެސެޖެއްކަމުން އަތުން މަޑުކުރުމަށް އިޝާރަށްކޮށްފައި އެ މެސެޖު ކިޔާލިއެވެ.
“ސޯ…އަހަރެން ބޭނުން ޑިނަ ނައިޓު ކުލަ ގަދަކޮށް ފާހަގަކުރަން….އެހެންވީމާ ހުރިހާ ހެޑުން އެމީހެއްގެ ޑިޕާޓުމަންޓު ސްޓާފުން ގޮވައިގެން އެކި ކަންކަމުގައި އުޅޭތި…..މި އިވެންޓުގެ އިންޗާޖަކީ އާރާ..ޔޫ ކޭން އާސްކް ހާ އެނީތިންގ…” ޝަދާން ބުނެލިއެވެ. އޭނާ މީޓިން ކުރުކޮށްލީ ތަނަކަށް ދާންޖެހިއްޖެކަމަށް ބުނެއެވެ.
“ކޮފީ ކުލަބު” ގައި ރާކިން އާއި އެލްޒިން ވާހަކައިގައި ތިއްބެވެ. އެމީހުން އިންތިޒާރުގައި އެތިބީ ޝަދާން އަންނަންދެނެވެ. އެހެންތިއްބާ އަންހެން ގުރޫޕެއް ވައްޓާލިތަން ފެނުނެވެ. އެއްލިކަޅިއަކުން ރާކިންއަށް ފެނުނީ ފައިނާ އާއި ނޫރާ އާއި މެހެކު ވަތް ތަނެވެ. އެމީހުންގެ އެންމެ ކުރިއަށް ހުރި ފައިނާ ކޮޅުކޮޅު މަތި ބަލަމުން ގޮސް އެންމެ ހިތްފަސޭހަ ދިމާލެއްގައި ހުރި މޭޒަކާ ދިމާލަށް ދިޔައެވެ. ފަހަތުން ދެން ތިބި ދެ މީހުން ވެސް ދިޔައެވެ.
ރާކިންގެ ތުންފަތް ދެމިޔަކަނަށް ދެމިލީ އޭނާގެ ހިތުގެ ވެރިޔާ ފެނުމުންނެވެ. ފައިނާއަށް ބަލަމުންދަނީ އިޝްގީ އާޝިގެއް ދީވާނާވެފައިވާހެންނެވެ. ފައިނާގެ ފަރި ހަރަކާތްތަކުގެ ޖާދޫގައި ޖެހިގެން އޭނާއަކަށް ގިނައިރަކު ނީނދެވުނެވެ. އަވަސް އަވަހަށް އިސްޖަހާލީ މީހަކަށް ފާހަގަވެދާނެތިއެވެ. އެކުވެރިޔާގެ ހިލަމެއްނުވުމުން އިސް އުފުލާ ބަލާލި އިރު އެލްޒިން އިން ގޮތް ފެނުމުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަރުން ވެސް އެލްޒިންއަކަށް ކަހެރުވަކެކޭ ވެސް ހީނުވިއެވެ. އެލްޒިންގެ ނަޒަރު ގޮސް ހުއްޓިފައިވާ ދިމާލަށް ބަލާލުމުން ރާކިންގެ ދެލޯ ބޮޑުވިއެވެ. ދީވާނާއެއްހެން ބަލަމުން އެދަނީ ފައިނާއަށް ހެއްޔެވެ؟ ދެން މެހެކަށް ނުބަލާނެކަން އޭނާއަށް އެނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


