މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
އޭނާއަކަށް އަހަންނެއް މުހިންމެއް ނުވިއެވެ. ފާނޑަކަށް އެކަން އަހަންނަށް ސާފުވެއްޖެއެވެ. މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
އަހަންނަށް އޭނާ ދެކެ އިންތިހާ ލޯބިވެއްޖެއެވެ. އެ ލޯތްބަށްޓަކައި އަހަރެން ފުރާނަވެސް ދޭނަމެވެ. އެކަމަކު، މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
އަހަރެން މިވަންނަނީ ހިމޭންކަމުގެ ދަރުބާރަކަށެވެ. އަހަންނާއެކު އެދަރުބާރުގައި އޭނާ ހުންނާނެ ނަމައެވެ. އެހެނަސް, މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
އޭނާއަކީ މިހިތުގެ ފިނިކަމެވެ. ލޮލުގެ ނޫރެވެ. އަހަރެންގެ ހިތް މިވަރަށް އެދޭ އިރުވެސް އެކަން ދެނެނުހުރެވެ. ފަހެ، މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
އަހަންނަކީ ފޫހި ފިލުވާލަން ގެންގުޅުނު ބުދެއް ފަދައެވެ. އޭނާގެ ފޫހި ފިލުމާއެކު އަހަރެން މަރުވީއެވެ. ވެލިތަކާއެކު ފަސްއެޅި ފޮރުވުނީ ކަހަލައެވެ. ދެން، އަޅެ މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
އެނާގެ ހަޔާތުގައި އަހަންނަށް މަގާމެއް ނެތީއެވެ. މި ހަގީގާތް ގަބޫލުކޮށްލުން ނޫން ގޮތެއް ދެން ހަމަ ނެތީއެވެ. އެހެނީ، މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟
ނިމުނީ
އަޅުގަނޑުގެ މި ޅެންވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.
2 Comments!
Comments are closed.






Oh wow mi poem v reethi MA
V dheravejje kiyaa nimunu iru
Can’t wait for ur poem noonii recipe eh uploaded vandheh
Tc
Thank you sheex
IA miyadhu ehcheh upload kohlevey thw try kuraanan
Abadhu kiyun therin dhera kohlhevey thy rohvaa levy thii vrh dhera veyy
Recipe and poem dhn gina ginain upload kuraanan vaguthu vaa varakun
Nimidhiya vaahaka kihineh thw
Tc
🥰🫶♥️🥀😊