Skip to content
އެސްފިޔަ

ކިޔުންތެރިންގެ ސަމާލުކަމަށް-މަޢާފް

އައްސަލާމް އަލައިކުމް!!

އެއްމެހާ ކިޔުންތެރިންގެ ހާލު ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުގެ ހާލު ރަގަނޅެވެ.

އެއްމެހާ ކުދިން ވެސް މިހާރު ތިބޭނި އަޅުގަނޑުގެ ވާހަކައެއްގެ އިންތިޒާރުގަ އެއް ނޫންހެއްޔެވެ؟ އަޅުގަނޑު ވެސް ވާހަކަ ލިޔަން ވެގެން މިހުންނަނީ ކެއްމަދު ވެފައެވެ. އެއްމެހާ ކުދިންގެ ހިތުގައި ޝަކުވާ އުފެދޭނެއެވެ. ވާހަކަ ނުގެނެސް ލަސްވީ ކީއްވެ ހެއްޔެވެ؟ މުޒޯ އެހެން އައިޑީއެއް ހެދީ ކީއްވެހެއްޔެވެ؟ މިވަނީ ކިހިނެއް ހެއްޔެވެ؟ އާދެ ތިޔަ ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ސުވާލު ތަކުގެ ޖަވާބު އަޅުގަނޑު ދޭނަމެވެ.

މިދިޔަ ރޯދަ ބަންދުގައި އަޅުގަނޑު ވަނީ ބަރާބަރަށް ވާހަކަތައް ގެނެސް ދީފައެވެ. ނަމަވެސް ސްކޫލު ހުޅުވުމުން ވާހަކަ ލިޔުމަށް ހުއްޓުމެއް އާސްއި އެއް ނޫންހެއްޔެވެ؟ އާދެ އަޅުގަނޑުމެން ފުރަތަމަ ސްކޫލް ހުޅުވުނީ ހޯމަ ދުވަހަކު ނޫންހެއްޔެވެ؟ އެދުވަހު އަޅުގަނޑު ސްކޫލަށް ދިއުމުން އަޅުގެ ޓީޗަރު ބުނުއްވަނީ އަޅުގަނޑުމެންގެ ޓެސްޓް އަންނަ ހަފްތާ އޮންނާނެ ކަމަށެވެ. ޓެސްޓް އަށް އޮތީ އެއްމެ 4 ދުވަހެވެ. އަދި އަލަށް ނުވެސް ކިޔާ ބައެއް މާއްދާތަކުން މިފަހަރު ޓެސްޓް ނަގާނެތީވެ އަޅުގަނޑު ކުޑަކޮށް ސްޓްރެސް ވިއެވެ. ޓެސްޓް އަށް ތައްޔާރު ވުމަށް ތެޅިގަންނަން ޖެހުނެވެ.

26 މާރްޗް އާދިއްތަ ދުވަހު އަޅުގަނޑުގެ ފުރަތަމަ ޓެސްޓް އޮތެވެ. އެއީ ވެސް އެއްވަރުގެ ދޭތިންނެވެ. މެތްސް އާއި އިސްލާމް އިންނެވެ. އަޅުގަނޑު ވަރަށް ވަރަށް ބިޒީވި އެވެ. އެއް ޓެސްޓް ނިމޭރަށް އަނެއްކާ ދެން އޮންނަ ދެ ޓެސްޓް އަށް ތައްޔާރު ވާން ޖެހޭތީއެވެ.

ޓެސްޓް އޮތުމާއި ގުޅިގެން އަޅުގަނޑުގެ ވާހަކަ ލިޔުން މެދުކަޑާލަން ޖެހުނީއެވެ. މިވާހަކަ ކުރިން ނުބުނެވުނީ ކުރިން ވެސް ދިމާވިހެން އަޅުގަނޑުގެ އައިޑީއަށް ލޮގް އިން ނުވެވޭތީއެވެ. އަރަނީ ޕާސް ނުބައި ކަމަށެވެ. މިކަމާއި ހެދި އެޑްމިން އާއި އެތަކެއް ފަހަރު މެސެޖް ކުރަން ޖެހެއެވެ. އެއީ ވެސް އުނދަގޫ ކަމެކެވެ. އަޅުގަނޑުގެ ޕާސް ބަދަލުވާން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނޭނގެއެވެ.

ދެން އޮޅުފިލުވާންދޭން ޖެހޭ ކަމަކީ އަޅުގަނޑު ހެދި ދެވަނަ އައިޑީއެެވެ. އަސްލު އަޅުގަނޑު ގެންގުޅެނީކީ އެއްމެ ދެ އައިޑީއެއް ނޫނެވެ. އެހެނީ 3 އައިޑީއެވެ. އެކަމު ތިން ވަނަ އެތިން އަޅުގަނޑު ވާހަކަ އެއް މިހާރަކު ނުލިޔަމެވެ. “ހޭވް ފަން” ގެނަމުން ނަން ދެވުނު އައިޑީ އަކީ އަޅުގަނޑުގެ އައީޑީ އެކެވެ. ކޮންމެ އަކަސް އެ އައިޑީ ހަދަން ޖެހުނީ އަޅުގަނޑުގެ ކެއްތެރިކަން ނެތީމައެވެ. ހިތައް އަރާނެ އެވެ. މުޒޯ އަށްވާ ސާބަހެވެ. އަޅުގަނޑު ތަންކޮޅެއް ކުރިން ހެދި ޕްލޮޓް އަކަށް ވާހަކަ ލިޔަން ހިތް އެދުނު ވަރުން އަޅުގަނޑު އެހެން އައިޑީއެއް ހެދީއެވެ. “ހޭވް ފަން” އައީޑީގައި އަޅުގަނޑު ލިޔަނީ “ހިޔަނި ފަދަ ލޯބި” ކިޔާ ވާހަކަ އެކެވެ. އެވާހަކަ ކޮންމެ ހަފްތާ އަކު ވެސް އެއްފަހަރު ނެރޭނަމެވެ. އަޅުގަނޑު ޔަޤޫންކަން ދެމެވެ.

އަދި އެއްކަންތަށް ސާފު ކޮށްދޭނަމެވެ. “ބަދަލް” ވާހަކައިގެ ޓްރެއިލާރ ގައި އަޅުގަނޑު ބުނެފައުވަނީ ކޮންމެ ހަފްތާ އަކު ވެސް ތިން ފަހަރު ވާހަކަ ނެރެދޭނެ ވާހަކަ އެވެ. ނަމަވެސް އަޅުގަނޑު ހެދީ އެހެނެއް ނޫނެވެ. އަޅުގަނޑު ލިޔާ ވާހަކަ ތަކުގެ ތެރިން “މުޅި ހިތް ބޭޤަރާރު ވެއްޖޭ”، “ތިޔައީ ހަނދޭ” އަދި “ރާނީއޭ ހިތުގެ މަލާތީ” ގެކޮންމެ ވާހަކަ އަކަށް ފަހު “ބަދަލް” ވާހަކައިގެ ޕާރޓް އެއް ކިޔާލަން ލިބޭނެ ވާހަކަ އުފަލާއި އެކީ ދަންނަވަމެވެ.

ކޮންމެ އަކަސް މިއޮތީ ހުރިހާ ވާހަކަ އެއް ވެސް ވަރަށް ތަފްސީލުކޮށް ކިޔާދެވިފައެވެ. އަޅުގަނޑު ވާހަކަ ގެނެސް ދިނުން ލަސްވީތީ މަޢާފަށް އެދެމެވެ. ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. އެއީ އަޅުގަނޑު ބިޒީ ވުމުގެ ސަބަބުންނެވެ. އަޅުގަނޑުގެ މަޢާފް ގަބޫލު ކުރާނެކަމަށް އުންމީދު ކުރަމެވެ.

ޝުކުރިއްޔާ!!

Comments (9)

  1. Shaba_73

    Heiiiii it’s ok my dear 🤗 eii dhen evaru kameh ves noonehnu…. Kon iraku story up kuran fashany? Waiting
    Lyy and tc darling 💗

    1. _MuXo_
      Shaba_73

      Really happy that you understand! 😭
      Dhen huri stiry thah IA maadhamaa in fashaagen up kohdheynan! 💙
      Love you more! 😘
      You also take care Shaba! 💙

  2. Alaika_22

    Alhey we know ey ☺️ I vess hama u aa same age eyy…… Ik it’s Very hard kan……
    Lysm and TC my love 🤭❤️

    1. _MuXo_
      Alaika_22

      Thank you for understanding! 😭😭
      I really appreciate your support! 🥰
      Love you more, you also take care! 💙😘

  3. Un_known

    It’s ok muxo
    Kn irakun dhn vhk up kuran fashaaani?
    Keep it up👏🏻

    1. _MuXo_
      Un_known

      IA miadhu haveeru ge vguthehga vhk neredheynan!!
      Thank you for understanding!!

  4. BlackHeart_23

    It’s fine..😁
    Pupil,You can upload Ur tales in free min…
    Keep it up!🥀💯
    “may Allah SWT ll bless you with more courage, confidence,All your illness pass away with His rewards”
    Lysm & Tkc my bb

    1. _MuXo_
      BlackHeart_23

      Glad to know that you understand!!
      Ameen!! Same to you BlackHeart_23!!
      Love you more!! You also take care!!

  5. Anonymous

    Kbaaa storyyyyy

Comments are closed.