ޗެޕްޓާރް-1: އަމާނަތް
ލޯގަނޑު ކުރިމަތީ ހުރެ ފުނާ އަޅަމުން ދިޔައެއް ކަމަކު އަހަރެން ސިކުނޑި ގަރަގު ވަމުން ދިޔައީ ޝަހުމްގެ ހަދާން ތަކުންނެވެ. އޭނާ އަހަރެންނަށް އެހާ އިހާނެތިކޮށް ހިތީ ކީއްވެހެއްޔެވެ؟ އަހަރެން އަބަދު ވެސް އޭނާ އަށް ވަގުތު ދެމެއް ނޫންހެއްޔެވެ؟ އަހަރެންނަށް ދެވުނު ވަރަކުން ލޯބި ދިނީމެއް ނޫން ހެއްޔެވެ؟ އަނބުރާ ލިބުނީ ކެއްސެވެ. ލަނޑެވެ. ހިތުގައިވަނީ ކޫރު އަޅުވާފައެވެ. ހިތަށް ވަނީ ވަޅި ހަރާފައެވެ. އަހަރެންގެ މިހިތް ރޯވަރު ހަމަ ޝަހުމް އަށް ނޭނގެނީ ހެއްޔެވެ؟ އާން އެކެވެ. އަހަރެން މުޅިން އެކަނި ވެރިކޮށްލީ އެވެ. ދެން ވަކި އަހަރެންގެ ހުރީ ކާކު ހެއްޔެވެ؟
ހިޔާލުތަކުގެ ފުންޔަޑުގައި ގަރަގު ވަމުން ދިޔަ އަހަރެންނަށް ތިލަފަށަަށް އަންނަން މަޖުބޫރުވީ ފޯން ރިންގް ވާން ފެށުމުންނެވެ. ނަމަކަށް އަރާފާ އިން ދާރިއަން ފެނި އަހަރެން އަވަހަށް ފޯން ނެގީމެވެ.
“މިއަދު އަންނަންތަ..؟” ދާރިއަން އޯގާތެރި ރާގެއްގައި އެހީ އަހަރެން މިއަދު ކްލިނިކް އަށް އާދޭތޯއެވެ. އާއެކެވެ. އަހަރެންމީ ތެރަޕިސްޓް އެކެވެ.
“ހޫމް..” އަހަރެން މަޑުމަޑުން ބުނެލީމެވެ. އިތުރ އެއްޗެކޭ ނުބުނެ ދާރިއަން ފޯން ބޭއްވިއެވެ. އަހަރެން ފަހު ފަހަރު ކަމަށް ލޯގަނޑަށް ބަލާލީމެވެ. ގަޔަށް ސެންޓް ކޮޅެއް ބުރުވާލާފައި އަހަރެން ނުކުތީމެވެ.
މިކުޑަ އެޕާރްޓް މެންޓްގައި އުޅެނީ އަހަރެން އެކަންޔެވެ. މަންމަމެން އުޅެނީ ރާއްޖޭގައެވެ. އަހަރެންގެ ދައްތަ ބައެއްފަހަރު އަހަރެން ކާރިއަށް ރަޝިއާ އަށް އާސްލާނެއެވެ. އެކަމު އެއީ ހާލަކުން ފަހަރުއެވެ.
ކާރުގައި އައިސް ކްލިނިކްގެ ޕާކިން ލޮޓް ކާރީ މަޑުކޮށްލީމެވެ. ފުން ނޭވާ އެއް އެތެރެއަށް ދަމާލާފައި އަހަރެން އަމިއްލަ މީހާ ތައްޔާރު ވެލީމެވެ. އަހަރެން މިއައީ މަސަށްތަށެވެ. އެހެން ކަންކަމާއި ވިސްނާކަށެއް ނޫނެވެ. އެހެންމަ ޝަހުމްގެ ހިޔާލުތަކުގައި ގެބޭނެކަމެއް ނެތެވެ. ގިނަ މަސަށްކަތް އޮންނަން އަހަރެން ބޭނުންވިއެވެ. އޭރުން އަހަރެންގެ ސިކުނޑި އަބަދު ވެސް ހިޔާލު ކުރާނީ މަސަށްކަތާއި މެދުއެވެ.
ފޭކް ހިނިތުންވުމެއް ވެރިކޮށްގެން ހުރެ އަހަރެން ވަދެގެން އައީމެވެ. އެއްމެހާ މުއައްޒަފުން ވެސް އަހަރެންނަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އަހަރެން ގޮސް އަހަރެންނަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވަނީމެވެ. ކޮޓަރި އެއްބައި އޮތީ އެއްކޮށް ހުސްކޮށެވެ. ދެގޮނޑި ދޭއްޗަށް ކުރިމަތި ވާގޮތަށް ބަހައްޓާފައި ދެން އިނީ ހުސްކޮށެވެ. ދެން އިނީ އަހަރެން މަސަށްކަތް ކުރަން ހަަމަޖެހިފައިވާ މޭޒެވެ. އަހަރެން ގޮސް ބޭގް ބައިންދާފައި ކޮމްޕިއުޓާރ ހުޅުވާލީ އަހަރެންނަށް މިއަދު އިނީ ކޮން ޕެއިޝެންޓް ތަކެއްތޯ ބަލާލާށެވެ. އެއްމެ ފުރަތަމަ އިން ޕެއިޝެންޓްގެ ނަން ކިޔާލި ގޮތަށް އަހަރެންގެ ލޭ ކެކިގަތެވެ. އަތް މުއްކަވާ ލެވުނެވެ.
“ކީކޭ..؟ އަސްލު ވެސްތަ..؟ ޝަހުމް އިނީ އަމާނަތްގެ ޕެއިޝެންޓް އެއްގެ ގޮތުގަ..؟” ދާރިއަން އައި ގޮތައައިސް މޭޒުގައި އަތް އަޅުވާލަމުން ބުނެލިއެވެ. އަހަރެން ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. ދާރިއަން ވެސް މެއެވެ. އެކަމު ދެން ކުރާނެ ކަމެއް ނެތެވެ.
“އަހަރެން އޭނާގެ ސެޝަން ކެންސަލް ކޮށްލަންތަ..؟” ދާރިއަން ފޯން ނަގައިފައި އަހާލިއެވެ. ނޫނެކެވެ. ދެން އެކަންކުރުމުގެ ވެސް ބޭނުމެއް ނެތެވެ. ދެން ޝަހުމްގެ ސެޝަންއަށް ބާކީ އިނީ ވެސް އެއްމެ ފަސްވަރަކަށް މިނެޓް އެވެ. އަހަރެން ދެކޮޅަށް ބޯ ހޫރާލީމެވެ.
“ދެން މިއަދަށް ކެއްކޮށްލާ..” ދާރިއަން އެހެން ބުނެ ނުކުތެވެ. އަހަރެން ވެސް ތައްޔާރު ވެލީމެވެ. ޝަހުމް ކުރިމަތީ ނިކަމެތި މީހަކަށް ވުމަކަށް އަހަރެންނެއް ނޭދެއެވެ. މިތާގައި އަހަރެންނަކަށް ޝަހުމް އަކީ ކާކު ކަމެއް ނޭނގެއެވެ. އޭނާ އާއި އަހަރެންގެ ގުޅުމަކީ ހަމަ އެކަނި ޕެއިޝެންޓް އާއި ތެރަޕިސްޓްގެ ގުޅުމެވެ.
ފަސްވަރަކަށް މިނެޓް ފަހުން ޝަހުމް ވަނެވެ. އަހަރެން އޭނާ އަށް ނުބަލަން ވެގެން އިސްޖަހާލީމެވެ. ނަމަވެސް އޭނާގެ ތޫނު ނަޒަރު އަހަރެންނަށް އިހްސާސް ވެއެވެ. ޝަހުމް ގޮސް އޭނާ އަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އަހަރެން ވެސް ގޮސް ޝަހުމް ކުރިމަތީ އިށީނެވެ. އޭނާ މިތަނަށް އެއައީ ކީއްކުރަން ހެއްޔެވެ؟ ޔަޤީނެވެ. އެއީ އަހަރެންނަށް ޖެއްސުމަށެވެ. އަހަރެން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަ ބަލާށެވެ. އަހަރެން ބޭނުންވީ ހަމަ މިހާރު ޝަހުމްގެ ފުރާނަ ނަގާލާށެވެ. އަހަރެން މިތަނަށް މިއައީ ޝަހުމްގެ ހަދާންތަކާއި ދުރަށް ދިއުމަށެވެ. ނަމަވެސް މިހާރު އެގަމާރު އޭނީ އަހަރެންގެ ކުރިމަތީގައެވެ.
“ޝަހުމް ކީއްވެތޯ މިތަނަށް އަންނަން ޖެހުނީ..؟” އަހަރެން މަސަށްކަތް ކުރީ އަހަރެންގެ ރާގު ރަގަނޅަށް ބެހެއްޓުމަށެވެ. ނަމަވެސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަހަރެން ބޭނުންވަނީ އޭނާ އާއި ދިމާއަށް ހަޅޭލަވާ ގަންނާށެވެ.
“އަހަރެން މިތަނަށް މިއައީ އަހަރެންގެ ސިކުނޑި ތެރޭގަ ވަރަށް ގިނަ ކަންތަށްތަށް ހިގާތީވެ.. މި ވާހަކަތަށް ކޮންމެވެސް މީހަކާ ހިއްސާކޮށްލަން..” ޝަހުން އިނީ ސީދާ އަހަރެންގެ ދެލޮލަށް ބަލާށެވެ. އަހަރެންނަށް އެނަޒަރުން އުނގަދޫވިއެވެ.
“ކޮންކަމެއްތޯ ޝަހުމް އަށް އުނދަގޫ ކުރަނީ..؟” އަހަރެން އަހާލީމެވެ. ޝަހުމް އެއް މިޔަކަނަށް ހީލިއެވެ. އަދި ގޮޑީގައި ހަމަ ޖެހިލިއެވެ.
“އަހަރެން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ އަހަރެންނާ ވަކިވެއްޖެ.. އެކަމު އެކުއްޖާ އަހަރެންނާ ވަކިވީމަ ވެސް އަހަރެންނަށް އުނދަގޫ..” ޝަހުމް ކިޔާދިނެވެ. އޭނާ އެދައްކާ ވާހަކަ ކިތައްމެހާ ވެސް ރަގަނޅަަށް އަހަރެންނަށް އެނގެއެވެ.
“ކީއްވެގެންތޯ އެކުއްޖާ އާއި ޝަހުމް ވަކިވީ..؟”
“އެއީ އަހަރެން އޭނާ އަށް ޗީޓް ކުރީމަ އޭނާ ރުޅި އައިސްގެން..” އެއް ވެސް ޖެހިލުމަކާއި ނުލައި ޝަހުމް ބުންޔެވެ. އަހަރެންނަށް ބުމަ އަރުވާލެވުނެވެ.
“ތިޔޮށްތީ ޖަވާބު ވެސް ލިބިފައެއްނު..؟ އެކުއްޖާ ޝަހުމް ދޫކޮށްލީ ޝަހުމް އޭނާ އަށް ޗީޓް ކުރީމަ..” އަހަރެން ވެސް ގޮނޑީގައި ލެގިލާފައި ބުނެލީމެވެ. ޝަހުމް މިއުޅެނީ ކޮން ކުޅި އެއް ކުޅެން ހެއްޔެވެ. ނަސީބަކުން މިއީ އޭނާ އަހަރެންގެ ޕެއިޝެންޓް އެއް ގޮތުގައި އަންނާނެ އެއްމެ ފުރަތަމަ އަދި އެއްމެ ފަހު ދުވަސް ވެސް މެއެވެ. އެހެންކަމުން އަހަރެން ވަރަށް އުފާވެއެވެ.
ދެން ދެއްކިހާ ވާހަކައެއް ދެއްކީ ޝަހުމް އެވެ. އޭނާ އަހަރެންދެކެ ވަރަށް ލޯބިވާކަމާށާއި އޭނާ އަހަރެން ދޫކޮށްލަން ބޭނުން ނޫންކަމަށް ބުންޔެވެ. ޝަހުމް ކޮންމެއެއްޗެކޭ ކިޔަސް ދެނެއް އަހަރެންނެއް ނުލިބޭނެއެވެ. އެއްފަހަރު ވާކަމެއް ދެވަނަ ފަހަރު ކުރުމަކީ ވެސް އުނދަގޫ ކަމެއް ނޫނެވެ.
*ނުނިމޭ*
6 Comments!
Comments are closed.

Mi part ves vrh Reethi MA 💗 !
Waiting for the next part When’s next?
Lysm & Tc my fav 💗
Thank you! 🤗
Next part ves V avahah IA
Wooooow gurl
This story is like hama my life
BTW the cover is on fire gurrl
I rlly can’t wait for the next chapter
TC
Glad you liked this part 🥰
Well your life is about to get intresting 😌
Ikr 😭
You also take care Sheex
Kon irakun thiyaee handhey ge next partt
I’m dying to read it 😭😭😭😭😭😭
IA miadhu noonee maadhan 💙