ކިޔުންތެރިންގެ ސަމާލުކަމަށް:
- މިއީ މި ވާހަކައިގެ 3 ވަނަ އެޕިސޯޑުގެ އިސްތިހާރެކެވެ. އިސްތިހާރު ފެށޭނީ މި ލިޔުމުގެ 9 ވަނަ ޖުމުލައިންނެވެ. މި ވާހަކައަކީ ބިރުވެރި ވާހަކައެއްނޫނެވެ. އެހެނަސް މި އިސްތިހާރުގައި ބޭނުންކޮށްފައިވާ ބަސްމަގުގެ ސަބަބުން ކިޔުންތެރިންގެ މެދުގައި އެފަދަ ހިއެއް އުފެދިދާނެތީ މައުލޫމާތަށްޓަކައި ފާހަގަކޮށްލީއެވެ.
- މި ވާހަކައިގެ ޕޯސްޓަރުން ޖޫލީއާއިއެކު ފެނިގެން އެދަނީ ޒުނާމްއެއް ނޫނެވެ. ފަސީހެއްވެސް ނޫނެވެ. ރާޒިޤެއްވެސް ނޫނެވެ. އެއީ ކާކުކަން ވާހަކައިގެ ކުރިއަށްއޮތް ބައިތަކުގައި އެނގިގެންދާނެއެވެ. މި ވާހަކައިގެ ބަތޮލަކީ އެއީއެވެ.
- އަޅުގަނޑުގެ ވާހަކަތަކާއި ގުޅޭ ވައިބަރ ގުރޫޕާއި ގުޅިލެއްވުމަށް ތިރީގައިވާ ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ވައިބަރ ގުރޫޕް” އަށް ފިއްތަވާލަށްވާ!
- “ވައިބަރ ގުރޫޕް”
– – –
އަހަރެންގެ ހަމަހިމޭންކަމެވެ…..
އޭނާގެ ކިބައިގަވާ ހިލަމެއް ކުރުވުމުގެ އެ ނާމާން ބާރެވެ………….
ތަޤްދީރުގެ ކަނޑުގައި… އުންމީދާއި ނަފްރަތުގެ ނިމުމެއްނެތް ބިޔަ ބޮޑެތި ރާޅުތަކެވެ…..
ރޭގަނޑުގެ ކަޅުފޮއެކަން ދިޔައީ އިތުރުވަމުންނެވެ. އެހެނަސް އުޑުމަތީގެ ތަރިތައް ދިޔައީ ފަނޑުވަމުންނެވެ. މުޅި ޖައްވުގައި ރަސްކަންކުރަމުންދަނީ ބިރުވެރި ހަމަހިމޭންކަމެކެވެ. ކޮންމެވެސް ނުރައްކާތެރި ޙާދިސާއެއްގެ ހިލަމެއް ކޮށްދޭން މުޅި ކާއިނާތްވެސް ނޭވާ ހިފަހައްޓާލައިގެން އޮތް ފަދައެވެ. މި ހަމަހިމޭންކަން ހަމަ ޔަޤީނުންވެސް ކޮންމެވެސް ބޮޑު ކަމެއްގެ އިންޒާރެއް ދެމުންދާ ކަހަލައެވެ.
އެހެނަސް ނޭނގެނީ މި ހަމަހިމޭންކަމުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބައިކަމެވެ. ބިންދާލާނީ ނަފްރަތުގެ ބިޔަ ރާޅެއްބާއެވެ؟ ނޫނީ އެއްލާލާނީ މުޅި ދިރިއުޅުން ފަނާކޮށްލަނިވި ނުނިވޭ ފަދަ ބޮޑު އަލިފާންގަނޑަކަށްބާއެވެ؟ ޖޫލީގެ މުޅި ހަޔާތުގެ އުދަރެސް ބަނަވަނީބާއެވެ؟ މުޅި ޖައްވު ހިސާރުކޮށްލާފައިވާ އެ ބިރުވެރި ހަމަހިމޭންކަމުގެ ތެރެއިން ޖޫލީއަށް ކުރިމަތިވާނީ ކޮން ފަދަ ހިތްދަތި އިންތިޒާރެއްބާއެވެ؟ މާޔޫސްކަމާއި ގިލަންވެރިކަމުގެ ނިމުމެއްނެތް ސިލްސިލާއެއްބާއެވެ؟ އޭނާގެ އެކަނިވެރިކަމަށް އަޅާލާނެ ޔާރެއް އިޔާރެއް ވާނެބާއެވެ؟ ނޫނީ މި ބޮޑު ދުނިޔެއަށް އޭނާ ގިނަވާނީބާއެވެ؟
އުދަރެހުން ކަޅުފޮއެގެ ބަނަކަން ފެތުރިގެން ދިޔަ ވަގުތުގާ،
ތަރިތަކުގެ ފަނޑު އަލީގައި ސިއްރުތަކެއް ވޭ ފޮރުވިފާ،
ހަމަހިމޭންކަން ޖައްވުގައި މިއަދު މިވަނީ ރަސްކަންކުރަން،
ކާއިނާތުގެ ނޭވާ ހިފަހައްޓާލައިފި ކަހަލަ ނުރައްކަލުން!
ކަރުނުން ފުރިގެންވާ ދެލޮލުގައި އުންމީދުގެ ހުޅު ރޯވެފާ،
މާޔޫސްކަމުގެ ފަހަތުގައި ހިތްވަރުގެ ބިންގާ އެޅިފާ،
މަކަރުވެރި އެ ބީހުމުން މިއަދު މި ހިތް ބަދަލުވެއްޖެޔޭ،
ލޯބީގެ ބަދަލުގައި ނަފްރަތުގެ ތޫފާން އުފެދިއްޖެޔޭ!
ކުރިއަށް އޮތް އެޕިސޯޑުގައި:
- ޖޫލީގެ މާޒީގެ ސަފުހާތަކަކީ ކޮބައިބާ؟ އެ މާޒީގެ ކެހިވެރި ހިނިތުންވުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގީ ސޫރައަކީ ކޮބައިބާ؟
- ކަރުނުން ތެމިފައިވާ އެ ހިތްދަތި އިންތިޒާރުގެ ނިމުން އަންނާނީ ކޮން ސިފައެއްގައިބާ؟
- ލޯބީގެ ބަދަލުގައި ހިތުގައި ރޯވި ނަފްރަތުގެ ގަދަ ހުޅުގަނޑު، މުޅި ދިރިއުޅުން އަޅިއަށް ހަދާލާނެބާ؟
ސިއްރުތަކުން ފުރިގެންވާ، އިހުސާސްތަކުން ފުރިބާރުވެފައިވާ މި ވާހަކައިގެ ކުރިއަށްއޮތް އެޕިސޯޑަށް އިންތިޒާރުކޮށްލައްވާ!
އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން، “ފިޔަ އޮންލައިން” ވެބްސައިޓްގައި ޝާޢިޢުކުރެވޭނެ!


