ފޭރުނު އުފާ
ރަގީބްއަކީ ރަށުތެރޭގައި މަސައްކަތްތެރި ޒުވާނެކެވެ. ކުރަނީ އޮޑިބަނުކުމެ މަސައްކަތެވެ. ކޮންމެ އަހަރަކުވެސް އޮންނަ ބޮޑު މައުލޫދަށް ރަށްރަށުން މީހުން އަންނަމުންދެއެވެ. ބޮޑު މައުލޫދު ދުވަސްވަރު މައުލޫދުކިޔާ މީހުންނަށް އެހީތެރިވާން އުޅެނިކޮށް ރަގީބްއާ ޒުވާން ރީތި ކުއްޖަކާ ދިމާވިޔެވެ. ރަގީބްގެ ހިތް އޭނާއަށް ކިޔަންފެށީ އަމަށަކު ވަރަކަށްނޫނެވެ. ކުއްޖާއާ ވަހަކަދެއްކުމަށް އެތައް މަސައްކަތެއްކޮށްގެންވެސް ކާމިޔާބުވާގޮތްނުވިޔެވެ. ނަމަވެސް ކުޑަ މައުލޫމާތެއް ލިބިގެންދިޔައެވެ. އެކުއްޖާއަކީ ކައިރި ރަށެއްގެ ކުއްޖެކެވެ. ނަމަކީ އަޝްފާއެވެ.
ބޮޑު މައުލޫދު ނިންމާ މީހުންގަނޑު ފުރައިގެން ދިޔައިރު އެކުއްޖާވެސް ރަގީބްއަށް ގެއްލިއްޖެއެވެ. އެކުއްޖާ އޭނާގެ ހަޔާތަށް ގެނައުމަށް ހިތްއެދި ރޯވަރުން ރަގީބް ދަތުރުފެށިޔެވެ. އެ ކުއްޖާ ދިރިއުޅޭ ރަށަށް ގޮސް އެކުއްޖާއާ ބައްދަލްކުރެވޭތޯ މަސައްކަތްކުރަނިކޮށް އެއްދުވަހަކު އެކުއްޖާއާ ވަކިން ވާހަކަދައްކާލަން ފުރުސަތުލިބުނެވެ. ކުޑަ ވަގުތުކޮޅަކަށް ރަގީބު އެދުމުން އެކުއްޖާ އެ ފުރުސަތުދިނެވެ. އިސާހިތަކު ރަގީބްގެ އުހުސާސްތައް ބަންޑުން ޖަހާލިޔެވެ. ނަމަވެސް އަންހެންކުއްޖާ އެކަމަކަށް އެއްވެސް ޝައުގުވެރިކަމެއްނެތްކަމަށް ބުނެ ދިޔުމުން ރަގީބް ވަރަށް ދެރަވިޔެވެ. ރަށުތެރޭގައި އަޑުތައް ފެތުރިއްޖެއެވެ. ރަގީބްއާ އެކުއްޖާ އަޅުވާ ކިޔައެވެ. މީހުންގެ މަލާމާތާ ފުރައްސާރަ ލިބެންފެށުމުން އެކުއްޖާ އެންމެ ފަހަށް ރަގީބްދެކެ ރުޅިއަތުވެއްޖެއެވެ. އަދި މައިން ބަފައިންނާ ހަމަޔަށް މައްސަލަ ގެންގޮސްފިޔެވެ. މައިންބަފައިން ރަގީބްއާ ބައްދަލްކޮށް ކުއްޖާގެ ނުރުހުމުގައި އެއްވެސް ކަމެއް ކޮށްދެވެން ނެތްކަމަށް ބުނެލިޔެވެ. އެޔަށްފަހު ރަށުން ދިޔުމަށް އެދުނެވެ. ނަމަވެސް ރަގީބް ދޫދޭކަށް ބޭނުމެއްނުވިޔެވެ. މިހެން އުޅުމުގެ ތެރޭގައި އެއްދުވަހު އެކުއްޖާ ފެނޭތޯ ގޭ ކައިރީ ހުއްޓާ ރަށުގެ ޒުވާނުންތަކެއް އައިސް ރަގީބްއާ ދިމާކޮށްހަދާ ވެވުނު ދެބަސްވުމެއްގައި މާރާމާރީއެއް ހިނގާފިޔެވެ. މި މައްސަލައިގައި ރަށުން އޭނާ ބާލާފިޔެވެ. ރަގީބް ހަމަ ހިލާ ދޫނުކުރާން ނިންމިޔެވެ. އެކުއްޖާ އޭނާ ކޮންމެހެންވެސް ހޯދަން ބޭނުންވިޔެވެ. އެންމެ ފަހަށް އޭނާ ދިޔައީ އަތޮޅުގައި ހުރި އެހެން ރަށަކަށްށެވެ. އެރަށަކީ ނާމާން ރަށެކެވެ. މީހުން މަދެވެ. ނަމަވެސް ރަގީބް ޖެހިލުމެއްނުވިޔެވެ. ރަށަށް ފައިބައިގެން ގޮސް ފަނުން ހަދާފައިވާ ގެޔެއްގެ ދޮރުގައި ޓަކިދިނެވެ. ދޮރު ހުޅުވާލީ މުސްކުޅި މީހެކެވެ. އެމީހާ ގެ ހަމުގެ ކުލަ ކަޅެވެ. ބޮލުގެ އިސްތަށިގަނޑު ނުރަވެފައި ދިގެވެ. އެމީހާ ހުރީ ހުސްގަޔާ މުންޑެއް އަނދެގެންނެވެ. މުންޑުގައި ލޭ ހުއްޓެވެ. އެއީ މުޅި އަތޮޅުގައި ހުރި އެންމެ ވަރުގަދަ ސިހުރުވެރިޔާއެވެ. އެއީ އަލިކޮއެއެވެ. އެމީހާއަށް ރަގީބްގެ ވާހަކަތައް ކިޔާދިނުމަށްފަހު ފައިސާދިނެވެ. އެމީހާ ރަގީބް އެތެރެޔަށް ވެއްދުމަށްފަހު އޭނާގެ މަސައްކަތްފެށިޔެވެ. ފުރުތަމަވެސް އިށީނުމަށްފަހު މަރާލާފައިވާ ކުކުޅެއްގެ ލޭ ކިޔަވާފައި ތަވީދެއް ހަދާލިޔެވެ. އަދި ކިޔެވެލިތައް ކިޔެވުމަށްފަހު ރަގީބް މޫނަށް ފެންފޮދެއް ޖަހާ މޫނުގައި ލޭ އުނގުޅިޔެވެ. އަށްފަހު ތަވީދު އެޅުވުމަށްފަހު ތިން ދުވަހު ހަތަރުކަޅި ހަމަކުރަން އެނގިޔެވެ. އެކަން ނުވެއްޖެނަމަ އޭނާ ދެން ދޭ އެތި ގެންގޮސް އެގޭ ގޯތީގައި ވަޅުލުމަށް އެނގިޔެވެ. މިހެން ކިޔާފައި ތެދުވެގެން ގޮސް ގެނައީ ބޮޑު ބޮއްޔެކެވެ، އޭގެތެރެޔަށް ކުކުޅުގެ ލޭ އަޅާފައި ކިޔެވެލި ކިޔެވުމަށްފަހު ރަގީބްގެ ބޮލުން ތިން ހަތަރު އިސްތަށި އުފުރާލިޔެވެ. އެޔަށްފަހު ބޮއްޔަށް ލުމަށްފަހު އަލިފާންގަނޑެއް ތެރެޔަށް އެ ލާފައި ނަގާ ފޮތިގަނޑަކަށް ލާފައި ރަގީބް އަތަށް ދިނެވެ. އެއަށްފަހު ރަގީބް ކައިރީ ދިޔުމަށް ބުންޏެވެ.
ފޮނި އުންމީދާއެކީ ރަގީބް އެގެއިން ނުކުމެގެން އައިސް ރަށަށް ފުރިޔެވެ. އަދި ޖެހިގެން އައި ދުވަހު އަންހެންކުއްޖާ އުޅޭ ރަށަށްގޮސް ހަތަރުކަޅި ހަމަކުރުމަށް މަސައްކަތްފެށިޔެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ވަޅުލާންދިން އެތި ވަޅުލިޔެވެ. އެޔަށްފަހު ރަށަށްދިޔައެވެ. ބާރާބަރު އެއް މަސްދުވަސްތެރޭގައި ރަގީބް ހޯދުމަށް އެއްކަލަ ކުއްޖާ އެރަށަށް އަތުވެއްޖެއެވެ. އަދި ރަގީބްގާތުން ކައިވެންޏަށް އެދުނެވެ. ހައިރާންވެފައި ހުރި ރަގީބް ފުރުތަމަވެސް އެހީ މައިންބަފައި ގަބޫލްތޯއެވެ. އެކުއްޖާ ބޯ ޖަހާލިޔެވެ. އެހިސާބުން ރަގީބް ކައިވެނީގެ ކަންތައް އަވަސްކުރިޔެވެ.
ކައިވެނި ކުރެވުނުތާ ތިންމަސްވެއްޖެއެވެ. ރަގީބް އަނބިމީހާއާ އެކު ދުވަސްތައް ގުނަމުންދިޔައީ އުފަލުންނެވެ. މީހުންނާ އެކަހެރި ދިމާލެއްގައި ގެޔެއް އަޅައިގެންނެވެ. ނަމަވެސް ކުރިޔަށް އޮތީ ރަގީބް ހީވެސް ނުކުރާފަދަ ދުވަސްތަކެކެވެ. މިގޮތުން އެއްރެޔަކު ރަގީބް ބޭރުގައި އުޅެލާފައި ނިދަން އައިސްފިޔެވެ. އެވަގުތު އަނބިމީހާ އެނދުގައި ދެފައި ވަށްކޮށްލައިގެން ފުރަގަހަށް އެނބުރިގެންއިނެވެ. ރަގީބް އައިސް އެކުއްޖާއާ ސުވާލުކޮށްކޮށް އަނގައިން ނުބުނުމުން ގޮސް އަނބިމީހާ ކޮނޑުގައި އަތްލިޔެވެ. އެކުއްޖާ ރަގީބްގެ އަތް ފޮޅާލުމަށްފަހު އުނދަގޫ ނުކުރާން ބުންޏެވެ. ދެވަނަ ފަހަރުވެސް ރަގީބް ސުވާލުކޮށް ކުއްޖާ ކޮނޑުގައި އަތްލިޔެވެ. ރުޅިވެރިކަމާއެކީ އަނބިމީހާ ރަގީބްއާ ދިމާލަށް އެނބުރުނެވެ. އެހިނދު ރަގީބްއަށް ފެނިގެން ދިޔައީ ހައިރާން ކުރުވާ ފަދަ މަންޒަރެކެވެ. އަނބިމީހާގެެ އަނގައިގާ މަރުވެފައިވާ މީދަލެއް އޮތެވެ. އޭނާ މަޑު މަޑު އެ ހަފާލައެވެ. ރަގީބް އަވަސް އަވަހަށް އެ މީދާ އަނބިމީހާާގެ އަނގައިން ދަމައިގަތެވެ. އަދި އެއްލާލިޔެވެ. އެންމެ ފަހަށް ރަގީބް އަނބިމީހާާއާ ދިމާލަށް އެއްޗެހިގޮވިޔެވެ. ނަމަވެސް އަނބިމީހާފެށީ ހޭންށެވެ. ހީހީފައި އޮށޯވެ އެއްފަރާތަކަށް އޮށޯވެ ނިދާފިޔެވެ. ފެނުނު މަންޒަރުން ރަގީބް އެރޭ ނިދަން ބޭނުން ނުވިޔެވެ. ނަމަވެސް ދަންވި ވަރަކަށް ރަގީބް ނިދި އަންނަން ފަށާފިޔެވެ. އެންމެ ފަހަށް ނިދަން އޮށޯތެވެ.
ރަގީބްއަށް ހޭލެވުނީ ރަގީބްގެ ދެ ކޮލުގައި އޭނާގެ އަންހެނުން ފިރުމާ އިހުސާސްވެގެންނެވެ. ދެލޯ ހުޅުވާލިއިރު ބޮލާ ވީ ކޮޅުގައި އަންހެނުން އިނީ ރަގީބްގެ މޫނުގައި ފިރުމަންށެވެ. މިހެން އިނުމަށްފަހު ރަގީބްގެ މޫނާ ދިމާލަށް ގުދުވެލިޔެވެ. އަދި ހިނިތުންވެލިޔެވެ. އެޔަށްފަހު އަނގަ ހުޅުވާލިގޮތަށް ރަގީބްގެ މޫނުމައްޗަށް ހޮޑު ދުއްވާލިޔެވެ. މިވަރުން ދޫނުކޮށް ރަގީބްގެ އަނގަ ގަދަކަމުން ހުޅުވައި އަނގައިތެރެޔަށްވެސް ހޮޑު ދުއްވާލިޔެވެ. ރަގީބް ތެޅެމުން ފޮޅެމުން ތެދުވެގެ ގޮސް ފާރުގައި ޖެހިގަތެވެ. އަނބި މީހާ އިނދެގެން ވަރުގަދަޔަށް ހެމުންދެއެވެ. އަނގައިތެރޭ ހުރި ހޮޑުތައް ރަގީބް ބޭރުކުރުމަށްފަހު ބެޑްޝީޓްއިން އޭނާގެ އަންހެނުން އައްސަން މަސައްކަތްކުރިޔެވެ. ނަމަވެސް އަނބިމީހާ ރަގީބްއަށް ހަމަލާދިނީ ނެޔަފަތިތަކުންނެވެ. އެކި ތަންތަން ނޮޅާލިޔެވެ. މިހިސާބުން ރަގީބްއަށް ޖެހުނީ ކޮޓަރީގައި އަނބިމީހާ ތަޅުލުމަށްފަހު ފަންޑިތަވެރިޔަކު ހޯދުމަށްދާންށެވެ. ބާރު ދުވެލީގައި ގޮސް ރަށުގެ އެންމެ މޮޅު ފަންޑިތަވެރިޔާ ކާސިމްބެ ހޯދިޔެވެ. ދަންގަޑިޔަކަސް ކާސިމްބެއަކީ މީހުންގެ ޙިދުމަތުގައި ހުންނަ މީހެކެވެ. ރަގީބްގެ ވާހަތައް އަޑުއަހާފައި ކާސިމްބެ ތައްޔާރުވެލައިގެން ރަގީބްއާ އެކީ ދިޔައެވެ. ތަޅުލާފައިވާ ކޮޓަރި ހުޅުވާލިއިރު ފެނިގެން ދިޔައީ އަނބިމީހާ ނެޔަފަތިތަކުން އަމިއްލާ މޫނުގައި ވަކިދަމާ ހަންނޮޅާތަނެވެ. ކާސިމްބެ ލަސްނުކޮށް ކިޔެވެލި ފެއްޓިޔެވެ. ފެއްޓުމާއެކު ރަގީބް އަންހެނުން ހަޅޭއްލަވަލަވާފައި ގޮސް ފާރުގައި ތަތްކޮށްލާފިޔެވެ. އަދި ހަތަރެސްފައި ފާރުގައި ތަތްކޮށްގެން ސީލިންގްއަށް އަރާއޮވެ ކާސިމްބެއާ ދިމާލަށް ރުޅިވެރިކަމާއެކު ނަޒަރު ހިނގާލިޔެވެ. އެޔަށްފަހު ދުލުން އެހެން ބަހުރުވައަކުން އެއްޗެހިތަކެއް ކިޔަންފެށުމާއެކު ކާސިމްބެއަށް ގޮތްތަކެއްވާންފެށިޔެވެ. އޭނާގެ ދެ އަތް އެނބުރި ބިނދޭގޮތް ވެއްޖެއެވެ. ދޫ ނުކުމެ އެނބުރިއްޖެއެވެ. ކާސިމްބެ އެނދުމައްޗަށް ވެއްޓުމާއެކު ސީލިންގައި ތަތްކޮށްލައިގެން އޮތް އަނބިމީހާ ތިރިޔަށް މަޑުމަޑުން ފޭބިޔެވެ. އަދި ކާސިމްބެ ބޯކައިރީގައި އިށީނުމަށްފަހު ކާސިމްގެ ބޯ އުނގުމަށްޗަށް ލައިގެން އިނދެ ރަގީބްއާ ދިމާލަށް ބަލަމުން ދެއަތުގެ ޝަހާދަތް އިނގިލިތައް ކާސިމްބެގެ ލޮލަށް ވައްދާލިގޮތަށް ދެލޯކޮނުމަށްފަހު ދަމައިގަނެއްްޖެއެވެ. އަދި ރަގީބް ފައިބުޑަށް ކާސިމްބެގެ ދެލޯ އެއްލާލިޔެވެ. އެއަށްފަހު ކާސިމްބެގެ ހަށިގަނޑު ތެޅި ފޮޅެމުންދިޔަ ވަގުތު ކަރުގައި ދެ އަތް އޮޅާލިޔެވެ. އެޔަށްފަހު ރަގީބްއާ ދިމާލަށް ބަލަން އިނދެގެން ކާސިމްބެގެ ކަނދުރާ ބިންދާލާފިޔެވެ. ކާސިމްބެގެ ފުރާނަ ނެތް މަސްގަނޑު ރަގީބް ފައިބުޑަށް ހޫރުވާލުމަށްފަހު ހޭންފެށިޔެވެ. ރަގީބް ހަދާނެ ގޮތް ހުސްވެގެން ކާސިމްބެގެ މަރުވެފައިވާ ހަށިގަނޑު ހިފައިގެން ކޮޓަރިން ނުކުތެވެ. ހަދާނެ ގޮސް ހުސްވެފައި ހުރެ ކޮޓަރި އަނެއްކާވެސް ތަޅުލިޔެވެ. މަރުވެފައިވާ ކާސިމްބެގެ ހަށިގަނޑު ހިފައިގެން ގެއިން ރަގީބް ނުކުތެވެ. ހަމަ ހިމޭންވެފައިވާ ރަށުތެރެއިން ހިނގާފައި ގޮސް އަތިރިމަތީ އޮތް ބޮއްކުރަޔަކަށް ހަށިގަނޑު ލުމަށްފަހު ބޮއްކުރަޔަށް އަރާ ފަލި ޖަހަމުން ނުކުތެވެ. ކަނޑާ ހަމަޔަށް ނުކުތުމަށްފަހު ކާސިމްބެގެ ހަށިގަނޑުގެ އެއްބައި ކަނޑަށް ލާފިޔެވެ. ހަށިގަނޑުން ފައިބަމުން ދިޔަ ލޭތަކުގެ ވަހަށް މިޔަރުތައް އަރާ ހަފަން ފެށުމާއެކު ކާސިމްބެ ހަށިގަނޑު އެއްކޮށް ވައްޓާލާ މިޔަރަށް ކާންދީފިޔެވެ. އެޔަށްފަހު ބޮއްކުރާގައި އަނބުރާ ރަށަށް އަތުވެއްޖެއެވެ.
ކޮންމެ ރެޔަކުވެސް ރަގީބްއަށް ވެގެންދަނީ ބޮޑު ވޭނަކަށްށެވެ. ކޮންމެ ރެޔަކުވެސް އޭނާގެ އަންހެނުން އޭނާއަށް އަނިޔާކޮށް ނިދިޔަ ނުދެއެވެ. އެހެންކަމުން އަންހެނުން ކޮޓަރީގައި ތަޅުލައިގެން ގެންގުޅެން ޖެހުނެވެ. ކާސިމްބެގެ ޙަބަރެއްނުވެ ގިނަދުވަސް ވުމުން ރަށުތެރޭގައިވެސް މީހުން ކަންބޮޑުވުންތައް ފާޅުކުރަމުންދިޔައެވެ. މިހެން އުޅެނިކޮށް އެއްދުވަހު ގޮނޑުދޮށަށް އެރުނު އަންހެނަކަށް ކާސިމްބެގެ ކައިފަވާ ހަށިގަނޑު ލައްވެފައި އޮއްވާ ފެނިގެން ދުވަމުން އައިސް ރައްޔިތުންނަށް އަނގާފިޔެވެ. މި ޙަބަރު އިވުމުން ރަގީބްވެސް އެދިމާލަށް ދިޔައެވެ. ކާސިމްބޭގެ ހަށިގަނޑުގެ ބޮޑުބައި މިޔަރު ކައިފައިވާކަމުގެ ހެކިތައް ރައްޔިތުންނަށް ފެނި ގަބޫލްކުރުމުން ރަގީބްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ކާސިމްބެ ވަޅުލުމަށްފަހު އެކި ކަހަލަ ވާހަކަތައް މީހުން ކިޔެވެ. ކާސިމްބެއަކީ މީހަކަށް ނޭނގި ރަށުން ބޭރަށްދާނެ މީހެއްނޫންކަން ތުންތުންމަތިން އިވެމުންދިޔައެވެ. ނަމަވެސް ރަގީބް އެކަމާ އަޅާނުލައެވެ. އޭނާ ނިންމީ އޭނާގެ އަންހެނުން އަވަހަށް ރަނގަޅު ކުރަންށެވެ. އެހެންކަމުން އެއްދުވަހަކު އަންހެނުން ރަނގަޅަށް ހުއްޓާ ދަތުރު ހަދައިގެން އަލިކޮއެ ކައިރިޔަށް ގޮސްފިޔެވެ. އަލިކޮއެ ފެނުމާއެކު އަންހެނުން މޮޔައެއްހެން ތެޅި ރުޅިގަދަވެއްޖެއެވެ. ރަގީބް އޭނާގެ އަންހެނުން އަތުގައި ހިފާ ގަދަކަމުން އަލިކޮއެގެ ގެޔަށް ވެއްދިޔެވެ. އަދި އަލިކޮއެކައިރީ އަންހެނުން ރަނގަޅުކޮށްދިނުމަށް އެދި އާދޭސްކުރަންފެށިޔެވެ. ނަމަވެސް އަލިކޮއެ ޖަހާލީ ހިނިގަނޑެކެވެ. އެކަން ވާން ނެތްކަމަށް ބުންޏެވެ. އަދި އަންހެނުން ރަނގަޅު ކުރަން އުޅެފިނަމަ އެންމެ ފުރުތަމަވެސް މަރުވާނީ އޭނާގެ މައިބައިފައިން ކަމަށް ބުންޏެވެ. އަދި މައިބަފައި ދިރިއުޅޭ ގެ ފަޅުވެ ނާމާންވާނެކަމަށް ބުންޏެވެ. މިހެން ބުނުމާއެކު ރަގީބްގެ އަންހެނުން އަލިކޮށް ގަޔަށް ފުންމައިގެން އަރާ ބިންމައްޗަށް ވައްޓާލިޔެވެ. އެޔަށްފަހު އަލިކޮއެގެ ކަރުގައި އެއް އަތުން ހިފިގޮތަށް ނެޔަފަތިތައް ވައްދާލުމަށްފަހު ލަގޮނޑި ދަމައިގަތެވެ. އެއަށްފަހު ހެމުން ފަހަތަށް ޖެހުނެވެ. އަލިކޮއެގެ ހަށިގަނޑު މަރަށް ތެޅިތެޅިއޮއްވާ ރަގީބްގެ އަންހެނުން އަލިކޮއެ ކައިރިޔަށް ވެއްޓިފައި އޮތް ވަޅިޔެއް ނަގައިގެން އައިސް އަލިކޮއެ ހަށިގަނޑު މަތީ އިށީނުމަށްފަހު މެޔަށް ވަޅި ވައްދާލިޔެވެ. އެޔަށްފަހު ކަފައިގެން ހިތް ނެގުމަށްފަހު ކާންފެށިޔެވެ. ބިރުވެރި މި މަންޒަރު ބަލަން ރަގީބްއަށް ގުޑާނުލެވި ހުއްޓާ އަންހެނުން ތެދުވެއްޖެއެވެ. އެޔަށްފަހު ރަގީބްއާ ދިމާލަށް އެނބުރި ވަޅި ދިއްކުރިޔެވެ. އަދި ނުކުތުމަށް އަމުރުކުރިޔެވެ. ރަގީބް ނުކުތުމާއެކު އަންހެނުން ދޮރުން އެތެރޭ މަޑުކުރިޔެވެ. އަދި މުޅި ގޭގެގައި ރޯކުރަންފެށިޔެވެ. އެޔަށްފަހު ގޭތެރޭ ރަގީބްއަށް ފެންނަ ހިސާބު މަޑުކުރިޔެވެ. ހިނިތުންވެލާފައެވެ. ކަރުނަ ބާލާ ހާލުގައެވެ. ފުރުތަމަ ފަހަރަށް ފެނުން މި މަންޒަރާ އެކު ރަގީބްއަށް އިވިގެން ދިޔައީ އަންހެނުން އޭނާއަށް މައާފްދިން އަޑެވެ. އެހިނދު އަންހެނުން ގައިގާ ރޯވެ އަނދަންފެށިޔެވެ. ރަގީބް އޭނާގެ އަންހެނުން ސަލާމަތްކުރުމަށް ގެޔަށް ވަންނަން އުޅެނިކޮށް ދޮރު ޖެހިއްޖެއެވެ. އަލިފާންގަނޑު ވަރުގަދަޔަށް އަނދާ ގިނިގަދަވެއްޖެއެވެ. ރަގީބްއަށް ހަމަ ހިލާ ގާތްނުވެވި އުޅެނިކޮށް އަންހެނުންނާއެކު މުޅި ގެ އަނދާ ނިމިއްޖެއެވެ. މިހިސާބުން ރަގީބް ކަކޫމައްޗަށް ތިރިވެ ރޮއެ ބިމުގައި ތަޅާ މޮޔައެއްހެން ތެޅިފޮޅެންފެށިޔެވެ. މިގޮތަށް ހަފްތާއެއްވަންދެން އެރަށުގައި އުޅުމަށްފަހު އެންމެ ފުރުތަމަވެސް ދިޔައީ އަންހެނުންގެ މަންމަ އަދި ބައްޕައާ ބައްދަލްކުރާށެވެ. އަދި ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު މައާފްއަށް އެދުނެވެ. އެޔަށްފަހު ވަޅުލާފައިވާ އެތި އޮތް ދިމާ ކިޔާދިނެވެ. އަންހެނުންގެ މައިބަފައިން އެދުނީ ރަގީބް ދުވަހަކުވެސް އެމީހުން ގާތަށް ނައުމަށްށެވެ. ހިތާމައިން ފޯވެފައިވާ ހިތަކައިގެން ރަގީބް އަނބުރާ ރަށަށް އައިސް ކަތީބްއާ ބައްދަލްކޮށް ކާސިމްބެގެ ކަންތައް ކިޔާދިނެވެ. އަދި ކުށަށް އިއުތިރާފްވިޔެވެ. ކަތީބް ރައްޔިތުންނާ ބައްދަލްކޮށް ގޮތް ނިންމަން ޙިޔާލު ހޯދިޔެވެ. ރައްޔިތުން ނިންމީ ރަގީބް މެރުމަށްވުރެ ދުނިޔެމަތީ އޭނާއަށް އަޅަމުންދާ ވޭނުގައި ބެހެއްޓުމެވެ. ނަމަވެސް އެ ރަށަކު ނޫނެވެ. އޭނާ އެދުނުތަނެއްގައެވެ. ރަގީބް އެދުނީ އޭނާގެ އަންހެނުން މަރުވެދިޔަ ރަށުގައި ހުންނަންށެވެ. މިހިސާބުން އޭނާ އެރަށަށް އުމުރަށް އަރުވާލެވުނެވެ. ރަގީބް އޭނާގެ އަންހެނުން އަނދާ ދިޔަ ގެޔާ ދިމާލަށް މޮޔައެއްހެން ދުވަމުންދިޔައެވެ. އެތަނުގައި އޭނާ ދިރިއުޅެންފެށިޔެވެ. މޮޔަގޮވައެވެ. ގައިންތާހިރުނުވެއެވެ. ކަނީ ބިމުން ފަނިފަކްސާ ފަދަ ތަކެއްޗެވެ. މި ހާލުގައި އޭނާ ދުނިޔެ ދޫކޮށްދަންދެން ހުއްޓެވެ.
– ނިމުނީ –


